Skip to content
އެސްފިޔަ

އާއެކޭ ލޯބިވޭ… – 68

Listen to this story Audio · 7:19 Powered by Esfiya Voice
0:00 7:19

ހަނީމޫނަށް  ދިޔައީ ޖަޕާނާ ށެވެ. އެ އުފާވެރި ދަތުރު ނިމިގެން އައީ އުފާވެރި ކަމުންނެވެ. އިޝްބާ ބަނޑުބޮޑުކަން އެނގުނީ ދަތުރުމަތީއެވެ. ބޮޑެތި ރޭލުތަކުގައި ދަތުރުކުރަމުން ދިޔައިރު  އެ ޖައްސަމުންދާ ވައްތަރުތަކާއި ލެވެމުން ދިޔަ ހޮޑު ންނެވެ.  ކާއެއްޗެއްގެ ވަސް ޖެހުނަސް ނޭފަތުގައި އަތް އަޅާފައި އޯކަށް ދެމެން ފަށާފާނެއެވެ.  މަޖަލެއް އެންމެ އެދެވޭ ގޮތުގައި ކުރެވޭ ގޮތެއް މާމުއި ހަނދުގެ އެ ދަތުރުގައި ދެމަފިރިން ނަކަށް ނުވިއެވެ. އެހެންކަމުން އުފާކޮށްލާ ހަދާލުމަށް އަލަތު ދަރިފުޅާއެކު ތައިލެންޑަށް ދިއުމަށް އަންނަނީ ރާވަމުންނެވެ. ދުނިޔޭގެ އެންމެންގެ މެދުގައި މަޤުބޫލު އެތަން ދެކިލުމަށެވެ. ކޮކާ ޕާކަށް ގޮސްލާށެވެ. ފަރުބަދައިގެ ފަހަތުން އެ ފެންނަށް ބޮޑު ހަނދު ބަލާލާށެވެ. ދޮންވެލި ގަނޑު މަތީ ރާޅު ޖަހައި ފަށުގައި ހިނގައި ލާށެވެ.

ބާރު ހަޅޭކުގެ އަޑުފައްގަނޑަކާއެކު ނިދިފައި އޮތް އަޝްބާ ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ރަތްކުލައިގެ ފޮށްޓެއް އަތަށް ލައިގެން އެހުރީ ނަޒާ ނެވެ. މީގެ ކުރިން އެއީ ފެނުނީ ހުވަފެނެކޭ ހިތަށް އެރުމާއެކު އަޝްބާ ދެލޯ މަރާލި އެވެ. މިއީ ހާއްސަ ދުވަހެކެވެ. އޭނާ ކުރި މަސައްކަތުގެ ފޮނި މީރު ނަތީޖާ އަރުގައި ލެވޭ ދުވަހެވެ. އާދޭހެވެ. އަޝްބާ ބިންތު ނިހާނުގެ އަލަތު ފޮތް “އާއެކޭ ލޯބިވޭ…” ނެރެވޭ ދުވަހެވެ. އެ ހިތް ތަކުރާރުކޮށްލިއެވެ. މިކަން ވާނެ ހެއްޔެވެ؟ ޖެހިލުންވުމެއް ނެތި އެތައް ބައެއް ކުރިމަތީ ވާހަކަ ދެއްކި ދާނެ ހެއްޔެވެ؟ އޭނާގެ ދަތުރު ކިޔައި ދެވިދާނެ ހެއްޔެވެ؟**********************************

އަޝްބާ އެނދުން ތެދުވެ ހަމަޖެހިލިއެވެ. ކުރިމަތީ ހުރި ނަޒާނަށް ބަލާލިއެވެ. އެ އަތުގައި އޮތް ރަތް ފޮށި ފެނި އަތް ދިއްކޮށްލިއެވެ. ” އަޝްބާ: ދެއްވާ ތި ފޮށި.” އަޝްބާ ޒާން ކުރެން އެދުނެވެ. ނަޒާން އަޝްބާ އާއި ޖެހިގެން އެނދުގައި އިށީނދެލިއެވެ. އެ ފޮށި އަޝްގެ އަތަށް ލައިދިނެވެ. ލަސްނުކޮށް އަޝްބާ އޭގައި ފިރުމާލިއެވެ. އެހިތަށް އެރިއެވެ. މިއަދަކީ އޭނާގެ ހަޔާތުގެ އެންމެ ޚާއްޞަ އެއް ދުވަހެވެ. އޭނާގެ ފުރަތަމަ ފޮތް “އާއެކޭ ލޯބިވޭ…” ނެރެވޭ ދުވަހެވެ.

