Skip to content
އެސްފިޔަ

ލޯބިން ބުނާތީ – 60

Listen to this story Audio · 21:56 Powered by Esfiya Voice
0:00 21:56

“އައި ވޯންޓް ޓު އާސްކް ޔޫ ސަމްތިން…” ސިއެރާ ބުނެލިއެވެ. ކައިލްގެ ނަޒަރު ސިއެރާއަށް ހުއްޓިފައި ވަގުތު މަޑުޖެހުނުކަހަލަ އިހުސާސެއް ކުރެވުނެވެ. ސިއެރާގެ ލޮލުގައި ވިދަ ވިދާ ހުރި ކަރުނަތައް އޭނާގެ އިޒުނައެއްގެ އިންތިޒާރުގައި ހުރި ކަހަލައެވެ.

“އަމް…މީ…ޔޫ ނޯ…އަހަރެމެންގެ…ކައިވެނި…” ސިއެރާ އެންމެފަހުން ބުނެލިއެވެ. އޭނާގެ ދުލުން އެ ބަސްތައް ނިކުތްހާއިރުން ކައިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. އެ ނޫކުލައިގެ ލޮލުގެ ތެރެއިން ފުންމިން ނޭނގޭ އަނދިރިކަމެއް ފާޅުވިކަހަލައެވެ. ވިރިގެން ނުދާނެ ގަނޑުފެންގަނޑަކަށް އެ ނަފްސު ބަދަލުވިކަހަލައެވެ.

ކައިލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން އައި ހިނދު ސިއެރާގެ ބޮލުން ފެށިގެން ފައިގެ އިނގިލިތަކާ ހަމަޔަށް ފިނިގަނޑެއް ދަތުރުކޮށްލިއެވެ. ކައިލް އާއި އެކު މިވީހާ ދުވަސްތަކުތެރޭ އޭނާ ވަނީ އެ މޫނުން އެތައް އަސަރުތަކެއް ދެކެފައެވެ. ނުރުހުންވުމާއި ހަރުކަށިކަމާއި ރުޅިވެރިކަން އަދި ސީރިއަސްކަން އެއީ ކައިލްގެ ކޮންމެ ދުވަހެއްގެ އާއްމު މިޒާޖެވެ. އެހެނަސް އޭނާގެ ދުލުން ‘ކައިވެނި’ މި ލަފްޒު އިވުނުހާއިރުން ކައިލްގެ މޫނުމަތިން އެ ފެނުނު ކުލަވަރަކީ އޭނާއަށް މީގެ ކުރިން ފެނިފައިވާ އަސަރެއް ނޫނެވެ. އެ ލޮލުން އެކަނިވެސް ހިތުގައި ޖެހިލުންވުން އުފައްދާ، މީހާއަށް ހިމޭންކަން ގެނުވައެވެ. އެ ބެލުމުން ބުނެދެނީ ކައިލް ނިންމުމެއް ނިންމާފައި ވާކަމާއި އެ ނިންމުން ބަދަލު ނުކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމެވެ.

“ސިއެރާ…” ކައިލް ގޮވާލުމާއެކު ތެޅިތެޅި ވާ ހިތަކާއެކު ސިއެރާ ބަލާލިއެވެ.

“އެއީ ދެ އާއިލާއިން ހަމަޖެއްސި ކައިވެންޏެއް…އެ ކައިވެންޏާމެދު އަހަރެން ދެކޭ ގޮތް އިރާއަށްވެސް ވަރަށް ރަނގަޅަށް ސާފުވެފަ އޮންނާނީ…ޔޫ ނޯ އައި ނެވަރ އެގްރީޑް ޓު އިޓް އެންޑް ދެޓްސް އިޓް…” ކައިލް ވާހަކަ ދެއްކިއިރު މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވެއެވެ.

ސިއެރާގެ ތުރުތުރު އަޅަމުންދިޔަ ރަތް ތުންފަތް މަޑުމަޑުން ދުރުވެލިއެވެ. ނަމަވެސް ބަހެއް ނުނިކުތެވެ. ކައިލް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އިރާ އަހަރެންގެ ފްރެންޑެއް ގޮތުގައި ތިހުރީވެސް މި ވާހަކަ އިތުރަށް ނުދައްކާނެ ކަމަށް އެއްބަސްވީމަ…! ހަނދާން ނެތުނީތަ…؟ އައި ތޯޓް ވީ އަންޑަރސްޓޫޑް އީޗް އަދަރ…” ކައިލްގެ ތޫނު ލޮލަށް ބަލަން ދަތިވެ ސިއެރާއަށް އިސްޖަހާލެވުނެވެ. މަޑުމަޑުން އެސްފިޔަ ޖަހާލުމާއެކު އޭނާ ބޯ ޖަހާލިއެވެ. “އައި ނޯ…” ސިއެރާގެ އަޑު ނިކުތީ މަޑުންނެވެ.

“އެހެންވީއިރު މި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ…؟” ކައިލް އެހިއެވެ.

“ބިކޯޒް އައި ކާންޓް ހެލްޕް ވަޓް އައި ފީލް…” ސިއެރާގެ އަޑު ނިކުތީ ކުރެހިގެންނެވެ. ލޮލަށް ބޮނޑިވެފައި ހުރި ކަރުނަތައް ފައިބެގެން ނުދިޔުމަށް ސިއެރާ އަވަސްއަވަހަށް އެސްފިޔަ ޖަހާލުމާއެކު ދުރު ބަލާލިއެވެ. އޭރު މާ ލަސްވެއްޖެއެވެ. އެ ލޮލުން މިނިވަންވެގެން އައި ކަރުނަތިކި އެ ދޮން ކޯތާފަތުގައި ބީހެމުން ތިރިއަށް މިސްރާބު ޖަހައިފިއެވެ. އޭނާ އަވަސްއަވަހަށް އެ ކަރުނަތިކި ފޮހެލުމާއެކު ކައިލްއަށް ބަލާލިއެވެ. ވާހަކަ ދައްކަން ފެށުމަށް އަމިއްލަ ނަފްސަށް ހިތްވަރު ހޯދާލިކަހަލައެވެ.

“ކައިލް…އަހަންނަށް އެނގޭ ކައިލްގެ ހިތުގަ އަހަންނަށްޓަކާ އެއްވެސް ފީލިންގްއެއް ނެތްކަން…ބައްޕަ ބުންޏަސް އަހަންނާ މެރީ ކުރުމުގެ އެއްވެސް އިންޓެންޝަނެއް ނެތްކަން…ބަޓް އައި ލަވް ޔޫ ސޯ މަޗް ކައިލް…” ސިއެރާގެ އަޑުގައިވި ރިހުން އެހާވެސް އަސަރުގަދައެވެ. ކައިލް ބަހެއް ނުބުންޏެވެ.

