Skip to content
އެސްފިޔަ

ލޯބިން ބުނާތީ – 52

Listen to this story Audio · 23:48 Powered by Esfiya Voice
0:00 23:48

އަރައިގެން އައި އިރުގެ ރަން ދަޅަތައް އަތިރިމަތީ އޮތް ރުއްގަނޑު މަތީ އިން ލިއާގެ ގަޔަށް އެޅުނު ވަގުތު އެ އޮމާން ހަންގަނޑު ވިދާލިއެވެ. ދޮންވެލިގަނޑަށް ބީހެމުން ދިޔަ ރާޅުތަކަށް ނަޒަރު ހުއްޓާލެވިފައިވާއިރު ލިއާގެ މުޅި ނަފްސު ވަނީ ހިމޭންކަމެއްގައެވެ. ލޮލުގެ ތިރީ ކައިރިން ދުޅަވެފައި ހުރިވަރުން ހާމަވަނީ ރޮއިފައި ހުރި ވަރެވެ. ފަތިހުގެ ފިނި ރޯޅި ލިއާގެ ގައިގަ ބީހިލާފައި ދަނީ ފަހަތައް އައްސާލެވިފައިވާ އިސްތަށިގަނޑު ދެފަރާތަށް ނަށުވާލަމުންނެވެ. ދޫކޮށް އައްސާލެވިފައިވާ އިސްތަށިގަނޑުން ދޫވެފައިވާ ބައެއް އިސްތަށިކޮޅުތައް އެ އޮމާން ކޯތާފަތްމަތީ ބީހެމުން ދިޔައެވެ. އިރުގެ ރަން ދަޅަ އެޅި އެ މުށިކުލައިގެ ލޯ ހުޅުދާންވެފައި ވާކަހަލައެވެ.

“ހިތާއި ދެކޮޅަށް ނިންމުން ނިންމާއިރު ވިސްނާލަން ޖެހޭ ކަމަކީ އެ ނިންމާ ނިންމުމައިގެން ދިރިއުޅެން ހުރީ ތިމާ ކަން…ކޮންމެ ކަމެއްވެސް ކުރަންވާނީ ވިސްނާފައި ތިމާއަށް އެކަމުން އުފާވެރިކަން ލިބޭނެ ގޮތަށް…ނޫނީ އުމުރަށް ރޯން ޖެހިދާނެ…” ލިއާ ގާތު އައިސް އިށީން އަލްޔާ ވާހަކަ ދެއްކިއެވެ. އަލްޔާގެ އަޑު އިވުނެއް ކަމަކު ލިއާގެ ސަމާލުކަމެއް ނުލިބުނެވެ. އަލްޔާ އިށީނުމާއެކު ސުމާވެސް ލިއާގެ އަނެއް ފަރާތުގައި ޖެހިގެން އިށީނެވެ.

“ބޭނުން ނުވާ މީހާ ބްލޮކް ކޮށްލާފަ ދެން ފޯނާ އެއްޗެހި ގޭގައި ބަހައްޓާފައި އައުމުގެ ކޮން ބޭނުމެއް އޮތީ…؟ މިހާރު ނުހުންނާނު އުނދަގޫ ކުރާނެ މީހެއް…؟” ސުމާ ވާހަކަ ދެއްކީ ލިއާގެ މޫނަށް ބަލަން އިނދެއެވެ. އެ އަޑުގައި ވަނީ ޖެއްސުންކުރާ ރާގެކެވެ. ސުމާގެ އަޑުގައިވި ނުރުހުން ލިއާއަށް ނަގައިގަނެވުނު ނަމަވެސް ދެންވެސް ރައްދު ދޭކަށް އޭނާ ގަސްތެއް ނުކުރިއެވެ. ސުމާއާއި އަލްޔާއާއި ދެމެދު ހިމޭންކަމުގެ ނަޒަރެއް ބަދަލުކޮށްލެވުނެވެ.

“ނަސީބޭނު ތެދުވެގެން ނިކުމެގެން އައި އިރު އަހަރެމެންނަށް ފަހަތުން އާދެވުނުކަން…ފޯނު ނުލާ އުޅުނީމަ ކިހިނެއްތަ މީހަކަށް ގުޅޭނީވެސް ހޯދަން…؟ އެހެން ނޫންނަމަ އުޅެން ޖެހޭނީ ކައިވެނީގެ ވަގުތު ޖެހޭއިރުވެސް މީނާ ވީ ތަނެއް ނޭނގިގެން…” ލިއާ ވާހަކަ ނުދައްކާ އިނެއް ކަމަކު އަލްޔާ އާއި ސުމާ އެމީހުންގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ޝަރީފާ އާއި ޝަމްނާގެ އިތުރުން ޝައުރާ ހުރުން ހަމަޖެހިފައިވަނީ ޝަރީފާގެ ރަހުމަތްތެރިޔާގެ ގޭގައެވެ. ޝަރީފާގެ ރަހުމަތްތެރިޔާއަކީ ނަހުމާއާއި ލައިބާގެ މަންމައެވެ. ކައިވެނި ކުރެވެންދެން ލިއާވެސް ހުންނަން ހަމަޖެހުނީ އެގޭގައެވެ. ނަމަވެސް ފަހު ވަގުތު ސުމާއާއި އަލްޔާ އެދިގެން އެމީހުން ހިފާފައި ހުރި ގެސްޓް ހައުސްގައި އެމީހުންނާއެކު ލިއާ ނިދާ ގޮތަށް ހަމަޖެއްސީއެވެ. ރެއިން ފެށިގެން ލިއާ ހިމޭންވެފައި ހުރިއިރު އެކަމާ ބެހޭ ގޮތުން އެތައް ބަޔަކު ސުވާލުކުރިއެވެ. ހަގީގަތް އެނގެނީ ހަމައެކަނި ސުމާއާއި އަލްޔާއަށެވެ. އިހުސާސްތައް ފޮރުވައިގެން ހުންނަން ލިއާއަށް މަޖުބޫރުވީ ގެސްޓް ހައުސްއަށް އައި ރިހާން ފެނުމުންނެވެ. ރިހާން މަސައްކަތް ކުރަނީ އެތަނުގެ ވޯޓަރ ސްޕޯރޓްސް ބައިގައެވެ. ރިހާންގެ މޫނުމަތިން ފާޅުވެފައިވާ ކާމިޔާބީގެ ހިނިތުންވުން ފެނި އަލްޔާއާއި ސުމާ ފޫހިވެގެން ހަލާކުވާވަރު ވިއެވެ. އެއްޗެކޭ ނުބުނެ ހުރީ ލިއާއަށްޓަކައެވެ.

