Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

ޒާރާ ސީޒަން 3 (ޖިންނީންގެ ވާހަކަ) – 1 ވަނަބައި

Crystal Level 210 Stories100 Comments
September 16, 2026 3 Mins Read
0 Comments

ރޮޑްރިކް އިނީ އޭނާގެ ތަޚުތުގެ ގޮނޑީގައި ހަމަޖެހިލައިގެންނެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށްވާ އެމެރިކާއަށް ނިސްބަތްވާ ޖިންނިއެކެވެ.

އޭނާއަކީ ކައިއަސްއަށް ވުރެވެސް ބޮޑު ވެރިކަމެއް ލިބިފައިިވާ ޖިންނިއެކެވެ. ރޮޑްރިކްއަށް ލިބިފައިވަނީ ބޮޑެތި ބާރުތަކެކެވެ.

ރޮޑްރިކްމެންނަކީ އާއުފެއްދުންތައް އުފައްދާ އެކޮންޓްރޯލް ކުރާ ބައެކެވެ. ދުނިޔެ ގުޑުވާލާ ފަދަ ކުރިއެރުންތައް ރޮޑްރިކްމެންނަށް ލިބިފައިވަނީ އެހެންވެގެންނެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވެރިކަމެއް ހިންގީ އެމެރިކާ ޖިންނީންނެވެ. އެއަށްފަހު ބުދަށް އަޅުކަންކުރާ ޖިންނީން ދިވެހިރާއްޖެެއަށް އައިސް ދިވެހިރާއްޖެ އެއްކޮށް ބުޑިސްޓް ދީނަށް ބަދަލުކޮށްލިއެވެ. ދިވެހިރާއްޖެ މުސްލިމުވީ އޭގެ ފަހުންނެވެ. މުސްލިމު ޖިންނީން ރާއްޖެ އަންނަން ފެށީ އޭގެ ފަހުންނެވެ.

ދިވެހިރާއްޖެ މުސްލިމުވުމުން ރާއްޖެ އަންނަ މުސްލިމު ޖިންނީން ދިވެހިރާއްޖޭގައި ވަޒަންވެރިވަމުން ދިޔައެވެ.

ކަންމިހެން ހުރި ކަމުގައިވިއަސް ދުނިޔޭގެ ނިސްބަތުން ގިނަވެފައި އޮންނަނީ މުސްލިމު ނޫން ޖިންނިންނެވެ. އަދި ވަކިން ޚާއްސަކޮށް ކާފަރު ޖިންނީންނެވެ.

ދުނިޔޭގައި ޖިންނީންގެ މެދުގައި އަބަދުވެސް ވަރަށް ގަދަޔަށް ހަނގުރާމަ ހިނގައެވެ. މުސްލިމު ޖިންނީން ކުރާ ހަނގުރާމަ ތަކުގައި އެމީހުންގެ އިތުރުން މުއުމިނު ޖިންނީންވެސް ބައިވެރިވެއެވެ.

ރޮޑްރިކްއޭ ބުނާއިރަށްވެސް ބައެއް ޖިންނީން ބިރުގަނެއެވެ. ބައެއް އިންސާނުން އެމެރިކާދެކެ ބިރުގަންނަފަދައިންނެވެ.

ރޮޑްރިކްއަކީ އެއްވެސް ދީނެއްގައި އުޅޭ ޖިންނިއެއްނޫނެވެ. ޖިންނިންގެ އެންމެ ބާރުގަދަ ވައްތަރަށް ރޮޑްރިކް ނިސްބަތްވެއެވެ.

ބޮމާއި، ބަޑިއާއި އެފަދަ ސާމާނުތަކާއި އާލާތްތައް ރޮޑްރިކް ގެންގުޅެއެވެ.

ރޮޑްރިކްގެ މައްޗަށް، އިސްވެރިއަކަށް ހުންނަނީ އިބިލީހެވެ. އެއީ އަދި މާނުރައްކާ މީހެކެވެ. އިބިލީހުގެ ބައެއް އޯޑަރުތައް ރޮޑްރިކްގެ މައްޗަށް ހިނގައެވެ.

އިބިލީހުގެ ކަމަކީ ޖިންނީން މެދުވެރިކޮށްގެން މީހުން މަގުފުރެއްދުމެވެ. ޖިންނީންވެސް އެވަރަށް މަގުފުރައްދައެވެ.

އެއްފަހަރަކު ކަންދިމާކުރިގޮތުން ރޮޑްރިކްއަށް ދިވެހިރާއްޖެ އާދެވުނެވެ. އޭރު ދިވެހިރާއްޖެ އޮތީ މުސްލިމްވެފައެވެ. ރާއްޖެ އާދެވުނީއްސުރެ ރޮޑްރިިކް ރާއްޖެއަށް ހިތްކިޔައެވެ. އޭނާގެ ޤައުމު އެމެރިކާއާ ދިވެހިރާއްޖެ ތަފާތުވެފައި ނަލައެވެ.

