އެރޭގެ ވަގުތެއްގައި ޔާނިއު އާއި ޒަކްވާން ގޮސް ލެމަންގްރާސް ރެސްޓޯރެންޓް އަށް ވަނެވެ. އެވަގުތު ވީ ރައިލީ ކަޔަންގެ މޫނަށް ފެންތަށި ޖަހާލާފައި ނިކުންނަން ހިނގާގަތް ވަގުތަށްށެވެ. ޒަކްވާން އަށް އިސާހިތަކު ރައިލީގެ އަތުގައި ހިފުނެވެ. ޔާނިއު ޒަކްވާން އަށް ބަލާލާފައި ކަޔަން ކައިރިއަށް ދިޔައެވެ. ޒަކްވާން ރައިލީއަށް ބަލާލިއެވެ. “ރަލް އައި ފައުންޑް ޔޫ” ޒަކްވާން ބުނެލިއެވެ. “ޒެކް؟” ރައިލީގެ ޒަކްވާން އަށް ގޮވައިލިއެވެ.
-8 ވަނަބައި-
“ރަލް، އޮކްސްފޯޑްޝަޔަރ ހުރެފަ ކުއްލިއަކަށް ގެއްލުނީ ކީއްވެ؟” ޒަކްވާން އަހައިލިއެވެ. “ޒެކް ދޫކޮށްލާ” ރައިލީ އިހްސާސް އެއް ނެތް ފަދައިން ބުނެލިއެވެ. “ނޫން! އެދުވަހު ދޫކޮށްލާށޭ ބުނީމަ ދޫކުރިން އެއަށްފަހު ރަލް ވެނިޝް ވީ މިއަދަކު ދުލެއް ނުކުރާނަން” ޒަކްވާން ރައިލީގެ އަތުގައި ބާރަށް ހިފާލިއެވެ. “ލެޓް ގޯ!” މިހެން ބުނެ ރައިލީ ޒަކްވާން ކޮއްޕާލާފައި ރެސްޓޯރެންޓް އިން ނިކުރެވެ. ރައިލީގެ މިސްރާބު ހުރީ ބީޗް އާއި ދިމާލަށްށެވެ. ދިޔަމަގުމަތީގައި ރައިލީ ރައިޝާ އާއި ޔޫލީން އަށް މެސެޖެއް ފޮނުވާލިއެވެ.
ރައިލީ: ދޮންތާ ، ޔަލް އައިނީޑް ޔޫ އާދެބަ ރަސްފަންނު ބީޗަށް
ރައިޝާ: އޯކޭ ވަޓް ހެޕަންޑް؟
ރައިލީ: އައީމަ ކިޔާދޭނަން
ޔޫލީން: އޮން އަވާ ވޭ!!!!!
….
ޒަކްވާން ގޮސް ޔާނިއު އާއި ކަޔަން އިން މޭޒު ދޮށުގައި އިށީނެވެ. އަދި މޭޒުގައި ބޯޖަހައިލިއެވެ. ވޭޓަރު މެނޫ ހިފައިގެން އައިސް ތިން މީހުންއަށް ދިނެވެ. “ޗިކަން ފްރައިޑް ނޫޑްލްސް އެންޑް އަ ފެޝަންފްރުޓް މޮހިޓޯ” ޔާނިއު އޯޑަރު ކުރިއެވެ. “އައިލް ހޭވް ޗިކަން ކޮތުރޮށި ވިތް ޗޮޕްޑް ޗިލީ އެންޑް އަ ކޯކް” ކަޔަން ވެސް އޯޑަރު ކުރި އެވެ. “އައިލް ހޭވް ބީފް ފްރައިޑް ރައިޗް އެންޑް ވޯޓާ” ޒަކްވާން އޯޑަރު ދިނެވެ. ވޭޓަރު މެނޫ ތަށް ހިފައިގެން ދިއުމުން ޒަކްވާން އަނެއްކާވެދް ބޯޖަހައިލިއެވެ. “ވަޓް ހެޕަންޑް؟” ޔާނިއު އަހައިލިއެވެ. “ރައިލީ… ޑަޒް ޝީ ހޭޓް މީ؟” ޒަކްވާން އަމިއްލަ ނަފްސަށް އަހައިލިއެވެ. “ރައިލީ ރިޖެކްޓެޑް މީ” ކަޔަން ބުނެލިއެވެ. “ސާބަސް ލަވްސިކް ޕަޕީސް ތަކަށް” ޔާނިއު ބުނެލިއެވެ. “ލަވްސިކް އޭބުނާއިރު ތިމާމީހާ އޯ؟ ރޭގަނޑު ދަންވަރު ރައިޝާ ނިދީމަ ލޯބި ދީފަ ހޭލީމަ ކުނިމޫނު ހަދާފަ” ކަޔަން އަނބުރާ ޔާނިއުގެ ބަސް ދިނެވެ. “ދަންވަރު އޭ؟ ޔާން ރައިޝާ ދެކެ ލޯތްބެއް ނުވޭތަ؟” ޒަކްވާން ކުއްލިއަކަށް ބޯހިއްލާ އަހައިލިއެވެ. “އަދިވެސް ތިއުޅެނީ ލާސްޓް ސެންޗުއަރީގައޭ…. އިނގޭތަ މި ޔާން ރައިޝާ އާ އިނީ އަނާގެ އުނދަގޫ ބޮޑުކަމުން …. ނުވިތާކުން ޔާންގެ ގަޔަށް ބޮލަށްވެސް އަރާ ނަސީބެއްނު 2 މަންތް އޯވާ ސީސް ޕްރޮޖެކްޓަށް އޭނާ ފޮނުވާލެވުން ކަން” ކަޔަން ކިޔާދިނެވެ. “ހޫން މަގޭ ވާހަކަ ނުދައްކާ ކަލޭގެ ވާހަކަ ކިޔާބަ؟ ރައިލީ ކައެ މޫނަށް ފެން އެތި ޖަހާލީ ކީއްވެ އޯ؟” ޔާނިއު އަހައިލިއެވެ. “އޯ ދެޓް ދޯ …. މަގޭ އޭނަ ކައިރީ ރައްޓެހިވާން އެހީ” ކަޔަންގެ މި ބަސްތަކުން ޒަކްވާން އަތް މުއްކަވާލިއެވެ. “އެންޑް ޝީ ސެއިޑް ނޯ އެކަމު އާދޭސް ކުރީމަ ރުޅިއައިސްގެން މަގޭ މޫނަށް ފެން ޖެހީ” ކަޔަން ކިޔާދިނެވެ. “އޯ” ޒަކްވާން މަޑުމަޑުން ބުނެލިއެވެ. “ޒެކް ވަޓް އެބައުޓް ޔޫ ؟ ވަޓްސް ދަ ސޮޓޯރީ ބިޓްވީން ޔޫ އެންޑް ރައިލީ؟” ޔާނިއު އަހައިލިއެވެ. “އިޓްސް އަ ލޯންގް ސްޓޯރީ” ޒަކްވާން ބޯ ހިއްލާލާފައި ބުނެލިއެވެ.
…………………
ރައިލީ ރަސްފަންނު ބީޗްގެ ގޮނޑުދޮށުގައި އިށީންދެލާގެން އިނެވެ. ރައިޝާ އާއި ޔޫލީން ރައިލީގެ ދެފަރާތުގައި އިށީންނެވެ. “ރަލް؟ އާރ ޔޫ އޯކޭ؟” ރައިޝާ ހާސް ވެފައި ހުރެ އަހާލިއެވެ. “ދޮންތާ…” މިހެން ބުނެފައި ރައިލީގެ ބަޑިފަޅާގެން ދިޔައެވެ. “ވަޓްސް ރޯންގް ރަލް؟” ޔޫލީން ހާސްވެފައިހުރެ އަހާލިއެވެ. “3 އިޔާޒް! މޫވް އޮން ވާން 3 އަހަރު ނެގި….. ވައި އަނެއްކާ އޭނަ ފެނުނީމަ މަގޭ ހިތަށް އެހާ ތަދުވަނީ؟” ރައިލީ ކަރުނަރަށް ފޮހެލަމުން ބުނެލިއެވެ. “ކާކު ފެނުނީމަ؟” ރައިޝާ އަހައިލިއެވެ. “ޒަކްވާން!” ރައިލީ މިހެން ބުނުމުން ޔޫލީން އާއި ރައިޝާ ހައިރާން ވިއެވެ. “ޒެކް؟ ވަޓްސް ދަ ސްޓޯރީ ބިޓްވީން ޔޫ ޓޫ؟” ޔޫލީން އަހައިލިއެވެ. “އެއީ މީގެ 3 އަހަރު ކުރި……………….” ރައިލީ ކިޔާދޭން ފެށިއެވެ.