“ލިއާ ރިހާން ދެކެ އަދިވެސް ލޯބިވޭތަ…؟” އެތައް އިރެއް ވަންދެން ހިމޭނުން އިނދެފައި ސުމާ އެހިއެވެ. ލިއާގެ ނަޒަރު ކުރިމަތިން ފެންނަމުން ދިޔަ މަންޒަރާ ވަކިވީ ދެނެވެ. އަލްޔާއާއި ސުމާ އިނީ ލިއާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އިސްޖަހައިގެން އިނދެފައި އިރުކޮޅެއް ފަހުން ލިއާ ވާހަކަ ދެއްކިއެވެ. “ވަރަށް ލޯބިވޭ…”

އަލްޔާ ހީލީ މާނައެއް ނެތް ހިނިތުންވުމެކެވެ. “ވަޓް އެބައުޓް ކައިލް…؟” އަލްޔާގެ އެ ސުވާލާއެކު ލިއާގެ އަތްތިލަ މުއްކެވިގެން އައި ތަން އެ ދެމީހުންނަށްވެސް ފެނުނެވެ. “ނޭނގެ…” ލިއާގެ ޖަވާބު އައީ ނުހަނު އަވަހަށެވެ. ތުރުތުރު އަޅަމުން ދިޔަ ތުންފަތުގައި ދަތް އަޅާލީ އިހުސާސްތައް ހިންދާލުމުގެ ގޮތުންނެވެ. އަލްޔާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ލިއާގެ ދިރިއުޅުމުގައި ނިންމާ އެންމެ ބޮޑު ނިންމުން ނިންމާ ވަގުތު ލިއާ މާޔޫސްކޮށްލާފައި ބެހެއްޓުމަކީ އޭނާވެސް ބޭނުންވާގޮތެއް ނޫނެވެ.

“ދެން އެވާހަކަ ބާއްވާ ދޯ…އެހެމް…މަ ބުނީ މާދަން ގުޅާނަން އިނގޭ…ފޯނު ހިފައިގެން އުޅެއްޗޭ…އަހަރެމެންނަށް އެކްސްޕީރިއެންސް ކިޔައިދެން ވާނެ…” އަލްޔާ ދެއްކި ވާހަކައިން ސުމާ ދެލޯ ބޮޑުކޮށްލާފައި ބަލާލި ވަގުތު ހިނިގަނޑު ފަޅައިގެން ގޮސްފިއެވެ. ލިއާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެކަމުގެ ސަބަބުން އެ ދެމީހުންނަށް ހިތްހަމަޖެހުން ލިބުނެވެ.

“އެ ތެދެއް ލިއާ…މިރޭ ބިރުގަނެއްޖެއްޔާ އަހަރެމެންނަށް ގުޅާލާ އިނގޭ…ދާނަން ރެސްކިއުއަށް…” ސުމާ ބުނެލީ ލިއާގެ އަތުގައި ޖަހާލަމުންނެވެ. އަލްޔާވެސް ހެމުން ހެމުން ލިއާގެ ކޮނޑުގައި ޖެހިއެވެ.

“ދެރަކަމެކޭ ދޯ…” ލިއާ އަށް ހެވުނު ވަގުތު އެ ދެމީހުންގެ ކޮނޑުގައި އަތް އަޅުވާލާ ކޮއްޕާލިއެވެ. ހެމުން ހެމުން ގޮސް ދެން ވީ ގޮތެއް ނޭނގުނެވެ. މޫނުގައި އަތް އެޅުމާއެކު ލިއާއަށް ބާރަށް ރޮވިއްޖެއެވެ. ސުމާއާއި އަލްޔާ އެއްޗެކޭ ނުބުންޏެވެ. ލިއާގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ހިތުތެރޭ އެ ވާ ހައިޖާންގަނޑު ބޭރުކުރެވިގެންނެވެ. ލިއާ ހިތްފުރޭވަރަށް ރޯލަންދެން ސުމާއާއި އަލްޔާ ލިއާގެ ދެފަރާތުން ގާތްވެލާފައި ކޮނޑުގައި އަތް އަޅުވާލައިގެން ހިމޭންކަމާއެކު ތިއްބެވެ.

މެންދުރު ވަގުތު ވީއިރު ކައިވެނީގެ ހެދުން ހިފައިގެން އައީ ރިހާންގެ އާއިލާ ބަޔެކެވެ. ކައިވެންޏާ ގުޅޭ ގިނަ ހަރަދުތަކެއް ކުރީ ރިހާނެވެ. ހަރަދު ބޮޑުވެދާނެތީ ކައިވެނި ފަސްކުރަން ލިއާ އުޅުމުން ރިހާން ބުނެފައިވަނީ އޭނާ ވަޒީފާގައި އުޅެމުން ރައްކާކޮށްފައިވާ ލާރި ހުންނާނެ ކަމުގައެވެ. ލިއާއަށް ދެން ބުނާނެ އިތުރު އެއްޗެއް ނޭނގުނީއެވެ. އެހެންވިޔަސް ކައިވެނީގެ ހުރިހާ ހަރަދެއް ރިހާން ކުރާކަށް ލިއާ ބޭނުމެއް ނޫނެވެ. ވުމާއެކު ކައިވެނީގެ ހެދުން އޭނާ ފެހީ އަމިއްލައަށް ރައްކާކުރި ލާރިންނެވެ. މާ ގޮތްބޮޑު ނޫންކަމަކު މެރޫންކުލައިގެ އެ ދިގު ހެދުން ރީއްޗެވެ. ލިއާގެ ހެދުމާއި ގުޅުވާފައި ރިހާން ލަނީ މެރޫންކުލައިގެ ކޯޓު ފަޓުލޫނެވެ.

ކައިވެންޏަށްޓަކާ ތައްޔާރު ކުރެވެމުން ދިޔައީ އެރަށު ސްކޫލުގެ ކުޅިވަރުތަކަށް ހާއްސަކުރެވިފައިވާ ހުސްބިމެވެ. އެ މަސައްކަތުގައި އުޅުނީ ރިހާންގެ ރަހުމަތްތެރިންނެވެ. ނާވީއަށް އަލްޔާ ފެނުމުން ނުހުރެވިގެން އައިސް ގޮވާލުމުން އަލްޔާ ދިޔައީ ސިއްސައިގެންނެވެ. ނާވީ ފެނުމުން އޭނާ ވަގުތުން މޫނު ހަދާލައިފިއެވެ. ނާވީ ރަކިވީ ނަމަވެސް ލާނެއް ވެލާފައި ވާހަކަ ދައްކަން ފެށިއެވެ.

“މިހާރު ރިހާންއާއި ލިއާ އަލުން ގުޅުނީނު…؟ ދެން އަލް މަށާ އަލުން ގުޅުން ކިހިނެއްވާނެ…؟ މަށާ ބްރޭކަޕްވީ ރިހާން ލިއާގެ ހާރޓް ބްރޭކްކޮށްލީމައޭނު…؟ މިހާރު އެކަންވެސް ހައްލުވީ…” ނާވީ ފުން ނަޒަރަކުން އަލްޔާއަށް ބަލާލިއެވެ. އަދިވެސް ހާދަ ރީއްޗޭ ނާވީގެ ހިތަށް އެރިއެވެ.

“ހުހް…! ރަށުތެރެއިން އެހެން ކަމަކާ އުޅެންވީނު…” އަލްޔާ ތުން އަނބުރާލަމުން ދުރު ބަލާލިއެވެ.

“ރަށުތެރެއިން ކަމަކާ މިއުޅެނީ…” ނާވީ ބޯ ކަހާލަމުން އިޝާރަތް ކުރީ އެމީހުން ކުރަމުން ދިޔަ މަސައްކަތަށެވެ. އަލްޔާއަށް ހެވެން އުޅުމުން އަވަހަށް ނާވީގެ ލޯމަތިން ގޮސް ގެއްލިއްޖެއެވެ. ނާވީ ހިނިތުންވެލައިގެން ހުރެ އޭނާ ކުރަމުން ދިޔަ މަސައްކަތައް ރުޖޫޢަވިއެވެ. އެވަރަށްވެސް އަލްޔާ ވާހަކަ ދެއްކީތީ އޭނާ ހިތްހަމަޖެހިއްޖެއެވެ.

