Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހައްލަކީ ކޮބާ؟

bikaari_ultrapromax
bikaari_ultrapromax Level 1
September 8, 2026 2 Mins Read
1 Comment

މޫދުގެ ލޮނުގަނޑު ކަފަމުން އައިސް ބަނދަރާއި ގާއި ކޮށްލި ލޯންޗުގެ ކައިރިއަށް މީހުންތައް އެއްވިއެވެ. ދިގު ދަތުރަކަށްފަހު ރަށަށް އައީ އެމީހުންގެ އާއިލާ މީހުންނާއި އެކުވެރިން ބަލާ އައިސް ތިބި މީހުން މަދެއްނޫނެވެ. މައިހާ ވެސް ހުރީ ބަނދަރު މަތީގައެވެ. އޭނާ ހުރީ ތޮއްޕަކާއި އަވި އައިނެއް އަޅައިގެންއެވެ. ގަޔައްދޫ އަތް ކުރު ޓީޝާޓަކާއި ފުޅާ ޖިންސް އެއްގައި އޭނާ ހުރިއިރު ނުދަންނަ މީހަކަށް އޭނާ ވައްތަރު ވާނީ ފިރިހެން ކުއްޖަކާއެވެ. މައިހާ ހުރީ އޭނާގެ އާއިލާ ކުއްޖަކު ބަލާ އައިސްއެވެ.

ލޮންޗުން ފެއިބި ރަޝާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ބައްދާލީ މައިހާ ގައިގައެވެ. ރަޝާ ލައިގެން ހުރީ މަޑު ރީންދޫ ކުލައެއްގެ ޓޮޕަކާއި ކަޅުކުލައިގެ ޖިންސް އެއްގެ އިތުރުން ކަޅުކުލައިގެ ޝޯލް އެކެވެ. މޭކަޕް ކޮއްފައި ހުރުމުން އޭނާގެ ރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ. ބަނދަރު މަތީގައި އުޅޭ ގިނަ މީހުންގެ ނަޒަރު މިހާރު ވަނީ މި ދެކުދިންނައް ހުއްޓިފައެވެ.

“މާބާރައް ވާހަކަ ދައްކާތީތަ މީހުން އެ ބަލަނީ؟” ރަޝާ ވަށައިގެން ނަޒަރު ހިންގާލަމުން މައިހާ ގާތު އަހާލިއެވެ.

“އުހޫން… ރަށައް އާ ކުއްޖެއް އެރީމަ.. އަދި އޭހާ ނަލަ ހެދިގެން..” ސައިކަލަށް އަރަމުން މައިހާ ބުނެލީ މަޖާ ވެފައެވެ.

“މަމީދެން އާ ކުއްޖެއްނޫން ދޯ؟ ހަމަ މިރަށު މީހެއް ދޯ މަ މީ…” ރަޝާ ސައިކަލު ފަހަތަށް އަރަމުން ޝަކުވާ ކުރިއެވެ.

ގޯތިތެރެ ކުނިކަހަން އުޅުނު އައިމިނަތައް ރަޝާ ފެނި އޭނާގެ ހާލު އަހައި ނާޝްތާކުރުމައް ދިޔުމަން ބުނެ އޭނާގެ މަސެއްކަތް ކުރިއަށް ގެންދިޔައެވެ. ގޭތެރެއަން ވައިން އިރު ޝީން އަދި ތިރިއަށް ފައިބަނީއެވެ. އޭނާގެ ސަމާލުކަން ހުރީ އޭނާގެ  އަތުގައި އޮއިތް ފޯނަށެވެ. އޭރު ރައިހާ ހުރީ މޭޒު ކާރީ ނާޝްތާ ތައްޔާރު ކުރުމަށެވެ.

އެދުވަހުގެ ހަވީރު ވަގުތު ޝީން އާއި އެކު ރަޝާ އާއި ރާޔާ ވެސް ދިޔައީ ބަނދަރު މައްްޗަށް ހިގާލާށެވެ. ސްކޫލުގެ އަހަރީ ޗުއްޓީއައް ވުމާއެކު ރަށުގައި މީހުން ވަރަށް ގިނައެވެ. ހަވީރު ފިންޔަށް ނުކުމެ އުޅޭ މުސްކުޅިންނާއި ޢާއިލާ އާއެކު ވަގުތު ހޭދަކޮއްލަން އުޅޭ މީހުން ވެސް މަދެއްނޫނެވެ.