……………………………………………..
(ރައިލީ އާއި ޒަކްވާންގެ ވާހަކަ)
އޮކްސްފާޑް ޔުނިވާސިޓީ ކެމްޕަސް ތެރެއެވެ. ރައިލީ ފޮތް ތައް ހިފާގެން ވަށާ ބަލަމުން ދިޔައީ ޔޭނާގެ ކްލާސް ހޯނުމަށްށެވެ. “އެކްސްކިއުޒްމީ ވެއާރ އިޒް މިސްޓަރ ޕާކާސް މެނޭގްމެންޓް ކްލާސް؟” ދަބަހެއް އަޅުވައިގެން ހުރި ޒުވާން ފިރިހެން ނުއްޖެއް ކައިރީގައި ރައިލީ އަހާލިއެވެ. “މިސްޓަރ ޕާކާސް ކްލާސް؟ އައިމް އޯލްސޯ އިން ދެޓް ކްލާސް… ލެޓްސް ގޯ” އެ ޒުވާނާ ބުނެލިއެވެ. “ތެންކް ޔޫ” ރައިލީ އެ ޒުވާނާ ފަހަތުން ދިޔައެވެ. “ޔޫ އާރ ނޮޓް ފްރޮމް ހިއާރ ރައިޓް؟ އެނީ ވޭސް އައިމް ޒަކްވާން” އެ ޒުވާނާ އަމިއްލަ މީފާ ތައާރަފް ކޮށްލިއެވެ. “އައިމް ރައިލީ، އައިމް ފްރޮމް މޯލްޑިވްސް” ރައިލީ ލަދު ރަކި ގޮތަކަށް ބުނެލިއެވެ. “މޯލްޑިވްސް؟” ޒަކްވާން ހައިރާން ވެފައި ހުރެ އަހާލިއެވެ. “ޔެސް” ރައިލީ އިސްޖަހައިގެން ހުރެ އަހައިލިއެވެ. “ފަނީ ކޮޒް އައިމް އޯލްސޯ ފްރޮމް މޯލްޑިވަސް” ހިނިގަނޑެއް ޖަހާލަމުން ޒަކްވާން ބުނެލިއެވެ. ރައިލީ ހީލިއެވެ.
ރައިލީ ނަޒަރު ހުއްޓާލީ ޒަކްވާން ގެ ސިފައަށެވެ. ނިއްކުރި މައްޗައް ވެއްޓިފައި އޮތް ކަޅު އިސްތަށިގަނޑު އޮތީ ހާވާލާފައެވެ. ދިގު މޫނެކެވެ. ތުނި ތުންފަތަކާއި އަންހެން ކުދިންގެ ހިތްތަށް ކަތިލާފަދަ މަޑު މުށި ކުލައިގެ ކަޅިއެކެވެ. ބާމަތޮ ފުޅާ ރީތި ސިފަތަކެއް ލިބިފައިވާ ޒުވާނެކެވެ. ލާގެން ހުރި ކަޅު ކުލައިގެ ގަމީހަކާއި އަކާއި ބެއިޖް ކުލައިގެ ޖީންސެއް ލައިފައި އެއްކޮނޑުގައި ދަބަސް އަޅުވާލާފައި ހުންނަ އިރު ވަތަށް ސްމާޓްއެވެ.