އެހެންނަމަވެސް އިބިލީހުގެ އޯޑަރުތައް އޭނާ ފުރިހަމަކުރަން ޖެހެއެވެ. ކޮންމެސްވަރެއްގެ މިނިވަންކަމެއް އޮތަސް ފުރިހަމަ މިނިވަންކަމެއް ނޯވެއެވެ.

އޭނާއާ އިބިލީސް ހަވާލުކޮށްފައި އޮންނަނީ ހަލާކުކުރެވޭ ގޮތަކަށް ޤައުމުތައް ހަލާކުކުރުމެވެ. އިންސާނުންގެ ބުއްދިއާ ކުޅެލައިގެންވެސް އިންސާނުން ލައްވާ ވަސްވާސްތައް ދީގެން ނުބައި ޢަމަލުތައް ކުރުވުމެވެ. ނަރަކަ ބައިގަނޑު ގިނަކުރުމެވެ. ޤައުމުތައް ތަޅާ ސުންނާފަތިކުރުމަށެވެ.

ރާއްޖެ އައިސް މުޅި ރާއްޖޭގެ ޖިންނީންގެ ވެރިކަން ރޮޑްރިކް ބޭނުންެވިއެވެ. އެކަން އެންމެ ފުރަތަމަ އިނގުނީ އެންޑްރޯސްގައިހުރި ކައިއަސް އަށެވެ.

ހިއްތަލަފުށީގައި ހުރި ދާއޫދްއަށްވެސް އެޚަބަރު ލިބުނީ ރާއްޖޭގައި އުޅޭ ދިވެހި މުސްލިމް ޖިންނިންގެ ފަރާތުންނެވެ. އެހެންކަމުން އޭނާވެސް އެކަމަށް ތައްޔާރުުވަމުން ދިޔައެވެ.

ހިއްތަލަފުށީގައި ހުރި ދާއޫދް އަދި ޔޫސުފްގެ ގާތުގައި މުސްލިމް އެހެން ޖިންނިންވެސް ވަޒަންވެރިވަމުން ދިޔައެވެ. ދާއޫދްގެ މަންމަ ސޯނަމް އުޅޭ ޕަރިސްތާނުންވެސް މުސްލިމު ދެތިން ޖިންނިން ވަޒަންވެރިވާން އައެވެ. މިގޮތަށް ގޮސް އެކި ޤައުމުތަކުން އެތައް ޖިންނިއެއް އައެވެ.

އެހެންވެ ޢަޢިޝާގެ ވަރަށް ގިނަ ރައްޓެހިން މިހާރު ތިބެއެވެ. އޭނާ މިހާރު ވަނީ ވިލްދާންއާ އިނުުމުގެ ޚިޔާލު މުޅިން އެއްކޮށް ދޫކޮށްލާފައެވެ.

ޔޫސުފްއަކީ މިހާރު މުއުމިނު ޖިންނިއެކެވެ. އޭނާ ވަނީ ކުއްފާފަ ކުރުން އެއްކޮށް ދޫކޮށްލައި ހިތުގައި ބޮޑާވެރިކަމެއްވާނަމަ އެކަންވެސް ދޫކޮށްލާފައެވެ. އެހެންވެ ﷲ އޭނާގެ ދަރަޖަ މަތިވެރިކުރައްވާ ﷲގެ ވަލީވެރިއެއްގެ ގޮތުގައި ލެއްވިއެވެ.

އޭނާ މިހާރު އުޅެމުންދަނީ މަތިވެރިވެގެންވާ މަލާއިކަތްބޭކަލުންނާއި އެކީގައެވެ. ޔޫސުފްއަށް އެހިސާބަށް ވާސިލުވެވުނީ ވަރަށް ބުރަ މަސައްކަތްތަކެއްކޮށްގެންނެވެ. އިބިލީހުގެ ކިބައިން ސަލާމަތްވާންވެސް އޭނާ އެތައް މަސައްކަތެއް ކުރަން ޖެހުނެވެ.

އިންސާނުން ފަދައިން ޖިންނީންވެސް އުޅެނީ އަބަދުވެސް ކޮންމެވެސް ކަހަލަ އިމްތިހާނެއްގެ ތެރޭގައެވެ.

ދިވެހިރާއްޖެއަށް ވަމުންދާން އުޅޭގޮތް އެންމެ ފުރަތަމަ އިނގުނީ ދިވެހިރާއްޖޭގައި ތިބި ޖިންނީންނަށެވެ. އިންސާނުންނަކަށް އެކަމެއް ނޭނގެއެެވެ.

ރޮޑްރިކް އައިސް ދިވެހިރާއްޖެ ހިފައިފިނަމަ އިބިލީހަށް ބޮޑުބާރު ލިބުނީއެެވެ. އެހެންވެ، ދިވެހިރާއްޖޭގައި ތިބި މުސްލިމް ޖިންނީން ބޯމަތިވަމުން އަންނަ ހަނގުރާމައަށް ތައްޔާރުވަމުން ދިޔައެވެ. އެހަނގުރާމަ ވަރަށް ވަރުގަދައަށް ހިނގާނެކަން އެޖިންނީންނަށް އިނގެއެވެ.

