
ދުރުވާން ޖެހުނަސް – 2

އެއީ ކޮފީ ތައްޓެއް ނަގާލުމަށެއެވެ . ދިޔަ މަގުމަތީ 2 ކުދިން އެތަކެއް ވާހަކައެއް ދެކެވިގެން ދިޔައެވެ . ޒައިނާ މިހާރު އަބުރާ ރާއްޖެއަށް ދާ ވިސްނުން ނުގެން ގުޅޭ ކަމަށް ބުނެލިއެވެ .
އެތަކެއް ހަނދާން ތަކެއް ރާއްޖެއިން ވާނޭ ކަމެއެވެ .
މިހާރު ވެސް އޭނަ އަހަންނަށް މެސްޖް ތަކެއް ކުރަމުން ދޭ އެކަމަކު މަ މެސެޖް ތަކަކަށް ޖަވާބު ނުދީ މަޑުން މި ހުންނަނީ މަ ކިޔެވުމަށް ހުރަސް އެޅިދާނެތީ ” ޒައިނާ އަޑުގައި ވަނީ ކުރަކި ކަމެއެވެ
ކޮފީ ބޮއެގެން 2 ކުދިން ދިޔައީ ކިލާހާ ދިމާ އަށެއެވެ . ޒައިނާ ކިލާހަށް ވަނުމުން ރާނިޔާ ހިގައި ގަތީ އޭނަގެ ކިލާހަށެވެ . ނަމަވެސް ރާނިޔާ ބޮލުގައި އެބުރެމުން ދަނީ ދެންމެ ޒައިނާ ބުމަނުން ގެން ދިޔަ ވާހަކަ ތަކެއެވެ . އެތަކެއް ސަފްހާ އެކެވެ . އެތަކެއް ވާހަކަ ތަކެއް ޒައިނާ ހިތުގައި އޮތް ކަމެއެވެ .
ލަންޑަން ގަޑިން އޭރު ހަވީރު 5 ޖަހަނީ އެވެ . ކޮލެޖް ނިއްމާލުމަށް ފަހު ޒައިނާ އަދި ރާނިޔާ ހިގައިގަތީ ގެޔާ ދިމާ އަށެއެވެ . ނަމަވެސް ރާނިޔާ ބޭނުން ވީ ޒައިނާ މެން ގޭ ކައި އިން ޕާކް އަށް ވަންނާށެއެވެ . ސަބަބަކަށް ވަނީ ޒައިނާ ގެ ފަރާތުން އެތަކެއް މައުލޫމާތު ތަކެއް ހޯދުމަށެއެވެ .
2 ކުދިންނަކީ 2 ބެސްޓީ އެވެ . 2 ކުދިންނަށް ހުރިހާ ކަމެއް އެގެއެވެ .
ފިނި ކަމުން ނޭވާ ލާ އިރު ގަޔާއި ވާހަކަ ދައްކަމުން ދާއިރު އަންނަނީ ދުމެއެވެ .
އިރު ކޮޅެއްގެ ފަސް ..
2 ކުދިން ޕާކް އަށް ވަދެވިއްޖެއެވެ . އިށިންނަށް ހަދާފައި ހުރި ގޮޑި ތަކުން އެތަނުން އެއް ގޮޑި އެއްގައި 2 މީހުން ތިއްބެއެވެ . ” މިޔަދު ހާދަ ބޮޑެތި ވާހަކަ ތަކެއް ތި ދެއްކީ . އަހަންނަށް ކަމެއް ސިއްރު ކުރަން ދޯ ..” ރާނިޔާ ލޯ ބޮޑު ކޮއްލުމަށް ފަހު ބުނެލިއެވެ . އާއެކޭ ބުނާ ގޮތަކަށް . ޒައިނާ ބޯ ޖަހާލިއެވެ . ލަދު ރަކި ގޮތަކަށެއެވެ . ވާހަކައެއް ދައްކަން ބޭޏުން ވާ ކަހަލައެވެ .