“ތީ ފްރެޝްމެން އެއް ދޯ؟ ކްލާސެސް ނިންމާފަ ކެމްޕަސް ޓުއާރ އެއް ދޭނަން އިންގޭ” ޒަކްވާން ހިނިތުން ވެލާފައި ބުނެލިއެވެ. “އޯކޭ” ރައިލީ ބުނެލިއެވެ. ދެ މީހުން ވެސް ގޮސް މިސްޓާރ ޕާކާގެ ކްލާހަށް ވަނެވެ. ރައިލީ ފްރަންޓް ސީޓް ގައި އިށީނުމުން ޒަކްވާން ރައިލީ ފަހަތުގައި ހުރި ގޮނޑީގައި އިށީނެވެ. އެވަގުތު ލޯކަލް ފިރިހެން ކުއްޖެއް އައިސް ރައިލީ ކައިރީގައި އިށީނެވެ. “ހާއި އައިމް ޖޭމްސް ކާޓާރ” އެ ފިރިހެން ކުއްޖާ ތައާރަފް ކޮށްލިއެވެ. ރީތި ސިފަތަކެއްލިބިފައި ވާ ފިރިހެން ކުއްޖެކެވެ އެކަމަކު ޕާސަނަލް ސްޕޭސް އެއީ ކޯޗެއް ކަން ނޭންގޭ ފަދަ އެވެ. “ކާޓާރ! ޝީޒް ވިތް މީ” ދަބަސް ނަގާ ރައިލީ ގެ ކަނާތަރް ފަޅީގައި ހުރި ގޮނޑިއަށް އެއްލުމަށް ފަހު ޒަކްވާން ޖޭމްސް އަށް ކަތިނަޒަރަކުން ބަލައިލިއެވެ. “މައި ބޭޑް މައި ބޭޑް….. ޑިޑިންޓް ނޯ ޝީ ވޯޒް ޔުއާސް” ޖޭމްސް މިހެން ބުނެފައި ފަހަތުގައި ހުރި ގޮނޑިއަކަށް ބަދަލު ވިއެވެ. “ރައިލީ ޔުއާރ ނަމްބާ؟” ޒަކްވާން ފޯނު ދިއްކޮށްލަމުން ބުނެލިއެވެ. ރައިލީ އޭނާގެ ނަމްބާ ޖަހާފައި ޒަކްވާން އަށް ފޯނު އަނބުރާ ދިނެވެ.
ކްލާސްތައް ނިންމާފައި ކެމްޕަސްގެ ބަގީޗާ ގައި ރައިލީ ވާހަކަ ފޮތެއް ހިފައިގެން އިނެވެ. “ހޭއި” އަތް ހޫރަމުން އައި ޒަކްވާން ރައިލީ ކައިރީގައި އިށީނެވެ. “ކެމްޕަސް ޓުއާ އަށް ރެޑީ؟” ޒަކްވާން އަހައިލިއެވެ. “އޯކޭ” ރައިލީ ލަދުރަކި ދޮތަކަށް ބުނެލިއެވެ. “ލެޓަސް ގޯ” ޒަކްވާން ރައިލީ އަތުގައި ހިފާލާފައި ބުނެލިއެވެ. ރައިލީގެ ހިތަ ބާރަށް ތެޅެން ފެށިއެވެ.
“ރައިލީ ދިސް އިޒް ގަ ލައިބްރަރީ….. ހާއި މިސިސް ޕޯޓާ” ޒަކްވާން ލައިބްރަރިއަންނަށް ގޮވައިލިއެވެ. “ހާއި ޒެކް” މިސިސް ޕޯޓާ ހިނިތުންވެލާފައި ބުނެލިއެވެ. “ސޯ ރައިލީ މީ އޮކްސްފާޑް ޔުނިވާސިޓީ …. އިނގޭތަ މި ޔުނިވާސިޓީ އަށް 930 އަހަރު ވެއްޖެ …. އިޓްސް ކޮންސިޑާޑް ދަ ސެކްންޑް އޯލްޑެސްޓް ޔުނިވާސިޓީ އިން ދަ ވޯލްޑް” ޒަކްވާން ކިޔާދިނެވެ. ” އޯ ނައިސް … އަހަރެން އަޑު އެހިން ހެރީ ޕޯޓާ ފިލްމް ތައް ކުޅުނީ މި ޔުނިވާސިޓީގަ ކަން” ރައިލީ ހީލަމުން ބުނެލިއެވެ. “ހަހަ އާނ އިޓްސް ފޭމަސް