Skip to content
އެސްފިޔަ

ހިތް ދެވިއްޖޭ ކަލާއަށްޓަކައި – 41

12:03
Watch this episode Video · first minute free
Watch
Listen to this story Audio · 11:59 Powered by Esfiya Voice
0:00 11:59

ދެވަނަ އޮފިސަރު އަވަސް އަވަހަށް ފޮތުގައި ލިޔަމުން ދިޔައެވެ. “ޒިވްޔާ ގަބޫލު ކުރަނީ އެމީހަކީ ދާނިޝް ކަމަށް؟” ފުރަޔަމަ އޮފިސަރު އަހާލިއެވެ.

ޒިވްޔާ  އަނެއްވެސް އެ ފޮޓޯގަނޑަށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. “އައި ތިންކް…” ޒިވްޔާ ހިންދިރުވާލިއެވެ. އަދި ޖަވާބު ދިނެވެ. “ޔެސް.”

======================

ދާނިޝް ކޯމާ އެއްގައި އޮތް ވާހަކަ އައިކަނާއި ހަމައަށް ފޯރީ އައިކަން ކުލާހުގައި އިންދައެވެ. “ކީކޭ؟” އޭނާ ފަސްއެނބުރި ފަހަތުގައި އިން ކުއްޖާ ކައިރީ އަހާލިއެވެ. “ނޭނގެ. ދާނިޝް ވަރަށް ބޮޑަށް އިންޖާ ވެފަ އޯ އޮތީ. އެއް ބަޔަކު ކިޔާ އޭނާ ފުންމާލީ އޯ އުސް އިމާރާތަކުން. ފެއިލްޑް ސުއިސައިޑް އެޓެމްޕްޓް އަކޯ.” އެކުއްޖާ ބުނެލިއެވެ.

އައިކަންގެ ހަނދާނަށް އެއީ އެއްކަލަ ހޯލު ތެރެއެވެ. ޒިވްޔާ ދުވެފައި އައި މަންޒަރެވެ. ފަހަތުން ދާނިޝް އައި މންޒަރެވެ. ޒިވްޔާގެ މޫނުމަތިން ފެނުނު އިންތިހާ ބިރެވެ. އައިކަންގެ ކަތުރުކަށިގަނޑަށް ވާންވިއެވެ. އޭނާ ހީކުރީ ދާނިޝް ޒިވްޔާ ފަހަތުން އައީ ވާހަކައެއް ދައްކަން ބޭނުންވެގެން ކަމަށެވެ. އެހެނަސް މިހާރު ދާނިޝް އޮތީ ކޯމާއެއްގައެވެ.

ފުރަތަމަ ފަހަރަށް އޭނާއަށް ވިސްނާލެވުނެވެ. އޭނާއަށް އެދުވަހު ވިސްނުނީ ހަމަ ރަނގަޅަށް ބާވައެވެ؟ އެ ވިސްނުމަކުން އޭނާއަށް އެއްވެސް ލުޔެއް ނުލިބުނެވެ. އޭގެ ބަދަލުގައި އޭނާޣެ ހިތުގައިވީ ހައިޖާނުގަނޑު ވިއްޔާ ވީ ބޮޑެވެ. އެއީ ދާނިޝް ހަޤީގަތުގައި ވެސް ޒިވްޔާއަށް ކަމެއް ކުރީ ކަމަށް ވާނަމަ… އައިކަންގެ ދެއަތް މުށްކެވިގެން ދިޔައެވެ. ޒިވްޔާ އަށް ވީގޮތުގެ ހަޤީގަތެއް އައިކަނަކަށް ނޭނގެއެވެ. ޒިވްޔާ އެހާ ބިރުގަތީ ކީއްވެ ކަމެއް ވެސް އައިކަނަކަށް ނޭނގެއެވެ. އެހެނަސް އޭނާގެ ޝައްކު މިހާރު ޔަގީނަށް ބަދަލު ވެއްޖެއެވެ. ޒިވްޔާއަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ. ވަރަށް ވެސް ސީރިއަސް ކަމެކެވެ. އަދި ޒިވްޔާ އެކަމަކާއި އެ ކުރިމަތިލަނީ އެކަނިމައި އެކަނި ކަމެވެ. ގިނިކަންޏާ ކަމެވެ.

……………………..

