
ނޭންގި ވެވުނު ލޯބި 7

އެވަގު ދަބަހެއް އަޅުވައިގެން ގެއަށް ޒުވާނަކު ވަނެވެ. ގޭތެރޭގައި ތިބި އެންމެންގެ ނަޒަރު ގޮސް ހުއްޓުނީ ގޭގެ މައި ދޮތަށް ށެވެ. “އާންޓް އައިމް ބެކް” ޔުސްރާ އަށް ނިސްބަތް ކޮށް އެ ޒުވާނާ ބުނެލިއެވެ.
…..7 ވަނަބައި….
“ޒަކްވާން؟” ޔާނިއު އެ ޒުވާނާ އަށް ގޮވައިލިއެވެ. “ހޭއި ކަޒް” ހީލާފައި ޔާނިއު ގައިގައި ބައްދާލަމުން ޒަކްވާން ބުނެލިއެވެ. އަދި ޔޫލީން އަށް ބަލައިލިއެވެ. އެވަގުތު ޔޫލީން ކައިރީގައި ގުރި ނުދަންނަ ކުއްޖާ ފެނުނެވެ. “ޔޫލީ ތި ކާކު ޔޫލީ ކައިރީގަ” ޔޫލީން ބުނަން އަނގަ ހުޅުވާލިތަނުން ޔުސްރާ ކިޔާދިނެވެ. “މީ ރައިޝާ… ޔާނިއުގެ އަންހެނުން” ޔުސްރާ މިހެން ބުނުމުން ޒަކްވާން ސަލާމަށް ރައިޝާ އަށް އަތް ދިއްކޮއްލިއެވެ.
“ޔާން ނުވެސް ބުނަމެންނު މެރީ ކުރި ވާހަކައެއް، ކޮފީ ދޭން ޖެހޭނެ އިނގޭ” ޒަކްވާން ޔާނިއު ގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. “ދާންވީ ހަމަ” ޔާނިއު ހީލަމުން ބުނެލިއެވެ. ޔާނިއުގެ ހީލުން ފެނި ރައިޝާ އަށް ވެސް ހީލެވުނެވެ. މަހެއް ދުވަހު ކައިވެނި ކޮށްގެން އުޅުން އިރު ނުފެނުނު މަންޒަރެއް ފެނުމުން ރައިޝާގެ ތުންފަތުގައި މަޑު ހިނިތުންވުމެއް ފާހަގަ ވިއެވެ. ޒަކްވާން އާއި ޔާނިއު އޮލަ ވާހަކައިގައި ހުރެ ކާގެއަށް ވަނެވެ. ރައިޝާ އާއި ޔޫލީން އަދި ޔުސްރާ ވެސް ކާގެއަށް ވަނެވެ. ބިސްމިނުގެ ބަރަކާތުން އެންމެން ކާންފެށިއެވެ. ރައިޝާ އެންމެންގެ މޫނު މަތީގައި ވާ ހިނިތުން ވުމަށް ބަލައިލިއެވެ. “އެބަ އަންނަން” މިހެން ބުނފައި ރައިޝާ ޔޫލީން ގެ ކޮޓަރިއަށްދިޔައެވެ.
ޔޫލީން މި މަންޒަރު ފެނި ރައިޝާ ފަހަތުން ދިޔައެވެ. ޔާނިއު މޭޒު ދަށުގައި އަތް މުއްކަވާލިއެވެ. އަދި ޔާނިއުގެ ދެ ބުމަ ގޮށްޖަހައިލިއެވެ. ޒަކްވާން އަށް ޔާނިއުގެ މޫނުމައްޗަށް އާކުލަ ފެނިފައި ބޯ ހޫރާލިއެވެ.
