Skip to content
އެސްފިޔަ

ހީލާފާނުދޭ ލޯބިވާ… (3 ވަނަބައި)

ޖެހިގެން އައި ހުކުރުދުވަހު އިޒްޔާން ހުކުރުން ފައިބައިގެން ގެއަށްގޮސް މައިޝާއަށް ގުޅާލިއެވެ.

“ހަލޯ. އަހަރެން ދާންވީތަ ތިގެއަށް؟” މައިޝާ ފޯން ނެގުމުން އިޒްޔާން އަހާލިއެވެ.

“ސާބަސް. ތީދެން އަހާކަހަލަ ސުވާލެއްވެސް ނޫނެއްނު. އަވަހަށް އާދޭ. އިޒްޔާން އައީމަ އެންމެން އެއްކޮށް ކާން ފަށަންވެގެން މިތިބީ. އައިސް ތިންވަނަ ފްލޯރ ގެ އެންމެފުރަތަމައަށް ހުންނަ ދޮރުގަ ޓަކިޖަހާލާ.” މައިޝާ ބުނެލިއެވެ.

“އޯކޭ.” މިހެންބުނެފައި ފޯން ބޭއްވުމަށްފަހު އިޒްޔާން ގެއިން ނުކުމެގެން ދިޔައީ އޭނާގެ ކާރާއި ދިމާލަށެވެ. ކާރަށް އަރާފައި އިޒްޔާން ދުއްވާލީ މައިޝާމެންގެ ގެއަށް ދިއުމަށްޓަކައެވެ. އެއީ މެންދުރު ވަގުތުކަމުން މަގުމަތީގައި ދުއްވަމުންދިޔަ އުޅަނދުތައް ވަރަށްވެސް ގިނައެވެ. ޓްރެފިކްގައި ޖެހޭލެއް ގިނަކަމުން އިޒްޔާން އިނީ ފޫހިވެފައެވެ. އިޒްޔާން އެހެން އިނދެފައި އިރުއިރުކޮޅާ ކާރުގެ ބަރުގޮނު އަޅާލައެވެ. ގާތްގަނޑަކަށް ވިހި މިނެޓެއްހާއިރު ފަހުން އިޒްޔާން އެގެއާއި ހަމައަށް ފޯރިއެވެ. އިޒްޔާން އަވަސްއަވަހަށް ކާރުން ނުކުމެ މައިޝާމެންގެ ގެއަށް ވަދެގެންދިޔައެވެ.

މައިޝާމެންގެ ގެއަކީ ދިހަބުރީގެ ބޮޑު އެޕާޓްމެންޓެކެވެ. އެއީ އޭނާގެ ބައްޕަގެ ބުރަ މަސައްކަތެވެ. އެންމެ މަތީބައިގައިގައި ހުންނަނީ ބޮޑު އޮފީހެކެވެ. އެންމެ ތިރީބައިގައި ހުންނަނީ ފިހާރައެކެވެ. ދެން ބާކީ ހުންނަ ބައެއް ބައިބައި ހުންނަނީ ކުއްޔަށްދީފައެވެ. އެއީ ފޯރުންތެރި އާއިލާއެކެވެ.

އިޒްޔާން ގޮސް ތިންވަނަ ބަޔަށް އަރާފައި އެންމެ ފުރަތަމައަށް ހުރި ދޮރުގައި ޓަކިޖަހާލިއެވެ.

“އެއައީކަންނޭނގެ” އެތެރެއިން މީހަކު ބުނިއަޑު އިވުނެވެ. އިރުކޮޅެއްނުވެ ދޮރުހުޅުވާލިއެވެ. ކުރިމަތީގައިހުރީ މައިޝާއެވެ.

“އަވަހަށް އާދޭ. އަހަރުމެން މިތިބީ އިޒްޔާންގެ އިންތިޒާރުގައި.” މައިޝާ މިހެން ބުނުމުން އިޒްޔާން އެތެރެއަށް ވަނެވެ. އޭރުވެސް މައިޝާގެ އާއިލާ ތިބީ ކާމޭޒުގެ ކައިރީގައެވެ.

“އަޅުގަނޑަށް ވަރަށް ބޮޑަށް މަފުކޮށްދެއްވާ. ޓްރެފިކްގައި ޖެހިގެން ލަސްވީ.” އިޒްޔާން އައިސް އިށީނދެފައި ބުނެލިއެވެ.

