Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހައްލަކީ ކޮބާ؟-6

bikaari_ultrapromax
bikaari_ultrapromax Level 1
September 27, 2026 4 Mins Read
0 Comments

“އޯކޭ.. އައި ބިލީވް ޔޯ ސްޓޯރީ..” މައިހާ މިހެން ބުނެފައި ގޭތެރެއަށް ވަނެވެ.

ޝީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވަގުތުން ހުއްޓުނެވެ. އޭނާ ހައިރާންކަމާއި ރުޅިވެރި ކަމާއިި އެކު މައިހާއަށް ބަލަމުން ގެންދިޔައެވެ. ބާރު ހިގުމެއްގައި ގޮސް ޝީން ވެސް ގޭތެރެއަށް ވަނެވެ.

ޕާރޓް-6

ޝީން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ރަޝާ އާއި ރައިހާ ވެސް އޭނާ ފަހަތުން ދިޔައެވެ. ކޮޓަރިއަށް ވަދެ މޭޒު މަތީގައި ހުރި އެއްޗެހިތައް ބިއްމައްޗައް އުކާލިއެވެ. އަދި ޑްރެސިން ޓޭބަލް މަތީގައި ހުރި އެއްޗެހިތައް ވެސް އުކަލިއެވެ. މޭޒުވެސް ނަގާއެއްލާއިއެވެ.

“އޭނަގެ މައްސަލައަކީ ކޮބާތަ؟؟!! ޝީ އިސް ސަޕޯސްޓު ބިލީވް މީ.. އެ ދޮގު ހަދާ ބަޅެއް ނޫންދޯ؟؟!!!” ޝީން ހަޅޭލަވަމުން ގެންދިޔައެވެ.

“ޝީން! ދެން ތީ ކުދިން އުޅޭ ގޮތްތަ؟! ހަމަ މިހާރު އެއްޗެހިތަށް ނަގާ! އަގު ބޮޑެތިކޮށް ގަނެފަ ހުންނަ އެއްޗިސްއޭތީ!” ޙުސެއިން އައިސް ހަޅޭލަވައިގަތެވެ. ޝިން ބާރަށް އޭނާގެ މޫނު މައްޗަށް ދޮރު ލެއްޕިއެވެ.

“ޝީން މި ދޮރު ހުޅުވާ!!” އައިމިނަތު ވެސް އައިސް ދޮތުގައި ބާރަށް ތަޅަން ފެށިއެވެ.

އެލީޝާ އާއި ހަމްނާ ބިރުން ބޭރަށް ނުކުތެވެ. އެކުދިންނާއި އެކު ފަރީދާ ވެސް ނުކުތެވެ. ހަމްދާނު އާއިއެކު ޒާހިރު ގޯތިން ނުމުމެގެން ދިޔައެވެ.

ރައިހާ އައިސް އައިމިނަތު އާއި ޙުސެއިން ގާތު ބުންޔެވެ. “މަންމައާ ބައްޕަ އެއްމެ ރަނގަޅުވާނީ މިގަޑީ މިތަނުން ދިޔައީއްޔާ.”

“މަންމަމެން އޭނާ ބުނާވާހަކަ ގަބޫލު ނުކުރަނީ ކީއްވެތަ؟”

“އެއީ މީހުން ހަދައިގެން ދައްކާކަހަލަ ވާހަކަތަ؟ މީހަކު ފަލީހަތް ކުރަން އުޅުނަސް އެއީ ބޮޑުވަރު.” އައިމިނަތު ރުޅިއައިސާ ބުނެލިއެވެ.

“ހަމްދާނު އެބުނީނު  ޝީން އޭ މެސެޖު ކުރީ.” ޙުސެއިން އިތުރު ކޮއްލިއެވެ.

ރައިހާ އެއްފަހަރު ބޯޖަހާލިއެވެ. އަދި ވަރަށް ވާހަކަ ދެއްކުމަށް ފަހު އޭނާ، އައިމިނަތު އާއި ޙުސެއިން އެތަނުން ފޮނުވާލިއެވެ. ރައިހާ އިށީނީ ޝީން ކޮޓަރީ ދޮރު ކައިރީ ގައެވެ. އޭނާ އައި އެކު ރަޝާ ވެސް އިނެވެ.

