
ހައްލަކީ ކޮބާ؟ – 7

“އޯ ފަކް ނޯ..” މައިހާ އޭނާގެ މޫނު އަނެއް ފަރާތަށް އެބުރާލިއެވެ. ފެންނަމުން އެދާ އެއްޗެއް އިތުރަށް ބަލަން ކެތްނުވާތީއެވެ. އިޔާދު ވެސް ހުއްޓުން އެރީ ސްކްރީން އިން ފެންނަށް ހުރި އެއްޗެއްގެ ސަބަބުންނެވެ.
ޕާރޓް-7
“ވީ ނީޑް ޓު ރިޕޯޓް ދިސް..” އިޔާދު ބުނެލިއެވެ.
“ޑޫޑް.. އެނގެޔޭތިކަން.. ތީ މަ އަންކަލްގެ ފޯނު..” މައިހާ ވާހަކަދެއްކީ ތެޅިފައިވާ ބިއްލޫރި ކޮޅުތައް ސާފު ކުރަމުންނެވެ. އޭނާ ހުރީ ފަކުރު ގަނެފައެވެ.
“މި ގުޅަނީ ޕޮލިހުންނަށް..” އިޔާދު ފޯނު ނެގީ ޕޮލިހުންނަށް ގުޅުމަށެވެ.
“މިތަނަށް ޕޮލިހުން އައިސް ވަދެ ގަތީމަ މީހުން ކިޔާފާނެ ކަލޭ ވައްކަން ކުރީއޭ.” މައިހާ ހިނި ގަޑެއް ޖަހާލިއެވެ. އެ ވަގުތު ވަދެގެން އައީ އެތަނުގެ ވެރިމީހާ އެވެ. އިޔާދު އަވަސް އަވަހަށް ލެޕްޓޮޕު ލެއްްޕާލިއެވެ.
ހަވި ހިރުގެ ވަގުތެވެ. އައިލާ މީހުންނާއި އެކުވެރިން އެއްވެފައި ވަނީ ބްލޫ ސްކައި ގެއަށެވެ. ގޯތި ތެރޭގައި އެއްމެން ހޭލަމޭލަ އުޅެމުން ދިޔައެވެ. ހުނުމުގެ އަޑާއި ވާހަކަ ދައްކާ އަޑު މުޅި މާޙައުލު ވަނީ އެއް އަޑު ކޮއްފައެވެ. ހަވި ހިރުގެ ސަޔާއި އެކު އެއްމެ ހޫނު ގަދަ ކަމާއި އެކު ދެކެމުން ދިޔައީ ދަބު މާގެ ބެހުމުގެ ވާހަކައެވެ. ވާހަކައެއް ވެސް ނޫނޭ، ޒުވާބެކެވެ.
ސަލާމް ގޮވާލި އަޑަށް ހުރިހާ އެއްމެންގެ ނަޒަރު އެދިމާލުން ހުއްޓުނެވެ. ވަދެގެން އައީ ޕޮލިސް ޔުނިފޯމުގައި ތިބި ތިން މީހުންނެވެ.
“ހަމްދާނު ކޮބާ؟” އެތަނުން އިސްކޮށް ހުރި މީހާ ވަހަކަ ދެއްކިއެވެ.
“ކޮބާތޯ މައްސަލަ އަކީ؟” ހަމްދާނު ކުރިއަށް ފިޔަވަޅެއް އަޅައި ހިނިތުން ވުމެއް ދެމުން އަހާލިއެވެ.
“ހަމްދާނުގެ ފޯނު އޮތީ އަހަރެމެން އަތުގަ.”
ހަމްދާނު ވަގުތުން ބަލައިލީ ބަނބުކެޔޮ ގަސް ދަށުގައި ހުރި މައިހާ އާއި ދިމާލަށެވެ. މައިހާ އަވަސް އަވަހަށް ދުރު ބަލާލިއެވެ.
“ކުޑަކުދިންނާއި އަދި ބޮޑެތި މީހުންގެ ބަރަހަނާ ފޮޓޯ ތަކައި ވީޑިޔޯގެ އިތުރުން ގިންސީ ގޮތުން އެކި އަނިޔާތަށް ކުރާ ވީޑިޔޯ އާއި އެފަދަ ވާހަކަ ދައްކާފައި ހުރި މެސެޖު ތަކެއްވެސް ވަނީ ހަމްދާނުގެ ފޯނުން ފެނިފަ.” އެ ޕޮލިސް މީހާ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެތާގައި ތިބި ހުރިހާއި އެންމެންގެ މޫނު މަތިން ކުލަވަރު ބަދަލުވިއެވެ.
