Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް .. 14 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
May 9, 2016 12 Mins Read
21 Comments

އެދެލޮލުން އަހަރެންނަށް ފެންނަން ހުރީ ބިރުވެރިކަމާއި އެކަނިވެރިކަމެވެ. އަހަރެން އެހުރިހާ އިރަކު އައިސްފައިވާ ރުޅި ނާސިރުގެ ދެލޯ ފެނުމުން ފިނިވެގެން ދިޔައެވެ. “އަހަރުމެންނަށް ލިބިފައި އޮތީ ވަރަށް ކުޑަ ވަގުތު ކޮޅެއް..” އައިރް އެހެން ބުނެލިއެވެ. އަހަރެން ނާސިރުގެ ކުރި މައްޗަށް ހުއްޓިލީމެވެ.

“ނާސިރުގެ އެދުމުގެ މަތިން އަހަރެން މިހުރީ އައިސް” އަހަރެން ހުއްޓުމުން ނާސިރު އިސްޖެހިއެވެ. އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު އެހެން އިނުމުން އަހަރެން ވާހަކަ ދެއްކީމެވެ. ނަމަވެސް ނާސިރު އިސްއުފުލާ ބަލާވެސް ނުލިއެވެ. “ނާސިރު ވާހަކަ ދައްކަންވެގެން އަހަރެން މިއައީ.. ކޮން ވާހަކައެއްތަ ދައްކަން ބޭނުންވަނީ” އަހަރެން އެހެން ބުނުމުންވެސް އެއްޗެކޭ ނުބުނުމުން އަހަރެން ހިތްހަމަނުޖެހޭގޮތް ވިއެވެ. އޭނަ ބުނެގެން އަހަރެން މިތަނަށް އައީމަ ވާހަކަ ނުދައްކާ އިނުން އެއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ. ވާހަކައެއް ދައްކަން ނުކެރުނު ތާގައި އަހަރެންނާއި ދިމާލަށް ބަލާލަންވެސް އޭނައަކަށް ނުކެރުނެވެ. އޭނަ އެހާ ބޮޑަށް ލަދުގަންނަވީ ކޮންކަމަކާ ހެއްޔެވެ. ފޮރުވައިގެން އެ އުޅެނީ ކޮން ‘ގިލްޓް’ އެއް ހެއްޔެވެ. އަހަރެން އެތަނުގައި ފަނަރަ ވަރަކަށް މިނެޓް މަޑުކުރީމެވެ. ނަމަވެސް ނާސިރު އަނގައިން ‘ޗުއްޕު’ ވެސް ނުބުންޏެވެ. އަހަރެން ބަލާލީ އައިރްއާއި ދިމާލަށެވެ. އަދި ލޮލުން އެއްޗެކޭ ބުނުމަށް އެދުނީމެވެ. “ލުކް ނާސިރު.. އާސީން މިތަނަށް އެއައީ ނާސިރު އެކަމަށް އެދުނީމަ.. އަހަރެންނަށް ފުލުސް އޮފީހުން ނާސިރު މިތަނަށް ގެނެވުނީވެސް ވަރަށް މަސައްކަތުން.. ވާހަކަ ދައްކަން ބޭނުންނަމަ ވާހަކަ ދައްކާ.. އެއީ ދެން މިގޮތަށް އެހެން ފުރުސަތެއް ނާސިރުއަކަށްވެސް އަދި އަހަރެންނަކަށްވެސް ނުލިބެނޭތީ..” އައިރް ނާސިރު ކައިރިއަށް ޖެހިލިއެވެ. ނަމަވެސް ނާސިރުއަށް އެއްވެސް ބަދަލުވުމެއް ނައެވެ.

