Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަން އުމުރަށް ލޯބިން

_MuXo_
_MuXo_ Level 110 Stories
September 25, 2026 3 Mins Read
0 Comments

ޗެޕްޓާރ:13

ސައިބުއިގެން އެންމެން ވަނީ ކޮޓަރިތަކަށެވެ. އިޒްދާން ވަނީ ކޮޓަރިއަށެވެ. އަހަރެން ވެސް ގޮސް އޭނާ ފަހަތުން ގޮސް އޭނާގެ ގައިގައި ފަހަތުން ބައްދާލީމެވެ. އިޒްދާންގެ ކަރުން ވަސްގަނެލީމެވެ. އޭނާގެ ގައިން ދުވަނީ ވަރަށް މީރު ވަހެކެވެ. ވަރަށް ތަފާތު ވަހެކެވެ. ގައިމުވެސް އަހަރެން ވެސް ބޭނުން ކުރަނީ ހަމަ އޭނާ ބޭނުން ކުރާ ސާބޯންޔާއި ޝޭމްޕޫ އެވެ. އަހަރެންނަށް މިވަސް ވަރަށް ކަމުގޮސިއެވެ. އިޒްދާން އުޅުނީ އަހަރެން ދުރުކުރުވޭތޯ އެވެ. ނަމަވެސް އަހަރެން އޭނާ އިތުރަށް ގަޔާ ކާރި ކޮށްލީމެވެ.

“ޒާން..؟” މަޑުމަޑުން އަހަރެން އޭނާ އަށް ގޮވާލީމެވެ. ވަގުތުން އިޒްދާން މާތިރިވިއެވެ.

“ޒާން ކޮންއިރަކު އަހަރެން ދެކެ ލައިކްވާން ފެށީ..؟” އަހަރެން އަހާލީމެވެ. އޭނާ ފުންނޭވާ އެއް ދޫކޮށްލިއެވެ.

“މީގެ ތިން މަސް ކުރިން..” އިޒްދާންގެ ޖަވާބު އަހާފައި އަހަރެން ހައިރާންވިއެވެ. ވަގުތުން އޭނާ އަހަރެންނާއި ދިމާއަށް އަނބުރާލީމެވެ. އަހަރެން އިނީ ގަބޫލުނުކުރެވިފައެވެ. މީގެ ތިން މަސް ކުރި ވެއްޖެއްޔާ އަދި އިޒްދާން އިޒްދާން ރަށަށް އަންނާނީ އެވެ. އޭރުއްސުރެ އިޒްދާން އަހަރެން ކަމުގޮސްގެން އުޅުނީ ހެއްޔެވެ؟

“ހާދަ ހާރާންވީ..” އިޒްދާން ބުނެލިއެވެ. އަހަރެން އިނީ އަދި ވެސް ބަހެއް ނުބުނެވިފައެވެ.

“ހާރަންވާނެ ދޯ..” އަހަރެން އެއްމެފަހުން ބުނެލީމެވެ. ބުނެވުނީ ވެސް އެހާ ވަރަށެވެ. އިތުރަށް އެއްޗެކޭ ބުނާކަށް ބޭނުމެއް ނޫނެވެ. އަހަރެން އިޒްދާން ގައިގައި ބައްދާލިއެވެ. އޭނާ ވެސް އަހަރެންގައިގައި އަތް ވަށާލިއެވެ. އަހަރެން ބޭނުންވީ އެތުންފަތުގެ ރަހަ ބަލާލާށެވެ. އިޒްދާންގެ ނުރުހުމާ ލާގެން އެކަހަލަ ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަަހަރެން އިޒްދާންގެ ތުންފަތްކާރީ އިން ކަޅުތިލައަށް މަޑުމަޑުން ބޮސްދިނީމެވެ. އިޒްދާން އަހަރެންގަޔަށް ބާރު ކޮށްލިއެވެ.

“މާހިން ޕްލީސް..” އިޒްދާން މަޑުމަޑުން އާދޭސް ކޮށްލުމުން އަަހަރެން ދުރަށް ޖެހިލީމެވެ.

އިޒްދާންގެ ބެލުމުގައި ހުރީ އެެހެން ނަޒަރެކެވެ. ނަމަވެސް އޭނާ ކިޔަނީ އެހެން އެއްޗެކެވެ. އަހަރެން އިޒްދާން ގައިން ދޫކޮށްލީމެވެ. ނަމަވެސް އަހަރެންގެ ހިތްއެދެނީ އަބަދު އެހަށިގަނޑުގައި ހިފާއްޓާގެން ހުންނާށެވެ. ނުހިފާއްޓާ ފިއްޔާ ދޫކޮށްލާފައި ގޮސްދާނެއޭ ހިތަށް އަރައެވެ. އެހެން ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އިޒްދާން އަހަރެންނަށް ޖެއްސީ ކޮން ސިހުރެއް ކަމެއް ވެސް ނޭނގެއެވެ.

