
އާއެކޭ ލޯބިވޭ… – 69

ފުރަތަމަ ސޮފްހާގައި ލިޔެފައި އޮތް ޖުމްލަ އަޑު ހަރުކޮށް އަޝްބާ ކިޔައިލިއެވެ. އެއަޑު ހީވީ އުޑަށް އަރައިގެން ދިޔަހެންނެވެ. “ލޯތްބަކީ މިހާ ފުނޑުފުނޑު ކޮށްލާފަދަ އިހްސާސެކެވެ. ކިއެއް ހެއްޔެވެ؟ ‘އާއެކޭ’ މި ބަހަކީ މުޅި ދުނިޔެ ބަދަލުކޮށްލާ ފަދަ ޖާދުވީ ބާރެކެވެ.” އެ އަޑުއަހަން އިން ޒާން އަތުން ހިތެއް ފޮނުވާލިއެވެ. އަޝްބާ ލަދުން ދެލޯ މަރާލި އެވެ.
ވަގުތުތައް ދިޔައީ ކުޑަވަމުންނެވެ. މިރެއަކީ އެރެއެވެ. ކުރެވެމުން މިދާ ދިގުލީ އިންތިޒާރުގެ ފޮނި ނިމުން ބީހިލާ ރެއެވެ. އަތުގައި ބީހިލާފައި ވަޔަށް ބުރައިގެން ދާނީ އެއް ނޫނެވެ؟ އަތުގައި ބީހިލާފައި ހިތުގައި ތޮޅި ލާނީއެވެ. ހިތް ތެޅިގެންފައި ފޮތަކަށް އެދޭނީ ބާއެވެ؟ ކިތައް މީހުންނަށް މިވާހަކަ ކަމުދާނެ ބާއެެވެ؟ ކިތައް މީހުން ފޮތް ގަންނާނެ ބާއެވެ؟ **********************************އެ މާލަމަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އަޝްބާގެ ހިތުގެ ހިގުން އަވަސްވިއެވެ. ތަނުގެ ފުރިހަމަކަށް ތައުރީފު ކޮށްލެވުނެވެ. ރަތް ކުލައާއި ރަން ކުލައިން ޖަރީކުރެވިފައިވާ ބޮޑު ހޯލުގެ ތެރެއިން ދުވަނީ ތާޒާ ފިނިފެންމަލުގެ ވަސްމީރު ވަހެވެ. ސީލިންގުގައި އެލުވާފައިވާ ކްރިސްޓަލް ޗަންދަލިއާ ތަކުގެ މަޑު ރަންކުލައިގެ އަލިން މުޅި މައިދާން ދިޔައީ ބަބުޅަމުންނެވެ.
ސްޓޭޖުގެ މެދުގައި ބެހެއްޓިފައިވަނީ އަޝްބާގެ އަމިއްލަ އަތުލިޔުމުން “އާއެކޭ ލޯބިވޭ…” ޖަހައިފައިވާ ތަނެވެ. އެއީ އަސްބާތުއިން ފަރުމާކޮށްފައިވާ ބޮޑު މަޙްމަލާ ބެކްޑްރޮޕެކެވެ. އެކި ޤައުމުތަކުގެ ލިޔުންތެރިންނާއި، ނޫސްވެރިން ވެސް ތިބީ ކެން މަދުވެފައެވެ. މުޅި ހޯލުގެ ގޮނޑިތައް ވަނީ ފުރާލާފައެވެ.
އަޝްބާ ލައިގެން ހުރީ ގަދަ ރަތްކުލައިގެ ލުއި، އެހެންނަމަވެސް އިންތިހާއަށް ޝާހީ ހެދުމެކެވެ. މޫނުމަތީގައިވަނީ ސާދާ ލުއިލުއި މޭކަޕެކެވެ. އޭނާގެ ކައިރީގައި، ކަޅުކުލައިގެ ސޫޓެއްގައި ނަޒާން ހުރީ ހިނިތުންވެލައިގެންނެވެ. އޭނާގެ ދޫ އަންހެނުންނަށް ޓަކައި ފަޚުރުވެރި ވަމޭ ބުނާ ފަދައެވެ.
“އަޝް… ދޮން… ވަގުތު ޖެހިއްޖެ،” ނަޒާން، އަޝްބާގެ އަތްތިލައިގައި ހިފާލިއެވެ. ސިއްރެއް ބުނާ ފަދައަކުން މަޑުމަޑުން ބުނެލިއެވެ.
އަޝްބާ ފުން ނޭވާއެއް ލުމަށްފަހު، އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ތަޢުރީފުގެ އަތްތިލަބަޑީގެ އަޑާއެކު ސްޓޭޖަށް އަރައި، މައިކްރޯ ފޯނު ކުރިމަތީގައި އަޝްބާ ހުއްޓިލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އެންމެ ފުރަތަމަ ކުރީސަފުގައި ތިބި އޭނާގެ ލޯބިވާ އާއިލާއަށެވެ. ކޮއްކޮ އިޝްބާ އާއި، އިޝްބާގެ އުރުގައި އިން ކުޑަކުޑަ ޒުއައިސްއަށެވެ. ބޮޑު ދޮންތަ، ބޮޑު ދޮންތަ ބެއެވެ. ދެން އޭނާގެ ހުރިހާ ކަމެއްގައި ސާބިތުކަމާއެކު ހުރި ފިރިމީހާ ނަޒާނަށެވެ.
އަޝްބާ މައިކުގައި ޖަހާލުމަށްފަހު، ފެށިއެވެ. އަސަރުން ފުރިގެންވި ހަރުދަނާ އަޑެކެވެ. ހިތްގައިމު ތަޤުރީރެކެވެ. ހުނަރުވެރި ފަންނުވެރި ޒުވާނެކެވެ.
“އައްސަލާމު ޢަލައިކުމް… އަސަރީ ހިތްފަސޭހަ ޗާލު ހަވީރެއް…”
އަޝްބާގެ އަޑު އިވުމާއެކު މުޅި ހޯލަށް ހިމޭންކަން ވެރި ކުރުވި ކަހަލައެވެ. އަޑުތައް މަޑުވެ ތަން ފަސޭހަ ވެގެންދިއައެވެ.
“މިރޭ މިއީ ކޮންމެ އަކަސް ވަރަށް ހާއްސަ ރެއެއް. އެރޭ އަަކަށް ޓަކައި އެތައް ރެއެއްގެ ނިދި އަޅުގަނޑު ގުރުބާންކުރީ. އެރޭ އަކަށް ޓަކައި އަޅުގަނޑު ނުކައި ވެސް ހުރީ. ލިޔުމުގައި އަޅުގަނޑު އެތައް ވަގުތެއް ހޭދަ ކުރިން. ކިޔަވަމުން، ވަޒީފާއަށް ދަމުން، ކޮއްކޮގެ ކަންތައްތައް ބަލަމުން ލިޔަމުން ދިޔައީ. ގިނަފަހަރު ލިޔަން މި ލިބެނީ ދާންވާ ފަހުން. އެކަމަކު، އަލްޙަމްދުލިއް ﷲ ނިންމައިލެވުނީ ފެށި ދުވަހާއި ބަލާފައި ވަރަށް ވެސް އަވަހަށް.”
އަޅުގަނޑުގެ އަތުގައި މިއަދު މިވާ ފޮތަކީ ހަމައެކަނި ސޮފްހާތަކެއްގެ މައްޗަށް ލިޔެވިފައިވާ ޚިޔާލީ ވާހަކައެއް ނޫނެވެ. ހަޤީޤީ ވާހަކައެއް ވެސް ނޫނެވެ. ބިރުވެރި ވާހަކައެއްވެސް ނޫނެވެ. މިއީ ހުވަފެނެއްގެ ކުލަ ތަސްވީރެކެވެ. މިއީ އިޙްސާސްތަކެއްގެ ދިރުމެވެ. ލޯބީގެ ޖަޒުބާތުތައް ގިނަ އަބީރެކެވެ. އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު މި ސިއްރަށް ހެކި ވާނެއެވެ. މިއީ ރޮއެފައި ކުރާ އާދޭހެއްގެ އަޑެވެ.
“އަޅުގަނޑު މި ވާހަކަ ލިޔަން ފެށީ ނިދާ ބޮކީގެ ފަނޑު އަލީގައި ކޮޓަރިއެއްގެ ކަނެއްގައި އިން މޭޒެއް ދަށުގައި. އެކަމުގައި ނުނިދާ ހޭދަކުރި އެތައް ރޭތަކެއް ވާނެ. ބައެއް ފަހަރު ހީވި، މިކަން އަޅުގަނޑަށް ވާނެ ބާއޭ. މިކީ ވާވަރު ކަމެއް ނޫނޭ. ނަމަވެސް، ލޯބީގެ ޙަޤީޤީ ބާރަކީ އަނދިރީގައި ވެސް ފަނޑު އަލިކަމެއް ހޯދައިދިނުން.”
އަޝްބާގެ ދެލޯ އަސްލަށް ވެސް ފެންކަޅިވިއެވެ. އޭނާގެ ނަޒަރު ދަތުރު ކޮށްލީ ލޯބިވާ ކޮއްކޮއަށެވެ.
“އަޅުގަނޑުގެ ހަޔާތުގައި ދިމާވި ހުރިހާ ގޮންޖެހުންތަކެއްގައި.”