ވެގެން އުޅޭ ގޮތް އިޒިކިއަލާއި ހަމައަށް ފޯރީ އަދި މާ ފަހުންނެވެ. އެދުވަހު މެންދުރު ވެސް ވެގެން ދިޔަ ފަހުންނެވެ. ދާނިޝް ފަޅު އިމާރާތެއްގެ ހަތް ވަނަ ފަންގިފިލާއިން ފުންމާލި ވާހަކައެވެ. އޭނާ މިހާރު ކޯމާއެއްގައި އޮތް ވާހަކައެވެ. ފުލުހުނަށް ނޯޓެއް ފެނުނު ވާހަކައެވެ. މިހާރު މުޅި ކޮލެޖުގައި އަލިފާނުގެ ހުޅުގަނޑެއް ރޯވަމުން،  ބޮޑު ވަމުން، ފެތުރެމުން ދާ ފަދައިން އެވާހަކަ ވެސް ފެތުރެމުން ދިޔައެވެ. ބާސްކެޓް ބޯޅަ ޓީމަށް ކުޅޭ ދާނިޝް އަމިއްލައަށް މަރުވާން އުޅުނު ވާހަކައެވެ.

އިޒިކިއަލް އަނެއްކަވެސް ބާސްކެޓްބޯޅަ ޓިމު ވައިބާ ގުރޫޕުގައި ހުރި މެސެޖުތައް ކިޔާލިއެވެ. އޭނާ ގާތަށް އައީ އިތުރަށް ރުޅިއެވެ. ދާނިޝް ދެކެއެވެ. މުޅި ދުނިޔެ ދެކެއެވެ.

އެއީ ޒިވްޔާ މިހާރު ވާހާ ވަރަށް ކަންތަކާ ކުރިމަތިލައިފިއެވެ. އޭނާ އެތައް ހަފްތާއެއް ވަންދެން އުޅުނީ އޭނާގެ ދިރިއުޅުމުގައި ހަނދާން ވެސް ނުވާ ރެއެއްގެ ހިޔަނިން ސަލާމަތް ނުވެގެނެވެ. ޒިވްޔާ ގައިގައި މީހަކު ކިރިޔާ ޖެހިލިޔަސް އެކުއްޖާފުޅު ދަނީ އެއްލިގެނެވެ. މީހުންގެ އަޑު ތަކާއި، މީހުން ގިނަ ތަންތަން ދެކެ ޒިވްޔާ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.

އެކަމަކު މިހާރު.. ޒިވްޔާއަށް އެހުރިހާ އަނިޔަލެއް ދިން ރަހުމު ކުޑަ މީހާ އެވަނީ ހޮސްޕިޓަލު އެނދެއްގައެވެ. ހޭނެތިފައެވެ. ކުށަށް ފުރިހަމަ އިއުތިރާފު ވުމެއް ނެތިއެވެ. އެއްވެސް ޝަރީއަތެއް އޭނާގެ މައްޗަށް ނުވެސް ހިންގެނީހެވެ. އެއްވެސް ހުކުމެއް ނުވަތަ އަދަބެއް ވެސް ނުދެވިއެވެ. ނުވެސް ދެވޭނެ ގޮތަށެވެ. އިންސާފަކީ މިއީ ހެއްޔެވެ؟ ނޫނެކެވެ. ޒިވްޔާ އެ ކުރިމަތީލީ ވޭނާއި އުދާހަށް މިއީ އެކަށޭނެ އިންސާފެއް ނޫނެވެ.

“ފަ*.” އިޒިކިއަލް އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އޭނާ ބޭނުންވީ ކޮންމެވެސް ގޮތަކުން ކޮންމެވެސް މީހަކަށް އެކުށަށް އަދަބު ލިބޭށެވެ. ދާނިޝަށެވެ. އޭނާގެ އަމިއްލަ ނަފްސަށް ޓަކައި ބަދަލަށް ބަދަލު ހިފާކަށް ނޫނެވެ.

