Skip to content
އެސްފިޔަ

ޒާރާ – 49

Listen to this story Audio · 9:02 Powered by Esfiya Voice
0:00 9:02

ޒާރާ ސީޒަން 3 (ޖިންނީންގެ ވާހަކަ) – ހަވަނަބައި

ޔަލްވީއަށް ނިދިން ހޭލެވުނުއިރު ގާތުގައި ނިދާފައި އޮތް ރޮޑްރިކް ފެނުނެވެ. އެއްވެސް ވަރަކަށް ރޮޑްރިކް ދެކެ ބިރުނުގަންނަ ޔަލްވީ އޮތީ އޭނާއަށް ބަލާށެވެ. ރޮޑްރިކްދެކެ ޔަލްވީ ބިރުނުގަންނަނީ ކީއްވެކަމެއް ނޭނގެއެވެ. އިންސާނެއް ނޫންކަން އިނގޭއިރުވެސް ޔަލްވީ ހުރީ އެގޮތް އޯކޭވެފައެވެ. އެއީ ޔަލްވީގެ މައުސޫމުކަމުންކަމެއް ނުވަތަ ރޮޑްރިކް އޭނާއާ ދޭތެރޭ ކަންތައްކުރާ އޯގާތެރިގޮތުންކަމެއް ބުނެދޭކަށް ނޭނގެއެވެ.

ރޮޑްރިކްގެ މޫނުމައްޗަށް އެޅިފައި އޮތް ބްލަންޑް ކުލައިގެ އިސްތަށިކޮޅެއް ޔަލްވީ އެއްފަރާތް ކޮށްލިއެވެ. އެވަގުތު ރޮޑްރިކްއަށް ހޭލެވިގެން ހިނިތުންވެލިއެވެ. ރޮޑްރިކްއަށް ފިރިހެންވަންތަ ލޯބީގެ އިހްސާސްތަކެއް ކުރެވެން ފެށުމުން އޭނާ ޔަލްވީއާ ގާތްވެލިއެވެ. އެވަގުތު ޔަލްވީ ކުޑަކޮށް ލަދުން މޫނުމަތީގައި އަތްއެޅިއެވެ.

” މިކުއްޖާއާއެކީ ރޭކުރަންވެސް ވަރަށް އުނދަގޫވާނެ. ” ހިތާ ހިތާ އެހެން ކިޔުނުއިރު ރޮޑްރިކްގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ރޮޑްރިކް މަޑުމަޑުން ޔަލްވީގެ ދެއަތް ނެއްޓުވިއެވެ. ފެންނަމުންދިޔައީ ހަމަ އެމައުސޫމުކަމެވެ.

ރޮޑްރިކްއަށް ކަމުދަނީ އެކަހަލަ މައުސޫމު ކުދިންނެވެ. އެހެނަސް، އެމެރިކާ ކުދިންދެކެ އޭނާ ހުރީ ފޫހިވެފައެވެ. މައުސޫމު ކުއްޖަކަސް އެމެރިކާއިން އިންސާނީ ނަސްލުގެ ކުއްޖަކު ލޯބީގެ ގޮތުން ގުޅެން ނުހޯދުމަށް އޭނާ ހުރީ ނިންމައިގެންނެވެ.

” ޔަލްވީ އަދި އަހަންނަކާ ވާހަކަ އެއްވެސް ނުދައްކަމެއްނު ” ރޮޑްރިކް މިހާރު ބޭނުންވަނީ އެލޯބި ކާމިޔާބުކުރާށެވެ. އެއާއެކު ޔަލްވީ މަޑުމަޑުން ރޮޑްރިކްގެ ނޭފަތުގައި ކޮއްޓާލިއެވެ. މައުސޫމުކަމާއެކު ޔަލްވީ ގެންގުޅޭނެ ގޮތެއް ރޮޑްރިކް ވިސްނަމުންގެންދިޔައެވެ. ފަހަރެއްގައިވެސް ޔަލްވީގެ އެމައުސޫމުކަން ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ.

