Skip to content
އެސްފިޔަ

ހިތުގެ ފުންމިނުން… އަބަދަށްޓަކައި – 4

Listen to this story Audio · 12:39 Powered by Esfiya Voice
0:00 12:39

“ބްރޯ، ކޮންމެ ދުވަހަކު ތި ދެމީހުން ޒުވާބު ކުރަނީ ކީއްވެގެން ތަ އަޅެ؟” ޒަޔާން ގެ އެކުވެރި އަމާން އެހިއެވެ.
“އަހާބަލަ އޭނަ ކާރި!” ޒަޔާން ގޮނޑީގައި ހަމަޖެހިގެން އިންދެ ޖަވާބު ދިނެވެ.
“އޭނާއަށް އުޅެން ނޭނގޭތީ.” އައިޒާ އޭނާ ގެ ޖަވާބު އިއްވާލިއެވެ.
އެންމެން ހީގަތެވެ. އަދި މެދުނުކެނޑި އެކަކު އަނެކަކަށް ރުޅިއަރުވާލި ނަމަވެސް، މަޑުމަޑުން އެކަކު އަނެކެއްގެ އާންމު ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެގެން ދިޔަކަން ދެމީހުންނަށް ވެސް ނޭނގެއެވެ.

part 4
ސްކޫލުން ބޭރުގައި ޒަޔާން އާއި އައިޒާގެ ރޫޓިންތައް މުޅިން ތަފާތެވެ. ޒަޔާން ދިރިއުޅެމުން ދިޔައީ އޭނާގެ އާއިލާއާއެކު މަހިބަދޫގައެވެ. އާދައިގެ ހަވީރެއް އަޑުގަދަ ހަވީރަކަށް ބަދަލުކުރެވޭ ކަހަލަ ކުއްޖެކެވެ. ގިނަ ފަހަރަށް އެއްބަނޑު އެއްބަފާ ކުދިންނާ ސަމާސާކޮށް، ބޭނުން ވަގުތެއްގައި މައިންބަފައިންނަށް އެހީތެރިވެދީ، ސްކޫލުގައި ހިނގި ކަންތައްތަކުގެ ވާހަކަތައް ހިއްސާކުރަމުންނެވެ.
އެއްދުވަހަކު ހަވީރު ކާމޭޒުދޮށުގައި އިށީނދެގެން އިންދާ ޒަޔާން އޭނާގެ ފޯނަށް ހިނިތުންވެލައިގެން ހުރިކަން މަންމައަށް ފާހަގަ ކުރެވުނެވެ.
“ޒަޔާން، ހާދަ މަޖާ ވެފައި ތިއިނީ؟ ކިހިނެއްވީ އަނެއްކާ؟” އާނިޔާ ލާނެއް ރާގެއްގައި ބުނެލިއެވެ.
“އެއްވެސް ކަމެއް ނުވޭ މަންމާ.” ޒަޔާނަށް އާނިޔާ ގެ ލާނެއް ހިނިތުންވުން ފެނިފާ ލަދުން ހުރެ ބުންޏެވެ.
“ދެން ކީއްވެ ފޯނަށް ބަލަމުންތި ހެނީ؟
” އާނިޔާ ޒަޔާން އާއެކު ސަމާސާ ކޮއްލިއެވެ.
ހަމަ އެވަގުތު ޑިއުޓީ ނިންމާލާފަ ގެއަށް ވަދެގެން އާ އަޔާންއާ މަންމަމެން ދެކި ވާހަކަ އަޑުއިވި ޒަޔާން ރުޅިއަރުވާ ހިތްވިއެވެ.
“މަންމާ، އަހަރެންނަށް ހީވަނީ އޭނާ ކޮންމެސް މީހަކާ ވާހަކަ ދައްކާހެން!” އަޔާންއަށް ވެސް މަޖާކަމަކަށް މިކަން ވެގެން ދިޔައެވެ.
ޒަޔާން އަވަސް އަވަހަށް ފޯނު ފޮރުވާފަ އޭނާ ގެ ދޮންބެއާ ދިމާލަށް އެބުރުނެވެ. ޒަޔާން އަޔާންއާ ދިމާލަށް ވައްތަރު ޖައްސާލިއެވެ. ބައެއް ފަހަރު ހަރުކަށި ގޮތަކަށް އަމަލުކުރި ނަމަވެސް ޒަޔާންނަކީ އާއިލާއާއި ދޭތެރޭ އަޅާލާ ކުއްޖެކެވެ. އެމީހުން ހެއްވާލަން އޭނާއަށް ވަރަށް ކަމުދިޔަސް ގޭގައި ތިބި މީހަކު ދެރަވެފައި ހުރިތަން ފެނުމަކީ ދުވަހަކުވެސް އޭނައަށް ކަމުދާ ކަމެއްނޫނެވެ.

