Skip to content
އެސްފިޔަ

މަގޭ ލޯބިމަގޭހައްގު..3

ދުވަސްތަށް ފާއިތުވެ ސުކޫލުން ދިމާކުރުމުގައި ޒައިން ކާމިޔާބު ވިއެވެ. މާގިނަ ދުވަސްތަކެއްނުވެ ދެކުދިނަގެ ދެމެދުގައި އެކުވެރިކަމުގެ ގުޅުމެއް އުފެދުނެވެ. ކުލާހުން ކޮންމެދުވަހަކު ބައްދަލުވެ އިންޓަވަލު އެކުގައި ކުރެ އެވެ. ނަސީބުދިމާކުރިގޮތުން ކޮންމެ ދުވަހަކު މީޝާގެ ދޮންތަ މައިރާވެސް އެމީހުނާ ބައިވެރިވެ އެވެ. ދެކުދިންގެ ގުޅުމަށް އިތުރު ކުލައެއްޖެހޭކަށް މާކަގިނަ ދުވަހެއް ނުނަގަ އެވެ. ޒައަިން މިޝާގެ ގެއަށް އައިސް ގޮސް ހަދައެވެ. މީޝާގެ މަންމަ އަދި ބައްޕައައް ވެސް ޒައިން ކަމުދެއެވެ. ދެއާއިލާގެ ދެމެދު ރައްޓެހިކަމުގެ ގުޅުނަ އާލާވެގެން ދިޔައެވެ.

އާދައިގެމަތިން ސުކޫލުގެ އިންޓަވަލް ގަޑީގައި ޒައިން މީޝާއަށް ކެންޓީނަށް ދިއުމަށް ދަޢުވަތު ދިނެވެ. ނަމަވެސް މިއަދު މީޝާ އައީ ކާއެއަޗިހި ހިފައިގެންނެވެ. އެހެންކަމުން އެކަމަށް އިނަކާރުކުރުމަށްފަހު ދަބަހުން އިނަޓަވަލު ނެގުމަށް ފަހު ކާން ފަށައިފިއެވެ. މީޝާގެ ކުރިމައްޗަށް ވާގޮތަށްހުރި ގޮނޑީގައި އިށީދެ ޒައިން ވެސް ޖީބުން މެޓައެއް ނަގާ އަނގަޔަށް ލުމަށްފަހު ޒައިން އަހާލިއެވެ. “މިޝް އަހަންނާ ރައްޓެހިވާން ވީނު؟؟..” މީޝާ ހައިރާންވެފައި ހުރެ ޒައިންގެ މޫނަށް ބަލާލިއެވެ. ޒައިން ސަމާސާ ކުރާކަމަށެވެ. ނަމަވެސް އެމޫނުމަތީގައިވަނީ ސީރިއަސް ކަމެވެ. މީޝާއަށް ލަދުން އިސްޖަހާލެވުނެވެ. މީޝާގެ މިހަރަކާތް ފެނުމުން ޒައިން އުފާވިއެވެ ނަމަވެސް އަނެތްފަހަރު ސުވާލުކޮއްލީ ޔަގީން ކޮށްލުމަށެވެ. “މިޝް އަހަންނާ ރައްޓެހި ނުވާނަންދޯ؟؟..” މީޝާ އާއެކޭބުނާކަށް މާގިނަ އިރެއްނުނަގައެވެ. މީޝާގެ މިޖަވާބުގެ ސަބަބުން ޒައިން އުފަލުން ފޮޅުނެވެ.

ދެކުދިންގެ މިލޯބިގުޅުމުގެ ވާހަކަ އެކަކަށްވެސް އެނގިފައިނެތެވެ. ނަމަވެސް މާގިނަދުވަސްތަކެއްނުވަނީސް މައިރާ އަށް މިކަން އެނގުނެވެ. އެދެމީހުން ބައްދަލުކުރަނީ އާންމުކޮށް ތުނޑިމަތީގައެވެ. މިކަން އެނގުމުން މައިރާ ނަފްރަތު އިންތިހާދަރަޖައަށް އިތުރުވިއެވެ. އަދި ފާޅޫގައި ޒައިން ގެ ގައިގައި އޮޅިގްނެ އެގެއަށް ދިޔުމުން ޒައިން ގެ ފަހަތުގައި އަޅާގެންފިއެވެ. އަދި ޒައިންގެ ކުރިަތީގައި މީޝާއަށް ކުދި ކިޔައި އުޅެއެވެ. މީޝާއަށް މިކަން ފާހަންގަ ވުމުން އޭނަގެ ދޮންތައަށް ވިސްނައިދެވޭތޯ ބެލިއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ދުވަސްތަށް ފާއިތުވެ ދެކުދިންގެ ކިޔެވުން ނިމި ވަޒީފާއަށްް ދާން ފަށައިފިއެވެ. ޒައިން މީޝާގެ ގެއަށް ދިޔުން މަދުކޮއްލީ މީޝާގެވެސް އެދުމުގެ މަތީން ނެވެ. ނަމަވެސް މިއަދަކީ މީޝާގެ އުފަންދުވަސްކަމުން އެގެއަށް ޒައިންގެ އާއިލާވެސް ދިޔައެވެ.