” ޔަލްވީ ދާންވާނެ އަދި އަހަރެންގެ ފެމެލީ މީހުންނާއި މީޓްކޮށްލަންވެސްދޯ. ޔަލްވީ ވާހަކަނުދެއްކުމުން ރޮޑްރިކް ވާހަކަކުރިއަށް ގެންދިޔައެވެ. “ހިނގާބަލަ ތައްޔާރުވެލައިގެންދާން. މިކޮޓަރީގައި ހުރި މިހިރަ ރީތި އަލަމާރީގައި ހުންނާނެ ވަރަށް ރީތި ހެދުންތަކެއް. ޔަލްވީ ބޭނުން ހެދުމެއްލާންވީ. އަހަރެން މިދަނީ ތިރިއަށް. ޔަލްވީ ހެދުން ލައިގެން އާދޭ. ” އެހެންބުނުމަށްފަހު ރޮޑްރިކް އެނދުން ތެދުވެގެން ތިރިއަށްދާން ހިނގައިގަތެވެ.

ޔަލްވީ އޮތީ އެހުރިހާ އިރަކު ރޮޑްރިކްގެ މޫނަށް ބަލަހައްޓައިގެން ރޮޑްރިކް ދައްކާވާހަކަތައް އަޑުއަހާށެވެ. ޔަލްވީ އަލަމާރިއާ ދިމާއަށް ކަޅިއެއް އެއްލަމުން އެނދުން ތެދުވިއެވެ.

އަލަމާރީގެ ދޮރު ހުޅުވާލުމާއެކު އެމެރިކާކުދީން ލާފަދަ ރީތި ބްރޭންޑެޑް ހެދުންތައް އޭނާއަށް ފެނުނެވެ. އެހެދުންތައް ހުރީވެސް އޭނާއަށް ހެޔޮވަރަށެވެ. ޔަލްވީ ނެގީ ޓޮޕަކާއި ޖީންސްއެކެވެ. އެއެއްޗެހި ލައިގެން ތިރިއަށް ފޭބިއިރު ތިރީގައި ރޮޑްރިކް ދެކޮޅަށްދެކޮޅަށް ހިނގާލާ ހުއްޓެވެ.

” ހިނގާ ދާން. ޔަލްވީ ވަރަށް ރީތި. ޔަލްވީއާ ވަރަށް ގުޅޭ ތިހެދުން. ” އެހެންބުނަމުން ރޮޑްރިކް ޔަލްވީގެ އަތުގައި ހިފައިގެން އަވަހަށް ގެއިން ނިކުންނަން ހިނގައިގަތެވެ.

އޭރު ރޮޑްރިކް ވިސްނަމުން ގެންދިޔައީީ މުޅިން އެހެންކަމަކާއެވެ. ޔަލްވީއާއެކު ރޭ ނުކުރުމަށް ކުރިން ނިންމައިގެން ހުރި ނަމަވެސް ރޮޑްރިކްއަކީވެސް ފިރިހެން ޖިންނިއެކެވެ. ފިރިހެނުންގެ ފިރިހެންވަންތަ ލޯބީގެ އިހްސާސްތައް އޭނާގެ ކިބައިގައިވެސް އެބަހުއްޓެވެ. އެގޮތަށް ރޭނުކޮށް މާގިނަދުވަސްވަންދެން އޭނާއަކަށްވެސް ނުހުރެވޭނެއެވެ.

އެގެއިން ޔަލްވީއަށް ރޮޑްރިކްއާއެކީ ނުކުމެވުނުއިރު ލަމްބަރގީނީ ކާރެއް ޕާކުކޮށްފައި އޮތެވެ. ” އަވަހަށް އަރާ. ” ކާރުގެ ދޮރުހުޅުވަމުން ރޮޑްރިކް ޔަލްވީ އަރަން ތަންދެއްކިއެވެ. އަދި ޔަލްވީ އެރުމުން އޭނާވެސް ޑްރައިވަރ ސީޓަށް އަރައި ހަމަޖެހިލިއެވެ.

އިރުކޮޅެއްނުވެ ކާރު ދުންޖަހާފައި ބާރަށް ދަތުރުކުރަންފެށިއެވެ. އެހެނަސް ޔަލްވީއަށް ކާރު އެހާ ބާރަށް ދުވާކަމުގެ އިހުސާސެއް ނުކުރެވުނެވެ. މިނެޓަކު އެތައް މޭލަކަށް އެކާރު ދަތުރުކުރަމުންގެންދިޔައެވެ.

