Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-29

_MuXo_
_MuXo_ Level 110 Stories
September 25, 2026 8 Mins Read
0 Comments

“ބިރު ނުގަނޭ.. އަހަރެން ޑޯލް އަށް ގެއްލުމެއް ނުދޭނަން.. ގެއްލުމެއް ވިޔަކަވެސް ނުދޭނަން.. އެޔަށް ތުރެ އަހަރެން ޑޯލް ދެކެ ލޯބިވޭ.. ޔުއާރ މައިން.. އޮންލީ މައިން.. އެހެން މީހަކަށް ދެން ޑޯލް އެއް ނުލިބޭނެ.. އަހަރެންގެ ހައްޤަކަށް ޑޯލް ހަދާނަން..” އިޒްދާން ވަޢުދުވިއެވެ. ލަޔާންގެ ލޮލުން މިފަހަރު ފޭބީ އުފާވެރިކަމުގެ ކަރުނައެވެ. އެޔޮށްވަރަށް ގަދަވެލާފައި އުޅުނު ލަޔާން އަށް މީހެއްގެ ލޯބި ލިބުމުން އެއޮށްގެން ރޮވެނީއެވެ. ހިތުގައި ފޮރުވިފައިވާ ޝަކުވާތަށް ބަންޑުން ކޮށްލިއެވެ. އަސްލު ހަޤީޤަތުގައި ލަޔާންގެ ހިތުގައިވަނީ އެތަކެއް ޒަހަމެއް ލެވިފައެވެ. ނަމަވެސް އިޒްދާން އޭނާގެ ހިތުގައިވާ ލަކުނުތަކާއި ޒަހަމްތަށް ފޮހެދޭނެއެވެ. ފަރުވާކޮށްދޭނެއެވެ.

*ޕާރޓް-29*

ބަދިގެ ތެރޭ އިން ޒާޔާ އަތުގައި އޮތް ތަށީގައި ބްރައުނީ ހުއްޓެވެ. ފަހަރަކު އެތިކޮޅެއް ނަގައި ކަމުން ދިޔައިރު އޭނާ އިނީ އުފަލުންނެވެ. ޖައިލަމް ޒާޔާ އަށް ހޯދަމުން އައިސް ބަދިގެޔަށް ވަންއިރު ފުރަގަސްދީގެން އިން ޒާޔާ ފެނި ހިނިތުންވެލެވުނެވެ. މަޑުމަޑުން ގޮސް ޒާޔާގެ ފަހަތުން ޖައިލަމް ބައްދާލިއެވެ. ޒާޔާ ހަޅޭލަވާގަތެވެ. ސިއްސައިގެން ދިޔަވަރުން އަތުގައި އޮތް ތަށިވެސް ނުވެއްޓުނީ ކިރިޔާއެވެ.

“ސިއްރު ސިއްރުން ކޯއްޗެއްކަނީ..؟” ޖައިލަމް ހީލާފައި އެހިއެވެ.

“ބްރައުނީސް.. ޖައިލަމް ދެން ތިގޮތަށް އަހަރެން ސިއްސުވާނުލައްޗޭ..” ޒާޔާ ތުން އޫކޮށްލިއެވެ. ޖައިލަމް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“ޒާޔާ.. މިއަދު ޖެހެއްނު މަންމަމެން ކާރިޔަށް ދާން.. ނުދާނަންތަ..؟” ކުއްލިއަކަށް ހަދާން ވުމުން ޖައިލަމް ބުނެލިއެވެ.

“މަންމަމެން ކާރިޔަށޭ..؟ އާންން.. އާން ދާންވާނެ..” ޒާޔާ ވެސް ހަދާންވީ ދެނެވެ. ދެމީހުން ވެސް ސަކަރާތް ޖަމުން ދިޔައީ ކޮޓަރިއަށެވެ.

ގޯތިތެރޭގައި ނޯކަރުންތަށް އުޅުނީ ކުނިކެހުމުގަ އެވެ. މާގަސްތަކާއި ވިނަ ގަސްތަކުން ފުރާލެވިފައިވާ ބަގީޗާ އެކެވެ. ސެހްރިޝް ވެސް އެކިމާތަކުގައި އަތް ކާއްތަމުން ހިގައިފައި އައިސް އެލުވާފައި އިން އޮނދޯލީގައި އިށީނެވެ.

“މިރޭ އެއުޅެނީ އިޒްދާން މަންމަ ވެސް ގޮވާގެން އަންނަން ވެގެން..” ސެހްރިޝް އިނީ ތާރާ އަށް ގުޅާގެންނެވެ. އޭނާ ތާރާ އަށް ހަބަރު ދެނީއެވެ.

“މަ ވަރަށް ކިއުރިއަސް ވެއްޖެ..” ތާރާ ވާހަކަދެއްކިއެވެ.

“އޭ ދެން މިހާރު ތިދެމީހުން އޯކޭތަ..؟” ތާރާ އަހާލީ ސެހްރިޝް އާއި އާކިފްގެ ވާހަކަ އެވެ.

“ޔާރ.. މިހާރު އޯކޭ.. ނަސީބެއްނު އިއްޔެ އިޒްދާން ހަމަ ލޮލަށް ރަގަނޅަށް ފެނުނު ކަންވެސް..” ސެހްރިޝް ފުންނޭވާއެއް ދޫކޮށްލިއެވެ.

