Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުން

އަހަރެން…..

bodufaafu Level 1
August 23, 2026 5 Mins Read
0 Comments

އިރުގެ ދޯދިތައް އުޑު މައްޗަށް ފެތުރެމުން ދިޔަ ހެދުނުގެ ފިނި ފިނި ވަގުތެއްވެ. ނިދީގައި ވިޔަސް އަހަންނަށް ހޭލަން މަޖުބޫރުވީ ހުއްޓުމެއް ނެތި އިވެމުން ދިޔަ ފޯނުގެ އެލާމަށް އިތުރަށް ނިދަން އުނދަގޫ ވުމުންނެވެ. ކަންނެތް ގޮތަކަށް މޯޅި އަކަށް ދެމިލަމުން އަހަރެން އެނދުން ތެދުވެ ޑިއުޓީއަށް ދާން ތައްޔާރު ވާން ފެށީމެވެ. އަވަސް ފިޔަވަޅު ތަކަކާ އެކު ތައްޔާރު ވެވުނުހާ އަވަހަށް އަހަރެން އަވަސް ވެގަތީ ބަހަށް ލަސްވާން ފެށުމުންނެވެ.

ބަސް ސްޓޮޕަށް ހުއްޓުނު ހެނެއް ހިޔެއް ނުވެއެވެ. ބަސް އައިސް ހުއްޓުނީ އަހަރެންގެ ކުރިމަތީގައެވެ. ބަހަށް އަރާ ހުސްކޮން އިން ގޮޑިއެއް ބަލާ ކުޑަ ދޮރާ ވީ ގޮޑީގައި އިށީންދެ ހަމަ ޖެހިލާ ނަޒަރު ކުޑަ ދޮރުން
ބޭރަށް ހިންގާލި ވަގުތު ފެނުނު މަންޒަރަކުން އަހަރެންގެ މޫނުމައްޗަ ހިނުތުން ވުމެއް އައިސް ހަމަ އެއްވަގުތު އެ ހިނިތުންވުން އުދާސްކަމަށް ބަދަލުވީ އުޑުމަތި ރީތިކޮށް އަވި ދެމުން ދިޔަ ދުވަހެއްގައި ކުއްލިޔާކުން ވިލާގަނޑެއް އައިސް އުޑުމަތި ބަނަވެ ކަޅު އަނދިރި ކޮށްލާހާ އަވަހަށެވެ. މާޒީގެ ދުވަސްތައް އަންބުރާ އައިސްފިއެވެ. ބަސް އޭގެ މަންޒިލަށް ދަތުރު ނައްޓާލި އިރު އަހަރެންގެ ފިކުރު އަހަރެންގެ މާޒީގެ ދުވަސްތަކަށް ގޮސް އަހަރެން އިނީ ގެއްލިފައެވެ.
ކުރިމަތިގައި ޅަފަތުގެ ދުވަސްތައް ހޭދަ ކުރަމުން ދިޔަ ލޯބި ލޯބި ހަތަރު ފަސް އަހަރަށް ދާ ކުޑަ ކުޑަ އަންހެން ކުއްޖަކު އޭނާގެ އާއިލާއާއެކު ވަގުތު ހޭދަކުރާ ތަން ފެނި އަހަރެން އަހަރެންގެ މާޒީއަށް ނުގޮސް ނުހުރެވުނީއެވެ. އޭރުގެ ފޮނި ހަދާންތައް އަހަރެންގެ ހަދާނަށް އަންނަމުން ދިޔައީ ބުހުގެ ދުވެލި ދުއްވަމުން ދިޔަހާ ބާރައްށެވެ.

