ވާނަމޭ ލޯބިން އުމުރަށް
ޗެޕްޓާރ10:- އިޒްދާން
ދެރަވެއްޖެއެވެ. ހަމައެފަދާން ރުޅި ވެސް އާސްއިއެވެ. ކަމަކާ ނުލާ މާހިން އަހަރެން ގައިގައި ޖެހީ ކީއްވެ ހެއްޔެވެ؟ ކުރިކަމެއް ވިއްޔާ ކުރީ އެލީޝާ އެވެ. މާހިން ވެސް ވީގޮތެއް ނުބަލައެވެ. އެލީޝާ އަހަރެންނާ މެސެޖް ކުރާތާ ކޮންދުވަހެއް ހެއްޔެވެ. އަހަރެން އޭގެން އެއްޗަކަށް ރިޕްލައި އެއް ނުދެމެވެ. އެއީ މާހިންގެ ލޯބިވެރިޔާ އަށް ވާތީ އެވެ. އަހަރެން މީ މީހުންގެ ބިޓުން ފޭރޭ މީހެއް ނޫންވިއްޔާއެވެ. އަހަރެން ކޮންމެ ދުވަހަކު އިރޯއްސޭ މަންޒަރު ބަލަންދާކަން މާހިން އަށް ރީއްޗަށް އެނގޭނެއެވެ. މިއަދު އެލީޝާ އަންނަން ނިއްމީ ކީއްވެ ކަމެއް ނޭނގެއެވެ. އޭނާ ބުނީ އަހަރެން ވަރަށް ރީތިި ކަމަށާއި އަހަރެންނާއި ރައްޓެހިވާނޭ ކުއްޖަކީ ވަރަށް ނަސީބު ގަދަ ވާނޭ ކުއްޖަކަމެވެ. ފަހުން އޭނާ އަހަރެންގެ އަތް އޭނާގެ މޫނުގައި ޖެއްސުވީއެވެ. އަހަރެންނަށް އޭނާގެ ހިތުގައިވާ ޝަކުވާ ކިޔާދީފައެވެ. އޭނާގެ ހިތާމަތަށް އަހަރެންނަށް ކިޔާދީފައެވެ. އެލީޝާގެ އަސްލު ހަޤީޤަތް އެނގުމުން އަހަރެން އަސްލު ވަރަށް ދެރަވެއްޖެއެވެ. އެކަމު މިހާރު އޭނާ ދެކެވެސް ރުޅި އާސް އެވެ.
މާހިން މަޢާފަށް އެދުނީމައި ރުޅިގަނޑު ގޮށްސިއެވެ. ނަމަވެސް އަހަރެން ދެރަވެއެވެ. މާހިން އަހަރެން ގައިގައިި ޖެހީމައެވެ. މާހިން އަމިއްލަ އަކަށް އެކަމާ ހިތާމަ ކުރެއެވެ. އަހަރެން މާހިން އަށް މަޢާފް ކޮށްދޭނަމެވެ. އެއީ އޮޅުމެކެވެ. މާހިން ވެސް ހަމަ ބުއްދި ލިބުމުން ދެރަވެއްޖެއް ނޫންހެއްޔެވެ. މޫނުގައި އައިސް ޖައްސާފައި އަހަރެން އެރީ މައްޗަށެވެ. މިގަޑީ މާހިން އާ ވާހަކަ ދައްކާ ހިތެއް ނެތެވެ. އެކަމު ވާހަކަ ނުދައްކަ ވެސް ވާކަށް ނެތެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި އަހަރެން ނުކުތީ ބެލްކަންޔަށެވެ. އެއްމެން އެމީހެއްގެ ކޮޓަރީގައި އުޅޭތީ ގޭތެރެ ވަރަށް ހަމަހިމޭނެވެ. އަހަރެން އިނީ އުޑުމައްޗަށް ބަލާށެވެ.
“އިޒްދާން..” މާހިންގެ އަޑެވެ. އަހަރެން ބަލާލީމެވެ. އެދެލޯ ވަނީ ރަތްވެފައެވެ. އަހަރެން ބޭނުންވީ އެދެލޯ ކޮނެލާށޭވެ. ނަގާ ހޫރާ ލާށެވެ.
“އަހަރެމެން ބްރޭކަޕް ވެއްޖެއިން.. އެލީޝާ ބުނީ އޭނަ މިހާރަކު އަހަރެން ދެކެ ލައިކް އެއް ނުވާކަމަށް..” މާހިން އައިސް ރެއިލިންގައި އަތް އަޅުވާލާފައި ކިޔާދިނެވެ. އަހަރެން ބަހެއް ނުބުނަމެވެ.
