Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައެހެނިހެން

ރަހުމްކުރާށެވެ – 7

Luna Level 110 Stories
August 24, 2026 3 Mins Read
0 Comments

ކުއްލިއަކަށް ފައިޒާން ގޮނޑިން ތެދުވެ އަހަރެންގެ ދެފައި ދޮށަށް ތިރިވިއެވެ. ލިބުނު ޝޮކުން އަހަންނަށް ކޮޅަށް ތެދުވެވުނެވެ.

“އަހަންނަށް މަޢާފް ކުރޭ ނަތާ” ގިސްލަމުން ފައިޒާން ވާހަކަ ދެއްކިއެވެ. “އަހަރެންގެ ރޭވުމުވުގެ ސަބަބުން ނަތާގެ ހަޔާތް ބަރުބާދުވީ. މުޅި ރަށަށް ނަތާ ފަޟީޙަތްވީ. އަހަންނަށް ނަތާގެ ހަޔާތުގެ އެހިތާމަވެރި ދުވަސްތަކެއް ފޮހެލައެއް ނުދެވޭނެ. އަހަންނަށް ކުރެވޭނެހާވެސް ކަމަކީ ނަތާގެ ކިބައިން މާފަށް އެދުން.”

ބުނާނެ އެއްޗެއް ނޭންގިފަ އަހަރެން ހުރީމެވެ. މިހުރިހާ ދުވަހެއް ފަހުން ފައިޒާން މާފަށް އެދެން އެއައީ، އޭނައަށް ތެދުމަގު ލިބުނީބާ؟

“ޕްލީޒް ނަތާ، މިއަދު އަހަރުމެން ދެމީހުންނަށް ނަތާގެ އެހީތެރިކަން ބޭނުންވޭ. އަހަރުމެންގެ ހުރިހާވެސް އުއްމީދަކީ ނަތާ” ފައިޒާން ބުނި ޖުމްލައިން އަހަރެން ހައިރާންކަމާއި އެކު ދޮންތައާއި ދިމާލަށް ބަލައިލީމެވެ. ދޮންތަ އަދިވެސް ހުރީ އިސްދަށަށް ޖަހައިގެންނެވެ.

“ކަލޭމެން ހާދަ ގޮތެއް ނެތޭ،” އަހަރެން ސިހުނީ އާމިރު ހަޅޭއްލަވައިގެން އަޑަށެވެ. އާމިރު އާއި ދިމާލަށް ބަލައިލިއިރު، އޭނަ ހުރީ ރުޅިއައިސް ރަތްވެފައެވެ. ” ނަތާއަށް ބޭނުންހާ ގޮތެއް ހަދާފަ، ހާލުގަ ޖައްސާފަ، މިހުރިހާ ދުވަހު އޭނަގެ ހާލު ބަލާނުލާ، މިއަދު އައިސް ކަލޭމެންނަށް އެހީވާން ބުނާކަށް ލަދެއް ނުގަނޭތެ؟”

“އާމިރު ޕްލީޒް، ރުޅި މަޑުކޮށްބަ” އާދޭހާއެކު އަހަރެން ބުނީމެވެ.

“ނުވާނެ މަޑެއް. މިނުލަފާ ދެމީހުން މިގެއިން ނިކުނަން ބުނޭ. އެހެންނޫނީ މަގޭ އަތުން ބޮނޑިއެއް ބޯނެ.”

ފައިޒާން ތެދުވެ ފަހަތަށް ޖެހިލިއެވެ. އަދި އާދޭހުގެ ނަޒަރަކުން އަހަންނާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެންގެ ކުރިމަތީ ހުރީ އަހަރެންގެ މުޖްރިމެވެ. އަހަރެންގެ އިއްފަތް ފޭރިގެން މީހާއެވެ. އެމީހެއްގެ އާރާއި ބާރުން އަހަރެންގެ މުޅި ހަޔާތް ބަރުބާދުކޮށްލިމީހާއެވެ. އެކަމު މިއަދު އޭނަގެ ލޮލުން ފެންނަނީ ނިކަމެތި ކަމެވެ. ހިތާމައާއި މާޔޫސް ކަމަވެ.