ކޮޒް އޮފް ހެރީ ޕޯޓާ” ޒަކްވާން ކިޔާދިނެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. ރައިލީ އާއި ޒަކްވާން ގާތް ވަމުން ގޮސް ދެމީހުން ރައްޓެހިވެސް ވިއެވެ. ދެމީހުން ޕިކްނިކް ޑޭޓް އަކަށް ސަނީމޭޑް ޕާކް ގައި ތިއްބެވެ. ރައިލީ ވާހަކަ ފިތެއް ހިފައިގެން ކިޔަން ހުއްޓެވެ. ޒަކްބާން ރައިލީ އުނގު މަތީގައި އިށީއްވެލައިގެން ފީނުން ޓިކްޓޮކް ސްކްރޯލް ކުރަން އޮތެވެ. “ޒެކް؟ އައި ވޯޒް ތިންކިން ހައުލޯންގް ހޭވް ޔޫ ލިވްޑް ހިއާރ؟” ރައިލީ ސުވާލުކުރިއެވެ. “އުމުރުން 15 އަހަރުން ފެށިގެން… އަހަރެންގެ މަންމަ ރިމެރިޑް އަ އިންގްލިޝް މޭން އާފްޓާ މައި ޑޭޑް ޑައިޑް” ޒަކްވާން ރައިލީގެ އުނގުން ތެދުވަމުން ބުނެލިއެވެ. “އައިމް ސޮރީ” ރައިލީ އިސް ޖަހާލާފައި ބުނެލިއެވެ. “ރަލް އިޓްސް ނޮޓް ޔުއާ ފޯލްޓް….. އައި ނޯ މައި މޯމް ވިލް ލަވް ޔޫ” ރައިލީގެ ދެ ކޮލުގައި ހިފާލަމުން ޒަކްވާން ބުނެލިއެވެ. “ދެން ކޮލުގަ ނުހިފާބަލަ” ރައިލީ ބޮޑާ ހާކާލިއެވެ. “މައި ކިއުޓީ ތުން ދަމާލީމަ ހާދަ ކިއުޓް އޭ” ރައިލީގެ ކޮލަށް ދޮނެއް ދެމުން ޒަކްވާން ބުނެލިއެވެ.
އުފާވެރި ކޮށް އުޅެމުން ދަނިކޮށް ރައިލީ އާއި ޒަކްވާން މަންމަ ބައްދަލުވިއެވެ. “ދައްތާ..” ރައިލީ ވާހަކަ ދައްކާ ނުނިމޭ ޒަކްވާން މަންމަ ރައިލީ މޫނު މައްޗަށް ޗެކް އެއް ޖެލިއެވެ. “ޒަކްވާން އާއި ދުރަށް ދޭ” ޒަކްވާން ގެ މަންމަ ޒޭނާ ބުނެލިއެވެ. “މަންމާ!!! ރަލް އެއީ އެކަހަލަ ކުއްޖެއް ނޫން” ޒަކްވާން ބުނެލިއެވެ. “އޯ ޕްލީޒް ރައިލީގެ ހުރިހާ އިންފޮމޭޝަން އެއް އަހަންނަށް އިނގޭ” ޒޭނާ ބުނެލިއެވެ. “ޒެކް އައިމް ލީވިން” ރައިލީ މިހެން ބުނެފައި ރެސްޓޯރެންޓް އިން ބޭރަށް ދުއްވާގަތެވެ. ޒަކްވާން ރައިލީ ފުލުން ދާން އުޅުނިކޮށް ޒޭނާ ޒަކްވާން ހިފަހެއްޓިއެވެ. “މޯމް ލެޓް ގޯ!” ޒަކްވާން ރުޅިއައިސްފައި ބުނެލިއެވެ. ޒޭނާ ޒަކްވާން ހިފަހެއްޓިއެވެ.
ދުވަސް ތަކެއް ފާއިތު ވިއެވެ. ޒަކްވާން އަށް އަޑު އިވުނީ ރައިލީ ޑްރޮޕް އައުޓި ވި ވާހަކައެވެ. ޒަކްވާން ރައިލީ ވަރަށް ހޯދިއެވެ. ނަމަވެސް ދެމަސް ފާއިތުވެގެން ދިޔައިރުވެސް ރައިލީއެއް ނުފެނުނެވެ.
……………………..