އޮލަ ވާހަކައިގައި ތިބި މި ތިން ކުދިންގެ މިސްރާބު ހުރީ ރަށުގެ ފާލަމަށެވެ. އަވި މަޑު ވެލުމުން އެ ތާގައި ތިބޭ އިރު ޖެހޭ ހިތްގައިމު ވައިރޯޅީގެ ސަބަބުން އެ ކުދިންނަށް ވަގުތު ދިޔަ ގޮތް ވެސް ނޭގެއެވެ. އިރު އޮއްސި އަދިރި ވުމުން އެކުދިން ގެޔާއި ދިމާލަށް މިސްރާބު ޖެހިއެވެ.

“ސަންސެޓްގެ ފޮޓޮއެއް ވެސް ނުނެގުނު..” ތުންކޮޅު އޫ ކޮއްލަމުން ޝީން ޝަކުވާ ކުރިއެވެ.

“އެހެނު ވާނީ ރައިހާ އެ ފެށީ މާ ފައްކާ ވާހަކައެށް ވިއްޔާ..” ރަޝާ ހީލިއެވެ. އަދި އޭނާގެ އަތުގައި ހުސްވެފައި އޮތް ކޯކު ދަޅު މަގުގެ އެއްފަރާތަށް އެއްލިއެވެ.

“ތިމީހުން އެހީމަ ދޯ ކިޔާދިނީ.. އެހެންނޫނަސް އޭނަ ކާރި މިކަން އެގޭ ކަމަށް ނަހަދާތި، އެހެން ނޫނީ މަ ބޯކާނެ..” ރައިހާ ވާކަދެއްކިއެވެ.

“އެހެން ނޫނަސް އޭނަ މަކައިރި ބުނީކި ނޫން.. މަށަށް އެއް ދުވަހު ފެނުނީމަ އޭނަ ކިޔައިދިނީ..” އޭނާ އިތުރު ކޮއްލިއެވެ.

އަށެށް ޖެހުމުން ހުރިހާ އެންމެން ކާމޭޒު ދޮށައް އައީ ރޭގަނޑުގެ ކެއުމަށެވެ. އައިމިނަތު ހުރީ ނޫޑުލީސް ކައްކާފައެވެ. އޭގެ އިތުރަށް ބާތާއި ގަރުދިޔަ ވެސް ހުއްޓެވެ.

“ކޮބާ މައިހާ؟”

“ގެޔަކު ނޫޅޭ..”

“ކޮންތާކަށް ދިޔައީ؟”

“ބައްޕާ،.. ބައްޕަ އަށް އެގޭދޯ ތުއްތަ ދާތަން ތަނެއް އެވެސް މީހަކު ކައިރި ނުބުނާކަތް؟ އެހެންމަ ތިޔަ އަގަތެއް ނުތަޅަ ހިގާބަލަ ދޯ ކާން..” ރައިހާ ވާހަކަ ދެއްކީ އެ ކުދިންގެ ބައްޕަ، ހުސެއިން އަށެވެ.

މާގިނައު ތަކެއްްނުވެ ގޭ ދޮރުން ވަދެގެން އައި މައިހާއަށް ހުރި ހާއެންމެންގެ ނަޒަރު ސީދާވިއެވެ. އޭނާ އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ސިޑިން އަރައި އެނާގެ ކޮޓަރިއައް ވަނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

bikaari_ultrapromax
Follow Me Written By

bikaari_ultrapromax

Level 1

Other Articles

Previous

އަނދިރި ދުނިޔޭގެ ރަސްގެފާނު – 7

Next

ހިތުގެ މަގުތައް-14

Next
September 9, 2026

ހިތުގެ މަގުތައް-14

Previews
September 8, 2026

އަނދިރި ދުނިޔޭގެ ރަސްގެފާނު – 7

One Comment

  1. bikaari_ultrapromax bikaari_ultrapromax says:
    September 8, 2026 at 11:45 pm

    this is my first story 😊so i hope everyone likes it. and I’ll try to correct my mistakes. hoping to get love and support from all of my dear reader🥰

Comments are closed.

Next Episodeހައްލަކީ ކޮބާ؟←


All Right Reserved!