“ރައި؟” ޔޫލީން ކޮޓަރިއަށް ވަންނަމުން ރައިޝާ އަށް ގޮވައިލިއެވެ. ރައިޝާގެ ކަރުނަވީ ދެލޯ ފެނި ޔޫލީން ރައިޝާ ގައިގައި ބައްދާލިއެވެ. “ރައި އާރ ޔޫ އޯކޭ؟ ކީއްވެ ތި ރޮނީ؟” ޔޫލީން އަހައިލިއެވެ. “ޔޫލީ އައިމް ނޮޓް ޔޫޒްޑް ޓު ދިސް… އަހަރެންގެ އާއިލާ ގަ އަހަންނަށް ބަލާނީ ބައްޕަ އާ ރައިލީ . މަންމަ އަހަރެން ކައިރީގައި ބުނެފަ އޮންނަނީ މަންމަމެން ކާ ނިމޭދެކަށް މަންމަ ކުރިމައްޗަށް ނާރަން” ގިސްލަމުން ރައިޝާ ޔޫލީން އަށް ކިޔާދިނެވެ. “އަޅޭ ރައި” ފެންކަޅި ވެފައި ހުރި ޔޫލީން ބުނެލިއެވެ.
އެރޭ 8 ޖަހާލިހާއިރު ރައިޝާ އާއި ޔާނިއު ކާރަށް އެރީ ގެއަށް ދިއުމަށްށެވެ. ކާރުތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. ގެއަށް ގޮސް ވަތް ޔާނިއު ދިޔައީ ބަދިގެއަށް ފެން ތައްޓެއް ބަލައެވެ. ރައިޝާ ބޫޓު ބާލާ ހަރަށް ލުމަށްފަހު އަމިއްލަ ކޮޓަރިއަށް ވަންނަން ހިނގާގަތެވެ. އެވަގުތު ޔާނިއު އައިސްފައި ހުރި ރުޅިން ރައިޝާ ކުރިމައްޗަށް ހިފައިގެން ހުރި ތަށި ތަޅާކިއެވެ. އަދި ދިޔަ ބާރު މިނުގައި ރައިޝާ ކޮލުގައި ހިފިއެވެ.
“ލަދުން ބޯ ހަލާކު!!!” ޔާނިއު އަޑު އިސް ކޮށްފައި ބުނެލިއެވެ. “އައްދޯތް .. ޔާނިއު ތަދުވޭ” ފެންކަޅިވެފައި ހުރި ރައިޝާ ރޮމުން ބުނެލިއެވެ. “މަގޭ ކައިރީގަ ތި އެކްޓު ކުރިއަސް ވޯކް އެއް ނުކުރާކެ.. ކަލޭ ތި އެކްޓު ގައްސަން ދާނީ ކަލޭ ގެ އަމަޔާ ބަފާ ކާރިއަށް” ޔާނިއު ރައިޝާ ކޮއްޕާލަމުން ބުނެލިއެވެ. ރައިޝާ ގޮސް ބިންމަތީގައި ޖެހުނު ވަގުތު ބިންމަތީގައި ހުރި ފުޅި ތޮއްޓެއް އަތަށް ވަނެވެ. “އާހް!!!!!!!” ރައިޝާ ވީ ތަދުން ރޮއެގަތެވެ. ޔާނިއު ރައިޝާ އަށް ބަލާނުލާ އޭނާގެ އަމިއްލަ ކޮޓަރިއަށް ދިޔައެވެ. ހިތް ފުރޭ ދެކަށް ރޮއެލުމަށްފަހު ފަސްޓް އެއިޑް ކިޓަ ނަގާ އަމިއްލަ އަތް ބެންޑޭޖް ކުރިއެވެ. އަދި ފުޅިތޮށިއަށް ސާފު ކުރިއެވެ. ރައިޝާ ކޮޓަރިއަށް ވަދެ އެއްޗިސް ބަދަލު ކޮށްލައިގެން އަރާ އޮށޯތެވެ. ރައިޝާ ރޯން އޮއްވާ ނިދުނެވެ.