ދެއެކުވެރިން ވެސް އިރުކޮޅަކު ވާހަކަ ދައްކާލާފައި ސެހްރިޝް ދެން ވަނީ ކޮޓަރިއަށެވެ. އޭރު އާކިފް އިނީ ސޯފާގައެވެ. އޭނާގެ އަތުގައި ސެހްރިޝް ކިޔަން ގެންގުޅޭ ވާހަކަ ފޮތްތަކުގެ ތެރޭން ވާހަކައެއް އޮތެވެ. ސެހްރިޝްގެ ދެލޯ ބޮޑުވިއެވެ. އާކިފް އެކިޔަނީ އޭނާ ގެންގުޅޭ ފޮތްތަކެވެ. ސެހްރިޝް އަވަސް އަވަހަށް ގޮސް ފޮތް އަތުލިއެވެ. އާކިފް އިނީ އެއްމިޔަކަނަށް ހީލާގެންނެވެ.

“ކިހިނެއްވީ..؟ އަހަރެން ވާހަކައެއް ކިޔާލިޔަސް އޯކޭ އެއް ނޫންތަ..؟” އާކިފް ތެދުވިއެވެ. އޭރު ސެހްރިޝް އާއި އާކިފްގެ ދެމެދުގައި އޮތީ އިންޗިއެއްހާ ދުރުމިނެވެ.

“އަހަރެން ނުބުނަމެއްނު ނުކިޔާށޭ.. އެކަމު..” ސެހްރިޝް އޭނާގެ ރަތްވެފައިވާ މޫނު ފޮތުން ފޮރުވާލަމުން ވާހަކަ ދެއްކިއެވެ.

“އެކަމު..؟” އާކިފް ގުދުވެލިއެވެ. ސެހްރިޝް އާއި އޭނާ އެއްހަމަވި އެވެ. ސެހްރިޝް އަށް އިނދެވުނީ އާކިފްގެ ދެލޮލަށް ބަލާށެވެ.

“ތިގޮތަށް އަދި ކިޔަން ފަށާރު މިކަހަލަ ވާހަކަ ކީމަ ކަޑަ..” ސެހްރިޝް ކޮންމެ ވެސް އެހެން ބަހަނާއެއް ދެއްކިއެވެ. އާކިފްގެ ބަރުއަޑުން އޭނާ ހީލިއެވެ.

“އޯކޭ އޯކޭ..” އޭނާ ސެހްރިޝް އާއި ދުރަށް ޖެހިލިއެވެ. ސެހްރިޝް ހަމަޖެހުމުގެ ނޭވާ އެއް ދޫކޮށްލާފައި ފޮތްތިރިކޮށްލިއެވެ. ސެހްރިޝް ސިހުނީ އާކިފް އޭނާގެ އުނަގަނޑުގައި އަތް އަޅުވާލާފައި ކާރިޔަށް ދަމައިގަތުމުންނެވެ. ސެހްރިޝް ސިހިނު ވަރުފެނިފައި އަނެއްކާ އާކިފް އަށް ހެވުނެވެ.

“ތިހާ ސިހޭކަށް ނުވާނު ވައިފީ..” ސެހްރިޝްގެ ކަންފަތްބުޑުގައި އާކިފް ބުނެލިއެވެ.

“ތިމާ ރޮމޭންޓިކް ވާންނޫޅި ގޮސް ދޮރުހުޅުވަ ބަލަ..” އާކިފް ކޮށްޕާލަމުން ސެހްރިޝް އިޝާރާތް ކޮށްލީ ކޮޓަރި ދޮރާދިމާއަށެވެ. ދޮރު ހުޅުވާލީރު ރަޝާ އެވެ.

“ދަރިފުޅާ.. ކޮންއެއްޗެތަ މިރެއަށް ހަދާނީ..؟” ރަޝާ އަހާލިއެވެ.

“އަމްމް.. ފްރައިޑް ރައިސް ރަގަނޅު ވާނެ..” އާކިފް އޭނާގެ ހިޔާލު ފާޅު ކުރިއެވެ. ސެހްރިޝް އާއި އެއްމެންނާ ވާހަކަދައްކާލާފައި ރަޝާ ދިޔައެވެ.

“މަަންމާ.. ދާނަންތަ..؟” ކޮޓަރިން ނުކުމެގެން އަންނަންމުން އިޒްދާން ވާހަކަ ދެއްކީ ކާމޭޒު ދޮށުގައި އިން އޭނަގެ މަންމަ މިންނާ އަށެވެ. މިންނާ ލެޕްޓޮޕް އިން ނަޒަރު ވަކި ކޮށްލިއެވެ.

“ލައްބަ.. ދަރިފުޅާ ތިއުޅެނީ ކޮންތާކަށް ދާން..؟” އިޒްދާން ލައިގެން އިން ކަޅުކުލާގެ ޓީޝާޓް އާއި ޖިންސް ފެނި މިންނާ އަހާލިއެވެ. އިޒްދާންގެ ތުންފަތް މަތީ ދުވެލީ ރަކި ހިނިތުންވުމެކެވެ. އޭނާ ހީލިއެވެ.

