Skip to content
އެސްފިޔަ

ޝަވްރާން

“ސާރާ..”

ގޮނޑުދޮށުގައި ރާޅުތަކަށް ގެއްލިފައި އިން ސާރާ ސިއްސައިގެން ދިޔައީ އޭނާ އާއި ވަރަށް ކައިރިން މީހަކު ގޮވާލުމުންނެވެ. އޭނާ އަވަސް އަވަހަށް ވަށާ ހޯދާލިއެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ.

“އަނެއްކާ ފެށުނީ..” އޭނާ ހިތާ ހިތުން ކިޔާލިއެވެ. މަޑުމަޑުން އިންތަނުން ތެދުވެ އަނެއްކާވެސް ސަރާ އެތަން ވަށާ ނަޒަރު ހިންގާލިއެވެ. އެއްވެސް މަޙްލޫޤްއެއްގެ ހިލަމެއް ނުވެއެވެ. އެކަމު އެއްވެސް މަޙްލޫޤްއެއްގެ ހިލަމެއް ނުވުމުގެ މާނައަކީ އެތާގައި އެއްވެސް އެއްޗެއް ނެތިކީ ނޫންކަން ސާރާ އަށް އިނގެއެވެ. އެހެންކަމުން އޭނާ އަބަދުވަސް ކުރާ ކަންތައް ކުރަން ނިންމިއެވެ. މޫނު އުޑާ ދިމާއަށް އުފުލާލާފައި އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.

“ސާރާ! ސާރާ! ދަރިފުޅާ!” އާސިމާ އޭނާގެ 16 އަހަރަށްދާ އަންހެން ދަރުފުޅު މަތަކުރެވޭތޯ ބެލިއެވެ. އޭރު ސާރާ އޮތީ އެނދުމަތީ އިދިފުށަށް ދަމައިގެންފައެވެ. އޭނާގެ ދެލޯހުޅުވިފަ ހުރި އިރު ކަޅި ފެންނާކަށް ނެތެވެ. އަނގައިން ފޮނުފައިބަމުން ދެއެވެ. މުޅި ކޮޓަރީގައި ހިފާލާފައި ހުރީ ސާރާގެ ހަޅޭކުގެ އަޑެވެ. އެނދުކައިރީގައި ހުރި ކުޑަމޭޒުމަތީގައި އިން ފެންގުޅިނަގާ އާސިމާ އެއަށް ކިޔަވަން ފެށިއެވެ. ފަރިތަކަމާއި އެކު ކިޔެވެލި ކިޔާލި ގޮތުން މިކަމަކީ އާސިމާއަށް އާކަމެއް ހެނެއް ހިއެއް ނުވެއެވެ. ކިޔަވާ ނިމުމަށްފަހު ފުޅިން ފެންފޮދެއްނަގައި ސާރާގެ މޫނުގައި ހާކާލިއެވެ. ފެން ޖެހުމާއި އެކު ތެޅި ތެޅި އޮތް ސާރަ ކުއްލިއަކަށް އެނދުމައްޗަށް ދެމުނެވެ. އޭނާގެ ހަޅޭކުގެ އަޑު ކެނޑުނެވެ.

އާސިމާ ފުން ނޭވާއެއް ދޫކޮށްލާފައި ސާރާގެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ހީވަނީ މުހިއްމު އެއްޗެއް ނުފެނިގެން އުޅޭހެންނެވެ. އެގޮތަށް ކުޑައިރުކޮޅަކު ކޮޓަރި ތެރެއަށް ބަލަން ހުރުމަށްފަހު އޭނާގެ ހެދުމުގެ ޖީބުގައި އޮތް ފޯން ނަގައި ނަމްބަރަކަށް ޑައިލް ކޮށްލިއެވެ. ކަންފަތުގައި ފޯން ޖަހާލުމަށްފަހު ކުޑައިރުކޮޅަކު މަޑުކުރުމަށް ފަހު އެކޮޅުން ފޯން ނެގުމުން އޭނާ ބުނެލީ އެންމެ ބަހެކެވެ.

“ޝަވްރާން”

Comments (17)

  1. No name

    Me first v v reethi akan haadha kuray

  2. Twinkle Star

    Hyyyvey v rythi vaane hen.. nxt part avahah up khdhehchey

  3. Shaai

    Alhe avahah up kohlahche. V rythi vaanehen hiyvey.

  4. kunj star

    Hii twnkle star

  5. ...Π

    Woww.. v v rythi feshumeh.. nd I luv horror story.. kn irakun nxt part up kohdheyny… nd v v biruveri kurahchey ingey… All the best??

  6. meesha

    heevey reethi vaane hen…. next part ASAP up kolaathi… 🙂

  7. rifa

    Reethi vaanehen heevany dhen liumuga kuh bas ebahuri misaalakah meyz mathy in fenfulhi meyz mathy fenfulhi hunnaany ingey biruveri vaahaka varah kiyaa hiyy vey avahah up kohdhehchey☺

  8. naina

    Thank you all…mee alhugandu furathama vaahaka so mistakes hunnaane….ur feedbacks helps alot…mivaahka avahah up kohleveytho balaanan

    1. Zoe
      naina

      Alah liyunu echchaka bala vvv reethi

  9. Mameee

    Maakuru heevanaa vaahaka liyan neengehneehem

  10. nazoo

    too short.

  11. Nern..

    thankolheh kuru.. first stry aa balaafa feshun salhi.. avaha uo kohdhehchey.. Nern ves horror strys varah kiyaa hihvey.. gud luck..

  12. Nern..

    thankolheh kuru.. first stry aa balaafa feshun salhi.. avaha up kohdhehchey.. Nern ves horror strys varah kiyaa hihvey.. gud luck..

  13. Anonymous

    plx vaahak liyanyaa thankolheyh avahah vaahaka upload kohbi……other wise stop writin story……..eyrun maa ragalhu vaaney dhw……..

  14. hahah

    😛 salhi story e best of luck

  15. Meeko

    V v salhi..inthizaaru kuraaanan dhn onna bayah..but mi vaahaka v kuru..dhn onna bai dhigu koh liyan vaane??

  16. raf

    woooow salhi mi part…..hope next part veehaaves avahaka up ko deynekama…….v kiyaa hithun mihuriiiiii………..

Comments are closed.