
ދުރުވާން ޖެހުނަސް – 3

. ކޮޑުގައި އޮތް އަތް ދަބަހުން ފޯން ނެގުމަށް ފަހު ފުރަތަމަ ވެސް ގުޅީ ޒައިނާ މަންމަ ޒުލޭޙާ އަށެއެވެ . ދެތިން ފަހަރަކު ފޯން ރިންގް ވުމަށް ފަހު ” ހަލޯ ދަރިފުޅާ ކީ ކޭ ؟ ކިހިނެއް ވީއޭ ؟” ސުވާލަކަށް ފަހު ސުވާލެއް އަމުނާލިއެވެ .
” މަންމާ އަހަރެން ރާއްޖެ އަކު އުޅެން ބޭނުމެއް ނޫން ވީހާވެސް އަވަހަކަށް ލަންޑަން އަށް ދާން ބޭނުން ” ޒައިނާ ރުން ކުރު ގޮތަކަށް ފަތި ފައްޗައް އަމުނާލިއެވެ . އެ ހިތުގައި އަޅާ ވޭނާއި ރިހުން ރަގަޅު ޥާނޭ ކަމަށް ހިތައެވެ .
” ދަރިފުޅާ ބައްޕަ އާ ވާހަކަ ދައްކާލުމަށް ފަހު ތިކަމާ އެބަ ގުޅަން ” އެހެން ބުނުމަށް ފަހު ޒުލޭޙާ ފޯން ބޭއްވިއެވެ . އިންތިޒާރު ކުރަމުން އަންނަނީ ޒުލޭޙާ ގެ ޖަވާބަކަށެއެވެ .
ދުވަހަކަށް ފަހު ދުވަހެއް ފާއިތު ވަމުން ދިޔައެވެ . ޒުލޭޙާގެ އެކަމަކަށް ވާހަކަ ދެއްކުން މަދު ވެއްޖެއެވެ . ޒައިނާ ގެ ހިތުގެ ރިހުން އިތުރުވާން ފެށިއެވެ . ގޮތް ދޫ ކުރުމަށް ފަހު ޒައިނާ ދާން ޖެހުނީ ޒައިނާ މަންމަ ޒުލޭޙާ ކައިރި އަށެއެވެ .
” ދަރިފުޅާ އަސްލު ކިހިނެއް ވީ ތަ ؟ ކީއްވެ ރާއްޖޭގައި އުޅެން ބޭނުން ނުވެގެން ތި އުޅެނީ ….. ” ސިޓިންރޫމް ގައި ހުރި ސޯފާގައި އިށިންނަމުން ބުނެލިއެވެ .
ޒުލޭހާ އެހެން ބުނުމުން ޓީވީ އަށް ގެއްލިފައި އިން ޒައިނާ ޓީވީ ނިއްވާލުމަށް ފަހު ހަރުކޮށް ހިގުމަށް ފަހު ކޮޓަރި އާ ދިމާ އަށް ދިޔައެވެ .
” ދަރިފުޅާ ޒައިނާ އާދެބަލަ ….. ކީއްވެ ތަ މަންމަ ބުނި ބަހަށް އެއްވެސް އެއްޗެއް ނުބުނެ ތި ދަނީ ؟ މަންމަ އަށް ބުނެވުނީ އަނެއްކާ ގޯސް ވާހަކަ އެއްތަ ؟ ބައްޕަ މެންނަ ކަމެއް ސިއްރު ކުރަނީ ތަ ؟ ” ރުން ކުރު ކޮށް ގޮވާލިއެވެ . ޒައިނާ އެއްވެސް ޖެހުނީ އެ 2 މަފިރިން ކުރިމަތީ ފިޔަތަށް ތިރި ކޮއްލާށެއެވެ . އެއް ވެސް އެއްޗެކޭ ނުބުނެވި ފެން ކަޅިވެފައި އިދެވުނީއެވެ.