އިޝްބާ ހުއްޓުން އެރިއެވެ. މީހާ ހުރިތަނަށް ސިކުންތުކޮޅަކަށް ގަނޑުވިއެވެ.
“އަޅުގަނޑަށް ހިތްވަރު ދިނީ އަޅުގަނޑުގެ ލޯބިވާ ކޮއްކޮ. އެކަމަކު، އެ ކޮއްކޮ ވެސް ޒުވާން ފުރާއަށް އެރިއިރު މިހާ ބަލިވެއްޖެ. ނުކުޅެދޭ މީހަކަށް ވެއްޖެ. ހަޔާތުގައި އެޅުނު ޅައެއްޗެއްގެ ސަބަބުން ދިރި ހުއްޓަސް ކޮއްކޮ އިނީ ހަމަ މަރުވެފައި އޭރު. އަޅުގަނޑުމެންގެ މައިންބަފައިން ދުނިޔެއަކު ނެތް.”
އަދި ބުނަށް އަޅުގަނޑު ވެއްޓޭ ކޮންމެ ފަހަރަކު، ހަމަ ކޮންމެ ފަހަރަކު ނުގުޑާފަދަ ސާބިތުކަމާއެކު ކައރީގައިވީ އެކަކު ޒާންއަކީ. އަޅުގަނޑުގެ އަތުގައި ހިފެހެއްޓި. އެއީ މިއަދު އަޅުގަނޑުގެ ފިރިމީހާ. ލޯބީގެ އަޞްލު މާނައަކީ އެއީ. އަސްލު ތިބާގެ ނުކުޅެދުންތެރިކަމާއެކުވެސް، ތިބާގެ މުޅި ހަޔާތް ޤަބޫލުކުރާނީ އެންމެ ލޯބިވާ މީހުން.”
އަޝްބާ ދެން އަތުގައި އޮތް ފޮތުގެ ފުރަތަމަ ސަފްޙާ ހުޅުވާލިއެވެ. މުޅި ހޯލުގައި ތިބި މީހުންގެ ހިތްތަކަށް އެ ފޮނުވާލި ހަންޖަރެއް ފަދައެވެ. އެ ބާރުގަދަ ޖުމްލަތައް ހޯލު ތެރެ ވެސް ރޮއްވާލި ކަހަލައެވެ
“ލޯބީގައި ފުން ކަނޑުތަކުގައި ފީނަށް ޖެހޭނެ. ލޯތްބަކީ ޖާދޫގެ ބާރެއް. އެއީ އެތައް ހިތްތަކެއް ފުނޑު ކޮށްލާ، ނޫނީ އަލުން ގުޅުވައިދޭ މައުނަވީ އިޙްސާސެކެވެ. ‘އާނއެކޭ’ މިއީ ކުޑަކުޑަ ބަހެއް. އެހެނަސް ވަރަށް ފުން ބިޔަ ބޮޑު މާނައެއް އެކުލެވޭ ލަފްޒެއް. އެހެން ނޫންތޯ. މިއީ މުޅި ކާއިނާތުގެ އަނދިރިކަން ފިލުވައިދިން. އާ ޙަޔާތެއްގެ ދޮރުތައް ހުޅުވައިދިން. ކުޅަދާނަ ތަޅުދަނޑިއެއް”
އަޝްބާގެ އެ ބަސްތަކުން ހޯލުގައި ތިބި އެތައް ބައެއްގެ ދެލޮލުން ކަރުނަ ފުހެލިއެވެ. ހަމައެޔާއެކު ކޮއްކޮ އިޝްބާއަށް ރޮވި ގެން ޒުކާންގެ އަތުގައި ހިފާލިއެވެ. ނަޒާންގެ ދެލޮލުން ވެސް އުފާވެރިކަމުގެ ކަރުނަ ފާޅުވޭވޭ ހުއްޓެވެ.
“މިއަދުގެ މި އުފާވެރި މަޖިލީހުގައި އަޅުގަނޑު މުޅި ދުނިޔެއަށް އިއްވާލަން ބޭނުން… ބުނެދޭން ބޭނުން… ކޮންމެ އަނދިރި ރޭގަނޑަކަށްފަހު، އަލިވިލޭ ޗާލު ފަތިހެއް އަންނާނެ. އަޅުގަނޑު ދިރިއުޅުމަށް ވެސް ވީ އެފަދަ ގޮތެއް. މިއަދު މި ވެވޭ ކެތްތެރިކަމުގައި މާދަމާ އުފަލުގެ ކަރުނަ އަޅާފާނެ.