ހަވީރު ވަގުތަށްވީއިރު ގެސްޓް ހައުސްގައި އަލްޔާއާއި ސުމާ އުޅޭ ކޮޓަރީގައި ގިނަ ބަޔަކު ތިއްބެވެ. އަލްޔާ އާއި ސުމާ ލިއާގެ މޭކަޕް ކޮށްދެމުންދިޔައިރު ޝަމްނާ އާއި ޝައުރާ ފާޑުކިޔަން ތިއްބެވެ. ޝަރީފާ ހުރީ ލިއާގެ ދޮންމަންމަ އާނިސާއާއި އޮލަ ވާހަކައެއްގައެވެ. އެހެން ހުރެފައި އިރުއިރުކޮޅާ ލިއާއަށް ބަލާލައެވެ. ޝަރީފާގެ މޫނުމަތިން ފާޅު ނުކުރިޔަސް އޭނާއަށް އިހުސާސްކުރެވެމުން ދިޔައީ އަމިއްލަ ދަރިއެއްގެ ކައިވެނި ކުރެވެން އުޅެ، އެ ދަރިފުޅާ ވަކިވާން ޖެހޭހެންނެވެ. ލިއާ ނެތުމުން މިހާރުވެސް ގޭތެރެ ފަޅުވާނެ ވަރު އޭނާއަށް އިހުސާސް ކުރެވެއެވެ.

“ނިމުނީ…” އަލްޔާ ހިންދެމިލަމުން އަތުގައި އޮތް މޭކަޕް ސާމާނު ޑްރެސިން ޓޭބަލް މަތީ ބެހެއްޓިއެވެ. ލިއާ ގޮނޑިން ތެދުވެ އެންމެންނާ ކުރިމަތިވާހެން އެނބުރުމާއެކު ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް އިވުނެވެ. ކޮށްފައިވާ ‘ނެޗުރަލް މޭކަޕް’ ގައި ލިއާ ވަރަށް ފުރިހަމައެވެ.

ޕާޓީއަށް ހާއްސަކޮށް ލިއާގެ މީހުންގެ ފަރާތުން އާހެދުން ފަހާފައި ހުރީ ޝަރީފާ އާއި ދެދަރިންގެ އިތުރުން ލިއާގެ ދޮންމަންމަ އާއި ކޮއްކޮމެންނެވެ. ސުމާއާއި އަލްޔާ ހުރީ އާދައިގެ ހަވީރީ ހެދުމުގައެވެ. އެކަމުން ލިއާގެ ހިތަށް ދަތިކަން ލިބުނަސް އެކަން ހާމައެއް ނުކުރެއެވެ. މި ކައިވެންޏާ ދޭތެރޭ ސުމާއާއި އަލްޔާ ދެކޭ ގޮތް ވަރަށް ރަނގަޅަށްވަނީ ސާފުކޮށްދީފައެވެ.

ލިއާ ގޮވައިގެން ކައިވެނި ކުރެވޭ މާހައުލަށް ގެންދިޔައީ ޝަމްނާއާއި ޝައުރާ ދެފަރާތުގައި ހުރެގެންނެވެ. އަލްޔާއާއި ސުމާ އައީ ލިއާގެ ފަހަތުންނެވެ. އެމީހުންގެ ފަހަތުގައި ޝަރީފާއާއި ލިއާގެ ދޮންމަންމަގެ އިތުރުން ކޮއްކޮމެން ތިއްބެވެ. ރިހާންގެ ދައްތައެއް އެތަނުގައި ހުރީ މަންޒަރު ރީތިކޮށްލަން ކަންނޭނގެއެވެ. ރިހާންގެ އެއްބަނޑު އެހެން ކުދިންނާއި މަންމައާއި ބައްޕަ ހުރީ ކައިވެނިކޮށްދެން ހާއްސަކުރެވިފައިވާ ދިމާލުގައެވެ.

ރައްޓެހިންތަކާއެކު ވާހަކައިގައި ތިބެފައި ރިހާން ބަލާލި ގޮތުން ލިއާ ފެނިފައި ހުއްޓުން އެރިއެވެ. އޭނާއަށް ލިއާއަށް ބަލަން ހުރެވުނީ ބޭއިހްތިޔާރުގައެވެ. ލިއާގެ އަތްފައި ކުރިޔަށްވުރެ ފިނިވެގެން އައީ ރިހާންގެ އެ ބެލުން ފެނިފައެވެ. ރިހާންއާއި އެކު ހޭދަ މިވީ ދުވަސްތަކުގައި ރިހާން އެފަދަ ގޮތަކަށް އޭނާއަށް އެ ބަލާލީ އަލަށެވެ. ލިއާ ލަދުން އިސްޖަހާލި ވަގުތާއި ރިހާން ކައިރި ތިބި ރައްޓެހިން ކަރުކެހިލި ވަގުތު ވީ އެއްވަގުތަށެވެ. ރިހާނަށް ހޭވެރިކަންވެ އަވަހަށް ނޫންކަމަށް ހެދެމުން ރައްޓެހިންނާ ވާހަކަ ދައްކަން ފެށިއިރު ތުންފަތްމަތީ ވަނީ މާނަވީ ހިނިތުންވުމެކެވެ.

ފެހިކަން ގަދަ ވިނަގަނޑުމަތީ ތަނބުތައް ބަހައްޓާފައި އޭގައި ހުދުފޮތި އޮޅާފައި ވެއެވެ. އެކި ކުލަކުލައިގެ މާބޮނޑިތައް ހަރުކޮށް އެ ފޮތިތައް ޒީނަތްތެރިކޮށްފައި ވެއެވެ. ކައިވެނިކުރުމަށް އިށީންނަން ހާއްސަކުރެވިފައިވާ މޭޒުގައި ހުދު ފޮތި އަޅާ ދެ ދިމާލެއްގައި ވާސްތަކަށް ޖަހާފައި ހުރި މާބޮނޑި ބަހައްޓާފައި ހުއްޓެވެ. ލިއާ އައުމާއެކު ފަށަންވީކަމުގައި ގާޒީ ބުންޏެވެ.

ރިހާނާ ޖެހިގެން އިށީންއިރު ލިއާގެ އަތުގައި މަޑު ތުރުތުރުއެޅުމެއް އުފެދިފައިވެއެވެ. ރިހާނަށް އެކަން ފާހަގަވެ ހަމަޖެހިލާށޭ ލިއާ ގާތު ބުންޏެވެ. ބިސްމީގެ ބަރަކާތުން ގާޒީ ފެށުމާއެކު ލިއާއަށް ކުއްލިއަކަށް އިސްއުފުލާ ބަލާލެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އަލްޔާ އާއި ސުމާ ކައިރި ހުރި ކައިރާއެވެ. އެ މޫނުމަތީ އެއްވެސް އަސަރެއް ނުވެއެވެ. ނަމަވެސް ލިއާ ބަލާލުމުން ކައިރާ މާނައެއްނެތް ފަނޑު ހިނިތުންވުމެއް ދިނެވެ. ލިއާ އިސްޖަހާލި ވަގުތު މެޔަށް ބާރުވެގެން އައެވެ.