” ސޮރީ ރާނިޔާ … މަށައް ރާނިޔާ އަށް މި ހުރިހާ ވާހަކަ އެއް ސިއްރު ކޮއްގެން މިޔޮށް ހާ ދުވަހު ހުރެވުނީ .. އަހަރެން އަމިއްލަ ނަފްސު … އަހަންނަށް ބުނަމުން ދިޔައީ މިކަންތައް ސިއްރު ކޮށް ހިފަހައްޓަން ” ޒައިނާ ކަރު ބެދެމުން . އަޑު ކެޑޭ ފަހަރު އައި
ފޯން ރިންގް ވާން ފެށި … ޒައިނާ ފޯން އަށް ބަލާލި އިރު ޒައިނާ މަންމަ ” ދަރިފުޅާ ކޮންތާކު އަދި ވެސް ކޮލެޖް އެއް ނުނިމޭ ތަ ؟ ” ޒުލޭހާ ސުވާލު ކުރަމުން ދިޔަ
” މޮމް … ތަންކޮޅެއް ލަސްވެދާނެ …. ރާނިޔާ އާ އެކު މި އިނީ …. ” ޒައިނާ ކަރުގައި އަޅައިގަންނަމުން ބުނެލިއެވެ . އެހެން ބުނުމަށް ފަހު ފޯން ކަޑާ ލުމަށް ފަހު ފުން ނޭވާއެއް ލިއެވެ . އަދި ޒައިނާ ގެ މަންމަ އަށް ޒައިނާ ރުއި ކަން ނޭންގުމަށް ޓަކައި އެތަކެއް ކަމެއް ކުރެވިގެން ދިޔަ އެވެ .
” ޒައިނާ .. ކޮންމެ ވެސް ދުވަހަކުން މަންމަ އަށް އިގޭނެއެވެ . ” ރާނިޔާ ބުނެލިއެވެ .
ކޮލެޖް ތަކުގެ ކިޔެވުން މެދު ކެޑިއްޖެއެވެ . ކޮލެޖް ތަކުގެ ބައްދު ދުވަސް ވަރެއެވެ . ” ދަރިފުޅާ ހިނގާ ރާއްޖެ އަށް ގޮސްލަން ، މާމަ މެން ކައިރި އަށް ” ޒުލޭޙާ މަޑުމައިތިރި ކަމާ އެކު ބުނެލިއެވެ .
މަންމަ އެހެން ބުނުމާއެކު ޒައިނާ ގެ މޫނު މައްޗަށް އަދިރި ކަމެއް އަންނަން އުޅުނު ކަހަލަ އެވެ . އެއްވެސް އެއްޗެއް ނުބުނެ އިށީދެގެން އިން ސޯފާއިން ތެދުވެ އަވަސް މިނުގައި ހިގާފައި ޒައިނާ ދިޔައީ ކޮޓަރި އަށެއެވެ .
ކޮޓަރީގެ ދޮރު ބާރަށް ޖަހާލުމަށް ފަހު ޒައިނާ އެދުގައި އޮތް ބާލިސް މޫނު މަތީގައި އެޅުމަށް ފަހު ހިތް ފުރެންދެން ރުޔެއެވެ .
” ދޮންތީ ދޮރު ހުޅުވުވަބަލަ .. ޒީނިޔާ އެބޯތޭ ވާހަކަ އެއް ދަކަން ވެފާ ” މަޑު މަޑު އަޑަކުން ޒީނިޔާ ގޮވަމުން ދިޔައެވެ . އޭރު ގަޑިން ރޭގަނޑު 9 ޖަހައި ބޮޑު ވެއްޖެއެވެ .
