އިރުގެ ދޯދިތައް އުޑު މައްޗަށް ފެތުރެމުން ދިޔަ ހެދުނުގެ ފިނި ފިނި ވަގުތެއްވެ. ނިދީގައި ވިޔަސް އަހަންނަށް ހޭލަން މަޖުބޫރުވީ ހުއްޓުމެއް ނެތި އިވެމުން ދިޔަ ފޯނުގެ އެލާމަށް އިތުރަށް ނިދަން އުނދަގޫ ވުމުންނެވެ. ކަންނެތް ގޮތަކަށް މޯޅި އަކަށް ދެމިލަމުން އަހަރެން އެނދުން ތެދުވެ ޑިއުޓީއަށް ދާން ތައްޔާރު ވާން ފެށީމެވެ. އަވަސް ފިޔަވަޅު ތަކަކާ އެކު ތައްޔާރު ވެވުނުހާ އަވަހަށް އަހަރެން އަވަސް ވެގަތީ ބަހަށް ލަސްވާން ފެށުމުންނެވެ. ބަސް ސްޓޮޕަށް ހުއްޓުނު ހެނެއް […]