Skip to content
އެސްފިޔަ

ވާނަމޭ ލޯބިން އުމުރަށް- 3&4

Listen to this story Audio · 7:32 Powered by Esfiya Voice
0:00 7:32

ޗެޕްޓާރ 3:-މާހިން

ރޭގަ މާއަވަހަށް ނިދުމުން މާ އަވަހަށް ހޭލެވިއްޖެއެވެ. ގަޑި ބަލާލީރު ހެނދުނު ހަތެއް ޖެހީއެވެ. އެނދުން ތެދުވާކަށް ބޭނުމެއް ނޫނެވެ. އަހަރެން ކާރީ އިޒްދާން އޮތެވެ. ގަދަ ނިދީގައެވެ. އޭނާގެ ވާހަކަ ފޮތް މަތީ…. އައިނެއް އެބަ އޮތެވެ. އޭނާ އައިނު އަޅާހެއްޔެވެ؟ އެއީ ރީޑިން ގްލާސަސް ކަމަށް ވެދާނެއެވެ. އޭނާ އައިނު އަޅާގެން ޖައްސާނީ ކޮންފާޑެއް ހެއްޔެވެ؟ ވައްތަރުވާނީ ގަމާރަކާ ކަން ޔަގީނެވެ.

ސައިބޯން ބަދިގެޔަށް ދިޔުމުގެ ބަދަލުގައި އަހަރެން ނުކުތީ ގޯތިތެރެއަށެވެ. ދިއްގާ ގަހުގައި އެލުވާފައި އިން އޮނދޯޔެއްގައި ޖައްސާލީމެވެ. މަންމަ އާއި ޖަނާ އެހެނީ ދޮންތަ އުޅުނީ ގޯތިތެރެ ކުނި ކެހުމުގައެވެ. އަހަރެން ބޭނުންވީ ގޮސް ކުނިބާލިދީ އޮށްސާލާށެވެ. ނަމަވެސް އެހެން ހަދާކަށް ނުވާނެއް ނޫން ހެއްޔެވެ؟ މިތާ އޮވެގެން ވެސް ވަނީ ފޫއްސެވެ. ދެން އަަހަރެން ދިޔައީ ސައިބޯށެވެ. މޭޒު ކާރީ އިށީންދެ ފޯނު ހުޅުވާލީމެވެ. އޭރު އަަހަރެންގެ ލޯބިވެރިޔާ އެލީޝާގެ އެތަކެއް މެސެޖްތަކެއް އައިސްފާ ވެއެވެ. ރޭގަ އޮން ނުވީމައި އެކަމާއި ޝަކުވާ ކޮށްފައެވެ. އަހަރެން ވެސް މެސެޖް އެއް ފޮނުވާފައި ފޯން ދުރުގައި ބޭއްވީމެވެ.

ސައިބޯން ފެށިތާ އިރުކޮޅެއް ނުވަނީސް އިޒްދާން ވަދެގެން އެބަ އާދެއެވެ. އޭނާ ހުރީ އައިނު އަޅާގެންނެވެ. އަހަރެން ހިތަށް އެރީ ހަމަރަގަނޅަށެވެ. އެއައިނު އަޅާގެން އޭނާ ވައްތަރީ ގަމާރަކާ އެވެ. އަހަަރެން ރުޅި އައެވެ. އޭނާ ރޭގައި އެ އައިނު އަޅާގެން އިންތަން އަހަރެންނަށް ނުފެނުނީ ކީއްވެ ހެއްޔެވެ؟ އޭނާ އެއްމެ ފުރަތަމަ ދައްކަން ޖެހޭނީ އަހަރެންނަށެވެ. އިޒްދާން އާ ދިމާލަށް ބަލަން ނުޖެހޭ ވަރަށް ވުރެއް ގިނައިން ބެލިއްޖެއެވެ. އަހަރެން ބަލަން ބޭނުން ނޫނަސް ހަމަ ބެލެނީއެވެ. އޭނާ ވެސް ޖޫސް ތައްޓެއް އަޅައިގެން ބޯން ފެށިއެވެ.

