Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު-22

Vaahaka_by_Az
Vaahaka_by_Az Level 110 Stories
August 30, 2026 5 Mins Read
2 Comments

އާދުވަހަކަށް އިރުއެރީ ބޯގަންވިލާ އާއިލާއަށް ހިތާމަވެރި ކަމުގެ ބޮޑު ކޮޅިގަނޑެއް ކުރިމަތިކުރުވަމުންނެވެ. ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވީއެވެ. ހެނދުނުގެ ނާސްތާއަށް އެންމެން ސުފުރާމަތިން ބައްދަލު ކުރިއިރު ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދިޔައީ ވަރަށް ހިތްވަރާއެކު މޫނުމައްޗަށް ހިނިތުންވުމެއް ގެނުވޭތޯއެވެ. އެކަކު އަނެކަކަށްޓަކައެވެ. އެއާއިލާގެ އެއްވެސް މީހަކީ އެހާ ފަސޭހައިން ހިތްވަރު އެލުވާލާނެ މީހެއް ނޫނެވެ.

ހިމޭން ކަމާއެކު ސަޔަށް އިންސާފު ކުރަމުން ދިޔައިރު އެހެން ދުވަސް ދުވަހު އޮންނަ ކަހަލަ އުފާވެރިކަމާއި އެކަކު އަނެކަކަށް ޖަހާ ސަކަރާތެއް ވެސް ނެތެވެ. އެންމެންވެސް ތިބީ މަޑުމޮޅިވެފައެވެ.

”ޔުވާންގެ ކައިވެނީގެ ކަންކަން ފަށަން އުޅެމާ ދޯ…..މިހާރުވެސް މާ ލަސްވެއްޖެއްނު އެކަމާ އުޅެން“ ޔާފިއު މަސައްކަތް ކުރީ ތަނަށް ވެރިވެފައި އޮތް ހިމޭންކަން  ނެތިކޮއްލާށެވެ.

”އާން ބައްޕަ ތިބުނީ ރަނގަޅު ވާހަކައެއް……..މިއަދު ތިކަން ފަށަންވީ އޭރުން މާލެއިން ޕާޓީއަށް ބޭނުންވާ ބައެއް ތަކެތި ގެނެވޭނީވެސް“ ޔުވާން ވެސް އެކަމާ އެއްބަސް ވިއެވެ.

ދެން އެތަނުގައި ދެކެވެންފެށީ  ޔުވާންގެ ކައިވެނި ޕާޓީ ރާވާނެ ގޮތަކާމެދުގައެވެ. އެންމެން ވެސް ބޮޑަށް ބެލީ  މެހެކްގެ ޙިޔާލު ހޯދައި މެހެކް ގަޔާވާ ގޮތަށް ކަންކަން ރޭވޭތޯއެވެ. މަޝްވަރާ ނިމިގެން ދިޔައީ  ކޮންމެ މީހަކުވެސް ޕާޓީ ރޭވުމުގެ ކޮންމެވެސް ކަމަކާ ހަވާލުވެގެނެވެ.

…………………………

މެންދުރު ވަގުތަކީ ޒިޔާދާ އާއި ފިރިމީހާ ޖައުފަރު އަދި ތިން ކުދިން ރަށަށް އައި ވަގުތެވެ. ގެއަށް އައިސް ވަނުމާއެކުހެން ހޫނު މަރުޚަބާ އެއް ކިޔުނެވެ. އާއިލާ އެންމެން އެއްފަހަރާ އެހާ ދުވަސް ފަހުން ފެނުމުން ޒިޔާދާއަށް އުފަލުން ރޮވުނެވެ. ޒިޔާދާގެ އެންމެ ދޮށީ ދަރިފުޅު ޒައިކް އަކީ އާޔަތުމެން އުމުރުގެ ކުއްޖެކެވެ. ކިޔަވާ ނިންމައިގެން ރަށުގައި ބައްޕައާއެކު ބައްޕަގެ ވިޔަފާރި ބެލެހެއްޓުމުގައި ޒައިކް ވަނީ މަސްއޫލުވެފައެވެ. ޒައިކްގެ ކުޑަޔަށް ތިބޭ  ޖަނާ އާއި  ޖޫން އަކީ އެއްމާބަނޑު ދެކުދިންނެވެ. އެދެކުދިންގެ އުމުރުން 14 އަހަރެވެ.