ނޫނެކެވެ. އެއީ އޭނާގެ ސިކުނޑީން ފިލާ ނުދާ އެރޭ ޒިވްޔާ އޮތްގޮތް އޭނާގެ ސިކުނޑީގައި ބިންވަޅު ނެގިފައިވާތީއެވެ. ޒިވްޔާގެ ލެއިން ކަޅިވެފައިވި ފަތެއް ހާ ލުއި ހަށިގަނޑު އުފުލައިގެން ގެންދިޔައީ އިޒިކިއަލްގެ އަމިއްލަ ދެއަތުންނެވެ. ޒިވްޔާ ތެރަޕީ ސެޝަނަށް ދިޔަ ދުވަހު ހުރި ގޮތް ފެނުނީ ހަމަ އެ ދެލޮލުންނެވެ. ޒިވްޔާ އަނބުރާ ކޮލެޖަށް އައިއިރު އައިސް ހުރި ބަދަލުތައް އޭނާ އެންމެ ގާތުން ބަލަން ހުއްޓެވެ. އެއްޒަމާނެއްގައި އުފާލުން ފޮޅޭ އެދެލޮލުގެ ތެރޭގައި އާދަޔާ ހިލާފު ހިތާމައެއްވީ ކަން ފާހަގަ ކުރެވުނީ އޭނާއަށެވެ. މަސްނޫޢީ ހިނިތުންވުން ތަކުގެ ފަރުދާގައި ޒިވްޔާ ފިލަމުން ދިޔަ މަންޒަރު ގާތުގައި ބަލަން ހުރީ ވެސް ހަމަ އޭނާއެވެ.

ޒިވްޔާ ގަދަ ވޭނާއި ކެކުޅުމުގެ ތެރެއިން އޭނާގެ ދިރިއުޅުން އަލުން ކޮޅަށް ނަގައި، އަމިއްލަ ނަފްސު އަލުން ހޯދަން އުޅެމުން ދިޔައިރު، މި ހުރިހާ މުސީބާތަކަށް ޒިންމާ ވާންވީ މީހާ ހޮސްޕިޓަލުގެ އެނދެއްގައި އެއްވެސް ކަމެއް ނެތި އޮތުމަކީ އިންސާފު ހެއްޔެވެ؟ ހާދަހައިވާ ހެއްވައެވެ. މިއީ އިންސާފެއް ނޫނެވެ. އިންސާފުގެ އެންމެ އިންސައްތަ އަކަށް ވެސް ނުވާނެއެވެ.

އިޒިކިއަލްގެ ދެލޮލުން ދިލަ ނަގާހެން ހީވިއެވެ. އޭނާ ބަލާލީ ބާސްކެޓުބޯޅަ ކޯޓަށެވެ. އެންމެން ފޯރީގައި ކުޅެމުން ދިޔައެވެ. ހެމުންނެވެ. އާދައިގެ މަތިން ލިބުނު ޕޮއިންޓު ތަކާ މެދު ޒުވާބު ކުރަމުންނެވެ.

އިޒިކިއަލްގެ ދެއަތް މުށްކެވުނެވެ. ރުޅި އާދެވުނެވެ. ޒިވްޔާގެ ހާލާ މެދު އެއްވެސް ފަރުވަލެއް ނެތި މުޅި ދުނިޔެ އެކުރިއަށް ދަނީ ކީއްވެ ހެއްޔެވެ؟ މައުސޫމް ފުރާނަ އެއްގެ މުޅި ދިރިއުޅުން.. މުޅި މުސްތަގުބޮލު ވީރާނާ ވެގެން ހަފުސް ވެގެން ދާކަން ހަމަ ނޭނގެނީ ހެއްޔެވެ؟ ނުފެންނަނީ ހެއްޔެވެ؟ އަޖާއިބެކެވެ. ރަހުމުގެ ކަންފުޅެއް ވެސް ނެތެވެ.

އިޒިކިއަލްގެ ފޯނަށް މެސެޖެއް އައެވެ. ހަމަ އެއްކަލަ ގުރޫޕަށެވެ.

‘ދޭ ސެއިޑް ހީ މައިޓް ނޮޓް ވޭކް އަޕް އެނީޓައިމް ސޫން.’

ހިނދުކޮޅަކަށް އިޒިކިއަލަށް ކުރެވުނުހާ ވެސް ކަމަކީ އެ މެސެޖަށް ބަލަހައްޓައިގެން ހުރުމެވެ. އަދި ތުރުތުރު އަޅަމުން ދިޔަ އިނގިލި ތަކުން މެސެޖެއް ލިޔެލިއެވެ. ‘ގުޑް’. އެހެނަސް ދެވަނަ ސިކުންތުގައި އޭނާ އެމެސެޖު ފޮހެލިއެވެ. އަނެއްކާވެސް ލިޔެލިއެވެ. ‘އައި ޑޯންޓް ކެއަ.’ އަނެއްކާވެސް އެމެސެޖު ވެސް ޑީލިޓު ކޮށްލިއެވެ. އެއީ ބޮޑު ދޮގެކެވެ. އޭނާއަށް ހެވެކޭ ނުބުނެވޭނެއެވެ. އޭނާއަށް ހެވެއް ނޫނެވެ. ޒިވްޔާއަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. ޖިސްމާނީ ގޮތުން އެކަންޏެއް ނޫނެވެ. ނަފްސާނީ ގޮތުން ވެސްމެއެވެ.