” ދަރިފުޅާ މިއީ ބައްޕަ އޭ ! ހުރިހާ ވާހަކަ އެއް ވެސް ހިއްސާ ކުރެވޭނެ .. ހުރިހާ ވާހަކަ އެއް ވެސް ކިޔޭނެ … ބައްޕަ މެން ދަރިފުޅަށް ޓަކައި ނުކޮއްދެނީ ކޮން ކަމެއް … ދަރިފުޅު ބުނީމާ އާއިލާ އެއް ކޮށް ލަންޑަން އަށް ކިޔަވަން ދިޔައީ … އިތުރަށް ކޮން ކަމެއް ތަ ބޭނުންވަނީ ” މުހައްމަދު ފުޅު އަޑުގައި އަޅަ އަޅައި ގަންނަ ގޮތެއް ހުއްޓެއެވެ . އެއްވެސް އެއްޗެއް ނުބުނެ ޒައިނާ ހިގައި ގަތީ ކޮޓަރި އާ ދިމާ އަށެއެވެ . ފެންކަޅިވެ ހުރެއެވެ .
” މުހައްމަދު ފުޅު ނުވާނެ ދޯ ތި ގޮތަކަށް ބުނާ ކަށެއެވެ . ޒައިނާ ކޮންމެ ވެސް ކަމަކާ އެބަ ވިސްނާ . ކޮންމެ ވެސް ކަމެއް އެބަ ބޭނުވެ .. ” ޒުލޭޙާ މޫނު ހަދާލުމަށް ފަހު ބުނެލިއެވެ .
ދުވަސް ކޮޅެއްގެ ފަސް
ޗުއްޓީ ވެސް ނިމެން ކައިރި ވެއްޖެއެވެ . ޒައިނާ އާއި ޒީނިޔާ އަދި މަންމަ އާއި ބައްޕަ ލަންޑަން އަށް ދިޔުމަށް ދަތުރު ހަދަމުން ދިޔައެވެ .
ޒައިނާ އާއި ޒީނިޔާ އެކަނި ވި ވަގުތު ” ދޮންތީ ކަމަކާ އެބަ ވިސްނަން ދޯ . މި ޗުއްޓީ މި ދިޔައީ މަންމަ މެންނާ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ .. ކުޑަ މިނުން އައީ އާ ވެސް ވާހަކަ ނުދައްކާ … އައީ އަށް އިގޭ ކަމެއް ގޯސް ވެފާ ކަން އަދި ހިތުގައި ކަމެއް ފޮރުވައިގެން އުޅޭ ކަން . އައި ކައިރީ ބުނެބާ ދޯ ” ޒީނިޔާ މަޑުމައިތިރި ކަމާއެކު ބުނެލި …
ކަމެއް ނުވޭ … ޒައިނާ ބުނެލިއެވެ . ކޮލެޖް ގެ ކިޔެވުން ތަށް ފަށާފިއެވެ . ޒައިނާ ކިޔެވުމުގައި އަވަދި ނެތި އުޅެއެވެ . ރާނިޔާ އަށް ފެނިގެން ދަނީ އެހެން ޒައިނާ އެކެވެ . މުޅި މީހާ ބަދަލު ވެގެން ދިޔަ މަންޒަރެއެވެ .
” އޭ …. ޔޫ ….. ހާދަހާ ބަދަލު ތަކެއް އައިސްފައޭ ދޯ ….. ޕިސް ޕިސް … މިހާރު ރާއްޖެ އައިސް ވެސް އެތަކެއް ބަދަލު ތަކެއް އައިސްފާ ހުރިހެން ހީވެ އޭ ދޯ ….. ޕިސް ޕިސް … ބުނެވެސް ނުލާ ތި އައީ ” ރާނިޔާ ކުދި ކިޔަން ފަށާފިއެވެ . އެހާ ދުވަހު ނުފެނި ގިނަ ދުވަސް ތަކަށް ފަހު ފެނި މީހާ އެއްކޮށް ބަދަލު ތަކެއް އައިސްފައި ހުރުމުގެ ސަބަބުންނެއެވެ .
” ދެން ޔޫ ނޯ އެއް ނު ވާނުވާ …. ވާނުވާ އިގި ހުރެ ތި ހުރިހާ ސުވާލު ތަކެއް ކުރަނީ ޔޯ … އަހަންނަށް މަޖުބޫރު ވެގެންނޭ މި ގޮތަށް ވެސް ބަދަލު ތަކެއް މި އައީ .. އެހެން ނޫން ނަމަ ނާންނާނެ ދޯ ” ޒައިނާ ހިތް ހަމަ ނުޖެހޭ ގޮތަކަށް ބުނެލިއެވެ .