“އެއީ ދެން މަޢާފަށް އެދެންޖެހޭވަރުގެ ކަމެއްނޫނެއްނު. އެކަމަކު މައާފަށް އެދުނީތީ މައާފްކޮށްފިން. ހިނގާ އަވަހަށް ކާންފަށަން.” މައިޝާގެ ބައްޕަ، މުއާޒް ބުންޏެވެ. މުއާޒްއަކީ މަޑުމައިތިރި، ނުހަނު ހިތްތިރި މީހެކެވެ. އަދި އެއާއިލާ އަކީވެސް އެފަދަ އާއިލާއެކެވެ. އެންމެންވެސް ކެއުމާއިގެން ކުރިއަށްދިޔައެވެ. ކަމުން ދިޔައިރުވެސް އެންމެން ވަރަށް ވާހަކަދެއްކިއެވެ.

“ކޮބާ ކެއުން ރަނގަޅުތަ؟” މުއާޒް އަހާލިއެވެ.

“އާނ. ހުރިހާ އެއްޗެއްގެ ރަހަވެސް ވަރަށް މީރު.” އިޒްޔާން ހިނިތުންވަމުން ބުނެލިއެވެ.

“މިއަދު ހުރިހާ އެއްޗެއްވެސް ކައްކާފައި ތިހިރީ މައިޝާ.” މައިޝާގެ މަންމަ ފަރީޝާ ބުނެލިއެވެ. މިހެންބުނުމުން އިޒްޔާން، މައިޝާ އާއި ދިމާއަށް ބަލާލިއެވެ. އެވަޤުތު މައިޝާވެސް އިޒްޔާން އާއި ދިމާއަށް ބަލާފައި ހިނިތުންވެލުމަށްފަހު އިސްދަށަށް ޖަހާލިއެވެ.

ކައިނިންމާލައިގެން އެންމެންވެސް ގޮސް ސިޓިންގްރޫމްގައި މަޑުކޮށްލީ ވާހަކަދައްކާލުމަށެވެ.

“އިޒްޔާން ވަޒީފާއެއްގަތަ އުޅެނީ؟” މުއާޒް އަހާލިއެވެ.

“ލައްބަ. ފެނަކަ ކޯރޕަރޭޝަންގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި އުޅެނީ.” އިޒްޔާން ޖަވާބުދިނެވެ.

“ރަނގަޅު. ކޮންމެމީހަކުވެސް ޖެހޭނެ ޒިންމާދާރު މީހަކަށްވާން. މުޖްތަމަޢަށް ބޭނުންހިފޭ މީހަކަށްވާން. އެހެންނޫންނަމަ އެމީހަކު ދާނީ ވިއްސިވިހާލިވެގެން. އޭރުން މުޖްތަމަޢުން އެމީހާ ބަލައެއްނުގަންނާނެ. އެހެންވީމަ އިޒްޔާންވެސް މިކަންތަކަށް ވަރަށް ވިސްނަންވާނެ. އޭރުން ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވާނީ. އިޒްޔާންއަށް ބަލާލައިފަވެސް އިނގިއްޖެ ތީ ވަރަށް މަޑުމައިތިރި، ރިވެތި އަޚްލާޤެއް ލިބިފައިވާ ކުއްޖެއްކަން. ތިކަހަލަ ކުދިން މިޒަމާނުގައި ވަރަށް މަދުވާނެ.” މުއާޒް ބުނެލިއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ ތިދެއްވި ނަސޭޙަތަށްޓަކައި. ވަރަށް ބޭނުންތެރި ނަސޭޙަތެއް ތިދެއްވީ. ދެން މިވަގުތު އަޅުގަނޑު ގޮސްލާނަން.” ހިނިތުންވެލަމުން އިޒްޔާން ބުނެލިއެވެ.

“އާނ. އިޒްޔާން ވާނެ ދެން ގިނަގިނައިން މިގެއަށް އަންނަން އިނގޭ.” މުއާޒްވެސް ހިނިތުންވެލަމުން ބުންޏެވެ. އިޒްޔާން ތެދުވެގެން ދަމުން ބޯޖަހާލިއެވެ. އިޒްޔާންއާއި އެއްކޮށް މައިޝާވެސް ތިރިއަށް ދިޔައެވެ.

“އަސްލުވެސް އަހަރެން ކެއްކިއެއްޗެހި މީރުތަ؟” މައިޝާ އަހާލިއެވެ.

“އާނ. ދެން މީރުވާނީ އެވަރަކަށް. އަސްލުވެސް ވަރަށް މީރު. އަހަރެންނަކަށް ކުރިއަކުން ނޭނގެ މައިޝާއަށް އެހާ މީރުކޮށް ކައްކަން އެނގޭކަމެއް.” އިޒްޔާން ހެމުން ބުނެލިއެވެ.

