Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

ޒެލް

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝
𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 Level 2
September 13, 2026 3 Mins Read
0 Comments

ޖެހިގެން ހުރި ގެއިން ވަރަށް ބާރަށް މީހަކު ހަޅޭއްލަވައިގެން އަޑަށް ބަދިގޭގައި ހުރެފައި އަހަރެން ދުވަމުން ދުވަމުން ނުކުތީމެވެ.ސަބަބަކީ ، އެއީ އަހަރެންގެ މަންމަގެ ގެއަށްވާތީއެވެ.އެ ހިސާބަށް ފޯރި އިރު ކަމަކު ދާކަށް ނެތެވެ.ފުރަތަމަ ވެސް އަޅައިގަތީ ރޮވިފަ ހުރި އަހަރެންގެ މަންމައެެވެ.ދެން ފެނުނީ އަހަރެންގެ މޭ އަތަށް އައި ކަހަލަ މަންޒަރެކެވެ.އާދެ!އަހަރެންގެ ފިރިމީހާ ހުރީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ ގައިގާ ދަނޑި ބުރި އަކުން ޖަހާށެވެ.އަހަރެންނަށް “ޒެލް” އޭ ކިޔާ ހަޅޭއްލަވައި ގަނެވުނެވެ.އެ ހިސާބަށް މީހުން ތައް އެއްވެފައި އޮތުމުން މީހުން ތަކުގެ ތެރެއިން ފުރޭނެމުން ގޮސް އަވަހަށް ދަރިފުޅު ނަގާ ގަޔާ ބޮނޑިކޮއްލީމެވެ.”އާދެ ދާން ޒެލް ގެއަށް ދާން”އަހަރެން ފިރިމީހާއަށް ބަލައިލުމެއް ނެތި ބުނުމަށް ފަހު ދަރިފުޅު ގޮވައިގެން ގެއަށް ދާން ހިނގައި ގަތީމެވެ.ދަރިފުޅުގެ ގައިގެ ތަންތަން މެށިފަ ހުރުމުން އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

ގެއަށް ގޮސް އަވަސް ވެގަތީ ދަރިފުޅު ގެ ގައިގައި އައިސް އަޅާ ބޭސް އެޅުމަށެވެ.އެޔޮށް ހުރިހާ އިރު ވެސް ދަރިފުޅުގެ އަނގައިން އެންމެ ބަހެއްވެސް ނުބުނީތީ އަހަރެން ހައިރާންވިއެވެ.ދަރިފުޅު ގައިގާ ބޭސް އަޅާފަ އަރާމު ކުރުމަށް ބުނެފަ އަހަރެން ކޮޓަރިއަށް ދިޔައީމެވެ.ކޮޓަރިއަށް ދެވުމާއެކު އަހަރެންގެ ލޮލުން ކަރުނަތައް އޭގެ ވާޖިބު އަދާކުރަމުން ދިޔައީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ.ފިރިމީހާ ދަރިފުޅަށް އެހެން ހަދަންވީ ކީއްވެގެން ބާއޭ އަހަރެން ހާސް ފަހަރު ހިތަށް އެރިއެވެ.އަހަރެން އެ ހާލުގައި އިންދާ ސިހުނީ އަހަރެންގެ ފިރިމީހާ ވަދެގެން އައުމުންނެވެ. “ކީއްވެ ޒެލް އަށް އެހެން ހެދީ…އެއީ ހަމަ އަހަރުމެން ދެމީހުންގެ ދަރިއެއްނު”އަހަރެން ވަރަށް މަޑުމައިތިރި ކޮށް އެހީމެވެ.”ނޭނގޭތަ ވީ ގޮތެއް؟؟ ވީ ގޮތް ކިޔައިދީ ފާނަމޭ! އަހަރެން ކަލޭ ޒެލް އަށް ބަނޑުބޮޑު ވީއްސުރެ ބުނިން ދޯ ބޭނުމެއްނޫން ކުއްޖަކު!!ހަމަ ބުނީމަ ވެސް ކަލޭގެ ކަންފަތަކަށް އަޑެއް ނީވުނެއްނު!! އެހެންވެ އަހަރެން ފޫހި ވާލެއް ބޮޑުކަމުން އޭނާގެ ގައިގަ ޖެހި!! އަހަރެން އޭނަޔަށް އަނިޔާ ކުރެޔޭ ކިޔައިގެން ކުޓުވާކަން މަށަށް އެނގެޔޭ!! އެހެންވެ އަހަރެންގެ ބާރު އޭނަޔަށް މި ދައްކާލީ” އަހަރެންގެ ފިރިމީހާ ކިޔާނެ އެއްޗެއް ކިޔުމަށް ފަހު ނުކުމެގެން ދިޔައީ އެކައްޗެއް ވެސް ހިތަށް ނާރާ ހާލުގައެވެ.