ގާޒީ އަނބި ހިބަކޮށްދިނުމާއެކު އެންމެންގެ ނަޒަރު ހުއްޓުނީ ރިހާނަށެވެ. ރިހާން ވާހަކަ ދެއްކުމުގެ ކުރިން ލިއާއަށް ބަލާލިއެވެ. ލިއާ އިނީ އިސްޖެހި ގޮތަށް އިސްއުފުލާނުލައެވެ. ބޮލުގައި އޮޅާލާފައިވާ ތުނި ފޮތިކޮޅުގެ ތެރެއިން އެއްފަރާތުން ލިއާގެ މޫނު ފެންނަނީ ކުޑަކޮށެވެ. އުނގުގައިވި އަތްތިލައިން ފިނި ދަލެއް ހިއްލާލާފައި ވެއެވެ.

“އަނބި ގަބޫލުކޮށްފިން…”

ލިއާއަށް ކުއްލިއަކަށް އިސްއުފުލާލެވުނު އިރު ހިތަށް ފިނިކަމެއް ލިބިގެން ދިޔައީ ޖެހިލި ވައިރޯޅިންކަމެއް ނޫނީ ރިހާން ބުނެލި ބަސްތަކުން ކަމެއް ނޭނގެއެވެ. ލިއާ ބަލާލި ވަގުތު ރިހާން ހިނިތުންވެލީ ފިރިހެންވަންތަ ގޮތަކަށެވެ. ލިއާގެ ތުރުތުރު އަޅަމުން ދިޔަ ތުންފަތްވެސް ހިނިތުންވުމަކުން ދެމިލައިފިއެވެ. ރިހާން އަނބި ގަބޫލު ކޮށްފީމޭ ބުނި ވަގުތު ލިއާއަށް ހީވީ މި ހުރިހާއިރު އޭނާގެ ހިތާއި ސިކުނޑިއަށް ދަތި ކުރަމުން އައި ހުރިހާ ހިޔާލެއް ވައިގެ ތެރެއަށް ކުނޑިތަކެއް ފަދައިން ގެއްލިގެން ދިޔަހެންނެވެ. ހަށިގަނޑަށް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. މިހާރު އޭނާއަކީ މީހެއްގެ އަންބެއްކަން ނަގައިގަނެވުމުން ބުނެދެން ނޭނގޭ ފިނި ރާޅެއް ހަމުގައި ދަތުރުކޮށްލިކަހަލައެވެ.

ކެމެރާ ހިފައިގެން ހުރި ރިހާންގެ ރަހުމަތްތެރިޔާ އޭނާގެ ޒިންމާ އަދާކުރަމުން ދިޔައެވެ. ކައިވެނި ކޮށްދީ ނިމި ޝަރީފް އާއި ރިހާންގެ ބައްޕަ، ގާޒީއާއި ސަލާމްކުރުމުގައި އުޅުނެވެ. ގާޒީ ދިއުމުން ރިހާންގެ ރަހުމަތްތެރިން އަވަސްވެގަތީ މޭޒު ދުރަށްލާ، ޕާޓީއަށް އެ މާހައުލު ކުޑަކޮށް ރަމަތަކޮށްލުމަށެވެ.

“ހެލޯ ވައިފް…” ރިހާން އެއްލޯ މަރާލަމުން ލިއާއަށް ބުނެލިއެވެ. ލަދުން އިސްޖެހިގެން އައި ލިއާގެ ހިތުގައި ހީލިކެރުވުމެއް އުފެދުނެވެ.

ރިހާންގެ ރަހުމަތްތެރިން އެ ތަން ތައްޔާރުކުރަންދެން ލިއާ އައީ އޭނާގެ އެކުވެރިން ގާތަށެވެ. އަލްޔާ އާއި ސުމާގެ އިތުރުން ކައިރާ ތިބީ އެއްދިމާލެއްގައެވެ.

“ކައި…ހިއެއް ނުކުރަން އަންނާނެ ކަމަކަށް…” ލިއާ ކައިރާގެ އަތުގައި ހިފާލި އިރު ކައިރާ އަށް ބެލެމުން ދިޔައީ އުފަލުން ފޮޅިފައިވާ ލިއާގެ މޫނަށެވެ. އޭރުވެސް ކައިރާގެ ހޭންޑްބޭގްގައި އޮތް ފޯނު ވައިބްރޭޓްވަމުން ދިޔައެވެ. ކައިރާ މަޑުން ހުރީ ގުޅަނީ ކާކުކަން އެނގޭތީއެވެ. ވަގުތާއި ހާލަތުގެ ގޮތުން އޭނާއަށް އެ ކޯލަށް ޖަވާބު ދެވޭކަށް ނެތެވެ.

“ދެން އަންނަންވާނު…” ކައިރާ ލިއާގެ އަތްމަތީ އަތް ބާއްވާލިއެވެ. ކައިރާ ދައްކަން ބޭނުންވި ކިތައްމެ ވާހަކައެއް ހުއްޓެވެ. ނަމަވެސް އޭނާ އެ ހިޔާލު ދޫކޮށްލީއެވެ. އާއްމު ގޮތެއްގައިވެސް އަބަދުވެސް ފޯރި އަރާފައި ހުންނަ ކައިރާ މިއަދު އާދަޔާހިލާފަށް ހިމޭނުން ހުރުމުން ލިއާއަށް އުނދަގޫވިއެވެ.

“އަޅެ އެތިބަ އުޅޭ މީހުންނަށް ހީވޭތަ އެމީހުންގެ ފިރިހެންދަރި މީހަކާ އިނދެފިހެން…؟ ލިއާ އާއި ވާހަކަ ދައްކާލާ ލިއާ އާއި ގުޅިގެން އުޅުން ކަހަލަ ކަމެއް ނެތޭނު…؟ އެމީހުން އެމީހުން އަމިއްލައަށް އަމިއްލަ ދުނިޔެއެއްގަ އެއުޅެނީ…” ހިތުގައި ކަންކަން ބާއްވައިގެން އުޅެން އުނދަގޫ އަލްޔާ ނުރުހުމާއެކު ވާހަކަ ދެއްކީ ރިހާންގެ އާއިލާ މީހުން ތިބި ދިމާލަށް އިޝާރާތްކޮށްފައެވެ. އަލްޔާ އެބުނީ އެހެން މީހުންނަށްވެސް ފާހަގަވެފައިވާ ކަމެއްގެ ވާހަކައެވެ. ހުދު ލިއާއަށްވެސް އެކަމުގެ ހިޔާލުން އުނދަގޫ ވަމުން ދިޔައެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިނީ އެގޮތަށް އެކަންތައް ވުމުގެ ސަބަބަކީ އޭނާއަކީ އެމީހުންގެ ތެރެއަށް އައި އާ މެހެމާނަކަށް ވާތީ ކަމެވެ. ދުވަސްކޮޅަކުން ކަންކަން ހަމަޔަކަށް އެޅޭނެކަމުގެ އުއްމީދު ލިއާގެ ހިތުގައި ވެއެވެ.