އަނެއްކޮޅުން އައިޒާއަކީ އޭނާގެ ގޭ ހިނގާލަ ކުއްޖާއެވެ. އެއީ އެންމެ ކުޑަ ހާދިސާއެއް ދިހަ މިނެޓުގެ ވާހަކައަކަށް ބަދަލުކޮށްލެވޭނެ ކަހަލަ އަންހެން ކުއްޖެކެވެ. މުދައްރިސަކު ބުނި މަޖާ ވާހަކައެއް ކަމުގައި ވިޔަސް، ހީވެސް ނުކުރާފަދަ ކްލާސްރޫމް ހާދިސާއެއް ކަމުގައި ވިޔަސް ނުވަތަ ރައްޓެހިންނާ އެކު ކުރި ސިއްރު ޒުވާބެއް ކަމުގައި ވިޔަސް އަބަދުވެސް ޝެއާ ކުރާނެ ކަމެއް އޭނާ ގެ އޮވެއެވެ. ބައެއް ފަހަރު، އޭނާގެ އާއިލާ ކެތްތެރިކަމާއެކު އަޑުއަހައެވެ. އަނެއްބައި ފަހަރު ހަމައެކަނި މަޖާ ނަޒަރު ބަދަލުކުރަމުން ދިޔައީ އައިޒާ ވާހަކަ ދައްކަން ފެށުމުން ހުއްޓުވޭނެ އެއްވެސް ކަމެއް ނެތްކަން ކުރިންވެސް އެނގޭތިނެވެ. އައިޒާއަކީ އެއާއިލާގެ މެދު ދަރިފުޅަށް ވީއިރު، އެއްވެސް މީހަކު ހީކުރާވަރަށްވުރެ ބޮޑަށް އޭނާގެ ޝަޚުޞިއްޔަތަށް އެކަށީގެންވާ މަގާމެއްވެއެ. އުމުރުން އަށާރަ އަހަރުގައި އޭނާ ގެ ދޮންބެ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ހީވާގި ފުލުހެކެވެ. އައިޒާ ގެ ކުޑަ ކޮއްކޮ ޒައިނާ ގްރޭޑް 6 ގައި ކިޔަވަމުން ދިޔަ ނަމަވެސް، ޖެއްސުން ކުރުން ލޯބިކުރާ ދޮންބެ އަކާ ދޮންތިއެއް ހުރެއެވެ.

އެކުދިން ގެ މަންމަ ޓީވީ ސެންޓަރުގައި މަސައްކަތް ކުރިއިރު ބައްޕަ މަސައްކަތް ކުރަނީ ކުންފުންޏެއްގަ އެވެ. އެމީހުންގެ ބިޒީ ޝެޑިއުލްތަކުގައި އުޅުނު ނަމަވެސް  އާއިލާ އަބަދުވެސް ދެމިއޮތީ އެމީހުން ގެ ދުނިޔޭގެ މުހިންމު ބައެއްގެ ގޮތުގައެވެ.

