Skip to content
އެސްފިޔަ

ހައްލަކީ ކޮބާ؟ – 8

Listen to this story Audio · 7:13 Powered by Esfiya Voice
0:00 7:13

ދެކުދިން ސިހުނީ އިޔާދުގެ ފޯނު ރިންގުވީ އަޑަށެވެ. އޭނާ ފޯނުން ވާހަކަ ދައްކަމުން އޭނާ ދިޔައީ ދުރަށެވެ. ރައިހާ ވެސް އޭނާގެ ފޯނު ޖީބުން ނަގައި ބަލަން ފެށިއެވެ.

“އައި އެބަޖެހޭ ގެޔަށް ދާން..” ރައިހާ ގޮސް އިޔާދު ގާތުގައި ހުއްޓިލާފައި ބުނެލިއެވެ. އޭނާ ބޯ ޖަހާލާފައި ރައިހާގެ އަތުގައި ހިފައިލިއެވެ. އަދި ދެކުދިން އެކުގައި ތަށު ތެރެއަށް ހިގައިގަތެވެ.

ޕާރޓް-8

ދެކުދިން އައިސް ގޭގެ ދޮރާއްޓާއި އަރާ ހަމަވި ތަނާހެން ބޭރަށް ނިކުމެގެން އައީ ރަޝާއެވެ. އޭނާ ހުރީ ކޮއްވެސް ނުދަންނަ ފިރިހެނެއްގެ އަތުގައި އަތް އަޅުވައި ގެންނެވެ. އޭނަގެ މޫނު މަތިން ފެންނަން ހުރީ އުފާވެރި ހިނިތުންވުމެކެވެ.

“ރައިހާ.. މީ އައިގެ ބޯއިފްރެންޑް.. ޒަޔާން.. ދެންމެ ރަށަށް އެއީ..” ރަޝާ ވަރަށް އުފަލުން ހުރެ ވާހަކަ ދެއްކިއެވެ.

“މިދަނީ މައި ގާތަށް ސައިކު ލިބޭތޯ..”

ރައިހާ ފާޑަކަށް ހުރެ ހިނިތުންވުމެއް ދީފައި ބޯޖަހާލިއެވެ. ރަޝާ އިތުރު އެއްމެ ސިކުންތެއް ވެސް މަޑު ކޮއްލުމަށް ނެތި ދުރަށް ހިގައިގަތެވެ. ރައިހާ ވެސް ހިނދުކޮޅަކު އެތާގައި ހުރުމަށް ގަހު ގޯތި ތެރެއަށް ވަނެވެ. އަދި އިޔާދު ގާތުގައި އެތާ މަޑު ކުރުމަށް ފަހު ރައިހާ ވަނީ ގޭތެރެއަށެވެ. އިޔާދުގެ ތުންފަތް މަތިން ކުޅެވިފައިވާ މަޑު ހިނިތުންވުން ފުހެވިގެން ދިޔައީ ފަހަތުން މީހަކު ކަރު ކެހިލި އަޑަށެވެ. ފުނަ ނޭވާއެއް ދޫކޮށްލަމުން އެނާ އެނބުރުނީ އަނެއްކާވެސް ހިނިތުން ވަމުންނެވެ.

“އިޔާދް.”

“ޙުސެއިން ބެ.”

“ރައިހާ އަށް ރަނގަޅަށް ހިތާ ތި..” އެއީ ރައިހާގެ ބައްޕަ ޙުސެއިން އެވެ.

“ލައްބަ..، އަޅުގަނޑު ރައިހާ ދެކެ ވަރަށް ލޯބިވޭ. އޭނާ އަށް ލިބޭ ކޮންމެ ހިއްދަތި ކަމަކީ އަޅުގަނޑަށް ވެސް ލިބޭ ދެރައެއް..” އިޔާދު މިހެން ބުނުމުން ޙުސެއިން ބޯޖަހާލިއެވެ.

ކައުންޓަރު ފުރަގަހުގައި އިން މައިހާ އިސް އުފުލައި ބަލާލީ މީހަކު ބޭކަރީއަށް ވަދެގެން އައުމުންނެވެ. ހިނިތުން ވެލާފައި މުހާތަބު ކުރަން އަނގަ ހުޅުވާލި ގޮތަށް ހުއްޓުން އެތިއެވެ. އެއީ އެ ޒުވާނާއެވެ. މީގެ ހަފުތާއެއް ކުރިން އެނާ ފާރުމަތިން އަރަނިކޮށް އެހީވި ޒުވާނާއެވެ. އަޔާން އެވެ.

“ފާރުމަތިން އެރި ގާރްލް ދޯ؟” އަޔާން ހިނިތުން ވެލާފައި ވާހަކަ ދެއްކީ ކައުންޓަރު ގައި އަތް ވިއްދާލައި ކުޑަކޮށް އޭނާ އާއި ދިމާއަށް ގުދު ވެލިއެވެ.

“ވަޓް ވުޑް ޔޫ ލައިކް، ސާރް؟” މައިހާ އަހާލީ އަޔާން އާއި ހަތަރު ކަޅި ހަމަ ކޮށްލަމުންނެވެ. މައިހާ ހިތުގެ ތެޅުން އަވަސް ވިއެވެ.

އަޔާން ބަލަން ހުރެފައި ދުލުން އޭނާގެ ތުނި ތުންފަތް ތެންމާލިއެވެ.

“ޗިކަން ބާގާއެއް..” މައިހާގެ ކަޅިން އެނާގެ ކަޅި ވަކި ކޮށްނުލައި އަޔާން އޭނާގެ އޯޑަރު ދިނެވެ. މައިހާ ފުރަގަސް ދިނުމުން އަމިއްލަ ނަފްސަށް ހިނިތުން ވެލާފައި އޭނާގޮސް މޭޒެއްގެ ދޮށުގައި އިށީނެވެ.

ފޯނެއްގައި އޮތް އެލީޝާ ސިހިފައި ބަލާލި ގޮތަށް ހަޅޭއްލަވައިގަނެ ބްލޭންކެޓް އިން އޭނާގެ ބަރަހަނާ ހަށިގަނޑު ފޮރުވިއެވެ. އޭނާއި އެކު ދޮރު ހުޅުވި ޝީން ވެސް ހަޅޭލަވަން ފެށިއެވެ. އަދި ބާރަށް ދޮރު ޖެހިއެވެ. ޝީން ދިޔަ ގޮތަށް ގޮސް އޭނަގެ ކޮޓަރިއަށް ވަދެ ދެ ކޮޅަށް ހިގަން ފެށިއެވެ. އޭނާ ފަހަތުން އައިސް އެލީޝާ ވެސް އެ ކޮތަރިއަށް ވަނެވެ.

“ވަޓް ދި ފަކް ވޯސް ދެޓް؟! ދޮރު ހުޅު ވުމުގެ ކުރިން ޓަކި ޖަހާކަން ނޭގޭތަ؟” އެލީޝާ ނުރުހުން ވެފައި ބާރަށް ވަހަކަ ދެއްކިއެވެ.

“ވަޓް ދަ ހެލް ވާރ ޔޫ ޑުއިންގް؟! ކޮން ފިރިހެނަކާ ގުޅައިގެން ތަ ތި އޮތީ؟! ބްރޮ ވަޓް ދަ ފަކް!! އެޓް ލީސްޓް ތަންޑު ލައިގެން އުޅެބަލަ ދޯ!!” ޝީން ހުރީ ރުޅި އައިސް ވާނުވާ ނޭގިފައެވެ.

“ގޮވާ ގޮވާ ހަބަރެއް ނުވީމަ ޓަކި ޖެހީ. ވައި ދަ ފަކް ވާރ ޔޫ ނޭކެޑް!! މީހަކާ ގުޅައިގެން އަދިއެވެސް..”

