Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިދީނީ

ޒާރާ ސީޒަން 3 (ޖިންނީންގެ ވާހަކަ) – 2 ވަނަބައި

Crystal Level 210 Stories100 Comments
September 16, 2026 3 Mins Read
0 Comments

ހަޤީޤަތުގައި ރޮޑްރިކް މާވަރުގަދަ ހަނގުރާމައެއްކުރާކަށް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ރޮޑްރިކް ބޭނުންވާ ކަންތައް ކުރެވޭން އަންނަނީ އިބިލީސް ބުނާގޮތަށް ހަދައިގެންނެވެ.

އެހެންކަމުން އޭނާވެސް އޭނާގެ އައުވާނުން އެއްކުރިއެވެ. ހަނގުރާމައަށް ރަގަޅަށް ތައްޔާރުވިއެވެ.

އިބިލީސް އޭނާގެ ބާކީ ތިބި އައުވާނުންތައް ދިވެހިރާއްޖޭގެ އިންސާނުން ކައިރިއަށް ފޮނުވިއެވެ. އެމީހުން މަގުފުރެއްދުމަށެވެ.

އޭނާ، އޭނާގެ އައުވާނުން ނުވަތަ އެޖެންޓުންނަށް އަންގައިފައި އޮތީ ހަނގުރާމަ ފެށެންވާއިރަށް އިންސާނުން ލައްވައި ނުބައިކަންތައް ކުރުވަ ކުރުވައިގެން އެމީހުން މުޅިން ނިކަމެތިކޮށްލައި ﷲގެ ރަޙުމަތުން މާޔޫސްކޮށްލުވުމަށެވެ.

އެންޑްރޯސް އަދި ހިއްތަލަފުށި ފަދަ އިންސާނުންނަށް ނުފެންނަ ފަށަލައެއްގައިވާ އެތަށް ރަށެއް ދިވެހިރާއްޖޭގައި އޮވެއެވެ. އެރަށްރަށް ޖިންނިންވަނީ އޭއްޗިއްސަށް ﷲ ދެއްވި ބާރުގައި އިންސާނުންނަށް ނުފެންނަގޮތް ހަދާފައެވެ. އެރަށްރަށުގައި ޖިންނީން އުޅެމުންގެންދިޔައެވެ. އެއީ ޖިންނިންގެ ނަސްލަށްޓަކައި ﷲ ދެއްވި ނިޢުމަތްތަކެކެވެ.

އަދި ދިވެހިރާއްޖޭގައި ޖިންނިން އުޅެމުންދާ ރަށްތަކެއް ބިމަކު ކަނޑަކު ނުޖެހި މައްޗަށް އުފުލިފައިވެސް ހުރެއެވެ. މިއީ ޖިންނީން އެމީހުންނަށް، މާތް ﷲ ދެއްވި ވިސްނުމާއި ބާރުގައި ހަދާފައިވާ ތަންތަނެވެ. ހީވަނީ ހަމަ އޭލިއަން ރަށްތަކެއް ހެންނެވެ.

ޖިންނިން އުޅެން އަސްލު މާތް ﷲ ދެއްވާފައިވާ ރަށްތަކަކީ ފަހުން ބުނެވުނު މިރަށްތަކެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި އޮންނަ ފަޅުރައްތައް ގިނަކަމުން މުސްލިމް ނޫން ޖިންނިން އެރަށްރަށް ހިފަން ބޭނުންވިއެވެ. އެރަށްރަށުގެ މާހައުލު އެމީހުންނަށް ކަމުދިޔައެވެ. ގަސްބޯ، މީހުންނޫޅޭ މިނިވަން ރައްތަކަކަށްވާތީއެވެ.

އެންޑްރޯސް، ހަނޑޫފުށީގެ ގޮތުގައި އޮތްއިރު އެރަށް އޮތީ ދިވެހިރާއްޖޭގެ އެހެން ފަޅުރައްތައްވެސް އޮންނަ ފަދައިންނެވެ. ދެން އެތައް ޒަމާނެއް ވޭތުވެގޮސް އެކިކަހަލަ ޖިންނީން އައިސް އަބަދުވެސް ބުރަމަސައްކަތްތައްކޮށް އެރަށް ތަރައްޤީކުރަމުން ގެންދިޔައެވެ.