……………..
އަހަރެންގެ އުމުރުން އޭރު ހަތަރު ފަސް ވަރަކަށް އަހަރެވެ. އެރޭ އަހަރެންހާ އުފަލުގައި އުޅޭނެ އެހެން ކުއްޖަކު އަހަރެންގެ ރަށުގައި އުޅޭނެ ހެނެއް ހިޔެއް ނުވެއެވެ.
އެރޭ އަހަރެނަކީ ދެމަ ފިރިއެއްގެ ހުރި ހަމަ އެއްކަނި ދަރިއެވެ. އަހަރެންގެ މަންމަގެ މަންމައަށް މާމާ ކިޔާ އެންމެ ފުރަތަމަ މާމާ ދަރި އަކީ ވެސް އަހައްނެވެ. އަދި އަހަރެން އުޅެމުން ދިޔަ ގޭގެ އަހަރެންގެ ބޮޑުބޭބެގެ 7 ކުދިންގެ ތެރެއިން ވެސް ކުޑަ އަހަށް ހުރީ، އަދި މުޅި އަވަށުގައި ވެސް ހުރި އެންމެ ކުޑަ އަދި ހުރި ހަމަ އެއްކަނި އަންހެން ކުއްޖަކީ ވެސް އަހައްނެވެ.
މި ބުނި އެއްޗެއް އިތުރަށް ތަފްސީލުކޮށްލަ ދޭނަމެވެ. އެންމެންގެ ލޯބި އަހަރެންނަށް ލިބުނީ ބަޔާންކުރަން ވެސް ދަތި ހާ ބޮޑަށެވެ. އަހަރެންގެ ހުރިހާ އެދުންތަކެއް ފުރިހަމަކޮށްދެއެވެ. ބޭނުން އެއްޗެއް ކައިގެން ބޭނުން ގޮތަކަށް ބޭނުން ވާހާ އެއްޗެއް އަހަރެންނަށް ލިބެއެވެ.
މިހާރުގެ ބަހުން ބުނާނަމަ ސްޕޮއިލްޑް ކިޑެކެވެ. އަހަރެންނަށް ކިރިޔާ ކަމެއް ވިޔަސް މުޅި އަވަށް އެންމެން އެލާޓް ވާނެއެވެ. ވަޒީފާއަށް ދުރު ރަށްރަށުގައި އުޅޭ އަވައްޓެރިން ވެސް ޗުއްޓީއަށް ރަށަށް އަންނަ އިރު އަބަދުވެސް އަހަރެންނަށް ހަދިޔާ ގެނަސްދީ ހަދައެވެ. އަމިއްލަ ގެއަށް ނުގޮސް ފުރަތަމަ އަންނާނީ އަހަރެން ހޯދާށެވެ. އަވައްޓެރި ގެއެއްގެ މީހަކު އުފަންދުވަސް ފާހަގަކުރިޔަސް އަހަރެން ނެތި ކޭކް ވެސް ނުފަޅާނެއެވެ.
އަހަރެން މީ އަމިއްލަ ދަރިއެއް ހެން އެންމެންވެސް އަހަރެން ބަލާ ބޮޑުކުރަމުން ދިޔަ އިރު އަވައްޓެރިން ކަމަކު އަހަރެން ވެސް އެ އެންމެން ދެކެމުން އައީ އަމިއްލަ ގޭމީހުން ގެ ނަޒަރުގައެވެ.
މިއީ އަހަރެން ހަދާން ހުންނަ ކަންކަމެވެ. މި އުފާވެރި ދިރިއުޅުން ބަދަލު ވާން ފެށީ ކީއްވެ ކިހިނެއް ކަމެއް އެރޭ އަހަރެންގެ ކުޑަ ކުޑަ ސިކުންޑި އައް ނުވިސްނުނަސް، މިއަދު އަހަރެންނަށް އެކަންކަން ވިސްނެއެވެ.