“ތެދެއް ހަމަ…އެންމެ ކުޑަމިނުން ރިހާންގެ މަންމަ ކީއްވާނީ އައިސް ލިއާއާއި ވާހަކަދައްކާލާ އުޅުނިއްޔާ…؟ ދެން އެހުރި ރިހާންގެ ދައްތަވެސް ހީވަނީ މީހަކު އެއްޗެކޭ ބުނެފާނެތީ ފަހުވަގުތު ލިއާ ގާތަށް އައިހެން…އާން އެހެންޏާ އަހަރެމެން ލިއާ ރީތިކޮށްދީ ހުރިހާ ކަމެއް ނިންމާފަ ނިކުންނަން އުޅެނިކޮށް ވިއްޔާ އައީ…” ސުމާވެސް ވާހަކަ ދެއްކިއެވެ. ކައިރާ ހިމޭންކަމާއެކު އެ ވާހަކަތައް އަޑުއަހަމުން ދިޔައެވެ. އޭނާ މި ހަފްލާއަށް އެ އައީ ލިއާއަށް ހެޔޮ އެދޭ އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. ލިއާގެ އެންމެ ހާއްސަ އެއްދުވަހު އޭނާގެ ސަބަބުން ލިއާ ދެރަކުރަން ކައިރާ ބޭނުން ނުވީއެވެ.

“ހޫން ދެން ތި ވާހަކަ ބާއްވަބަލަ…އަހަރެންގެ ސްޕެޝިއަލް ޑޭގަ  އަހަރެންގެ ފްރެންޑްސް ޖެހޭނެ ދޯ އެންޖޯއި ކުރަން…” ލިއާގެ އަޑުގައިވި އުފާވެރިކަން ފެނި އެއީ މިއަދު އެއްކޮށް ހަމަހިމޭންވެފަ ހުރި ކުއްޖާއޭ އެކަކުވެސް ނުބުނާނެއެވެ. އަލްޔާ އާއި ސުމާގެ އިތުރުން ކައިރާގެ ހިތުގައި ކޮންމެފަދަ އެއްޗެއް އޮތަސް ލިއާއަށް ޓަކާ އެ އިހުސާސްތައް ހިންދާލިއެވެ. ކެމެރާ ހިފައިގެން ހުރި ކުއްޖާއަށް ލިއާމެން ފެނުމާއެކު އަވަސްއަވަހަށް އެދިމާލަށް އައިސްފިއެވެ. ލިއާ އޭނާގެ އެންމެ ގާތް ތިން އެކުވެރިންނާއެކު ފޮޓޯ ނެގިއެވެ.

“އަހަރެންވެސް ބޭނުން…” އިރުކޮޅަކުން ފުންމަމުން ފުންމަމުން ޝަމްނާއާއި ޝައުރާ އައިސްފިއެވެ. ލިއާގެ އެކުވެރިން ދުރަށް ޖެހުނު ވަގުތު ލިއާގެ ދެފަރާތުން އެ ދެމީހުން އޮޅުލައިގަނެފިއެވެ.

“މިތާވެސް މައިތިރި އަރައިގެން ނުތިބެވުން ދޯ…” ޝަރީފާ އާދައިގެ މަތިން ބުނެލިއެވެ. ލިއާ އާއި ޝަމްނާ އަދި ޝައުރާ ގާތަށް ހިނި އައީ މާހައުލުގެ ސަބަބުން ޝަރީފާ އާއްމުކޮށް ބުނާ އެ ބާރު ރާގުގައި ވާހަކަ ނުދެއްކިފައި ހުރިކަން އެނގުމުންނެވެ.

އިރުކޮޅަކުން ރިހާން ގޮވާލުމާއެކު ލިއާ ދިޔައެވެ. މެހެމާނުން އަންނަ ގަޑި ޖެހުނީއެވެ. ލިއާ އައިސް ހުއްޓުމާއެކު ރިހާން ލިއާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ލިއާ ހުރީ ހާސްވެފައެވެ. މިހާ ގިނަ މީހުންތަކުތެރޭ ހުރުމަކީ އެއް އިރެއްގައިވެސް ލިއާ ގަޔާވާ ކަމެއް ނޫނެވެ. ރިހާންގެ ކޮއްކޮއެއް އައިސް ދިއްކޮށްލި ބޮކޭގައި ހިފަމުން ލިއާ ޝުކުރު އަދާކޮށްލިއެވެ. އޭނާ ހަމައެކަނި ލުއި ހިނިތުންވުމެއް ދީފައި ދިޔައީއެވެ.

މެހެމާނުން އައުމުގެ ކުރިން ލިއާއާއި ރިހާނާއެކު ފޮޓޯ ނެގުމަށް ރިހާންގެ އާއިލާ މީހުން އަލަތު ދެމަފިރިންގެ ދެފަރާތުން އެތުރިލިއެވެ. އަތްފައި ފިނިވެފައި ހުރިއިރު ލިއާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޝަރީފް އާއި ޝަރީފާއާއި އެކުވެސް ފޮޓޯ ނެގުމަށްފަހު ލިއާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ.

“ސްޓޮޕް ބައިޓިން ދޯޒް ލިޕްސް…އަހަރެން މިރޭ ތިކަންތައް ކޮށްދޭނަން…” ލިއާގެ ކަންފަތް ކައިރި ރިހާން ބުނެލި ވާހަކައަކުން ލިއާއަށް އަވަސްއަވަހަށް ތިރީ ތުންފަތް މިނިވަންކޮށްލެވުނެވެ. ލަދުން މަރުވާވަރު ވެގެން އައިއިރު ލިއާއަށް ބަލާލެވުނީ ކައިރި ހިސާބުގައި އެ އަޑު އިވޭނެ މީހެއް ހުރިތޯއެވެ. “ތިކަހަލަ ވާހަކަ ނުދައްކަބަލަ…” ލަދުން ރަތްވެގެން އައި މޫނު ފޮރުވަން މަސައްކަތް ކުރަމުން ލިއާއަށް ރިހާން ގައިގަ ވިކައިގަނެވުނެވެ.

“ކޮބާ…؟ މަށާއެކު ފޮޓޯއެއް ނުނަގާނަންތަ…؟” އަލްޔާ ސިއްސައިގެން ދިޔައީ ފަހަތުން އިވުނު އަޑަކުންނެވެ. ފަހަތަށް އެނބުރި ބަލާލީ އަލްޔާއި ސުމާއާއި ކައިރާ އެކުއެކީގައެވެ. އެވަގުތު ފެނުނު ސޫރައަކުން އަލްޔާ މޫނު ހަދާލިއިރު ސުމާއަށް ހެވިއްޖެއެވެ. ކައިރާ ހުރީ ވާނުވާގައެވެ.

“ރަށުތެރޭ ކަންކަން ކޮށްފައި މިއައީ…ދެން މަށަށް ޖަވާބެއް ދޭންވީނު…؟” ފަހަތުގައި ހިނިތުންވެލައިގެން ހުރި ނާވީ ވާހަކަ ދެއްކިއެވެ.

“މީނާ މިތަނަށްވެސް އައީ އޭ ދޯ…” އަލްޔާ ބުނެލިއެވެ.

“އަޖައިބެއް…؟ އަހަރެން ނާންނަންވީ ކީއްވެތަ…؟ އަހަރެންގެވެސް ފްރެންޑްގެ ވެޑިން ވިއްޔާ…” ނާވީ ބޭނުންވީ ޒުވާބު ކުރަންވިޔަސް އަލްޔާއާއި ވާހަކަ ދެއްކުމަށެވެ. އެކަމުންވެސް އޭނާގެ ހިތަށް ހަމަޖެހުން ލިބޭވިއްޔާއެވެ.

