Skip to content
އެސްފިޔަ

ޒާރާ – 50

Listen to this story Audio · 7:38 Powered by Esfiya Voice
0:00 7:38

ޒާރާ ސީޒަން 3 (ޖިންނީންގެ ވާހަކަ) – ހަތްވަނަބައި ( އެންމެފަހުބައި )

ރޮޑްރިކް ދެކެ ރުޅިއައިސްފައިހުރި އިބްލީސް އޭނާގެ އޭޖެންޓުންނަށް އެންގީ އޮތްތާކުން ރޮޑްރިކް ހޯދައިގެން ގެނައުމަށެވެ. އެހެނަސް އިބްލީހުގެ ރާޑަރަށް ނޭރިތާނގައި އޭނާ އެ އެޖެންޓުންގެ ރާޑަރަކަށްވެސް ނާރައެވެ.

އެމެރިކާގައި ކަންމިހެން ހިނގަމުން ދިޔައިރުު އެންޑްރޯސްގައި އަދި ހިނގަމުންދިޔައީ މުޅިން އެހެންކަމެކެވެ. ކައިއަސް އެންޑްރޯސްއަށް ގޮސްފައި އޭނާ ދާއޫދްއަށް ވަޢުދުވިކަންތައް ކުރިއެވެ. ސޯނަމް އަދި ޢާއިލާގެ އެހެންމީހުންނަށް އިސްލާމްދީނުގެ ދަޢުވަތުދިނެވެ. ކައިއަސްގެ ވެރިކަމުގެ ދަރުބާރުގައި ތިބޭ މީހުންނަށްވެސް އެ ދަޢުވަތު ފޯރުކޮށްދިނެވެ. ކައިއަސް އޭނާގެ ދަރުބާރުގެ މީހުންނަށް އެންގީ ދެން އޭނާގެ ދަރުބާރުގައި ތިބެވޭނީ ހުސް އިސްލާމުންނަށްކަމަށެވެ. އިސްލާމްވާން ބޭނުންނުވާ ޖިންނިންނަށް އެދަރުބާރު ދޫކޮށް ދިއުމަށް ކައިއަސް އެންގިއެވެ. ޢާއިލާގެ މީހުން ގާތުގައި ވެސް ބުނީ ޢާއިލީ ގުޅުން އޮތް ކަމުގައިވިއަސް އިސްލާމްވާން ބޭނުންނުވާ ކަމުގައި ވަނީނަމަ ދެން އެމީހުންނާއި މާބޮޑު ގުޅުމެއް ނުބޭއްވޭނޭ ކަމުގައެވެ.

ކައިއަސްގެ ދަޢުވަތަށް އެންމެ އަވަހަށް އިޖާބަދިނީ އޭނާގެ އަނބިމީހާ ސޯނަމްއެވެ. އަދި ކައިއަސްގެ ލަޝްކަރުގެ ތިންބައިކޮށްފައި އޭގެތެރެއިން ދެބައިމީހުން އިސްލާމްވުމަށް ތައްޔާރުވިއެވެ. ދެން ބާކީ ތިބި ޖިންނިންގެ މީހުން އެދަރުބާރުން ނިކުމެގެން ދިއުމަށް ތައްޔާރުވިއެވެ. ކައިއަސް އެންގީ އިސްލާމްނުވެ އޭނާގެ ދަރުބާރުގައި ތިބޭ ޖިންނީންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާނޭ ކަމުގައެވެ. އަދަބުދޭނެ ކަމުގައެވެ.

ކައިއަސްގެ ބާރު އެނގޭތީ އެހެންވެ އެފަދަ ޖިންނީންވެސް ދަރުބާރު ތެރޭ އިތުރަށް މަޑުކުރާކަށް ބޭނުމެއް ނުވިއެެވެ. ކައިއަސް އަންގާފައި އޮތީ އެފަދަ އެންމެ ޖިންނިއަކަށްވެސް އެންޑްރޯސްގައި ދެން ނުތިބެވޭނޭ ކަމުގައެވެ.

އަދި އެންޑްރޯސްގެ ނަންވެސް ދިވެހި ނަމަކަށް ކައިއަސް ބަދަލުކޮށްލާ އެކަން މުޅި ދަރުބާރު ތެރެއަށް އަންގާ ޢިއުލާނުކުރިއެވެ. ހަނދުފުށިއޭ ކިޔާ އެރަށަށް ނަންދިނެވެ.