“ތީ ހުސްމެން ދޮގު ތުހުމަތު. އަހަރެން ނުކުރަން ތިކަހަލަ ކަމަށް.” ހަމްދާނު ހިނިތުންވެ ހުރެ ވަހަކަ ދެއްކިއެވެ.
“އެހެންވެ ދޯ މަށާ ބެހެން އުޅުނީ؟!” ޝީން ބާރަށް ވަހަކަ ދެއްކިއެވެ. އައިމިނަތު އުޅުނީ އޭނާ ހުއްޓުވާށެވެ. ނަމަވެސް މައިހާ ބަލާލި ގޮތުން އައިމިނަތުގެ އަނގަ ބަންދުވިއެވެ.
ޕޮލިހުން އައިސް ހުރިހާ އެންމެންގެ ކުރިމަތީ ގައި ހަމްދާނުގެ ބިޑިއަޅުވާފައި ގޯތިން ނެރެން ގެންދިޔައެވެ. ހަމްދާނު ހަޅޭ ލަވަން ފެށިއެވެ.
“ކަމޭމެން މިކަމުން ސަލާމަތެއްނުވާނެ!!! މަ އަދި އަންނާނަން!! ކަލޭމެން އެންމެން މިދުވަސް ހަދާން ކުރާތި!!”
“މިދުވަސް ހަދާން ކުރަތި!!”
ހުރިހާ އެއްމެން ތިބީ ހުއްޓުން އަރާފައެވެ. ބުނާއެއްޗެއް ނޭގިފައެވެ. މަދަމަދުން މީހުންތަން ގޮސް މުޅި މާހައުލު ހަމަ ހިމޭންވިއެވެ.
ހުރިހައި ކުދިން ތިބީ ޝީންގެ ކޮޓަރީ ގައެވެ. އެއްވެސް ކުއްޖަކު އަގަ އަކުން ނުބުނެވެ. ރައިހާ ދިޔައީ އިޔާދު އާއި މެސެޖު ކުރަމުންނެވެ. ރަޝާ ވެސް ދިޔައީ އޭނާގެ ލޮބިވެރިޔަ ޒަޔާން އާއި ވަހަކަ ދައްކަމުންނެވެ. މައިހާ އާއި ޝީން އޮތީ އެދު މަތީގައި އޮށޯވެލައިގެންނެވެ. ހަމްނާ އިނީ އެދުގައި ބުރަކަށި ޖައްސައި ލައިގެން ލޯމަރައިގެންނެވެ.
“ޔޫ ނޯ.. ހީ ޔޫސްޓު ފޯސް ހިމްސެލްފް އޮންމީ..” ހަމްނާ ވައި އަޑުން ބުނެލިއެވެ. ހުރިހާ ކުދިންގެ ނޭވާ ހުއްޓުނެވެ. ހަމައެކަނި އިވޭ އަޑަކީ މޭޒު މަތީގައި އިން އެލާމު ގަޑީގެ ކަށި ހިނގާ އަޑެވެ.
“އޯ މައި ގޯޑް..” އެލީޝާ ގޮޑިން ތެދުވެ ހަމްނާގައިގައި ބައްދާލލިއެވެ.
ޖެހިގެން އައި ދުވަހު މެންދުރު ފަހެވެ. އެއްމެން ތިބީ ގޭގެ ސިޓިން ރޫމް ގައެވެ. އެއްވެސް މީހަކު ވާހަކަ އެއްނުދަކައެވެ. އެމީހަކު އެމީހެއްގެ ފޯނަށް ގެއްލިފައި ތިއްބެވެ.
ސަލާމްގޮވާލައިފައި ވަނީ ދެ ޕޮލިސް މީހުންނެވެ. ހުރިހައެންމެންގެ ބަޔާން ނަގައި ސުވަލު ތަކެއް ކުރުމަށް ފަހު އެމީހުން ދިޔައެވެ. ހަމްނާ ގޮސް ކޮޓަރިއަށް ވަދެ ތަންޑުލިއެވެ. ރޭގަނޑު ވީ އިރުވެސް އޭނާ ބޭރަކަން ނުނިކުމެއެވެ.