“އަހަރެން ހާދަ މަސައްކަތެއް ކުރީމޭ ކައިލްއަށް އަހަރެން ފާހަގަވޭތޯ…އަހަރެން އަބަދުވެސް މަސައްކަތް ކުރިން ކައިލް ހިނިތުންވެފައި ބަހައްޓަން…ކައިލް ހިތްހަމަޖައްސައިދެން…އަހަރެން ބޭނުންވީ ބޮޑު ކަމެއް ދިމާވާ ހިނދުވެސް އަހަންނަކީ ކައިލްއަށް ޑިޕެންޑްވެވޭނެ ވަރުގެ މީހަކަށް ވުމަށް…އަހަންނަށް އެނގޭ މިއިން އެއްވެސް ކަމަކު ކައިލް އަހަރެން ގާތު ނޭދޭކަން…ބަޓް އައި ޑިޑް ދެމް އެނީވޭ ބިކޯޒް އައި……އައި…” ސިއެރާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ރޮވެން ފެށުމުން އަޑު މެދުކެނޑުނެވެ. ޖެހެމުން ދިޔަ ވައިން މޫނުމައްޗަށް އުނދަގޫ ކުރަމުން ދިޔަ ބުޅި އިސްތަށިކޮޅާ ހެދި އުނދަގޫ ވާވަރަށްވުރެ ހިތަށް ލިބިފައިވާ ވޭން ބޮޑެވެ.

“ބިކޯޒް އައި ވޯންޓް ޔޫ ޓު ލަވް މީ…” ސިއެރާ ހިތްވަރުކޮށްފައި ޖުމްލަ ފުރިހަމަކޮށްލިއެވެ. އެވަގުތު ކައިލްގެ މޫނުމައްޗަށް އައި ބަދަލުން ކޯކަށިގަނޑަށް ބާރުކޮށްލިކަން ހާމަވިއެވެ. ސިއެރާގެ ލޮލަށް ގިނަވެފައި ހުރި ކަރުނަތަކާއެކު ކައިލްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

“ކީއްވެތަ އަހަންނަށް އެއްވެސް ފުރުސަތެއް ނުދޭން ތިއުޅެނީ…؟” ސިއެރާ އެހިއެވެ. ސިއެރާ އައިފަހުން އެރޭގެ ފުރަތަމަ ފަހަރަށް ކައިލްގެ ނަޒަރު ދުރަށް ހުއްޓިއްޖެއެވެ. ހީކުރި ވަރަށް ވުރެ ބޮޑަށް އެ ސުވާލުން ހިތަށް ދަތިކަން ގެނުވައިފިއެވެ. ސިއެރާއަށް ދޭނެ ޖަވާބަކާމެދު ޔަގީންކަން ނެތީމައެއް ނޫނެވެ. އެހެނަސް ސިއެރާގެ ހިތުގައި އަޅަމުންދިޔަ ވޭން ފޮރުވުމެއް ނެތި ކައިލްއަށް އިހުސާސްކުރެވޭތީއެވެ. މިވަގުތު ސިއެރާގެ ކިބައިން ކައިލްއަށް އޭނާގެ އަމިއްލަ ނަފްސު ފެންނަ ކަހަލައެވެ. ހުދު އޭނާވެސް އެފަދައިން ލޯތްބަށް ސަލާމްޖެހި މަންޒަރު ސިފަވިއެވެ.

ކައިލްއަށް ދެވެން ނެތް އުފަލަކާއި މެދު ކުރެވޭ އުއްމީދުތައް ސިއެރާގެ ލޮލުން ކައިލްއަށް ފެނިފައި ވެއެވެ. ކައިލްގެ ކުޑަކުޑަ އޯގާތެރި އަމަލަކުންވެސް އެ ލޮލުގައިވި އުއްމީދުތައް އިތުރުވެގެން އައި މަންޒަރު ކައިލް ދުށްޓެވެ. ފަހަރެއްގައި އެ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އުފެދިގެން އައިއިރު އޭނާއަށް ތަންކޮޅެއް ފަރުވާތެރި ވެވުނު ނަމަ މިހިސާބަށް ކަންތައް ނުދިޔައީހެވެ. އެއްވެސް އިރެއްގައި ސިއެރާގެ ހިތަށް ބޭކާރު އުއްމީދުތަކެއް ދޭކަށް ކައިލް ބޭނުމެއް ނޫނެވެ. އޭނާގެ ހިތް އެހެން މީހަކަށް ދެވެން ނެތް އިރު އެ ހިތުން ކުޑަވެސް ޖާގައެއް ލިބޭނެކަމުގެ އުއްމީދު އެކަކަށްވެސް އޮންނާކަށް ކައިލް ނޭދެއެވެ.

ކައިލް ދޫކޮށްލީ ފިނި ނޭވާއެކެވެ. އެ މޫނުމަތީގެ ހަރުކަށި އަސަރުތައް ފަރުދާކޮށްލަމުން ކައިލް ފަސްއެނބުރެމުން ފުރިހަމައަށް ސިއެރާއާއި ކުރިމަތިލިއެވެ. އެ ލޮލުގައިވި ފިނިކަން މަޑު އޯގާތެރިކަމަކަށް ބަދަލުވެފައި ވާއިރު މިހާރު އެ މޫނުމަތިން ފެންނަނީ ރިހުމެއްގެ އަސަރެވެ.

“ސިއެރާ…”

“ޕްލީޒް…ސޮރީއޭ ނުބުނާތި…” ކައިލް އަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް ސިއެރާ ދެފަރާތަށް ބޯ ހޫރާލިއެވެ. ކައިލް މަޑުޖެހުނެވެ.

“ދެން ލެޓް މީ ޓެލް ޔޫ ދަ ޓްރުތް…” ކައިލް ގެ އަޑުގައިވަނީ ދެކޮޅު ނުހެދޭނެފަދަ ކުލަވަރެކެވެ. ލޯ ފުރިފައިވާ ކަރުނައިގެ ތެރެއިން ސިއެރާ ކައިލްއަށް ބަލާލިއެވެ. ކައިލް ދެން ވާހަކަ ދައްކަން ފެށިއިރު ކުރިއަށް ވުރެ އެ އަޑު މަޑުމައިތިރިއެވެ.

“އަހަންނަށް ސިއެރާއާ މެރީ ކުރެވެން ނެތީ، ބިކޯޒް ޔޫ ވޯން’ޓް ބީ ހެޕީ ވިތް މީ…” ކައިލް ބުނެލިއެވެ. ސިއެރާއަށް ހުރެވުނީ ކައިލްއަށް ބަލާށެވެ.