“ހެހެހެ…އެހެންތަ؟ ޝުކުރިއްޔާ. ކުރިންވެސް އަހަރެން ކައްކާ އުޅެމޭ. ކުރިން އަހަރެން ކައްކާފައި ހުރިއެއްޗެއްގެ ރަހަނުބަލާތީ ތި ނޭނގުނީ.” މައިޝާވެސް ހިނިތުންވަމުން ބުނެލިއެވެ.

“ދަނީ އިނގޭ. ބާއި.” އިޒްޔާން ހިނގައިގަންނަމުން ބުނެލިއެވެ.

“އޯކޭ. ބާއި.” މައިޝާ މިހެން ބުނުމަށްފަހު އިޒްޔާން ދާތަން ބަލަން ހުއްޓެވެ. އިޒްޔާން ގޮސް ކާރަށް އެރުމުން މައިޝާ ގޭތެރެއަށް ވަދެގެންދިޔައެވެ.

އިޒްޔާން ގެއަށްގޮސް އޭނާގެ ކޮޓަރިއަށްވަދެ ލައިގެންހުރި ގަމީސް ބާލާފައި ކޮނޑުގައި އަޅުވާލިއެވެ. ކުޑަކޮށް ވަރުބަލިވެފައި ހުރުމުގެ ސަބަބުން އޭނަ ނިންމީ ކުޑަކޮށް ނިދާލާށެވެ. އެހެންވެ ގޮސް އޭސީ އޮންކޮށްލުމަށްފަހު އެނދުމަތީގައި އޮށޯވެލިއެވެ. މާގިނައިރުތަކެއްނުވެ އިޒްޔާންއަށް ނިދުނެވެ.

އިޒްޔާންއަށް ހޭލެވުނީ ހަށިގަނޑަށް ފިނިވެގެންނެވެ. އަވަހަށްގޮސް އޭސީ ނިއްވާލިއެވެ. އޭރު ކޮންމެސްވަރަކަށް ވާރޭވެސް ވެހެމުންދިޔައެވެ. އިޒްޔާން ތުވާލި ހިފައިގެން ދިޔައީ ފާޚާނައަށެވެ. ފެންވަރާލައިގެން ނުކުމެގެން އައިސް އޭނާ ރީތިވެލިއެވެ. އަދި ފޯން ނަގާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން ރޭގަނޑު އަށްގަޑި ބައިވަނީއެވެ. އިޒްޔާންގެ ފޯނަށް މައިޝާ ގުޅާފައި އޮތްތަން ފެނުމުން އޭނަ މައިޝާއަށް ގުޅާލިއެވެ. ދެފަހަރަކު ރިންގްވެލުމަށްފަހު އެކޮޅުން ފޯން ނެގިއެވެ.

“ހަލޯ. މައިޝާ ތަ؟” އިޒްޔާން އަހާލިއެވެ.

“އާނ.” އެކޮޅުން މައިޝާ ވާހަކަދައްކަންފެށިއެވެ.

“ގުޅާފަ އިނީމަ މިގުޅާލީ.” އިޒްޔާން ބުނެލިއެވެ.

“އެގަޑީގައި ގުޅީ އިޒްޔާން ކޮބާތޯ ބަލާލަންވެގެން. ކޮންތާކު؟” މައިޝާ އަހާލިއެވެ.

“ގޭގަ މިއުޅެނީ. ކިހެނެއްވީ؟” އިޒްޔާން ބުންޏެވެ.

“ކަމެއްނުވޭ. ފޫހިވާތީ މިއުޅެނީ. ބިޒީތަ؟” މައިޝާ އަހާލިއެވެ.

“ނޫން. ބިޒީއެއްނޫން.” އިޒްޔާން ޖަވާބުދިނެވެ.

“ހިނގާބަ ކާރުދުއްވާލަން ދާން. ދެވޭނެތަ؟” މައިޝާ ބުންޏެވެ.

“އާނ. ދެވޭނެ. އެބަދަން ތިގޭ ކައިރިއަށް.” އިޒްޔާން ބުންޏެވެ.

“އޯކޭ.” މައިޝާ މިހެންބުނުމަށްފަހު ފޯން ކަނޑާލިއެވެ.

އިޒްޔާން، ޑްރެސިންގް ޓޭބަލް މަތީގައިއޮތް ކާރުގެ ތަޅުދަނޑި ހިފައިގެން ގެއިން ނުކުތެވެ. އަދި ގޮސް ކާރަށް އަރާފައި މައިޝާ މެންގެ ގެއަށްދިއުމަށްޓަކައި ދުއްވާލިއެވެ.