“އަހަރެން އެލީޝާ ވަރަށް ކަމުގޮސް ގެން އުޅުނިން އާން.. އެކަމު ނޭނގެ ކީއްވެ ކަމެއް ބްރޭކަޕް ވީމަ ދެރަނުވީކީ..” މާހިން ކިޔާދިނެވެ. އޭނާގެ އިހްސާސްތަކެވެ.
“އިޒްދާން.. އައިމް ރިއަލީ ސޮރީ.. އަހަރެން އެއްގޮތަކަށް ވެސް ހިތަކަށް ނާރަން އެލީޝާ އިޒްދާން އަށް މެސެޖްކޮށް ފޮޓޯ ފޮނުވާ ހަދާފާނެކަމަކަށް..” އަހަރެންނަށް މާހިން އާއި ދިމާއަށް ބަލާލެވުނެވެ. އޭނާ އަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ އަކަސް އަސްލު ހަޤީޤަތް މާހިން އަށް ވެސް އެނގެއްޖެއް ނޫންހެއްޔެވެ؟
“ޒާން.. ޕްލީސް.. އެއްޗެކޭ ބުނެބަ..” މާހިން އާދޭސް ކޮށްލިއެވެ.
“އައި ފޮގިވްޔޫ..” އަހަރެން ސިހުނީ މާހިން ކުއްލިއަކަށް އަހަރެންގައިގައި އޮޅުލައި ގަތުމުންނެވެ. އަހަރެންގެ ނޭވާ އަވަސްވެލިއެވެ. ގައިން ހީބިހި ނަގާގެން ދިޔައެވެ. އެވީ ކިހިނެއް ހެއްޔެވެ؟
“ޒާން.. އަސްލުވެސް ވަރަށް ބޮޑަށް ސޮރީ އަހަރެން އަތުން ޒާން އަށް އަނިޔާވީމަ..” އަހަރެންގެ މޫނުގައި ދެއަތުން ހިފާއްޓާލަމުން މާހިން ވާހަކަ ދެއްކިއެވެ. އޭނާ ހުއްޓުން އެރިއެވެ. އޭނާ އަހަރެންގެ ލޮލަށް ބަލަން ހުރީއެވެ. ލަސްލަހުން މާހިންގެ ނަޒަރު ބަދަލުވީ އަހަރެންގެ ތުންފަތަށެވެ. އޭނާ ހިންދިރުވާލިއެވެ. އަހަރެން ވެސް ހުރީ ނޭވާ ހިފާއްޓާލާގެންނެވެ. އަނެއްކާ އަހަރެންގެ ލޮލަށް ބަލާލާފައި އޭނާ ދުރަށް ޖެހުނެވެ. އަދި ބޯކަހާލިއެވެ.
ޗެޕްޓާރ11:- މާހިން
ދެއްމެ އެވީ ކިހިނެއް ހެއްޔެވެ؟ ލަދުގަނެއް ޖެއެވެ. އިޒްދާން ހިތަށް އަރާނީ ކޯއްޗެއް ހެއްޔެވެ؟ އަހަރެން ދެއްމެ ކުރަން ހިތައް އެރީ ކޮންކަމެއްހެއްޔެވެ؟ އަހަރެން ކުރަން ބޭނުންވާ ކަންތައް ވެސް އޮޅިއްޖެއެވެ.
“ތެންކިއު..” އަހަރެން ބުނީމެވެ. އިޒްދާން ހިނިތުންވެލިއެވެ. އަސްލު ހިނިތުންވުމެކެވެ. އިޒްދާންގެ ހިނިތުންވުން ފެނިފައި އަހަރެންގެ ހިތްވެސް އުފަލުން އުދުއްސައިނުގަތީ ކިރިޔާއެވެ.