“ފަހަރެއްގައި އަހަރެމެންގެ އާއިލާއިން އުފާވެދާނެ…އެންމެންނަށްވެސް ހީވެދާނެ އަހަރެމެން މީ ޕާފެކްޓް ކަޕްލްއޭ…ޔޫ އަރ ބިއުޓިފުލް ސިއެރާ…ޔޫ އަރ ކައިންޑް އެންޑް ޔޫ ހެވް ޑަން ނަތިން ޓު ޑިޒާވް ދަ ވޭ އައެމް ޓްރީޓިން ޔޫ…” ވާހަކަ ދައްކަމުން ކައިލް މަޑުމަޑުން ހިންދިރުވާލިއެވެ. ސިއެރާގެ ހިތުގައި ޖެއްސުން އޭނާއަށް ފަސޭހައެއް ނޫނެވެ.

“އެކަމަކު އިރާ އަހަރެން ދެކެ ލޯބިވިޔަސް އަދި ކިތައްމެ ރަނގަޅަކަސް އަހަންނަކަށް އިރާއަކާ ކައިވެންޏެއް ނުކުރެވޭނެ…” ކައިލް ބުނެލިއެވެ.

“ވައި ނޮޓް…؟” ސިއެރާގެ އަޑު ނިކުތީ މަޑުންނެވެ.

“ކައިވެންޏެއް ކުރާއިރު މުހިއްމު އެތައް ކަމެއް އެބަހުރި…މެރިއޭޖް ޑިޒާވްސް އޮނެސްޓީ…އައި ކާންޓް ސްޓޭންޑް އިންފްރޮންޓް އޮފް ޔޫ ޕްރޮމިސް އަ ފިއުޗާ އެންޑް ޕްރެޓެންޑް މައި ހާރޓް ބިލޯންގްސް ޓު ޔޫ ވެން އިޓް ޑަޒަންޓް…” ކައިލްގެ އަޑު އިވިފައި ސިއެރާގެ ލޮލުގައި ހުރި ކަރުނަތައް ސައިލެއް ފަދައިން އޮހެންފެށިއެވެ. އެހެނަސް ކައިލް އޭނާގެ ވާހަކަތައް ކުރިޔަށް ގެންދިޔައެވެ. ހިނދަކަށް ވުރެ ހިނދެއް ކޮންމެ ވާހަކައެއް ބުނުން އައީ ދަތިވަމުންނެވެ.

“މައި ހާރޓް އޯލްރެޑީ ބިލޯންގްސް ޓު ސަމްވަން އެލްސް…” ކައިލް ބުނެލީ ސިއެރާއަށް ބަލަން ހުރެއެވެ. ސިއެރާއަށް ލޯ މަރާ ފިއްތާލެވިއްޖެއެވެ. އުއްމީދު ނުކުރާހާ ބޮޑަށް އެ ބަސްތަކުން ހިތަށް އަނިޔާ ވެއްޖެއެވެ. ކޮށި ވަޅިއަކުން ހިތް ކޮށާލިފަދައެވެ.

“އެކުގައި ވުމަށް އަހަރެން އެދޭ ހަމައެކަނި އަންހެން ކުއްޖަކީ އެއީ…މިހާރު މީހެއްގެ ހައްގަކަށް އޭނާ ވެފައި ވިޔަސް އަހަރެން ވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދޭ…” ކައިލް ކުރިޔަށް ގެންދިޔައެވެ. ސިއެރާގެ މޫނުން ފެނުނު ވޭނުގެ އަސަރު ނުބަލަން ކައިލް އަނެއްކާވެސް ދުރަށް ނަޒަރު ހުއްޓާލިއެވެ.

“އަހަރެން ދުރުގައި މިހުރީ އޭނާ އަމިއްލައަށް އިހުތިޔާރު ކުރި ދިރިއުޅުން އުޅުމަށް އޭނާއަށް ފުރުސަތެއް ދޭންވެގެން…އަހަރެން ކިތައްމެ ލޯބިވިޔަސް އޭނާއަށް އެއްވެސް އުނދަގުލެއް ޖައްސާކަށް ބޭނުމެއް ނޫން…” ކައިލް ވާހަކަ ދައްކަމުން ކުޑަ ގޮތަކަށް ސިއެރާއަށް ބަލާލިއެވެ. “ބަޓް އައެމް ނޮޓް ގޮއިން ޓު ލައި ޓު ޔޫ އެންޑް ސޭ އައި ހެވް މޫވްޑް އޮން…” ކައިލްގެ އަތުގެ އިނގިލިތަކުން ރެއިލިންއަށް ބާރުކޮށްލެވުނެވެ.

“އައެމް ނޮޓް ގިވިން އަޕް އޮން ހާރ ސިއެރާ…އަހަރެން އޭނާ ހޯދާނަން…އަހަރެން ބަލާނަން އޭނާ އުޅެމުން ދަނީ އުފަލުންތޯ…” ކައިލް ވާހަކަ ދެއްކިއިރު ނޭވާލާން ހަނދާންނެތިފައި ހުރި މީހެއް ފަދައިން ސިއެރާ ހުރީ ބަލާށެވެ.

“އެންޑް އިފް ޝީ އިޒް…؟” ސިއެރާ އަހާލިއިރު އަޑުގައިވަނީ މަޑު ތުރުތުރު އެޅުމެކެވެ. ކައިލް ހިމޭންވިއެވެ. އިރުކޮޅެއް ވަންދެން އެ ދެމެދުގައި އިވެމުން ދިޔަ އަޑަކީ ގައިގަ ބީހިލާފައި ދާ ވައިރޯޅީގެ އަޑާއި ރާޅުތަކުގެ މަޑު ބާނިތަކުގެ އަޑެވެ.

“އިފް ޝީ އިޒް ހެޕީ، އަހަރެން މަސައްކަތް ކުރާނަން އޭނާގެ ދިރިއުޅުމުގެ ތެރެއަށް ނުވަންނަން…” ކައިލް ބުނެލީ އަމިއްލަ ނަފްސަށް ޔަގީންކަމެއް ނެތް ފަދައަކުންނެވެ. ކައިލްއަށް މަޑުމަޑުން އިސް ތިރިކޮށްލެވުނެވެ.

“އެކަމަކު އޭނާ ހުރީ އުފަލުން ނޫންކަމަށް ވަންޏާ، އަހަރެން ދެވަނަ ވިސްނުމަކަށް ނުދާނަން…އައިލް މޭކް ހާރ މައިން…އީވެން އިޓް މީންސް ފޯރސް ހާ ޓު ބީ މައިން…” ކައިލްގެ އަޑުގައިވީ ޔަގީންކަމެވެ. އެ ހާމަކުރި ވާހަކަތަކުން އެކަނިވެސް ކައިލް އެ މީހަކު ބޭނުންވާ ވަރު ހާމަވެ ސިއެރާގެ ހިތް ކުދިކުދިވިއެވެ.

