
އިޝްޤް – 4

މާލެއިންވެސް އަދި އެހެން ތަންތަނުންވެސް މައުރާއަށް ފިރިހެނުން ފެނިފައި ވެއެވެ. އަދި ފިރިހެން ރައްޓެހިންވެސް ތިބެއެވެ. ނަމަވެސް ޖަލީލް އެ ޖެއްސިފަދަ ސިހުރެއް ޖެއްސެވޭ ވަރުގެ މީހަކާއި ދިމާވެފައެއް ނުވއެވެ. އެފަދަ އިއްޒަތްތެރި ބޭފުޅަކަށް މައުރާގެ ޅަ، ތަޖުރިބާއެއް ނެތް ހިތް ދީލައިލަންވީ ސަބަބެއް މައުރާއަކަށްވެސް ނުވިސްނުނެވެ. ނަމަވެސް އެނގުނުހާވެސް އެއްޗަކީ ލޯތްބަކީ ކޯޢްޗެއްކަން ނޭނގޭ އަދި އޭގެ ތަޖުރިބާއެއްވެސް ކުރެވިފައި ނެތް މައުރާގެ ހިތުގައި ޖަލީލްގެ ނަން އިޙުތިޔާރަކައި ނުލައި ފެވެމުންދާ ކަމެވެ.
******
އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި ނުނިދިގެން މައުރާ ތެދުވެ އެނދުގައި އިށީނެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ސައިޑް ޓޭބަލް މަތީގައި ހުރި ފެންފުޅި ނަގައި ބޯލިއެވެ. ލޮލަށް ނިދި ނައިސްގެން ފޯނު ނަގައި ގަޑި ބަލައިލިއެވެ. އޭރު ގަޑިން މެންދަމު އަލިވެ ދެއެއް ޖަހަނީއެވެ.
ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ރޭގަނޑުގެ އެ އަނދިރި ކަމުގައިވެސް ބެލްކަންޏަށް ނިކުމެލަން މައުރާ ކުއްލިއަކަށް ބޭނުން ވެއްޖެއެވެ. އެނދުން ތެދުވެ ބެލްކަންޏަށް ނިކުމެވެން ހުރި ދޮރުގައި ދަމާފައިވީ ހުދު ފޮތިގަނޑ…