******************

” ހައްވާ.. ” ސިއްހީ މަރުކަޒު ތެރޭގައި ހުރި އެނދެއް މަތީގައި އޮތް ހައްވާ ދެލޯ ހުޅުވާލިވަގުތު އާދަމް އޭނާއަށް ގޮވާލިއެވެ. ” ކޮބާ ޔަލްވީ؟ ” ފުރަތަމަވެސް ހައްވާއަށްކޮށްލެވުނީ އެސުވާލެވެ. ” އަދި ނުފެނޭ. އެކަމަކު ޕޮލިހުން އެބަވަރަށް މަސައްކަތްކުރޭ ފެނޭތޯ. ” އާދަމް ހައްވާގެ ހިތްހަމަަޖައްސައިދިނެވެ.

ހައްވާ ގަޔަށް އޮތީ އައިވީއެއް ގުޅާފައެވެ. އެހެންވެ އޭނާ އޮތީ ހިސާބަކަށް ހަމަޖެހިފައެވެ. އެވަގުތު ފުލުހުންގެ އޮފިސަރެއް އައިސް ސިއްރުސިއްރުން އާދަމް ގާތުގައި ދެތިން އެއްޗެއް ބުނެލިއެވެ.

” ކީކޭ އެބުނީ؟ ” ހައްވާގެ ހިތް އަވަސްވިއެވެ. ” ޔަލްވީ ގެއްލުންވާހަކަ މުޅި ރާއްޖެއަށް އަންގާށޯޖެހޭނީ. އިއުލާން ކުރާށޯ މާދަމާގެ ޚަބަރުގަ. ” ހައްވާއަށް އެކަން ސިއްރުކުރާކަށް އާދަމް ބޭނުމެއް ނޫނެވެ. ” އެހެންތަ ” ހައްވާއަށް ބުނެވުނެވެ.

********************

ހަނގުރާމައިގައި ކޮންމެވެސް މަކަރެއް ރޮޑްރިކް ހެދިކަން އިބްލީހަށް އެންމެފަހުން ފަޅާއެރިއެވެ. އިބްލީސް ހުރީ ރޮޑްރިކްދެކެ ހިތްހަމަނުޖެހިފައެވެ. އަދި އަނެއްކޮޅުން ވެރިއަކު ނެތިގެން އެމެރިކާގެ ޖިންނިންތައް ތިބީ މޮޔަވާވަރުވެފައެވެ. އެންމެފަހުން އިބްލީސް އެވެރިކަމާއި ހަވާލުވިއެވެ.

އަނެއްކޮޅުން އިންސާނުންގެ ކައިރިއަށް ފޮނުވާފައި ތިބި އިބްލީހުގެ އޭޖެންޓުންނަކަށްވެސް ހީކުރިވަރާއި މިންވަރާއި ގާތަކަށްވެސް ރާއްޖޭގެ އިންސާނުންނެއް މަގެއްނުފުރެއްދުނެވެ.

އެޖިންނީން އައިސް އެކަން ރިޕޯޓްކުރުމުން އިބްލީހުގެ ހިތްވަރުއެލުނެވެ. ރާއްޖެއާ ދިމާކޮށް ރާއްޖޭ މީހުން ބަލިކުރާނީ ކިހިނެއްކަމެއް އިބްލީހަކަށް އުޅެއުޅެވެސް ނުވިސްނުނެވެ.

ރޮޑްރިކް ހުރިއިރު އިބިލީހުގެ އުއްމީދު އޮތީ އާވެފައެވެ. މިހާރު އިބްލީހަށް އެހީވާކަށް އޭނާއެއް ނެތްތާއެވެ.

އިބްލީހަށް ބަލައިލެވުނީ ގާތުގައި ހުރި އާމޯންއަށެވެ. އާމޯންއަށްވެސް ކޮށްދެވޭނީ ވަކިވަކި ކަންކަމެވެ. އެއީވެސް ވަކިވަރަކަށެވެ. އެހެންވެ އިބްލީހުގެ ސިކުނޑި އެވަގުތު ސުމަކަށް ދިޔައެވެ.