“އައި ވޯންޓް ހާ އިރާ…އައި ވޯންޓް އެ ލައިފް ވިތް ހާރ…އައި ހެވް ވޯންޓް ދެޓް ފޯރ ޔާރސް…އެއްފަހަރު އަހަންނަށް އޭނާ ގެއްލިއްޖެ…ދެވަނަ ފަހަރަކު އަހަންނަށް އޭނާ ގެއްލިގެން ދިއުމަކަށް ފުރުސަތެއް ނުދެވޭނެ…” ކައިލް ސިއެރާއަށް ޔަގީންކަން ދިނެވެ.

ސިއެރާގެ ތުންފަތް ތުރުތުރު އަޅަމުން ދިޔައީ ދެންމެ ދެންމެ ރޮވިދާނެ ފަދައަކުންނެވެ. “ދެން ވަޓް އެބައުޓް މީ…؟”

ކައިލް ލޯ މަރާ ފިއްތާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. “ދެޓްސް ވައި އައެމް ޓެލިން ޔޫ ދިސް ނައު…” ކައިލް ސިއެރާ އާއި ކުރިމަތިލިއެވެ. “އަހަރެންގެ ހިތުގައި އެހެން މީހަކަށް ދޭނެ ކުޑަވެސް ޖާގައެއް ނެތް…އަބަދުވެސް އަހަރެން ބޭނުންވި ހަމައެކަނި ފަރާތަކީ އެއީ…” ކައިލް ވާހަކަ ދައްކަމުން ސިއެރާގެ ކަރުނުން ފުރިފައިވި ލޮލަށް ބަލާލިއެވެ. ހުދު އޭނާގެ އަމިއްލަ ހިތްވެސް ހީވަނީ ކުދި ކުދި ވެދާނެހެންނެވެ.

“ޔޫ ޑިޒާވް ބެޓާރ އިރާ…ޔޫ އަރ ބިއުޓިފުލް…ތީ ރަނގަޅު ހިތެއްގެ ވެރިއެއް…އޯގާތެރި ހިތްހެޔޮ ރަނގަޅު އެކުވެރިއެއް…ވަން ޑޭ އައި ހޯޕް ޔޫ ފައިންޑް ސަމްވަން ހޫ ލަވްސް ޔޫ ދަ ވޭ ޔޫ ޑިޒާވް ޓު ބީ ލަވްޑް…” ކައިލްގެ ލޮލުން ކަރުނައެއް ފައިބެގެން ދިޔައެވެ. އަމިއްލަ ދެލޯ ފެންކަޅިވެގެން އައިސްފައި ވާކަން ކައިލްއަށް ނޭނގޭ ކަހަލައެވެ.

“ބަޓް ދެޓް ޕާސަން ކާންޓް ބީ މީ…” ކައިލް ބުނެލިއެވެ. އިރުކޮޅެއް ވަންދެން ސިއެރާ ހުރީ އެއްވެސް ހަރަކާތެއް ނެތި ހިމޭންކަމާއެކުއެވެ. ކައިލްގެ ނިންމުން ވަރަށް ރަނގަޅަށް އޭނާއަށް ސާފުކޮށްދީފިއެވެ. ސިއެރާ ދެފަރާތަށް ބޯ ހޫރާލިއެވެ. “ގޯޑް…، ޔޫ އަރ ކްރުއެލް…” ސިއެރާ ބުނެލީ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ފޮހެލަމުންނެވެ.

“އައި ނޯ…” ކައިލް ފިނި އަޑަކުން ބުނެލިއެވެ.

“ނޯ ޔޫ ޑޯންޓް…” ސިއެރާ ދެފަރާތަށް ބޯ ހޫރާލިއެވެ. “އަހަރެން ކައިލްގެ ގާތުގައި އިނުމަށް ކައިލް ފުރުސަތު ދޭ…ތިގެއަށް ވަނުމުގެ ހުއްދަ އަހަންނަށް އޮވޭ…އަހަރެން ޖޯކް ޖެހިޔަސް ކައިލް އަޑު އަހާކަން އެނގޭ…އަޑު ނީވޭ ކަމަށް ހަދައިގެން އިނަސް…ބައެއް ފަހަރު ކައިލް ހިނިތުންވާތަން ފެނޭ…” ސިއެރާގެ އަޑު ކެނޑިގެން އައެވެ.

“އެކަހަލަ ކޮންމެ ފަހަރަކު އަހަންނަށް އުންމީދު ލިބޭ…އަހަރެންގެ ހިތަށް އަރާ މިއީ އެދުވަހޭ…ހިތަށް އަރާ ކައިލް އަހަންނާ ގަޔާވާން ފެށީއޭ…” ސިއެރާ ބުނެލިއެވެ.

“އައި ނެވަރ ވޯންޓެޑް ޓު ގިވް ޔޫ ދެޓް އިމްޕްރެޝަން…” ކައިލް ބުނެލިއެވެ. ސިއެރާ މަޑުމަޑުން ބޯ ޖަހާލިއެވެ. “އައި ނޯ…” ސިއެރާ އަނގަމަތީ އަތް އަޅާލީ ގިސްލެވެން އުޅުމުންނެވެ. ހިތްދަތި ނަޒަރަކުން އޭނާ ކައިލްއަށް ބަލާލިއެވެ.

“އައެމް ސޮރީ…ކައިލްގެ އެއްވެސް އިންޓެރެސްޓެއް އަހަންނަށް ނެތްއިރުވެސް އުއްމީދުތަކެއް ކުރެވުނީ އަހަންނަށް…މިހެން ބުންޏަސް އަހަންނަށް މިވަގުތު މި އިހުސާސްވާ ވޭނަށް އެއްވެސް ބަދަލެއް ނާދޭ…”  ސިއެރާ ކައިލްއަށް ބަލާލިއިރު އަނެއްކާވެސް އެ ލޮލުން ކަރުނަ އޮހެންފެށިއެވެ.