އެ ދިރިއުޅުން ބަދަލުވާން ފެށީ 3 އަހަރު ފަހުނެވެ. އަހައްނަށް ނުވިސްނުނީ ދުނިޔެ ދައުރުވަމުން ދާހާ ވަރަކަށް ދުނިޔޭގެ އިންސާނުން ވެސް ބަދަލުވެ، އެއްމީހެއްގެ ދިރިއުޅުމުގައި އެއްމީހަކަށް މުހިންމު ކަންކަން ވެސް ބަދަލުވާނެ ކަމެވެ. އެއީ ދުނިޔޭގެ އުސޫލެވެ. އެއީ މި ދުނިޔޭގައި ކަންކަން އޮތްގޮތެވެ.
ނަމަވެސް އޭރު އަހަރެންގެ ޅަސިކުންޑިޔަށް މި ކަން ވިސްނިފައެއް ނެތެވެ.
އަހަރެންގެ ނަޒަރުގައި އަހަރެން ބާކީ ކޮށްލީ އެވެ. އަހަރެންދެކެ މީހުން ލޯބިނުވަނީއެވެ. އެމީހުންގެ ދިރިއުޅުމުގައި ކަންތައްތައް ބަދަލުވެއްޖެއެވެ. އެމީހުންނަށް ދަރިން ލިބި، މީހުންނާ އިންދެ އެމީހުންގެ ދިރިއުޅުމަށް އަހަރެންގެ ބަދަލަށް މީހަކު އައިއެވެ.
އޭރު އަހަރެން މި ކަމާ ދެރަވިޔަސް އަޅާނުލާ ހުރީ އޭރު ވެސް އަހަރެންގެ މަންމަ އަހައްނަށް ލޯބިދީ އަޅާލާ ހަދާތީއެވެ.
އަހަރެން ދިރިއުޅުމުގެ ދުވަސްތައް ފަހުން ހޭދަކުރަން ފެށީ މަންމަ އާއި އެކުއެވެ. އުފާވެރި ދުވަސްތަކެއް އައިލާއަށް އެކުން އޭރު އަހަރެން ހޭދަކުރަމުން ދިޔަ އީމެވެ. އަހަރެން ހީކުރީ ދުނިޔޭގައި އެހެން އެންމެން ބަދަލުވިޔަސް، އަހަރެންގެ އައިލާ ބަދަލުނުވާނެ ކަމުގައެވެ. އަބަދުވެސް އެންމެންގެ ބޭބީގެ ގޮތުގައި އަހަރެން ހުންނަން ބޭނުންވީއެވެ.
ބޮޑު ބޭބެގެ 7 ދަރިން އަކީ އަހައްނަށް އެއްބަންޑުއެއްބަފާ ކުދިން ކަހަލަ ބަޔެކެވެ. ކުޑަ އިރުން ފެށިގެން އުޅެ ބޮޑުވީ އެ ގޭގައެވެ. އަހަރެންގެ ހުރިހާ ހަރަދަކާއި ހުރިހާ އެއްޗެއް ބަލައި ދިނީ އަހަރެންގެ ބޮޑު ބޭބެއެވެ. އޭނާ އަކީ އަހައްނަށް ބައްޕައެއް ކަހަލަ މީހެކެވެ.
އަމިއްލަ މައިންބައްފައިން ނައްބުރެ ވެސް ބޮޑުބޭބެ ދެކެ އަހަރެން ލޯބިވީމެވެ. އެ ދެމަފިރިން ވެސް އަހަރެން ގެންގުޅުނީ އެ ދެމަފިރިންގެ 8 ވަނަ ދަރީގެ ގޮތުގައެވެ. އެހާ ލޯބި ދީގެން އެވެ.އުފާވެރި ދުވަސްތަކެއް އައިލާއާ އެކު އޭރު އަހަރެން ހޭދަކުރަމުން ދިޔައިރު، އަހަރެންގެ ދިރިއުޅުން ބަދަލުވީ އަހަރެން އުމުރުން އެންމެ 8 އަހަރުގައެވެ.