“އައްދެ.. ކޮންކުއްޖަކާ ބައްދަލު ކުރަން ތި ދަނީ..؟” މިންނާ ގާތަށް ހިނިއަައެވެ. އިޒްދާން އަށް ކަމުދާ ކުއްޖަކު ފެނުނީކަން ކަށަވަރެވެ.

“ކޮންމެ ވެސް ކުއްޖެއް..” އިޒްދާން ބުނެލިއެވެ. މިންނާ ހީލިއެވެ.

“އައްދޭ.. ހޫން ހޫން.. ދެން އަވަހަށް ދޭ.. މިހާރު ވެސް ބިމުގަ ހަމަޔަށް ފައި ހަރުނުލާގެން ތި އުޅެނީ ހަމަ އެއަންހެން ކުއްޖާ ކާރިޔަށް ނުދެވިގެންތަ..؟” މިންނާ ފެށީ ހޭށެވެ. އިޒްދާން ވެސް ލަދުގަތްވަރުން ބޯ ކަހާލާފައި ނުކުމެގެން ގޮށްސިއެވެ.

އަވި މަޑެވެ. ވިލާ ބޯވެފައި ވީރު ހީވަނީ ވިއްސާރަ ވާން އުޅޭހެންނެވެ. ކާރުގައި އިޒްދާން ގޮސް މަޑުކޮށްލީ ލަޔާން އުޅޭ ގެޔާއި ތަންކޮޅެއް ދުރުގައެވެ. އިޒްދާން ކާރުން ފައިބައިގެން އައިސް ދޮރުމަތީ ހުއްޓިލުމާއި އެކީ ވާރޭ ނިކަން ބޯކޮށް އޮށްސާގަނެފިއެވެ. އިޒްދާން ދިޔައީ ސިއްސާގެންނެވެ. އޭނާ ދޮރުގައި ޓަކިދިނެވެ. ދެތިން ފަހަރަކު ޓަކި ދިނުމުން ލަޔާން އައިސް ދޮރު ހުޅުވާލިއެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލާގެ ގަޔަށް ދޫ ބޮޑު ބޮޑު ޓީޝާޓް އެކެވެ. އިޒްދާން ފެނުމާއި އެކު ލަޔާންގެ ދެލޯ ބޮޑުކޮށްލިއެވެ. ބޭރު ބަލައިލާފައި ބޮޑަށް ދޮރު ހުޅުވާ ދިނީ އިޒްދާން ވަންނަން ތަންދެއްކުމަށެވެ.

“ކީއްކުރަން ތިއައީ..؟” ލަޔާން އަހާލިއެވެ. އޭނާގެ އަޑުގައި ފޫހިކަން އެކުލެވިފައި ހުއްޓެވެ.

“މިއައީ ހަމަ ޑޯލް ކާރިއަށް..” އިޒްދާން ބުނެލިއެވެ. ލަޔާންގެ މޫނުމަތީ ކުލަވަު ބަދަލުވިއެވެ. އޭނާ ހާސްވީކަންނޭގެއެވެ. އިޒްދާން އަށް ލަޔާންގެ މޫނުމަތީ ކުލަވަރު ނަގާގަނެވުނެވެ.

“އަނެއްކާ އަހަރެން މިގެޔަށް އައީމަ ރުޅި އަންނާނެ މީހެއް އުޅޭތަ..؟” އިޒްދާން އަހާލީ ލަޔާން އާއި ކާރިޔަށް ހިގައިގަންނަމުންނެވެ.

“އާން.. އަހަރެންް..” ލަޔާން ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. އިޒްދާން އިނީ ހިނިތުންވެލާގެންނެވެ. އޭނާ އައިސް ހުއްޓިލީ ލަޔާން އާއި ނިކަން ގާތުގައެވެ.

“އަހަރެން ފެނުނީމަ ޑޯލް ވާންވީ އުފަލެއްނު..” އިޒްދާން ލަޔާންގެ އުނަގަނޑުގައި ހިފައި ކާރިއަށް ދަމައި ގަތެވެ. ލަޔާން އައިސް ޖެހުނީ އިޒްދާންގެ މޭމަތީއެވެ.

“އިޒްދާން.. ލިވީ އެބަ އުޅޭ..” އިޒްދާން ދުރަށް ކޮށްޕާލަމުން ލަޔާން ވާހަކަ ދެއްކި އެވެ. އޭރު އޭނާގެ ދެކޯ ރަތްވެފައި ވާތަން ރީއްޗަށް ފެނެއެވެ.

ރަޝަން ގޮވާގެން ފިހާރެއަށް ގޮށްސައައިސް ތާރާ ގެޔަށް ވަންއިރު ރަޝަން ބައްޕަ އިނުމުން ރަޝަން ދިޔައީ އޭނާގެ ބައްޕަ ކާރިއަށެވެ. ތާރާ ފުންނޭވާ އެއް ބޭރުކޮށްލާފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރި ލައިޓް ނިއްވާލައިފައި ހުރުމުން ތަނެއް ދޮރެއް ނުފެއެވެ. ކޮޓަރި ދޮރުލައްޕާލި ތަނާހެން ބާރުގަދަ ދެއަތުން އޭނާގެ ބަނޑުގައި އަތް ވަށާލިއެވެ. ހިދުކޮޅަކަށް ތާރާ ބިރުގަތެވެ.