ހަނޑޫފުށި އޮންނަނީ އިހު ޒަމާނުގައި އޮންނަ ގޮތަށެވެ. ރަށުގެ ވަށައިގެންވަނީ މޫދެވެ. މިރަށުގައި އުޅެނީ މުޅީންވެސް ދިވެހި ޖިންނީންނެވެ. މިރަށަށް އެހެންބަޔަކު އެރިޔަކަ އެމީހުންނުދެތެވެ. އެރަށަށް އެހެން ތަނެއްގެ ޖިންނިއަކު އަރަން ވެއްޖެނަމަ ޖެހެނީ ފުރަތަމަ ހުއްދަ ހޯދާށެވެ.

އެހެންނަމަވެސް އިބިލީހުގެ ބާރު ކޮންމެވެސް ވަރަކަށް އެރަށަށް ފޯރައެވެ.

ޔޫސުފްމެން އެރަށަށް ގޮސް އިސްލާމްވުމަށް ފަހުގައި އެރަށުގެ ވަރަށް ގިނަ ގަސްތައް ކަނޑާލިއެވެ.

ޔޫސުފް އަދި އައިމިނަތު އިސްލާމްވެފައިވަނީވެސް ކުރީގެ އެންމެ އިހު ޒަމާނުގައެވެ. އެންމެފުރަތަމަ އެރަށަށް ދެވުނީވެސް އެމީހުންށެވެ. ޢައިޝާ އަދި ދާއޫދް އިސްލާމްވުމުން ގޭގެ ކުރިމަތީގައި ހުންނަ ބަނބުކެޔޮގަސްވެސް އެމީހުން ކަނޑާލިއެވެ. ޝައިތާނީ ނުބައި ބާރުތައް ފެތުރޭކަށް އެމީހުން ބޭނުމެއް ނޫނެވެ.

ފަޤީރުކަމުން، އެމީހުން ފުރަތަމަ އުޅުނީ ފަނުން ޖިފުޓިހަދައި އިލޮށިފަތިން އަތުން ކުނިކަހައިގެންނެވެ. ފުރަތަމަ ދިރިއުޅުނީ އެގޮތަށެވެ.

ބާރުތަކާއި ނިޢުމަތްތައް ޔޫސުފްމެންނަށް ލިބެން ފެށީ އިސްލާމްދީނަށް ޢަމަލުކުރަން ފެށުމުންނެވެ. އެހެނަސް އޭރުވެސް އިބިލީހާއި އޭނާގެ އައުވާނުންގެ އުނދަގޫ ބޮޑުވެފައި އޮތެވެ.

ހިއްތަލަފުށީގެ ޖިންނީން ބޭނުންކުރަމުން ދިޔައީ ދިވެހި ތަކެއްޗެވެ. އިލޮށިފައްޗެވެ. ކެއުމަށް ހަނޑުލެވެ. އެންމެ ކުރީޒަމާނުގެ ތަކެއްޗެވެ. މިތަކެތި އެމީހުން ގެނެސްފައިވަނީ ދިވެހިރާއްޖޭގެ އެކިރަށްރަށުންނެވެ. ދިވެހިންގެ އަތުންނެވެ.

އިކްލީލް މިހާރު ހުންނަނީ ވަރަށް ނުބައި ޖިންނިއަކަށް ބަދަލުވެފައެވެ. ނުބައި ކަންތައްތައް ކުރުމުގައި އޭނާފަހުން ހައްދުފަހަނައި އަޅާ ދިޔައެވެ. އެހެންވެ އޭނާގެ ސޫރަ ވަނީ ބިރުވެރިވެ، ޝައިތާނީ ސިފަ ޖެހި މީހާ ހުންނަނީ އަބަދުވެސް ކޮންޓްރޯލުން ނައްޓާފައެވެ.

އޭނާ ކުރާ ކަންތަކުގެ ތެރޭގައި ޤައުމުޤައުމުގެ އިންސާނުން ރޮލާ ހަފާކެއުމާއި، އިންސާނުން މެރުމާއި ހަމަ އެނޫންވެސް ވަރަށް ނުލަފާ ކަންތައްތައް ކުރެއެވެ. ރޮޑްރިކް ކުރާ ކަންތަކުގައި އޭނާއަށްވެސް އެހީވެއެވެ.

ކައިއަސްވެސް އެންމެފަހުން، އޭނާގެ ބަސްނާހާ ދަރި، އިކްލީލް އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލިއެވެ.