“އޯކޭ. މަ ބޭނުމެއް ނުން މި ވާހަކަ ދައްކާކަށް. ޖަސްޓް-ޖަސްޓް.. އެއްވެސް މީހަކު ކައިރި ނުކިޔާތި.” އެލީޝާ ނުކުންނަމުން ބުންޏެވެ.

“މަގޭ ބަދަލުގަ އެ ގަޑި ދޮރުހުޅުވީ ކުޑާއަށް ވިނަމަ؟” ޝީންގެ މި ސުވާލާއި އެކު އެލީޝާ އޭނާގެ ފިޔަވަޅު މައްޗަށް ހުއްޓުނެވެ. ކަރު އަބުރާއި ޝީން އާއި ދިމާލަށް ބަލަން ހުރެފައި ޖަވާބެއް ނުދީ އޭނާ ނުކުމެގެން ދިޔައެވެ.

ވިއްސާރަ ވިލާތައް ބޯ މަތި ކުރަމުން ދުނިޔެ މަތި އަދިރި ކުރަމުން ދިޔައެވެ. ވައި ގަދަވެ ހީވީ ގަސް ތައްވެސް މުލުން ހޭލަފާނެ ހެންނެވެ. ކަނޑުގެ ލޮނުގަނޑު މިހާރު ވަނީ ރުޅި އައިސް ހުދު ތާކިހާ އަޅާފައެވެ. މަގު މަތީގައި އުޅެމުން ދިޔަ މީހުން ވެސް އެމީހަކުގެ ގެޔަށް ދިޔުމަށް މިސްރާބު ޖަހައިފިއެވެ.

ބޭކަރީގެ ދޮރު ހުޅުވާލާފައި ވަނީ ރަޝާއެވެ. އޭނާ އާއި އެކު އޭނާގެ ލޯބިވެރިޔާ ޒަޔާން ހުއްޓެވެ. ރަޝާ އައިސް ކައުންޓަރު ކައިރީގަ ހުއްޓުނު އިރު މައިހާ ހުރީ އޭނާގެ ފޯނުން މެސެޖް ކުރާށެވެ. ރަޝާ ކަރު ކެހިލި އަޑަށް އޭނާ ސިހިފައި ބާލައި ފޯނު ޖީބަށް ލިއެވެ.

“ރަޝާ؟ މިތާ ކީއްތަ ތި ކުރަނީ؟” މައިހާ އަހާލިއެވެ. “ޒަޔާން ކޮން އިރަކު އައީ؟”

“އޭނަ އެއައީ ދެންމެ. އަސްލު މިއައީ ސައިކު ލިބޭނެތޯ..” ރަޝާ މިހެން ބުނުމުން މައިހާ އޭނާގެ އަތަށް ސައިކަލު ތަޅުދަނޑި ދިނެވެ.

“އެއީ އެއްކަލަ ޑޫޑް ދޯ؟” އަޔާން އާއި ދިމާއަށް ބަލާލަމުން ރަޝާ އަހާލިއެވެ. “ދެޓް މޫދުގަ ބަލަން ހުރި ޑޫޑް ދޯ؟

“މްމް.. އެއީ އޭނާ.. ހީ ޑަސް ނޯޑް ލުކް ބޭޑް ދޯ..” މައިހާ ވެސް މަޑު މަޑުން ބުންޔެވެ.

“އޯކޭ.. މިދަނީ ދެން..” ރަޝާ މިހެން ބުނެފައި ޒަޔާންގެ އަތު ގައި ހިފައިގެން ބޭރަށް ނުކުތެވެ.

ސައިލަށް އަރައިގެން ދެކުދިން ދިޔައެވެ. އަޔާން ވެސް މާގިނައިރު ތަކެއް ނުވެ ނުކުތެވެ. މައިހާ އަނެއްކާ ވެސް އެކަނި ވިއެވެ. ހަމަ އެވަގުތު ވާރާ ވެހެން ފެށިއެވެ.

ބޭކަރީ ބަންދު ކޮއްފައި މައިހާ ނުކުތީ ބޭރަށެވެ. އެ ވަގުތު އަނެއްކާވެސް ވިއްސާރަ ބޯ ކޮއްލިއެވެ. މައިހާ ވަގުތުން ތެމުނެވެ.