“ހަމްކޯ؟..” ރަޝާ ގޮވާލީ އެކޮޓަރީދޮރުގައި ޓަކި ދެމުންނެވެ. ޖަވާބެން ނުލިބުމުން އަނެއްކާވެސް ގޮވާލިއެވެ.
“ކޮބާ؟” ރަޝާ ތިރިއަން ފައިބައިގެން އައުމުން މައިހާ އަހާލިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ.
ނޫޑުލީސް ކަންކައިގެން ހުރިހާ ކުދުިން ކެއުމަން ތައްޔާރު ވަމުން ދަނިކޮށް ހަމްނާ އައެވެ. އެނާގެ ލޯހުރީ ދުޅަވެ ރައިތް ވެސް ވެފައެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. އޭނާ އައީ ނިދިން ހޭލައިގެންކަން ވަރަށް ރީއްޗަށް ވެސް އެގެއެވެ. އެއްވެސް މީހަކު އެކަމާ ބެހޭ ގޮތަކުން ބަހެން ނުބުނެއެވެ.
“އައްސަލާމު ޢަލައިކުމް..” މީހަކު ސަލާމް ގޮވާލި އަޑަށް ހުރިހައި ކުދިން އެދިމާއަށް ބަލާލިއެވެ. ދޮރުމަތީގައި ހުރީ ރައިހާގެ ލޯބިވެރިޔާ އިޔާދު އެވެ. ރައިހާ ސަލާމް ބަލައި ގަންނަމުން އޭނާގަތަން ދިޔައެވެ.
“އޭ.. އޭނަ އައިމަ އޭނައަށް ކާންދީފަ ދޯ ފޮނުވަން ވާނީ..” މަޖާވެލާފައި ރަޝާ ބުނެލިއެވެ. އެލީޝާ ވެސް މަޖާވެފައި ހީލިއެވެ.
ކާން ތިބިއިރު ހުރިހައި ކުދިން އެކި ވާހަކަތަށް ދައްކަމުން ގެންދިޔައެވެ. ނަމަވެސް ހަމްނާ އިނީ ވަރަށް މަޑުމަޑުންނެވެ. އެކުދިން މަސެއްކައިތް ކުރަމުން ގެންދިޔައީ އޭނާ ހެއްވާލެވޭ ތޯއެވެ.
ޖެހިގެން އައި ދުވަހެވެ. ގޭތެރެ ހީވަނީ ހިތާމައިން ފެންވަރުވާ ފައި ވާހެންނެވެ. ގޭތެރެއަށް ވަދެގެން އައި ޒާހިރުއަށް ފެނުނީ މައިހާ ސިޑިން ފެއިބިތަނެެވެ. އޭނާ އައިސް، މައިހާގެ އުޅަންބޮށީގައި ބާރަށް ހިފިއެވެ. އޭނާގެ ކަންފަތާއި ގާތަން ގުދުވެފައި އިންޒާރުގެ ރާގަކަށް ވާހަކަ ދެއްކިއެވެ.
“މަށަށް އެގޭ ކަލޭގެ ކޮންމެސް އަތެއްވާކަން ބޮޑުދޮންބެ ޖަލުން ދިޔުމުގެ. އަދި މަށަށް އެގޭ ކަލޭއަށް އެގޭކަން މިތާ އެހެން މީހަކަށް ނޭގޭ އެތައްކަމެއް. މަ ބުނަން އެއިން ވާހަކަ އަކީ އަގަ މައިތިރި ކޮއްގެން ހުންނާށޭ، އެހެންނޫނީ ކަންތަށް ވަރަށް ގޯސް ވާނެ. ބުނަންތަ ވާހަކައަށް.. ކަލޭ ކިތަންމެ ވަރަކަން އެވާހަކަ މީހުން ކައިރި ކިޔަސް ގަބޫލު ކުރާނެ މީހަކު ނުވާނެ.. އަދި ހަމަ އެއް ވާހަކަ ތިހިޔާ-”
“ޒާހިރު؟” ފަހަތުން އިވުނީ ފަރީދާގެ އަޑެވެ. އޭނާ ހުރީ ޝައްކުން ފުރިގެންވީ ނަޒަރަކުން ޒާހިރުއަށް ބަލާށެވެ.