“އޯ މައި ގޯޑް ބޭބީ އައި މިސްޑް ޔޫ ސޯމަޗް..” އެއީ ކައިސާން އެވެ. ތާރާ އަށް ހިތްހަމަ ޖެހުމުގެ ނޭވާ އެއް ދޫކޮށްލެވުނެވެ.

“ކީއްވެ އަހަރެން ކޮޓަރީގަ ތީނީ..؟” ތާރާ އަހާލިއެވެ.

“ތާރާ މަންމަ ބުނީ..” ކައިސާން ތާރާގެ ކޮލަށް ދޮނެއް ދެމުން ބުނެލިއެވެ.

“އެހެންވީ.. ކީއްވެ އަހަރެންމަތިން މާ ބޮޑަށް މިސްވަނީ..؟” ތާރާ އެނބުރުނެވެ. ކައިސާން ހިނިތުންވެލިއެވެ. ރީތި ހިނިތުންވުމެކެވެ.

“ނޭނގެ.. ހަމަ މިސްވަނީ..” ކައިސާން ބުނެލިއެވެ. ތާރާ ވެސް ހިނިތުންވެލިއެވެ.

“މިއަދު ރަޝާ ދައްތަ އަހަރެންނަށް ދައުވަތު ދީފި މިރޭ އެގެޔަށް ކާންދާން..” ކައިސާން ބުނެލިއެވެ.

“އަހަރެންނަށް ވެސް..” ތާރާ ވެސް ބުނެލިއެވެ.

ދުވަސް އާދައިގެ ގޮތަކަށް ގޮސް އިރޯއްސި ރޭގަނޑު ވެއްޖެއެވެ. މިހާރު ގަނޑިން 8:30 ވެއްޖެއެވެ. ރަޝާ އާއި އާކިފް އާއި ސެހްރިޝް ތިބީ ސިޓިން ރޫމް ގައެވެ. އަހްމަދް ރަށުގައި ނެތުމުން އޭނާ އަށް އިޒްދާން އަކާއި ބައްދަލެއް ނުވެވޭނެއެވެ.

“އައްސަލާމް އަލައިކުމް..” އެއީ މިންނާގެ އަޑެވެ. ރަޝާ ސަލާމް ބަލައިގަތެވެ. އޭނާ އާއި އެކު އާކިފް އާއި ސެހްރިޝް ވެސް ދިޔައެވެ.

“މަންމާ މިއީ އިޒްދާން..” އާކިފް ބުނެލިއެވެ. ރަޝާ އިނީ ހައިރާންވެ އަންތަރީޒް ވެފައެވެ. ދެމީހަކު ހަމަ މިހާ ވައްތަރު ވެދާނެ ހެއްޔެވެ؟ މިންނާ ރަޝާ އަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. ރަޝާ ހިނިތުންވެލާފައި އެއަތުގައި ހިފިއެވެ.

“މިންނާ ހިނގޭ މިއީ..” މިންނާ އަމިއްލައަކަށް ތަޢާރަފް ވެލިއެވެ.

“ރަޝާ.. މިއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އާކިފް.. އާކިފްގެ އަންހެނުން ސެހްރިޝް..” ރަޝާ އެެހެންމީހުން ވެސް ތަޢާރަފް ކޮށްދިނެވެ. އިޒްދާން ވެސް ރަޝާ އަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. ރަޝާ އަށް ހަމަ ހުރެވުނީ ބަލާށެވެ. އޭނާ އަށް އިޒްދާން އެއީ އޭނާގެ ދަރިއެކޭ ހިތަށް އެރިއެވެ. އެހާ ގާތްކަމެއް އޮތްކަމުގެ އިހްސާސް އެބަ ކުރެވެއެވެ.

އެއްމެން ވެސް ދިޔައީ ބަދިގެޔަށެވެ. ރަޝާގެ އެދުމުގެ މަތިން އިތުރު މެހެމާނުންގެ ގޮތުގައި އައީ ކައިސާން އާއި ތާރާ އެވެ. އެއްމެން ކާން ފެށިއެވެ. މިންނާ އާއި ރަޝާ އެމީހުންގެ އަމިއްލަ ވާހަކައިގައި ކެއުން ކުރިޔަށް ގެންދިޔައިރު އާކިފް އާއި ކައިސާން އަދި އިޒްދާންގެ އިތުރަށް ތާރާ އާއި ސެހްރިޝް ވެސް ދިޔައީ އެމީހުންގެ ވާހަކައިގެންނެވެ. ކެއުމަށް ފަހު އެއްމެން ވެސް ދިޔައީ ސިޓިން ރޫމަށެވެ.

“އިޒްދާން އަކީ އަސްލު އަހަރެންގެ ދަރިއެއް ނޫން..” ރަޝާ އާއި ވަހަކަދައްކަމުން މިންނާ ބުނެލިއެވެ. މުޅިތަނަށް ވެރިވީ ހަމަހިމޭންކަމެވެ. ރަޝާގެ ހިތް ތެޅިލިއެވެ. އާކިފް އާއ ސެހްރިޝް އަށް ބަލާލެވުނީ ރަޝާ އަށެވެ. ތާޔާ އާއި ކައިސާން އިނީ ބަހެއް ނުބުނެއެވެ.