“ޔުއާރ ވެލްކަމް..” އިޒްދާން ރައްދުގައި ބުނެލިއެވެ. އިރުކޮޅެއް ދެމީހުން އެއްޗެކޭ ނުބުނެ ދިޔައެވެ. އިޒްދާން ހީވަނީ އަހަރެން އެއްޗެކޭ ބުނަން މަޑުކޮށްގެން ހުރިހެންނެވެ. އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ؟
“ހިނގާ މިރޭ ލައިބްރެރީ އަށް ދާން..” އަހަރެން ބުނީމެވެ. އިޒްދާން ބަލާލީ ދެލޯ ބޮޑުކޮށްލާގެން ހުރެއެވެ. އަނެއްކާ އޭނާ ދާން ބޭނުން ނުވަނީ ހެއްޔެވެ؟ ނޫނެކެވެ. އޭނާ ދާހިއްވާނެއެވެ. ގައިމު ވެސް ޔޫރާ އާއި ތާޔާ ލައިބްރެރީ އަށް ދާވަހަކަ ބުނެފިއްޔާ އޮންނާނީ ހަވައިގައެވެ.
“މާހިންގެ ޖީސީ އަންނަ ހަފްތާ ފެށޭނު..” އިޒްދާން ބުނެލިއެވެ.
“އެއީ އަންނަ ހަފްތާ.. އެހެން ނޫނަސް މިއަދު ފޮތް ކިޔާފިން..” އަހަރެން އިޒްދާންގެ ކޮޑަށް އަތް ވައްޓާލީމެވެ. ދާން އިޒްދާން އެއްބަސް ވިއެވެ.
އެރޭ 9 ޖަހާލީރު އަހަރެމެން ލައިބްރެރީއަށް ދިޔައީމެވެ. ލައިބް ރެރީގައި އެތަކެއް ސަކަރާތެއް ޖަހާލާފައި ފޮތެއް ގަނެގެން ދިޔައީ އައިސްކްރީމް ބޯށެވެ. އައިސް ކްރީމް ބުއިގެން ބޭރުތެރޭ ތެޅިތެޅިފައި ދެން އައީ ގެޔަށެވެ.
“އައި ކާންޓް ވެއިޓު ރީޑް ދިސް..” އިޒްދާން އޭނާ އަތުގައި އޮތް ވާހަކަ ފޮތް ދައްކާލަމުން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އެރޭ ނިދީ އުފަލުން ނެވެ.
*ދެމަސް ފަސް….*
ދެކޮޅަށް ކޮޓަރިތެރޭގައި ހިގައިލަ ހިގައިލަ އިނީ އިޒްދާން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަަހަރެންގެ ޖީސީ ނިމުމުން އިތުރަށް ކުރާނެ ކަމެއް ނެތެވެ. އިޒްދާން އާއި އެކީ ވަރަށް ވަގުތު ހޭދަކުރެވެއެވެ. އަހަރެން އޭނާގެ ފިލާވަޅު ހަދައިދޭން އެހީވަމެވެ. އޭނާ އަށް ނޭނގޭ އެއްޗެހި ކިޔާދެމެވެ. އަހަރެންނާއި އިޒްދާންގެ ގުޅުން ބަދަހި ވާވަރަކަށް ތިއްތަ އަށް ލިބޭ އުފަލެއްގެ ކޮޅެއް ނެތެވެ. އަހަރެން އިޒްދާން އާއި އެކީ ގިނަ ވަގުތު ހޭދަ ކުރާވަރަކަށް އޭނާ އާއި ވަކިން ހޭދަ ކުރަން ޖެހޭ ގަޑިތަކުގައި އުނދަގޫ ވަނީއެވެ. އަބަދު ބޭނުން ވަނީ އިޒްދާން އެވެ. މިވާގޮތެއް އަހަރެންނަކަށް ނޭނގެއެވެ. ގޭގައި އިޒްދާން އުޅެންޏާ އޭނާ އިންނަން ޖެހޭނީ އަހަރެން ކާރީ އެވެ. އެހެން ނޫނީ އަހަރެންގެ މިހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.
މިއަދުމީ ރިޕޯޓް ފޯމް ދޭ ދުވަސް ކަމުން އިޒްދާން ދިޔައީ އެޖަލްސާ އަށެވެ. ބޮޑު ބަންދުއައީއެވެ. އިޒްދާން ވެސް ފްރީވީ އެވެ. އަހަރެން މިހާ ހެނދުނު ހެނދުނާ ތެދުވެ މިއުޅެނީ ކީއްވެ ހެއްޔެވެ؟ ހަމަ އެއްގޮތަަކަށް ވެސް ނޭނގެއެވެ. އަހަރެން އިޒްދާންގެ އިންތިޒާރުގައި މިއިނީ ކީއްވެ ކަމެއް ނޭނގެއެވެ. އެނދުމަށްޗަށް ޖެހިގަތީމެވެ. ބާލިސް ތެރެއަށް ހަޅޭ ލަވާގަތީމެވެ. އިޒްދާން އާއި ނުލާ މިހާރު އަހަރެންނަށް ނޭވާ ލެވޭކަމަކަށް ނުވެއެވެ. އަހަރެން އިޒްދާން ބޭނުމެވެ. ކިހިނެއް ކޮންގޮތަކުން ކަމެއް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ އަހަރެން އިޒްދާން ބޭނުންވާ ކަމެވެ. ފެންވަރައި ރީތިވެލީމެވެ. ކޮފީތައްޓެއް ބުއިލީމެވެ.