ދަތުރު ވަރުބަލިކަން ފިލުވާލުމަށްފަހު  އެންމެންވެސް މެންދުރު ކެއުމުގައި ބައިވެރިވިއެވެ. އާދައިގެމަތިން އާއިލާގެ އެއްވުން ތަކަށް ތައްޔާރު ކުރާކަހަލަ ބޮޑު ކެއުމެއް ތައްޔާރު ކުރެވިފައި ވިއެވެ. ކެއުމަށް އިންސާފު ކުރަމުން އެންމެންވެސް ދެއްކީ ޔުވާންގެ ކައިވެނި ޕާޓީގެ އިތުރުން އުސްފިނޮޅަށް ދަތުރު ދިއުމުގެ ވާހަކައެވެ. އާއިލާއަށް ކުރިމަތިވެފައިވާ ބޮޑު ކަންތައްގަނޑުން އަރައިގަތުމަށް  ހިތްހަމަ ޖައްސާލާ މަޖާކޮއްލުމަށް ދަތުރު ދިއުމަށް އެންމެންވެސް ތިބީ ނުހަނު ބޭނުން ވެފައެވެ.

ކައި ނިންމާލުމަށް ފަހު އަޒާން އާއި ޔުވާން ދިޔައީ  ފެކްޓްރީގެ ހާލަތު ބަލާލުމަށެވެ. އެތަން އަލުން ހެދުމަށް ކުރެހުމެެއް ތައްޔާރުކޮށް މަސައްކަތް ފެށުމަށް އަލްފާރ އާކިޓެކްޓްސް ކުންފުނިން ހަވާލުވިއެވެ. އަދި އެލްޖޭ މެޑް ހޮސްޕިޓަލުން އެކަމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮއްދިނުމަށް އެއްބަސްވިއެވެ.

……………………….

ހަވީރުގެ ވަގުތެވެ. ޔަލްވީމެން ރޭވީ މާންދޫ ބޮޑު ރުއްގަނޑަށް ފޮޓޯ ނަގަން ދާށެވެ. ކާރުގައި ދިއުމަށް ޔުވާންގާތު ގެންގޮސްދިނުމަށް އެދުމުން މެހެކް އާއެކު ފިހާރައަށް އެއްޗެހި ކޮޅެއް ގަނެލަން ދާން ޖެހޭ ވާހަކަ ބުނެ އެކަމަށް އިންކާރު ކުރިއެވެ. އެހެންކަމުން ކާރުގައި ގެންގޮސްދިނުމަށް ލިއަމް އެއްބަސް ވިއެވެ.

ތައްޔާރުވެގެން އާޔަތާއި މަހީރް ނުކުތީ އެކީގައެވެ. އޭރު ކާރު ކައިރީ ލިއަމް މަޑު ކޮއްލައިގެން ހުއްޓެވެ. ގަޑިއަށް ފަރުވާތެރިވުމުގެ އެވޯޑު ދެންޏާ އެންމެ ފުރަތަމަވެސް ލިއަމްއަށް ލިބޭނެއެވެ. ޔަލްވީ އަކީ އޭގެ އިދިކޮޅެވެ. ގަޑިއަށް ފަރުވާތެރިވާން ވަރަށް މަސައްކަތް ކުރާނެއެވެ. ނަމަވެސް އެތަނަކަށް ދެވޭއިރު ހުންނަނީ ގަޑި ޖެހިފައެވެ. ޔަލްވީގެ އިންތިޒާރުގައި ތިބޭތާ 10 ވަރަކަށް މިނެޓް ފަހުން ޔަލްވީ އައެވެ. އާޔަތު ކާރަށް އަރަމުން މަހީރް ގާތު އަރަން އެދުނެވެ.