“ދެން.. އެއީ ކާކުގެ ކުއްޖެއް..؟” ރަޝާ އަހާލިއެވެ.

“އަހަރެންނަކަށް ވެސް ނޭނގެ.. އަހަރެންގެ ފިރިމީހާ ޕަޕަރާޒީ އަހަރެންގެ ދަރިފުޅު ވިހާގެން ނިޔާވީމަ ޑަކްޓަރަށް ލާރިދީގެން ނާސަރީން ނެގި ކުއްޖެއް..” މިންނާ ކިޔާދިނެވެ. ރަޝާ އަށް ބަލާލެވުނީ އިޒްދާން އަށެވެ. ދެން އާކިފް އަށެވެ. އަނެއްކާ އެއީ އޭނާގެ ގެއްލުނު ދަރިފުޅު ހެއްޔެވެ؟ ވެދާނެއެވެެ.

“އަހަރެނަށް ލިބުނު ޓްވިންސް.. އެދެކުދިން ވިހެއިވެސް ވިހެއި.. އެކަމު އޭގެން އެއްކުޖަކު ގެއްލުނީ.. އެކަމު އަހަރެންގެ ފިރިމީހާ ބުނީ ނިޔާވީއޭ.. އަހަރެންގެ ހިތެއް ނުބުނެ އެކުއްޖާ ނިޔާވީއެކޭ..” ރަޝާގެ އަޑުގައި ހިތާމަ އެކުލެވިފައި ވިއެވެ. މިންނާ ރަޝާގެ ކޮޑުގައި ފިރުމާލަދިނީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.

“ރަޝާ.. އަހަރެންނަށް ހީވަނީ އިޒްދާން އާ އާކިފް އަކީ ޓްވިންސް ހެން.. ނިކަން ބަލާބަލަ ވައްތަރުކަން.. ތަފާތުވެސް ވަކި ކުރަން އެގެނީ ލާގެން ހުރި އެއްޗެހިން.. ރަޝާ.. އަހަރެންނަށް އެނގޭ އެއީ އަހަރެންގެ ދަރިއެއްކަން.. އެކަމު އަސްލު ހަޤީޤަތުގަ އިޒްދާންގެ މަޔަކީ ރަޝާ..” މިންނާ އެހެން ބުނުމުން ރަޝާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ.

“މިންނާ.. ތިހެން ނުބުނޭ.. ކިހިނެއް އެނގެނީ އެއީ އަހަރެންގެ ދަރިއެއް ނޫންކަމެއް..” ރަޝާ އަށް ރޮވިއްޖެއެވެ.

“ރަޝާ.. ހިނގާ މާދަމާ ޑީއެން އޭ ޓެސްޓެއް ހަދަން.. އެއީ ރަޝާގެ ދަރިފުޅަށް ވެއްޖެއްޔާ އިޒްދާން ދެން ހަވާލު ކުރާނީ ރަޝާ އާ..” މިންނާ ބުނެލިއެވެ. އޭރު އޭނާގެ ދެލޯ ވެސް ވަނީ ފެންކަޅި ވެފައެވެ.

“މަންމާ..” އިޒްދާން މިންނާގެ އަތުގައި ހިފާލިއެވެ.

“ނޫން މިންނާ.. ތިއީ އިޒްދާން އެއްމެ ކުޑައިރުއްސުރެއް ބަލައި ބޮޑު ކުރި މީހާ.. ތިހެން ކުއްލިއަކަށް ވަކި ވެގެން ދިއުމަކީ މިންނާ އަށް ވަރަށް ގެއްލުން ބޮޑުކަމެއް.. އެއީ އަހަރެންގެ ދަރިއަކަށް ވިއަސް، މިންނާ އާ އިޒްދާން އެއް ވަކި ކުރާކަށް އަހަރެން ނޭދެން..” ރަޝާ އޭނާގެ ފަހުބަސް އިއްވަ ދިނެވެ.

މިންނާ އާއި ރަޝާ ނިއްމީ މާދަން އިޒްދާންގެ ޑީއެންއޭ ޓެސްޓް އެއް ހަދަން ދާށެވެ. ދެކޮޅުން އެއްބަސް ވެގެންނެވެ. ރަޝާ ކަންތަށް ކުރީ ހަމަ ރަގަނޅަށެވެ. އިޒްދާން އަކީ އޭނާގެ ދަރިފުޅު ކަމުގައިވީނަމަވެސް އިޒްދާން ބަލައި ބޮޑުކުރީ މިންނާ އެވެ. އިޒްދާން ދެކެނީ މިންނާ އަކީ އޭނާގެ މަންމަ ކަމަށެވެ. މިންނާ ދެކެނީ އިޒްދާން އެއީ އޭނާގެ އަމިއްލަ ބަނޑުން ވިހެއި ދަރިއެއް ފަދައިންނެވެ. މަޔަކާއި ދަރިއެއް ވަކިކުރާކަށް ނުވާނެއެވެ.