އެއް ދުވަހެއް ގެ ހަވީރު ގެ ވަގުތެވެ. އައިޒާ ގެ އާއިލާ އެންމެން ތިބީ ސިޓީން ރޫމް ގައި އެކިއެކި ވާހަކަގައި އެވެ. އެގޮތުގައި އެންމެން އައިޒާ ގެ ވާހަކަ އަޑު އަހަން ތިބި އެވެ. އެވަގުތު އައިޒާ ގެ ޒާއިން ގެ ހިތްތައް އެރީ އޭނާ ކޮއްކޮ ރުޅިއަރުވާލާށެވެ.
“އައިޒާ، ދުވަހަކުވެސް ވާހަކަ ދައްކާ  އަނގައަކަށް ތަދެއް ނުވޭތަ؟” ޒާއިން އައިޒާ ރުޅިއަރުވާލުމު ގެ ގޮތުން އެހިއެވެ. އައިޒާ ވަގުތުން ޒާއިންއާ ދިމާއަށް އެނބުރުނެއެވެ. ފަށާން އުޅޭ ބޮޑު ހަނގުރާމަ އަޑު އަހަން މަރިޔާމް އާއި ސަމީރު ތިބީ ހެވިފައެވެ.
“ދުވަހަކުވެސް އަހަރެން ރުޅިއަރުވާ ވަރުބަލިއެއް ނުވޭތަ؟” އައިޒާ ޒާއިން އާއި ދިމާލަށް ލޯއަޅާލަމުން އިއްވާލިއެވެ. އަދި ހަމަ އެގޮތަށް އެމީހުން ގެ ބޮޑު ހަނގުރާމަ ފެށުނީއެވެ. އެމީހުން ގެ ކޮއްކޮ އަދި މާ ކަންތައް ފަލަހެން ހީވެއެވެ.  އައިޒާ ކިޔަވާން ގެންގުޅޭ އެއްޗެހި އޭނަ ގެ އެއްޗެހީ ގެ ގޮތުގައި ނެގިއެވެ.

އެއްދުވަހަކު ހަވީރު އައިޒާ އޭނާގެ ކޮޓަރީގައި އިށީނދެގެން އިންއިރު ވަށައިގެން ކުލަކުލައިގެ ސްޓޭޝަނަރީތަކާއި ހުޅުވާފައި ހުރި ނޯޓްފޮތްތަކާއި ފޮތްތައް މޭޒުމަތީގައި ތަރުތީބެއް ނެތި އެކި ތަންތާގަ ހުއްޓެވެ. ހަވީރުގެ ހޫނު އަލިކަން އޭނާގެ ކޮޓަރީ ގެ ފަރުދާތަކުގެ ތެރެއިން ފޭބިއިރު، އޭނާގެ ކުޑަކުޑަ ކިޔަވާ މޭޒުގައި އަމާންކަމާއި އަރާމު ކަމުގެ އިހުސާސް ކުރެވެން ހުއްޓެވެ.
” އިތުރު ފަސް މިނެޓް ” އައިޒާ ގެ އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ބުނެލިއެވެ. ހަމަގައިމުވެސް އޭނަ އިތުރު ތިންފަހަރު އެހެން ބުނެލި އެވެ. އޭނާގެ ކޮޓަރިން އޭނާގެ ޝަޚުޞިއްޔަތު ފުރިހަމައަށް ދައްކުވައިދެއެވެ. އެއީ އިންތިޒާމުކޮށްފައިވާ ހަލަބޮލިކަމާއި، ކުދިކުދި ޒީނަތްތެރިކަމާއި، އެންމެ ގަޔާވާ ފޮތްތަކާއި، ފަހުން ބާއްވާނެ ކަމަށް ބުނަމުން ދިޔަ ކަންތައްތަކުގެ މިކްސްޗަރެކެވެ.

އައިޒާއަކީ ވާހަކަ ދައްކާ، ޚިޔާލު ފާޅުކުރާ، ދޭތެރެ ދޭތެރެއިން ހަރުކަށި އަދި ބައެއް ފަހަރު ކުޑަކޮށް ޑްރާމާ ކުޅޭ މީހެކެވެ. އެންމެ ކުދިކުދި ކަންތައްތަކުން ރުޅި އައިސް، އެންމެ މަލާމާތުގެ ސަމާސާތަކުން ހީހީފައި، އާދައިގެ ދުވަހެއް ހަނދާން އާވާ ދުވަހެއްގެ ގޮތުގައި ބަދަލުވެދެއެވެ. އެކަމަކު އެ ހުރިހާ ހަކަތައެއްގެ ދަށުގައި އޮތީ އޯގާތެރި ހިތަކާއި ބޮޑެތި ހުވަފެންތަކާއި މީހުންނަށް ފާހަގަ ކުރެވޭ ވަރަށް ވުރެ ބޮޑަށް އަޅާލުމުގެ އާދައެއް ހުރި އަންހެން ކުއްޖެކެވެ.