މީގެ ދެމަސް ފަހުން އަހަރެންގެ ޖީސީ ނަތީޖާ ލިބޭނެއެވެ. އުންމީދު ކުރަނީ ވަރަށް ރަގަނޅުވާނެ ކަމަށެވެ.
ޗެޕަޓާރ12:- އިޒްދާން
އަހަރެން ގޭތެރެއަށް ވަދެގެން އައުމާއި އެކީ މާހިން ވައިސޫރިއެއްހެން އައިސް އަހަރެން އަތުން ރިޕޯޓް ފޯމް އަތުލިއެވެ. އަދި ގަނޑުތައް އުކަން ފެށިއެވެ. އަހަރެން އިނީ ހިނިތުން ވެލާގެންނެވެ. މާހިން ވެސް ހިނިތުންވުން ފޮރުވަން ވެގެން ވަރަށް މަސަށްކަތް އެބަ ކުރެއެވެ.
“ހާދަ ލަހޭ..” މާހިން ޝަކުވާ ކޮށްލިއެވެ.
“ލަސްވާނު.. ޕްރިންޓެގެ ބޭކާރު ވާހަކަ ބޮޑިގަނޑު އޮށްސާލާފި ވިއްޔަ..” ތާޔާ ގޮސް ސޯފާ އަށް ޖެހިގަތެވެ.
“މާހީ ސާބުއިފިން..؟” ބޮޑުތިއްތަ ސިޑިއާއި ދިމާއަށް ދަމުން އަހާލިއެވެ.
“ނޫން..” އެހެން ބުނެ މާހިން އަހަރެންގެ އަތުގައި ހިފައި ސިޑިންމައްޗަށް ދުއްވައިގަތެވެ. ބޮޑުތިއްތަ ޕިސް ޕިސް ކަޑައިލި އަޑުއިވުނެވެ. ދުވެފައި ގޮސް މާހިން ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަންގޮތަށް ތަޅުލާފައި އަހަރެން ދޮރާލާ ފިއްތާލިއެވެ. އަހަރެން އިނީ ހުއްޓުން އަރާފައެވެ. އަތްފައި ފިނިވެގެން ދިޔަކަހަލަ އިހްސާސް އެއް ކުރެވުނެވެ. މާހިން އިތުރަށް އަހަރެންނާއި ގާތްވެލިއެވެ. އަހަރެންގެ ނޭވާ ކަރުގައި ތާށިވި ކަހަލައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މާހިން އެއުޅެނީ ކީއްކުރަން ހެއްޔެވެ؟ އޭނާގެ ހޫނުނޭވާ ދިޔައީ އެއްވެސް ހުރަހެއް ނެތި އަހަރެންގެ މޫނުގައި ބީހެމުންނެވެ.
“މާހިން..؟” އަހަރެން ގޮވާލީމެވެ. ނަމަވެސް އޭނާ އަޅައެއް ނުލިއެވެ. އިތުރަށް އަހަރެންނާއި ގާތަށް ޖެހުނީ އެވެ. އަހަރެން ފައިލް އަހަރެމެންގެ ހުރަހަކަށް ހެދީމެވެ. މާހިން އަހަރެންގެ ލޮލަށް ބަލާލިއެވެ.
“ވަޓް އާރ ޔޫ ޑުއިން..؟” އަހަރެން އަހާލީމެވެ.
“ކްލެއިމިން ވަޓްސް މައިން..” އަހަރެންގެ ދެލޯ ބޮޑުވިއެވެ. މާހިން އެބުނީ ކީކޭ ހެއްޔެވެ؟ އަނެއްކާ މިއިވުނީ ރަގަނޅަށް ހެއްޔެވެ؟ މާހިން އަހަރެންގެ އުނަގަނޑުގައި ހިފައި ދަމައިގަތެވެ.