“މާވަރަކަށް ތިބަލަނީ..؟” އިޒްދާން އަހާލިއެވެ. އޭނާގެ ތުންފަތް މަތީ ފެވިފައިވަނީ ނުލަފާ ހިނިތުންވުމެެކެވެ. އަހަރެން ކޮށިއެރިއެވެ. އިޒްދާން އަހަރެންނާއި ވާހަކަ ދެއްކީއެވެ. އަދި އަލަށެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ ބުނެވޭނީ ވެސް ކީކޭ ހެއްޔެވެ؟ ބޯ ހޫރާލީމެވެ. އޭނާ ހީލިއެވެ. އަހަރެން ބޭނުންވީ އޭނާގެ ކަންކަށިމަތީ ބާރު އެތިފަހަރެއް އިރާލާށެވެ. ތިޔަ ހެނީ މަށާ ދިމާއަށް ހެއްޔެވެ؟

“އަހަ އިޒްދާން ވެސް މިއުޅެނީ ހޭލަ ދޯ..” ބަދިގެން ނުކުމެގެން ދަމުން ތިއްތަ ދިޔައީ އިޒްދާންގެ އިސްތަށިގަނޑާއި ކުޅެލާފައެވެ. ތިއްތަގެ ބަަލުގައި އޭނާގެ އިސްތަށިގަނޑަށް އަތްލާން ޖެހޭނީ އަހަރެންނެވެ. އައި ރުޅި މަތީ ތަށި ގޮސް ސިންކަށް ޖަހާފައި ދިޔައީމެވެ.

ހަވީރުގެ ވަގުތެވެ. އަހަރެން އިނީ ލޯގަނޑު ކުރިމަތީ އެވެ. އިސްތަށިގަނޑު ކުޑަގޮތަކަށް ފުނާ އަޅާލާފައި ސެންޓު ފުޅި ގަޔަށް ތަޅާލީމެވެ. އިޒްދާން އެއް ކޮޓަރިއަކު ނެތެވެ. އަހަރެން މިއުޅެނީ އެލީޝާ އާއި އެކު ބޭރަށް ގޮސްލާށެވެ. ލޯގަނޑު ކުރިމަތީ ބަލާނެ ވަރަކަށް ފަރި ބަލާފައި އަހަރެން ސިޓިން ރޫމް އަށް ފޭބީމެވެ. އޭރު މަންމަ އާއި އިޒްދާން ތިއްބެވެ. އޭނާ ލައިގެން ހުރީ ގަޔަށްދޫ ކަޅުކުލާގެ ޓީޝާޓް އަކާއި ފުޅާ ޖިންސް އެކެވެ. އޭނާ ފެންނަލެއް ސްމާޓް އެވެ. ކިތައްމެ ފޫހިވިއަސް އޭނާ ރީއްޗެވެ.

“ދަރިފުޅާ.. އިޒްދާން ވެސް ގޮވާގެން ދޭބަލަ..” މަންމަ ބުންޏެވެ. ޕިސް ޕިސް… އަހަރެން މިދަނީ އަހަރެންގެ ލޯބިވެރިޔާ އާއި ބައްދަލު ކުރާށޭ ބުނާނީ ކިހިނަކުން ހެއްޔެވެ؟ ދެއްކޭނެ އެހެން ބަހަނާއެއް ވެސް ނެތެވެ. އަހަރެން ބޯޖަހާލީމެެވެ. މަންމަ ދާތާކަށް އިޒްދާން ގެންދެބަލާށެވެ. އޭނާ ބޮޑަށް އުޅޭ ހިއްވަނީ ތާޔާ އާއި ޔޫރާ އާއި އެކީ އެއްނޫން ހެއްޔެވެ؟ އެދެކުދިންނާ އެކީ ނުދިޔައީ ކީއްވެ ހެއްޔެވެ؟ ވަރަށް ފޫހިވެއެވެ. ހުސްމެން އިޒްދާން ކަންތަކެވެ.