ހަފްތާތައް ފާއިތުވަމުން ދިޔަ ވަރަކަށް ސްކޫލުން އިއުލާނެއް ކުރިއެވެ. އެއީ އެމީހުންގެ ފުރަތަމަ ޓާމް އިމްތިހާނުތައް ކައިރިވެފައި ވާ ވާހަކައެވެ. އާންމުކޮށް ފިލާވަޅުތައް ޗެޓްކޮށް ހޭން ހޭދަކުރާ ދަރިވަރުން ކުއްލިއަކަށް ސީރިއަސް ވެގެން ދިޔައެވެ.
އެއްދުވަހަކު ހެނދުނު އެކުދިންގެ ޓީޗަރު ކުލާހަށް ވަދެގެން އައީ ކަރުދާސްތަކެއް ކުދިންނައް ބެހިއެވެ.
“ދަރިވަރުން، ތިކުދިންގެ ފުރަތަމަ ޓާމް އިމްތިހާނުތައް އަންނަ ހަފްތާގައި ފެށޭނެ. އުންމީދު ކުރަން ދަރިވަރުން ތައްޔާރުވާން ފަށާފައިވާ ކަމަށް.” މުދައްރިސް ސީރިއަސް ކަމާއެކު ބުނެލިއެވެ.

އަމާން މަޑުމަޑުން ޒަޔާން އާއި ދިމާލަށް އެނބުރިލިއެވެ. “ބްރޯ، އައިމް ކުކްޓ.” އަމާން ޒަޔާން އަށް ބުންޏެވެ.
ޒަޔާން އޭނާއަށް ބަލާލިއެވެ. “އަމިއްލައަށް ވާހަކަ ދައްކާ. އަހަރެން މިހުރީ މުޅިން ތައްޔާރަށް.” ޒަޔާން ފަހުރުވެރި ގޮތަކަށް ބުނެލިއެވެ.
ކައިރީގައި އިށީނދެގެން އިން އައިޒާއަށް އެމީހުންގެ ވާހަކަ އަޑުއިވުނެވެ. “ތައްޔާރަށޭ؟ އިއްޔެގެ ސުވާލަށް ވެސް ޖަވާބު ވެސް ނުދެވުނު މީހެއްތީ!” އައިޒާ މަލާމަތް ކުރުމު ގެ ގޮތުން ބުނެލިއެވެ.

“ތީނަގެ ޚިޔާލެއް އެއްވެސް މީހަކު އަހާފައެއް ނެތް އައިޒާ.” ޒަޔާން ފަހަތައް އެނބުރިފާއި ޖަވާބު ދިނެވެ. އެމީހުންގެ އެކުވެރިން ތިބީ ހިނިގނޑު ހިފަހައްޓާ ގެން ނެވެ.
ޓީޗަރު އެމީހުންގެ ވާހަކަ މެދުކަނޑާލިއެވެ. “ޒުވާބު ކުރުމުގެ ބަދަލުގައި ފޮތެއް ހިފާގެން ދެކުދިން ކިޔަވަން އިތުރު ވަގުތު ހޭދަކުރިޔަސްމާ ރަނގަޅު ވާނެއް.” ޓީޗަރު ބުނެލިއެވެ.
“ލައްބަ މިސް” އެދެމީހުން އެކުގައި ޖަވާބު ދެވުނެވެ. އެއްފަހަރު ނަމަވެސް ދެމީހުންކުރެ އެކަކުވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.