ޒާހިރު ފަހަތަށް ފިޔަވަޅެއް އަޅާލީ މައިހާގެ އަތުން ދޫ ކޮށްލަމުންނެވެ. އަދި ހިނިތުން ވުމެން ދެމުން ދެމުން ފަރީދާ އާއި ކުރިމަތި ލިއެވެ.
“ކުޑާ؟ މައިހާ ވެއްޓެން އުޅުނީމަ ހިފައްޓައި ދިނީ..”
“ހްމްމް..” ފަރީދާ ގޭތެރެއަށް ވަދެގެން ދިޔައެވެ. މައިހާ އަވަސް އަވަހަށް ނުކުމެގެން ދިޔައެވެ.
މެންދުރުގެ ކައުން ތައްޔާރު ކުރީ ރަޝާއެވެ. އޭނާ އާއި އެކު އެލީޝާ ވެސް ބަދިގޭގައި އުޅުނެވެ. އެކި ވާހަކައިގައި ދެކުދިން ތިންބައި އައިމިނަތު އައިސް ބަދިގެއަށް ވަނެވެ.
“މައިހާ އެއްވެސް ވާހަކަ އެއް ދެއްކިތަ؟” އައިމިނަތު އަހާލިއެވެ. ރަޝާ އާއި އެލީޝާ އެއް ކުއްޖަކު އަނެއް ކުއްޖަކާއި ދިމާލަށް ބަލާލިއެވެ.
“ތިބުނީ؟” ރަޝާ އަހާލިއެވެ.
“އަޅާ ނުލާ..” މިހެން ބުނެފައި އައިމިނަތު ނުކުމެގެން ދިޔައެވެ.
ރާޅުތައް އައިސް ގޮނޑުދޮށަށް ބީއްސާލާ ހިސާބުގައި ދެކުދިން ހިގާފައި ދާތަން ފެނެއެވެ. އަތު ގުޅުވައިގެން މަޑު ހިނގުމެއްގައި ގޮސް އެއްގަމަށް އަރައި ހޭޅިފަށުގައި ހުރި ގަސް ތަކުގެ ހިޔަލުގައި ދެކުދިން އިށީނެވެ.
އިޔާދު އޭނާގެ އަތް އަޅުވައިލީ ރައިހާގެ އުނަގަނޑު ގައެވެ. އަދި އޭނާ އާއި ގާތަށް ރައިހާ ގެންއެވެ. ރައިހާ ލަދުން އޭނާގެ މޫން ފޮރުވާލިއެވެ. އިޔާދުއަށް މަޖާ ކަމަކަށް ވެގެން ރައިހާގެ ކޮލަށް ބޮސް ދިނެވެ.
“ޕިސް.. އިޔާދް.. މީހަކަށް ފެނިދާނޭ..” ރައިހާ ދުރަން ޖެހެން މަސައްކަތް ކުރައެވެ. ނަމަވެސް އިޔާދު އޭނާ ދުލެއް ނުކުރެއެވެ.
“ފެނުނަސް ކީއްތަ؟ އެއްމެނަށް ވެސް އެގެ އޭ މި ގުޅުމުގެ ވާހަކަ..” އިޔާދު އޭނާގެ ދަތްދޮޅި ޖައްސާލީ ރައިހާގެ ކޮނޑުގައެވެ.
“ދެން.. އެކަމަކުވެސް..”
ދެކުދިން ސިހުނީ އިޔާދުގެ ފޯނު ރިންގުވީ އަޑަށެވެ. އޭނާ ފޯނުން ވާހަކަ ދެއްކުމަށް ތެދުވެގެން ދުރަށް ދިޔުމުން ރައިހާ ވެސް އޭނާގެ ފޮނު ޖީބުން ނެގިއެވެ.
“އައި އެބަ ޖެހޭ ގެޔަށް ދާން..” ރައިހާ ގޮސް އިޔާދު ގަތުގައި ބުނެލިއެވެ. އޭނާ ބޯޖާލައިފައި ރައިހާގެ އަތުގައި ހިފާލިއެވެ. އަދި ދެމީހުން އޭކުގައި ރަށު ތެރެއަށް ހިގައި ގަތެވެ.