ޗެޕްޓާރ 4:- އިޒްދާން

އަހަރެން ގޮވައިގެން ދާށޭ ބުނީމަ ކަންނޭނގެއެވެ. މާހިންގެ މޫނުމަތިން ދެންމެ ފެންނަން ހުރި އުފާވެރިކަން ހަވަޔަށް އަރައިގެން ދިޔައީކަމެއް ނޫނީ ބިން ފަޅާ އަޑިޔަށް ދިޔައީކަމެއް ނޭނގެއެވެ. ގެއިން ނުކުމެގެން އަހަރެމެން ހިގަން ޖެހުނީ ވަރަށް ކުޑަ ތަންކޮޅަކަށެވެ. މިހާރު މިފޭބުނީ ވަރަށް ރީތ ޗާލު ގޮނޑުދޮށަކަށެވެ. ވެލިގަނޑު ހުދުކަމުން ބޯކިރުކޮޅެއް ފަދައެވެ. އުޑުމަތީ ހުރި ރަތާއި އޮރެންޖް ކުލަ ހީވަނީ ފިއްސަކުން ޖައްސާލެވިފައިވާ ކުލަތަކެއް ހެންނެވެ. ރާޅު ނެތް އެމޫދަށް އިރުގެ ދަޅަ އެޅިފައިވީރު ކިތައްމެހާ ވެސް ހިތްގައިމެވެ. ގޮނޑުދޮށުގައި މީހެއްގެ ހިލަމެއް ނުވެއެވެ. މާހައުލު ވަރަށް ހަމަ ހިމޭނެވެެ. ދުރުން ވެސް ދުއްވާއެއްޗެއްގެ އަޑެއް ނީވެއެވެ. މިތާ މާހިން މަރާލިއަސް ނޭނގޭނެއެވެ.

“މާހިންންން..” އަންހެން ކުއްޖެއްގެ ތުއި އަޑެކެވެ. ބަލާލީރު ދޮން ރީތި ކުއްޖެއް ދުވެފައި އައިސް މާހިން ގައިގައި އަތްވަށާލާފައި އޭނާގެ ކޮލަށް ދޮނެއް ދިނެވެ. އެކުއްޖާގެ މިހަރަކާތުން އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. މިހާރު މީ ކޮން ގަމާރެއް ހެއްޔެވެ؟ އާންންން.. މީ މާހިންގެ ލޯބިވެރިޔާއެވެ. މާހިންވާ ގަދައެވެ. އޭނާގެ ލޯބިވެރިއެއް ވެސް ހުރެއެވެ. އަހަރެން މިއުޅެނީ އަދި އަތުގައި ބެޓެއް ވެސް އަޅުވައި ނުލެވިގެންނެވެ. އެއީ މައްސަލައެއް ނޫނެވެ.

“މީ ކާކު..؟” އެކުއްޖާ އަށް އަހަރެން ފެނިގެން އަހާލިއެވެ. އަހަރެން ބަލާލީ މާހިން އަށެވެ. އޭރު މާހިން ހުރީ އަހަރެންނަށް ބަލާށެވެ.

“މީ ތިއްތަގެ ކުއްޖެއް.. އިޒްދާން..” މާހިން އެކުއްޖާގެ ކޮޑަށް އައްވާޓަލުން ބުނެލިއެވެ. އޭނާގެ ލޮލުން ފޮނުވާލީ އިންޒާރުތަކެވެ. ހަމަޖައްސާލަ ބަލާށެވެ.. އަހަރެން މިއުޅެނީ މާހިންގެ ބިޓު ފޭރިގަންނާކަށް ނޫނެވެ.

“އޯހްހް.. އިޒްދާން.. އެލީޝާ.. ނައިސްޓު މީޓް ޔޫ..” އެލީޝާ ސަލާން ކޮށްލަން އަތް ދިއްކޮށްލިއެވެ. އަހަރެން އެއަތުގައި ހިފައި ހިނިތުންވެލީމެވެ. އެލީޝާގެ އަޑު ތުއިކަމުން އަހަރެން ބޭނުންވީ އޭނާގެ “ވޮއިސް ބޮކްސް” ދަމާ ނެރި އެއްލާ ލާށެވެ. އެކަމު އެލީޝާ އަކީ މާހިންގެ “ގާރލް ފްރެންޑް” އެވެ. އޭނާ އެހުރީ ވަރަށް ފަޙުރުވެރިވެފަ ކަންނޭނގެއެވެ. އެއީ އަހަރެންނާ ބެހޭ ކަމެއް ނޫނެވެ.