އިކްލީލްގެ ނަންވެސް ފަހުން ބަދަލުވިއެވެ. މާ ޝައިތާނީ ނަމަކަށެވެ. އިބިލީހުގެ ގާތް އެޖެންޓަކަށް އިކްލީލްވެ، އޭނާގެ ނަން ބަދަލުކުރި މީހަކީ އިބިލީހެވެ. ނަމަކީ އާމޯންއެވެ. އަސްލު، ކަންއާނީން ނުވަތަ ހިބްރޫ ބަހަށް ނިސްބަތްވާ ކަމަށް ބުނެވޭ މިނަމަކީ މިސްރުގެ ބުދަކަށް ނިސްބަތްވާ ނަމެއްކަމުގައިވެސް ބުނެވެއެވެ.

އިކްލީލް ނުވަތަ އާމޯން ހުންނަނީ ދެމިޔަކަނުން ނުކުމެފައި ހުންނަ ދަތްތައްވެސް ވަރަށް ބޮޑަށް ދިގުވެފައެވެ. ސިފަައަކީ ޑްރެކިއުލަރގެ ސިފައެވެ. ފަހުންފަހުން ދިރިހުރުމައްޓަކައި އާމޯންއަށް ވަރަށް ގިނަ އިންސާނުން ގައިން ލޭބޯން ޖެހުނެވެ. ކޮންމެދުވަހަކު ކަހަލަ ގޮތަކަށެވެ.

އާމޯންއަކީ ވަރަށް ބޮޑު އެޖެންޓެއް ކަމުން އިބިލީސް ކޮންމެ ދުވަހަކު އާމޯން ހޯދައެވެ. އާމޯންއާ ނުލާ އެއްކަމެއްވެސް އިބިލީސް ނުކުރެއެވެ. އިބިލީސް ބުނާ ހުރިހާކަމެއް ލަހެއްފަހެއްނެތި އާމޯން ކޮށްލައެވެ. އޭނާ އެއްވެސް ޖެހިލުމެއް ނުވެއެވެ.

ރޮޑްރިކް ކުރަން އުޅޭ ހަނގުރާމައިގައިވެސް އެންމެ ބޮޑު ބޭނުމެއް ހިފޭނޭ އެކަކީ އާމޯންއެވެ. ބޮން އުކައިގެން ރޮޑްރިކް، ޖިންނީންގެ މީހުން ބައެއްފަހަރަށް މަރައެވެ. ރޮޑްރިކް ރުޅިގަދަވެއްޖެނަމަ ދެން ކަންތަކާޖެހުނީއެވެ. ހަނގުރާމައެއް ފެށުނީއެވެ. މިމަންޒަރުތައް ބަލަން ދުރުުގައި އިބިލީސް ހެވިފައި ހުރެއެވެ.

ރޮޑްރިކްގެ ބިރުވެރިކަން އޮންނަނީ މުޅި ދުނިޔެއަށްވެސް ބޮޑުވެފައެވެ. އޭނާއަކީ އެމެރިކާގެ ޖިންނީންގެ ރައީސެވެ. އޭނާގެ ބަސް، މުޅި އެމެރިކާގައި ހިނގައެވެ. އެމެރިކާގެ މުސްލިމް ނޫން އެންމެހާ ޖިންނިންނަކީ އޭނާ ބުނާ ގޮތަށް ހަދާ ބައެކެވެ. އިބިލީސް ހުންނަނީ އެމެރިކާގެ ޖިންނީންގެ ވެރިކަން ރޮޑްރިކަށްދީގެން ހެވިދިލިފައެވެ.

އެމެރިކާގެ އިންސާނީ ނަސްލުގެ މީހުންގެ ބޮލަށް ވަސްވާސްދީގެން ރޮޑްރިކްމެން އަންނަނީ ޤައުމު ޤައުމަށް ބޮންއަޅައި ތަންތަން ސުންްނާފަތި ކުރަމުންނެވެ. ޚާއްސަކޮށް ފަލަސްތީން ފަދަ ޤަޢުމުތަކެވެ.

އިސްރާއީލްގެ، މުސްލިމް ނޫން ޖިންނީންގެ ވެރިކަން އިބިލީސް ދިނީ އާމޯންއަށެވެ. އާ ވެރިކަމެއް ލިބުމުން އާމޯން، ބޮޑާވެ ވަރަށް ފޮނިވިއެވެ.

ހަޤީގަތަކީ ކޮންމެ ޤައުމަކުވެސް މުސްލިމު ޖިންނީން ތިބޭކަމެވެ. އެމެރިކާ އަދި އިސްރާއީލްގައިވެސް ކޮންމެވެސް ވަރަކަށް އެމީހުން އުޅެއެވެ. އެހެންނަމަވެސް މުއުމިނު ޖިންނީން އެހިސާބަކަށް ނުދެއެވެ.