ކައިލް ބުނާނެ އިތުރު އެއްޗެއް ނެތެވެ. މިވަގުތު އޭނާ ބުނާ އެއްވެސް އެއްޗަކުން ސިއެރާގެ ހިތަކަށް ހަމަޖެހުމެއް ގެނެސްނުދެވޭނެއެވެ. ސިއެރާއަށް ދޮގު އުއްމީދުތަކެއް ދޭކަށް ކައިލް ބޭނުމެއް ނޫނެވެ. ސިއެރާ އެ އެދޭ ލޯބި ކައިލްއަށް ދެވޭކަށް ނެތެވެ. ވުމާއެކު ކައިލް ކަންތައް ކުރީ މިވަގުތު ސިއެރާއަށް އެހީވެވެން އޮތް ހަމައެކަނި ގޮތަށެވެ. އެ ހުރި ތަނުން ދުރަށް ޖެހިލުމެއް ނެތި ކައިލް މަޑުކޮށްލައިގެން ހުއްޓެވެ.

ސިއެރާ ލޮލުން އަންނަ ކަރުނަތައް ފޮހެމުން ދިޔައެވެ. އެހެންނަމަވެސް ފޮހެމުން ދާ ވަރަކަށް ތާޒާ ކަރުނަތައް ގިނަވަމުން އައެވެ. އެ ހިތްވަނީ ހަލާކުވެފައެވެ.

“އަހަރެން ހީކުރީ……” ވާހަކަ ދައްކަން އުޅެފައިވެސް ސިއެރާގެ ހިޔާލު ބަދަލުވިއެވެ. “ނެވަރ މައިންޑް…” ސިއެރާ ދުރު ބަލާލިއެވެ. ކައިލް ދޫކޮށްލީ އުދާސްކަމުގެ ނޭވާއެކެވެ. “އައެމް ސޮރީ އިރާ…” ކައިލް މަޑުމަޑުން ބުނެލިއެވެ. ސިއެރާ ހީލީ ހިތި ހިނިތުންވުމެކެވެ. “ސްޓޮޕް ސޭއިން ދެޓް…” ސިއެރާ ކައިލްއަށް ބަލާލިއެވެ. ކައިލް ހިމޭންކަން ހިޔާރުކުރިއެވެ.

ސިއެރާ ބަލަން ހުރެފައި ޖެހިލުންވުމާއެކު މަޑުމަޑުން ކައިލްގެ ގާތަށް އައެވެ. މި ހިމޭން ރޭގަނޑުގައި އެ ހާމަ މާހައުލުގެ ތެރޭ ރެއިލިންގައި އަތް އަޅުވާލައިގެން އެއް އަތް ޖީންސްގެ ޖީބަށް ޖަހާލައިގެން ކައިލް ހުރިއިރު ފެންނަލެއް ފިރިހެންވަންތަކަމުން ސިއެރާގެ ހިތަށް ތޫނު ތަދެއް އިހުސާސްވިއެވެ. އެ ލޮލުގެ ތޫނުކަމުން ހިތް ފޫއަޅުވާލާ ކަހަލައެވެ.

“ކެން އައި…؟” ސިއެރާ ޖެހިލުންވުމާއެކު އެދުނެވެ. ކައިލްއަށް އެބުނި އެއްޗެއް ދޭހަވިއެވެ. ނަމަވެސް ކައިލްގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. އެ ހިމޭން ނަޒަރު ސިއެރާއަށް ހުއްޓިފައިވެއެވެ. ކައިލްގެ ފަރާތުން އިންކާރު ކުރުމެއް ނުފެނުމުން ސިއެރާ ގާތްވެލާފައި ކައިލްގެ ގައިގައި ދެއަތް ވަށާލަމުން ބައްދާލިއެވެ. ކައިލްގެ މޭމަތީ މޫނު ފޮރުވާލެވުނު ހިނދު އޭނާއަށް ރޮވިއްޖެއެވެ. ހީވަނީ މި ހުރިހާ ދުވަހު އޭނާ ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ އިހުސާސްތައް މިނިވަންކަމާއެކު ދޫކޮށްލީހެންނެވެ. ކައިލް އެ ގޮތުގައި ހުއްޓެވެ. އެއް އަތް ރެއިލިންގައި ވީއިރު އަނެއް އަތް އަދިވެސް އޮތީ ޖީބުގައެވެ. އޭނާއަށް ކުރެވޭ ކުޑަކުޑަ އަމަލަކުންވެސް ސިއެރާއަށް ބޭކާރު އުއްމީދެއް ލިބޭކަށް ކައިލް ބޭނުމެއް ނޫނެވެ. ނަމަވެސް އޭނާގެ ސަބަބުން ހިތް ޒަހަމްވެފައިވާ އަންހެން ކުއްޖަކު އެ ހިތާމައިގަ ވާން ދުލެއްވެސް ނުކޮށްލެވުނެވެ. ވުމާއެކު ކައިލްގެ ޖީބަށް ޖަހާލެވިފައިވި އަތް މަޑުމަޑުން ހިއްލާލަމުން ސިއެރާގެ ބުރަކަށީގައި އަތް އަޅުވާލީ ލުއި ގޮތަކަށެވެ.

ސިއެރާ ހިތް ފުރެންދެން ރޯލަންދެން ކައިލް އެގޮތުގައި ހުއްޓެވެ. އޭނާގެ ހިތުގެ ވެރިޔާ ފިޔަވާ އެހެން އަންހެންކުއްޖަކަށް މިފަދަ ފުރުސަތެއް އެ ދިނީ އަލަށެވެ. އެންމެފަހުން ސިއެރާ މަޑުމަޑުން ބޯ ހިއްލާލިއެވެ. ކައިލް މަޑުމަޑުން ސިއެރާގެ ގައިން ދޫކޮށްލިއެވެ. ސިއެރާގެ ލޮލަށް ރަތްކަމެއް ވެރިވެފައި ވީއިރު އެ ރީތި މޫނު ވަނީ މިލާފައެވެ. ކައިލްއަށް ސިއެރާ އެނގެން ފެށީއްސުރެ މި ނޫނީ އެ މޫނުމަތިން އެހާ ގޮތް ހުސްވެފައި ވާކަމުގެ އަސަރެއް ނުފެނެއެވެ. އަތުގެ ނުފުށުން ސިއެރާ ކަރުނަތައް ފޮހެލިއެވެ.

“އެއްޗެއް އަހާލަންތަ…؟” ސިއެރާ އެހިއެވެ. ކައިލް ބުމަ ހިއްލާލިއެވެ. ސިއެރާ ރެއިލިންގް އާއި ކައިރިވުމާއެކު އޭގައި އަތް އަޅުވާލަމުން ދުރަށް ނަޒަރު ހުއްޓާލިއެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިން ޒަހަމްވެފައިވާ ހިތަށް ފިނިކަމެއް ހޯދަން މަސައްކަތް ކުރާކަހަލައެވެ.

