ޒާރާ ސީޒަން 3 (ޖިންނީންގެ ވާހަކަ) – 3 ވަނަބައި
ކުރީގައި މަލާއިކަތުން ގާތުގައި އުޅެފައިހުރި އިބިލީހަކީ ކޮންމެވެސްވަރެއްގެ ޢިލްމުވެރިއެއްވެސް މެއެވެ. އެހެންވެ، އެހެން ޖިންނީންނާއި އޭނާ ކޮންމެވެސް ވަރަކަށް ތަފާތުވެގެންވެއެވެ.
ރާއްޖެ އާދެވުނު ފަހަރުގައި ޔަލްވީ ކިޔާ އިންސާނަކު ފެނިގެން ރޮޑްރިކްއަށް އެކުއްޖާ ވަރަށްް ކަމުދިޔައެވެ. އޭނާއަށް ޔަލްވީ ދެކެ ހަޤީޤީ ލޯބިވެވުނެވެ. ރޮޑްރިކް އެކަން އިބިލީހަށް ސިއްރުކުރިއެވެ.
އޭރު އޭނާ ޔަލްވީ ފަހަތުން، އެއްޗެއް ގާތުގައި ކުނަމެއްސެއް އަބަދު އުޅޭހެން އުޅެލަ އުޅެލާ ހުއްޓެވެ.
ޔަލްވީ އަބަދުވެސްލަނީ ކުރުހެދުމެވެ. ރޮޑްރިކްގެ ލޮލުގައި ޔަލްވީ އަޅައިގަތީ އެހެންވެއެވެ.
އަބަދު ބޮޑާވެރިކަން އޮންނަ ރޮޑްރިކްގެ ހިތުގައި މަޑުކަމެއް އުފެދުނެވެ. ޔަލްވީއަށްޓަކައެވެ.
ޔަލްވީ ވަރަށް ރީއްޗެވެ. ލައި އުޅެނީ ކަކުލުން މައްޗަށް އަންނަވަރުގެ ސޯޓްކޮޅަކާއި އަތްކުރު ޓީޝާޓެވެ. މިކަހަލަ ރީތި ކުދީން ޖިންނިންގެ ރާޑަރަށް ވަރަށް އަވަަހަށް އަރައެވެ.
ޔަލްވީއަކީ ހިމަތޮޅި، އުނަގަނޑަށް ހިމަ، ދޮން ފުދޭވަރެއްގެ ރީތި އިސްކޮޅެއް ލިބިފައިވާ ކުއްޖެކެވެ.
ޔަލްވީ އުޅެނީ މަދަރްސާގެ ގްރޭޑް 9ގައެވެ. އެހާވެސް ޢުމުރުން ހަގެވެ. އިންސާނުންގެ ފިރިހެންކުދީންގެ ހިތްތައްވެސް ޔަލްވީ ފެނެފައި ކަތިލެވެއެވެ. އެކަމަކު އެވާހަކަ ޔަލްވީ ގާތުގައި ބުނަން، ފިރިހެންކުދީންވެސް ފަސްޖެހެއެވެ.
ޔަލްވީ އަދި ބުރުގާއެއްވެސް ނާޅައެވެ. އޭނާގެ ދޫކޮށްލެވިފައިވާ ރީތި ފަން އިސްތަށިގަނޑު އަަބަދު ވަޔާއި ވިހުރި ވިހުރި ހުރެއެވެ.
އެކަމަކު ރޮޑްރިކްއަށް ޔަލްވީ ފެނުނީ މޫދު ލޮނާ ތެމިގެން ހުއްޓައެވެ. ބުރުސޫރަ ރީތި ސާދާ މޫނެކެވެ. ރޮޑްރިކް ހިތަށް އެރީ އެހެންނެވެ. ވަރަށް މައުސޫމުވެސް ކުއްޖެކެެވެ.
