“އޯކޭ.. ވީގޮއިތް ފެށިގެން ކިޔައިދީ ޓޮޕް ޓު ބޮޓަމް..” ރައިހާ މިހެން ބުނުމުން ހުރިހާ ކުދިންގެ ނަޒަރު ޝީންއަށް ހުއްޓުނެވެ. ލޮލަށް ޖަމާވި ކަރުނަތަށް ފުހެލަމުން ޝިން ހުރިހައި ވާހަކަތަކެށް ކިޔައި ދިނެވެ.
“ހަމްކޮގެ ބައްްޕައަށް ވީމަ ގަބޫލު ނުކުރިޔަސް.. ދެޓް ވޯސް ވަޓް ހެޕެންޑް..” ވީގޮއިތް ކިޔައިދީ ނިންމާފައި ޝީން މިހެން ބުނީ ހަމްނާއަށް ބަލަމުންނެވެ.
ޕާރޓް- 5
ފެންވަރައިގެން ނުކުމެ ޝީން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ނޫފައިގަނެފައި ހުރި ތަން ތަނާއި ވަކިތައް ހުއްޓެވެ. އޭނާގެ މޫނު މަތިން އެއްވެސް ޝުޢޫރެއް ފެންނާކަށް ނެތެވެ.
ކުއްލިއަކަށް ދޮރުގައި ޓަކިދިނުމުން ސިހިފައި އެލީޝާގެ އަތުން ފޮނު ވެއްޓުނެވެ. އަވަސް އަވަހަން ޓީޝާޓު ބޮލުން މަހާލައިފައި ކުޑަކޮށް ދޮރުހުޅުވައިލިއެވެ.
“ޔާ؟”
“ވަޓް އާރ ޔޫ ޑުއިންގް؟” ލޯ ކުޑަ ކޮއްލަމުން، ޝައަކުން ފުރިގެން ވާ ނަޒަރަކުން ބަލަމުން ރައިހާ އަހާލިއެވެ.
“ކަމެެން ނުކުރަން.. ކީއްވީ؟” އެލީޝާ އޭނާގެ އިސްތަށިގަނޑު ރީތި ކޮއްލަމުން އަހާލިއެވެ. އޭނާގެ ރާގުގައިިވީ ހިތްހަމަ ނުޖެހުން ރައިހާއަށް ނަގައި ގަނެވުނެވެ.
“ކުޑޫ އެބަ ގޮވާ..” މިހެން ބުނެފައި ރައިހާ ދިޔައެވެ.
އެލިޝާ އަވަސް އަވަހަށް ދޮރު ލައްޕައައި ތަންޑުލިއެވެ. އަނެއްކާވެސް އޭނާ ފޯނުން ވާހަކަ ދައްކަން ފެށިއެވެ. އޭނާ ގޮޮސް އެދުމަަތީގައި އޮށޯތެވެ.
ރައިހާ ގޮސް އިށީނީ މައިހާ ގާތުގައި ސޯފާގައެވެ. އަދި މިޔަދު ޝީން އަށް ދިމާވި ކަންތަކުގެ ވާހަކައެވެ. އަދި ބޮޑެތި މީހުން އެވާކަ ނުދެއްކުމަށް ބުނިވާހަކައެވެ. އަދި ރައިހާ އެލީޝާ އުޅުނު ގޮތުގެ ވާހަކަ ބުންޔެވެ.
މަގު އެއްފަރާތުން ދިއްލާފައި ހުރި ފަޑު ރީންދޫ އަލީގެ ދަށުގައި ބުރުގާ އަޅައިގެން ހުރި ރީތި ކުއްޖަކު ހުއްޓެވެ. ކަންފަތުގައި ފޯނު ޖަހައިގެން ހުރެ މަގުގެ ދެކޮށް ހިގަމުން ދިޔައެވެ. އޭނާގެ ރާގު ހުރި ގޮތުން އޭނާ ހުރީ ހިއްހަމަ ނުޖެހފައިކަން އެގެއެވެ. އެއީ ރަޝާ އެވެ. އޭނާ ހުރީ އޭނާގެ ލޯބިވެރިޔާ ޒަޔާން އާއި ގުޅައިގެންނެވެ. އޭނާ ޝަކުވާ ކުރަމުން ދިޔައީ މިއަދު ކަންތަށްވީ ގޮތާއި މެދުގައެވެ.
“ބޮޑުދޮންބޭ، ބޮލަށް ކީއްވީ؟” ގޯތި ތެރެއަށް ވަދެގެން އައި ހަމްދާނު ފެނި، ފަރީދާ އަހާލިއެވެ.
“ބޮލަށް ކީއްވީ؟” ހަމަދާނުގެ ބޮލުގައި އޮޅާފައި ހުރި ބެންޑޭޖަށް އިގިލި ދިއްކޮށް ލަމުން ޙުސެއިން އަހާލިއެވެ.
އެވަގުތު ގެޔިން ނުކުމެގެން އައި ޝީން އާއި ދިމާލަށް ހަމްދާނު އިގިލި ދިއްކޮށް ބާރަށް ވަހަކަ ދައްކަން ފެށިއެވެ. ހަމްދާނު ފަހަތުން ވައިން އެކުދިންގެ ބަލައިގެން ދިރިއުޅޭ ކޮއްކޮ، ޒާހިރު އިނީ ބަހެއްނުބުނެއެވެ.