“އައި ހޭވް އޭން އަމްބްރެއްލާ..” މައިހާ އަޑު އައި ދިމާލަށް އައި ދިމާލަށް ބަލާލިއެވެ. އޭރު އަޔާން ކުޑައެއް ހިފައިގެން ހުއްޓެވެ. އޭނާ ވެސް ހުރީ ތެމިފައެވެ.

ވާރޭއިން ތެމިފައިވާ އޭނާގެ ފަން އިސްތަށިގަނޑު ވަނީ އެ ތޫނު ދެލޯ ނިވައި ކޮއްފައެވެ. ނޭފަތު ކޮޅުން ވެސް ދިޔައީ ފެން ތިކި ޖަހަމުންނެވެ. އޭނާގެ ހިމަ ތުންފަތުން ފެށިގެން ފެންތިކިތައް ދަތުރު ކުރަމުން ގޮސް ކަރުން ތިރިއަށް ފައިބައިގެން ދާތަން ބަލަށް ކިތައްމެހާވެސް ހިތްގައިމެވެ. ހިންދިރުވައިލާ ވަގުތު އޭނާގެ ލަގޮނޑި ހަރަކާތް ކުރާ މަންޒަރު ބަލަން ކިތައްމެ ހާއި ގިނައިރަކު އިނދެވިދާނެއެވެ. ބައިމަތި ފުޅާވެފައި ކިތައްމެހާވެސް ރީއްޗެވެ. ލައިގެން ހުރި މުށިކުލައިގެ ޓީޝާޓް ވަނީ ހަށިގަނޑުގައި ހިފައި ލެވިފައެވެ. އޭނާގެ އެބަސްތައް ހުރީ ނިކަން ރީތިކޮށް ފެންނާށެވެ. ބާލާ ފޫހި ނުވާނެ ކަހަލައެވެ.

“މި ބޭނުންތަ؟” އަޔާން އަހާލިއެވެ. މައިހާ ސިހިފައި ހިޔާލު ތަކުން ބޭރު ވިއެވެ.

“ޔާ.. ޝުކުރިއްޔާ..”

“އެކަނިތަ ދާން ޖެހެނީ؟”

“މްމް… އެ އޯކޭވާނެ..” ކުޑަ ހުޅުވާލަމުން މައިހާ ބުންޏެވެ.

“އެކަމަކު ވެސް އައި ވިލް ވޯކް ވިތް ޔޫ.. އެހާ ސޭފް އެއް ނުވާނެ އައްހެން ކުއްޖަކު އެކަނި ހިނގައިފަ ދާކަށް..” އަޔާން މައިހާ އާއި ތަންކޮޅެއް ދުރުން ނަމަވެސް އޭނާ އާއި އެވަރަށް ހިގައި ގަތެވެ.

ފޯނު ކަންފަތުން ތިރި ކޮށްލަމުން އައިމިނަތު ބަލައިލީ ފަރީދާއާއި ދިމާއަށެވެ. އޭނާގެ މޫނު މަތިން ފެންނަށް ހުރީ ނުތަނަވަސް ކަމެވެ. ފަރީދާ އައިސް ސޯފާގައި އިށީނެވެ.

“ޕޮލިހުން އެ ގުޅީ.. ބޮޑު ދޮންބެގެ މައްސަލަ ތަހުޤީގު ކުރުމުގެ ތެރެއިން އެހެން މައްސަލަ ތަކަށް ވެސް ފެންމަތި ވެއްޖެ އޯ…”

“ކޮންކަހަލަ ކަމެއް؟..” ފަރީދާ އަހައިލީ ހައިރާން ވެފައެވެ. އައިމިނަތު ވެސް ސޯފާގައި އިށީނީ އޭނާގެ ފައިގައި ކޮޅަށް ހުއްނާނެ ހިއްވަރެއް ނެތިގެން ކަހަލަ އެވެ.