Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ – 82

Listen to this story Audio · 7:20 Powered by Esfiya Voice
0:00 7:20

ސްޓޭޖުން ފައިބަމުން އަކިޔަލް ލަސް ހިނގުމުގައި ގޮސް ބޮސް ކައިރީގައި ހުއްޓުނެވެ. “ކޮންމެހެން ކެއުމެއްވެސް ނެތެއްނުން؟ ހިނގާ ދެން ދަމާ؟” އަކިޔަލް ބުނެލިއެވެ. “ކަލޭ ތިހެން ބުންޏަސް މަށަށް ދެވޭތަ؟ މަގޭ އާއިލާއާއި އެކުއޭ މަ މިތަނަށް އައިސް މިހުރީ” އެއްޗެއް ހަނދާންކޮށްލަ ދޭފަދައިން ބޮސް ބުނެލިއެވެ. “އޭ.. އާނ.. އެބުނާހެން” ދުރުގައި ހުރި ބޮސްގެ އަންހެނުންނާއި ދިމާލަށް ބަލައިލަމުން އަކިޔަލް ބުނެލިއެވެ.

(82 ވަނަ ބައި)

އުފަލާއި މަޖަލުގައި ކައިވެނީގެ ހަފުލާ ހޭދަކޮށްލާފައި އެޒިކިއެލްއާއި މިކްޔާ ދިޔައީ ގެއަށެވެ. އެލާރާ ނިދަން ކޮޓަރިއަށް ވައްދާފައި އެޒިކިއެލް ވެސް ދިޔައީ މިކްޔާ ގޮވައިގެން ކޮޓަރިއަށެވެ. ކޮޓަރި ދޮރު ލައްޕާ، ތަޅުލި އަޑު އިވުމާއި އެކު މިކްޔާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ތިރީ ތުންފަތުގައި ދައިގަނެވުނު އިރު އަތުގެ އިނގިލިތަކާއި ކުޅެލަމުން އިސްޖަހައިލިއެވެ.

މިކްޔާގެ މޫނަށް ބަލައިލި އެޒިކިއެލްއަށް އޭނާ ހާސްވެފައި ހުރި ވަރު ފެނި އެއްމިޔަކަނުން ހީނލެވުނެވެ. ކުރިއަށް ފިޔަވަޅެއް އަޅާލާފައި، މިކްޔާގެ އުނަގަނޑުގައި ހިފާ އޭނާއާއި މިކްޔާ ގާތް ކޮށްލިއެވެ. “ކިހިނެތްވީ ހާދަ ބިރުން ތިހުރީ؟” މިކްޔާގެ ދޮން ކޯތާފަތުގައި ބީހިލަމުން އެޒިކިއެލް އަހައިލިއެވެ.

“ބިރޭ…؟ ނޫން… ބިރެއް ނުގަނޭ…” ބިރު ނުގަންނަ ކަމަށް ހެދެން އުޅުނު މިކްޔާގެ އަޑު ނިކުތީވެސް ތުރުތުރުލާ ހާލުގައެވެ.

“ހަހަ.. އާނ.. މިކީ ނުގަންނާނޭ ދޯ ބިރެއް؟ ޕޮލިހެއް ޑަކްޓަރަށް ދައްކަން ދިޔައީމަ ވެސް އެސޮރު ފަކީރަށް ފާހަނަޔަށް ދާން އުނދަގޫވާތީ އެހާ މަލާމާތް ކޮށްލި ކުއްޖާ ވިއްޔާތީ” އެޒިކިއެލް އެހެން ބުނުމުން މިކްޔާ ތުންކޮޅު އޫކޮށްލިއެވެ.

“ހޫންންން. ވަރަށް ފޫހިވޭ” އެޒިކިއެލް ކޮށްޕާލަމުން މިކްޔާ ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ފުރަގަހުގައި ހުރި އެޒިިކިއެލްއާއި ދިމާލަށް ނުބަލަން މަސައްކަތް ކުރަމުން އޭނާ އަޅައިގެން ހުރި ޝޯލްގެ ޕިންތައް ނައްޓަން ފެށިއެވެ.