މިހުރިހާ ކަމެއް ކޮށްފައި ކައިއަސް އޭނާއަށް އިޖާބަދިން މީހުންކޮޅާއެކު ހިއްތަލަފުއްޓަށް ދަތުރު ފެށިއެވެ. އެއީ ދާއޫދްމެންނަށް ހިއްތަލަފުއްޓަށް ދިޔަތާ ބައިގަޑިއިރު ފަހުންނެވެ.

ކައިއަސްމެންނަށް އެރަށަށް ދެވުނުއިރު އަތިރިމަތީގައި މަރުހަބާ ކިޔަން ވަރަށް ގިނަ ޖިންނިން އައިސް ތިއްބެވެ. އޭރު އެރަށުންވަނީ އެރަށުގައި ދިރިއުޅެމުންދިޔަ މުސްލިމް ނޫން ޖިންނިންތައް އެއްކޮށް ފައްސާލާފައެވެ. މުސްލިމު ޖިންނީންގެ އަތުގައި މާފަތިތައް އޮތެވެ. މުސްލިމް ޖިންނީންގެ އިތުރަށް މުއުމިނު ޖިންނީންވެސް ތިއްބެވެ.

އެތާހުރި ޢައިޝާއަށް މާމަ ފެނުނެވެ. “މާމާ” ސޯނަމް ފެނިގެން އުފަލުން އައިޝާ ވަރަށް ބާރަށް ގޮވައިލިއެވެ. މުސްލިމް ޖިންނީން އައިސް އައި ކޮންމެ މީހެއްގެ ކަރުގައި މާފައްޗެއް އެޅުވިއެވެ.

ދެން އެމީހުންނަށް ޖެހުނީ ޢަޢިޝާ އަދި ދާއޫދް އިސްލާމްވި ދުވަހު ކަންތައްކުރިފަދައިން މޫދަށް ގޮސް ހިނައި ތޯހިރުވާށެވެ. އެއަށްފަހު މުއުމިނު ޖިންނިންގެ އަޑުދަށުން ޝަހާދަތް ކިޔާށެވެ.

އެކަން ކުރުމުން ދެން އޮތީ އަލަށް މުސްލިމްވި ޖިންނިންނަށް އެމީހުން ހިތްރުހޭ ރީތި އިސްލާމީ ނަމެއް ދިނުމެވެ. އެގޮތުން އެންމެފުރަތަމައަށް ހުރީ ކައިއަސްއެވެ. ސުލައިމާން އެނަން ކައިއަސްއަށް ވަރަށް ރީތިވިއެވެ. ސުލައިމާން ނަބީކަލޭފާނުގެ ނަންފުޅު ކަމަށްވާތީ ކައިއަސް ގާތުގައި އެހެން ބުނެވުމުން އެކަމަކު ކައިއަސް އެކަމަށް އިޙްތިރާމްކުރިއެެވެ. އެހެންވެ ކައިއަސްއަށް ކިޔުނީ މުޙައްމަދު އެވެ.

ސޯނަމްއަށް ކިޔުނީ ފާތިމާއެވެ. އޭނާ ހުރީ އެނަމާއި ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ޝަހާދަތްކިޔުމުގައި ދަތިތަކެއް ސޯނަމްއާ ކުރިމަތިވިއެވެ. ސޯނަމްއަށް ޝަހާދަތްކިޔުނީ ވަރަށް އުނދަގުލުންނެވެ. އެއީ ހިންދީ އަދި ދިވެހިބަހުން ވާހަކަ ދައްކާފައި ކުއްލިއަކަށް އަރަބި ބަހުގެ ތަންކޮޅެއް ކިޔަން ޖެހުމުން އުނދަގޫވީއެވެ. މުޅިންއާ ބަހަކަށް ވާތީއެވެ. އެހެންނަމަވެސް އުނދަގުލާއިއެކުވެސް އޭނާ ޝަހާދަތްކިޔެވެ.

ދެން ހަމަ ފަހަރަކު ޖިންނިއަކަށް އެހެންގޮސް ނަންތައް ކިޔައި ހަމަ ޖެހުނެވެ. ކޮންމެ ޖިންނިއެއްވެސް ހުންނަނީ އެމީހަކަށް އެކިޔޭ އާނަމަކާއި ދޭތެރޭގައި ވަރަށް ހިތްހަމަޖެހިގެންނެވެ.

މާމަ އިސްލާމްވުމުން ޢައިޝާގޮސް ފާތިމާގެ ގައިގައި ބައްދާލިއެވެ. ޢައިޝާ ހުރީ މީގެ ކުރިން ދުވަހަކުވެސް އުފާނުވާވަރަށް އުފާވެފައެވެ.