އެންމެ ފަހުން ފުރަތަމަ ޓާމްގެ އިމްތިހާނުތައް ފެށިގެން ދިޔައެވެ. އާންމުކޮށް ހެއްވާ ވާހަކަތަކާއި ވާހަކަތަކުން ފުރިފައިވާ ކްލާސްރޫމް އާދަޔާ ހިލާފަށް ހަމަހިމޭން ވެގެން ވާ ކަހަލައެވެ. ދަރިވަރުން އެކުދިންގެ މޭޒުދޮށުގައި އިށީނދެގެން ތިބީ ގަލަމާއި ރޫލާތަކާއި އިމްތިހާނަށް ބޫނުންވާ އެއްޗެހި ހަމަތޯ ޗެކް ކުރުމުގައެވެ.

އޭގެ ފަހުން އައި ދުވަސްތަކުގައި ވެސް އިމްތިހާނުތައް ކުރިއަށް ދިޔައެވެ. ބައެއް ކަރުދާސްތައް ހީކުރިވަރަށް ވުރެ ފަސޭހަވިއިރު އަނެއްބައި ކަރުދާސްތަކުން ދަރިވަރުން ކިޔެވި ހުރިހާ ކަމަކާ މެދު ސުވާލު އުފެދިގެން ދާ ކަހަލައެވެ. އެމީހުންގެ ފައިނަލް އިމްތިޙާނަށްފަހު ކުއްލިއަކަށް އަނެއްކާވެސް ކްލާސްރޫމްގައި އަޑުގަދަވިއެވެ. “ފައިނަލީ! ފިރީ ޑަމް!” އަމާން އޭނާ ގެ އެކުވެރިންނަށް ބުނެލިއެވެ.
“އަހަރެން ދެން ދުވަހަކުވެސް ބޭނުމެއް ނޫން އެހެން އިމްތިހާނެއް ކަރުދާސް ދެކެން.” ޒަޔާން ހީލާފަ ބުނެލިއެވެ.
“ނަތީޖާ ނުކުންނާ ދުވަހަކަށް އިންތިޒާރު ކުރަމާ ދޯ ދެން.” އައިޒާ އައް ޒަޔާންމެންގެ ވާހަކަ އަޑުއިވި ބުނެލިއެވެ.
“ކީއްވެ؟ ތީނަގެ ކަރުދާހާ މެދު ކަންބޮޑުވަނީތަ؟” ޒަޔާން އައިޒާއާއި ދިމާލަށް އެނބުރިލި ގޮތައް އެހިއެވެ.
” ނޮޓް އެޓް އޯލް ” އައިޒާ ބުންޏެވެ.
“ރަނގަޅު. ދެން ބަލާލަމާ ރަނގަޅު މާކްސް ލިބެނީ ކާކަށްތޯ.” ޒަޔާން އައިޒާއާއި ވާދަކުރާ ރާގެއްގާ ބުނެލިއެވެ.
“ޑެއިލް.” އައިޒާ ވަރަށް ހިތްވަރާ އެކު ބުނެލިއެވެ.
މި ކުޑަކުޑަ ކަންކަމުގައި އެމީހުންގެ ނިމުމެއް ނެތް ޖަދަލުތަކުގެ އަހެން ސަބަބެއް ވާނެކަން ދެމީހުންނަށްވެސް ނޭނގެނެވެ.
އަދި މެދުނުކެނޑި އެކަކު އަނެކަކަށް ރުޅިއަރުވާލި ނަމަވެސް، މަޑުމަޑުން އެކަކު އަނެކެއްގެ އާންމު ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެގެން ދާނޭކަން ދެމީހުންނަށް ވެސް ނޭނގޭއެވެ.
އޭގެ ހަފްތާ އެއް ފަހުން ދަރިވަރުންނަށް އެކުދިން ފުރަތަމަ ޓާމް ގެ ކުރި ބުރަ މަސަތްކަތު ގެ ނަތީޖާ ލިބުނެވެ. އެކުދިންގެ މުދައްރިސް ނަތީޖާ ޝީޓްތައް ހިފައިގެން ވަދެގެން ދިޔައިރު ކްލާސްރޫމްގައި ފޯރިއާއި ހާސް ކަން ފެެނިގެން ދިޔައެވެ. “އޯކޭ، ކުދިން. މި ހުރީ ތިކުދިން ގެެ ނަތީޖާތައް ފަހަރަކު ކުއްޖަކު އައިސް އެކުއްޖެއް ގެ ގަނޑު ހިފާގެން އިށީންދޭ.” މުދައްރިސް ކަރުދާސްތައް ބަހަން ފެށުމުން ދަރިވަރުން ކެތްމަދުވެފައި ތިއްބެވެ.
ހިތްހަމަޖެހުމުގެ ހިނިތުންވުމަކާއެކު ޒަޔާން އޭނާގެ ނަތީޖާ ބަލާލިއިރު އައިޒާ ފަރުވާތެރިކަމާއެކު ކޮންމެ މާއްދާއެއް ޗެކްކުރިއެވެ.
“އެހެންމަ، ކިހިނެއްވީ؟” ކުޑަކޮށް ގުދުވެލަމުން ޒަޔާން އަހާލިއެވެ.
އައިޒާ އޭނާއަށް ބަލާލިއެވެ. “ވަރަށް ރަނގަޅު. ކިހިނެއް ވާނީ؟” އައިޒާ ބުނެލިއެވެ.
“ތިޔައަށް ވުރެ ރަނގަޅު” ޒަޔާން ހެވިފާ ބުންޏެވެ.
“ހުވަފެނުގައި އިބްރާހިމްމްމްމްމްމްމް!” އައިޒާ ބުނެލިއެވެ.
އޭނާ ހީލަމުން އޭނާގެ ނަތީޖާ އައިޒާއައް ދައްކާލިއެވެ.
އައިޒާ އެމީހުންނަށް ނަޒަރު ހިންގާލުމުގެ ކުރިން “އޯކޭ، ގޯހެއް ނޫން. އެކަމަކު މާ ފޯރިއެއް ނުވޭ” އޭ ބުނެލިއެވެ.
“މީހަކު ހަސަދަވެރިވާހެން ހީވެއެވެ.” ޒަޔާން ހީހީފައި ބުންޏެވެ.
“ކޮންމެވެސް މީހަކު މަޑުމައިތިރިވާން ޖެހޭނެ.” އައިޒާ ޒަޔާންއައް ލޯއަޅާލަމުން ބުނެލިއެވެ.
އެމީހުންގެ ކުލާސް ކުދިން ހީލަ ހީލަ ތިއްބެވެ. ދެމީހުންވެސް އިތުބާރާއެކު އަމަލުކުރަން އުޅުނު ނަމަވެސް ސިއްރުން ހިތްހަމަޖެހުނީ އެދެމީހުން ކުރި މަސައްކަތުން ގެ ނަތީޖާ ފެނިފައެވެ. އަދި، އާދައިގެ މަތިން، ނަތީޖާ ދުވަހު ވެސް އެމީހުންނަށް ޖަދަލު ކުރަން އިތުރު ސަބަބެއް ހޯދުން ހުއްޓުވޭ ގޮތެއް ނުވި އެވެ. އާދައިގެ މަތިން ދެމީހުންގެ ނަތީޖާ އަޅާކިޔުމާއި އެކަކު އަނެކަކަށް ޖެއްސުން ކުރުމުގެ ފުރުސަތު ގެއްލުވާނުލައެވެ. އެމީހުންގެ ކުޑަކުޑަ ވާދަވެރިކަން ކުރިއަށް ދިޔައިރު، ކުލާސް ކުދިންނަށް ހެއްވާ ވާހަކަތަކެއް ގެނެސްދިނެވެ.