“ކެލް ލޯބިވާ އަންހެންކުއްޖާ…ވަޓް ޑަޒް ޝީ ލުކް ލައިކް…؟” ސިއެރާ އެހީ ދުރު ބަލަހައްޓައިގެން ހުރެއެވެ. ކައިލްގެ ނަޒަރު ހުއްޓުނީ ތިރިން ފެންނަމުން ދިޔަ ފުން ކަނޑަށެވެ. ވާންކަން ވެރިވެފައިވި އެ މޫނުގެ ކަށިތަކަށް ދުލެއް އައިކަހަލައެވެ. އެ މޫނުމަތިން ފެނުނީ މަޑުމޮޅިކަމެވެ. އިރުކޮޅަކަށް ވަށައިގެންވި މަންޒަރުތަކާ ދުރަށް ދެވި ހިޔާލީ އާލަމެއްގެ ތެރެއަށް ގެނބިގެން ދިޔަ ކަހަލައެވެ.

“ޝީ އިޒް ދަ އޮޕޮސިޓް އޮފް ޔޫ…” ހިމޭންކަމާއެކު ކައިލް ބުނެލިއިރު ތުންފަތުގައިވީ ފަނޑު ހިނިތުންވުމެކެވެ. އެ ހިނިތުންވުން ފެނި ސިއެރާގެ ހިތަށް ތޫނު ތަދެއް އިހުސާސްވިއެވެ. އޭނާގެ ބަސްތަކުން ސިއެރާގެ ހިތަށް ކުރަމުން ދިޔަ އަސަރުތަކުގެ ހިލަމެއް ނުވާ ހާލު ކައިލް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އޭނާ ބަލާނެ އަހަރެން ގާތު ނުހުރެވެތޯ…އޭނާ އަހަރެންގެ ސަމާލުކަން ލިބުމަކަށް ނޭދޭ…އޭނާ ބަލާނީ އެއީ އުޅޭ މީހެއްކަންވެސް އެހެން މީހުންނަށް ނާންގާ ވޭތޯ…” ފަނޑު ހިތާމަވެރި ހުނުމެއް ކައިލްގެ ފަރާތުން އިވުނެވެ.

“އެންޑް ދަ ތޯޓް އޮފް މީ ލަވިން ހާރ ޓެރިފައިސް ހާރ…” ސިއެރާއަށް ކުއްލިއަކަށް ކައިލްއަށް ބަލާލެވުނީ ލިބުނު ހައިރާންކަމުންނެވެ. އޭނާގެ އެ ބެލުން ދޭހަވެ ކައިލް ބޯ ޖަހާލިއެވެ.

“ޝީ ކެއަރސް އެބައުޓް އެވްރީވަން…އޭނާއަށް އެންމެ އަނިޔާވެރި ވާ މީހާއަށްވެސް ހެޔޮކޮށް ހިތާނެ…އަމިއްލަ ހިތް ހަލާކުވިޔަސް އޭނާގެ ހިތާމަތަކުގެ މައްޗަށް އެހެން މިހުންގެ ހިތާމަތައް އިސްކުރާނެ…” ކައިލް އިރުކޮޅަކަށް މަޑުޖެހިލީ މީގެ ފަސްއަހަރު ކުރީގެ މަންޒަރުތަކެއް ލޮލަށް ސިފަވެގެން އައުމުންނެވެ. އެ އަތްދަނޑި މަތީ ހަރަކާތެއް ނެތިފައި ލެއިން މޫނު ފޮރުވިފައިވި އަންހެންކުއްޖާ ކައިލްއަށް ސިފަވުމާއެކު އަވަސްއަވަހަށް ލޯ މަރާ ފިއްތާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“އޭނާ އަހަރެންގެ މުއްސަނދި ކަމަކަށް އެއްވެސް ޝައުގެއް ނުހުރޭ…ހެޔޮހިތުން މީހަކު އެއްޗެއް ދިނަސް އޭނާ ކަންބޮޑުވާނެ…އެންޑް ޝީ ނެވަރ ކެއަރޑް އެބައުޓް ހައު އައި ލުކްޑް…ޝީ ނެވަރ ޓްރީޓެޑް މީ ލައިކް އައި ވޯޒް ސްޕެޝިއަލް ޖަސްޓް ބިކޯޒް އެވްރިވަން ޑިޑް…” ކައިލްގެ ތުންފަތުގައިވި ހިނިތުންވުމާއެކު ލޯ ފެންކަޅިވެގެން އައެވެ.

“ޝީ ކުޑް މޭކް މީ ފީލް ލައިކް ދަ މޯސްޓް އޯޑިނަރީ ޕާސަން އިން ދަ ވޯރލްޑް…” ކައިލް ބުނެލިއެވެ. މިވަގުތު އެތަނުގައި އެހުރީ ފަސްއަހަރު ތެރޭ ޑޮކްޓަރީކަމުގެ ފާސް ނަގައިގެން ހުރި ކައިލްއެއް ނޫނެވެ. މިވަގުތު އެތަނުގައި އެހުރީ މީގެ ފަސް އަހަރު ކުރީގެ ކައިލްއެވެ. ފަސްއަހަރު ކުރީގެ މާޒީގެ ފޮނި ހަނދާންތައް އާކުރަމުން ދިޔަ ޒުވާނާއެވެ.

“ޝީ އިޒް ދަ މޯސްޓް ޑިފަރެންޓް ގާލް އައި ހެވް އެވަރ މެޓް…” ކައިލް ބުނެލީ އެ ހިޔާލީ ދުނިޔެއިން ނުނިކުމެވި ހުރެއެވެ.

ސިއެރާ ދުރު ބަލާލަމުން އަވަސްއަވަހަށް އެސްފިޔަ ޖަހާލިއެވެ. އެންމެ ފުރަތަމަ ކައިލް ފެނުނީއްސުރެ ސިއެރާގެ ހިތުގައި އުފެދުނު އަޒުމަކީ އެ ހިތް މިލްކު ކުރުމެވެ. ކައިލްގެ މޫނުމައްޗަށް ހިނިތުންވުން ގެނެވޭވަރު މީހަކަށް ވުމެވެ. ކައިލްގެ ހިޔާލީ މަންޒަރަށް ބަލަމުން ދިޔައިރު އެ ލޮލުގައި މިހާރު އެ ވީ އަސަރުތަކާއެކު ހަމައެކަނި ކައިލް ބަލާލާނެ އަންހެން ކުއްޖާއަށް އޭނާ ވުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އެފަދަ ބެލުމަކުން ކައިލް ދުވަހަކުވެސް އޭނާއަށް ބަލާފައެއް ނުވެއެވެ. މިއަދު އޭނާއަށް ކަމެއް ނަގައިގަނެވިއްޖެއެވެ. ކައިލް ބޭނުންވަނީ ރީތި މުއްސަނދި އަންހެނެއް ނޫނެވެ. ކައިލް އިންތިޒާރު ކުރަމުން އެދަނީ އުމުރުގައިވެސް ވެވުން ހަމައެކަނި ލޯތްބަށެވެ.