*******************

ޔަލްވީ ދަތުރުކުރަމުން ދިޔަ ކާރު މަޑުކޮށްލީ ބޮޑު ހަވޭއްޔެއްހެން ހުރި ގެއެއް ކައިރިއަށެވެ. މަޑުކޮށްލުމުން ރޮޑްރިކް ޔަލްވީ އެތަނަށް ބޭލުވިއެވެ. އަދި ރޮޑްރިކް ފައިބުމަށްފަހު ޔަލްވީ ގެނެސް އޭނާގެ ގަޔާއި ކައިރިކޮށްލައި ޔަލްވީގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. އެވަގުތު ޔަލްވީއަށް ބެލުނީ ރޮޑްރިކްގެ މޫނަށެވެ.

ތެދެކެވެ. ރޮޑްރިކް ޖެހޭނީ މިގޮތަށް ޔަލްވީއާ މަޑުމަޑުން ގާތްވާށެވެ. ޔަލްވީއަށް ލޯބި ދަސްކޮށްދޭށެވެ. އޭނާ ޔަލްވީ ގާތު ރޭކުރަން މިހާރު ކިތަންމެހާވެސް ބޭނުމެވެ. އެކަން އޭނާ ކުރުމަށް ހަމަޖެއްސީ މަންމަމެންނާއި ބައްދަލުކުރުވާފައެވެ. ސަބަބަކީ ރޮޑްރިކްގެ ކެތްތެރިކަން މިހާރު ހުރީ ކުޑަވެފައެވެ.

*****************

” ޔަލްވީ މިހިރީ އަހަރެންގެ މަންމައާއި ބައްޕަ. ދެން މިތިބީ ކޮއްކޮ އާއި ބޭބެމެން. ” ރޮޑްރިކް އެހަވޭލީތެރޭގައި ތިބި މީހުން ފަހަރަކު މީހެއް ތަޢާރަފްކޮށްދެމުން ގެންދިޔައެވެ. އެމީހުން ޔަލްވީއަށް ކައިވެންޏަށް މަރުހަބާ ކިޔަމުން ސަލާމްކުރަމުން ގެންދިޔައެވެ. އެންމެންވެސް ތިބީ އާދައިގެ އެމެރިކާ އިންސާނުން ތިބޭހެންނެވެ. އެންމެންގެ ވެސް ހުރީ ރޮޑްރިކްގެ އޮންނަ ކަހަލަ ބްލަންޑް އިސްތަށިގަނޑެކެވެ. ޔަލްވީ އަނގައިން ބަސް ހުއްޓިފައި ހުރެ އެމީހުންނަށް ބަލަމުން ދިޔައެވެ.

އެމީހުންނާ އެކީގައި އެރޭގެ ރޭގަނޑުގެ ކެއުން އޮތެވެ. ޔަލްވީ މީގެ ކުރިން ނުވެސް ދެކޭފަދަ މީރު އެއްޗެހި އެރޭ ޔަލްވީއަށް ކާން ލިބުނެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ފަހު ރޮޑްރިކް އަވަހަށް ބުނީ ގެއަށްދާން ވެއްޖެ ކަމުގައެވެ. ރޮޑްރިކް ހުރީ ޔަލްވީއާ އެކު ލޯބިން ވަގުތުކޮޅެއް ހޭދަ ކޮށްލުމަށް ކެތްމަދުވެފައެވެ.

ޔަލްވީވެސް ބަސްއަހާ ކުޑަކުއްޖެއް ފަދައިން ކައިގެން ރޮޑްރިކް ފަހަތުން ބޭރަށް ނުކުތެވެ. ލަމްބަރގިނީ ކާރު ހަމަ އެތާއޮތެވެ. ރޮޑްރިކް އަވަހަށް އެއަށް އެރުމަށް ޔަލްވީއަށް އިޝާރާތްކުރިއެވެ.