އިސްލާމްވި ޖިންނިންނަށް ވަރުގަދަ ޚުތުބާއެއް ދިނުން އޮތެވެ. މިޚުތުބާ ދިނީ އެކި އެކި މުއުމިނު ޖިންނީންނެވެ. އެޚުތުބާގައި އިިސްލާމްދީނާއި ބެހޭގޮތުން ވަރަށް ދިގުކޮށް ވާހަކަދެކެވުނެވެ. އަލަށް އިސްލާމްވުމާއި ދެން އިސްލާމްވެގެން ދެން އުޅޭނޭގޮތުގެ މައްޗަށްވެސް ވާހަަކަދެއްކުންއޮތެވެ. އަދި އެޖިންނިއަކަށް ނޭނގޭކަންކަން އޮޅުން ފިލުވުމުގެ ފުރުސަތުވެސް ހުޅުވާލެވުނެވެ.

ހަނދުފުށި އަދި ހިއްތަލަފުށި އިސްލާމީ އަޚުވަންތަކަމަކާއި އުޚުއްވަތްތެރިކަމުގެ މާތް ގުޅުމަކުން ގުޅާލެވުނެވެ. ހިއްތަލަފުށިން ހަނދުފުއްޓަށް، އަދި ހަނދުފުށީން ހިއްތަލަފުއްޓަށް މިނިވަންކަމާއެކު އެތާތިބި މުއުމިނު ޖިންނީންނާއި މުސްލިމް ޖިންނިންނަށް އެރުމުގެ ހުއްދަދެވުނެވެ.

ފާތިމާ ޢައިޝާމެން ގާތުގައި ހިއްތަލަފުށީގައި ވަޒަންވެރިވިއެވެ. އެއީ ދާއޫދް އަދި އައިޝާވެސް ބޭނުންވިގޮތެވެ. މުޙައްމަދު އެރަށުގައި ވަޒަންވެރިނުވި ނަމަވެސް ކޮންމެދުވަހަކު އެރަށަށް ޒިޔާރަތްކޮށްލައެވެ.

ޔަލްވީ އަދި ރޮޑްރިކްއަށް އުފަލުގައިި އުޅެވުނީ 25 ވަރަކަށް އަހަރު ވަންދެންނެވެ. އެއަށްފަހު ރޮޑްރިކްގެ މިޒާޖު މުޅިން ބަދަލުވިއެވެ.

ރޮޑްރިކް ބޭނުންވީ އަނބިން ގިނަ ކުރާށެވެ. އެހެންވެ ޔަލްވީ ފަދަ ސާދާ، ބުރުސޫރަ ރީތި އެތައް ކުދިންނެއް ދިވެހިރާއްޖެއިން ވަގަށް ނަގައިގެން އެކުދިން އެމެރިކާއަށް ރޮޑްރިކް ގެނައެވެ. ޔަލްވީއަށް ޖެހުނީ އެކަމަށް ކެތްކުރާށެވެ. އެގޮތަށް ގޮސް ވިހި އަނބީން ރޮޑްރިކް ހަމަކޮށްލިއެވެ. އެހުރިހާ ކުދިންވެސް ޔަލްވީއަށްވުރެ ޢުމުރުން ހަގެވެ.

ކަންމިހެން ހުރިކަމުގައިވިއަސް ޔަލްވީއަކީ އޭނާގެ ދޮށީ އަނބިމީހާކަން ރޮޑްރިކް ހަނދާންނައްތައެއް ނުލައެވެ. އެއްވެސްކަމެއް ޔަލްވީއަށް އުނިވިޔަކަ ނުދެއެވެ. އުނިވާނަމަ އުނިވަނީ ލޯތްބެވެ. ނޫނީ ދޭވަގުތެވެ. ކުރީގައި އަބަދު ޔަލްވީ ގާތުގައި އުޅުނަސް ފަހަކަށް އައިސް ރޮޑްރިކްއަށް އެގޮތަކަށް ނޫޫޅެވެއެވެ. ހުރިހާ އަނބީންނާއި އެކީގައި އުޅެ ވަގުތު ހޭދަކުރަން ރޮޑްރިކް ބޭނުންވެއެވެ. އެހެންވެ ރޮޑްރިކް ކަންތައް ކުރަނީ އެގޮތަށެވެ. މިކަމުން ވޭން އަޅަނީ ޔަލްވީގެ ހިތުގައެވެ. އެހެނަސް ޔަލްވީ ކެތްކޮށްލައެވެ. އެކަމާ ރޮޑްރިކް އެހާ ބޮޑަށް އަޅައެއް ނުލައެވެ.