އެނދުމަތީ ފޮށި ބާއްވާފައި ކުޑަދޮރު ދަށަށް އަޝްބާ ދިޔައެވެ. ބޭރު ބަލާލިއެވެ. ތުރުކީގެ އުޑުމަތި އޮތީ އިރުއެރުމުގެ ރަން އަލިން ވިރުވައި އަޅާފައެވެ.

ނަޒާން އައިސް އަޝްބާގެ ކައިރީގައި މަޑުކޮށްލަމުން މެދުހަށީގައި ލޯބިން ބައްދާލިއެވެ. އަޝްބާ ލަދުން ދުއްވައިގަތެވެ.  އެނދުމަތީ އެ އޮތީ ފޮތުގެ ފުރަތަމަ ކޮޕީއެވެ.  އެ ފޮށިގަނޑުން ނެނގީ ނަޒާނެވެ.

“ނަޒާން: ދޫނީ… ބަލާބަލާ! މިއަދު މި ހުވަފެން ޙަޤީޤަތަކަށް މިވަނީ، ރީތި ދޯ” ނަޒާން ހިނިތުންވެ ހުރެ ފޮތަށް އިޝާރާތް ކުރަމުން ބުނެލިއެވެ.

އަޝްބާ އަތަށް އެ ފޮތް ލިއެވެ. އޭނާގެ މުޅި ހަށިގަނޑުން ޖާދުވީ ރާޅުބާންޏެއް ދަތުރުކޮށްލި ކަހަލައެވެ. ފޮތުގެ ބަނޑޭރިގަނޑުގައި އަތް ޖެހުމާއެކު،  ކުރުވީ ފޮނި އިހްސާސެކެވެ. ހީވީ ކުއްލިއަކަށް ކޮޓަރީގެ ފާރުތައް ފަޅައިގެން ދިޔަ ހެންނެވެ. ޖައްވުގެ ތެރެއިން އާދަޔާޚިލާފު އަލިކަމެއް ފެތުރިގެން ކޮޓަރި ތެރެ ވިދާލި ފަދައެވެ.

އެ އަލިކަން ރަތްކުލައިގެ ކުރެހުމެއް ކުރަހާލި ކަހަލައެވެ. ނޫކުލައިގެ ވިދާ ބަބުޅާ ތަރިތަކެއް ފޮތުގެ ތެރެއިން ނުކުމެ، ސީލިންގް ގައި ފިޔަ ޖަހަންފެށިއެވެ. އަޝްބާ އާއި ނަޒާނަށް އެ ތަރިތަކުގެ ތެރެއަށް ފީނައި ގަނެެވުން ފަދައެވެ.

އެމީހުން ތިބެވުނީ އާދަޔާޚިލާފު ތަނެއްގައެވެ. އެއީ ހިތްގައިމު ޤުދުރަތީ މާހައުލެކެވެ. ވަށައިގެންވަނީ ރަތްކުލައިގެ ފިނިފެންމާ ތަކެވެ.  ފަޒާގެ ތެރޭ އުދުހޭ ނަލަ  ޕަރީ ތަކެވެ.  ފެހި ރީތި ގަސްތަކެވެ. ދުރުން މަޑުމަޑުން ޖެހެމުންދިޔަ  ފިނި ވައިރޯޅި ތަކާއެކު، މާތަކުގެ މީރުވަސް ހިފާލާފައި ވިއެވެ.