ކްލާސްރޫމްގެ ވަށައިގެން ކޮންމެ ދަރިވަރަކުވެސް އެމީހުންގެ ނަތީޖާއަށް ރިއެކްޓް ކުރީ ތަފާތު ގޮތަކަށެވެ. އެއްބަޔަކު ފޯރިއާއެކު ރައްޓެހިންނަށް މާކްސް ދައްކަމުން ދިޔައީ ވަކިން ރަނގަޅަށް ޕާފޯމް ކުރި މާއްދާތައް ފާހަގަ ކުރަމުންނެވެ. ނަމަވެސް މަދު ދަރިވަރުންތަކެއްގެ ނަތީޖާއާ މެދު މާޔޫސްވިހެން ހީވިއިރު، ހާއްސަކޮށް އިމްތިހާނުތަކަށް ތައްޔާރުވުމަށް ގަޑިތަކެއް ހޭދަކުރި ނަމަވެސް އުންމީދުކުރި މާކްސް ނުލިބި ތިބި ދަރިވަރުންގެ ނަތީޖާއާ މެދު މާޔޫސްވި އެވެ. ބައެއް ކުދިން ކުދި ގްރޫޕްތަކަކަށް ބަހާލައިގެން ގްރޭޑް އަޅާކިޔައި، އުނދަގޫވާ މާއްދާތަކަކީ ކޮބައިތޯ މަޝްވަރާ ކުރަމުން ދިޔައެވެ. އަނެއް ބަޔަކު ވިސްނަން ފެށީ ކުރިއަށް އޮތް ދައުރުގައި ރަނގަޅު ކުރެވޭނެ ގޮތަކާ މެދުގައެވެ. މަދު ބަޔަކު އަމިއްލައަށް ވައުދުވީ ފިލާވަޅުތަކުގެ ތެރޭގައި ގާތުން ސަމާލުކަންދީ، ހޯމްވޯކް ގަޑިއަށް ފުރިހަމަކޮށް، އެންމެ ފަހު ވަގުތާއި ހަމައަށް ހުރިހާ ކަމެއް ދޫކޮށްލުމުގެ ބަދަލުގައި ރިވައިޒް ކުރުމަށް އިތުރު ވަގުތު ހޭދަކުރުމަށެވެ. ބައެއް ކުދިން ރައްޓެހިންނާއެކު ކުދި ސްޓަޑީ ގްރޫޕްތައް އުފައްދައިގެން ވެސް އުނދަގޫ މައުޟޫއުތައް ވިސްނައިދިނުމަށް އެހީތެރިވެދިނުމަށް ވެސް ރާވާފައިވެ އެވެ. އެކުދިންގެ ޓީޗަރު އެންމެންނަށް ހަނދާންކޮށްދިނީ އިމްތިޙާނުގެ ނަތީޖާއަކީ އެމީހުންގެ ޤާބިލުކަން ކަނޑައަޅާ އެއްޗެއް ނޫންކަމާއި، އަބަދުވެސް ރަނގަޅުވުމުގެ ފުރުޞަތުތައް ހުންނާނެ ކަމެވެ. އެންމެ މުހިންމީ އެމީހުންގެ ގޯސްތަކުން ދަސްކޮށް، އެމީހުންގެ ބަލިކަށިކަން ދެނެގަނެ، ދެން އަންނަ ފަހަރު އިތުރު މަސައްކަތެއް ކުރުމެވެ.