އުމުރުން 8 އަހަރުގައި އަހައްނަށް އަހަރެންގެ ފުރަތަމަ ކޮއްކޮ ލިބުނެވެ. އަހަރެންގެ އެއްބަނޑުއެއްބަފާ ފުރަތަމަ ކުއްޖާއެވެ. ލޯބި ލޯބި ކުޑަ ފިރިހެން ކުއްޖެކެވެ. ނަމަކީ ލިޔާން އެވެ. އުފާވެރި ދުވަސް ތަކަކައް ފަހު އުފާވެރި ކަން ނެތިދިޔައީ ދެތިން ހަފްތާ ތެރޭގައެވެ.
މަންމަ ގެޔަށް ދޫކޮށްލިތާ ހަފްތާއެއްވެސް ނުވާނެއެވެ. އަހަރެންނަށް މަންމަގެ ފަރާތުން ބަދަލުތައް ފެންނަން ފަށައިފިއެވެ. ސްކޫލް ނިންމާފައި އަހަރެން ލިޔާންއާ އެކުން ކުޅެން އުކުނަސް މަންމަ ރުޅި އަންނާނެއެވެ. ލިޔާން އުރާލަންވެސް ނުދޭތީ އަބަދު އަހަރެން ޝަކުވާ ކުރަމެވެ. މިގޮތަށް ޝަކުވާ ކުރަން ފެށުމުން ފަހަށް ފަހަށް އައިސްފައި ހުންނަނީ މަންމަ ކޮޓަރީ ދޮރު ތަޅުލާފައެވެ. ހުޅުވަން ބުނެ ދޮރުގައި ތެޅިޔަސް ނުހުޅުވާނެއެވެ. މިކަން އަހަރެންގެ ބޮޑު ދައިތައް ފާހަގަ ކުރެވުނެވެ. އޭނާ ބުނީ ކެއްކޮއްލުމަށެވެ. އަދި ރަނގަޅު ވާނެ ކަމުގައެވެ. ނަމަވެސް ކަންކަން ވީ ގޯހެވެ. އޭގެ ދެތިން ހަފްތާ ފަހުން މަންމަ ބޮޑު ދައިތަ ކައިރިން އެދިގެން އަހަރެން އެހެން ކޮޓަރި އަކަށް ބަދަލުކުރިއެވެ. ބޮޑު ދައިތައް އިތުރު އެއްޗެއް ނުބުނެ އަހަރެންނަށް ވަކިން އެއްކަނި ކޮޓަރި އެއް ދިނެވެ. އަހަރެންނައް އެއްކަނި އޮވެ ނުނިދެއެވެ. އެތައް ރެޔަކު ރޮއި އާދޭސް ކުރަމެވެ. މަންމަ އެ އެއްފަހަރުވެސް އަހަރެންގެ ކޮޓަރިއައް ވަދެ ނުލާނެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ލިޔާންވެސް ހިނގާ އުމުރަށް އެޅުނީއެވެ. އެ އުމުރުގައި ކުޑަ ކުދިން ވެއްޓި އެތައް އަނިޔާއެއް ލިބޭނެއެވެ. ނަމަވެސް މަންމަގެ ނަޒަރުގައި އެއީ ހުސް އަހަރެންދޭ އަނިޔާއެވެ. އަހަރެން ގަސްތުގައި ދޭ އަނިޔާ އެވެ. އަހަރެން އެއްޗެއް ނުބުނަމެއެވެ. ލިޔާން ބޮޑުވެ ވާހަކަ ދެކެވެންފެށިއެވެ. މަންމަ ލޯބިން ދަރިފުޅާއޭ ކިޔާ ލިޔާންއަށް ވާހަކަ ދައްކާ ތަން ބަލާ އަހަރެން ކޮންމެ ދުވަހަކު ދުރުގައި ހުންނަމެވެ. މަންމަ އަހައްނާ އެއްކޮން ދުރުވެއްޖެއެވެ. ކުރީގައި ގަވާއިދުން އަހަރެންގެ ސްކޫލަށް ލާން ބަލާ ގޮސް ސްކޫލްގެ ކަންކަމުގައި އަހައްނަށް އެހީތެރި ވެ ހަދާ އެ މަންމަ މިހާރު އެކަން ކުރުންވެސް ހުއްޓާލައިފިއެވެ. ސަބަބަކީ ލިޔާން އެވެ. ލިޔާންގެ ސްކޫލްގެ ހުރިހާ ކަމަކަށް މަންމަ ބަރާބަރަށް ދެއެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް ގަބޫލު ކުރަން އަހަރެން މަޖުބޫރުވެއްޖެއެވެ. އެއް އިރެއްގައި އެންމެން އަހަރެން ދެކެ ލޯބިވިޔަސް މީހުން ބަދަލުވަމުން ބަދަލުވަމުން އެންމެ ފަހުން މަންމަ ވެސް ބަދަލުވީއެވެ. އޭރު އަހައްނަށް ލިޔާން ކުއްވެރި ކުރެވުނެވެ. އަހަރެން ލިޔާން ދެކެ ރުޅި އަންނަން ފެށުނެވެ. އަހައްނަށް ގަބޫލު ކުރެވުނީ ލިޔާން ގަސްތުގައި އަހައްނާއި އަހަރެންގެ މަންމަ ދުރު ކުރީ ކަމަށެވެ. ނަމަވެސް ލިޔާން އެއީ ކުޑަ ކުއްޖެކެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރުތައް ފާއިތުވެއްޖެއެވެ. އަހަރެން އުމުރުން 12 އަހަރެވެ. ލިޔާން ވެސް ސްކޫލުގައި އުޅެމުން ދިޔައެވެ. މަންމަ އަހަރެންގެ ކަމަކާ ނުވިޔަސް ލިޔާންގެ ހުރިހާ ކަމެއް ފުރިހަމަކޮށްދެއެވެ. މަންމަ އަހައްނާ އަންގައިން ބުނާނީ ކަންކަމައް ހަޅޭލެވުމައްސެވެ. ނޫނީ އަޅާވެސް ނުލާނެއެވެ. ކައިގެން ތޯވެސް ބަލާ ނުލާނެއެވެ. ބަލިވިޔަސް ބުނާނީ އެކްޓް ޖައްސަނީ ކަމުގައެވެ. މިގޮތުގައި އަހަރެން ގްރޭޑް 10 ނިމާލީމެވެ. ސްކޫލްގެ ފަހު އަހަރުތަކުގައި އަހަރެން ގޭގެ ހުރިހާ މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެއެވެ. ގޭގައި ޖެހޭ މައްސަލަތަކުގެ ޒިންމާ ނަގާނެ މީހަކު ނުވާނެއެވެ. ކޮންމެ މީހަކަށްވެސް އަހަރެން ބޯލަށް އަޖަހާލާފައި ދާނީއެވެ. އަޅެ، އަހަރެން ވެސް މީ ދަރިއެއް ނޫންހެއްޔެ؟ ޖެހުނީ ކޮން މައްސަލައެއް ކަމެއްވެސް އޭރު އަހަރެންނަކަށް ނޭގެއެވެ. އަހަރެން ބެލި އަވަހަށް އެ ދިރިއުޅުމުން ދުރައް ދެވޭ ތޯ އެވެ. އަހައްނަކަށް ކެއް ނުވާނެކަން އިންގޭތީއެވެ.
10 ނިމުނު ގޮތަށް އަހަރެން މާލެ އައީމެވެ. ވަޒީފާއެއް ލިބޭ ތޯ އެވެ. އަހަރެން މާލެ އައި އަހަރު މަންމައަށް މާލެއިން ފްލެޓެއް ލިބިއްޖެއެވެ. މަންމަ އާއި ބައްޕަ ލިޔާން ގޮވާގެން މާލެ ބަދަލުވެއްޖެއެވެ. މަންމަގެ އެއްދުމަށް އަހަރެން މަންމަ ކައިރިގައި އުޅެމް ފެށީމެވެ. ގޭގެ ހަރަދުތަކުގައިވެސް އުމުރުން 16 އަހަރުގައި ހިފީމެވެ. އެއީ މަޖުބޫރުންއެވެ. ބައްޕައެއް ހުއްޓަސް އޭނާ އެއީ ނެތް މީހެއް ކަހަލައެވެ. ވަޒީފާއެއްގައި ހަރުލަނީ އެ ނޫނެވެ. ބޮޑު ބޭބެގެ ހަރަދުގައި މިޔޮއް ހުރިހާ ދުވަހު އުޚެފައި މިހާރު އަހަރެންގެ ހަރަދުގައި އުޅެން ފެށީއެވެ. މިކަމާ އަހަރެން ދެތިން އެއްޗެއް ބުނުމުން ވަޒީފާއެއް ހޯދައިފިއެވެ. މި އަދި ފެށުނީއެވެ. އަހަރެން ހީކުރީ މަންމަ މާލެ ބަދަލު ވާން ނިންމީ ފްލެޓެ ލިބުނީމާ ކަމަށެވެ. ކަންތައް ވީ އެހެނެއް ނޫނެވެ.