“އޭނަ ކާރި އަހާބަލަ ކީއްތޯވީ؟ އޭނަގެ ފޯނު ބަލާބަލަ! ޝީން މިހާރު މަށަށް މެސެޖު ކުރާތާ ކޮއްދުވަހެއް. އެކަނިވެލަން ވާނެ ދޯއޭކިޔާފަ. އޭނަ ބުނެގެން އިއްޔެގަ މަ އޭނަ ގެޔައް އަގަޑީގަ އައީމަ މިތާ މަ ބޮލަށް ވާސް އެއް ތަޅާލީ. އަޅޭ މީ ދޮގެއްތަ؟” ހަމްދާނު ވާހަކަ ދެއްކިއެވެ.
ހުރިހާއެށް އެންމެންގެ ރުޅިވެރި ނަޒަރު އަމާޒުވީ ޝީން އަށެވެ. އޭނާ ލޮލުން ކަރުނަތަން ހުއްޓުމެއްނެތި ފައިބާން ފެށިއެވެ. ވާހަކަ ދައްކަން މަސެއްކައިތް ކުރުނުމުން ޙުސެއިން އެއް އައިތް އުފުލައި ލުމުން އޭނާ ހުއްޓުނެވެ.
އަޑުގަދަވުމުން ގޭތެރޭ ގައި ތިބި ކުދިިންތައް ނުކުތީ ބޭރަށެވެ. އެލީޝާ ވެސް ކޮޓަރީގައި އޮވެފައި ތިރިއަށް ފެއިބިއެވެ. އެވަސުތުވީ ރަޝާ އައިސް ގެޔަށް ވައިން ވަގުތެވެ.
“މަޑު ކޮށްބަލަ ކީއްތަ މިވަނީ؟” ރަޝާ އަހާލިއެވެ. ހަމަ އެއާއި އެކު އެންމެން އެއްފަހަރާ ވާހަކަ ދައްކަން ފެށިއެވެ. މައިހާ އެލީޝާއަށް ބަލާލައިފައި އެއްފަހަރު ބޯ ޖަހާލިއެވެ. އެލީޝާ އޭނާގެ ތޫލި އަޑުން ހަޅޭލަވައިގަތެވެ. ހުރިހާއެއްމެން އެއްފަހަރާ އަގަބަންދު ވިއެވެ.
“އޯކޭ.. ސޯ. ކިއްހިނެއްވަނީ؟” މައިހާ ކުރިއަން ފިޔަވަޅެއް ނަގަމުން އަހާލިއެވެ. އޭނާ ބަލާލީ ސީދާ ހަމްދާނު އާއި ދިމާހަށެވެ. ހަމްދާނު އަނެއްކާވެސް އޭނާ ކުރިން ދެއްކި ވާހަކި ދެއްކި ދެއްކިއެވެ. ރައިހާ އާއި ރަޝާ ހުރީ ޝީންގެ ގަތުގައެވެ. އޭނާ އޭރުވެސް އޭނާ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ.
“ޝީން. ފޯނު.” މައިހާ އަތް ދިއްކޮއްލިއެވެ. ޖެހިލުމެއްނެތި އޭނަގެ ފޯނު މައިހާގެ އަތަށް ދިނެވެ.
“މިޔަކުނެތް އެއްވެސް އެއްޗެއް..” މައިހާ ހަމްދާނު އާއި ދިމައަށް ބަލާލަމުން ބުއްނެލިއެވެ.
“ތީ ދޮގެއް. ތިޔަހެން ވީރު ތިޔަ ޑިލީޓު ކުރީ!” ހަމްދާނު ހަޅެލަވައިގެތެވެ. ހުރިހާއެއްމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ.
“އެނގޭ ދޯ ޑިލީޓު ކުރާ އެއްޗެހި ހޯދޭނެކަން..” މައިހާ ބުނެލިއެވެ.
އޭނާގެ މޫނު މަތީގެ ކުލަވަރުގެ ބަދަލުވިއެވެ. ރައިހާއަށް ވަގުތުން މިކަން ފާހަގަވިއެވެ. އޭނާއަށް ކަމެން ގޯސް ވެއްޖެކަން އެގިގެން ހަމްނާގެ އިތުރުން އެލީޝާ ގޭ ތެރެއަށް ފޮނުވާލިއެވެ. އޭނާ މައިހާ ގާތަށް ޖެހިލަފައި ކަންފަތް ކައިރީގައި ސިއްރުން ވާހަކައެއް ބުނެލިއެވެ. މައިހާ ހަމްދާނު އާއި ދިމާއަށް ބަލާލަމުން ހިނިތުން ވެލިއެވެ.
“އޯކޭ.. އައި ބިލީވްޔޯ ސްޓޯރީ..” މައިހާ މިހެން ބުނެފައި ގޭތެރެއަަށް ވަނެވެ.
ޝީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވަގުތުން ހުއްޓުނެވެ. އެނާ ހައިރާން ކަމާއި ރުޅިވެރި ކަމާއި އެކު މައިހާއަށް ބަލަމުން ގެންދިޔައެވެ. ބާރު ހިގުމެއްގައި ގޮސް ޝީން ވެސް ގޭތެރެއަށް ވަނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