ވޭނާއި ހިތާމައިގެ ފަހަތުގައިވަނީ ހުސް ކަރުނައެއް ނޫން. އުފާވެރިކަމެއް ވެސް ވާނެ. އެހެންކަމުން، ލޯބީގެ ކުރިމަތީގައި އޭގެ ފުރިހަމަ ޖަވާބު ދެމާހޭ… ‘އާއެކޭ… ލޯބިވޭ’ ޖެހިލުންވުމެއް ނެތި ބުނެލާށޭ! ކަމެއް ހާސިލުކުރަން އެދެން ޔާ ހިތްވަރެއް ހުންނަށް ވާނޭ. ކެރެންވާނޭ.”
އިސްޖަހާލައި އަޝްބާ ނުފުށުން ކަރުނަ ފުހެލިއެވެ. އަދި ވަރަށް ފުންކޮން މުޅި ތަނަށް ބަލާލިއެވެ.
” އަޅުގަނޑު ބޭނުންވީ ނަރުހަކަށް ވާކަށް ނޫން. ލިޔުންތެރިކަމުގައި ކުރިއަށް ދާން ބޭނުންވީ. އަޅުގަނޑު ކިޔެވުން ފެށީ ވެސް މުދައްރިސް ކަމުން. ދިވެހި މުދައްރިސަކަށް ވާން. ކިޔެވުމުގެ އެންމެ މުހިންމު ދުވަސްވަރު. ޖެހުނީ. އެ ހުވަފެނާއި އަލްވަދާޢު ކިޔާފައި ފަސްއެނބުރި ދާން.”
އަޝް ބާގެ އަޑުގައި ތުރުތުރެއް އެކުލެވިގެންވިއެވެ. އެއީ އޭނާއަށް ދައްކަން މާ ފަސޭހަ ވާހަކަތަކެއް ނޫނެވެ.
” ކޮއްކޮއަށް ޓަކައި އަޅުގަނޑު ނަރުހަކަށް ވީ. މިއަދު ނަރުހަކަށް ވެވުނީތީ އުފާކުރަން. އެދުވަހު އަޅުގަނޑަށް މުދައްރިސަކަށް އެ ނުވެވުނީ. އޭގައި ހެވަތް އޮތީތީ ކަން މާ މޮޅު ގޮތެއް އޮތީތީ ކަން މިއަދު އިހްސާސް ވެއްޖެ. އަލްޙަމްދުލިއް ﷲ. އެހެންވެ އަބަދުވެސް ބުނަނީ ތިމާ އެންމެ ބޭނުންވާ ކަންތައް ނުވަނީ ސަބަބެއް އޮތީތީ ކަން. މިއަދު މި މަޤާމުގައި ހުއްޓި ހުރެލަން ލިބުނީ އެއީ ތެދެއް ކަން އިހްސާސް ވެއްޖެ. އެންމެ ލޯބިވާ މީހާ ނުލިބުމަކީ ވެސް ތިމާއަށް އެއަށް ވުރެ މާ ރަނގަޅު ގޮތެއް ވުމުގެ އަލިގަދަ ހެއްކެއް. އަޅުގަނޑު މިއަދު މި ހުރިހާ ކަމެއް އަޅުގަނޑުގެ ހިތް އެދުނު ގޮތަށް ނޫވީތީ ޝުކުރުވެރިވަން. އުފާކުރަން”
އަޝްބާ ތަޤުރީރު ނިންމާލީ އަސަރު، ގަދަ ޅެން ބައިތަކުންނެވެ. މުޅި ހޯލު ގުގުމައިގެން ދިޔައީ ކޮޅަށް ތެދުވެ ތިބެ މީހުން ދިން ގަދަފަދަ އަތްތިލަބަޑީގެ އަޑުންނެވެ. އެތައް ބަޔަކު ލޮލުން ކަރުނަ ފުހެލީ އަޝްބާއަށް ހިތްވަރު ދެމުންނެވެ. ނަޒާން ސްޓޭޖަށް އަރައިގެން، ގޮސް އަޝްބާގެ ގައިގައި ނުހަނު ލޯތްބާއެކު ބައްދާލިއެވެ.
އަޝްބާގެ ހުވަފެން ޙަޤީޤަތަކަށް ވެއްޖެއެވެ. އޭނާގެ ހަޔާތުގެ އެންމެ އަލިގަދަ ދަތުރު ފެށުނީއެވެ. އުފަލުގެ ސަތަހަތަކުގެ ތެރޭގައެވެ. ހިތާމައާއި ހިތްދަތިކަމުގެ އޮއިވަރުތައް މާޒީއަށް ދޫވީއެވެ. ފޮތް އިފްތިހާކުުރުން ކުރިއަށް އެކަމަކު އޮތީއެވެ. އެކަން ދާނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ކަމެއް ތަރުތީބު ވެފައި ވާހައި ފުރިހަމައަށް އެކަން ވެސް ގޮސްދާނެ ބާއެވެ؟ ފޮތް އިފްތިތާހުކޮށް ދެއްވާނީ ކާކު ބާއެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.