ދެލޯބިވެރިން އެކަހެރިވެލަން ދުރައްޖެހެމުން ޖެހެމުން ގޮސް މިހާރު އެދެމީހުން ލޮލަށް ފެންނަ ކަމެވެ. އަހަރެން ފޫހިވިއެވެ. މާހިން ބޭނުންހާ އިރެއް ވަންދެކަ، ބޭނުންހާ ނާޗަރަންގީ އެއް ކުޅެން ދެކަ އަހަރެންނަކަށް މިތާކު ނީނދެވޭނެއެވެ. އަހަރެން ބޭނުންވީ ގެޔަށް ދާށެވެ. މާބޮޑަށް އަނދިރި ނުވަނީސް ދާންވީ ކަންނޭނގެއެވެ. އަހަރެން ހިގައިގަތީ އެނބުރި އައި މަގުންނެވެ. ނަސީބަކުން މަގުނޯޅި ގެޔަށް އާދެވިއްޖެއެވެ. އަހަރެން ގޮސް ސިޓިން ރޫމް ސޯފާ އަށް ޖެހިގަތީމެެވެ. ހަމަ އެވަގުތު ރަޝަން އާއި ޔަޝަލް ގެޔަށް ވަނެވެ. އެދެމީހުން ވެސް އަހަރެންނަށް ހާއި އެއް އަޅާލާފައި ގޮށްސިއެވެ. މަންމަމެން ކޮބާ ހެއްޔެވެ؟ މަންމަ އަށް ގުޅީމެވެ. މަންމަ ބުނީ މިތިބީ ކެފޭ އެއްގައި ކަމަށާއި އާދެވޭނީ ތަންކޮޅެއް ލަހުން ކަމަށް ވެސް ބުންޔެވެ.

އަހަރެން ފޯނު ސްކްރޯލް ކުރަން އޮށްވައި ޔޫރާ އާއި ތާޔާ އައެވެ. އެދެކުދިން އަތުގައި ކޮތަޅެއް އެބަ އޮތެވެ.

“ހޭޔް..” ޔޫރާ ގޮވާލިއެވެ. އޭނާގެ ދިގު އިސްތަށިގަނޑު އޮތީ ހުޅިއަކަށް ވާގޮތަށް ދަތްޗަކުން އައްސާލެވިފައެވެ. ތާޔާގެ ހުންނަނީ ކުރު އިސްތަށިގަނޑެކެވެ.

“ކިހިނެއް ވެފަ ތީނީ..؟” ތާޔާ ބޫޓް ބާލައި ހަރުގަނޑަށް ލަމުން އަހާލިއެވެ. ކަމެއް ނުވާކަމަށް ބުނުމުގެ ގޮތުން ދެކޮޅަށް ބޯހޫރާލީމެވެ.

“ގެސް ވަޓްވީ އާރ މޭކިނ ޓުނައިޓް..؟” ތާޔާ އޭނާ އަތުގައި އޮތް ތިން އުރަ ރާމަން ޕެކެޓާއި ޔޫރާ އޭނާގެ އަތުގައި އޮތް ދެ ޕެކެޓް ޑަމްޕްލިނގް ދައްކާލަމުން ބުނެލިއެވެ.

“ރާމެން ވިތް ޑަމްޕްލިނގްސް..” އަހަރެން ކިޔާލީމެވެ. އެދެކުދިން ފެށީ ހޭށެވެ. މިދެކުދިންނާ އެކީ އުޅެން މާރަގަނޅެެވެ. މާހިން ކަހަލަ އަނގައިން ނުބުނެ އަބަދު މޫނު ހަދައިގެން އިންނަ މުންޖަކާ އެކީ އުޅުމުގެ ބަދަލުގައި މިކުދިން ކޮޅާ އެކީ އުޅެގެން މާހިތްހަމަޖެހުން ލިބެއެވެ. ލޮލަށް ބޮލަށް ފަސޭހަ އެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Anonymous

    Girllll 2 parts ehkoh liyanyaa miah vure Dhigu kohleema Reethi vaany

    1. _MuXo_
      Anonymous

      Thankx for the feedback 💙

  2. Anonymous

    Atleast 6 min read

    1. _MuXo_
      Anonymous

      Alright bbg 👍

  3. Your fav bab

    Your writing style is js awesome💅 e soru men ge thoughts dhw?? Wallahi!🤦😂
    Anyways thi maahin soru vaa gadha ehnu? Biteh ves eba gengulhey viyya! Btw maahin izdhaan ge kodah ath vattaalaigen ove e dhin death stare😂 got me rolling on the floor!
    Waiting for nexttttt!!
    Lysm bbg💗

    1. _MuXo_
      Your fav bab

      Awwwnn stop itt!! 🤭
      Fr.. They are so funny!! Sometimes I also laugh 😂
      Yh!! Maahin be like this is my girl!! 😏
      IA v avahah!!
      Love you tooo!!! 🤌

Comments are closed.