”އަމްމްމް…..އަމް ގޮއިން ސައިކުގަ ކައި އާއެކީގަ“ ދަތްކޮޅު ސޭލު އަޅުވައިގެން ހުރެ މަހީރް އެހެން ބުނެލީ ލަދު ރަކި ގޮތަކަށެވެ.

”ހުމްމްމް….ތި މައިކް އާ ނުލާ މިންމި އަށް ނޭވާ ވެސް ނުލެވޭ ދޯ މިހާރު…..އުނހު މައިކް އެއް ނޫނޭ ކައި އޭ ދޯ“ އާޔަތު އާއި ޔަލްވީ ހެމުން މަހީރް އާއި ދިމާ ކުރަން ފެށުމުން މަހީރް ލަދުންގޮސް މޫނުގައި އަތް އެޅިއެވެ. މަހީރް އާއި މިކައިލް އުޅޭ ގޮތުން އެދެމެދުގައި ކަމެއް ހިނގާކަން ވަރަށް ސާފުކޮށް އެތާގައި ތިބި މީހުނަށް އެނގުނެވެ. އެވަގުތަކީ މިކައިލް ސައިކަލު ނެރެގެން އައިސް މަޑުކޮއްލި ވަގުތެވެ.

މިކައިލް ހެލްމެޓް ނަގައި މަހީރްގެ ބޮލުގައި އަޅުވާލަދިނެވެ. އަދި ކާރު ދާން ވާއިރަށް މަންޒިލަށް ދިއުމަށް ދަތުރު ފެށިއެވެ.

އާޔަތު ކާރުގެ ފަހަތު ސީޓަށް އެރުމުން ޔަލްވީވެސް އެރިއެވެ. ލިއަމް އެރީ ދުއްވާށެވެ.

”މި އަންހެނުން ގޮވައިގެން ކިހިނެއް ދޯ ތާކަށް ދާނީވެސް……ތަތް ކަމުން ގޮސް ހީވަނީ ދެފައިގައި ތެރަސް ލާފަ ހުންނަހެން“ ލިއަމް ހިނިތުންވެލަމުން ކާރުގެ ލޯކޮޅުން ޔަލްވީއަށް ބަލާލިއެވެ.

ޖެހިގެންއިން ސީޓުގައި އިން އަޒާން ހިނިގަނޑެއް ޖަހާލިއެވެ.

”ޔޫ އެގެއިން؟؟……ވަޓް އާ ޔޫ ޑުއިން ހިއާ؟؟“ އަޒާން އިންކަން އާޔަތުއަށް އެނގުނީ ދެނެވެ.

”ކިހިނެއްވީ އަހަރެން ނުދާންވީތަ؟“ އަޒާން  ފަހަތަށް ބަލާލަމުން ބުނެލިއެވެ.

”އާން ހެޔޮ ނަޔަސް“ އާޔަތު ރައްދު ދިނެވެ.

”ސޮރީ ލަވް…..ސޭޑްލީ ޔުއަރ ވިޝް އިޒް ނޮޓް ގްރޭޓެޑް“ އަޒާން ސީޓުގައި ހަމަޖެހިލިއެވެ.

”ހުމްމްމް…..އެއްކަލަ ދެބުޅާ ކޯޅެން ފެށީއޭ……ހެޔޮ ނުވާނެ އެއްގަލަކަށް ނާރާތި ތިދެމީހުން“ ޔަލްވީ ނިތުގައި އަތް ވިއްދާލަމުން ޕިސްކަނޑާލިއެވެ.

ދަތުރު މަތީގައިވެސް އާޔަތުއާއި އަޒާން ދިޔައީ ކޮންމެވެސް ކަމަކާ ދެބަސްވެ ޒުވާބު ކުރަމުންނެވެ. އެކަކު ދައްކާ ވާހަކަ އަނެކަކަށް ކަމަކު ނުދެއެވެ. ޔަލްވީ އިނީ އެކަމާ ބޮލަށް އުނދަގޫ ވެފައެވެ.