އެދުވަހު ޔަލްވީމެން އުޅުނީ ދޯންޏެއްގައި ފަޅުރަށަކަށް ދަތުރުގޮހެވެ. ރީތި ސިފައެއްގައިހުރި ރޮޑްރިކްއާ ބައްދަލުވުމުން ކާކުކަން ނޭނގިހުރެ ޔަލްވީ ވަރަށް ރީތި ހިނިތުންވުމެއް ރޮޑްރިކްއަށް ހަދިޔާކުރިއެވެ.
ރޮޑްރިކް ބޭނުންވީ ކޮންމެކަމެއް ކޮށްފައިވެސް ޔަލްވީ ހާސިލްކުރާށެވެ. ޔަލްވީ އެމެރިކާއަށް ގެންދަންވެސް ރޮޑްރިކް ބޭނުންވިއެވެ. ރާއްޖޭގެ ކުދީން ހާދަ ރީއްޗޭ ރޮޑްރިކްގެ ހިތަށް އެރިއެވެ.
އެހެނަސް، އިބިލީހަށް މިކަން އެނގިއްޖެނަމަ އިބިލީސް ވަރަށް ހިތްހަމަ ނުޖެހޭނެކަން ރޮޑްރިކްއަށް އިނގެއެވެ. އިބިލީސް އޮންނަނީ އިންސާނުންނާ ލޯބީގެ ގުޅުން ބާއްވާ ޖިންނީންނާ ދޭތެރޭ ވަރަށް ހިތްހަމަނުޖެހިފައެވެ. ކުރީންވެސް ހިނގާފައިވާ އެކަހަލަ ކަންތައްތަކާއިމެދު އިބިލީސް ވަރަށް މައްސަލަ ޖައްސައެވެ. އެހެންވެ ރޮޑްރިކް ކެތްކުރިއެވެ.
އެމެރިކާގެ ޖިންނީންނަކީ ވަރަށް ރޮމޭންޓިކް ބައެކެވެ. އަންހެންކުދިންގެ ހިތްއަތުލާނެގޮތް ދަނެއެވެ.
ރޮޑްރިކް، ޔަލްވީ ގަޔަކު އެއްވެސްފަހަރަކު އަތެއް ނުލައެވެ. ޔަލްވީގެ ފަސްފަހަތުން ނުފެންނަ ގޮތަށް ހިނގި ނަމަވެސް އެދުމެއް ފުއްދާކަށް ނޫޅެއެވެ.
ރޮޑްރިކްގެ ގާތަށް އަންނަ ގަދަ ރުޅީގެ ފަރުވާއަކަށްވެސް ޔަލްވީ ވިއެވެ. ޔަލްވީ މަތިން ހަނދާންވާ ކޮންމެފަހަރަކު ރޮޑްރިކްގެ ރުޅިގަނޑު މަޑުވެ ހަމަޖެހެއެވެ.
އެންމެފަހުން ހަނގުރާމައަށް ތައްޔާރުވެވުނުއިރު ރޮޑްރިކް ހުރީ ހަނގުރާމަ ކުރާހިތްވެސް ނުވެފައެވެ.
ޔަލްވީގެ ޤައުމަށް ގެއްލުންދޭން ރޮޑްރިކް ބޭނުންނުވަނީއެވެ. ރޮޑްރިކް އޭނާގެ ޕްލޭންގެ ރޭވުންގަނޑު ބަދަލުކޮށްލިއެވެ. ޔަލްވީ އެމެރިކާއަށް ގެނައުމަށް ނިންމާ އެގޮތް ފައިނަލް ކުރިއެވެ. އިބިލީހަށް ވަރަށް ސިއްރުސިއްރުންނެވެ.