އާނއެކެވެ! އަހަރެން ވަރަށް ރަނގަޅަށް ފިރިމީހާ ދަރިފުޅު ބޭނުން ނުވެގެން އުޅުނު ގޮތް ހަނދާން އެބަހުއްޓެވެ.ނަމަވެސް ، އަހަރެން އޭރު ނިންމީ ކޮންމެ ގޮތެއް ވިޔަސް ދަރިފުޅު ދުނިޔެއަށް ގެންނާށެވެ.އެހެންވެ އޭރު އަހަރެންގެ ފިރިމީހާ އަހަރެންނަށް އަނިޔާ ކުރަން ފެށީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ.އަހަރެން އެ ހުރިހާ އަނިޔާ ތަކަށް ކެތްކުރީ ހަމަ އެދަރިފުޅުގެ ހައްގުގެ އެވެ.އެދަރިފުޅުގެ ގައިގާ އެންމެ ކޫރެއް އެޅޭކައްވެސް އަހަރެން ބޭނުމެއްނޫނެވެ.ނަމަވެސް އަހަރެން މިއަދު މިވަނީ އެކަމުން ނުކުޅެދިފައެވެ.އަހަރެންނަށް އިތުރަށް ގިސްލެވެން ފެށުނީ ދަރިފުޅަށް ކުރާނެ އަސަރު ހިތަށް އަރުވާލާފައެވެ.

އެތައް ގަޑިއިރެއް ރޯން އިނދެފައި އަހަރެން ދަރިފުޅުގެ ހާލަތު ބަލައިލަން އޭނާގެ ކޮޓަރިއަށް ދިޔައީ މެވެ.ޒެލް އޭރު ވެސް އިނީ އެނދުގައި ލެނގިލައިގެން ހިޔާލަކަށް ގެއްލިފަ އެވެ.”ޒެލް ދަރިފުޅޫ!މަންމަ އަށް ކިޔައިދީބަލަ ވީގޮތް”އަހަރެން ވަރަށް އަސަރާއެކު އެހުމުން ޒެލް އަށް އަހަރެން އެއްޗެކޭ ބުނިހެން ވެސް ހީނުވާ ފަދައެވެ.އެންމެ ކުޑަ މިނުން އަހަރެންނާ ދިމާލަށް ބަލައިވެސް ނުލިއެވެ.”ޒެލްލްލް ….މަންމަ ޒެލް އާ އެބަ ވާހަކަ ދައްކަމޭ”އަހަރެން އަނެއްކާވެސް ބުނީމެވެ.”މަންމަ ވާހަކަ ދައްކާ ކަން ޒެލް އަށް އެނގެޔޭ!!ޒެލް ބީރެއް ނޫނޭ މަންމަ ބީރަސް!ޒެލް ކިތައް ދުވަހު މަންމަ ކާރި ބުނާނީ ބައްޕަ ޒެލް އަށް އަނިޔާ ކުރެޔޭ… ޒެލް ހަނދާނެއް ނުވޭ ޒެލް އާ ދިމާލަށް އެންމެ ކުޑަމިނުން”ދަރިފުޅާ” އޭ ކިޔާފަ ގޮވާލި ދުވަހެއް…އަބަދުވެސް ޒެލް ބާކީ ކޮއްފަ ދެރަ ކޮއްފަ….ހީވަނީ ޒެލް ފިރިހެން ކުއްޖަކަށް ވީމަ ބޭނުން ނުވާ ހެން.. މަންމަ އަށް ވެސް ހަމަގައިމުވެސް އަޑު އިވޭނެ ކޮންމެ ރެޔަކު ކޮންމެ ރެއަކު ޒެލް ރޯ އަޑު…ކޮންމެ ދުވަހަކު ސުކޫލް ގަ ކުދިން އެއްޗިހި ކިޔައޭ ބުންޏަސް މަންމަ ބުނާނީ ބޯއިސް ކުދިން ވަރަށް ސްޓްރޯންގް ވާނޭ… އެކަމް ޒެލް ވެސް މީހަމަ އާދައިގެ އިންސާނެކޭ..ޒެލް ގެ ވެސް އިހުސާސްތަކެއް ވެޔޭ..މަންމަ ވެސް ޒެލް އަށް މިއަދު ތި އަޅާލީ އެތާ މީހުން ތިބީމަ…މަންމަ ހަނދާން އެބަހުރި ތަ އެންމެ ކުޑަމިނުން ޒެލް ކައިފިންހޭ އެހި ދުވަހެއް…އަބަދު އަބަދު ޒެލް އަށް ޖެހޭނީ ކަމެއް ރަނގަޅު ކުރަން” ޒެލް ގިސްލަމުން ބުންޏެވެ.”ދަރިފުޅާ މަންމަޔަށް އެނގެޔޭ!! މަންމައަށް އެހެން ގޮތެއް ނެތޭ…. މަންމައަށް އެނގޭ މަންމަ މީ މާފު ހައްގުވާ މީހެއް ނޫންކަން… އެކަމަކުވެސް މަންމައަށް މާފުކުރޭ ދަރިފުޅާ..”އަހަރެން ރޮމުން ރޮމުން ބުނީމެވެ.ޒެލް އިޝާރާތުން އާނއެކޭ ބުންޏެވެ.