އެއްމެން ވެސް ގެޔަށް ދިއުމުން އާކިފް އާއި ސެހްރިޝް ވެސް އައިސް ކޮޓަރިއަށް ވަނެވެ. އާކިފް ގޮސް ސޯފާގައި އިށީން ދެލިއެވެ. ސެހްރިޝް ވެސް އޭނާ ކާރިޔަށް އައެވެ.

“ދެން.. އިޒްދާން އަކީ އަސްލު އާކިފްގެ ޓުއިން އަށް ވެއްޖެއްޔާ އޯ..؟” ސެހްރިޝް އަހާލިއެވެ. އާކިފް ސެހްރިޝްގެ މޫނަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ.

“ކިހާ ރަގަނޅެއް.. މަންމަ އަށް މަންމަގެ ގެއްލުނު ދަރިފުޅު ލިބުނީ.. އަހަރެންނަށް އަހަރެންގެ ކޮއްކޮ ލިބުނީ..” އާކިފް ހުރީ އުފަލުންނެވެ. އާކިފް މިކަން ބަލާގަތް ކަން އެނގުމުން ސެހްރިޝް ހުރީ އުފަލުންނެވެ. ސެހްރިޝް އާކިފްގެ ކޮނޑުގައި ބޯ އަޅާލިއެވެ. އާކިފް ދިޔައީ މަޑުމަޑުން ސެހްރިޝްގެ އިސްތަށިގަނޑުގައި ފިރުމަމުންނެވެ.

“އަހަރެންނަށް ހީވަނީ އެއްމެ ފަހުން އިޒްދާން އާ ލަޔާން އާ ދެމީހުން ދެކެ ލޯބިވާނީހެން..” ސެހްރިޝް ވިސްނަން އޮވެފައި ހިޔާލު ފާޅުކުރިއެވެ.

“ވައި..؟” އާކިފް ގާތަށް ކުޑަކޮށް ހިނިއައެވެ. ސެހްރިޝް ހަމަ އެހެން އިނދެފަ ކޮންމެވެސް ތާކުން ވާހަކައެއް ދަމާ ނެރިފާނެއެވެ.

“ޔޫނޯ.. އިޓް ވުޑް ބީ ސޯ ކިއުޓް.. އިޒްދާން އެންޑް ލަޔާން މިހާރު އެއުޅެނީ ލައިކް ދެމީހުން ދެމީހުން ދެކެ ވަރަށް ރުޅި އާސް ގެނެއްނު ދޯ.. ދެން ދޭ ފޯލް އިން ލަވް.. އޯ މައި ގޯޑް.. އެނެމީސް ޓު ލަވާރސް..” ސެހްރިޝް ހީލިއެވެ. އާކިފް ވެސް ހީލިއެވެ.

“ބޭބީ ޑޯންޓްބީ ޓޫ ޑެލުލޫ..” އާކިފް ސެހްރިޝްގެ ކޮލަށް ދޮނެއް ދިނެވެ. ސެހްރިޝް އާކިފްގެ މޫނަށް ބަލާލިއެވެ. ދެމީހުންގެ ކަޅި ހަމަވުމުން އާކިފް އަށް ކުރެވުނީ އެެހެން އިހްސާސް އެކެވެ. އޭނާ ސެހްރިޝް އާއި ކާރިވެލިއެވެ. ސެހްރިޝް އާކިފް އަތުން ލޮށްސިގަނެގެން ތެދުވިއެވެ.

“އަހަރެން މިދަނީ ފެންވަރަން..” އެހެން ބުނެ ސެހްރިޝް ވަނީ ފާޙަނާ އަށެވެ. އާކިފް ގާތަށް ހިނިއައެވެ. އިސްގަނޑު ތެރެއަށް އަށް އަތް ހިންގާލާފައި އޭނާ ސޯފާގައި ލެގިލިއެވެ. އެމޫނުމަތިން ފެންނަން ހުރީ ހަޤީޤީ އުފާވެރިކަމެވެ.

އަނެއް ދުވަހުގެ ހެނދުނު އިރު އެރުމާއި އެކު ރަޝާ އިނީ އިނީ ސިޓިން ރޫމްގައެވެ. މިންނާ ބުނެފައިވަނީ އޭނާ 9 ޖަހާރު އަންނާނެ ކަމަށެވެ. ރަޝާގެ ހިތް ދިޔައީ ދެޅެމުންނެވެ. އޭނާ ބިރުގަންނަނީއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އަހްމަދް ވެސް ގައުމުގަ އުޅެނީކީ ނޫނެވެ. އިޒްދާން އަކީ ހަމަ އަސްލަށް ވެސް އޭނާގެ ދަރިފުޅަށް ވެއްޖެއްޔާ ވަރަށް އުފާވާނެއެވެ. މިންނާ އާއި އިޒްދާން ދުރުކުރާކަށް ރަޝާ އެއް ނޭދެއެވެ.

އިރުތަކެއް ނުވެ މިންނާ ވެސް އައެވެ. އެމީހުންނާއި އެކު ސެހްރިޝް އާއި އާކިފް ވެސް ދިޔައެވެ. ރިޒަލްޓް ލިބޭނީ މީގެ ދެގަޑިއިރު ފަހުން ކަމަށް ބުނެފައި އެމީހުން ފޮނުވާލިއެވެ.