ސިއްރު ސިއްރުން ހިގަމުން މައިހާ ދިޔައީ މަގުގެ އެކި ދިމާ ހޯދަމުންނެވެ. އޭރު މެންދަމުން އަލިވެ އެއްގަޑި ބައިވަނީއެވެ. މަގު މަތީ އެއްވެސް މީހަކުގެ ހިލަމެން ނުވެއެވެ. އެ ހަމަ ހިމޭންކަން މުގުރާލާ ހަމައެކަނި އަޑަކީ މައިހާ ކަށިވެލީގައި ފިޔަވަޅު އަޅާއަޑެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ހޫޑީ އަކާއި ކަޅު ކުލައިގެ ޖިންސެކެވެ. އޭނާ އަރައިފައި ހުރީ ހަމަ އެކުލައި ބޫޓަކަށެވެ.

ދަބުމާގޭގެ ގޯތި ދޮރުގެ ތަޅުގައި ހިފައިލިއިރު ތަޅުލައިފައި ހުރުމުން މައިހާ ލޯ އަބުރަލައިފައި ގޭގެ ފާރު ތަންކޮޅެށް ތިރިކޮށް އިންނަ ދިމާލަށް ހިގައިގަތޭވެ. ފާރު ކައިރީގައި ހުއްޓި ލާފައި އޭނާ ފުއްމާލީ އޭނާ އައް އެރޭނެތޯ ބެލުމަށެވެ. އެވަގުތު އޭނާ އަށް ނުފެނުނު ނަމަވެސް އަދިރިގަނޑު ތެރޭގައި ހުރި ކުރުމަތި ދިޔައީ އޭނާގެ ހުރިހައި ހަރަކާތެއް ބަލަމުންނެވެ.

ސިގެރޭޓެއް ރޮއި ކޮށްލަން އުޅުނު އާޔަންއަށް ލައިޓަރު ތިރި ކޮށްލެވުނީ ފެންނަމަމުން ދިޔަ މަންޒަރު ޝައުޤުވެރި ކަމުންނެވެ. އޭއީ ހަމަ އޭނާއަށް އެދުވަހު މޫދުން ފެނުނު ހޫރު ޕަރީއެވެ. މިހާރު މަސެއްކަތް ކުރަމުން އެދަނީ ގޯއްޗެއްގެ ފާރު މަތިން އެރުމަށެވެ. އާޔަން ގާތަން ހިނިއަންނަ ގޮތްވީ އެއަންހެން ކުއްޖަ  އަރަން އުޅުނު ހާލުންނެވެ. މަޑުމަޑުން ހިގައިލާފައި ގޮސް އެކުއްޖާގެ ބޫޓު ދަށުގައި އައިތް ވިއްދާލާފައި ކުޑަކޮށް މައްޗަށް ކޮއްޕާލުމުން އޭނާ ފަސޭހަކަމާއި އެކު ފަރުމަތީގައި އިށީންދެލިއެވެ. އަދި ފަސް އެބުރިި އާޔަން އާއި ދިމާލަށް ބަލާލައިފައި އެތެރެއަށް ފުންމާލިއެވެ. އެތޫނު ކަޅިރަވަ ފެނި އޭނައަށް ހީވީ މުޅި ދުނިޔެ ރަންވިހެންނެވެ.

ފަނަރަ ވަރަކަށް މިނެޓު ފަހުން އަނެއްކާވެސް ހާލަކުން އެކުއްޖާ ފަރުން ބޭރަށް ފުންމާލިއެވެ. އާޔަން ސިގެރޭޓު ދަމާލައިފައި ދުންކޮޅު ބޭރު ކޮއްލަމުން އެކުއްޖާ އައި ގާތަށް ހިގައިގަތެވެ.

“އެނގޭތަ ތިގޮތަށް މީހުންގެ ގެޔަށް ވަނުމަކީ ޖަލަށް ދާނެ ކަމެއްކަން؟” އާޔަން ވާހަކަ ދެއްކިއެވެ.

“ހޫ އާރ ޔޫ؟ އެހެންނޫނީ ރަށަކުން ނުވެއް ފެނޭ..” މައިހާ އަހާލިއެވެ.

“އާޔަން.. ބަންދަށް އައިސް މި އުޅެނީ.. އެނީ ވޭސް، ކޯއްޗެއް ތި ނެގީ؟..”

“ދެޓްސް މައި ކާފަގެ ގެ..” މައިހާ ބުނެލިއެވެ.

“އޯކޭ.. ދެންކީއްވެ ފާރު މަތިން އެރީ؟” އާޔަން އަހާލިއެވެ.