ދުވަސް ނިމުނުއިރު ނަތީޖާތަކާ ގުޅިގެން އުފެދުނު ފޯރި މަޑުމަޑުން ހަމަޖެހުނެވެ. ދަރިވަރުން ފޮތްތައް ޕެކްކޮށް، ޕާފޯމަންސްތަކާ ބެހޭ ގޮތުން ޚިޔާލުތައް ހިއްސާކޮށް، އާދައިގެ ވާހަކަތަކަށް އެނބުރި އައެވެ. އެއްބަޔަކު ފަޚުރުވެރިކަމުގެ އިހުސާސެއް ކްލާސްރޫމުން ނުކުތްއިރު، އަނެއް ބަޔަކު ހިނގައިގަތީ އާ ލަނޑުދަނޑިތަކާއި ކުރިއަށް އޮތް ޓާމްގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ އަޒުމަކާ އެކުގަ އެވެ. ކޮންމެ މީހަކަށްވެސް ފުރަތަމަ ޓާމްގެ ނަތީޖާއަކީ ހަމައެކަނި ދަސްވި ކަންތައްތަކުގެ ރިފްލެކްޝަނެއް ނޫން ކަމަށާއި، އިތުރު މަސައްކަތާއި އަޒުމަކާއެކު ހާސިލްކުރެވޭނެ ކަންކަން ހަނދާންކޮށްދިނުމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.