“ރަޝާ.. ކޮންކަމަކާތަ ހާސްވާން.. ދެރަނުވެބަލަ.. އަހަރެންނަށް އަސްލުވެސް އޯކޭ އޭ..” މިންނާ ރަޝާ ހަމައަކަށް އެޅުވުމުގެ ގޮތުން ބުނެލިއެވެ.

“ތިކަން އެނގެއޭ.. އެކަމު އިޒްދާން އޯ..” ރަޝާ ބަލާލީ އިޒްދާން އަށެވެ. އޭނާ ހިނިތުން ވެލިއެވެ.

“އަޅުގަނޑު ވެސް ވަރަށް އުފާވެ.. އޭރުން އަޅުގަނޑަށް ދެމަންމަ ލިބުނީ.. ހެހެ.. އާއިލާ އެއް ލިބުނީ..” އިޒްދާން އޭނާގެ ހިޔާލު ބުނެލިއެވެ. އެއްމެން ވެސް އެހުނުމުގައި ބާވެރިވިއެވެ.

“ބޭނުންތަ ތާކަށް ގޮސްލަން..؟”  އިޒްދާން ބުނީ އާކިފް އާއި ސެހްރުޝް އާއި މުހާތަބު ކޮށްފައެވެ. އާކިފް އެއްބަސް ވިއެވެ. ރަޝާ އާއި މިންނާ ވެސް ދިޔައީ ކެފޭ އަކަށެވެ. އިޒްދާން ފުރަތަމަ ވެސް ދިޔައީ ލަޔާން ބަލައެވެ. ލަޔާން ގޮވާގެން އެމީހުން ގޮސް ވަނީ ޕާކަށެވެ. ހިޔާކޮށްފައިވާ ބެންޗެއްގައި އެހަތަރު މީހުން ގޮސް އިށީނެވެ. އިޒްދާން ލަޔާންގެ އިނގިލިތަކާއި އޭނާގެ އިނގިލިތަށް ޖޯޑުކޮށްލިއެވެ. ސެހްރިޝް އަށް މިމަންޒަރު ފެނި ނިކަން ފުޅާ ހިނިތުންވުމަކާއި އެކީ އާކިފް އަށް ބަލާލިއެވެ. “އޭރު ވެސް ތިމަންނަށް ބުނީމޭ” ބުނާފަ ގޮތަކަށެވެ. އާކިފް ގާތަށް ހިނިއައެވެ.

“އަމްމް.. އާރް ޔޫ ގާއިޒް އިން އެ ރިލޭޝަންޝިޕް..؟” ސެހްރިޝް އިޒްދާން އާއި ލަޔާން ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން އަހާލިއެވެ.

“ޔެސް.. ތެޔޮ ނާށި ކާޅު ނުގެންދަނީސް އަތްދަށަށް ގެނެވިއްޖެ ނަސީބަކުން..” އިޒްދާން ލަޔާން އާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. ލަޔާން ލޯއަނބުރާލިއެވެ.

ހަތަރު މީހުން އެތާތިބެ އެތަކެއް ވާހަކަތަކެއް ދެއްކިއެވެ. އެތަކެއް ވަގުތެއް ހޭދަކޮށް އަނެއްކާ ހޮސްޕިޓަލަށް ދިޔައީ މިންނާ ގުޅުމުންނެވެ.

ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުންނަމަ އިޒްދާން އަކީ ރަޝާގެ ބަނޑުން ވިހެ އޭނާގެ ދަރިއެކެވެ. ރަޝާ އަށް އުފާވެރިކަރުނަތަށް އެޅުނެވެ. އިޒްދާން ވެސް އުފަލާއި އެކު ރަޝާ އޭނާގެ މަންމަގެ ގޮތުގައި ބަލައި ގަތެވެ. ރަޝާ ބޭނުމީ މިންނާ ވެސް އެމީހުންނާއި އެކީ ދިރިއުޅުމަށް އެގެޔަށް އައުމަށެވެ. އެގޮތަށް މިންނާ އެއްބަސްވިއެވެ.

“މަންމާ.. މިއީ އަހަރެން ބުނި އަންހެން ކުއްޖާ އަކީ..” މިންނާ އަށް ލަޔާން ތަޢާރަފްކޮށްދެމުން އިޒްދާން ބުނެލިއެވެ. މިންނާ ލަޔާން އަށް ބަލާލާފައި އިރުކޮޅަކު އެއްޗެކޭ ނުބުނެ އިނެވެ. ލަޔާން އިނީ ބިރުންނެވެ. އިޒްދާން އޭރު ވެސް އިނީ އޭނާގެ އަތުގައި ހިފާގެންނެވެ.

“ލަޔާން ދޯ..؟” މިންނާ ޔަގީން ކޮށްލަން ވެގެން އަހާލިއެވެ. ލަޔާން ބޯޖަހާލީ ހިނިތުންވެލަމުންނެވެ.