މައިހާ ބަލަން ހުރެފައި ޖަވާބު ނުދީ ހިގައި ގަތީ ގެޔަށް ދިޔުމަށެވެ. އޭނާ ފަސްއެބުރި ބަލާލި އިރު އާޔަން ހުރީ ބަލާށެވެ. މައިހާ ކޯތާފަތް ރަތް ވިއެވެ. ވަގުތުން ހޫޑީ ބޮލުގައި އަޅާފައި ހިގުން ބާރު ކޮއްލިއެވެ. އާޔަން ވެސް ހިނިތުން ވެލާފައި އެބުރި އޭނާ އައި ދިމާލަށް ދިޔައެވެ.

ޖެހިގެން އައި ދުވަހުގެ ހެދުނުގެ ނާސްތާއަށް ތައްޔާރު ވަމުން ދަނިކޮށް ގޭތެރެއަށް ވަދެގެން އައި ހަމްދާނުގެ މޫނުމަތިން ފެންނަން ހުރީ ރުޅިވެރިކަމެވެ. އެނާ ދިޔައި އޭނާގެ ފޯނުގެ ފިތްތަކަށް ބާރަށް ފިއްތަމުންނެވެ.

“މިރަށުގަ އިނދޭތަ ފޯނު ރިޕެއާ ކުރާތަނެށް؟ މި ފޯނު ވެސް ހަލާކު ވެއްޖެ.” ހަމްދާނު ރުޅި އައިސް ފައި ވާހަކަ ދެއްކިއެވެ.

“މައިހާ ވަރަށް މޮޅުވެނެ ތިކަލަ ކަންކަމުގަ..” އައިމިނަތު އެހެން ބުނީ ސައިޖަގު ނެރެމުންނެވެ. އޭރު މައިހާ އިނީ ޕާން ފޮއްޗެށް އަގައަށް ލައިގެން ފޯނުން ކޮއްމެވެސް ކަމެއް ކުށާށެވެ.

“އަގަކަށް ވާނީ..” މައިހާ އިސް އުފުލައިނުލަ ބުނެލި މި ޖުމުލައިން ހަމްދާނު ހިތްހަމަ ނުޖެހުނެވެ.

“ތިދެން، އާއިލާ މީހުންނަށް ކަންކަން ކޮއްދޭން އަގު ކިޔާތަ؟ އައިމިނަތު ކިހިނެއް ކުދިން ބޮޑު ތިކުރަނީ؟”

“ތިކަމަށް ދާ ވަގުތު އަނބުރާ ގަނެވޭނެތަ؟” މައިހާ އަހާލީ ކާ މޭޒު ދޮށުން ތެދުވަމުންނެވެ.

“ނޯ. އެހެންމާ ޕޭ.. އޯ ތިކަމެއް ނުވާނެ. އަވަސް ގޮތް ނިއްމާ.. ވަޒީފާއަން ދާ ގަޑި ޖެހެނީ..”

ގެއިން ނުކުންނަނިކޮށް ހަމްދާނު އޭނާގެ ފޯނު މައިހާ އަތަށް ދިނެވެ. މައިހާ ބޯ ޖަހާލާފައި އެފޯނު ޖިބަށް ލައިގެން ހިގައިގަތެވެ.

ގޯތީ އަނބު ގަހުގައި އެލުވައިފައި ހުރި އޮނދޯއްޔެއްގައި އެލިޝާ އަށް އޮތީ ނިދިފައެވެ. އޭނާގެ ފޯނު އޮތީ އޭނާގެ މޭ މަތީގައި ބާއްވަލާފައެވެ. ހެޑްފޯންސް އަޅައިގެންނެވެ.

އޭނާ އަށް ސިހިފައި ހޭލެވުނެވެ. ވަށައިގެން ހޯދާލިއިރު މުޅިތަން އަނދިރިއެވެ. ޖޯލިން ތެދުވެގެން އޭނާ ހިގައިގަތީ ގޭތެރެއަށް ދާށެވެ. ގޭގެ މައި ދޮރު ހުރީ ހުޅުވައިފައެވެ. ހިކިފަތާއި މަކުނުވާ ވެސް ހުއްޓެވެ. ހަމަ އެހާމެ އަދިރިއެވެ. ޖެހިލުންވެ ހުރެ އެލިޝާ ގޭތެރެއަށް ވަނެވެ. ވަމުންދާ ހަމަ އެކަނި އަލިކަމަކީ ކުޑަދޮރު ތަކުން ވަންނަމުން ދާ ހަދުގެ ރިހި އައްޔެވެ. ވަށައިގެން ހޯދަމުން އޭނާ ކުރިއަށް ފިޔަވަޅު އަޅަމުން ގެންދިޔައެވެ.

“އެލް..” މީހަކު ގޮވާލި ހެންހީވިއެވެ. އަޑު އަންނަ ދިމާލެއް އެލީޝާ އަށް ނެނގި ވަށައިގެން ހޯދެން ފަށައިފިއެވެ.

“އެލް..” އަނެއްކާވެސް އެއަޑު އިވުނެވެ. މިފަހަރު އަޑު ބާރުހެން ހީވެސް ވިއެވެ. އެލީޝާ ބިރުގަންނަ ގޮއިތް ވިއެވެ.

“އެލީޝާ!!” ހަމްނާ ހަޅޭލަވައި ގަނެފައި އެލީޝާގެ ދެ ކޮޑުގައި ހިފައި ތަޅުވައިގަތެވެ. އެލީޝާ އަށް ހޭލެވުނެވެ. އޭނާ ހުރީ ދާ ހިއްލާފައެވެ. އޭނާ ގެ ހިތް ނެގިނެގި ފައު ޖެހެމުން ދިޔައެވެ.

“މިހާރު ކިހާ ވަރަކަށް ގޮވިއްޖެތަ.. ކާން އަދެބަލަ.. ހެދުނު ސައިބޮއި ގޮތަށް ތިޔޮތީ..” ހަމްނާ އޭނާ އާއި ޖެހިގެން ހުރި އޮދޯލީގައި އިށީނެވެ.

“ކީއްތިކުރަނީ؟” އިޔާދު އަހަލިއެވެ.

“މި ފޯނު ހަދަނީނު..” މައިހާ ބުނެލިއެވެ.

އިޔާދު ދިޔައީ ކައުންޓަރު މަތި ފުހެމުންނެވެ. އެ ދެކުދިން މަސައްކަތް ކުރަމުން ދަނީ ރަށު ބޭކަަރީ ގައެވެ. އެއްވެސް ކަސްތަމާރ އަކު ނެތުމުން މައިހާ ދިޔައީ ހަމްދާނުގެ ފޯނު ހެދުމުގެ މަސެއްކަތް ކުރަމުންނެވެ. އިޔާދު ވެސް ކައުންޓަރު މައްޗާއި މޭޒުތައް މަތި ފުހުމަށް ފަހު ރައިހާ އަށް ގުޅައިގެން ވާހަކަ ދައްކަމުން ގެންދިޔައެވެ.

“ކައިފިންތަ؟” އިޔާދު ފޯނުން ވާހަކަ ދެއްކިއެވެ.

“ހްމްމް.. ހަވިހިރު ފްރީތަ؟” ފޯނުގެ އަނެއް ކޮޅުން ވަހަކަ ދެއްކީ ރައިހާ އެވެ.

“ބޭބީ ޔޫ ނޯ ދޯ މި ދުވަސް ކޮޅު ޝެޑިއުލް ވަރަށް ޓައިޓްކަން.. މާދަން ބޮސް އާ ވާހަކަ ދައްކާނަން. އޯކޭ؟”

ތައްޓެއް ބިއްމައްޗަށް ވެއްޓި ތަޅައިގެން ދިޔަ އަޑަށް، ކަންފަތުން ފޯނު ތިރި ކޮއްލާފައި އިޔާދު ބަލާލިއެވެ. މައިހާ ހުރީ ހުރިތަނަށް ގަނޑުވެފައެވެ. ލޯ ބޮޑުވެ އަނގަވެސް ހުޅުވިފައެވެ. އޭނާގެ ނަޒަރު އަމާޒު ވެފައި ހުރީ ކުރިމަތީގައި ހުޅުވައިފައި ހުރި ލެޕުޓޮޕަށެވެ. ބިންމަތީގައި ތެޅިފައި ވީ ތައްޓާއި އެކު ކޭކު ފޮއްޗެއް ވެސް އޮތެވެ.

ފަހުން ގުޅާނެ ކަމަށް ބުނެ އިޔާދު ވާހަކަ ކުރު ކޮއްލައި މައިހާ ގާތަށް ދިޔައެވެ.

“އޮ ފަކް ނޯ..” މައިހާ އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ފެންނަމުން އެދާ އެއްޗެއް އިތުރަށް ބަލަން ކެއްނުވާތީއެވެ. އިޔާދު ވެސް ހުއްޓުން އެރީ ސްކްރީން އިން ފެންނަށް ހުރި އެއްޗެއްގެ ސަބަބުންނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

bikaari_ultrapromax
Follow Me Written By

bikaari_ultrapromax

Level 1

Other Articles

Previous

ތަސްވީރީ ބައިވެރިޔާ – 4

Next

ސަފްހާ 1

Next
September 27, 2026

ސަފްހާ 1

Previews
September 27, 2026

ތަސްވީރީ ބައިވެރިޔާ – 4



All Right Reserved!