ރޮޑްރިކްގެ އޮތީ އެއްވެސް މީހަކަށް ނޭނގޭގޮތަށް ޔަލްވީ ކިޑްނެޕްކޮށްގެން ގެންނަގޮތަށް ރާވާފައެވެ. އޭރު އޭނާ ހުރީ ރާއްޖެ ހިފާ ހިތްވެސް ކެނޑިފައެވެ. ރޮޑްރިކް ބޭނުންވަނީ ޔަލްވީއާއެކު އުފާވެރިވަގުތުތަކެއް ހޭދަކުރާށެވެ. ޔަލްވީ އޭނާގެ އަންބަކަށް ހަދާށެވެ.
އެހެންނަމަވެސް ހަނގުރާމައެއްކުރުމަށް ރާވައި އެއްބަސްވެފައިވާތީ ފޫހިކަމާއެކު އޭނާ ކުރިއަށްދިޔައެވެ.
ހަދާފައިވާ ބޮންތައްވެސް މުސްލިމް ޖިންނީންގެ ބޮލަށް ނުގޮވާނެކަން އޭނާއަށް އިނގެއެވެ. މީގެ ކުރިންވެސް ގޮވާފަކާ ނެތެވެ.
ބޮމުގެ އަސަރުކުރަނީ ކާފަރު ޖިންނީންނަށެވެ. ނުވަތަ މުސްލިމް ނޫން ޖިންނިންނަށެވެ.
ބޮން އެޅުމަކީ ބޭކާރުކަމަކަށްވާނެކަން އޭނާއަށް އިނގެއެވެ. އެހެންނަމަވެސް ރޮޑްރިކްއާ ދެކޮޅަށް ތެދުވާ ކާފަރު ނުވަތަ މުސްލިމް ނޫން ޖިންނިންގެ ބޮލަށް ބޮން އަޅަން އޭނާ ބޭނުންވިއެވެ.
ރޮޑްރިކް ހުރީ ހަނގުރާމައިގައި މަކަރު ހަދަން ތައްޔާރުވެގެންނެވެ. ވަކި ހިސާބަކުން އޭނާ ހަނގުރާމައިން ޔަލްވީ ގޮވައިގެން ފިލާގޮތަށެވެ. އިބިލީހުގެ އޯޑަރުތަކަށް އަބަދު ޢަމަލުކުރަން ރޮޑްރިކްވެސް ފޫހިވެއެވެ. އޭނާވެސް ބޭނުންވަނީ އަމިއްލަ މިނިވަންކަމެވެ.
ޖިންނީންގެ ކުލައަކީ ރަތްކުލައެވެ. ޝައިތާނާ ނުވަތަ ޝައިތޯނާގެ ކުލައަކީ ކަޅުކުލައެވެ.
ހަނގުރާމައަށް ރޮޑްރިކްމެން ތައްޔާރުކުރީ ކަޅުދިދައެވެ. އިބިލީސް ބުނެގެންނެވެ. ކައިއަސްމެން، ރަތްކުލައެވެ. ރާއްޖޭގެ ޖިންނީން ކަޅުކުލައާއި ރަތްކުލައެވެ. ދާއޫދްމެން ހުދު، ނޫ އަދި ފެހިކުލައިގެ ދިދަތަކެވެ.
ދުވަހަކީ އުޑުމަތި ސާފުރީތި ދުވަހެކެވެ. ޖައްވު އޮތީ ހުދުވިލާތަކުން ފުރިފައެވެ.
ހަނގުރާމަ ހިނގާ މައިދާނަކަށް ހަމަޖެހިފައި އޮތީ ރާއްޖޭގެ ކަނޑުގެ ހިސާބެއްގައި، ކަނޑުމަތީގައެވެ.
މަލާއިކަތްބޭކަލުން ފައިބާނެކަމުގެ ބިރުވެރިކަމުގައި، އިބިލީސް އޭނާގެ ރައްކާތެރިކަމަށްޓަކައި އެމެރިކާގައި މަޑުކުރިއެވެ.