(މިހާރު)
“އެއީ ވީ ގޮތަކީ ރައިލީ ވެނިޝް ވީ” ޒަކްވާން ވާހަކަ ކިޔައިދިނެވެ. “ޑޭމް ބްރޯ މަށަކަށް ނޭންގެ ޝީ ވޯޒް ޔުއާރ ގާލް ކަމެއް” ކަޔަން އިސްތަށިގަނޑުގައި އަތް ހިންގާލާފައި ބުނެލިއެވެ. “ޒޭނާ އާންޓް ކީއްވެއޯ އެއްބަސް ނުވީ؟ އެންޑް ވައި ހިއުމިލިއޭޓް ހާ ލައިކް ދެޓް!” ޔާނިއު ބުނެލިއެވެ. “އައި ޑޯންޓް ނޯ!” ޒަކްވާން މޫނު ދެ އަތުން ފޮރުވާލިއެވެ.
………………
10 ޖަހައިލިހާއިރު ރައިޝާ ގެއަށް ގޮސް ވަނެވެ. އެވަގުރު ވީ ޔާނިއު ވެސް ގޮސް ގެއަށް ވަތް ވަގުތަށްށެވެ. ރައިޝާ އިސް ޖަހާލާފައި އަމިއްލަ ކޮޓަރިއަށް ދިޔައެވެ. ޔާނިއު ގޮސް ވަނީ ސްޓަޑީ އަށް ށެވެ.
……………..
ކަޔަން އިސް ޖަހާލާފައި ގޮސް އޭނާގެ އެޕާޓްމެންޓް އަށް ވަނެވެ. އަދި އޭނާގެ ބޫޓު ބާލާފައި ހަރަށް ލުމަށްފަހު ކޮޓަރިއަށް ގޮސް އެނދު މަތީގައި އޮށޯއްވެލިއެވެ. “ރައިލީ…. އައިމް ސެޓިން ޔޫ ފްރީ” ކަޔަން ގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.
………………….
އާދުވަހަކަށް އިރު އެރިއެވެ. ދުވަހަކީ ހުކުރު ދުވަހަކަށް ވުމުން ރައިޝާ ޔާނިއު ސްޓަޑީގައި ޓަކި ޖަހައިލިއެވެ. “އަމް މިއަދު މެންދުރު ކައްކަން ވޭތަ؟” ރައިޝާ އިސްޖަހާފައޮ އަހައިލިއެވެ. “ނޯ! މަމް ބުނީ މެންދުރު ކާން އަންނާށޯ…. ރެޑީ ވޭ އަހަރެން ވެސް މި ނިކުންނަނީ….. އަމް ރައިޝާ އަދި އެއް ވާހަކަ…. އައިމް ސޮރީ އެބައުޓް ޔުއާރ ހޭންޑް” ޔާނިއު އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބުނެލިއެވެ. “އިޓްސް އޯކޭ” ރައިޝާ މިހެން ބުނެފައި ކޮޓަރިއަށް ދިޔައެވެ.
ރެޑީ ވެލާގެން އަވަސް އަވަހަށް ނިކުރް ރައިޝާ ގޮސް ޖެހުނީ ޔާނިއުގެ މޭ މަތީގައެވެ. “އައިމް ދޮރީ” ރައިޝާ މިހެން ބުނެ ޔާނިއު އާއި ދުރަށް ޖެހެން އުޅުނެވެ. ޔާނިއު ރައިޝާ ގައިގައި ބައްދާލިއެވެ. ރައިޝާ އަށް ވެސް ޔާނިއު ގާގައި ބައްދާލެވުނެވެ. “ސޮރީ” މިހެން ބުނެފައި ރައިޝާ ދުރަށް ޖެހެން އުޅުނެވެ. “ރައިޝާ… މިރޭ މާސްޓާ ބެޑްރޫމް އަށް ބަދަލް ވޭ” ޔާނިއު މިހެން ބުނުމުން ރައިޝާ ގެ ހިތް ތެޅުނެވެ. “އޯކޭ” ރައިޝާ ބުނެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Anehen vhk reethi, but there were lots of spelling mistakes and like sentence structures were used wrong.. If you correct those, your writtings would be very good IA 💙👍
Also vhk ge scene eh gennaru hama ekani e veekan nimmaalaafa dhiyaeema ehaa reehcheh nuvaane.. But e scene ragalhah thafseelu kohdhineema ragalhu vaane! 🥰
Anyways MA your writing skills are very good💙