އަހައްނަށް ނޭގެ 10 ގައި އުޅެމުން ޖެހުނު މައްސަލަ ހައްލުވެއްޖެއެވެ. މައްސަލައަކީ ގޭގައި ރުފިޔާ މަދުވުމެވެ. އަހަރެން މާލެ ބަދަލުވި ތަނުން ހަގީގަތުގައި އިންގުނީއެވެ. ބޮޑު ބޭބެގެ ގެއިން ބައްޕަ ވަނީ 90 ހާސް ރުފިޔާ ނަގާފައެވެ. މަންމަ މާލެ ބަދަލު ވާން ނިންމީ އެ ގޭގައި އުޅެން ނުކެރިގެންއެވެ. އުޅޭކަށް ނުކެރެނެ އެއް ނޫންހެއްޔެ؟
މަންމަ އާއި ބައްޕަ ކައިވެނި ކުރި ދެ އާއިލާގެ ވެސް ނުރުހުމުގައެވެ. މާލެގައި ކިޔަވަން އުޅެމުން ދެމީހުން ދިމާވެގެން ހަމަ 10އެއް ނިމުނު ތަނުން އާއިލާއަށް ވަގަށް ކައިވެނި ކޮށް ބައްޕަ މަންމަ ގޮވާގެން ރަށަށް ފުރީއެވެ. ރަށަށް ގޮސް ރަށު ބަންދަރުގައި މަންމަ 6 ގަޑީރު ވައްނާނެ ގެޔެއް ނެތިފައި އިން ހަބަރު ބޮޑު ބޭބެއަށް އިންގި ގެން ބޮޑު ބޭބެގެ ގެއިން އެ ދެމަފިރިންނަށް ތަން ދެއްކީ ލޯތްބާއި ކުލުނާ އެކުއެވެ. ނަމަވެސް އެ ބޮޑު ބޭބެގެ ގައިގައި ކޮޅުފައިން ޖަހާ އޭނާގެ ލާރިން ވަކަން ކޮށްލީއެވެ.
މި ހުރިހާ ކަމެއް ވީ އިރުވެސް މަންމަ މާލެ ބަދަލުވި ދުވަހު އެ ދެމަފިރިން ނުދިޔުމަށް އެދި ރޮއި އާދޭސް ކުރިއެވެ. ނަމަވެސް ގަތް ލަދެއްގެ ބޮޑު ކަމުން އެ ގޭގައި އުޅެން ނުކެރިގެން މަންމަ މާލެ ބަދަލުވީއެވެ. މާލެ އައިސް 3 މަސް ފަހުން ބައްޕަ ވަޒީފާއަކަށް ދާން ފަށާފިއެވެ. އެ ތިން މަހުގައި އުޅުނީ އަހަރެންގެ ހަރަދުގައެވެ. ކަންކަން ކުޑަކޮށްވެސް ރަނގަޅުވީ ކަމަށް އުންމީދު ކުރެވެން ފެށި ތަނުން އަނެއްކާ އަނެއްގަނޑެއް ބައްޕަ ގެނެފިއެވެ. މިބުރު ރަނގަޅު ވަޒީފާއަކަށް ދެވުމުން ބައްޕަ ބޭނުންވީ ދެ އަބިންނާ އިންނާށެވެ…..

…………………

ދާން އޮތް މަންޒިލައް ބަސް އައިސް ހުހްޓުމުން އަހަރެން މާޒީގެ ތެރެއިން ނިކުމެ ބަހުން ފޭބޭތޯ އަވަސް ވެގަތީމެވެ.

ނުނިމޭ…

ި

Share Article

Follow Me Written By

bodufaafu

Level 1

Other Articles

Previous

ވައިސޫރަ

Next

ހިޔަނިހެން 12

Next
August 23, 2026

ހިޔަނިހެން 12

Previews
August 23, 2026

ވައިސޫރަ



All Right Reserved!