އޭނާއަށް ހެވެއް ނޫނެވެ. އެހުރިހާ ކަމަކަށް ޒިންމާ ވާން ޖެހޭ މިހާ  އަދިވެސް ޝަރީއަތަކަށް ނުގެނެވެއެވެ. ހުކުމް ނުކުރެވެއެވެ. އަދަބެއް ނުދެވެއެވެ. ހުދު އޭނާ އަމިއްލަ މީހާއަށް ވެސް ޒިވްޔާއަށް އެއްވެސް ކަމެއް ނުކޮށްދެވުނެވެ. ޒިވްޔާ އެންމެ ބޭނުންވީ ދުވަހު އެ ހިމާޔަތްކަމެއް ފޯރުކޮށެއް ނުދެވުނެވެ.

އިޒިކިއަލް އޭނާގެ ފޯނަށް ބަލާލިއެވެ. އަދި ޒިވްޔާގެ ނަންބަރު ހޯދާލިއެވެ. އޭނާ މެސެޖު ކުރަން ބޭނުންވިއެވެ. ކޮންމެވެސް އެއްޗެއް ބުނާށެވެ. އެކަމަކު އޭނާ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟

‘ޒިވްޔާ ރަނގަޅު ހެއްޔެވެ؟’ ނޫނެކެވެ. އެހެން ބުނާނީ ކިހިނެއް ހެއްޔެވެ؟ ޒިވްޔާގެ ހާލު ރަނގަޅެއް ނޫންވިއްޔާއެވެ.

‘އައިމް ހިޔާ އިފް ޔޫ ނީޑް މީ.’ އެކަން ޒިވްޔާއަށް އެނގޭނެއެވެ.

‘އައިމް ސޮރީ.’ އިޒިކިއަލް އޭނާގެ ސިކުނޑީގައި އެހެން ކިޔާތާ މިހާރު އެތައް މަސްދުވަސް ވެއްޖެއެވެ.

އެންމެފަހުން އިޒިކިއަލް އެއްވެސް މެސެޖެއް ނުކުރެއެވެ. އޭނާ ފޯނު ނަގައި އޭނާގެ ޖީބަށް ލިޔެވެ. އަބަދުވެސް ދެން ބުނަންވީ ބަސްތައް ދުލުކުރީގައި ތައްޔާރަށް އޮންނަ.. އަނގަގަދަ އިޒިކިއަލްގެ ހަޔާތުގައި ފުރަތަމަ ފަހަރަށް… އޭނާގެ ބުނާނެ އެއްޗެއް ނެތެވެ. އޭނާ ބުނަންވީ ކީކޭ ކަމެއްވެސް ނޭނގުނެވެ.

…………………

ޒިވްޔާގެ ދިރިއުޅުން އާދައިގެ ދިރިއުޅުމަކަށް ބަދަލުވަމުން ދިޔައެވެ. ދާނިޝް އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ. ކޯމާގައެވެ. ފުލުހުން ސިއްރިއްޔާތުގައި ހަރަކާތްތެރި ވަމުން މައްސަލަ ތަހުގީގު ކުރަމުން ދިޔައެވެ. އެހެންނަމަވެސް އެހެން އެންމެނަށް ކުލާސްތައް ކުރިއަށް ދިޔައެވެ. ބާސްކެޓް ބޯޅަ ޕްރެކްޓިސްތައް ވެސް ކުރިއަށް ދިޔައެވެ. ހޯލުތަކުގައި ދެކޮޅު ދެކޮޅަށް މީހުން ހިނގަމުން ހެމުން ދިޔައެވެ. ހިޔާލެއް ފިކުރެއް ނެތިއެވެ.