ލޯ އުގުޅަމުން ޒައިނާ އެދުން ތެދުވެގެން ކޮޓަރީގެ ދޮރު ހުޅުވުމަށް ފަހު ” ކީކޭ ޒީނިޔާ ” އެހެން ބުނުމަށް ފަހު ޒީނިޔާ ވަނުމަށް ތަން ދެއްކިއެވެ .
” ދޮންތީ ދޮގު ނުހަދާ . އަ،އި ކައިރީ އެއްޗެއް ބުނެވިދާނެ ތަ ؟ މިޔަދު ދޮންތީ ކަންތައް ކުރި ގޮތުން އަދި ދޮންތީ ރިއެކްޓް ކުރި ގޮތުން އެގިއްޖެ ކަމެއް ގޯސް ކޮށް ވެފައި ހުރި ކަން … ނިކަން ބުނެބާ .. އަ ޕްރޮމިސް ވިތް ޔޫ އެކަކު ކައިރީ ވެސް ނުބުނާނެ ކަން ” ޒީނިޔާ ސީރިއަސް ވެލުމަށް ފަހު ބުނެލިއެވެ .
ކޮޓަރީގެ ކުޑަ ދޮރު ކައިރި އަށް ޒައިނާ ކައިރިވަމުން ކަމެއް ނުވާ ކަމަށް ބުނެ ދޮގު ތަކެއް ހެދިއެވެ . އެ ވަގުތު ފޯނަށް ބަލާލިއެވެ . އޭރު ގަޑިން 10:15 ހިގައިފިއެވެ . ” މިރޭ ކޮއްކޮ މެން ކައިފިން ތަ < ދޮންތީ މިރޭ ނުކާނަން ” ޒައިނާ ވާހަކަ އޮޅުވާލަމުން ބުނެލިއެވެ .
2 ކުދިން ދޭތެރޭގައި ހަމަ ހިމޭން ވަގުތު ކޮޅެއް ދިޔައެވެ . ” ހެލޯ ޒައިނާ އާރ ޔޫ އޯކޭ ؟ ” ރާނިޔާ ގެ މެސްޖް އެއް އައެވެ . ނަމަވެސް އެ އަކަށް އެއްވެސް އެއްޗެއް ނުބުނެއެވެ .
ލަންޑަން ގެ ފިނި ގަދަ ދުވަސް ވަރު ކަމުން މަގުމަތީ ހިގާވެ ބިގާވެ އުޅުމަށް ވަނީ އެތަކެއް ހުރަސް ތަކެއް ކުރިމަތި ލާން ޖެހިފައެވެ
ދުވަސް ކޮޅެއްގެ ފަސް …
ހިތާ ދެކޮޅަށް ޒައިނާ ރާއްޖެ އަންނަށް އެއްބަސް ވެއްޖެއެވެ . އެއީ މަންމަ މެން ހިތް ހަމަ ޖައްސާލުމަށް ޓަކައެވެ . މަންމަ އަދި ބައްޕަ އަދި ކޮއްކޮ ގެ ހިތް ހަމަ ޖެއްސުމަށް ޓަކއެވެ . ރާއްޖެ އަންނަ ހިތަކުން ނުމެ ނޫނެއެވެ .
މަންމަ އާއި ކޮއްކޮ އަދި ބައްޕަ އެ މީހުން ގެ ރަށަށް ދިޔައެވެ . އަދި ޒައިނާ ދިޔައީ ރާއްޖޭގެ ރިސޯޓް އެއް ކަމަށް ވާ ކުޑަ ބަޑޮސް އަށެއެވެ . އެއީ ޗުއްޓީ ހޭދަ ކޮއްލުމަށްޓަކައި އަދި އެ ހަނދާން ތަކާ ދުރުވުމަށް ޓަކައެވެ . ނަމަވެސް ޒައިނާ އަށް ރިސޯޓް ވެގެން ދިޔައީ އުދަގޫ އަދި އިތުރަށް އެ ހަނދާން ތަކާއި ކައިރިވި އެއް ކަމަކަށެއެވެ .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.