އެތައި ހުރި ޖާދުވީ ބޮޑު ގަހެއްގެ ދަށުގައި، ހުދު ހެދުމެއްގައި ހުރި އަންހެންކުއްޖަކު ހުއްޓެވެ. އެއީ އެހެން އަންހެނެއް ނޫނެވެ. އެއީ ހުވަފެނުގައި ސިފަވި  ވާހަކައިގައި ސިފަކުރި މިލީ މިލީހަމް އެވެ! މިލީހަމްގެ މޫނުމަތިން ކުރީގެ ވޭނާއި ހިތާމައެއް ނެތެވެ. އޭނާގެ މޫނުމަތީ ވީ އިންތިހާ އުފާވެރިކަމެވެ. ދެ ލޮލުގައިވި  ދިހުން އަލިކަން މާދުރަށް ފާޅުވަމުންދިޔައެވެ.

“މިލީހަމް:އަޝްބާ… ދަރިފުޅާ….” މިލީހަމް މަޑުމަޑުން ގޮވާލިއެވެ. “މިލީހަމް:ދަރިފުޅުގެ މި ފޮތުން މުޅި މާޒީގެ ޒަޚަމްތަކަށް ޝިފާ ލިބުން ފަދަ. ލޯތްބަކީ ހަމައެކަނި ވޭނެއް ނޫނަސް އެއީ އަނދިރިކަމުން އަލިކަމަށް ގެންގޮސްދޭ ޖާދުވީ ބާރެއް.”

އަޝްބާގެ ދެލޯ ކަރުނައިން ފުރުނެވެ. އެކަމަކު އުފަލުގެ ކަރުނައިންނެވެ. އުފާވެރިކަމުގެ  އެ ކަރުނަ ހިލިގެން ދިޔައިރު މިލީހަމުގެ ދެ އަތުން އެ މޫނުގައި އަތް ޖައްސާލިއެވެ.  “ދަރިފުޅާ ނުރޯށޭ” ބުނާ ފަދައަކުންނެވެ. އޭނާގެ ފުރަގަހުގައި ހުރި ނަޒާން، އަޝްބާގެ އަތަށް  ބާރުކޮށްލިއެވެ.

” ނަޒާން: އަޝްބާ.. އަޝް…..” ނަޒާން ލަސްލަހުން ގޮވާލިއެވެ.

އެއާއެކު، އެ ޖާދުވީ މާހައުލު އަލުން ބަދަލުވިއެވެ. އަޝްބާއަށް ހަމަ ބިމަށް އާދެވުނެވެ. ހިޔާލުގެ އެ ރޮދިފަށް ޒާންގެ މީރު އަޑާއެކު ކެނޑިގެން ދިޔައީއެވެ.

ތުރުކީގެ މަޝްހޫރު ބޮޑު ހޯލުގައި ފޮތް ނެރުމުގެ ރަސްމިއްޔާތު ތައްޔާރު ކުރެވެމުންދިޔައެވެ. ނަޒާން އާއި އަޝްބާގެ މުޅި އާއިލާ މި އުފާވެރި މެހެފިލުގެ އުފާތަކުގައި އިސްތިގުބާލު ކުރުމަށް ވަނީ މިއޮތް ދުރަށް އައިސްފައިވެ.

އެންމެ ބޮޑު ހިތްހަމަ ޖެހުމަކާއި އުފަލެއް އަޝް އަށް ލިބުނީ އެތައް ދުވަހަކަށް ފަހު ކޮއްކޮ ފެނިލުމުން ނެވެ. ކޮއްކޮގެ އުރުގައި އިން “ޒުއައިސް” ފެނި ހިނިތުން ފުން ވެލިއެވެ. އެ ދަރިފުޅު އެ ފެނުނީ އަދި އަލަށެވެ. އަޝްބާ މެން ރާއްޖެ ނުދާތާ ވެސް ވަރަށް ދުވަސްތައް ފާއިތުވެއްޖެއެވެ.

ބިރުވެރިކަމާއި، ހާސްކަމާއި، އަނދިރި ރޭތަކަށް ފަހު، އަޝްބާގެ ހަޔާތަށް  އުޖާލާ، ފަތިހެއް އައީއެވެ. ފެހި ސިގުނަލް ތަކުން ދިރިއުޅުމުގެ ހުޅުކޮޅު ދިއްލުނީއެވެ. މިއީ  މާތް ﷲ ގެ ރަޙްމަތުން ފުރިގެންވާ އާ ފެށުމެކެވެ. ހަޔާތު ނާމާ ކުރިއަށް ހަމަ އޮތީއެވެ.