ޒިވްޔާ ވެސް އޭނާގެ އާންމު ދިރިއުޅުމާއިގެން ކުރިއަށް ދާން ފެށިއެވެ ބައެއް ދުވަސްތަކުގައި އެގޮތަށް ކުރިއަށް ދިޔުން އޭނާއަށް ވީ ބޮޑު އުނދަގުލަކަށެވެ. ބައެއް ދުވަސްތަކުގައި އެނދުން ހިއްލާލުމަކީ ވެސް ބޮޑު ވޭނެކެވެ. އޭނާއަށް ކޮންމެ ދުވަހަކު ވެސް ހޭލެވެނީ ތެޅި ތެޅި އޮންނަ ހިތަކާއެކުއެވެ. ރަނގަޅަށް ނޭވާ ވެސް ނުލެވިގެންނެވެ.

ކުއްލި އަޑު ތައް ދެކެ ޒިވްޔާ އަދިވެސް ބިރުގަނެއެވެ. ބައެއް މީސްމީހުނާއި އޭނާ އުޅުނީ ދުރުދުރުންނެވެ. އެހެނަސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. އޭނާގެ ވަށައިގެން އުޅޭ އޭނާގެ އާއިލާ އާއި އެކުވެރިން މަސައްކަތް ކުރަމުން ދިޔައީ ޒިވްޔާގެ ކޮންމެ އަމަލަކަށް އެމީހުންގެ ލޯތައް އަމާޒު ނުވާ ކަމަށް ހެދެމުންނެވެ. ނަމަވެސް ޒިވްޔާއަށް އޮޅުވާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޒިވްޔާއަށް ނޭނގޭ ކަމަށް އެމީހުން ހިތަށް އެރި ނަމަވެސް ޒިވްޔާއަށް އެނގެއެވެ. ވަރަށް ރަނގަޅަށެވެ.

………………………

ބާސްކެޓުބޯޅަ ކުޅެމުން ދިޔަ ޒުވާނުންގެ ތެރޭގައި ވިޝާލާއި، ޝަޔާލްގެ އިތުރުން ޝަހުދު އަދި ރަޒާނު ވެސް ހުއްޓެވެ. ދާނިޝްގެ ހަޤީގަތް ވިޝާލަށާއި، ޝަޔާލަށް އެނގިފައި ވުމުން އެދެމީހުންގެ މޫނުމަތިން އަދިވެސް ހިތްހަމަ ނުޖެހުން ފެންނަމުން ދިޔައެވެ. އަދި ހާއްސަކޮށް ޝަހުދާއި ދިމާއަށެވެ. އެއީ ޝަހުދުގެ ކުށެއް ނޫން ކަމުގައި ވީ ނަމަވެސް ދާނިޝްގެ އާއިލާ މީހަކަށް ވީތީވެ ރުޅި އާދެވެނީއެވެ.

“ޝަހުދު.” ރަޒާން އައިސް ޝަހުދުގެ ކޮނޑުގައި ޖަހާލިއެވެ. “ހުމް؟” ޝަހުދު ހޫން އަޅުވާލިއެވެ. ދާނިޝް ހޮސްޕިޓަލުގައި އަދިވެސް އެޑްމިޓް ކޮށްފައި އޮތުމުން ޝަހުދު ހުރީ ދެރަވއެފައެވެ. މޫޑު ކަޓާފއެވެ. ގޮތްނޭނގޭ ސަބަބަކާ ހުރެ ވިޝާލާއި، ޝަޔާލްގެ ފަރާތުން އެ އަމާޒުވާ ކުދިކުދި ރުޅިގަނޑުތަކާ މެދު ވެސްމެއެވެ.

“ދާނިޝްގެ ހާލު ކިހިނެއް؟ އެނީ އިމްޕްރޫވްމެންޓްސް؟” ރަޒާން ޝަހުދު ގާތު އަހާލިއެވެ. ޝަހުދު ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނު މައްޗަށް މޮޅި ވެރިކަން ވެރިވިއެވެ. އެކަން ރަޒާނަށް ވަރަށް ފަސޭހައިން ނަގައިގަނެވުނެވެ.

“އުހުން. ހިޔެއް ނުވޭ އަވަހަށް ހޭ އަރާނެ ހެނެއް ވެސް.”

“ކްރޭޒީ.” ރަޒާނު މަޑުމަޑުން ބުނެލިއެވެ.

“އައިމް ސޮރީ، މޭން.” އެތަނަށް އައި އެހެން ޒުވާނަކު ބުނެލިއެވެ. އަދި ޝަހުދުގެ ކޮނޑުގައި ޖަހާލިއެވެ.

“އެނީ އައިޑިއާ ވައި ހީ ޖަމްޕްޑް؟” ރަޒާން ކުރިއަށް ޖެހިލަމުން އަހާލިއެވެ.