“ޑޫ ޔޫ ތިންކް ޔޫ ކެން ލަވް ސަމްވަން އެލްސް…؟” ސިއެރާ މަޑުމަޑުން އަހާލިއެވެ.

“އައި ކެން ޕްރޮމިސް ޔޫ ދިސް…އައި ކާންޓް އިމޭޖިން ލަވިން ސަމްވަން އެލްސް ދަ ވޭ އައި ލަވް ހާރ…އެންޑް އަހަންނަށް ދުވަހަކުވެސް އެހެން މީހަކު ދެކެ ލޯތްބެއް ނުވެވޭނެ…އަހަރެން އެދެނީ ސިއެރާވެސް އަހަރެންގެ ފަރާތުން ތަފާތު ޖަވާބެއް ލިބިދާނެ ކަމަށް އުއްމީދު ކުރުން ހުއްޓާލުން…” ކައިލް ބުނެލިއެވެ.

“އޯކޭ…” ސިއެރާގެ ހިމޭން އަޑު އިވުނެވެ.

ކައިލް ދުރު ބަލަން ހުރިއިރު ސިއެރާ އެތަނުން ދިޔަކަން އެނގުނެވެ. ކައިލްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. މުޅި ނަފްސަށް ވަރުބަލިކަމެއް ވެރިވެފައި ވާކަހަލައެވެ. މި ފަސްއަހަރު އޭނާ ވޭތުކުރީ އެ ހަނދާންތަކަށް ފުރުސަތު ނުދިނުމަށް މަސައްކަތް ކުރުމުގައެވެ. އެތައް ދުވަހަކަށްފަހު ކައިލްގެ އިހުސާސްތައް މިނިވަންކަމާއެކު ހާމަ ފަޒާގެ ތެރެއަށް ދޫކޮށްލައިފިއެވެ. އެ ރީތި ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. އޭނާ އެނބުރި ރާއްޖެ ދާއިރު ކަންތައް ވާނެ ގޮތެއް ނޭނގެއެވެ. ގައިމުވެސް އެ ހިތުގައިވި ލޯބި އޭނާއަށް މަރުހަބާ ނުކިޔާނެކަން އެނގެއެވެ. ކައިލްގެ ތުންފަތް ފޫއަޅުވާލާފައި ހިމޭން އާހެއްގެ އަޑު ނިކުތެވެ.

“ލިއާ…” ފަސް އަހަރު ފަހުން ކައިލްގެ ދުލުން ފުރަތަމަ ފަހަރަށް އެ ނަން ނިކުތެވެ. އެވަގުތު ހިތް ހީވީ އެތައް ހާސް އިހުސާސަކުން ފުރި ބަންޑުންވެގެން ދިޔަހެންނެވެ. ލޮލުގެ ތެރޭ ފުރި ބާރުވަމުންދިޔަ ކަރުނަތައް މިނިވަން ކަމާއެކު ކައިލް ދޫކޮށްލިއެވެ. އެ ރީތި މޫނުގައި ބޮސްދެމުން އެ ކަރުނަތިކިތައް ތިރިއަށް މިސްރާބު ޖެހިއިރު ކައިލްގެ ހިމޭން ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުންދިޔަ އަނދިރިގަނޑަށެވެ. އެ ފިރިހެންވަންތަ މޫނުގައިވަނީ ހިތް ހަލާކުވާފަދަ އަސަރެކެވެ.

ސަފާރީގެ އަނެއް ފަރާތަށް ގޮސް ރެއިލިންގައި އަތް އަޅުވާލައިގެން ސިއެރާ ހުރިއިރު އިހުސާސްނެތް ބުދެއް ފަދައެވެ. އޭނާ އެންމެ ލޯބިވި ކައިލްގެ ދުލުން އެހެން އަންހެންކުއްޖަކާމެދު ވާ އިހުސާސްތައް ހާމަކުރި ވަގުތު އެ ލިބުނު ވޭނަކީ މިހާތަނަށް އޭނާ ތަޖުރިބާކުރި އެންމެ ހިތްދަތި އިހުސާސެވެ. އެތަނަށް އޭނާ އެ އައީ ކައިލްގެ ގާތު ހުންނަން ކެތް ނުވުމުންނެވެ. އެވަގުތު ކައިދަން އެތަނަށް އައެވެ. ސިއެރާއަށް މިކަން އެނގުނަސް ބަލާނުލިއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ކައިދަން ކައިރިވެލުމާއެކު ސިއެރާގެ ކޮނޑުގައި އަތް ވަށާލަމުން ގާތްކޮށްލިއެވެ. ސިއެރާއަށް ރޮވުނީ ދެނެވެ. ކައިދަންގެ ކޮނޑުގައި ބޯ ޖައްސާލައިގެން ހުރެ ސިއެރާ ރުއި އިރު ކައިދަން ހިމޭންކަމާއެކު ސިއެރާގެ ކޮނޑުގައި ހިފައްޓާލައިގެން ހުއްޓެވެ.

މާ ދުރު ހިސާބެއްގައި އޭނާގެ ނަން ހިމެނިގެން ވާހަކަތަކެއް ދެކެވެމުންދާކަން ނޭނގޭ ހާލު ލިއާ ކާގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. މޭޒުމަތި ވަނީ އެކި އެކި ސާމާނުތަކުން ފުނި ޖެހިފައެވެ. އެ ސާމާނުތަކަށް ބަލާފައި އެއީ ކޭކު އަޅަން ބޭނުންވާ ސާމާނުކަން އެނގެއެވެ. އޭރު ޓްރޭއެއް މަތީ ހުރި ކޭކެއްގައި އައިސިން ޕެކެޓަކުން ލިއާ އެއްޗެއް ލިޔަމުން ދިޔައެވެ. އިސްތަށިގަނޑު މައްޗަށް ނަގާ އައްސާލެވިފައި ވާއިރު އެ ހިމަ ހިމަ ކަނދުރާ ހާމަވެފައި ވެއެވެ.

މަސައްކަތް ނިންމާލާފައި ލިއާ އެއްޗެހިތައް ނަގާ ކާގެތެރެ ސާފުކޮށްލިއެވެ. ހުދުކުލައިގެ ކޭކް ފޮއްޓަކަށް ކޭކް ލާފައި ކާގެއިން ނިކުންނަމުން ނަންބަރަކަށް ގުޅާލިއެވެ.