ގާތްގަނޑަކަށް ދިހަމިނެޓެއްހާއިރުފަހުން އިޒްޔާންއަށް މައިޝާމެންގެ ގެއާއި ހަމައަށް ފޯރިއެވެ. އޭރު މައިޝާ ހުރީ އެގޭގެ ދޮރުކައިރީގައި އިޒްޔާންގެ އިންތިޒާރުގައެވެ. އިޒްޔާން ކާރުގެ ދޮރުހުޅުވާލާފައި މައިޝާއަށް ހަނާއަޅާލިއެވެ. މައިޝާ އައިސް ކާރަށް އެރިއެވެ.

“ކޮންތަނަކަށް ދާންވީ؟” އިޒްޔާން އަހާލިއެވެ.

“އޯކޭ ކޮންމެތާކަށް ދިޔަސް.” މައިޝާ ޖަވާބުދިނެވެ.

“މައިޝާ ކައިފިންތަ؟” އިޒްޔާން އަނެއްކާވެސް ސުވާލެއްކޮށްލިއެވެ.

“ނޫން. ނުކަން.” މައިޝާ ބުނެލިއެވެ.

“ތިހެންވިއްޔާ ހިނގާ ކާންދާން ރެސްޓޯރެންޓަކަށް. އަހަރެންވެސް މީނީ ނުކައި.” އިޒްޔާން ހިނިތުންވެލަމުން ބުނެލިއެވެ.

“އޯކޭ” މައިޝާވެސް ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ.

އިޒްޔާން، ކާރު ހުއްޓާލީ ލެމަންގްރާސް ރެސްޓޯރެންޓް ކައިރިއަށެވެ. އޭރު ވެހެމުންދިޔަ ވާރޭވެސް ތުނިކޮށްލައިފިއެވެ. ދެމީހުންވެސް ކާރުން ފައިބައިގެންގޮސް ރެސްޓޯރެންޓަށް ވަދެގެންދިޔައެވެ.

-ނުނިމޭ-

Comments (14)

  1. zoya

    VVVVVV REETHI

  2. haazi

    haadha haasaru gadu gina ey.beykaaru vahaka v ginakan faahaga wey
    hope its gonna be a nice story

  3. meesha

    nice

  4. Nash

    Vv reethi

  5. kamana

    maaa dhigulaa kahala gothakah huhnany. v detail koh kiyaadheythy . kurukoh fonikoh huhna nama v v salhi vaane. but so far story is ok

  6. Booooooooooo

    eynaa faahaanaa ah vaneve. iskooru dhookollieve. maagandun fenthah ohigateve. eynaa themuneve. gaigawi aiy ungulhaalieve. saibonikolheh athugai ungulhaalieve. gaigai ungulhaalieeve……….
    mihen liyuneemaa vaanee hama haasaraha.

  7. soru

    Meyzu Denman hutteve. Godi dhamaalaafaa fookolhu thirikollaafa isheeneve. Meyzu kairiyah gondi dhaamaali eve. Meyzu Hsu huree hatharu fayeve. Meyzumatheegaa othy fehi kulaige fothi gadehves alhaafa eve. Eyru jehigen in meyzu he meehaku netheve. Dhwmeehun 4 kalhi hama kolli eve. ( TBC). Same concept used

  8. datha

    dhivehi mudharise ge haisiyathun bune laananliyun therikamuge hunaru adhi vara kuda vaahakae viyya hunan jehay ne vaahaka reethi vaahakae kan neygae reethi koe bastha amunaa levigiyaa

  9. B

    Nyc. Salhi vane improve kohlyma. Negative koh nunagahchey ?all the best

  10. Dhonthy

    I would say all the best for the rest of the story. ..i hope it’s good…

  11. hihi

    Ey gadha manje ennu.classmate akah viyas garuneh fahun meet kohffa seedha long drive akah.gadha gola eh ingey ????dhen varah ehen kahala.evves plot eh neiy hen heevany…negative koh nunagache.but maisha maa fast eh noontha adhi ehen ulhen..vaahaka rangalhah raavaalaafa salhi haadhisaa eh genaun aslu muhimmu vaaany

  12. Somebody

    Thi meehun thi gothah thi kiyany thi meehun vx furathama story kiyaa iraku nuliyeveyne enme furihama akah,, first time v ma egothah kankan vedhaane dhw,, thi gothah kanthah kuryma writer ah support eh nulibeynehnu,, reethi koh advice kohlinama thiyah vureh ra’ngalhu vees kanneynge,,

  13. Somebody

    Liyaairu*

  14. Rai

    Reethi

Comments are closed.