Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެންމެ ފަހު ސިޓީ ـ 7

Raya.aaaaa
Raya.aaaaa Level 110 Stories
August 26, 2026 2 Mins Read
8 Comments

ޝައުހާ ލަމްހާގެ އަތުގައި ބާރަށް ހިފިއެވެ. “ލަމްހާ، ހިނގާ ދާން!” ދެމީހުން އެކުގައި ގޭގެ ބޮޑު ދޮރު ހުޅުވާލިއެވެ. ބޭރުން އައި ބާރު ވައިރޯޅިއާއެކު ބޯ ވާރޭ އެމީހުންގެ މޫނުގައި ޖެހުނެވެ. އެމީހުން އަތިރިމައްޗާ ދިމާލަށް ދުއްވައިގަތެވެ. އެވަގުތު ގޭގެ މަތީ ބުރުން ރައްޔާންގެ ބާރު ހަޅޭކުގެ އަޑު އިވުނެވެ. އޭނާ ހޭލީއެވެ.
………………

ވިލާގެ ބޮޑު ލަކުޑި ދޮރު ހުޅުވާލުމާއެކު، ބޭރުން އައި ބާރު ވައިރޯޅިއާއެކު އޮހޮރިގަތް ބޯ ވާރޭ ޝައުހާއާއި ލަމްހާގެ މޫނުގައި ޖެހުނީ ތޫނު ކަށިތަކެއް ފަދައިންނެވެ. ރަށުގެ ވަށައިގެންވާ ކަނޑު އޮތީ ރާޅުތައް އުފުލި، ކަޅު ކުލައިގެ ބޮޑު ސާލެއް ފަދައިން ހަލަބޮލިވެފައެވެ. މުޅި އުޑުމަތި ވަނީ ކަޅު ވިލާތަކުން ބައްދާލާފައެވެ. ކޮންމެ ސިކުންތަކު ޖަހަމުންދިޔަ ބާރު ގުގުރީގެ އަޑުން މުޅި ފަސްގަނޑު ދިޔައީ ތުރުތުރުއަޅަމުންނެވެ. ޝައުހާ އޭނާގެ ހަށިގަނޑުގަައި ހުރި ހުރިހާ ބާރެއް ނެރެ، ބަލިކަށިވެފައި އޮތް ލަމްހާގެ ހަށިގަނޑު އުފުލައިގެން، ކަކޫތަކާ ހަމައަށް ހުރި ފިނި ލޮނުގަނޑުގެ ތެރެއިން ގޮނޑުދޮށާ ދިމާލަށް ހިނގަމުން ދިޔައެވެ. ދެމީހުންގެ ހަށިގަނޑު ވަނީ ފިނިވެ، މުޅިން ވަރުބަލިވެފައެވެ. އޮހެމުންދިޔަ ވާރޭ ފެނުގެ ސަބަބުން ކުރިމަތި ފެންނަމުން ދިޔައީ ކިރިޔާއެވެ. ލޮނުގަނޑުގެ ފިނިކަން ކަށިތަކާ ހަމައަށް ފޯރަމުން ދިޔައިރު، ޝައުހާގެ ހިތް ބުނަމުން ދިޔައީ ފަހަތަށް އެންމެ ފިޔަވަޅެއްވެސް ބަލާނުލުމަށެވެ.

“ޝައު… އަހަރެން ދޫކޮށްލާފައި ޝައު ސަލާމަތްވޭ! މަގޭ ފައިގައެއް ބާރެއް ނެތް. އަހަރެން މިއީ ޝައުއަށް އޮތް ބުރައެއް،” ލަމްހާ ތުރުތުރުއަޅާ އަޑަކުން، މާޔޫސްކަމާއެކު ބުންޏެވެ. އޭނާގެ ހަށިގަނޑު ދިޔައީ ފިނިކަމުން ގަނޑުވަމުންނެވެ. އޭނާގެ ދެލޮލުން އުންމީދުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. މަސްތަކެއް ވަންދެން އަނދިރި ކޮޓަރިއެއްގައި ބަންދުވެފައި ހުރުމުގެ ސަބަބުން އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ބާރު ވަނީ މުޅިން އޮބިފައެވެ.

“ނޫން، ލަމްހާ! އަހަރެމެން ދެމީހުން ސަލާމަތްވާނީ އެކުގައި،” ޝައުހާ ގޮތްދޫނުކޮށް ކުރިއަށް ފިޔަވަޅު އެޅިއެވެ. އޭނާގެ ހިތުގައި ވަނީ މަންމަގެ ވަކިވުމުގެ ހިތާމައަށްވުރެ ބޮޑަށް، މި އަނިޔާވެރިކަމުން ސަލާމަތްވުމުގެ ގަދަ އަޒުމެވެ. އޭނާގެ ފައި ބިމުގައި ހަރުލަނީ ކިރިޔާއެވެ. ނަމަވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. ކޮންމެ ރާޅަކާއެކު ދެމީހުން ވެއްޓެން އުޅުނު ނަމަވެސް، ޝައުހާ ލަމްހާާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުއްޓެވެ.

ރަށުގެ ދޮންވެލި ގޮނޑުދޮށުގައި، ބޮޑު ފްލޭޝްލައިޓެއް ހިފައިގެން ރައްޔާން ހުއްޓެވެ. އޭނާގެ ބޮލުން އޮހޮރެމުންދިޔަ ލޭތައް ވާރޭފެނާ އެކުވެގެން މޫނުމަތިން ތިރިއަށް ފައިބަމުން ދިޔައެވެ. އޭނާގެ ހުދު ގަމީސް ވަނީ ލެއިން ތެމި، ރަތްކުލައަށް ބަދަލުވެފައެވެ. ރައްޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ އިންސާނެއްގެ ސިފައެއް ނޫނެވެ. އެއީ ލަމްހާ ދިން ހަމަލާއިން ޒަޚަމްވެފައިވާ، ލޭބޯން ބޭނުންވެފައިވާ ވަލު ޖަނަވާރެއްގެ ބިރުވެރި ސިފައެވެ. އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. އޭނާގެ ކަނާތުގައި އޮތް ބަރު ދަގަނޑު ބަޑިއެވެ. އޭނާގެ ފިޔަވަޅުތައް ހުރީ ސީދާ ލޯންޗާ ދިމާލަށެވެ.

“ޝައުހާ! ކަލޭ ހީކުރީ މަގޭ އަތުން ފިލައިގެން ދެވޭނެ ކަމަށްތަ؟ ކަލޭމެން ދެމީހުންވެސް މިރޭ މި ކަނޑަށް ފެތިގެން މަރުވާނެ! ކަލޭމެންނަށް މަގޭ ދިރިއުޅުން ހަލާކެއް ނުކުރެވޭނެ!” ރައްޔާން ބަޑި ހިއްލާލައި، ޝައުހާއާ ދިމާލަށް އަމާޒުކުރިއެވެ. އޭނާގެ އަޑުގައި ހުރީ މުޅި ދުނިޔެއަށް ނަފުރަތު ކުރާ ފަދަ ރާގެކެވެ.

އެވަގުތު އުޑުމަތިން ޖަހާލި ބާރު ވިދުވަރާއެކު، މުޅި ހިސާބު ދުވާލުލެއް ފަދައިން އަލިވެގެން ދިޔައެވެ. އެ ސިކުންތުގައި ރައްޔާން ބަޑީގެ ނާގާއަށް ފިއްތާލިއެވެ.

ބަޑީގެ ބާރު އަޑާއެކު ވަޒަން ދިޔައީ ޝައުހާގެ ކަނާތު ކޮނޑާ ދިމާލުން ފޫދުއްވާލާފައެވެ. ޝައުހާ ވޭނީ އަޑަކުން ހަޅޭއްލަވައިގަނެ، ލޯންޗުގެ ފަހަތު ތަޅުމުގެ މައްޗަށް ވެއްޓުނެވެ. އޭނާގެ ކޮނޑުން ހޫނު ލޭތައް އޮހޮރެން ފެށިއެވެ. ވޭނުގެ ބޮޑުކަމުން އޭނާގެ ދެލޯ މެރުނެވެ. އޭނާއަށް ހީވީ މުޅި ދުނިޔެ އެނބުރިގަތް ހެންނެވެ.

“ޝައުހާ!” ލަމްހާ ހަޅޭއްލަވައިގަތެވެ. އޭނާ ޝައުހާގެ ގާތަށް ފިރުކެމުން ދިޔައެވެ. ލޯންޗުގެ ފަޅުވެރިންނަށް އެ ބާރު އަޑު އިވިގެން ކެބިން ތެރެއިން ހޭލާ އުޅޭ އަޑު އިވެން ފެށިއެވެ.

ރައްޔާން ލޯންޗާ ދިމާލަށް ފެންގަނޑު ތެރެއަށް ފައިލައިގެން ހިނގައިގަތް ވަގުތު، އޭނާގެ ފަހަތުން، ރަށުގެ މެދުގައި ހުރި ބޮޑު ވިލާއިން ބާރު ގޮވުމެއްގެ އަޑު އިވުނެވެ. އެ އަޑަކީ ބަޑީގެ އަޑަށްވުރެ އެތައް ގުނައެއް ބާރު އަޑެކެވެ. މުޅި ފަޅުތެރެއަށް އެ އަޑު ގޮވާލުމާއެކު، ރައްޔާން ސިހިފައި ފަސްބަލާލިއެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ.

ގޭގެ ބަދިގޭގައި ޝައުހާ ސީލިންގް ތެރޭގައި އުޅުނުއިރު، އޭނާއަށް ނޭނގި ނަމަވެސް ގޭސް ހޮޅިއަކަށް ވަނީ ގެއްލުންވެފައެވެ. ގޭގެ ކަރަންޓު ޝޯޓެއްގެ ސަބަބުން އެތަނުގައި ރޯވެ، ގޭސް ސިލިންޑަރުތައް ގޮވީއެވެ. މުޅި ވިލާ ސިކުންތެއްގެ ތެރޭގައި އަލިފާނުގެ ބޮޑު ގުޅައަކަށް ބަދަލުވިއެވެ. ބޯ ވާރޭ ވެހެމުންދިޔަ ނަމަވެސް، އަލިފާނުގެ ރަތް ކުލައިގެ ބޮޑެތި ދޫތައް އުޑާ ހަމައަށް އުފުލިގެން ދިޔައެވެ. ވިލާގެ ބޮޑެތި ބިއްލޫރިގަނޑުތައް ތެޅި، ވަށައިގެންވާ ގަސްތަކުގައި ރޯވިއެވެ. ރައްޔާންގެ މުޅި ދިރިއުޅުމުގެ އަނދިރި ސިއްރުތަކާއި، އޭނާ ފޭރިގަތް މިލިއަނުން ގުނާލެވޭ މުދާގަނޑާއި ފައިސާތައް އޭނާގެ ދެލޯ ކުރިމަތީގައި އަޅިއަށް ވަމުން ދިޔައެވެ.

ނުނިމޭ…

Share Article

Raya.aaaaa
Follow Me Written By

Raya.aaaaa

Level 110 Stories

I accept both positive and negative comments 🫶🏻🥲.... Just a simple girl who loves to read and write stories 🫶🏻🫀

Other Articles

Previous

ކަލާގެ ތިޔަ ސޫރަ ދެކިލުމުން ـ 5

Next

ތަޤުދީރު-21

Next
August 26, 2026

ތަޤުދީރު-21

Previews
August 26, 2026

ކަލާގެ ތިޔަ ސޫރަ ދެކިލުމުން ـ 5

8 Comments!

  1. Nuha.aaaaa says:
    August 26, 2026 at 2:10 pm

    Awww vrh rythi MA 💕
    Dhn kihineh baa vaany
    Curiously waiting for the next part…
    Whn next ?????
    lysmmm and tcc 💓🤗

    1. Raya.aaaaa Raya.aaaaa says:
      August 26, 2026 at 6:48 pm

      Thank youuuuuuu 🥹🫶🏻
      Dhn vaane gotheh balamaa dhww….
      IA vrh avahah kiyaalan libeyne 😀
      Inthizaaru kohla!
      Lymm and u also tc my dear 🫶🏻🫀

  2. Ziyern_17 says:
    August 26, 2026 at 2:35 pm

    Heyyyyy 👋🏻
    Too Gudd Masha Allah <3 ✨🖤
    Please Save Shauha and Lamha 🙏😭
    Rayyaan I hate yuhhhhhhhhhhhhhhhhhhhhhhh 😒
    Waiting for the next part When's next?

    1. Raya.aaaaa Raya.aaaaa says:
      August 26, 2026 at 6:50 pm

      Hwiii ☺️
      Thank youuuuuuu 🥹🫶🏻
      I also hate rayyaan….
      Let’s see dhww shauha and lamha salaamai vey tho….
      IA vrh avahah kiyaalan libeyne 😀
      Inthizaaru kohla!

  3. Lara_@ says:
    August 26, 2026 at 4:59 pm

    Mi part vs reeeeeethi
    dhn kihineh tha vaaney
    I really hate rayaann😠
    And I hope Shauha and Lamha be saved and I am happy ☺️that he can’t have anything
    If the owner can’t have he can’t as well
    CURIOUSLY waiting for the next part
    Lysm Tc ✨🥀❤️

    1. Raya.aaaaa Raya.aaaaa says:
      August 26, 2026 at 6:52 pm

      Thank youuuuuuu sooo much 🫶🏻
      Dhn vaane gotheh balamaa dhw..
      I also hate rayyaan….
      Let’s see dhww shauha and lamha save vefa happy life eh ulhey tho…..
      IA vrh avahah dhn in part vess up kohlaanan… Inthizaaru kohla 😀!
      Lymm and u also tc my dear 🫶🏻🫀

  4. Ikaan_22 says:
    August 26, 2026 at 6:29 pm

    Omg omg haadha curious ey mihr 😱
    Dhn I men ehaa dhigu inthizaarehga nubaandhaa avahah up kohlahchey aneh part vess……
    Lysm and Tc 💓✨

    1. Raya.aaaaa Raya.aaaaa says:
      August 26, 2026 at 6:54 pm

      Vrh curious dhww 🥲
      Thank youuuuuuu sooo much ikaan 🫶🏻☺️
      Yeaa IA vrh avahah kiyaalan libeyne… U men ehaa dhigu inthizaarehga nubai thihba ….
      Lym and u also tc my darll🫶🏻 🫀

Comments are closed.



All Right Reserved!