ޖީބަށް އަތް ޖަހައިލަމުން އެޒިކިއެލް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ލަސް ހިނގުމުގައި ގޮސް މިކްޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ. “ގެނޭ އެއްލުއަތަށް” މިހެން ބުނެ މިކްޔާ އަޅައިގެން ހުރި ޝޯލްގައި ހުރި ޕިންތައް އޭނާ ނައްޓަން ފެށިއެވެ.

މިކްޔާ އަޅައިގެން ހުރި ޝޯލް ބާލުވާފައި އޭނާ އަޑިން އަޅާފައި ހުރި ކުޑަ ބުރުގާކޮޅުވެސް އޭނާ ބޭލުވިޔެވެ. އެއާއި އެކު މިކްޔާގެ ދޮން ކަރު ފެނުމުން އޭނާއަށް ހިންދިރުވާލެވުނެވެ. އެއްވެސް ލަކުނެއް ނެތް، ދޮން އޮމާން ކަރު ޖަރީ ކޮށްލާފައި ވަނީ “އެމް” އަކުރު ފުލުގައި އިން ރަން ފަށުންނެވެ. އެ އޮމާން ދޮން ދޮން ކަރުގައި ބީހިނުލާ އެޒިކިއެލްއަކަށް ނުހުރެވުނެވެ. މަޑުމަޑުން އޭނާގެ ކަރުގައި ބީހިލަމުން މިކްޔާގެ ކަރުގައި އެޒިކިއެލް ތުން ޖައްސާލިއެވެ. އަދި މަޑުމަޑުން ދައިގަތެވެ.

“މްމްމް… ހާދަ މިރުވަސް ދުވައޭ…” އެޒިކިއެލްގެ ރާގުގައި ހުރި މަސްތީކަން އިވި މިކްޔާގެ ހިތުގެ ވިންދު އަވަސްވިޔެވެ. އެ ހަމަހިމޭން ކޮޓަރި ތެރޭގައި އެހެން އެއްވެސް އަޑެއް ނީވޭތީ، އެ ހިތުގެ ތެޅުމުގެ އަޑު އެޒިކިއެލްގެ ކަންފަތާއި ހަމައަށް ފޯރީ އެއްވެސް އުނދަގުލެއް ނެތިއެވެ.

ހީނލަމުން މިކްޔާގެ ދެލޮލަށް އެޒިކިއެލް ބަލައިލިއެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ގޮސް މިކްޔާ ކުރިމަތީގައި ބަހައްޓާފައި އެނދުގައި އިށީނެވެ. އަދި މިކްޔާގެ އަތުގައި ހިފާ ފުރަގަހަށް އެނބުރުވިޔެވެ. އަދި އޭނާ ލައިގެން ހުރި ހެދުމުގެ ފަހަތުގައި އިން ބަންދު މޮހާލަ ދިނެވެ. ދެން މިކްޔާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލަމުން ކޮޅަށް ތެދުވިއެވެ. އަދި ފުރަގަހުގައި އިން ޒިބުގައި މަޑުމަޑުން ދަތް އަޅައިލިއެވެ.

“ދެން… މި ބާލަބަލަ” ވައިއަޑުން އެޒިކިއެލް ބުނެލި ޖުމުލައާއި އެކު މިކްޔާއަށް ލަދުން ހަޅޭއްލަވައިގަނެވުނެވެ.

ފަތިހުގެ ފިނިފިނި ވަގުތެވެ. ފިނި ފައިބަމުން ދާތީވެ، ފިނިބޮޑުވެގެން އެލާރާއަށް ހޭލެވުނެވެ. ތެދުވެ އިށީންނަމުން އޭނާގެ ބޮޑު ބަނޑުގައި ފިރުމާލިއެވެ. ކައިރީގައި އޮތް ފޯނު ނަގާ ހެނދުނުގެ ޒިކުރުތައް ކިޔާލިއެވެ. ބަންގި ގޮވަންވެސް ވަގުތުކޮޅެއް އޮތުމުންނެވެ. ޒިކުރު ކިޔާ ނިމިފައި އޭނާ އެނދުން ތެދުވީ އެއްޗެއް ކާލަން ދިޔުމުގެ ނިޔަތުގައެވެ. ނަމަވެސް ކުއްލިއަކަށް ބަނޑަށް އެރި ތަދާއި އެކު އެލާރާއަށް މަޑު އާހެއް ލައްވާލެވުނެވެ. ތިރީ ތުންފަތުގައި ދައިގަނެވުނު އިރު މޫނު މައްޗަށް ވެސް އަނދިރިވިޔެވެ. އެ ބިރުވެރިކަން ދެގުނަވީހެން ހީވީ، އޭނާގެ ދެފައި ތެމޭ ކަހަލަ އިހުސާސެއް ކުރެވުނެވެ.