“ދެޓްސް ހާރ އެކްސް…ނާވީ…” ހައިރާންވެ ބަލަމުން ދިޔަ ކައިރާގެ ކަންފަތް ކައިރި ސުމާ ބުނެލިއެވެ. އެވަގުތު ކައިރާގެ ހަނދާނުގެ ސްކްރީނަށް ކުރީގެ މަންޒަރެއް ސިފަވިއެވެ. ލިއާ އާއި ކައިލް ގުޅުވަން މަސައްކަތް ކުރި ދުވަސްތަކުގައި ލިއާ އޭނާ ގޮވައިގެން ވާހަކަ ދައްކަން ކެފޭއަށް ގޮސް ރިހާންގެ ވާހަކަތައް ދެއްކިއިރު ނާވީގެ ވާހަކަ ދެއްކި ހަނދާންވިއެވެ. އޭނާއަށްވެސް ހެވުނީ ނާވީ އާއި އަލްޔާގެ އަރައިރުން އަޑު އިވިފައެވެ.

“ހެވޭ…މަ ކައިރިއަށް އަންނާކަށް ނުޖެހޭ…” އަލްޔާ ތުން އަނބުރާލާފައި ނާވީއަށް ފުރަގަސްދިނެވެ.

“އަންނާކަށް ނޫނޭ ހުރީ…އެކަމަކު ތިހާ ރީތި ކުއްޖެއް ފެނިގެން މި ދެފައި ކިޔަމަން ނުވެގެން ދަމާ ކޫއްތާފައި މިތަނަށް ގެނެސް މިހުރީ…އަހަރެން ފަކީރު ކީއްކުރާނީ…؟” ނާވީ ދެއްކި ވާހަކައިން ސުމާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. އަލްޔާ ތުންފަތުގައި ދަތްއަޅާ ފިއްތާލައިގެން ހުރީ ހެވިދާނެތީއެވެ. ކައިރާވެސް ހުރީ ހިނިއައިސްފައެވެ.

ޕާޓީގެ ވަގުތު ނިމުންއިރު ރޭގަނޑު ވެއްޖެއެވެ. ބާކީ ތިބީ ހަމައެކަނި އެކުވެރިންނާއި އާއިލާގެ މީހުންނެވެ. ރިހާން އޭނާގެ އެކުވެރިންނާއެކު ހުރިއިރު ލިއާ އިނީ ހަތަރު މީހުންގެ ޖާގަ ވާ މޭޒުކައިރީގައި އޭނާގެ އެންމެ ގާތް ތިން އެކުވެރިންނާ އެއްކޮށެވެ.

“ދެން ތިއޮތީ ތިކަންވެސް ވެފައި…އުމުރު ދުވަހު ކަރުނަ އަޅައި ރޮއި ހެދި ލޯބި ލިބުނީ ވިއްޔާ…ހޫމްމްމް ތިއެއް ނޫނޭ…މާދަން ގުޅާނަން އިނގޭ…އަހަރެން ކައިރި ބުނަން ޖެހޭނެ އެކްސްޕީރިއެންސް ދިޔަ ގޮތް…” އަލްޔާ ވާހަކަ ދެއްކީ ލިއާ އާއި ގާތަށް ޖެހިގެން އިނދެ ސީރިއަސްކަމާއެކުއެވެ. ކައިރާ އަނގަމަތީ އަތް އަޅައިގެން އިނީ ހެވިދާނެތީއެވެ. ސުމާ އޭރު ހެނީއެވެ.

“ދެން ތަދުވީއޭ ކިޔާފައި ހަޅޭއްނުލަވާތި…މައިޓުމެންނަށް ހޭލެވިދާނެ…” ސުމާ އިތުރުކޮށްލިއެވެ. ދެލޯ ބޮޑުވެގެން އައި ލިއާ ސުމާގެ އަތުގައި ޖަހާލީ ބާރަކަށެވެ.

“ކިހާ ދެރަކަމެއް ދެން…ތި ވާހަކަ ނުދައްކަބަލަ…” ރަތް ޓޮމާޓޯއަކަށް ވެފައިވާ މޫނުގައި އަތް އަޅަމުން ލިއާ މޭޒުގައި ބޯ ޖަހާލިއެވެ. އޭރުވެސް އަލްޔާއާއި ސުމާ ކޮންމެސް އެއްޗެކޭ ކިޔަމުން ދިޔައެވެ. ކައިރާ ބަލާލީ ހޭންޑްބޭގް ތެރޭ ވައިބްރޭޓްވެވި އޮތް ފޯނަށެވެ. އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

ކައިރާއަށް ރަށަށް އާދެވުނުއިރު އެގާރަ ޖަހައިފއެވެ. ކޮޓަރިއަށް ވަދެ އަތްދަބަސް ބެހެއްޓުމަށްފަހު އަތުގައި އޮތް ފޯނަށް ކައިރާ ނަޒަރު ހިންގައިލިއެވެ. ދުއިސައްތައެއްހާ ފަހަރު ފަހަރު ކައިލް ގުޅާފައި އޮތް އިރު ފުލުފުލުގައި ކައިލްގެ މެސެޖުތައް އައިސް ހުއްޓެވެ. ކައިރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ކައިލްގެ ހިތް ހަލާކުނުވާގޮތަށް އެއްވެސް ވާހަކައެއް ބުނެވޭކަށް ނެތެވެ. ހިތް ނޭދުނެއް ކަމަކު ކައިލްވެސް ދެން ޖެހޭނީ އެކަމާ ކުރިމަތިލާށެވެ. އެކަންވެސް ކުރުވަންވީ އޭނާހެއްޔެވެ؟ ކައިރާ ހުރީ ސިކުނޑި ފަޅައިގެން ދާން ކައިރިވެފައެވެ. އެންމެފަހުން އޭނާ ގަސްތުކުރީ އެކަމާއި ކުރިމަތިލުމަށެވެ.

“ޝީ ގޮޓް މެރީޑް…” ކައިލް ފޮނުވާފަ އޮތްހާ މެސެޖުތައް ކިޔުމެއް ނެތި ކައިރާ ކައިލްއަށް މެސެޖު ކުރިއެވެ. އޭގެ އިރުކޮޅެއް ނުވެ ކައިލް ގުޅަން ފެށިއެވެ. ކައިރާ ފޯނު ނުނެގީ މިވަގުތު ކައިލްގެ އަޑު އަހާނެހާ ހިތްވަރެއް ނެތުމުންނެވެ. އެނދުގައި އިށީނދެލައިގެން ކައިރާއަށް އިނދެވުނީ ހިމޭންވެފައެވެ. ފޯނު ރިންގުވެފައި ކެނޑުނު ފަހުން ދެން އައީ މެސެޖެކެވެ. ތުންފަތުގައި ދަތް އަޅައިގެން އިނދެ ކައިރާ މެސެޖު ބަލައިލިއެވެ.

“ޝީ މޫވްޑް އޮން ދެޓް އީޒިލީ ރައިޓް…؟ ވައި ޑޯންޓް ޔޫ އާސްކް ހަރ ވައި ޝީ ޑިޑް ދެޓް ޓު މީ…؟!” ކައިލްގެ މެސެޖު ކިޔާފައި ކައިރާއަށް ބޮލުގައި ހިފައިލެވުނެވެ. އެ މެސެޖުތަކުން އެކަނިވެސް ކައިލްގެ ހިތް ހަލާކުވެފައިވާ ވަރު އެބަ ހާމަވެއެވެ. ކައިލްގެ ހާލަތު މިރޭ ހުންނާނެ ގޮތެއް ނޭނގެއެވެ. ކައިލްއާއި މެދު ވިސްނިފައި ކައިރާގެ ހިތުގައި ގަދަ ރިހުމެއް އުފެދިފައިވެއެވެ. ރިޕްލައި ދޭނެ ގޮތެއް ނޭނގިފައި އިންދާ އަނެއްކާވެސް ކައިލްގެ މެސެޖުތައް ފުލުފުލުގައި އަންނަން ފެށިއެވެ.