އަހަރެން ދޮންބެއާއި ދިމާލަށް ބަލާލީމެވެ. “އޯކޭ.. ދެން އޭނަ ވާހަކަ ނުދައްކަންޏާމު މިތަނުގައި އަހަރުމެން ތިބުމުގެ ބޭނުމެއް ނެއްތާ ދޯ.. އެހެންވީމަ ދެން އަހަރެންދަނީ..” އަހަރެން އައިރްއާއި ދިމާލަށް ބަލާލަމުން އެހެން ބުނެލީމެވެ. އަދި ދޮންބެއާއި ދިމާލަށް ބަލާލަމުން އެތަނުން ބޭރަށް ނިކުންނަން ހިގައިގަތީމެވެ. “އަހަރެންގެ ދަރިފުޅު” އަހަރެންގެ ފިޔަވަޅުތައް ހުއްޓުން އެރީ އެގޭގެ ދޮރާއި ހިސާބަށް ދިޔަތަނުން ނާސިރުގެ އަޑު އިވުމުންނެވެ. އަހަރެން އެބުރި ބަލާލީމެވެ. އޭރު ނާސިރުގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. “އަހަރެންގެ ދަރިފުޅު މަރްޔަމް ނަޝްފާ.. މާލެއައި އުމުރުން އެންމެ ފަނަރަ އަހަރުގައި” ނާސިރު ވާހަކަ ފެށިއެވެ. އަހަރެން ނާސިރުއާއި ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ. “އެންމެ ފަނަރައަހަރުގައި.. އަހަރެންނާއި އަހަރެންގެ އަންހެނުން ނަޝްފާ މިކޮޅަށް ފޮނުވީ.. ކިޔައިވައިދޭން.. ރަށު ސްކޫލުން ކިޔެވެން ހުރި އެންމެ މޮޅަކަށް ކިޔައިވަައިދީފައި… އަހަރެންނަކީ އާދައިގެ މަސްވެރިއެއް.. އަހަރެންގެ އަންހެނުންނަކީ ހީވަގި އަތްބެއް.. އަހަރުމެންގެ ހުންނަ ހަމައެކަނި ދަރިއަކީ އެއީ.. ނުލާހިކު ލޯބިން އެންމެ ކުޑައިރުއްސުރެއް އަހަރުމެން ނަޝްފާ ބަލާބޮޑު ކުރީ.. އަންހެނުންނަކީ ގޭގައި އިދެގެން ކިއްލިވިއްކުމާއި، ހެދިކާ ހެދުމާއި، ފަންގި ވިނުމާއި އެކަހަލަ ހުރިހާ ކަމެއް އެނގޭ މީހެއް.. އަދި އޭގެ އިތުރަށް އަހަރެން މަހަށް ގޮސްފައި ގެންނަ މަސްކޮޅު ކައްކައިގެން ރިހާކުރު ހެދައިގެން ވިއްކުން އެއީ އަހަރެންގެ އަންހެނުން ކުރާ ކަންތައް.. އަހަރުމެންނަށް ލިބޭ އާމްދަނީއިން ދަރިފުޅުގެ ކިޔެވުމުގެ ހުރިހާ ހަރަދެއްކޮށްފައި ކިރިޔާ އަހަރުމެންނަށް ހަމަޖެހިލެވެނީ.. އެކަމަކު ދުވަހަކުވެސް އަހަރުމެން ނުއިންނާނެ މީހެއް ކައިރީގައި ލާރިއަށް ކިޔާފައެއް.. ނަމާދު ކުރުމާއި ހުރިހާ އަޅުކަމެއް އަހަރުމެން ކުރަން.. އަދި ނަޝްފާއަށްވެސް އެހުރިހާ ކަމެއް ދަސްކޮށްދިނިން” ނާސިރުގެ ދެލޮލުގައި ޖަމާވަމުން ދިޔަ ކަރުނަތައް މަޑުމަޑުން އޮހިގަތެވެ.