ޒައިނާ ގެ ފޯން އަށް ވަޓްސް އަޕް މެސްޖް އައެވެ. ފޯން ދިއްލުމަށް ފަހު ސްކުރީން އޮފް ވެއްޖެއެވެ . އަވަސް އަވަހަށް ޒައިނާ ބަލާލީ ކާކު ކުރި މެސެޖް ތޯއެވެ . އެއީ ޒަކުވާން އެވެ . މާފް އަށް އެދިފައި އިން މެސެޖް އެކެވެ . ” ޒައިނާ އައި އެމް ސޮރީ . އަސްލު އަހަންނަށް ޒައިނާ ދެކެ އިންތިހާ އަށް ލޯބި ވެވުނީ … މައިންބަފައިން ގެ ނުގަބޫލް ގައި އަހަރެންނަށް އެކަން ކުރަން ބޭނުން ނުވީ ”
ޒައިނާ ހިތާ ހިތުން ބުނެލެވުނެއެވެ . މާފް އަށް ކުރާނީއެވެ . ކޮންމެ ވެސް ދުވަހަކުން އަހަރުން 2 މީހުންނަށް ހަޔާތުގެ ކޮންމެ ވެސް ހިސާބުން ގުޅެވިގެން ދާނެއެވެ .
” އިޓް އޯކޭ ޒަކުވާން … އެއީ އެހާ ބޮޑު މައްސަލަ އެއް ވެސް ނޫނެއް ނު … ” އެ ކުރު މެސެޖް ޒަކުވާން އަށް ފޮނުވާލުމަށް ފަހު ޒައިނާ ކިޔެވުމައިގެން ކުރިޔަށް ދިޔައެވެ .
ޒަކުވާން އަދި ޒައިނާ އަށް ގުޅުމަށް އައު ބަހާރު މޫސުމެއް އައިހެން ހީވެއްޖެއެވެ . އެތަކެއް ދުވަހަކަށް ފަހު ގައެވެ . ޒައިނާ ހުރީ ޒަކުވާން ދެކެ އިންތިހާ އަށް ލޯބި ވެސް ވެފައެވެ . އެކަމަކު އެހާ ވެސް ހިތް ހަމަ ނުޖެހިފައެވެ .
ކޮލެޖް ނިމިގިން ޒައިނާ ކޮޑުގައި އަޅުވާފައި އޮތް އަތް ދަބަހުން ފޯން ނެގުމަށް ފަހު ޑައިލް ކޮއްލީ ޒީނިޔާ އަށެއެވެ .
ރިންގް ވީ 2 ތިން ފަހަރު އެވެ . ” އޭ ކޮއްކޯ ނިކުމެބަލަ … ގޭ ކައިރިޔަށް އެބައިން ޓޯކް އެއް ކޮއްލަން .. ދޮންތީ ދޭނަމޭ ކާން ” ޒައިނާ އެހެން ބުނުމުން .. ” އާ އޯކޭ މި ރެޑީ ވަނީ ގިވް މީ 5 މިންސް .. ” ޒީނިޔާ އަވަސް އަވަހަށް ފޯން ބޭއްވުމަށް ފަހު އަވަސް ވެ ގަތީ އޭނަ ލޯބިވާ ދޮންތީ ބުނި ބުނުމަށެއެވެ .
” އަސްލު އިގޭ ދޯ ޒީނިޔާ ގެނޭ ސަބަބު .. ” ޒައިނާ ގޭ ކައިރީ ބަގީޗާ / ޕާކް ތެރޭގައި ވަދެވުމާއެކު ޒައިނާ އަދި ޒީނިޔާ ވަދެވުމާއެކު ސުވާލު ކުރިއެވެ . އެއީ އޭނާ އަށް ކޮންމެ ވެސް ވަރަކަށް އެގިދާނޭ ކަމަށް ބަލާފައެވެ .