ރޭގަނޑުގެ ވަގުތެވެ. އަހަރެންނާ ޔޫރާ ތިބީ ބޮޑު އޮނދޯލީގަ އެވެ. އަހަރެން މިވާހަކަ ކޮންމެވެސް މީހަކާއި ހިއްސާކުރަން ޖެހެއެވެ. އެމީހެއްގެ ހިޔާލާއި ލަފާ ބޭނުމެވެ. އަހަރެންނަށް މިވާ ގޮތްތަށް ޙުދު އަހަރެންނަކަށް ވެސް ނޭނގެއެވެ.

“ސޯ.. ތިއުޅެނީ ރިލޭޝަންޝިޕް އެއްގަ އެއް ނޫން ދޯ.. އެހެންމަ ވީކޭން ކޯލް ދެޓް އެ ސިޓުއޭޝަން ޝިޕް..” އިރުކޮޅަކު ވިސްނަން ހުރެފައި ޔޫރާ ބުނެލިއެވެ.

“ދެން ކިހިނެއް ހަދާނީ..؟ އައި ވޯންޓު ޓަޗް ހިމް، ފީލް ހިމް އެންޑް ކިސް ހިމް އެންޑް ކިސް ހިމް އެންޑް އީޓް ހިމް އެލައިވް.. އާރްރް..” އަހަރެންގެ ސިކުނޑިތެރޭ ހިނގާކަންތަށް އަހަރެން ޔޫރާ އާއި ހިއްސާކުރީމެވެ. ޔޫރާ ފެށީ ހޭށެވެ.

“ބަޓް ހީ ނީޑްސް ޓައިމް..” ޔޫރާ ބުނެލިއެވެ. ވަގުތު ބޭނުންވާކަން އަހަރެން ވެސް ދެނަހުރީމުއެވެ. އެކަމު އަހަރެންނަށް ކެއްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަމުދުން މިކަހަލަ ކަމެއްގައެވެ. އަހަރެން އިޒްދާން ބޭނުމެވެ. ވަރަށް ބޮޑަށް ބޭނުމެވެ.

ޗެޕްޓާރ14: އިޒްދާން

ދުވަސްތަށް ފާއިތު ވަމުން ގޮސް 4 ދުވަސް ފަހަނަ އަޅައ ގޮށްސިއެވެ. އަހަރެން އަދި ވެސް މިއުޅެނީ މާހިން އަށް ޖަވާބެއް ނުދީއެވެ. މާހިން އަހަރެންނަށް ވަގުތު ދިނީމައި އަހަރެން އުފާވަމެވެ. އަހަރެންނަށް މާހިން ކަމުގޮސްގެން އުޅުމަކީ ގައިމު ދޮގެއް ނޫނެވެ. މިގެޔަށް އައިފަހުން އަހަރެންނަށް މާހިން އާއި ގަޔާވެވިއްޖެއެވެ. އެއީ ނޭނގުމެއްގެ ތެރޭގައެވެ.

ބަންދުވެފައި ވުމާއި އެކު އަހަރެންގެ ކްލާސް ކުދިންނިންމީ ދަތުރެއް ދިޔުމަށެވެ. ކްލާސް ކުދިންނާއި އެކީ ދާން އަހަރެން އެއްބަސްވީމެވެ. މާހިން ވެސް އަހަރެނާއި އެކު ދިޔައެވެ. ނަމަވެސް އޭނާ އިނީ ދުރުގައި ބަލަށެވެ. މާހިން ބަލަން ހުންނާތީ އަހަރެންނަށް ވެސް ބަލަހައްޓައިގެން ހުރެވެއެވެ. މާހިންގެ ނަޒަރު ހުންނަ ގޮތުން އޭނާ ބޭނުންވާ ކަންތަށް އެނގެއެވެ. އަހަރެން ވެސް އެކަންތަށް ބޭނުމެވެ. ނަމަވެސް އެއޫ ރަގަނޅު ކަމެއް ހެއްޔެވެ؟

“އިޒްދާން ކިހިނެއް ވެފަ ތީނީ..؟” މައިޝާ އަހަރެންގެ އަތުގައި ހިފާލަމުން އަހާލިއެވެ. އަހަރެން މިކޮޅަށް އައިފަހުން މައިޝާގެ އުނދަގުލުން ސަލަމާތެއް ނެތެވެ. އޭނާ އަބަދު އަހަރެން ކާރީ އުޅޭތީ ވަރަށް އުނދަގޫވެއެވެ.

“ކަމެއް ނުވޭ..” އަހަރެން އެއަތް ފޮޅުވާލީމެވެ. ހަމަ ފޮޅުވާލުމާއި އެކު އޭނާ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. އޭނާ ކާރީ ކިހިނެއްވީހޭ އަހާލީމެވެ.