ބިރުން ހުރެ އޭނާ މަޑުމަޑުން އިސްޖަހައިލިއެވެ. ބިންމަތީގައި ހުރި ފެންތައް ފެނި އެލާރާއަށްވީ ގޮތް ވެސް ނޭނގުނެވެ. ވިހާ ވަގުތު ޖެހު ޖެހިއްޖެކަން އޭނާއަށް ޔަގީނާ ގާތަށް ކަށަވަރުވިޔެވެ. އެހެން ވިޔަސް އަދި ވިހާ ދުވަސް ނުވެސް ޖެހެޔެވެ. ގަންނާ ކުރެއްވީ ބިރުން އެލާރާއަށް ބާރަކަށް ރޮއެގަނެވުނެވެ.

އެލާރާ ރޯއަޑު ޖެހިގެން ހުރި ކޮޓަރީގައި ބަންގި ގޮވަންވާއިރަށް ނަމާދަށް ތައްޔާރު ވާން އުޅުން އަލާންއަދި ޔާޝާއަށް ވެސް އިވުނެވެ. “މަގޭ ދަރި” އޭ ބުނެ އަތުގައި އޮތް ދޮޅި އެއްލާލާފައި ޔާޝާ ކޮޓަރިން ނިކުން އިރު، އަލާންވެސް ޔާޝާގެ ފަހަތުން ނިކުތެވެ. އެލާރާގެ ހަޅޭކުގެ އަޑު އިވި ނިދިފައި ތިބި އެޒިކިއެލްއަދި މިކްޔާއަށްވެސް އިވުނެވެ. ދެމަފިރިންނަށް އެންމެ ފުރަތަމަ އަތު ޖެހުނު އެއްޗެއް ލައިގެން އަވަހަށް ކޮޓަރިން ނިކުތެވެ.

އޭރުވެސް އެލާރާ ހަޅޭއްލަވާ އަޑު އިވެޔެވެ. ޔާޝާ ދޮރުގައި ޓަކި ދެމުން ރޮމުން ގޮވަމުން ދިޔައީ ދޮރު ހުޅުވުމަށެވެ. “މަންމާ… ކިހިނެތްވީ؟” ޔާޝާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އެޒިކިއެލްއަށް އެހުނެވެ.

“ނޭނގެ ދަރިފުޅާ… ކޮއްކޮ ހަޅޭއްލަވާ އަޑަށް މަންމަމެންވެސް މި ނިކުތީ… ދޮރެއްވެސް ނުހުޅުވި.. ބައްޕަ އެދިޔައީ ޑަބަލް ތަޅުގަނޑި ބަލާ…” ރޮމުން ރޮމުން ޔާޝާ ކިޔައިދިނެވެ. އަލާންއަށް އެހީވުމުގެ ގޮތުން އެޒިކިއެލް ކޮޓަރިއަށް ވަނުމުން މިކްޔާ ގޮސް ހުއްޓުނީ ޔާޝާ ގާތުގައެވެ.

ކޮޓަރަށް ވަދެ ވަދެ ހުއްޓާ އަލާން ތަޅުދަނޑި ހިފައިގެން ނިކުތެވެ. އަތުގައި އޮތް ތަޅުދަނޑި އެޒިކިއެލްއަށް ދައްކާލަމުން އަލާން ނިކުތެވެ. އަދި ދެބަފައިން ގޮސް ދޮރު ކައިރީ ހުއްޓި އަވަސް އަވަހަށް ދޮރު ހުޅުވިއެވެ.