ނޫނެކޭ ބުނާ ފާޑަށް ބޯ ޖަހާލިއެވެ . އެކަން ތައްތަކަކީ ޒީނިޔާ އަށް ނޭންގޭ ކަމަކަށް ވުމުންނެއެވެ.
ނަމަވެސް މިޔަދު ޒީނިޔާ އަށް ހުރިހާ ކަމެއް އޮޅުންފިލާ ހިގައްޖެއެވެ . މަންމަމެންނާ ދުރުން އުޅެނީ ކީއްވެގެން ކަން ޒީނިޔާ އަށް އެގިއްޖެއެވެ .
” ދޮންތީ ވެސް ހިތް ވަރު ގަދަ … ޒީނިޔާ ނަމަ ތިހެން ކެތް ކޮށްގެން ނުހުންނާނަން …” ޒީނިޔާ ބުނެލިއެވެ . ” އެކަމް ދިރިއުޅުން ދޯ .. މަންމަ އާއި ބައްޕަ ދޯ.. އެ މީހުންނަށް ވެސް ބަލާލަން ވާނެ .. އަހަރުމެން ބޮޑެތި ކޮއްފާ އެތިބީ ކޮންމެ ވެސް ބުރައެއް ލާގެން ދޯ ” ޒައިނާ ބުނެލިއެވެ ..
އެހެން ބުނުމަށް ފަހު 2 ކުދިން ހިގައި ގަތީ ގެޔާ ދިމާ އަށެއެވެ .
މިހާރު ލަންޑަން ގަޑިން ރޭގަނޑު 8 ޖަހާ ބޮޑު ވެއްޖެއެވެ . އެ ކުޑަ އާއިލާ 4 މީހުން ރޭގަނޑު ގެ ނާސްތާ ކުރުމަށް ތައްޔާރު ވަމުން ދަނީ އެވެ .
” މަންމާ ކީއްވެ ޒަކުވާން ބޭބެ ފެމެލީ ދެކެ އެހާ ރުޅި އަންނަނީ .. އެ މީހުން މަންމަ އަށް ކޮން ކަމެއް ކުރީ ….. ؟ ދެން ކީއްވެ ދޮއްތީ އަށް އެހެން ކަންތައް ކުރަން ވީ ކީ ؟ މިހާރު ދޮންތީ ވެސް އެ ހުރީ ބޮޑު ވެފާ …” ޒީނިޔާ އެ ސުވާލު ތަކުން ޒުލޭޙާ އަށް ހުރެވުނު ތަން ވެސް ނުމެ އިގެއެވެ . އެ ކުޑަ ކުޑަ ޒީނިޔާ ގެ ފަރާތުން ބޮޑެތި ވާހަކަ ތަކުން … ޒުލޭޙާ ހުރީ ކޮސްވެ ފައެވެ …
” މިހާރު ޒީނިޔާ ކައިރީ ޒަކުވާން ވާހަކަ ދެއްކީ ދޯ …. އެ މީހުންނާ ވާހަކަ ދެއްކޭނެ ކަމަށް … ނުވާނެ ވާހަކަ ދައްކައިގެން ” މުހައްމަދު ފުޅު ގެ އަޑު ގައި ވަނީ ރުޅި ވެރި ކަމެއެވެ . އަދި އަމުރުވެރި ކަމެއެވެ . ޒައިނާ ކާން އިން ތަށި އެއްވެސް އެއްޗެއް ނުކައި ބާރަށް ދުވެފައި ގޮސް ޒައިނާ މެން އުޅޭ ކޮޓަރި އަށް ވަދެ ދޮރު ބާރަށް ޖެހިއެވެ . އަދި ޒައިނާ ގެ ލޮލުން އައި ކަރުނަ ތިކި ތަށް ބާލީސް މައްޗައް އެޅެމުން ދިޔައެވެ .
” ދޮންތީ ދޮރު ހުޅުވުބަލަ .. މީ ޒީނިޔާ އޭ ” ޒީނިޔާ ގެ މަޑު މަޑު އަޑުން ދޮރުގައި ހުރެ ޒައިނާ އަށް ގޮވަމުން ދިޔައެވެ .