ދަންވަރު 12 ޖެހީއެވެ. ޔާނިއު ރުޅި މަޑުވުމުން އޭނާގެ ކޮޓަރިން ނިކުތީ ފުޅިތޮށިތަށް ސާފު ކުރުމަށްށެވެ. ނަމަވެސް އެތަންކޮޅު އޮތީ ސާފި ކޮށްފައެވެ. ދެން ޔާނިއު ރައިޝާގެ ކޮޓަރީ ދޮރު ކުޑަކޮށް ހުޅުވާބަލައިލިއެވެ. އެވަގުތު ރައިޝާ އޮތީ ނިދީގެ ފުންކަނޑަށް ގެނބިފައެވެ. ޔާނިއު މަޑުމަޑުން އެތެރެއަށް ވަދެ ދޮރު ކައިރިކޮށްލިއެވެ. އަދި ރައިޝާ އަށް ބަލައިލިއެވެ. ކަރުނަތަށް ރައިޝާގެ ލޯ ކައިރީގައި ހިކިފަ ވެއެވެ. ޔާނިއުގެ ނަޒަރު ގޮސް ހުއްޓުނީ ރައިޝާގެ ބެންޑޭޖް ކޮއްފައި ވާ އަތައްށެވެ. މަޑުމަޑުން އެއްކަކޫ މައްޗަށް ތިރިވެފައި ރައިޝާ ގެ އެ އަތުގައި ޔާނިއު ހިފާލިއެވެ. އަނެއް އަތުން ރައިޝާގެ މޫނުގައި ފިރުމާލިއެވެ. “އައިމް ސޮރީ” ޔާނިއުގެ ލޮލުގެ ކަނުން ކަރުނަރިއްކެއް ވެއްޓުނެވެ. ރައިޝާގެ ބެންޑޭޖް ކޮށްފައި އޮތް އަތަށް ޔާނިއު ބޮސް ދިނެވެ. “އައިމް ސޯ ސޮރީ ރައި” ޔާނިއު ބުނެލިއެވެ.
އަނެއްދުވަހުގެ ހެނދުނެވެ. ރައިޝާ ތައްޔާރުވެގެން ނިކުތް ރައިޝާ ސިހިގެން ދިޔައީ ޔާނިއު ރައިޝާ އަށް ކޮފީ ތައްޓެއް ދިއްކޮށްލުމުންނެވެ. “ބޭނުން؟” އިހްސާސް އެއް ނެތް ފަދައިން ޔާނިއު އަހައިލިއެވެ. ޔާނިއު އަތުން ޖޯޑު ނެގުމަށް ފަހު ރައިޝާ މޭޒު ކައިރީގައި އިށީންނެވެ. ހެނދުނުގެ ނާސްތާ ދިޔައީ ވަރަށް ހަމަ ހިމޭނަ ކަމާއި އެކުގައެވެ.
ޔާނިއު ރައިޝާގެ ބެންޑޭޖް ކުރެވިފައި ވާ އަތަށް ބަލައިލިއެވެ. “ތަދުވޭތަ؟” ޔާނިއު އަހައިލިއެވެ. “ލައްބަ” ރައިޝާ އިސް ޖަހައިގެން ހުރެ ބުނެލިއެވެ. އަދި ޑިއުޓީ އަށް ދާން ތެދުވިއެވެ. “ލާދެން ދަންތަ؟” ޔާނިއު އަނެއްކާވެސް އަހާލިއެވެ. “އޯކޭ ޔޫލީ އެބަ އާދޭ އަހަރެން ބަލާ” މިހެން ބުނެ ރައިޝާ ގެއިން ނިކުތެވެ.
…………
ޔާނިއު އޮފީހަށް ގޮސް ވަނެވެ. ޔާނިއު ގޮސް އޭނާގެ ކެބިން އަށް ވަނެވެ. އިރުކޮޅެއް ނުވޭ ކަޔަން ޔާނިއުގެ ކެބިން ދޮރުފައި ޓަކި ޖެހިއެވެ. “ބްރޯ ކޮން ކޯޑް ބްލޫ އެއް ތަ؟” ކަޔަން ސޯފާ ގައި އިށީންނަމުން އަހައިލިއެވެ. “މަށަށް އަޅެ ކީއް މި ވަނީ؟” ޔާނިއު ގޮނޑީގައި ލެގިލަމުން އަހައިލިއެވެ. “ސުވާލަކަށް ސުވާލެއް ކުރީމަ ޖަވާބަކަށް ނުވޭނު…. ހޫން ކިހިނެތް ވަނީ އޯ؟ އިޝްޤުގަ ޖެހުނީ؟” ކަޔަން ސަމާސާއަކަށް އަހައިލިއެވެ. “ފާޑަކަށް، ރޭގަ މަގޭ އަތުން ރައިޝާ އަށް ހާޓް ވީ މަގޭ ހިތަށް ހާދަ ތަދު ވި އޭ… އެ ކީއްވެ؟” ޔާނިއު އަހާލިއެވެ. “ތި އޮތީ ލޯބީގެ ސިހުރުގަ ޖެހިފަ” ކަޔަން ޖެއްސުމީ ރާގަކަށް ބުނެލިއެވެ. “މަށަށް ގެޅެން އުޅޭނެ ކަމެއް ނެތް… ކަލޭ ރައިލީ އަށް ހިތްކީ ކިހިނަކުން ނޯ؟” ޔާނިއުވެސް ކަޔަން އަށް ޖެއްސުން ކުރަން ބުނެލިއެވެ. “ފުރަތަމަ ނަޒަރުން” ކަޔަން ގޮތުގަ ހިފާލިއެވެ. “އެވެސް ލޯބި ވެވޭ ގޮތެއްތަ؟” ޔާނިއު ސަމާސާ ރާގަކަށް ބުނެލިއެވެ. ދެ އެކުވެރިން ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށްފަހު ވަކިވިއެވެ.
………..
ކްލާސްތަށް ނިންމާފައި ސްޓާފް ރޫމް އަށްވަރް ރައިޝާ އަށް ޔޫލީން ފެނީ ހީލެވުނެވެ. “ރައި މައި ޑާލިންގް” ޔޫލީން ރައިޝާ ގައިގައި އޮޅުލާގަންނަމުން ބުނެލިއެވެ. “ކަނބުލޮ ކިހިނެތް ވީ” ރައިޝާ އަހައިލިއެވެ. “އެ ކަޔަން މަގޭ ގުޅީމަ ފޯނެއް ނުނަގައޭ” ޔޫލީން ޝަކުވާ ކޮށްލިއެވެ. “ސާބަސް އަލަތު ލޯބިވެރިޔާ ތަ އެއީ” ރައިޝާ ސަމާސާ ރާގަކަށް ބުނެލިއެވެ. “ހޫން އެޔެއް ނޫނޭ ….. މަގޭ އާންޓް އަކަށް ހަދަނީ ކޮން ޒަމާނަކުން” ޔޫލީން ގެ މި ބަސް ތަކުން ރައިޝާ ގެ މޫނުމަތިން ޖަންބު ކުލަ ފާޅު ވިއެވެ.
……….
އެރޭގެ ވަގުތެއްގައި ޔާނިއު އާއި ޒަކްވާން ގޮސް ލެމަންގްރާސް ރެސްޓޯރެންޓް އަށް ވަނެވެ. އެވަގުތު ވީ ރައިލީ ކަޔަންގެ މޫނަށް ފެންތަށި ޖަހާލާފައި ނިކުންނަން ހިނގާގަތް ވަގުތަށްށެވެ. ޒަކްވާން އަށް އިސާހިތަކު ރައިލީގެ އަތުގައި ހިފުނެވެ. ޔާނިއު ޒަކްވާން އަށް ބަލާލާފައި ކަޔަން ކައިރިއަށް ދިޔައެވެ. ޒަކްވާން ރައިލީއަށް ބަލާލިއެވެ. “ރަލް އައި ފައުންޑް ޔޫ” ޒަކްވާން ބުނެލިއެވެ. “ޒެކް؟” ރައިލީގެ ޒަކްވާން އަށް ގޮވައިލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (6)
Comments are closed.
awww he is finally falling for her??? can u make it a little longer and thankolheh avahah submit kohfaanantha ?????plzplzplzplzplzzz anyway,love this part too lysm and when nexttt
I will try… Thank you for ur support
Omggggg finally he is falling in love with her ❤️
And I wish they have a baby u no a girl baby👩
Thay look so cute together 😘 and his anger just wow
Anyway Mi part vrh vrh reeeeeethi Akamaku make the story a bit longer
And more romantic 😝
CURIOUSLY waiting for the next part
Lysm Tc ✨🥀
Omggggg finally he is falling in love with her ❤️
And I wish they have a baby u no a girl baby👩
Thay look so cute together 😘 and his anger just wow
Anyway Mi part vrh vrh reethi AKAMAKU make the story a bit longer
And more romantic 😝
CURIOUSLY waiting for the next part
Lysm Tc ✨🥀
aint no way yall romanticizing abusive guys come on do better
These comments genuinely have me concerned for what you guys consider an actual healthy and romantic relationship