ލިއަމް ދިޔައީ ކާރު ދުއްވަމުން ލޯގަނޑުން ޔަލްވީއަށް ބަލަމުންނެވެ. ލިންކު ރޯޑުން ކާރު ދުއްވަމުން ދިޔައިރު އާޝޯހުކުރުވާ ރީތި މަންޒަރުތައް ފެންނަމުން ދިޔައެވެ.  މަގުގެ ދެފަރާތުން ފެންނަމުން ދަނީ ގަސްބޯ ފެހި ޖަންގައްޔެވެ. ވަކި ހިސާބުތަކުން މޫދު ފެންނަމުން ދެއެވެ. މަގުގެ މެދުގައި އެކި ވައްތަރުގެ މާގަސްތައް އިނދާފައި ހުރިއިރު މާމެލާމެލިން ގަސްތައް ބަރާވެފައި ހުއްޓެވެ. މަންޒަރު ބަލާލަން ކިތަންމެހާ ވެސް ހިތްގައިމެވެ.

ކާރުގޮސް މަޑުކޮއްލީ ރުއްގަނޑު ކައިރިއަށެވެ. ހަވީރު 4 ޖަހާފައިވުމުން ރުއްގަނޑަށް އިރުގެ އަލިކަން އެޅިފައި އޮތެވެ. އާޔަތު އާއި ޔަލްވީ އަދި އަޒާން ފޭބުމުން ލިއަމްގޮސް މަގުގެ އެއްފަރާތުގައި ކާރު ޕާކު ކުރިއެވެ. ކާރު ޕާކުކޮއްފައި އަންނަމުން މަގުމަތީގައި ހުރި މަޑުފިޔާތޮށި ކުލައިގެ ކަނީރުމާ ގަހުން މާ ގޮތްޕެއް ބިނދެގެން އައިސް ޔަލްވީގެ އިސްތަށިގަނޑުގައި ޖަހާލަދިނެވެ. ޔަލްވީ ލައިގެން ހުރި މަޑު ފިޔާތޮށި ކުލަ އާއި ހުދު ކުލަ ހުންނަ ވައްތިރި ހެނދުމާއި  މާތައް ނުހަނު ގުޅެއެވެ.

”ނައު ޔޫ ރިއަލީ ލުކް ލައިކް އަ ޕްރިންސެސް……އޯލް މައިން“ ލިއަމް ޔަލްވީގެ ކަންފަތް ކައިރިއަށް ގުދުވެލަމުން ބުނެލިއެވެ. ޔަލްވީ ލަދުން އިސްޖަހާލިއިރު ކޯތާފަތަށް ޖަންބު ކުލަވަރު އެރިއެވެ. އެމަންޒަރު ފެނި ލިއަމްގެ ހިނިތުންވުން ފުޅާވިއެވެ.

ޔަލްވީ ޖެހިލުންވީ އާޔަތުމެނަށް ފެނި ދިމާކުރަން ފަށައިފާނެތީއެވެ. ނަމަވެސް އޭރު އެ 4 މީހުން އުޅުނީ މާދުރުގައި ފޮޓޯ ނަގާނެ ރަނގަޅު ހިސާބެއް ހޯދުމުގައެވެ.

ފަހަރަކު މީހެއްގެ ފޮޓޯ ނަގަމުން އެކަކު އަނެކަކާ ސަކަރާތް ޖަހަމުން ތިން އަންހެން ކުދިން އުޅުނުއިރު ތަންކޮޅެއްދުރުގައި ރުކަކަށް ލެގިލައިގެން އަޒާން ހުރީ ގެއްލިފައެވެ. ކައިރީގައި ތިބެ ލިއަމް އާއި މިކައިލް ދައްކަމުން ދިޔަ ވާހަކަތައް އަޒާންއަށް އިވޭހެންވެސް ހީނުވެއެވެ. އެކިގޮތް ގޮތަށް ފޮޓޯ ނަގަމުން ދިޔަ އާޔަތުގެ ފަރި ހަރަކާތްތަކަށް ގެއްލި ހުސްވެފައި އަޒާން ހުއްޓެވެ. ޑެނިމް ސްކާޓަކާއި ހުދުކުލައިގެ މައްޗެއް ލައިގެން ހުރިއިރު  އާޔަތުގެ ރީތިކަމަށް ބަލާފޫހި ނުވާނެއެވެ.