އޭގެ އަހަރެއް ފަހެވެ.މިހާރު އަހަރެން އުޅެނީ މާލޭގައެވެ.އެދުވަހު އަހަރެން ވަރިވާން ކޯޓަށް ފޯމުލާާފަ އައީ ދަރިފުޅު ގޮވައިގެންނެވެ.އެދަރިފުޅަށް ހަމަ ޖެހޭ މާހައުލެއް ހޯދައިދިނުމަށެވެ.އައިސް އުޅެނިކޮށް އަހަރެންނާ ދިމާވީ އަހަރެންގެ ގޭގައި ކިޔަވަން ހުރި މީހަކާ އެވެ.އާދެ!,މިހާރު އެއީ އެންމެނަށް ވެސް މަގުބޫލް ޝެއިޚް އެކެވެ.އަހަރެން ގާތު ކައިވެންޏަށް އެދުމުން ބަލައިގަތީ ޒެލް އަށް އަމިއްލަ ދަރިއެއް ފަދައިން ޢަމަލު ކުރަން ވަޢުދު ވީމައެވެ.މިހާރު އަހަރެން މިއުޅެނީ އަހަރެންގެ މިހާރުގެ ފިިރިމީހާ އާ އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅު ޒެލް އާ އެކު އުފާވެރި ދިރިއުޅުމެކެވެ.އެދަރިފުޅުގެ މޫނުމަތިން ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ކަރުނަ ނީރާލައެވެ.އެދަރިފުޅު އުޅުނު ހާލު ހިތަށް ގެނެސްފަ އެވެ.އެދުވަހުން ފެށިގެން އަހަރެން އަމިއްލަ ނަފްސަށް ވައުދު ވީ ދެން ދުވަހަކު ވެސް އެދަރިފުޅުގެ ލޮލުން ކަރުނަ އަންނަ ފަދަ ކަމެއް ނުކުރުމަށެވެ.އިންޝާ ﷲ އަހަރެން ދެން ޒެލް ބަލާނީ އަހަރެން އަޒުމް ކަނޑައަޅާފައިވާ ގޮތަށެވެ.

Share Article

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝
Follow Me Written By

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝

Level 2

Well this is my first time writing stories inshallah I'll improve after reading the comments please comment to my stories

Other Articles

Previous

މަލަކް

Next

ވާނަމަ އިރާދާގާ 2

Next
September 13, 2026

ވާނަމަ އިރާދާގާ 2

Previews
September 13, 2026

މަލަކް



All Right Reserved!