ޝަހުދު އެޒުވާނާއަށް ބަލާލިއެވެ. އޭރު ޝަހުދުގެ މޫނުމަތިން ފެނުނީ ދިލަ ވޭނެވެ. “ޝަޓް އަޕް. ހީ ޑިޑްންޓް ޖަމްޕް. ދާނިޝަކީ އެކަހަލަ މީހެއް ނޫން.” ޝަހުދުގެ އަޑު ކުރުހުނެވެ.

“ސޮރީ. މައި ބޭޑް.” ރަޒާން މަޢާފަށް އެދުނެވެ.

……………………….

ބެންޗެއްގައި އިށީނދެގެން އިން ޒިވްޔާ އިނީ އުނގުމަތީގައި ނޯޓު ފޮތެއް ބާއްވައިގެނެވެ. އޭނާ އިނީކީ ލިޔާކަށް ނޫނެވެ. އޭނާ ލިޔުން ހުއްޓާލިތާ މިހާރު އެތަކެއް މަހެއް ވެއްޖެއެވެ. އެހަނަސް މިއަދު އޭނާގެ އިނގިލިތައް ބޭނުންވީ ގަލަމެއްގައި ހިފަހައްޓާލާށެވެ. އޭނާގެ ސިކުނޑީގައިވީ އުދާސްތައް އެ ޞަފްހާއަށް ބޭރުކޮށްލާށެވެ.

ކުއްލިއަކަށް އައި ނައި ދިމާއެއް ނޭނގި އޭނާ އާއި ތަންކޮޅެއް ދުރުގައި އިށީނދެލީ އައިކަނެވެ. “ތި ގަނޑަށް ކިތަންމެ ވަރަކަށް ބެލިޔަސް ކުރަހާ ކަމަކަށް ނުވާނެ.”

ޒިވްޔާ އިސްއުފުލައި އައިކަނަށް ބަލާލިއެވެ. އަދި އޭނާގެ ދެލޯ އަނބުރާލިއެވެ. “ކާކުތަ ބުނީ ޒިވީ މިއުޅެނީ ކުރަހާށޭ؟”

“ތި ޕޭޖަށް ބަލަހައްޓައިގެން އިންތާ މިހާރު ފަސްދޮޅަސް ގަނޑިއިރު ވެދާނެ.”

“މޭބީ އައިމް ޖަސްޓް ތިންކިން.”

“ޔޫ؟ ތިންކިން؟ ތިދެން ވަރަށް ނުރައްކާތެރި ކަމެއް.”

ޒިވްޔާ ދެލޯ ހަނިކޮށްލަމުން އައިކަނަށް ބަލާލިއެވ. އެއާއެކު އައިކަން ގާތަށް ހިނިއައެވެ. ދެން ފެނިގެން ދިޔަ މަންޒަރުން އައިކަނަށް ހީވީ އޭނާގެ ފުއްޕާމެއިން ނޭވާ އުފުރައިގެން ދިޔަ ހެނެވެ. އޭނާ ބަލަބަލާ ހުއްޓައި ޒިވްޔާގެ ތުންފަތްމައްޗަށް ވެރިވީ ހުނިތުންވުމެކެވެ. މަޢުނަވީ ހިނިތުން ވުމެކެވެ. ކިތަންމެ ކުޑަކޮށް ނަމަވެސް އަސްލު ހިނިތުންވުމެކެވެ.

“އައި މިސްޑް ދެޓް.” އައިކަންގެ ދުލުން އެބަސްތައް ބޭރުވީ ނުވެސް ވިސްނާ ހުއްޓައެވެ.

ޒިވްޔާގެ ހިނިތުންވުން ކުޑަކޮށް ފަނޑުވިއެވެ. “ކޯއްޗެއް؟”

“ޔޫ.”

ޒިވްޔާއަށް ކުރެވުނުހާ ކަމަކީ އައިކަނަށް ބަލަހައްޓައިގެން ހުރުމެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އޭނާގެ ބަނޑުތެރޭގައި ކޮކާ އުދުހެން ފެށިއެވެ.

====================

މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން.

Comments (2)

  1. QUEEN-BEE

    wow vrh salhi
    i love there love story so gud
    when next i can’t wait to read the next

    1. Shyyyms
      QUEEN-BEE

      Thank u🩷
      insha’Allah next week I will upload

Comments are closed.