Skip to content
އެސްފިޔަ

ހީލާފާނުދޭ ލޯބިވާ… (1 ވަނަ ބައި)

ޑިއުޓީ ނިންމާލާފައި އިޒްޔާން އޮފީހުން ގެއަށްދާން ނުކުތް ތަނާހެން ވާރޭ އޮއްސާލައިފިއެވެ. ހަނދާންނެތި ކާރު ނުލާ އާދެވުމުން ނުތެމި ދެވޭނެ އެއްވެސް ގޮތެއް އިޒްޔާންއަކަށް ނުފެނުނެވެ. އެހެންކަމުން އަވަސްއަވަހަށް ފޯން ނަގާ އޭނާގެ ރައްޓެއްސެއްކަމަށްވާ ޖައުދަންއަށް ގުޅާލިއެވެ. އަދި އޭނާ ބަލާ އައުމަށް އެދުނެވެ. ޖައުދަން އަންނަންދެކަށް އިޒްޔާން އޮފީހުގެ ލޮބީގެ ތެރޭގައި މަޑުކޮށްލިއެވެ.

ކުޑައިރުކޮޅެއްފަހުން ޖައުދަންގެ ކާރު އައިސް އޮފީސް ކައިރިއަށް މަޑުކޮށްލި މަންޒަރު އިޒްޔާންއަށް ފެނުނެވެ. އިޒްޔާން ދުވެފައިކަހަލަގޮތަކަށް ގޮސް ކާރަށް އެރިއެވެ. އޭރުވެސް ވަރަށް ބޯކޮށް ވާރޭވެހެމުން ދިޔައެވެ. އެއީ ރޭގަނޑުގެ ވަގުތުކަމުން އެހާ ސާފުކޮށް ކުރިއެއް ނުފެނެއެވެ. އެހެންވެ ކާރު ދުއްވަމުން ދިޔައީ ވަރަށް މަޑު ދުވެލީގައެވެ. އިޒްޔާން އިނީ މަގުމައްޗާއި ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ. ފަނަރަ މިނެޓެއްހާއިރު ފަހުން އިޒްޔާން، އޭނާގެ ގެއާއި ހަމައަށް ފޯރައިފިއެވެ.

ގެއަށް ވަދެވުމާއެކު އިޒްޔާން އެންމެފުރަތަމަވެސް ދިޔައީ ބަދިގެއާއި ދިމާއަށެވެ. އޭނާ މިއަދު އެހެރީ ހެނދުނު ސައިބުއިގޮތަށެވެ. ބަދިގެއަށްގޮސް ބެލިއިރު ކާނެ އެއްޗެއް ނެތެވެ. އެހެންވެ އޭނާ ނިންމީ ކައިރި ހޮޓަލަކަށް ކާންދާށެވެ. އެހެންކަމުން ކުޑަގޮތަކަށް ރީތިވެލައިގެން ގެއިން ނުކުމެގެން އޭނަގެ ކާރަށް އަރާފައި ދުއްވާލިއެވެ. މާގިނައިރުތަކެއްނުވެ އޭނާ މަޑުކޮށްލީ ނަސަންދުރާ ޕެލެސް ހޮޓެލް ކައިރިއަށެވެ. ކާރު ޕާކުކޮށްލުމަށްފަހު އިޒްޔާން ހޮޓާތެރެއަށް ވަދެގެން ދިޔައެވެ. އިޒްޔާން ގޮސް މޭޒެއްކައިރީގައި އިށީނދެލިއެވެ. ވެއިޓަރ އައުމުން އެއްޗަކަށް އޯޑަރ ދީފައި ހޮޓެލްގެ ތެރެއަށް ނަޒަރު ހިންގާލިއެވެ.

ކުއްލިއަކަށް އޭނަގެ ލޮލުގައި އަޅައިގަތީ އޭނަ އިންތަނާ މާދުރުނޫން ހިސާބެއްގައި، މޭޒެއްގެ ކައިރީގައި އެކަނިމާއެކަނި އިން އަންހެން ކުއްޖެކެވެ.

-ނުނިމޭ-

Comments (26)

  1. Kokko

    Salh…hadha kurey…varah reethi vaney hn hivey..keep it up..avahah next part up koh dheythy

    1. Daniel
      Kokko

      Thanks… Dhn dhaanee dhiguvamun… Next part v avahah up vaane In Sha Allah…

  2. faai

    Nice starting deny,, hope to see the next part soon,,

    1. Daniel
      faai

      Thanks… ?

  3. 4426

    rulhi aisfaa dhey loabivaa..

    1. 2644
      4426

      U r funny

  4. aathu

    Feshun v reethi ekam kuruvyma dho. Dhen varah dhigu kohlaathi ingey .shakuva ginavaane kuruvyma ingey.

    1. Daniel
      aathu

      Thanks for your kind advice.. Next part dhn dhiguvaane In Sha Allah..

  5. Phy

    Maa kuree dhw…miah vure dhigu kohllan vaane nxt part hehe…kndhuvas thakehgga up kuraa vaahakaeh mee..

    1. Daniel
      Phy

      Next part dhiguvaane.. Komme Sunday and Wednesday ehga mi vaahaka upload kuraanan…

  6. Ushaaa

    V nice avahah up kohdhehce… Vaahaka fashaafa nihmaa nulaa nugehlehce… Mihen mibuny Gina vaahaka liuntherin vaahaka vaki hisaabakun huhtaalany v foohi ehen kanthah kuraathy… Hop kuran vaahaka nimendhen genes dheyne kamah heve v salhi vaanehen mi story waiting next part

    1. Daniel
      Ushaaa

      Yaa.. Iraadhkurevviyya eheneh nuvaane…

  7. datha

    Mi vaahaka gohe noon ekamku vaahakaige ekulavaalun ehaa rangalhe noon mi buni soguverivaa kahala gotha adhi kuda vedhaane furathama kolhu veema kama vess

    1. Daniel
      datha

      Thanks for the advice..

  8. mal

    name balaafa vx hyvany best vaane story eh hn……

    1. Daniel
      mal

      Thanks…

  9. Soabi

    Salhi v reethi vaanehen heyveyey keep it up

    1. Daniel
      Soabi

      Thanks..

  10. zoya

    Vara reethi

    1. Daniel
      zoya

      Thanks..

  11. shima

    Koo buni konmes kuhjaku wahaka Liya wahaka… meedho e wahaka akee… ekam hadha kurey dho….? Eha kuru weema kamaku nudhey… next time please dhigu kohlahchey. .

    1. Daniel
      shima

      Dhn dhaanee dhiguvamun…

  12. someone

    Nice

  13. Saamidh

    V reethi feshumeh… next part ah eba v inthizaaru kurevey… keep it up!!!

    1. Daniel
      Saamidh

      Thanks

  14. Nau

    Vvv salhi waiting 4 next part

Comments are closed.