ބިންމަތީގައި ވަރުދެރަވެފައި އިން އެލާރާ ފެނި ޔާޝާ ރޮއެގަންނަމުން ގޮސް އެލާރާ ގާތުގައި އިށީނެވެ. “މަގޭ ދަރިފުޅާ…”

އަލާން އަވަސް އަރުވާލީ އެންބިއުލާންސަށް ގުޅާށެވެ. ހަމަ އެހެންމެ، އެޒިކިއެލް އަވަހަށް ގުޅީ ޔައުލާންއަށެވެ. އެވަގުތު އެގުޅާނީ އެލާރާގެ ކަމަކުކަން ޔައުލާންއަށްވެސް އެނގުނީތާއެވެ. ކުޑަ ހިނދުކޮޅެއްތެރޭގައި އޭނާ ފޯނު ނެގިއެވެ.

“ހަލޯ؟ އެލާއަށް ކިހިނެތްވީ..؟” ޔައުލާން އަވަސް އަވަހަށް އެހިއެވެ.

“ޔައު.. އެލާ ވޯޓާރބްރޭކް ވެއްޖެ. އަވަހަށް އާދެބަލަ. މިދަނީ ހޮސްޕިޓަލަށް” އެޒިކިއެލް އެހެން ބުނެ ނުނިމެނީސް މިދަނީ ކަމަށް ޔައުލާން ބުންޏެވެ.

ކުޑަ ހިނދުކޮޅެއްވީ އިރު އެމީހުން ތިބީ ހަސްފަތާލުގައެވެ. ގޮނޑިބަރީގައި އިނދެ ޔާޝާ ރޮމުން ދިޔައިރު މިކްޔާ އިނީ ޔާޝާއަށް ހިތްވަރުދޭށެވެ. ޔައުލާން، އަލާން، އަދި އެޒިކިއެލް ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ގަޑި އިރެއް ހާއިރު ފަހުން ޑަކްޓަރު ނިކުތެވެ. ޑަކްޓަރުގެ މޫނުމަތީގައިވީ އަސަރުތައް ފެނި 5 މީހުންގެ މޫނުމަތީގައިވީ ބިރުވެރިކަން އެތަށް ގުނަޔަކަށް އިތުރުވެގެން ދިޔައެވެ.

(ނުނިމޭ)

އައްޑިހަތިންވަނަބައިގެ ތެރެއިން:

އެޒިކިއެލް އެކަން ކުރަން އެއްބަސް ވީ ބޭނުން ވެގެންނެއް ނޫނެވެ. އޭނާ އެހާ މަޑުމޮޅިވެފައި އިންދާ މިކްޔާއަށް ދައްކަން ބޭނުން ނޫން ވީމައެވެ. ނަމަވެސް އޭނާގެ އަތުގައި އޮތް ސިޓީ އުރަ ހުޅުވާލުމާއި އެކު އެމޫނުމަތީގައިވީ ވޭން ފިލާ ދިޔަ ތަނެއްވެސް ނޭނގެޔެވެ. ދެބުމަ ގޮށް ޖެހި، ކަރުގައި ހުރި ނާރުތައް ފުއްޕާލީ އިރު، މިހާރު އެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Anonymous

    Mi part ves vrh Rythi MA ✨💕
    Mikya & exikiel so cute wauu 💗
    Omggg Haadha curios kohlaafa thi ninmaaly 😭… 83 vana baige therein kiyaafa neyngun V gotheh vx hama ehaa vx curious 😭.. Curiously waiting for the next part When’s next dear?
    Lysm and Tc 💗✌🏻

    1. shihaamaa ali
      Anonymous

      Jazaakillah khair Anonymous 🥹🫶🏻🩶
      Dhwww 🫣🫣🫣🫣
      Aaaahhhh hahaa balamaa dhw dhen e v kihineiythoo.. in sha allah next episode soon.. stay tuned , lyt n tc xx 🩶🩶

  2. Lavender

    Varah reethi Maasha Allaah 😍💗

    1. shihaamaa ali
      Lavender

      Jazaakillah khair Lavender 🥹🫶🏻🩶

Comments are closed.