“ނިމިފަ އިނީ…” ލިއާ ބުނެލިއެވެ. އެކޮޅުން ޖަވާބު ލިބުމާއެކު ލިއާ ފޯނު ކަނޑާލިއެވެ.

އެއީ މިހާރު ލިއާގެ ދިރިއުޅުމެވެ. އިތުރަށް ކިޔެވުމުގެ ހިޔާލު އޭނާ ދޫކޮށްލީ ރިހާން ލައްވާ އޭނާއަށް އެފަދަ ހަރަދެއް ކުރަން ބޭނުން ނުވާތީއެވެ. އޭނާގެ ޒަރޫރީ ބޭނުންތަކަށް ހަރަދުކުރަން ރިހާން ހަނދާން ނުހުންނަ އިރު ލިއާއަށް އޭނާ ގާތު ކަންކަމު ކިޔުން ފަސޭހައެއް ނޫނެވެ. ހަފްތާއަކަށް އެރަށުގައި ހިންގި ކޭކް ކޯހެއްގައި ލިއާ ބައިވެރިވީ ރިހާން ގާތު ލޯނެއް ގޮތަށް ފައިސާ ދިނުމަށް އެދިގެންނެވެ. ނަމަވެސް އަނބިމީހާއަށް އެގޮތަށް ފައިސާ ދިނުމަކީ އޭނާގެ ފިރިހެންވަންތަކަމަށް އަރާ ހުތުރެއް ކަމުގައި ރިހާން ގަބޫލުކުރިއެވެ. ވުމާއެކު އޭނާ ލިއާއަށް އެ ކޯހުގެ ފީ ދައްކައިދިނެވެ. ކޯސް ނިމި އެއްވަނަ ލިބުނީވެސް ލިއާއަށެވެ. އިނާމެއްގެ ގޮތުން ލިބުނު ތިންހާސް ރުފިޔާއަކީ ލިއާގެ އެ މަސައްކަތް ފެށުމަށް ބިންގާ އަޅަން ލިބުނު ހިތްވަރެވެ.

އާމްދަނީއެއް ގޮތުގައި ލިއާ ކުރަމުން ދިޔަ މަސައްކަތަކީ އޯޑަރަށް ކޭކް އެޅުމެވެ. އެކަމަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ގަންނަމުންދިޔައީ އަމިއްލަ ލާރިންނެވެ. ފިރިއަކު ހުއްޓެއް ކަމަކު އޭނާގެ ލާރީގައި ޖެހޭކަށް ލިއާ ބޭނުމެއް ނޫނެވެ. ރިހާން ލައްވާ އޭނާއަށް ހަރަދުކުރާކަށް ލިއާ ބޭނުމެއް ނުވެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (20)

  1. Anonymous

    Haadha kureyyyy😭😭😭
    When next?

    1. Lavender
      Anonymous

      Sorry ☹️
      Next ep soon ☺️

  2. Shai

    Can’ttt waitttttttt. Can u make the next parttt a bittt longgggg. Avahah Lia AA kail gulhuvabaaaaaaaaa. This parttt is veryyyyy beautiful ❤️

    1. Lavender
      Shai

      I’ll try to make the next part longer ☺️ Let’s see what happensss 🤭 Thank you so much 💗💗

  3. Toyd

    , vx Reethi💗😊

    1. Lavender
      Toyd

      Thank you ☺️💗

  4. Mariyam Reem

    Oy.my.god… Kyle loves Leah so much…. it hurts me to just think of everything he has gone through.. ehaa barivaru girls ge attention libey iru vx e love ah true koh hunnaanee aslu v loabi vaathee dhw…. Kyle really is the perfect guy, and the fact that he was honest about his feelings. thats actually one of the biggest green flags ever.. ekam Sierra… so sorry for her.. but it was really the right thing to do.. maybe it hurts now ekm fahun rangalhuvaane.. and yk, baeh faharu heevey Sierra is gona end up with Kaidhan.. cux see dhemme vx Kaidhan was there for her dhw.. maybe he’s hiding his feelings cus he knw that Sierra likes Kyle.
    and Leah has a cake business!! yayyy..
    episode v reethi ingeyy. keeeeeep it up! also, can i ask smth. are u a girl or a boy? js random
    keep it upp lysmmmmm. when’s next episode?

    1. Lavender
      Mariyam Reem

      Girl 😭 The way you analyse everyone’s feelings 🤭 Kyle really has been through so much and yeah he was honest with Sierra 🥹
      And now you’re shipping Sierra and Kaidhan too? 😂🤭
      I love your theories! And yeah Leah’s cake business era 🧁
      Hehe I’m a girl 🤭💗
      Next episode soon 💗Thank you for always supporting my story ly moreee 💗

  5. pumpkin🎃

    wow vrh reeethi👌👍😊🧡
    the way kyle love lia is un imaganable\😊💗
    curious to know what happen nxt🤔
    that rihaan is so annoying he is not even giving money to get basic need😡
    whn nxt ‘?

    1. Lavender
      pumpkin🎃

      Ikr 😭💗 Kyle’s love for Leah is something else 🥀 And Rihaan is so annoying fr 😭💀 Thank you for reading ☺️ Next part soon 💗

  6. laishyy_.

    Mi part vxx vrh vrh loabi.. 🫶🫶

    1. Lavender
      laishyy_.

      Thank you ☺️💗

  7. Nagma

    When will next part be uploaded ? Can’t wait

    1. Lavender
      Nagma

      Soon In Shaa Allaah 💗

  8. Roxy

    Alhey mi part ves haadha reehchey avahah next part up kolladhehche

    1. Lavender
      Roxy

      Soon In Shaa Allaah 💗 Thank you 💗

  9. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝

    Hey…. after a long time anehkka ves hurihaa part eh mikiyuny … Tbh this is my fav series in this site…the story is hama perfect mashallah ✨❤️…I’m out of words cuz u are very talented In writing mashallah… plus I rly love ekaku anekakuge ihusaas thah genesdheefa huri goiyy hama heevany vaahaka thereyga ulhevey hen …. Btw mi part ves hama vrh reethi mashallah… keep it up ❤️ ✨✨
    Mashallah

    1. Lavender
      𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝

      Awww 🥹💗 You have no idea how much this means to me…The fact that you came back and read all the parts makes me so happy 🥹💗 Thank you for all the love and support it truly means a lot to me. May Allah bless you 💗✨

  10. La

    I sent you tip money so avahah up kohlabalaa 😭❤️

    1. Lavender
      La

      Ahah thank you so much for the tip Jazaakillaah 🥹💗😭 I really appreciate it! I’ll try to upload the next part soon In Sha Allah 💗🫶🏻

Comments are closed.