 ކަޅިޖަހާނުލައި އާޔަތުގެ ހަރަކާތް ތަކަށް ބަލަމުން ދިޔަ އަޒާންއަށް ހަމަހޭވެރިކަމެއް ލިބުނީ ލިއަމް އަޒާންގެ ފުއްކިބައިގައި އެތިފަހަރެއް ޖެހުމުންނެވެ. ތަދުވެގެން ބޮލުގައި އަތް ކާތަމުން ލިއަމް އާއި މިކައިލް ފަހަތުން ހިނގައިގަތީ ދާންވެއްޖެ ކަމަށް ބުނުމުންނެވެ.

ފޮޓޯ ނަގައި ނިންމާލާފައި އާޔަތު ބޭނުންވީ އިރުއޮއްސޭ މަންޒަރު ބަލާލުމަށެވެ. އެންމެ ކައިރީގައި އޮތް އަތިރިމައްޗަށް ގޮސް ގަސްތަކުގައި ހުރި ޖޯލީގައި އެންމެންވެސް މަޑުކޮއްލީ އިރުއޮއްސޭ މަންޒަރު ބަލާލުމަށެވެ. އިރުގެ ކުލަތައް މުޅި އުޑުމައްޗަށް ފެތުރެމުން ގޮސް އިރު ލޮނުގަނޑުގެ ތެރެއަށް ގެއްލެމުންދާ މަންޒަރަށް ގެއްލިފައި ތިބެވުނެވެ.

މިކައިލްގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ފޯނުނަގައި ގުޅަނީ ކާކުތޯވެސް ބަލާނުލެވެނިސް މަހީރް ފޯނު ޖަހައިގަތެވެ. މިކައިލްއަށް ޖެއްސުން ކޮއްލުމުގެ ނިޔަތުގައެވެ. ފަހަކަށް އައިސް އެކަކު އަނެކަކަށް ޖެއްސުން ކުރުމާއި ކުދި ގޯނާތައް ކުރުމަކީ އެދެމީހުންގެ އާންމު ކަމެކެވެ. އެދެމެދުގައިވާ އެކުވެރިކަން ދަނީ ދުވަހެއް ދުވަހަކަށް ގާތްވަމުންނެވެ. މަހީރް ފޯނުހިފައިގެން ދުއްވައިގަތީ ގޮނޑުދޮށާ ދިމާއަށެވެ. މިކައިލް މަހީރްގެ ފަހަތުން ދުވަމުން ދިޔައެވެ.

އާޔަތުވެސް ޖޯލިންތެދުވެ ހިނގައިގަތީ ރާޅުޖަހާ ފަށަށެވެ. ލައިގެންހުރި ބެލެޓް ޝޫޒް ބާލައި ދޮންވެލިގަނޑު މައްޗަށް ދޫކޮއްލަމުން ރާޅުޖަހާ ފަށަށް ގޮސް ލޮނުގަނޑުގައި ފައި ބީއްސާލިއެވެ. އަދި ފުން ނޭވައެއް ލަމުން ލޯމަރާލީ ޖެހެމުން ދިޔަ ތާޒާ ވައި ރޯޅި ހަށިގަނޑުގައި ބީހިލާގޮތުން ހަށިގަނޑަށް އަރާމް ލިބޭތީއެވެ. އެމަންޒަރު ފެނި އަޒާންއަށް މަޑަކުން ނީދެވުނެވެ. ތެދުވެގެން ގޮސް އާޔަތުގެ ބޫޓު ނަގައިގެން ގޮސް އާޔަތުއާއި އެއްހަމައެއްގައި މަޑުކޮއްލިއެވެ. ލައިގެންހުރި ސޯޓުގެ އެއްޖީބަށް އަތް ޖަހާލަމުން ކަރުކެހިލީ އާޔަތުގެ ސަމާލުކަން ހޯދުމަށެވެ.