މާ ނުލަފާ މީހުން އުޅޭ ތަންތަނަކަށް މުއުމިނު ޖިންނީންނެއް ނުދާނެއެވެ. އެމީހުންނަށް ނުބައި މީހުންގެ އެއްވެސް އަސަރެއްކުރާކަށް އެމީހުން ނޭދޭނެއެވެ.

ރޮޑްރިކް އޭނާގެ ޤައުމުގެ ޖިންނީންނަށް އަންގައިގެން ނުރައްކާތެރި ބޮންތައް ތައްޔާރުކުރިއެވެ. ބަޑިތައް އުފެއްދިއެވެ.

މިއީ ޖިންނީންގެ ބޮލަށް އެޅުމަށް ތައްޔާރުކުރެވިފައިވާ ތަފާތު ޚާއްސަ ބޮންތަކެކެވެ. ޖިންނިއެއްގެ ބޮލަށް ވެއްޓިއްޖެނަމަ ގޮވާގޮތަށް ހަދައިފައިވެއެވެ.

އެހެންނަމަވެސް، މާތްﷲގެ ކުޅަދުންވަންތަކަމުން އެބޮންތައް އިންސާނުންގެ ބޮލަށް ގޮވާގޮތަށް ހަމަ ޖެހިފައެއް ނުވެއެވެ. އެވަރުގެ ބާރެއް މާތް ﷲ އެމީހުންނަށް ދެއްވާފައެއް ނުވެއެވެ.

އިބިލީސް ހުންނަނީ ކަންކަން ހިނގާގޮތް ބަލައި މޮނިޓަރ ކުރާށެވެ.

ދިވެހިރާއްޖެއާ ދިމާކޮށްލައި އެޤައުމުގައި އުޅޭ އެންމެން ހަލާކުކޮށްލުމަކީ އިބިލީހުގެ އަބަދުގެވެސް ހުވަފެނެކެވެ. މުސްލިމް ޖިންނީންނާއި މުސްލިމު އިންސާނުންނާ އެކުގައެވެ. އެހެނަސް ދިވެހިރާއްޖެ މުސްލިމުވުމަށްފަހު މިހާ ހިސާބަށް އައިއިރު، އިބިލީހުގެ ރޭވުންތައް ދަނީ ފެއިލްވެ ފްލޮޕްވަމުންނެވެ.

މާތްﷲ ދިވެހިރާއްޖެއަށް ދެެއްވާފައިވާ ރައްކާތެރިކަމުގެ ފާރު ހަމަ ބޯކޮށް އިންނަނީއެވެ. އެފާރުގެ ބޯކަމުން އައުވާނުންލައިގެންވެސް ކަންކަން ކުރެވޭގޮތް އިބިލީހަށް އޮންނަނީ ނުވެފައެވެ.

ބައެއްފަހަރަށް އިންސާނުން ލައްވައި ފާފަތައް ކުރުވާ އެހެން އުޅެވުނަސް ބޮޑު ގޮތެއް ހަދާ ލެވޭވަރު އޮންނަނީ ނުވެފައެވެ. އެކަމާ އިބިލީސް ހުންނަނީ ވަރުބަލިވެފައެވެ. އެހެނަސް އޭނާ ހިތްވަރުއެލުވައެއް ނުލައެވެ.

އާދަމުގެ ދަރީންދެކެ އޭނާ އިންތިހާއަށް ރުޅި އާދެއެވެ. އާދަމުގެ ދަރިއަކު ކާފަރެއްގެ ގޮތުގައި ވާނަމަ އެމީހަަކާ އެހާބޮޑަކަށް އަޅައެއް ނުލައެވެ. އެކަމަކު މުސްލިމުވެއްޖެނަމަ އެމީހަކަށް ފިއްތުންތައް ކުރިމަތިކުރުވާން އުޅެއެވެ. އެކަމުގައިި އޭނާއާއި އޭނާގެ އިސް އައުވާނުންދަނީ 24 ގަޑިއިރު މަސައްކަތްކުރަމުންނެވެ.

ކުރީގައި މަލާއިކަތުން ގާތުގައި އުޅެފައިހުރި އިބިލީހަކީ ކޮންމެވެސްވަރެއްގެ ޢިލްމުވެރިއެއްވެސް މެއެވެ. އެހެންވެ، އެހެން ޖިންނީންނާއި އޭނާ ކޮންމެވެސް ވަރަކަށް ތަފާތުވެގެންވެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ލޯބިވޭ އަނަންތަކަށް… – 1

Previews
September 16, 2026

ލޯބިވޭ އަނަންތަކަށް… – 1



All Right Reserved!