“މަންމަ ހަދާން ހުރެއޭ.. ކިހިނެއް ހާލު..؟” މިންނާ ލަޔާން އޭނާގެ ގަޔާއި ކާރިކޮށްލަމުން އަހާލިއެވެ. އިޒްދާން އިނީ އުފަލުންނެވެ. އޭނާގެ ލޯބިވެރިޔާ އާއި އޭނާގެ މަންމަ ގުޅުނީމައެވެ. ރަޝާ އާއި ދެން ތިބި ދެމަފިރިން ވެސް ތިބީ ހިނިތުންވެލައިގެންނެވެ.

 

ދުވަސްތަށް ކުރިޔަށް ދިޔައިރު އެކިމީހުންނަށް ވަނީ އެމީހުންގެ ލޯބި ހާސިލް ކުރެވުފައެވެ. އެ ދަތުރުގައި އެތަކެއް ގިނަ ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައި ވެސް އެބައޮތެވެ. ނަމަވެސް ހިތްވަރާއި ކެއްތެރިކަމާއި އެކު އެމީހުންވަނީ ތިބެފައެވެ. އާކިފް އަށް ޒާޔާ ގެއްލުނީއެވެ. ސެހްރިޝް އަށް ވާސިލް ގެއްލުނީއެވެ. ނަމަވެސް އެއްމެ ފަހުން ލޯބީގެ ގޮތުން ގުޅުގެން ދިޔައީ އާކިފް އާއި ސެހްރިޝް އެވެ. ޒާޔާ އަށް ޖައިލަމް ކުރިން ކިތަށްމެ ގޯސްމީހަކަށް ވެގެން އުޅުނަސް އެއްމެފަހުން އޭނާ ހާލުގައި ޖެހުނީރު އެއްމެ ގާތުގައި އޭނާ އަށް އެހީވާން ލޯބިދީ ކެއްތެރިކަމާއި އެކު އިނީ ހަމަ އޭނާގެ ލޯބިވާ ފިރިމީހާ ޖައިލަމް އެވެ. ކައިސާން އަށް ވެސް ތާރާ ލިބުނީއެވެ. ކިތައްމެ ހޯދަން އުނދަގުލަކަސް އެއްމެފަހުން އެއޮތީ ލިބިފައެވެ. އިޒްދާން އާއި ލަޔާން ވެސް އެތިބީ ލޯބިވެރިންނަށް ވެފައެވެ. ކުޑައިރު ވަކިގޮތަށް އަނެއްކާ ތަޤްދީރު ވަނީ އެދެމީހުން އެކޮށްފައެވެ. ހުރިހާ އެންމެންނަށް ލިބުނީ އުފާވެރި ނިންމުމެކެވެ.

*ނިމުނީ*

“މުޅި ހިތް ބޭޤަރާރު ވެއްޖޭ” މިވާހަކަ އަޅުގަނޑު ފަށާފައި ވަނީ 22 ނޮވެމްބަރު 2025 ގައެވެ. އަދި މިވާހަކަ ނިންމާލެވިފައި މިވަނީ 23 ސެޕްޓެމްބަރު  2026 ގައެވެ. ކާމިޔާބު ކަމާއި އެކީ މިވާހަކަ ނިންނާ ލެވުނީތީ އަޅުގަނޑު އުފާވަމެވެ. މިވާހަކަ ލިޔުމަށް އަޅުގަނޑަށް އެހީވީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއް ކަމައްވާ ބައްރާ މުހައްމަދު ސާއިގަށް ވަރަށް ބޮޑަށް ޝުކުރު ވެރިވަމެވެ. ތިޔަ އެކުވެރިޔާގެ އެހީތެރިކަމާއި އެކީ ނުލައި އަޅުގަނޑަށް މިވާހަކައެއް ނުލިޔެވޭނެއެވެ. އަދި ހަމައެފަދާން މިވާހަކަ ލިޔުމަށް އަޅުގަނޑަށް އެއްމެ ބޮޑު ސަޕޯޓެއް ދެއްވި އަޅުގަނޑުގެ އެކުވެރިޔާ ޔޫލީ އަށް ވެސް ވަރަށް ބޮޑު ޝުކުރެއް އަރުވަމެވެ. އަދި ހަމައެފަދާން އަޅުގަނޑު އެއްބަނޑުއެއްބަފާ ދައްތަ އަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ. މި ދަތުރުގައި އެއްމެ މުހިންމު ކުދިން ކޮޅަކީ އަޅުގަނޑުގެ މި ވާހަކަތަށް ކިޔާ އަޅުގަނޑުގެ ލޮބުވެތި އެންމެހާ ކިޔުންތެރިންނެވެ. އަޅުގަނޑު ވާހަކަ ލިޔަން ފެށީއްސުރެއް އަޅުގަނޑަށް ސަޕޯޓް ދެއްވަމުން އަންނަ އެންމެހައި ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ.

ނޯޓް: މިވާހަކަ ނިމުމުން ދެން ލިޔެވެން ފަށާނީ “ރާނީއޭ ހިތުގެ މަލާތީ” އެވެ.

 

Share Article

_MuXo_
Follow Me Written By

_MuXo_

Level 110 Stories

Other Articles

Previous

ލޯބިން ބުނާތީ 49

Next

ވާނަން އުމުރަށް ލޯބިން

Next
September 25, 2026

ވާނަން އުމުރަށް ލޯބިން

Previews
September 24, 2026

ލޯބިން ބުނާތީ 49



All Right Reserved!