“އައި ކުޑް ހޭވް އީވަން ބިކަމް ސެލްފިޝް ލައިކް ހައު ޝީ ބިކޭމް ބަޓް އައި ނެވަރ ލެފްޓެޑް ހަރ އެލޯން ވައި ޑިޑް ޝީ ޑޫ ދެޓް ވައި…؟”

“ހައު އޭމް އައި ސަޕޯސްޑް ޓު އެކްސެޕްޓް ދިސް…؟”

ކައިރާއަށް މެސެޖުތައް ފޮނުވާލާފައި ފޯނު ބޭއްވުމާއި އެކު އެނދުކައިރި މުށިތައްމަތީ ހުސްގަޔާ އިށީނދެ އިން ކައިލް ދެ ކަކުލުގައި އުޅަބޮށި ވިއްދައިލުމާއިއެކު ދެއަތް ގުޅުވާލަމުން ގެނެސް ނިތްކުރީގައި ޖައްސައިލެވުނެވެ. އެ ރީތި ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ކައިލްގެ ހިތް ވަނީ ހަލާކުވެފައެވެ. އިރުއިރުކޮޅާ ނޭފަތް އެތެރެއަށް ދަމާލާ އަޑު އިވިއިވި ހުއްޓެވެ. ދެލޯ މަރާ ފިއްތައިލުމާއިއެކު ކައިލް އަނެއްކާވެސް ފޯނު ނެގިއެވެ.

“ޔޫ އަރ މައި ބެސްޓްފްރެންޑް ވައި ޑޯންޓް ޔޫ ޓޯކް ހަރ ފޯ މީ ޕްލީޒް…” ކައިލްގެ މެސެޖު ކިޔާފައި ކައިރާއަށް ރޮވޭގޮތްވިއެވެ. ކައިލް ހީވަނީ އާވާރާ ވެފައި ވާހެންނެވެ. ނަމަވެސް މިވަގުތު ކައިލްގެ ހިތަށް ހަމަޖެހުން ގެނެސްދޭނެ ގޮތެއް ކައިރާގެ ވިސްނުމަކަށް ނައެވެ. ކައިލް އެ އެދެވޭ ކަންތައް އޭނާއަށް ކޮށްދެވޭކަށް ނެތެވެ.

ފޯނަށް މެސެޖެއް އައުމާއިއެކު ކައިލް އަވަސްއަވަހަށް މެސެޖު ހުޅުވައިލިއެވެ. “ސޮރީ ކައިލް…އައި އޭމް ރިއަލީ ސޮރީ..ކައިލް ބޭނުންވާ ކަންތައް ކޮށްދޭން ބޭނުން ބަޓް ނައު އައި ކާންޓް…އިޓްސް ނޮޓް ޕޮސިބަލް…އަހަރެން ކިތައްމެ ބޭނުން ވިޔަސް ބޭކާރު ދޮގުތަކެއް ހަދާ ބޭކާރު އުއްމީދުތަކެއް ކައިލްއަށް ދީގެން ކައިލް ހިތްހަމަޖައްސައިދޭކަށް ބޭނުމެއް ނޫން…ޝީ އިޒް މެރީޑް ދޯ…ކޮންމެ ގޮތެއް ވިޔަސް ކައިލް މިހާރު ވާނީ ހިލޭ ފިރިހެނަކަށް…ލިއާއާއި ދޭތެރޭ ވިސްނާލަބަލަ…ރިހާންއަށް މިކަންތައް އެނގުނިއްޔާ އޭގެ ރޯޅި އަންނާނީ ލިއާއަށް…ކައިލް ޕްލީސް އެކްސެޕްޓް ދަ ޓްރުތް…ޝީ އިޒް މެރީޑް…! ކިހިނެއް މިހާރު ލިއާ ގާތު ހިލޭ ފިރިހެނެއްގެ ވާހަކަ ދައްކާނީ…؟ އަހަރެން ކައިލް އޭ ކިޔާފައި ކީކޭ ލިއާ ގާތު ބުނާނީ…؟” ކައިރާގެ މެސެޖު ކިޔާފައި ކައިލްގެ ރުޅިގަނޑު ފަޅައިގެން ދާން އުޅުނެވެ. ނަމަވެސް އެ ރުޅީގެ މައްޗަށް ހިތާމަވެރިކަން ކުރި ހޯދިއެވެ.

“ޝީ ބްލޮކްޑް މީ އޮން އެވްރިތިންގް…ދެޓް ބާސްޓަރޑް ފޯރސްޑް ހަރ ޓު ބްލޮކް މީ…އައި ވޯންޓް ޓު ޓޯކް ޓު ހަރ ކައި…! އައި ވޯންޓް ޓު ޓެލް ހަރ ޓު ޓޯކް ޓު މީ…އައި ބެގް ޔޫ ޕްލީޒް މިވަރު އަހަންނަށް ކޮށްދީ…!” އައި ރިއަލީ ވޯންޓް ޓު ޓޯކް ޓު ހަރ… ޕްލީސް ކައި…އަހަރެން މޮޔަވެދާނެ…” ކައިލް މެސެޖު ކުރިއެވެ. ފޯނު ބާއްވާފައި ކައިލް ދެއަތުން ބޮލުގައި ހިފާ ބާރުކޮށްލެވުނެވެ. އޭނާ މޮޔަވެދާނެ ކަހަލައެވެ. ހިތާ ސިކުނޑީގައި ވަނީ ތޫފާނެއް އުފެދިފައެވެ. އޭނާގެ މުޅި ޒަމީރު ވެސް ވަނީ ހަލަބޮލިކަމެއްގައެވެ. ހިތުގައި ވޭން އަޅަމުން ދިޔައީ ކެތް ނުވާ ވަރަށެވެ. ލިއާ މިރޭ އެހެން ފިރިހެނެއްގެ އަތުތެރޭގައި ވާނެ ކަމުގެ ހިޔާލު ކުރެވޭ އިރަށް ކައިލްގެ ހިތުގެ ނާރުތައް ބުރިބުރި ވާކަހަލައެވެ. ހިތުގައި ރިހެމުން ދިޔައީ އިންތިހާއަށެވެ. ލޮލުން ފައިބަމުންދާ ކަރުނަތަކަށް ނިމުމެއް ނެތެވެ. ހިތްވަރުގަދަ ފިރިހެނަކަސް މިއަދު އޭނާ ވަނީ ލިއާ ދެކެ ވެވުނު ލޯބީގައި ބަލިކަށިވެފައެވެ. ހިތް ޒަހަމްވެ އޮހެމުން ދިޔަ ލޭތަށް ކަރުނައިގެ ސިފައިގައި އެ ރީތި ލޮލުން އޮހެމުން ދިޔައެވެ.