ރޮޑްރިކް މިރޭ މާ އަވަސްކޮށްލައިގެން އުޅޭތީ ޔަލްވީ ހުރީ އެކަމާއި ދޭތެރޭގައި ސުވާލު އުފެދިފައެވެ. އެހެނަސް ޔަލްވީ ރޮޑްރިކް ބުނާގޮތަށް ހެދިއެވެ.

އަނެއްކާވެސް އެކާރު ހަމަ އެހާ ބާރު ދުވެއްޔެއްގައި ދުވަމުންގެންދިޔައެވެ. ކުރިން އުޅުނު ގެއާއި ދިމާއަށެވެ.

******************

” ޔަލްވީ.. އަހަރެން ވާހަކަ އެއް ބުނަންތަ؟ އައިމް ޔޯ ހަޒްބަންޑް މިހާރު. ޔަލްވީ ވާހަކަނުދައްކަންޏާ ކިހިނެއްވާނީ؟ ” އެގޭތެރޭ ހުރި ކުރިންވެސް ވަތް ކޮޓަރިއަށް ވަންނަމުން ރޮޑްރިކް ބުނެލިއެވެ.

” ލެޓް މީ ޓަޗް ޔޫ އިނގޭ. ” ޔަލްވީއާ ގާތްވަމުން ރޮޑްރިކް އެހެންބުނެލިއެވެ.

ޔަލްވީ އިނީ ކަޅިޖަހައިނުލައި ރޮޑްރިކަށް ބަލާށެވެ. ރޮޑްރިކް ދުރުކުރާކަށްވެސް ޔަލްވީ ނޫޅެއެވެ.

ރޮޑްރިކް މަޑުމަޑުން ޔަލްވީ އުރާލިއެވެ. އެއަށްފަހު އެނދުމަތީ ބާއްވާލިއެވެ. އެއަށްފަހު ލައިގެން ހުރި އެއްޗިހި ބޭލިއެވެ. ޔަލްވީއާއެކު އޭނާވެސް އުޅެންޖެހެނީ އިންސާނެއް އުޅޭހެންނެވެ.

ރޮޑްރިކްގެ ޢަމަލުތައް ބަލަން ޔަލްވީ އިނީ އަނގަހުޅުވިފައެވެ. ރޮޑްރިކް ދިޔައީ އެނދުމަތީއިން ޔަލްވީއާ ގާތްވެލިއެވެ. “ޔަލްވީ ލޯ މަރާލަބަލަ. ނުބުނަނީސް ލޯ ނުހުޅުވައްޗޭ. ” ޔަލްވީ އެހެން ހެދުމުން ޔަލްވީ ލައިގެން އިން ޓޮޕް ބޭލުވީ ރޮޑްރިކްއެވެ. ” ނުހުޅުވައްޗޭ އަދި އަހަރެން ނުބުނަނީސް ” ޔަލްވީގެ ޖީންސްވެސް ބޭލުވީ ރޮޑްރިކްއެވެ. ” ދެން ލޯ ހުޅުވާލަބަލަ. ” ޔަލްވީ އިނީ އޭރު ވަރަށް ލަދުގެންފައެވެ.  އެކަމަކު ލަދުން ގޮސް ޔަލްވީއަށް ބޮނޑިވެވުނީ ރޮޑްރިކްގެ މޭތެރޭގައެވެ.

” މިއީ ހާދަ ލަދުގަންނަ ކުއްޖެކޭދޯ. ” ރޮޑްރިކް ޔަލްވީގެ ގައިގައި ބައްދާލިއެވެ. އެނދުމަތީގައި ޔަލްވީ މަޑުމަޑުން ރޮޑްރިކް ބާއްވާލިއެވެ. އޭރުވެސް ޔަލްވީ އޮތީ ލޯމަރައިގެންނެވެ. ރޮޑްރިކް ގާތަށް ހިނިއައެވެ. ޔަލްވީއާ މަޑުމަޑުން ރޮޑްރިކް ގާތްވަމުންދިޔައެވެ.

އެގޮތުގައި މުޅި އެރޭ ވޭތުވަމުން ދިޔައީ ރޮޑްރިކް އަދި ޔަލްވީއަށް އެތައް އުފާތަކެއް ލިއްބައިދެމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.