ހުރީމެ ތިހިތުން ޖާގަ ދޭތޯ 5
“ބައެއް ސުވާލުތަކުގެ ޖަވާބު އިނގުމަށްވުރެ ނޭނގުން ރަނގަޅުވާނެ… އަދި ބައެއް ކަންކަމަކީ… އަމިއްލަ ނަފްސަށް މައާފުކުރަން ބޭނުންވިޔަސް މައާފުދެވޭނެ ކަންކަމެއް ނޫން… ނަވާ…” ފޯނުގެ ސްކްރީނަށް އެޅިފައިވާ އަލިކަމުގެ ތެރެއިން އެ މެސެޖު ކިޔާލުމާއެކު ހިނދުކޮޅަކަށް އަހަރެންގެ ހިތުގެ ހިނގުންވެސް މަޑުޖެހިލައިގެންދިޔަކަަހަލައެވެ. އެއީ ސީދާ ޝަދަފްގެ މެސެޖެކެވެ. އެ ކުރު ބަސްކޮޅުގެ ފަހަތުގައިވާ މާނަ އަހަންނަށް ދެނެނުގަނެވޭނެހާ ފުނެވެ. އަހަރެން އަވަސްއަވަހަށް ކުޑަދޮރުން ތިރިއަށް ނަޒަރު ހިންގާލީމެވެ. އޭރު ޝަދަފް ފޯނު ޖީބަށް ޖ�



