ވާނަމޭ ލޯބިން އުމުރަށް- ޗެޕްޓާރ 1&2
ޗެޕްޓާރ 1:- މާހިން
ގޭތެރެ ވަނީ ހަލަބޮލި ވެފައެވެ. އާއިލާ އަަށް އާމެންބަރަކު އިތުރުވާތީ އެންމެން ތިބީ އުފަލުންނެވެ. ނަމަވެސް އަހަރެން އިނީ މޫނު ހަދާގެންނެވެ. އަހަރެން އުފާވާނެ ކަމަށް ހީއްކޮށް މާލަހުން ބުނެގެންވީ އެއްވެސް ފައިދާ އެއް ނެތެެވެ. އަހަރެން މިތާ އިންނަނީ ވެސް ކީއްކުރަން ހެއްޔެވެ؟ އަހަރެން ބޭނުންވީ ބޭރަށް ދާށެވެ. އެކަމު މިގަޑީ ބޭރަށް ގޮސްއިއްޔާ ބަފާގެ ބޮޑު ލެކްޗަރި އަޑު އަހަން ޖެހޭނެއެވެ. އެއަންނަން އުޅޭ ކުއްޖާ އާއި އަހަރެން ޖެހެނީ ކޮޓަރި ޝެއާރ ކުރާށެެވެ. އެހެންމަ އެއީ ފިރިހެން ކުއްޖެކެވެ. ދައްކާވަހަކައެވެ. ގައިމު އަންހެން ކުއްޖަކަށް ނުވާނެއް ނޫން ހެއްޔެވެ؟
“އޭ ބުރޯ ދެން އެހާ ރުޅި އަންނަ ވަރު ކަމެއް ނޫނެއް އެއީ..” އަހަރެންގެ ކޮޑަށް އަތް ވައްޓާލަމުން ރަޝަން ބުނެލިއެވެ. އަހަރެން ލޯ އަނބުރާލީމެވެ. ތިވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ.
ޔަނާ އަކީ ތިއްތަ އެވެ. ތިއްތަ މީހަކާ އިނދެގެން ލިބުނީ ޔަޝަލް އެވެ. ޔަޝަލް އަށް 14 އަހަރުގައި ވަރި ވެއްޖެއެވެ. ދެން އަނެއްކާ 4 އަހަރު ފަހުން އެއުޅެނީ ކުއްޖެއް އެޑަޕްޓް ކުރާށެެވެ. އެކުއްޖާ އަހަރެންނަަށް ތުރެ އެއް އަހަރު ކުޑަ ކަމަށް އަހަރެންނަށް ވަނީ އެނގެފައެވެ. އެއީ ޔޫރާ އާއި ތާޔާ ދެއްކި ވާހަކަ އަކުންނެވެ.
އިރުކޮޅަކުން ތިއްތަ އެވެ. ތިއްތަ ފަހަތުން އެކުއްޖާ ވަނެވެ. އިސްކޮޅުން ދިގު ދޮން ކުއްޖެކެވެ. ނަމަވެސް އޭނާ އަހަރެންނަށް ތުރެއް ދިގެއް ނޫނެވެ. ރަގަނޅީވެސް ދިގުނުވީއާއެވެ. އޭނާ އަހަރެންނަަށް ތުރެ ދިގުވެއްޖެއްޔާ އަހަރެން ވަރަށް ލަދުގަންނާނެއެވެ. އޭނާގެ އިސްތަށިގަނޑު ފަންވެފައި ބޮލެވެ. ކަޅުކަން ގަދައެވެ. ކަޅުކުލައިގެ ބޮޑު ދެލޮލެވެ.
“މީ އިޒްދާން..” ތިއްތަ ބުނެލިއެވެ. އޭނާ ހިނިތުން ވެލިއެވެ. އިޒްދާން.. އިޒްދާން.. ހޫމް.. ރާގު ރީއްޗެވެ. ކިޔާލަން ފަސޭހައެވެ.
ތިއްތަ އިޒްދާން އަށް އެއްމެން ތަޢާރަފް ކޮށްދިނެވެ. އެއައްފަހު ދިޔައީ ސާބޯށެވެެ. ސައިބޯން އިނީރު އިޒްދާން އެހެންމީހުންނާ ވާހަކަ ދެއްކި އެވެ. އެކަމު އަހަރެންނަކާ ނުދައްކައެވެ. އެއީ ކީއްވެ ހެއްޔެވެ؟
“މާހީ.. ދޭބަ އިޒްދާން ގޮވާގެން ކޮޓަރިއަށް..” ތިއްތަގެ މޫނުމަތިން ފެނުނު އުފާވެރިކަމުގެ ސަބަބުން އަހަރެން ބޯޖަހާލީމެވެ. ކޮޓަރިއަށް ދިޔަ މާގުމަތީވެސް އޭނާ އަހަރެންނަކާ އަނގައިން ނުބުނެ އެވެ. އަނެއްކާ އޭނާ އަހަރެން ދެކެ ބިރުގަންނަނީ ހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އޭނާ އަހަރެން ދެކެ ރުޅި އަންނަނީ ހެއްޔެވެ؟ އަހަރެން ހިތަށް އެރީ އޭނާގެ ކަންކަށި މަތީ އިރާލަފާނަމެވެ. ފަހަރެއްގައި އެހެން ހަދާފިއްޔާ އޭނާ ވާހަކަ ދައްކަފާނެއެވެ. ނަމަވެސް އެހެން ހަދާކަށް ނުވާނެއް ނޫން ހެއްޔެވެ؟
“މީ އިޒްދާން އުޅޭނެ ކޮޓަރި، ވީ ޝެއާރ ދިސް ރޫމް..” ކޮޓަރިއަށް ވަދެ އެނދުގައި އިށީން ދެލަމުން އަހަރެން ބުނީމެވެ. އޭނާ ބޯޖަހާލާފައި ކޮޓަރިތެރެ އަށް ނަޒަރު ހިންގާލިއެވެ. އަނެއްކާ ވެސް ނިކުމެގެން ގޮށްސިއެވެ. އަހަރެން ފޯނު ހުޅުވާލާފައި އޮށޯތީމެވެ.
އިޒްދާން އިނީ ސޯފާގައި ވާހަކަފިތެއް ހިފާގެންނެވެ. އޭނާ އަހަރެންނާއި ވާހަކަ ނުދައްކަން ނަދުރުބުނެގެން އުޅެނީ ހެއްޔެވެ؟ އަދި އައި ފަހުން އަހަރެންނާއި އެއްމެ ބަހެއް ވެސް ބުނެ ނުލައެވެ. ހުންނާށެވެ. ވާހަކަ ނުއްދަކާ ހުންނާނެށެވެ. މިއީ އަހަރެންގެ ކޮޓަރިއެވެ. މިތާގައި މާފޮނިކަމެއް ނުދެއްކޭނެ އެވެ. ކުޑަ ކުޑަ މީހެކެވެ.
ޗެޕްޓާރ2:- އިޒްދާން
ވާހަކަ ފޮތް ހިފައިގެން އިނދެވެނީ ނަމަކަށެވެ. އެނދުގައި ފޯނު ހިފައިގެން އޮތް މާހިން އަހަރެންނާއި ދިމާއަށް ބަލާވަރުން އުނދަގުލެވެ. އޭނާ އަދި އޮންނަނީ ޖަހާ ދެބުމަ ކާރިކޮށްލާގެންނެވެ. އޭނާ އަހަރެން ދެކެ އެހާ ރުޅި އަންނަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ގައިމުވެސް އެއްވެސް ކަމެއް ނުކުރަމެވެ. އެއްމެފަހުން މާހިން ބަލާވަރުން ބިރުން އަހަރެން ނުކުތީ ބެލްކަންޏަށެވެ.
މިގެޔަކީ ވަރަށް މުއްސަނދި މީހުން އުޅޭ ގެޔެކެވެ. ގޯތިތެރެވެސް އެހާ ބޮޑެވެ. ގޭތެރެ ވެސް އަދި އެހާ މާސިންގާ އެވެ. ބަދިގެޔާއި ކާގެ ފިޔަވައި ދެން ހުންނަ ތަންތަން ހުންނަނީ އޭސީ ކޮށްފައެވެ. ދެބުރިއަށް ނަގާފައިވާ މިގެ އަހަރެންނަށް ވަރަށް ކަމުގޮށްސިއެވެ.
ޔަނާ އެހެނީ އަހަރެންގެ “މަންމަ” ވަރަށް ހެވެ. އަހަރެންނަށް ތުރެ 3 އަހަރު ބޮޑު ބޭބެ އެއް ވެސް ހުރެއެވެ. ބޭބެގެ ނަމަކީ ޔަޝަލް އެވެ. ބޭބެ އަހަރެންނާއި ވާހަކަ ދެއްކީ ވަރަށް ރީތިކޮށެވެ. އަހަރެންނަށް ތުރެ އެއް އަހަރު ކުޑަ ދެކުދިން އުޅެއެވެ. އެއީ ރަޝަންގެ ކޮއްކޮ ތާޔާ އާއި މާހިން ކޮއްކޮ ޔޫރާ އެވެ. ތާޔާ އަކީ ވަރަށް މަޖާ ކުއްޖެކެވެ. އޭނާ ބުނެލާ އެއްމެ އެއްޗަކުން އެއްމެންނަށް ހެވެއެވެ. ޔޫރާ އަކީ ވަރަށް މަޑުމަޑުން އިންނަ ކުއްޖެކެވެ. އެކަމު ތާޔާ އާއި ދެމިހުން ޖެހުނީމައި ހޭއަޑު ނޫން އެހެން އަޑެއް ނީވޭނެއެވެ.
“ކިހިނެއް ވެފަ ތީނީ..؟” އަހަރެން ސިއްސާގެން ދިޔައީ ތާޔާގެ އަޑު އިވުމުންނެވެ. ބަލާލީރު ތާޔާ އައިސް ރެއިލިންގ ގައި އައި އަޅުވާލީއެވެ.
“ކަމެއް ނުވޭ.. ކީއްވެ އަބަދު މާހިން ރުޅި އާސް އިންނަނީ..؟” އަހަންނާހަން ހުރެފައިވެސް އެހީމެވެ.
“އަބަދަކު ނޫން.. މާހީ ކާރީ އިޒްދާން އަންނަވާހަކަ މާލަހުން ބުނީމަ އަސްލު.. ބަޓް ޑޯނޓް ވޮރީ.. ވަންސް ހީގެޓް ކޮމްފޯޓަބެލް އިޓް ވިލް ބީ ފައިން..” އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހު ތާޔާ ޖަވާބު ދިނެވެ. އިރުކޮޅަކު އިނދެފައި ތާޔާ ވެސް ވަނީއެވެ. އަހަރެން ކޮޓަރިއަށް ވަނީރު ރޭގަނޑު 9 އެއް ޖަހާފިއެވެ. މާހިން އޮތީ ނިދާފައެވެ. އޭނާ އަބަދުވެސް ނިދަނީ މިހާރު ހެއްޔެވެ؟ އަހަރެންނަށް އަބަދުވެސް ނިދޭނީ 1 ޖަހާ ފަހުންނެވެ. އެހެން އޮށްވައި ދޮރުގައި ޓަކިދިނެވެ. ބަލާލީރު ޔޫރާ އެވެ.
“އަންނަގަ ނޫޑިލިސްގަޑެއް އަނބުރާލަން..” ޔޫރާ ބުންޔެވެ. އަހަރެން ކަންބޮޑުވީ މަންމަމެން ހިތްހަމަ ނުޖެހިދާނެތީއެވެ.
“މަންމަމެން އޯކޭ.. ކޮންމެ ބަންދަކު އަހަރެމެން މިހެން އުޅެން..” ތާޔާ ބުނެލިއެވެ. އަހަރެ ދިޔައީމެވެ. އެކުދިން އަހާރެން ބައިވެރި ކުރުވީމައި އުފާވީމެވެެ. ކެއްކުމުގެ ތެރެއިން އެކުދިން ސުކޫލުގެ ވާހަކަތައް ކިޔާދިނެވެ. ދިއްރުތަށް އަހަރެންނާއި ހިއްސާކުރިއެވެ. ނިދަން ކޮޓަރިއަށް ވަނީރު 12:30 ވެ ބޮޑު ވެއްޖެއެވެ. އަހަރެން ނިދަން އޮށޯތީ ލުއި ހިތަކާއި ގެންނެވެ.
*ނުނިމޭ*
ވާހަކާގައި އެއްވަތު ނަން ހުރެދާނެއެވެ. ނަމަވެސް އެއީ މައްސަލަ އެއް ނޫނެވެ.
8 Comments!
Comments are closed.


Mi part ves vrh Rythi MA ✨💕
Izdhern vrh cute hen heevany hahaha 😅
Alhey maahin kihineh vefa thr thihury?
Srry kurin up kuri stry ge parts thakah cmnt nukurevunyma
Curiously waiting for the next part When’s next?
Dhen avahah up kurahchey 2 story vxx 😊
Lysm and Tc 💗✌🏻
Awnnn thank you so much Shaba_17 🤭🥰
He is my cute baby boy 🙈
Maahin is so funny 😭
Its okay bbg 👻
IA I will 💙👍
Love you more, you also take care 💌💙
Reethi 👍❤️ bl story eh dhw 😂
Thank you
Bl story ehhh???
Yesss
Mi part vs vrh reethi😘😘 and I just realised and if I get wrong Muxo can u tell me so what I realise this story the boys are gay😝
Anyway when next curiously waiting 😊
Really happy to know that you liked this part 😭🤭
Even if they’re gay.. The story is gonna be fire
😝
Next part inee pending ga 👻
Inthizaaru ehaa dhiguvaane henneh hiyyehnuvey