މީޝާގެ ކައިރީގައި އިށީންނަމުން ޒައިން މީޝާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ. ހަމައެއާއި އެކު މީޝާގެ ދޮންތަ މައިރާ އައިސް އަނެއްފަރާތުގައި އިށީދެ ޒައިންގެ ކޮނޑުގައި އަތްބާއަވާލައިފިއެވެ. މީޝާއެކައްޗެކޭވެސް ނުބުނެ އިނީއެވެ. ޒައިންއަށް އުނދަގޫވާން ފެށުމުން ތެދުވެއްޖެއެވެ.”ކޭކު ނުފަޅަން ދޯ؟؟.. މިޝް އަވަހަށް ކޭކުފަޅާ ވަރަށް ބަނޑުފައި އެބަވެޔޭ!!..” މިހެން ބުނުމަށް ފަހު މީޝާގެ އަތުގައި ހިފައިގެން ހިނގަގަތީ ކާމޭޒާ ދިމާލަށެވެ. މިމަންޒަރު ބަލަން އިން މައިރާ ހުރީ ދެލޯއަޅައިލައިގެންނެވެ. ކުދިކިޔަމުން އައިސް މީޝާގެ ކައިރީގައި މަޑުކޮށްފައި މީޝާ ދުރުކޮށްލިއެވެ. ކޭކުފެޅުމަށްފަހު މީޝާގެ މަންމަ މެންގެ ގަތު އެދެމީހުންގެ ގުޅުމުގެ ވާހަކަ ބުނީ ޒައިން އެވެ. މިވާހަކަތަށް އަޑުއަހަން ތިބި އާއިލާ މެންބަރުން ތިބީ އުފާވެފައެވެ. ނަމަވެސް މައިރާ އިނީ ދަތްވިކާލައިގެންނެވެ.

މިކަންތަށް އެނގުމުން ދެކުދިންގެ ކައިވެނި ކޮށްދޭން ދެފަރާތުގެ އާއިލާއިން ވެސް އެއަބަސްވިއެވެ. ޒައިންގެ މަންމަ އަށް މީޝާ ކަމުދާކަމަށް ބުނެ ތައުރީފުކުރިއެވެ. އެމީހުން ގެއަށް ދިޔައީ ވަރަށް ގިނައިރު ވާހަކަ ދައްކަން ތިބެފައެވެ. އަދި ކުރިއަށް އޮތްމަހުގައި ކައިވެނި ކުރުމަށް ނިންމައިގެންނެވެ. ޒައިންމެންދިޔުމުން މައިރާގެ ރުޅިގަނޑުބާލައިފިއެވެ.

ކޮޓަރިއަށް ވަދެވިސްނާލެވުނީ ދޮންތަ އޭނައަށް މިފަދަ އަނިޔާއެއް މިދިނީ އޭނާގެ ކޮންކުށެއް އޮވެގެން ބާވައެވެ. އަދި އޭނާބުނި ގޮތުން ވިއްޔާ ޒައިން އަކީ ހަމައެކަނި އޭނަގެ ހައްގެކެވެ. ޒައިންއަށް ފުރަތަމަ ދޮންތަ ފެނުނުނަމަ ޒައިން ލިބޭނީ ދޮންތައަށޭ އެބުނަނީ ކީއްވެގެން ހެއްޔެވެ؟؟.. އެކަމަކު ޒައިން އަކީ ދޮންތައަށް ވުރެން ދެއަހަރު ކުޑަކުއްޖެކެވެ. އެވަރުންވެސް ދޮންތަ ޒައިން ފަހތުއަޅައިގެ މިއުޅެނީ ކީއްވެގެންހެއްޔެވެ؟؟… ނޫނެކެވެ. މިހުރިހާދުވަހު ދޮންތައަށް ދޫކޮއްލައިގެން ހުރެވިއްޖެއެވެ. ދޮންތަ ބޭނުން ވުމުން އެއެއްޗެއް ދިން ކަމުގައިވިޔަސް މިއަދު މިއީ އޭނަގެ ފުރާނަފަދަ ލޯބިވެރިޔާއެވެ. އެއީ މަގޭ ލޮއެބެވެ މަގޭހައްގެކެވެ. ދޮންތައަކަށް ވެސް އަހަރެމެންގެ ދެމެދަކަށް ނުވެދެވޭނެއެވެ. އެއީ މަގޭ އެކަނި ޒައިން އެވެ. އާއެކެވެ. މަގޭ ހައްގެކެވެ.

Comments (6)

  1. angel ayath

    thankx for waiting so long ekm dhenn laheh nuvrne… 🙂

  2. yoyo

    Reethi … Next part avaha up kurahcheyyy

  3. Anonymous

    OMG….One month fahun up thi kurevuny…Dhn part kihaa dhuvaheh nagaaaanebaa….

  4. Zoya

    Haadha mistakes gina a

  5. kiddyކިޑީ ދައްތަ

    Haadha awas aruvaalaafa mihury liyefa? Liyuntherikan rangalhukohlaa sifakohdhinumaa vaguthaa haalathaa gulhey ihusaasthah funkohlaa ithurukohleema vaahaka reethivaany.

  6. King

    dhen enme heu

Comments are closed.