“އެޔޮށްދާ ދޫނިތަށް ފެނޭތަ..؟ އަހަރެން ވަރަށް ބިރުގަނޭ ދޫނިދެކެ..” މައިޝާ އޭނާގެ މޫނު އަހަރެންގެ މޭތެރޭ ފޮރުވާލަމުން ބުނެލިއެވެ.

“އެދޫނިތަށް ގޮށްސި މިހާރު..” އަަހަރެން މައިޝާ ދުރުކުރަމުން ބުނީމެވެ. މައިޝާ ގޮވައިގެން އެހެން މީހުން ކާރިޔަށް ދިޔައީމެވެ. އަހަރެން އެއްލި ކަޅިއަކުން ފެނުނީ މާހިން އެވެ. އޭނާ ބަލަން އިންގޮތުން އަހަރެން ގައިން ހީބިހިނަގާގެން ދިޔައެވެ. ހީވަނީ ދެއްމެ ދެއްމެ އާސްދާނެ ހެންނެވެ. އޭނާގެ ދެލޮލުން ދިޔައީ މައިޝާ އާއި ދިމާއަށް ދިޔައީ ތީރުތަށް އުކަމުންނެވެ. މާހިން އާއި އަހަރެންގެ ހަތަރު ކަޅި ހަމަވުމާއި އެކު އަހަރެންގެ ކަރުގައި ނޭވާ ތާށިވިއެވެ. މާހިން އަންނަން ފެށީ އަހަރެންނާ ދިމާއަށެވެ. އެހެން މީހަކަށް ފެނިދާނެތީ އަހަރެން ވެސް އޭނާ ކާރިޔަށް ހިނގައިގަތީމެވެ. މާހިން ބަހެއް ނުބުނެއެވެ. އަހަރެންގެ އަތުގައި ހިފައިގެން ދާންފެށީ ގެޔާ ދިމާއަށެވެ. ބީޗާއި ގެޔާއި އޮންނަނީ ޖެހިފައެވެ. އެހެންވެ ހިގަން ޖެހުނީ ވެސް ކުޑަތަންކޮޅަކަށެވެ. ގޭތެރެއަށް ވަދެ ސިޑިން އަރައިފައި ކޮޓަރިއަށް ވަދެ މާހިން އަހަރެން ދޮރާލާ ފިއްތާލިއެވެ. ދޮރު ތަޅުލިއެވެ. މާހިންގެ އަވަސްވެފައިވާ ހޫނު ނޭވާ އަހަރެންގެ މޫނުގައި އެއްވެސް ހުރަހެއް ނެތި ދިޔައީ ބީހެމުންނެވެ.

“މައިޝާ ކީއްވެ އިޒްދާން ގަޔަށް އަތްލީ..؟” މާހިން ވާހަކަދެއްކިއެވެ. އެއަޑުގައިވީ ރުޅިވެރިކަމެވެ. އަހަރެން ހިންދިރުވާލީމެވެ. އަހަރެންނަށް ހުރެވުނީ މާހިންގެ ދެލޮލަށް ގެއްލިފައެވެ.

“ކީއްވެ މައިޝާ އިޒްދާން ގަޔަށް އަތްލީ..؟” އަނެއްކަ ފަހަރަށް މާހިން ސުވާލު ކޮށްލިއެވެ.

“އެއީ.. އޭނާ އަބަދު ވެސް އުޅޭގޮތް..” އަަހަރެން ޖަވާބު ދިނީމެެވެ. އިތުރު އެހެން ދެވަނަ ފިކުރަކާއި ނުލާ މާހިން އަހަރެންގެ ތުންފަތަށް ބޮސް ދިނެވެ. ހާރޑް އެންޑް ޕޮޒެސިޒް ކޮށެވެ. އަހަރެން މާހިން ދުރުކުރާކަށް ނޫޅެމެވެ. މާހިން ވާއަތުން އަހަރެންގެ ކަރުގައި ހިފައިގެން އަނެއް އަތުން އަހަރެންގެ އުނަގަނޑުގައި ހިފައިގެން އޭނާ އާއި އެއްހަމައެއްގައި ބޭންދޭތޯ އުޅެއެވެ. އަހަރެން ވެސް އޭނާގެ ކަރުގައި ދެއަތް ވަށާލީމެވެ. މާހިން އަށް ފުރުސަތު ދީގެންނެވެ.

*ނުނިމޭ*

Share Article

_MuXo_
Follow Me Written By

_MuXo_

Level 110 Stories

Other Articles

Previous

މުޅި ހިތް ބޭޤަރާރު ވެއްޖޭ-29

Next

މަންޒިލް 51

Next
September 25, 2026

މަންޒިލް 51

Previews
September 25, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-29



All Right Reserved!