މުސްލިމް ނޫން ބައެއް ޖިންނީންވެސް ތެދުވެ ތިބީ ރޮޑްރިކްއާ ދެކޮޅަށެވެ. ދިވެހިރާއްޖެ ސަލާމަތްކުރުމަށެވެ. އޭގެ ތެރޭގައި ކައިއަސްވެސް ހިމެނެއެވެ.

މި ހަނގުރާމައިގެ މަޝްވަރާތައް ކުރުމަށްޓަކައި އެކި ޤައުމުތަކުން މުސްލިމް ޖިންނީން އައެވެ. އޭގެ އިތުރުން މުއުމިނު ޖިންނީންވެސް އަައެވެ.

މުއުމިނު ޖިންނީން އައުންވީ ދިވެހި މުސްލިމު ޖިންނީންނަށް ލިބުނު ވަަރަށް ބޮޑު ހިތްވަރަކަށެވެ. ދާއޫދްގެ އިތުރުން މުއުމިނު 10 ޖިންނީންވެސް ތިިއްބެވެ.

މަލާއިކަތްބޭކަލުންވެސް މި ހަނގުރާމައިގައި ބައިވެރިވާނެ ކަމުގައި ބުނެވުނެވެ. އެހެންވެ އިބިލީސް އަވަހަށް އެއްފަރާތްވިއެވެ.

އިބިލީހަށް މިޚަބަރު ވަރަށް ކުރިން ލިބިއްޖެއެވެ. އެހެންވެ ހަނގުރާމައިގެ މަޅީގައި ރޮޑްރިކް ބައްދާލަން މެދުވެރިއަކަށްވީ އިބިލީހެވެ.

އިބިލީސް އަމުރުކުރީ ރޮޑްރިކް ރާއްޖެ ހިފަން ބޭނުންވާނަމަ ރާއްޖޭގެ ޖިންނިންނާ ހަނގުރާމަ ކުރުމަށެވެ. އެއަށްފަހު އިންސާނުންނާ ދިމާކުރުމަށެވެ.

ދިވެހިރާއްޖެއަކީ މުސްލިމް ޤައުމަކަށްވާތީ ރާއްޖޭގައި ތިބޭ އިންސާނުންނާ ވަރުގަދައަށް ދިމާކުރެވެން ފުރަތަމަ އޮތީ އެތަނުގައި ތިބޭ މުސްލިމު ޖިންނިން ބަލިކޮށްގެން ކަމަށެވެ.

މިހަނގުރާމަކުރުމަށް ރާއްޖޭގެ ބައެއްރައްތަކުގައި ތިބޭ ކާފަރު ޖިންނީން ރޮޑްރިކްއާ އެއްކޮޅަށް ހަނގުރާމަކުރުމަށް ތައްޔާރުވަމުންދިޔައެވެ. އިބިލީސް ދޭނެ މަތިވެރި މަޤާމެއްގެ ދަހިވެތިކަމުގައެވެ.

އިންސާނުންނަށް ނުފެންނަ ފަށުގައި ދުނިޔޭގައި ޖިންނިންގެ މެދުގައި ހިނގާ އެންމެ ބޮޑު އެއް ހަނގުރާމައަށް މިހަނގުރާމަވާނެއެވެ. ސަބަބަކީ މިހަނގުރާމައިގައި ބައިވެރިވާންތިބި ޖިންނީންގެ ގިނަކަމުންނެވެ.

ރޮޑްރިކްއަކީ އޭނާގެ ޒާތުގައި ބޮޑާކަމާއި ފޮނިކަން ހުންނަ ޖިންނިއެކެވެ. އޭނާ އިބިލީހުގެ އައުވާނަކަށްވީ އެހެންވެގެންނެވެ.

އިބިލީހަށް، އިބިލީސް މަރުނުވަނިކޮށް ވަރިހަމައެވެ. އެނާގެ ދަށުން ހުންނަ ޖިންނިއެެއް މަރުވިޔަސް އިބިލީހަށް ވަރިހަމައެވެ.

ހަޤީޤަތުގައި ރޮޑްރިކް މާވަރުގަދަ ހަނގުރާމައެއްކުރާކަށް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ރޮޑްރިކް ބޭނުންވާ ކަންތައް ކުރެވޭން އަންނަނީ އިބިލީސް ބުނާގޮތަށް ހަދައިގެންނެވެ.

އެހެންކަމުން އޭނާވެސް އޭނާގެ އައުވާނުން އެއްކުރިއެވެ. ހަނގުރާމައަށް ރަގަޅަށް ތައްޔާރުވިއެވެ.

އިބިލީސް އޭނާގެ ބާކީ ތިބި އައުވާނުންތައް ދިވެހިރާއްޖޭގެ އިންސާނުން ކައިރިއަށް ފޮނުވިއެވެ. އެމީހުން މަގުފުރެއްދުމަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

އާރާ 3

Next

ލޯބިވޭ އަނަންތަކަށް… – 1

Next
September 16, 2026

ލޯބިވޭ އަނަންތަކަށް… – 1

Previews
September 15, 2026

އާރާ 3



All Right Reserved!