”ސީރިއަސްލީ؟“ އާޔަތު އެއްބުމަ އަރުވާލަމުން އަޒާންއަށް ބަލާލިއެވެ.

”ސޮރީ ޓު އިންވޭޑް ޔޯ ޕްރިޝިއަސް ޓައިމް އެލޯން…..ބަޓް މުހިންމު ވާހަކައެއް ދައްކާލަން ވެގެން މިއައީ“ އަޒާން ސީރިއަސް ވެލިއެވެ.

”ބަޓް އަމް އޮން ލީވް…..އޮފީސްގެ ވާހަކަ ވެކޭގަ ދެއްކިގެން ނުވާނެ ދޯ“ އާޔަތު ހީކުރީ އަޒާން އުޅެނީ އޮފީހުގެ ވާހަކަ ދައްކަން ކަމަށެވެ.

”ނޯ….އޮފީސްގެ ވާހަކައެއް ނޫން…..ހައިކާގެ ވާހަކަ ދައްކާލަންވެގެން…..އައިނޯ ލޭޓްލީ ޔޫ ޓޫ އާ ސޯ ކްލޯޒް ކަން…..ސޯ އަހަރެން ހިތަށް މިއަރަނީ ހައި ލާމަށް ގެންނަން….ވަރަށް އެކަނިވާނެ މިދުވަސްކޮޅު އަހަރެންވެސް ލިލީވެސް ނެތީމަ…..ހައި އަދި އަލަށްވެސް ނުދޭ ތަނަކަށް……މިފަހަރު މި ވިސްނަނީ މިކޮޅަށް ގެނައިމަ ކުޑަކޮށް ރަނގަޅުވެދާނޭ….. ބޭރަށް ނުކުމެ ހަދާލީމައެއްނު ރަނގަޅުވާނީ ވެސް“ އަޒާން ވާހަކަ ދައްކަމުން ދިޔައީ ކުރިމައްޗަށް ބަލަން ހުރެއެވެ. ހައިކާ އާ ގުޅޭ ވާހަކަތަކަކީ އަޒާން އަށް އަބަދުވެސް ވަރަށް ޖަޒުބާތީ ވާހަކަ ތަކެކެވެ. އެހެންކަމުން އެވާހަކަ ދައްކާއިރު އެއްވެސް މީހަކާ ހަތަރު ކަޅި ހަމަނުކުރާކަން އާޔަތުއަށް ކުރިންވެސް އޮތީ ފާހަގަ ވެފައެވެ.

”ރަނގަޅު ޚިޔާލެއް ތީ…. އެކަމް ހައި އެއްބަސް ވިއްޔާ ދޯ ތިކަން ވާނީ……ގަދަ ކަމުން ނުވާނެ އެއްނު….. ހިނގާ މިރޭ ހައި އަށް ގުޅާލަމާ ދޯ“ ފުރަތަމަ ފަހަރަށް އަޒާންގެ ވާހަކައަށް އާޔަތު އެއްބަސްވިއެވެ. ހައިކާ އަކީ އާޔަތުއަށް ވެސް ވަރަށް ޚާއްސަ ކުއްޖެކެވެ. ހައިކާ އާއި ދިމާވިފަހުން އެދެމެދުގައި ގުޅުން ބަދަހިވެފައިވަނީ ވަރަށް ބޮޑަށެވެ. ކުރިން ހަމައެކަނި އަޒާންގެ ބަސް ޤަބޫލުކުރާ ހައިކާ މިހާރު އާޔަތުގެ ބަސްވެސް ޤަބޫލުކުރެއެވެ. މަޑުމަޑުން ހައިކާ އާޔަތުއަށް އިތުބާރު ކުރަން ފެށިއެވެ.

އެނބުރި ޖޯލިތަކާ ދިމާއަށް ދިޔައިރުވެސް އާޔަތުގެ ބޫޓު އަޒާން އަތުގައި އޮތެވެ. އެމަންޒަރު އާޔަތަށް ފެނުމުން ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފޮރުވާލީ ނިކަން އަވަހަށެވެ.

…………………………

ފޯނު ހިފައިގެން ދުވަމުން ދިޔަ މަހީރް ވަރުބަލިވެގެން ހުއްޓުނީ ވަރަށް ދުރަށް ދެވުނު ފަހުންނެވެ. މައިނޭވާ ލަމުން ފަހަތަށް އެނބުރުނު އިރު މީކައިލް ހުރީ ދާދި ގާތުގައެވެ. މަހީރްގެ މޫނުމަތިން ހިނިތުން ވުމެއް ފެނުނަސް މިކައިލް ހުރީ ވަރަށް ނުތަނަވަސް ވެފައެވެ.

ދުވެފައި އައިސް މަހީރް އަތުން ފޯނު ޖަހައިގަތް އިރު އެހަރަކާތް ތަކުގައި އެއްވެސް އަޅާލުމެއް ނެތެވެ.

”ހޫ އިޒް މިޝީ؟“ މިކައިލް ހުރި ގޮތުން މަހީރް އަދިވެސް އުޅުނީ ޖެއްސުމެއް ކޮއްލާށެވެ.

”އަހަރެންގެ ފޯނާ ނުކުޅޭތި މީގެ ފަހުން…….މަޖާ ކުރަން ވެސް ވަކި މިންގަނޑެއް އޮންނާނެ“ މިކައިލްގެ އަޑުގައިވީ ހަރުކަށިކަމާއި ރުންކުރު ކަމެވެ. އެ އަޑުގައި އެއްވެސް ހަމްދަރުދީ އެއް ނެތެވެ.

ކުއްލިއަކަށް މިކައިލްއަށް އައި ބަދަލުން މަހީރްގެ ހިނިތުން ވުން ފިލައި ދިޔައެވެ. އެ މޫނުގެ ކުލަވަރު އޮއްސެން ފަޅި ސުކުންތެއް ވެސް ނުނަގައެވެ. މަހީރް އައި ކޮޅަށް އެނބުރި ދާން ހިނގައިގަތީ މިކައިލް ގޮވުމުން ވެސް ފަސް އެނބުރި ބަލާނުލައެވެ.

 ’މިޝީ‘ އެ ނަން ފެނިފައި މަހީރްގެ ސިކުނޑީގައި ކޮއްޓާލީ މީގެ ދުވަސް ކޮޅެއް ކުރިން ގޭގެ ބެލަކަނީގައި ހުއްޓާ މިކައިލްގެ ފޯނަށް އައި ކޯލެވެ. އެދުވަހުވެސް މިކައިލްގެ މޫނަށް އެރި ކުލަވަރު މަހީރް އަށް ރަނގަޅަށް ފެނުނެވެ. މިޝީ އަކީ ކާކު ހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

އިފުރީތު – ކުރުވާހަކަ

Next

ހައްލަކީ ކޮބާ؟- ޓްރެއިލާ.

Next
August 31, 2026

ހައްލަކީ ކޮބާ؟- ޓްރެއިލާ.

Previews
August 30, 2026

އިފުރީތު – ކުރުވާހަކަ

2 Comments!

  1. Zdmr says:
    August 30, 2026 at 4:33 pm

    OMG!! Alheyyy haadha reehchheyyy mi ep ves. I loveee 💗💗💗. Mishyyy??? New character loadingg??!!! Omg can’t waittt

  2. MaZy says:
    August 31, 2026 at 8:03 am

    Whatttt whooo iss mishyyyy😭
    Kai don’t u dare to hurt our precious maheer😭
    And yal and liam is soooo sooo cutteee omgg🥹
    Azaan and Ayath omg those two😂

Comments are closed.

Next Episodeތަޤުދީރު – 3←


All Right Reserved!