Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފޯންކޯލް

mohamed neer Level 210 Stories100 Stories
July 28, 2013 3 Mins Read
4 Comments

ނިމުން
” އަހަރެން ހާލު ރަނގަޅު. އެކަމު …… އައިސަ އާއި ވާހަކަދައްކާ ހިތުންރޭގައި ރަނގަޅަށްނުވެސްނިދުނު.”ނީސް ބޭނުންވީ ވާހަކައިގެމައުޟޫޢު މަޑުމަޑުން ބަދަލުކުރަމުން ގޮސް އޭނާ ބޭނުންވާ މައުޟޫއަށް ބަދަލުކޮށްލާށެވެ.
” ހޫމް …. އަހަރެން ހައްދަނީ ދޯ ؟ ” ނީސްގެ ވާހަކަ ނިމުމާއެކު އަވަސް އަވަހަށް އައިސަ ބުނެލިއެވެ.
” ނޯ. ހަމަ ރަނގަޅަށް މިބުނީ. ” އޭނާގެ ތެދުވެރިކަން ހާމަކުރާ ފަދައަކުން ނީސް ބުންޏެވެ.
ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން ދިޔައިރު ނީސް އާއި އައިސަ ފޯނުން ވާހަކަ ދެއްކުން އިތުރުވަމުން ދިޔައެވެ. ހަމައެހެންމެ އެދެމެދުގައިވާ ރަހުމަތްތެރިކަން ބަދަހިވަމުން އެކިކަހަލަ މަޢުލޫތަކަށް ވާހަކަ ދެއްކުން އިތުރުވަމުން ދާން ފެށިއެވެ.
ހޮނިހިރު ދުވަހެއްގެ މެންދުރުފަހު ދޭއް ޖަހާކަން ހާއިރެވެ. ނީސް އޭނާގެ އާދައިގެމަތިން އައިސަ އާއި ވާހަކަ ދައްކާން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދޭއްޖެހުމާއެކު އައިސައަށް ފޯނުކުރިއެވެ.
އައިސަ އާއި ނީސް ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ދެމީހުން ވެސް ތިބީ ނުހަނު އުފާވެ ހިތްހަމަ ޖެހިފައެވެ.
” ދޮގުނުހަދާ ރަނގަޅަށް ބުނެބަލަ. ނީސްއުޅެނީ މީހަކާ އިނދެގެންތަ ؟ ނީސް މިގެއަށް ފޯނުކުރީ ހަމަ އަހަރެން ހޯދަން ތަ ؟ “ކުޑައިރުކޮޅަކު ވިސްނާން ހުރުމަށްފަހު އައިސަ އަހާލިއެވެ.
” އިންނާނެ ރަނގަޅުކުއްޖަކުވޭތޯ މިއުޅެނީ ….. އައިސަ ވެސް އަދި މެރީ ނުކުރަންދޯ ؟ ކާކަށް ތިޔަ އިންތިޒާރުކުރަނީ ؟ “އައިސަގެ ސުވާލާއި ގުޅުވައިގެން ނީސް ވާހަކަދެއްކިއެވެ.
” އަދި މިއުޅެނީ ކަމުދާކަހަލަކުއްޖެއް ދިމާނުވެގެން. ދިމާވިހާ އަވަހަކަށް މެރީކުރާން ނިންމައިގެން މިހުރީ …. ނީސް ކޮންއިރަކުން މެރީ ކުރަނީ ؟ ” ވަރަށްގާތްގޮތަކަށް ނީސްއާ ވާހަކަދައްކަމުން އައިސަވެސް ނީސްގެ ކައިވެންޏާއިބެހޭގޮތުން ސުވާލު ކުރިއެވެ.
” އަހަރެން މިއިންތިޒާރުކުރަނީ އައިސަ ކަހަލަ ބައިވެރިއަކަށް .. އަހަރެންނަށް އައިސަ ވަރަށްކަމުދޭ. ފުރަތަމަފެނުނު ދުވަހުން ފެށިގެން އަހަރެންގެ ހިތުގައި އައިސައާ މެދުގައި ޝައުޤުވެރިކަން އުފެދުނު .. އަހަރެންނާއި އިންނާން އައިސަ ބޭނުން ކަމަށްވަންޏާއި މިހާރުވެސް އަހަރެން ތައްޔާރު …. ފުރުސަތެއް ނެތްތަ ؟ “ފުރުސަތު ލިބުނީކަމަށް ނިންމައި ވަރަށް ހަމަޖެހިލަމުން ނީސް ވާހަކަދެއްކިއެވެ. އޭރު އޭނާގެ އަޑާއި ހަރަކާތުން ފާޅުވަމުންދިޔައީ ސީރިއަސްކަމުގެ އަސަރުތަކެވެ.