އާމިރުގެ އަތުގަ ހިފަހައްޓާލާފައި އަހަރެން އޭނަ ފަހަތަށް ޖެއްސީމެވެ. އަދި ގޮނޑީގަ އިށީންނަށް އިޝާރާތް ކޮށްލީމެވެ.

“ކޮންކަމެއް ބޭނުންވަނީ؟” އަހަރެން ފައިޒާން އާއި ސުވާލު ކުރީމެވެ.

“ނަތާ-” އާމިރު ވާހަކަ ދައްކަން ފެށުމުން އަހަރެން އޭނަ ހުއްޓުވީމެވެ.

“އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ. މީއަހަރެން ކުރިމަތިލާން ޖެހޭނެ ކަމެއް. މިކަމުގަ ގޮތް ނިންމާނީ އަހަރެން.” އާމިރުކައިރީ އަހަރެން ބުނީމެވެ. އާމިރު މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ހުއްޓަސް އޭނަ އިތުރަކަށް ވާހަކައެއް ނުދައްކައެވެ. އަހަރެން އަނެއްކާވެސް ފައިޒާންއަށް ސުވާލު ތަކުރާރު ކުރީމެވެ.

“އަހަރުމެންގެ ދަރިފުޅު ސަލާމަތްކޮށްދީ” މަޑުމަޑުން ދޮންތަ ބުނެލިއެވެ.

ދޮންތަ ބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނެވެ. ދޮންތަގެ ދަރިފުޅު އަހަރެން ސަލާމަތް ކުރާނީ ކިހިނެއް ހެއްޔެވެ. އެސުވާލު ކުރަން އަނގަހުޅުވާލި ވަގުތު ފައިޒާން ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެމެންގެ ދަރިފުޅު، އަލީޝާ. އޭނައަށް މިހާރު އެވީ 15 އަހަރު. މީގެ ދެދުވަސް ކުރިން އޭނަވަނީ ވަރަށް ބޮޑު އެކްސިޑެންޓެއް ވެފަ. އެކްސިޑެންޓްގެ ސަބަބުން އޭނަގެ ދެކިޑްނީއަށްވެސް ވަނީ ވަރަށް ބޮޑު ގެއްލުންތަކެއް ވެފަ. އޭނައަށް ކިޑްނީ ޑޯނަރ އެއް ލިބިގެން ނޫނީ އޭނަ ސަލާމަތް ވާކަށް ނެތް. އެކަމަކު ޑޯނަރ އެއް ހޯދަން ވަރަށް އުނދަގޫ. އަލީޝާގެ ލޭގެ ގްރޫޕް އަކީ އޭބީ ނެގެޓިވެ. އެ ބްލަޑް ގްރޫޕްގެ މީހުން މަދު އިރު ކްރޮސްމެޗް ހަދައިގެން އެއްވެސް މީހަކާ ދިމައެއް ނުވޭ.”

ފައިޒާން ދެއްކި ވާހަކަތަކުން އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އޭނައާއި ދޮންތަ ބޭނުންވަނީ ކޮންކަމެއްކަމާއި މެދު އަހަންނަށް ޝައްކު އުފެދުނެވެ. ޝައްކު ޔަޤީނަށް ބަދަލު ކުރުމަށް އަހަރެން ސުވާލުކުރީމެވެ.

“އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއް؟”

ދޮންތައާއި ދިމާލަށް ބަލާލާފައި ފައިޒާން ޖަވާބުދިނެވެ. “ޝާޔާ….އެއީ އަހަރެންގެވެސް ދަރިއެއްނު؟”

“ނޫން!! އެއީ އަހަރެންގެ ދަރިއެއް. ހަމައެކަނި އަހަރެންގެ ދަރިއެއް.” އަހަންނަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. “ކަލޭމެން ތިބޭނުން ވަނީ ކޮންކަމެއްކަންވެސް އަހަންނަށް އިނގޭ. ތިކަމެއް ނުވާނެ. ނިކުމޭ މިގެއިން. އަހަރެން މިހުރީ ވަރަށް ކެތް ކޮށްގެން. އަހަރެން ހުރީ ކަލޭމެން ދެމީހުންނަށް މާފްވެސް ކުރަން. އެކަމު އަހަރެންގެ ދަރިފުޅުގެ ނާޖާއިޒް ބޭނުން ކުރާކަށް އަހަރެން ހުއްދަ އެއް ނުދޭނަން.”

އަހަރެންގެ މުޅި ހަށިގަނޑު ރޫ ރޫ އަޅަމުން ދިޔައެވެ. މީހާ ހަމައަކަށް އެޅޭތޯ ވަރަށް މަސައްކަތް ކުރީމެވެ. އާމިރު އަހަރެންގެ އަތުގައި ހިފާލާފަ ފިތާނުލިނަމަ، ފައިޒާން މޫނުމަތީ އަހަންނަށް ޖެހޭނެކަން ކަށަވަރެވެ.

“ހަނދާންވޭތަ އަހަރެން ބަނޑުބޮޑުވި ކަން އިނގުނު ދުވަހު ކަލޭ ކައިރިއަށް ދިޔަ ހަނދާން؟” އަހަރެން ފައިޒާން އާއި ދިމާލަށް ބުނެލީމެވެ. “އެދުވަހު މަށާ ދިމާލަށް ކީކޭ ބުނީ؟ ތީ ހަރާން ދަރިއެކޭ. ތިމަންނަގެ ލެޔެއް ނޫނޭ. ދެން މިއަދު އަމިއްލަ ބޭނުމެއް އޮތީމަ ޝާޔާ ވީ ކަލޭގެ ލެޔަށް؟”

އަހަރެންގެ ބަސްތައް އިވި ދޮންތަ އިތުރަށް ގިސްލާ ރޯންފެށިއެވެ. އަހަރެންގެ ވާހަކަ ހުރިގޮތުން އެމީހުން ބޭނުންވާ ކަންތަކެއް ނުވާނެކަމުގެ އިހްސާސްވީކަހަލައެވެ.

“ނަތާ ޕްލީސް” ގިސްލަމުން ދޮންތަ ވާހަކަ ދެއްކިއެވެ. ” އަހަރުމެންނަށް ކުރެވުނު ކުށެއްގެ އަދަބު އެއްވެސް ކުށެއް ނެތް ކުއްޖަކަށް ނުދީ. ހެޔޮ ނުވާނެ އޭނަ ސަލާމަތް ކޮށްދީ. އެއީ ޝާޔާގެ ވެސް ކޮއްކޮ އެއްނު”

“ކީކޭ؟؟”

އަޑު އައި ދިމާލަށް އެންމެނަށް ބަލާލެވުނެވެ. ޝާޔާ ފެނުމުން އަހަރެންގެ ހިތް އަވަސްވާން ފެށިއެވެ. އޭނާއަށް އަޑު އިވުނީ ކިހާވަރަކަށް ބާއޭ ހިތަށް އެރިއެވެ.

“ދަރިފުޅާ-” ޝާޔާ އަށް އަހަރެން ގޮވާލުމުން ޝާޔާ އަހަރެން ހުއްޓުވިއެވެ.

“އަހަރެންގެ ކޮއްކޮ އޭ؟ ކޮން ވާހަކައެއް ތި ދައްކަނީ؟” ސުވާލުގެ ނަޒަރަކުން ޝާޔާ އެތާ ތިބި އެންމެނާ ދިމާލަށް ބަލާލިއެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭންގުނެވެ .ފަށާނެ ހިސާބެއް ނޭންގުނެވެ. ޝާޔާއަށް ހަޤީޤަތް ހާމަ ކުރާކަށް ބޭނުމެއް ނުވިއެވެ. އެކަމު އޭނަ ހިތުގަ ހުރި ސުވާލުތަކުގެ ޖަވާބު އޭނަ ހޯދާނެކަން އަހަންނަށް އެނގެއެވެ. އަހަރެން އާމިރުއާ ދިމާލަށް ބަލައިލުމުން އޭނާ ބޯ ޖަހާލިއެވެ. ޝާޔާ އަށް ހުރިހާ އެއްޗެއް ކިޔައިދޭންވީ ކަން އޭނަގެ އެ ހަރަކާތުން އަހަންނަށް  ފަހުމް ވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Luna

Level 110 Stories

Other Articles

Previous

ހުރީމެ ތިހިތުން ޖާގަ ދޭތޯ

Next

ތަޤުދީރު-20

Next
August 24, 2026

ތަޤުދީރު-20

Previews
August 24, 2026

ހުރީމެ ތިހިތުން ޖާގަ ދޭތޯ



All Right Reserved!