ރޮޑްރިކްމެން ކަނޑި، ބަޑި، އަދި ބޮމާއެކު ރާއްޖެ ދިޔައެވެ. ރާއްޖެ އައުމުގެ މަގުމަތީގައި ރޮޑްރިކްގެ އަމުރަށް ރާއްޖޭގައި އޭނާއާ ދެކޮޅަށް ތިބި ޖިންނީންގެ ބޮލަށް އަމާޒުވާގޮތަށް ބޮން އެޅިއެވެ.
އެންމެފުރަތަމަވެސް ހަނގުރާމައަށް ހާޒިރުވީތަނުން ރާއްޖޭގައި ތިބި ރޮޑްރިކްގެ ދުޝްމިން، މުސްލިމް ނޫން ވަރަށް ގިނަ ޖިންނީންް މަރުވިއެވެ. މުސްލިމް ޖިންނީން ސަލާމަތްވިއެވެ.
އިރުކޮޅަކުން ރޮޑްރިކް އޭނާގެ ދަށުން ހުރި ކޮމާންޑަރަށް ކަންތައް ކުރަންވީގޮތް ކިޔާދީފައި ޔަލްވީ ހޯދަންވެގެން ޔަލްވީގެ ރަށަށް ދިޔައެވެ.
ދޮވެފައި ހުރި އެއްޗެހި ހިއްކަން ތައްޔާރުކުރެވިފައިވާ ޚާއްސަ ރޯނެއްގައި ޔަލްވީ އެއްޗިހި ހިއްކަން އަޅަމުންދިޔައެވެ. އޭނާއަށް ކުއްލި ސިހުމެއް ލިބުނީ ގާތުގައި ހުރި ރޮޑްރިކް ފެނުމުންނެވެ.
ޖިންނީން ގަޔަށް ބޮންއެޅުން ފިޔަވައި އެހެން ނުބައިކަމެއް ރޮޑްރިކް ނުކުރެއެވެ. އެހެންވެ އޭނާ ހުންނަނީ ވަރަށް ރީތި ސިފައެއްގައެވެ. ލިބިފައިވަނީ އެމެރިކާގެ މީހުންނަށް ލިބިގެންވާފަދަ ބްލަންޑް ކުލައިގެ ރީތި ފަންއިސްތަށިގަނޑެކެވެ. ޔޫރަޕްގެ ދޮންކުލައެވެ.
މިއަދު، ރީތި ހިނިތުންވުމެއް ޔަލްވީއަށް ހަދިޔާކުރީ ރޮޑްރިކްއެވެ.
އަޖައިބުވެގެން ރޮޑްރިކަށް ބަލަން ހުއްޓާ ކުއްލިއަކަށް ރޮޑްރިކް، ޔަލްވީ އަތްދަނޑި މައްޗަށް ނަގައި ގޮވައިގެން މައްޗަށް އެރިއެވެ. އެއްޗެއް ބުނާނެ ފުރުސަތެއްވެސް ޔަލްވީއަކަށް ނުލިބުނެވެ.
ރޮޑްރިކް ހަމަ ރީތި އެރީތީ ހިނިތުންވުމުގައި ޔަލްވީއަށް ބަލަހައްޓައިގެން ހުއްޓެވެ. ރޮޑްރިކްގެ ހަޤީޤަތްވެސް ހަމަ އެވަގުތު ޔަލްވީއަށް ފަޅާއެރިއެވެ. ޔަލްވީވެސް ކަޅިޖަހައިނުލާ ރޮޑްރިކްއަށް ބަލަން އޮތެވެ.
އެމެރިކާގައި، އިބިލީހަށް ނުފެންނަ ހިސާބަކަށް ރޮޑްރިކް މިސްރާބުޖެހިއެވެ. އޭނާވަނީ މާކުރީން މިރޭވުންގަނޑު ރާވާފައެވެ. އެމެރިކާގެ ވެރިކަން ކުރާކަށްވެސް ރޮޑްރިކް މިހާރު ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ޔަލްވީއާއެކު އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅޭށެވެ.
(ނުނިމޭ)