“އިޒްދާން.. އަހަރެން އެބައޮތް ވާހަކަ އެއް ބުނަން ވެފަ..” މާހިން ވަރަށް މަޑުމަޑުން ބުނެލިއެވެ. އަހަރެން ބޯޖަހާލީ ކުރިޔަށް ގެންދާށޭ ބުނުމުގެ ގޮތުންނެވެ. މާހިން އަހަރެންގައިގައި މިގޮތަށް އަތްލި އިރު އަހަރެން އޭނާ ނުހުއްޓުވީ ކީއްވެ ހެއްޔެވެ؟ އަހަރެން ވެސް މިކަން ބޭނުން ވޭހެއްޔެވެ؟ އާންއެކެވެ. ބޭނުމެެވެ.
“އިޒްދާން.. އަހަރެންނަކަށް ނޭނގެެ މިވާގޮތެއް.. އަބަދު ބޭނުމީ އިޒްދާން.. ހިދުކޮޅަކަށް ވެސް އިޒްދާން ދުރުގަ ހުރިއްޔަކަށް ނޭދެން.. އަހަރެން އިޒްދާން ބޭނުން.. ކިހިނެއް، ކޮންގޮތަކުން ކަމެއް ނޭނގެ.. އިޒްދާން.. އައި ލަވްޔޫ.. އައި ރިއަލީ ޑޫ..” މާހިިންގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކީ އަހަރެންގެ ހިތުގެ އެންމެ އަޑީގައި ފަސްދާނު ލެވުނު ބަސްތަކެވެ. މާހިން އެހަދަނީ ތެދެއް ހެއްޔެވެ؟ އަހަރެންނަށް އޭނާ އެބުނި އެއްޗެހި ގަބޫލު ކުރެވިދާނެ ހެއްޔެވެ؟ އަހަރެންގެ ހިތް ހީވަނީ ދިރޭ ރަހަ ފޮދެއް ހެންނެވެ. ހިންދިރުވާލީމެވެ. އަހަރެންގެ ހިތް ތެޅޭ އަޑު މާހިން އަށް ނީވޭ ކަންވެސް ޝައްކެވެ.
“މާހީ.. ޒާން.. ސާބޯން އަންނަގަ..” ބޭރުން ތިއްތަ ގޮވާލި އަޑުއިވުމުން އަހަރެން ސިހުނެވެ. ސިހުނު ވަރުން ބޮޑަށް ޖެހިލެވުނީ މާހިން އާއި ގާތަށެވެ. މާހިން ހީލިއެވެ. އަހަރެން އިސްއުފުލައި އޭނާ އަށް ބަލާލީމެވެ.
ދެން ދޭ އަވަަހަށް އެއްޗެހި ބަދަލު ކުރަން..” އަހަރެން ފަހަތަށް ހިންގުވަމުން މާހިން ގޮސް އަހަރެން ވެއްދީ އެއްޗެހި ބަދަލު ކުރާ ތަނަށެވެ. އަަހަރެންނަށް ހުރެވުނީ ބަހެއް ވެސް ބުނަން ނޭނގިފައެވެ. މާހިން ދެއްކި ވާހަކަތަށް އަހަރެންގެ ސިކުނޑީގައި ވަނީ ތާށިވެފައެވެ. އެއްޗެހި ބަދަލުކޮށްގެން ނުކުތުމާއި އެކު މާހިން އައިސް އަހަރެންނާއި ނުލާހިކު ގާތުގައި ހުއްޓިލިއެވެ. އަހަރެން އިނީ އޭނާ އަށް ބަލާށެވެ.
“ސޯ.. ވަޓްސް ޔޯ އާންސާރ..؟” މާހިން އަހަރެންގެ އަތުގައި ހިފާލަމުން އެހިއެވެ. އަހަރެން ވިސްނަން ބޭނުމެވެ. އަހަރެންނަށް ވަގުތުން ވަގުތަށް ޖަވާބު ދޭން އުނދަގުލެވެ.
“މާހިން.. އަހަރެންނަށް ޖަވާބު ދޭން ވަގުތުކޮޅެއް ދީ.. އިޓްސް ނޮޓް ދެޓް އައި ޑޯންޓް ލައިކްޔޫ.. އައި ޖަސްޓް ނީޑް ޓައިމް..” އަހަރެން އޭނާގެ ދެލޮލަށް ބަލަން ހުރެ ބުނީމެވެ.
*ނުނިމޭ*