އެހެނަސް ވޭތުވެދިޔަ މިމުއްދަތު ތެރޭގައި އެއިން އެއްވެސް މީހަކަށް ދަރިއަކު ރޮޑްރިކް ނުހޯދައެވެ. ޔަލްވީގެ ވެސް ދަރިއަކު ނެތެވެ. ރޮޑްރިކްވެސް ދަރިއަކު ބޭނުންވެއެވެ. އެކަމަކު އޭނާއަށް ލިބޭ އެއްވެސް ދަރިއަކު އެއްފަޅި އިންސާނެއްހެން އަނެއްފަޅި ޖިންނިއެއްހެން ހުންނަން ބޭނުންނުވާތީ އޭނާ ދަރިއަކު ނުހޯދަނީއެވެ. މުޅިން އިންސާނެއްހެން ނުވަތަ މުޅިން ޖިންނިއެއްހެން ހުރި ދަރިއަކު ލިބުމުގެ ފުރުސަތުކުޑަވަނީއެވެ. އެހެންވެ އެ ރިސްކު ނަގަން އޭނާ ބޭނުންނުވަނީއެވެ.

އަނެއްކޮޅުން އިންސާނަކު ޖިންނިއަކަށް ވިހެއުމުގެ ރިސްކަކީވެސް ބޮޑުރިސްކެކެވެ. އެވިހެެއުމުގެ ތެރޭގައި އެއިންސާނެއްގެ ހަށިގަނޑުން ފުރާނަ ވަކިވެގެންދިއުމަކީ ވެސް އެކަށީގެންވާކަމެކެވެ. މިހުރިހާ ކަމަކާއި ރޮޑްރިކް ވިސްނައެވެ. ލިބުނު އަނބިންގެ ފުރާނަތައް އެގޮތައް ވަކިވެގެން ދާކަށް ރޮޑްރިކް ބޭނުމެއް ނޫނެވެ.

ރޮޑްރިކްގެ ބޮޑާގޮތެއް ހުންނާތީ ޖިންނީންނާއި އިނުމަކަށް އޭނާ އެހާ ގަޔާއެއް ނުވެއެވެ. ކަންތައް ވެފައި އޮތީ މިގޮތަށެވެ.

އެންމެފަހުން މިހެން އުޅެނިކޮށް ރޮޑްރިކް އަނެއްކާ އިބްލީހާއި ބައްދަލުވިއެވެ. ރޮޑްރިކްއާ ދޭތެރޭ ހިތްހަމަނުޖެހިފައި ހުރި ނަމަވެސް ރާއްޖެއިން އަނބިން ހޯދައިގެން ރޮޑްރިކް މިކުޅެމުންދާ ކުޅިވަރު އިބްލީހަށް ވަރަށް ކަމުދިޔައެވެ. އިބްލީސް އެހެންވެ އެކަމަށް ތަޢުރީފް ކުރިއެވެ.

އަނެއްކާވެސް ރާއްޖެ ހިފުމުގެ ޝައުގުވެރިކަން ރޮޑްރިކް ފާޅުކުރިއެވެ. ރާއްޖޭގެ ރީތި މަންޒަރުތައް ރޮޑްރިކްގެ ހިތުގައި އަބަދުހެން އޮންނަނީ ކުރެހިފައެވެ. އެހެނަސް އިބްލީސް މިފަހަރު އެކަމާ އަޅައެއްނުލިއެވެ. އޭނާ ހުރީ ރޮޑްރިކްދެކެ މުޅިން ފޫހިވެފައެވެ.

އިބްލީސް އަޅާނުލުމުން ރޮޑްރިކް އޭނާގެ ދިރިއުޅުން ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދިޔައެވެ. އިބްލީހާއި ނުލާ އޭނާއަށް ރާއްޖެ ހިފުމުގެ އެއްވެސް ކަމެއް ކާމިޔާބުވާކަށް ނެތެވެ. އެކަން އޭނާވެސް ދަނެއެވެ.

(ނިމުނީ)

Comments (2)

  1. Anonymous²

    Dude I wonder how u change ur pfp! File choose kohffa profile update kureema vx change nuvey!!

    1. Crystal
      Anonymous²

      U can report it to admin of this site

Comments are closed.