ހުރީމެ ތިހިތުން ޖާގަ ދޭތޯ 3
އަހަރެން ހައިރާންކަމާއެކު އެ ކުޑައިގައި ހިފަމުން، ކުރިމަތީން ފެންނަމުން ދިޔަ މަގާއި ދިމާލަށް ނަޒަރު ހިންގާލީމެވެ. އޭރުވެސް ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެން ނޫނަސް ތުއްތު ކުއްޖާ އުރާލައިގެން ދިޔައިރު ޝަދަފްގެ އަތުކުރީގައި އެ ކުޑަ އަޅުވާލެވިފައި އޮތްތަން އަހަރެން ދެކުނީމެވެ. ވާރޭގެ ތެރޭގައި ތެމިގެން އަހަރެން ގެއަށްދާން އުޅޭނެކަން އެނގޭތީ އަމިއްލަ ކުޑަ އަހަންނަށްޓަކައި ދޫކޮށްލާފައި އެދިޔައީއެވެ. އެއީ އެ ގޮތަށް ސިއްރުން ޝަދަފް އަހަންނަށް އެހީވި ފުރަތަމަ ފަހަރަކަށް ނުވާނެއެވެ. އެދުވަހ�


