ވާނަމޭ ލޯބިން އުމުރަށް-ޗެޕްޓާރ 5&6
ޗެޕްޓާރ 5:- މާހިން
އެލީޝާ ގެޔަށް ލާފައި ދުވަމުން ތެޅެމުން ފޮޅެމުން އައިސް ގެޔަށް ވަނީމެވެ. ތެޅި ތެޅި އޮތް ހިތަކާ އެއްކޮށެވެ. އެލީޝާ ބުނެގެން އިޒްދާން ބައިންދާފައި ތަންކޮޅެއް ދުރަށް ގޮސް އެނބުރި އަންނަން ބަލާލީރު އިޒްދާން ފެންނާކަށް ނެތެވެ. އެލީޝާ ހުސްމެން ދެއްކީ އިޒްދާންގެ ވާހަކައެވެ. އަހަރެންނަށް ކިތައްމެހާ ވެސް އުނދަގޫވިއެވެ. އެލީޝާ އިނދެގެން ކަންފަތް ދޮށުގައި އިޒްދާން އިޒދާން އިޒްދާން ކިޔާތީއެވެ.
ބަދިގެތެރެއިން އިޒްދާން ވާހަކަ ދައްކާ އަޑު އިވުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އަހަރެން ހީއްކުރީ އޭނާ ގެއްލުނީ ކަމަށެވެ. ސަލާމަތުން އޭނާ ހުރީމައި ވަރަށް ހިތްހަމަ ޖެހިއްޖެއެވެ. އޭނާ އަށް ކަމެއް ވެއްޖެނަމަ އެކަމު ޒިންމާ ނަގަން ޖެހޭނީ އަހަރެންނެވެ. ރުޅި އާދެވުނެވެ. އިޒްދާން އަމިއްލަ އަށް ގެޔަށް އައީ ކީއްކުރަން ހެއްޔެވެ؟ އަހަރެން އަންނަން ދެން މަޑުކުރީމަ ވީނޫންހެއްޔެވެ؟ ބޮޑު އުނދަގުލެކެވެ. ބާރު ބާރަށް ހިނގާފައި ގޮސް ބަދިގެޔަށް ވަނީމެވެ. ކާބަޔަކު ނެތެވެ. ގޮސް ކައްކާ ބަޔަށް ވަނީމެވެ. ޝީޓް މަތީ އިށީންދެލައިގެން އިޒްދާން އިނެވެ. ކޮންމެވެސް ކަމަކާ ހޭށެވެ. ތާޔާ އާއި ޔޫރާ ތިބީ އުނދުންކާރީއެވެ.
“އިޒްދާން..!!!” އަހަރެންނަަށް ގޮވާލެވުނީ މާބާރަށް ކަންނޭނގެއެވެ. ތިން މީހުންވެސް ދިޔައީ ސިއްސާގެންނެވެ. އިޒްދާންގެ މޫނުމަތީވީ އުފާވެރިކަން ފެވިގެން ގޮށްސިއެވެ.
“ކީއްކުރަން އެކަނި ގެޔަށް އައީ..؟ ހަމަ އަހަރެން އަންނަން ދެކަށް މަޑުކުރެވިދާނެއްނު.. އިޒްދާން ދިޔައީ މަށާއެކު.. އެނބުރި އަންނަން ޖެހޭނީ މަށާއެކު..” އަހަރެންނަށް ހުރެވުނީ އިޒްދާން އާއި ވަރަށް ކާރީގައެވެ. އޭނާގެ ދެފައި ދޭތެރޭ އޭ ބުންޏަސް ރަގަނޅުވާނެއެވެ. އިޒްދާންގެ ދެލޯ ވަނީ ބޮޑުވެފައެވެ. އަހަރެން ފަހަތަށް ޖެހިލީމެވެ. މާ ކާރީ އިދެވުނީމައެވެ.
އޭރު އިރޯއްސި އަނދިރިވަނީ.. މާހިން އިނީ ވަރަށް ދުރަގަ.. އެހެންވެ..” އިޒްދާން ބުނެލިއެވެ. އަހަރެންގެ ލޭކެކިގަތީ އަމަށަކު ވަރަކަށް ނޫނެވެެ. މިހާރުން މިހާރަށް އޭނާގެ ކަރުގައި ހިފާ ގުޅަޔަކަށް އުނދުންމައްޗަށް ޖަހާފާނަމޭ ހިތަށް އެރިއެވެ. އަހަރެން ބޭނުންވީ ހަޅޭ ފަޅޭ ޖަހައިގަންނާށެވެ. ރޮއި ހޭރިގަނެފައި ދެފައި ތަޅައިގަންނާށެވެ. ނަމަވެސް އެހެން ހަދާފިއްޔާ އަހަރެންގެ އޯރާ ލޫސް ވާނެއެެވެ.
“ބަލަ އެއީ މާގޭ ކަމެއްތަ..؟ މަށާ އެކީނު ކަލޭ ދިޔައީ.. ގެޔަށް އަންނަނިކޮށް ގެއްލިއްޖެއްޔާ، މަގޭ ތިއްތަ ކާރީ ބުނަންވީ އިޒްދާން ގެއްލުނީ އޭތަ… އަދި އިއްޔެކު ރަށަށް އެރީ މިހާރު މަގުމައްތަށް މަތީ ފެއްސެނީކީ..” އަހަރެން އޭނާ އާއި ދިމާއަށް ރަގަނޅަށް ބަވާ އަޅާލީމެވެ. އިޒްދާން އިނީ ހަމަ ބަލާށެވެ. އެކަމާވެސް އަހަރެން ރުޅި އައެެވެ. ބަލަ އެއްޗެކޭ ނުބުނެ ތިޔަ އިންނަނީ ކީއްވެ ހެއްޔެވެ؟ ގައިމު ތިޔައީ މަންމަނެއް ނޫނެއް ނޫނެވެ.
“މިހާރު ކޮން ހަޅޭފަޅޭހެއް ތިޔަ ޖަހަނީ..” ތަޔާ އަހަރެންނާ ވާހަކަ ދެއްކިއެވެ. އަހަރެން އޭނާ އާއި ދިމާއަށް ލޯއަނބުރާލީމެވެ. ޔޫރާ އަޅައިނުލައި ކައްކަން ފެށިއެވެ. އެކަމާވެސް އަހަރެން ރުޅި އައެވެ. ތެލި ނަގާ ހޫރާލަފާނަމޭ ވެސް ހިތަށް އެރިއެވެ. އެކަމު އެހެން ހަދާކަށް ނުވާނެއްނޫންހެއްޔެވެ؟ އެއީ އަހަރެންގެ ލޯބިވާ ކޮށްކޮ އެވެ.
ކޮޓަރި އަށް ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މިތާ އިނދެގެން އަހަރެން ގާތަށް އަންނަނީ ރުޅި އެވެ. އަހަރެން އިނީ ސީދާ އިޒްދާން ކުރިމަތީގައެވެ. އަހަރެން އިނީމަ އެތިންކުދިން އެހާ ވާހަކައެއް ނުދައްކައެވެ. އެކަމާވެސް އަހަރެން ރުޅި އައެވެ. މިހާރު އަހަރެންގެ ރުޅީގެ މައްސަލަ ދަނީ މައްޗަށެވެ. އަތުނުޖެހޭހާ މައްޗަށެވެ. ބަޓް އައި ޑޯންޓް ގިވް އެ ފަކް އެވެ.
ޔޫރާ ޗޮޕްސްޓިކް އަކުން ޑަމްޕްލިންގް އެއް ނެގިއެވެ. އަދި އިޒްދާން އަށް އަނގައަށް ލަވައިދިނެވެ. އަހަރެން ބޭނުމީ އޭނާގެ އަނގައިތެރެއިން އެ ނެރި އެއްލާލާށެވެ. ނަމަވެސް އެހެން އުޅޭކަށް ނުވާނެއް ނޫންހެއްޔެވެ؟
ޗެޕްޓާރ6:- އިޒްދާން
އަދި ވެސް ރުޅި އަންނަންވީ މާހިން ހެއްޔެވެ؟ އަހަރެންނާ ދިމާއަށް ހަޅޭފަޅޭ ޖަހާގަނެ ފިއެވެ. މިހާރުވެސް އެއިންނަނީ ބަލަހައްޓައިގެންނެވެ. އޭނާ ހަމަކޮޓަރިއަށް ދާންވީ ނޫން ހެއްޔެވެ؟ އަހަރެން ހުރީ ބަހެއް ނުބުނަން ކަމަށެވެ. އޭނާ ބަލާ ގިތުން ހީވަނީ ދެއްމެ ދެއްމެ ނޮޅާލާފާނެ ހެންނެވެ. އެކަމު އެހެން ހަދާފާނެ ހިޔެއްނުވެއެވެ. ތަޔާ ތިންތައްޓަށް އެއްޗެހިއެޅިއެވެ. މާހިން ވެސް ދެބުމަ ކާރި ކޮށްގެން ހުރެހުރެފައި އައިސް ޔޫރާ ކާރީ އިށީނެވެ. އޭނާ އޭގެން އެތިކޮޅެއް ބޭނުންވާކަން ކިތައްމެހާ ވެސް ރަގަނޅަށް އެނގެއެވެ.
“ދޮންބެ އެތިކޮޅެއް ބޭނުންތަ..؟” ޔޫރާ އަހާލިއެވެ. މާހިން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޔޫރާ ތައްޓަކަށް އެތިކޮޅެއް އަޅާފައި ދިނެވެ. އޭނާ ވެސް ކާން ފެށިއެވެ. މާހިން އަކީ ހާދަ ފޮނި މީހެކެވެ.
އެއްމެން ކައިގެން ވަނީ ކޮޓަރިތަކަށެވެ. މާހިން ވެސް ގޮސްވަނީ ކޮޓަރިއަށެވެ. އަހަރެން ކޮޓަރިއަށް ނުވަންނަން ވެގެން ގޮސް ބެލްކަންޔަށް ނުކުތީމެވެ. މަންމަ ކޮބާ ހެއްޔެވެ؟ ދޮންބެ ކޮބާ ހެއްޔެވެ؟ އަހަރެން ފޫހިވާން ފެށިއެވެ. މާހިން އާއި ހެދި އަހަރެން މުޅިން ފޫހި ކުރުވާފިއެވެ. އެކަމު މުޅިރޭ މިހެން އެނދެވޭކަށް ވެސް ނެތެއްނޫން ހެއްޔެވެ؟ އަހަރެންގެ ހިތާ ދެކޮޅަށް އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. މާހިން އޮތީ އަނެއް ފަރާތަށް އެނބުރިގެންނެވެ. އަހަރެން ގޮސް ސޯފާގައި އިށީންދެ ފޯން ހުޅުވާލީމެވެ. އޭރު ޝަހުމްގެ އެތަކެއް މެސެޖް އެއް އައިސްވާކަމަށް ދައްކައެވެ. ލިބުނު އުފާ ބަޔާންކުރަން ވެސް ދައްޗެވެ. މިހާރު ޝަހުމް އާއި ވާހަކަ ނުދައްކާތާ މިހާރު 4 ދުވަސްވީ އެވެ. މިއަދު ޝަހުމް އާއި ވާހަކަދެއްކޭނެ ކަމުގެ އުފާވެރިކަމުން އަހަރެންގެ ހިތް ދިޔައީ ނަށަމުންނެވެ. މެސެޖް ބަލާލީމެވެ. ހެވުނެވެ. ޝަހުމް އަކީ އަހަރެންގެ އެއްމެގާތް އެކުވެރިޔާއެވެ. އަހަރެންގެ ހަމައެކަނި ހުރި މިތުރެވެ. އަހަރެންގެ ހުރިހާ ކަމެއް އެނގޭ ފަރާތެވެ.
އަނެއްްދުވަހު ހޭލެވުނީ މީހަކު މާބާރަކަށް ހީތްގޮވާތީއެވެ. މިޔޮތްފަދަގަނޑީ ހޭނީ ކާކު ހެއްޔެވެ؟ އަހަރެން ހޭލައްވާލި މީހަކު ކުޅި ދައްކާލާނަމެވެ. ލޯހިޅުވާ ބަލާލީރު މާހިން އެވެ. އޭނާ ފޯނުން ރީލްސް ބަލަމުން ހަމަ ހެނީއެވެ. އަހަރެން ބޭނުންވީ އޭނާގެ އަނގަމަތީ ބޮނޑިއެއް އަޅާލާށެެވެ. ނަމަވެސް އެހެން ހަދާފިއްޔާ ކަންތަށް ވަރަށް ގޯސް ވާނެއެވެ. ގަނޑިބަލާލީމެވެ. 11 ޖަހާފިއެވެ. ދެންވީ ތެދުވާށެވެ.
ފެންވަރައި ތާޒާވެލައިގެން ސައިބޯން ނުކުތީރު މަންމަމެން އުޅުނީ މެންދުރު ކެއްކުމާގެންނެވެ. އަހަރެން ގޮސް ޓޯސްޓަކާއި ޖޫސްތައްޓެއް ހިފައިގެން އައިސް މޭޒުދޮށުގާ އިށީނީމެވެ.
“ތެދެއްތަ ޒާން.. މާހީ ޒާން އާ ދިމާއަށް އެއްޗެހި ކީތަ..؟” ބޮޑު ތިއްތަ އަހަރެން ކުރިމަތީ ހުއްޓިލަމުން އަހާލިއެވެ. ކޮށި ނޭރީ ކިރިޔާއެވެ. ބޮޑު ތިއްތައަށް އެކަން އެނގެންވީ ކީއްވެ ހެއްޔެވެ؟ އަހަރެން އިނީ ބަހެއް ނުބުނެ އެވެ. މީ މާހިންގެ މަންމައެވެ. މާހިން އެހެން ހަދާފިޔޭ މިހެން ހަދާފިޔޭ ބުނަން އަހަރެންމީ ކާކު ހެއްޔެވެ؟
“ޔޫރާ ބޮޑު ތިއްތަކާރީ ބުނީ.. އެހާ ބޮޑަށް އަޅާނުލާ މާހީ ކިޔާ އެއްޗެއްސަށް.. އޭނާ އަބަދު ވެސް އުޅޭނީ އެހެން.. ހުރޭ ބޮޑު ތިއްތަ މާހީ އާއި ވާހަކަ ދައްކާލާނަން..” ބޮޑު ތިއްތަ އެހެން ބުނެ ހިނިތުންވެލާފައި ދިޔައެވެ. އަހަރެން ގާތަށް ހިނިއައެވެ. މިފަހަރު ބޮޑު ތިއްތަ މާހިންގެ ހަންނޮޅާލާނެކަން ގާމެވެ. އޭނާ ސައިޒަށް ތިރިކޮށްލާނެކަން އެނގެއެވެ. އަހަރެން ހީލީމެވެ. މާގަޓުވެފައި އަހާރެންނާ ދިމާއަށް އެއްޗެހި ކީރު ކަލޭގެ އަމާ ތެދުވަނީ އަހަރެންނާ އެއްކޮޅަށެވެ.
އަހަރެން އިނީ ގޯތި ބޮނޑު އޮނދޯލީގައެވެ. ޖެހެމުން ދިޔަ ހިތްގައިމު ވައިރޯޅިން ކިތައްމެހާ ވެސް ހިތްހަމަ ޖެހުން ލިބެއެވެ. ދެލޯ މަރާލަމުން އަހަރެން އޮށޯވެލީމެވެ.
*ނުނިމޭ*
2 Comments!
Comments are closed.


Kokko kiyaairu Alifu sukun 😊
Thank you for correcting meh! 😊
Vrh olhey aslu 💙