” އަހަރެންވެސް ނީސް ބޭނުން. އެކަމަކު …… ކައިވެނީގެ ކުރިން ދުވަސްކޮޅަކު ނަމަވެސް އެކުގައި އުޅެލަން އަހަރެން ބޭނުން .. މާލެ އަންނަންވީނު. ” ނީސްގެ ހަޔާތަށް އައިސަ ގެންދާން ބޭނުންކަމަށް ނީސް ބުނުމުން އައިސަ ވެސް ނީސް އާއި ގުޅޭން ބޭނުންކަން ހާމަކުރިއެވެ.
އެންމެފަހަރަކު މާލޭގެ ގެއެއްގެ ދޮރޯށިކައިރިން ފެނެލިދެމީހަކު ދެފަހަރަކު ފޯނުން ވާހަކަދައްކާލުމާއެކުދެމީހުނަށް ދެމީހުން މުހިންމުވެ ލޯބިންގުޅި ލާމެހުނީއެވެ. އެކަކު އަނެކަކާއި ވަކިނުވުމަށް އަހުދުތަކާއި ވަޢުދުތައްވެސް ވާންފެށީއެވެ.
” މާލެ އައިސް އަހަރެންނަށް ގުޅާތި. ދެން ބާއްވަނީ ….. ގޭމީހުން އައިސްދާނެ. ” އައިސަގެ އެޖުމްލައާއެކުނީސް ބުނާއެއްޗަކަށް ބަލާލުމެއްވެސް ނެތި އަވަސް އަވަހަށް ފޯނުކަނޑާލިއެވެ.
އެފަދައިން އައިސަ އެކަންތައްއެކުރީ އެގޭބޮޑެތިމީހުން އައުމުން ކަމުގައި ނީސް އަމިއްލައަށް ނިންމިއެވެ.
ވަގުތުތައް ފާއިތުވަމުންދިޔައިރު ނީސްގެ މޫނުމަތިންފާޅުވަމުންދާ އުފަލާއި ހިތްހަމަޖެހުމަކަށް ބަދަލެއްނާދެއެވެ. އޭރު އޭނަހުރީ އެހާވެސްބޮޑަށްއުފާވެ ހިތްހަމަޖެހިފައެވެ.
ރޭގަނޑުގެޑިއުޓީ ނިމުމާއެކު ނީސް އަވަސްވެގަތީ މާލެ ދިއުމަށްޓަކައި އޮފްޑޭ ހަމަޖައްސާށެވެ. އޮފީހަށްގޮސް ވާހަކަދައްކާލުމާއެކު އޮފްޑޭގެ ކަންތައް ހަމަޖެހިއްޖެއެވެ. އޭނާ ބޭނުންވިގޮތަށް ކަންތައް ހަމަޖެހުމުން ނީސްގެ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ.
މާލެއާއި ރިސޯޓާ ދެމެދު ދަތުރުކުރާ ފެރީން ނީސް މާލެ ދިޔައިރު ހެނދުނު ނުވައެއް ޖަހަނީ އެވެ. ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި ރޭގަނޑު މާލެއާ ރިސޯޓާ ދެމެދު ފެރީ އޮތުމުގެ މުހިންމުކަން ނީސްއަށް ގަބޫލުކުރެވުނީ އެދުވަހުއެވެ. އެއާއެކު ހިތާހިތުން ރިސޯޓްގެ ވެރިފަރާތަށް ޝުކުއަދާކުރެވުނެވެ.
މިރެއަކީ އޭނާއާ އައިސަ ބައްދަލުކުރާ ފުރަތަމަ ރެއަށް ވާތީ އާއި އައިސަ ކޮޓަރިއަށް ގެންނާން ބޭނުންވާތީ މާލޭގެ ރަނގަޅު ގެސްޓްހައުސްއަކުން ނީސް ކޮޓަރިއެއް ހޯދީ އޭނާގެ ތަނަވަސްކަން އައިސައަށް ދައްކާލާ އައިސަގެ ހިތް ފަތަހަ ކުރާން ފަސޭހަ އަކަށެވެ. ހަމައެހެންމެ އޭނާގެ މަޤްސަދަށް ހާސިލުކުރުމަށް ވެސް ފަސޭހައަކަށެވެ.