“ކައިލް…އައި މޭ ހޭވް ނޯ އައިޑިއާ އެބައުޓް ހައު ޔޫ ފީލް ރައިޓް ނައު…އެންޑް، އައި މޭ ނޮޓް ނޯ އެބައުޓް ދަ ޕެއިން ޔޫ އަރ ގޮއިން ތްރޫ…އެކަމަކު ދެން ހަގީގަތް ގަބޫލުކުރޭ ކައިލް…އައި ހޭޓް ޓު ސޭ ދިސް ބަޓް ލިއާ އަކީ މިހާރު ރިހާންގެ ހައްގެއް…ކައިލް ވާނީ ލިއާއަށް ހިލޭ ފިރިހެނަކަށް…ޕްލީސް ހިތްވަރު ކޮށްފައި މޫވް އޮން ކުރަން މަސައްކަތް ކުރޭ…ކައިލްއަށް ކޮންމެ އަންހެން ކުއްޖެއްވެސް ލިބިދާނެ…” ކައިރާގެ ރިޕްލައި ކިޔާފައި އިތުރަށް މެސެޖު ކުރުމުގެ ހިތްވަރު ކައިލް ގެއްލުނެވެ. ކަކުލުގައި އުޅަބޮށި ވިއްދާލައި ދެއަތުން މޫނު ފޮރުވައިލުމާއިއެކު ކައިލްއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އޭނާގެ ހިތްވަނީ ކުދިކުދިވެފައެވެ. ހަޔާތުގައި ވެސް ހަމައެކަނި ހަގީގީ ލޯބިވެވުނު ކުއްޖާ ބީވުމުން އެހިތަށް ވަނީ ކެތްކުރަން ދަތިވެފައެވެ. އަލަތު ލޯބި އޭނާއަށް ނާކާމިޔާބު ވެއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (24)

  1. Nayer

    Alheyyyyy 😭😭😭💔💔💔💔💔💔💔💔💔 Alya and naavee ge parts kiyaafa majaa vefa indha hama heart break vejje
    My Kyle 💔💔💔💔

    1. Lavender
      Nayer

      The mood changed so fast, right? From laughing with Alya and Naavy to crying over Kyle 😭😭 Our poor boy 💔

  2. 🩷😊

    Why why whyyy??? Kyle isn’t the only one in pain. We’re also 💔💔 😭😭
    Vrh reethi Masha Allah but alhey kyle and Leah maa gulhey. E rihaan leah libigen foni vegen ulheythee vec ehaa rulhi fasheh aadhey.. sahadhei my blood is boiling 😡😡
    But love the story tho. One of my fav author 🩷

    1. Lavender
      🩷😊

      “Awww 😭💔 I knowww, poor Kyle and poor readers too 😭😂 Thank you so much for loving the story and supporting my characters 💗 Let’s see what happens next… 👀

  3. ...

    Omg U made me and my Kyle cry ..I was hoping like emme fahu vaguthu liyaa no eyy bunaane kamah. ..but 😔 AHH my heart.. is liyaa having mixed feelings. Idk but I feel so sad for Kyle ..

    1. Lavender
      ...

      Awww 😭💔 I know, poor Kyle… and poor you guys too 😭😂 Leah definitely has a lot going on in her heart right now 👀 Let’s see what happens next 💗

  4. Kiwi

    Alheyy my kyle. Dhen heyo nuvaane ennu esorah ehen hadhaakah💔

    1. Lavender
      Kiwi

      I Know 😭 My Kyle didn’t deserve this either 💔😂 Please don’t come for me

  5. strawberrry

    alheyyyy levenderrrr…….kyle fakeerah ehn hadhaakah nuvaane ennu……..he literlly gave evrything he could n leah js…aaarrhhh….leah ah heyo visnun dhehvabaaaa……kyle n leah literlly belong to each otherrrr……leah pls come to the senssseeee………………….anyyywayyyy this part is rllly rllly rllly rlly goood, maasha allah keep it up girllllll

    1. Lavender
      strawberrry

      Awww 😭 I knoww…Kyle really gave everything he had and now look at us suffering with him 😭😂 Let’s hope Leah finds her senses soon 👀 Thank you so much, girllll 💗 I’m so happy you’re enjoying the story and supporting them 💗

  6. Its just me

    Alheyh noo don’t do this to kyle 💔😭 e rihaan gandu hunnaane mihaaru foni vefaa🙄🙄 huh i just hate him 😒 leah alhe nuvaane dhw ehn hadhan kyle ah 😔😔 rovijje hama 😭😭my poor kyle 🥹 btw mi part vx v reethi Masha Allah ♥️

    1. Lavender
      Its just me

      I know…poor Kyle…and Rihan is probably feeling way too confident right now 😒😂 Thank you so much girllll 💗 I’m glad you enjoyed this part despite all the heartbreak 🥺💗

  7. izik

    Lavender when I catch you Lavender 🩴🩴

    1. Lavender
      izik

      Leave me alone 💀

  8. laishyy_.

    Kyle ulhey haalu dheken hithah kulhadhaana eh nooon 😭😭..dhen Leahhhh.. rihaan is not worth it eyyy.. keehvegentha Kyle ah ehen hedhyyyyyy

    1. Anonymous
      laishyy_.

      I know…poor Kyle 😭 he really doesn’t deserve this 💔 And Leah is making all of us want to scream at her right now 😭😂 Let’s see what happens next 👀💗

  9. Mochi jimishi

    I think leah will go through a very hard time before she understands this marriage is a mistake 🙏🥀💔
    Adhi vhk eh nunimeythaa, so hoping someday she gets together with kyle, mihaaru gendhaa gothun heevany avahah nimumeh naanaanehen, THAT’S WHY I LIKE IT SMMM.
    I dunno why, but I support heartbreaks, its gonna toughen up my Kyle and Leah, strengthen their love in future – hopefully 🥹🥹

    1. Lavender
      Mochi jimishi

      I love how invested you are in their journey 💗 And yesss, sometimes heartbreak is what makes characters grow and understand what they truly want 😭👀 Let’s see where Kyle and Leah’s story takes them 🥹

  10. Eym

    Haadha dheragothe k mivy..kyle mathin handhaanvaa varun nuvs nidhun rangalhakah rayga.loa maraalaairahvs fennany kyle roathan😢😢.plz lavender vyhaavs avahah kyle kaeriah leah fonuvaafa kyle aa dhekudhin gulhuvaalaba

    1. Lavender
      Eym

      Awww nooo 😭🥹 I’m sorry Kyle has been living rent free in your head like that 😭 But I can’t promise anythinggg 👀😂 Let’s see if Leah finds her way back to him

  11. Maayaaa

    Sooooo sad……….. vaahaka dhaagothun heevay v bodu majubooree eh vegen kuri kamehhen theege fahathugai vany kail ge DAD

    1. Lavender
      Maayaaa

      You guys are really putting the pieces together nowww…I’m not saying you’re right or wrong though 👀😂 Let’s see if your theory is actually true 🤭💗

  12. pumpkin🎃

    alhey i thought it wouldnt happen but my kyle is heartbroken and its so sad to seee him like that 😭😭😭😭😭😭💔💔💔💔💔💔💔💔
    i hope he can be better🥺🤍🤍
    i can feel what he is going through poor kyle🥺🥺
    this part is so emotional andam curious to know what happen nxt🤔
    serious;y alyaa and navee is halarious😂🤣🙃
    patiently waiting for nxt part
    hope kylee can get better soon❤️‍🩹🧡

    1. Lavender
      pumpkin🎃

      Awww 😭💔 poor Kyle really has all of us hurting with him 🥹 I’m glad you enjoyed the emotional part though
      Alya and Naavy had to give us a little comic relief 😂😭 Thank you for waiting patientl girllll! Let’s see what happens next 👀💗

Comments are closed.