ލޯތްބަކީ ކޮބައިކަން ވާހަކައަކުން ދަސްކުރަން ޔާއި ބުނަމެވެ. މިއީ އެއްވަނައެވެ. ލޯބި ކިޔައި ފިއްޔާ ނެތް ރަހައެއް ނެތެވެ. ހުރިހާ ރަހަތަކުން ޖަރީވެފައިވާ މީ ޖަޒުބާތުތައް ގިނަ މަސައްކަތެވެ. ހިނިތުންވުމާއި ކަރުނައާއި ބިރުވެރިކަމާއި ނުރުހުންވެސް ވާނެއެވެ.

ފޮތުގައިވި ކޮންމެ ޖުމްލައަކީ އަސަރެކެވެ. އެއިން ކޮންމެ އަސަރެއް ތިބާ ރޮއްވާ ނުލާ ފާނެއެވެ. ހަމައެޔާއެކު ހަތް ވާ ވެސް ނުލާ ފާނެއެވެ. އެކަމަކު ސިއްސުވާލައި ފާނެއެވެ. ހިޔާލީ ދާސްތާ އަކަށް ވައްޓާލަފާނެއެވެ. ނޭވާ ހާސް ކޮށްލަ ފާނެއެވެ.

އެފަދަ ރީތި އަންހެން ކުދިން ދުނިޔޭގައި ވޭ ބާއެވެ؟   ކޮންފަދަ ފިރިހެނެއް ހެއްޔެވެ؟  އޯގާތެރި ކަމެއް ގިނަ ފިރިހެނުން ނެތް މިހާރަކު ނުހުރެއެވެ. ލޯބިން އުޅޭ މީހުން އެހާ މަދެވެ. މި ފެންނާނީ އޭގެ އިދިކޮޅެވެ. ޚުބާބުގެ ރީތިކަމަކީ ވެސް އިހުތިރާމް އަދާ ކުރުމެވެ. ވަފާތެރި ވުމެވެ. ތެދުވެރި ލޯތްބެއް މިލީ ދެކެ ވުމެވެ.

ފުރަތަމަ ސޮފްހާގައި ލިޔެފައި އޮތް ޖުމްލަ އަޑު ހަރުކޮށް އަޝްބާ ކިޔައިލިއެވެ. އެއަޑު ހީވީ އުޑަށް އަރައިގެން ދިޔަހެންނެވެ. “ލޯތްބަކީ މިހާ ފުނޑުފުނޑު ކޮށްލާފަދަ އިހްސާސެކެވެ. ކިއެއް ހެއްޔެވެ؟ ‘އާއެކޭ’ މި ބަހަކީ މުޅި ދުނިޔެ ބަދަލުކޮށްލާ ފަދަ ޖާދުވީ ބާރެކެވެ.” އެ އަޑުއަހަން އިން ޒާން އަތުން ހިތެއް ފޮނުވާލިއެވެ. އަޝްބާ ލަދުން ދެލޯ މަރާލި އެވެ.

ވަގުތުތައް ދިޔައީ ކުޑަވަމުންނެވެ. މިރެއަކީ އެރެއެވެ. ކުރެވެމުން މިދާ ދިގުލީ އިންތިޒާރުގެ ފޮނި ނިމުން ބީހިލާ ރެއެވެ. އަތުގައި ބީހިލާފައި ވަޔަށް ބުރައިގެން ދާނީ އެއް ނޫނެވެ؟ އަތުގައި ބީހިލާފައި ހިތުގައި ތޮޅި ލާނީއެވެ. ހިތް ތެޅިގެންފައި ފޮތަކަށް އެދޭނީ ބާއެވެ؟ ކިތައް މީހުންނަށް މިވާހަކަ ކަމުދާނެ ބާއެެވެ؟ ކިތައް މީހުން ފޮތް ގަންނާނެ  ބާއެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.