މާލޭގައި ހުރި ނަމަވެސް ނީސް އާއި އައިސަ ވާހަކަދައްކާ މަސްވަރާކޮށް ނިންމި ފަދައިން އެހެން މީހުންނަށް، އެކަން ނޭނގުމަށްޓަކައި ނީސް އައިސައަށް ފޯނުކުރީ އެހެން ދުވަހެކޭ ވެސް އެއްފަދައިން ދޭއް ޖެހިއިރުއެވެ.
ވަގުތުތައް ފާއިތުވަމުން އިރުއޮއްސޭވަގުތު ގާތްވަމުން ދިޔައިރު ނީސްގެ ފަރާތުން ފެންނަމުންދިޔަ އުފާލާއިހިތްހަމަޖެހުން އިތުރުވަމުންދިޔައެވެ. މާލެތެރެއަށްވެރިވަމުން ދިޔަ ހަލަބޮލިކަމާއެކުގައި ވަގުތުތައް ފާއިތުވަމުންދިޔައެވެ.
ނުވައެއްޖަހާކަން ހާއިރެވެ. އައިސަ އާއި ވާހަކަދައްކާ މަސްވަރާކޮށްފައިވާ ފަދައިން އައިސައާ ބައްދަލުކުރުމަށްޓަކައި އައިސަމެން ގެއަށްދިއުމަށް ނީސް މިސްރާބުޖެހިއެވެ. އޭރު އޭނާ ޒީނަތްތެރިވެފައިވާވަރަށް ނަޒަރުހިންގާލިޔަސް އޭނާ އެދަނީ ވަރަށްމުހިންމު ތަނަކަށްކަން އެނގޭހާ ވެއެވެ.
ނުހަނު ހަލުވިހިނގުމެއްގައި ހިނގަމުންދިޔަ ނީސްއަށް އެގެ ކައިރިއަށް ދެވުނުއިރު ނުވައެއްޖަހަނީއެވެ. އޭރު އެގޭދޮރޯށިކައިރީގަ މެދުއުމުރުގެ އަންހެނަކު ހުއްޓެވެ.
މިގަޑީގަ އެ އަންހެންމީހާ އެތަނުގައި ހުރުމުން ނީސް ވަރަށް ހިތްހަމަ ނުޖެހުނެވެ. ހަމައެހެންމެ ހިތާހިތުން ސަކުވާ ވެސް ކުރެވުނެވެ. އެއީ ކާކުކަން ޔަގީން ނުވި ނަމަވެސް އޭނަ އެތަނުގަ ހުއްޓާ އައިސަ އަށް ނުނިކުމެވޭނެކަން ނީސްއަށް ޔަގީންވެއެވެ. އެކަން އޭނާއަށް ވަނީ ފޯނުން ވެސް ތަޖުރިބާ ކުރެވިފައެވެ. އޭނާއާ އައިސަ ފޯނުން ވާހަކަ ދައްކާން ގަބޫލު ނުވާ އަދި ފުރުސަތު ނުދޭ ބަޔަކު މިގޮތަށް ބައްދަލުކުރާން ފުރުސަތު ދޭނެކަމަށް ގަބޫލުކުރުމަކީ ވެސް މޮޔަކަމެއް ކަމުގައި ނީސްއަށް ގަބޫލުކުރެވެއެވެ.
އެމީހައަށް ސައްކެއް ނުވާނެހެން ނީސް މަޑުމަޑުން އެމަގުންލާފައި ދިޔަގޮތަށް ގޮސް ތަންކޮޅެއް ދުރުގަ މަޑުކޮށްލައިގެން ހުރީ އައިސަ ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
ފަނަރަވަރަކަށް މިނިޓް އެސަރަހައްދުގަ މަޑުކުރުމަށްފަހު އެއަންހެންމީހަ އެތަނުން ދުރަށްނުދިއުމުން ނީސް ނިންމީ ކޮންމެ ގޮތަކުން ނަމަވެސް އައިސަ އާ ބައްދަލުކުރާށެވެ.
އެހެންކަމުން މަޑުމަޑުން އެދިމާއަށް މިސްރާބު ޖެހިއެވެ.
” ދައްތާ! އައިސައާ ބައްދަލުކޮށްލެވިދާނެތޯ ؟ “ދޮރޯށިކައިރީގަ ހުރި އަންހެންމީހާ ކައިރިއަށް ހުއްޓެމުން ނީސް އަހާލިއެވެ.
” ތީކާކު ؟ .. ކީއްކުރަން އައިސައާ ބައްދަލުކުރަނީ ؟ “އާދައިގެ ގޮތަކަށް ނީސްއަށް ބަލާލަމުން އެއަންހެންމީހާ އަހާލިއޭނާގެ އަޑާއިހަރަކާތުން ވެސް ފާޅުވަމުންދިޔައީ އާދައިގެގޮތެކެވެ.
” މި…. މިއީ ނީސް. އައިސަ ބުނެގެން މިއައީ. ތިޔައީ އައިސަގެ މަންމަތަ ؟ “ހަމަޖެހޭގޮތް ދައްކާން މަސައްކަތް ކުރަމުން ހިނިތުންވުމާއެކު އެއަންހެންމީހާއަށް ބަލާން ހުރެ ނީސް ވާހަކަދެއްކިއެވެ.
” އައިސަގެ މަންމަހޭ ؟ …. ކަލޭމެން ހިތަށްއަރާދޯ ކަލޭމެން ހިތަށް އަރާއިރަށް ކަލޭމެން ބޭނުންހާގޮތަކަށް އަހަރެމެންގެ އަންހެންދަރިންގެ ހިތްތަކާ ކުޅެލާނަމޭ. ދެންވެސް ހޭއަރާ ހަމަޖެހިބަލަ … ތާކުން މީހަކު ފެންނަހާއިރަށް ފޯނުކޮށް ލޯބިހުށާއިރު އެއީ ކާކުތޯވެސް ބަލާލަން ރަނގަޅެއްނު. އަދިބުނެފިއެއްނު އައިސަގެ މަންމަހޭ ؟ ބަލަ މިހިރަމޮޔަޔާމިއީއޭ ކަލެޔާވާހަކަދެއްކި އައިސައަކީ. ” ހަރުކަށިކަމާއެކު ނީސްއާދިމާއަށް އެއްޗެތިކިޔަމުން ކިޔަމުން ނީސްއާ ދިމާއަށް އައި އައިސަ އައިގޮތަށް އައިސް ނީސްގެ ކަންކަށިމަތީގަ އެތިފަހަރެއް ޖެހިއެވެ. އެފަދަ ކަމަކަށް އެއްވެސްވަރަކަށްނުވިސްނާހުރި ނީސް ވިއްސައިގެން ކަހަލަ ގޮތަކަށް ގޮސް އިދިފުށަށް ވެއްޓިއްޖެއެވެ.
ވީތަދާއިގަތްލަދާއެކު ދެންވެސް އަވަހަށް އެތަނުންސަލަމަތްވެވޭތޯ ތެދުވަމުން ވަށައިގެން ހޯދާލިއިރު އޭނާގެ ކުރިމަތީގަ ހުރީ އޭނާ އެއަންހެން ކުއްޖާ ހޯދުމަށް ފޯނުކުރި އަންހެން ކުއްޖާއެވެ. ނުހަނު އުފަލާ ހިތްހަމަޖެހުމާއެކު ހިނިތުންވެލައިގެން ހުރި އިރު އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާކަން ނީސްއަށް ގަބޫލުކުރެވުނެވެ. އެހެނަސް ދެން ދުވަހަކުވެސް އެފަދަ ފޯންކޯލެއް ނުކުރުމަށް އަޒުމް ކަނޑައަޅައި އެލިބުނު ފިލާވަޅުން އިބުރަތް ހާސިލުކުރަމުން ނީސް އަވަސް އަވަހަށް އެތަނުން ދިޔައެވެ.

ނިމުނީ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ފޯންކޯލް

Next

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (11 ވަނަ ބައި)

Next
July 28, 2013

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (11 ވަނަ ބައި)

Previews
July 28, 2013

ފޯންކޯލް

4 Comments!

  1. އަބޭސް says:
    July 28, 2013 at 12:05 pm

    މިކަހަލަ މީހުން މިހާރު ވެސް އުޅޭ. ސަޅި ވާހަކައެއް

  2. zoyasham says:
    July 28, 2013 at 9:15 pm

    ސަޅި….. ވަރަށް އާންމު ކަމެއްމިއީ……..

  3. aal says:
    August 29, 2013 at 9:56 pm

    ރީތި!

  4. athoo .. says:
    January 20, 2015 at 8:07 pm

    Superb!

Comments are closed.



All Right Reserved!