އަހަރެން މަޑުމަޑުން ހިގާފައި ގޮސް ނާސިރުގެ ކުރިމަތީގައި ހުރި ކުޑަ މޭޒު މަތީގައި އިށީދެލީމެވެ. ދޮންބެވެސް އަހަރެންގެ ފަހަތުގައި އިށީދެލިއެވެ. އައިރް ހުރީ ދޮރު ކުރިމަތީގައި ބޭރު ފެންނަ ގޮތަށެވެ. “މާތް ﷲ ނަސީބުން.. އަހަރުމެންގެ ދަރިފުޅުވީ ހިތް އަލި ކުއްޖަކަށް.. ކިޔަމަންތެރި ބަސްއަހާ ކުއްޖަކަށް.. ބޮޑެތި މީހުންނަށް އިހްތިރާމް ކުރާ.. އިހްތިރާމް ލިބިގެންވާ ކުއްޖަކަށް.. ރައްޓެހިން ހޯދަން ފަސޭހަ.. އެކަމަކު ވަކި ހިސާބެއްގައި ރައްޓެހިން ބައިތިއްބަން އެނގޭ ކުއްޖަކަށް.. ނަޝްފާ ރަށުން ދިހައެއް ނިންމީ ރަނގަޅު ނަތީޖާއާއި އެކު.. އަހަރުމެން ފަހުރުވެރިވާ ނަތީޖާއަކާއި އެކު.. މުޅި ރަށުން ދެވަނައަށް އައިސްގެން މާލެ އައިސް އޭލެވެލް ހަދާނެ ފުރުސަތު ނަޝްފާއަށް ލިބިގެން ދިޔަ.. އެއީ އަހަރެންގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރިދުވަސް.. އަހަރެންގެ އަންހެނުންވެސް އެހާ އުފާވެފައި ހުއްޓައެއް އަހަރެން ދުވަހަކުވެސް ނުދެގެން.. އެކަމަކު އެންމެ ބޮޑު މައްސަލައަކަށް އަހަރުމެންނަށް ވެގެން ދިޔައީ މާލެ ގެނެސް ދަރިފުޅު ބަހައްޓާނެ ތަނެއް.. އަހަރުމެންނަކީ އެއްވެސް އިރެއްގައި މާލޭގައި ރައްޓެހިން ތިބޭ ބައެއް ނޫން.. އެހެންވީމަ ދަރިފުޅު މާލެ ގެނައުމަށް ތަނެއް ހޯދުންވީ އުދަގުލަކަށް” ނާސިރު އޭނަގެ އަތުން ދެލޯ ފުހެލިއެވެ.

އަނެއްކާވެސް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ކުރިއަށް ގެންދާށޭ ބުނެލާ ގޮތަކަށް ބޯޖަހާލީމެވެ. “އަހަރުމެން ރަށަކީ ކުޑަ ރަށެއްކަމުން އެންމެންނަށް އެކަކު އަނެކަކު ނުލާހިކު ރަނގަޅަށް އެނގޭ.. އަހަރެން މަހަށްދަނީ ރަށުގެ ކަތީބުގެ ދޯނިން.. ރަށުގެ ކަތީބަކީވެސް އަހަރުމެންނަށް ވަރަށް ރަނގަޅު މީހެއް.. ނަޝްފާ ހުރީ ނުލާހިކު މާލެ އަންނަން ބޭނުންވެފައި.. އަހަރެން މާލޭގައި ރައްޓެއްސެއް ނެތް ވާހަކަ ބުނީމަ ހުރީ އެހާ ދެރަވެފައި.. އަހަރުމެންވެސް ބޭނުންވީ ދަރިފުޅަށް ކިޔަވައިދެވޭ އެންމެ މައްޗަކަށް ކިޔައިވައިދޭން.. ހަނދާނެގޮތެއް ނޭނގިގެން އަހަރެންނަށް އެއްދުވަހަކު މަހަށް ގޮސް އުޅެމުން މިހެން ކިޔުނީ.. އެދުވަކީ ކަތީބުވެސް އަހަރުމެންނާއި އެކު މަހަށް ދިޔަ ދުވަހެއް.. އަހަރެންގެ ވާހަކަ އަޑުއަހާފައި ކަތީބު ބުނެފި ތިމަންނަގެ ވަރަށް ގާތް އެކުވެރިއަކު ހުންނާނެއޭ.. ނާސިރުގެ ދަރި އަމިއްލަ ދަރިގޮތަށް ބަލާލަދޭނެއޭ.. އަހަރެން ހުރީ ވަރަށް ހިންހަމަޖެހިފައި.. ކަތީބު އެހެން ބުނުމުން އަހަރެންނަށް ހީވި އަހަރެންގެ ބޮލުން ބޮޑު ހިލައެއް ނެގިހެން.. އެހާ ވެސް އަހަރެން ހުރީ އެކަމާއި ހާސްވެފައި..” ވާހަކަ ދައްކަމުން ގޮސް އެވަގުތު ނާސިރުގެ މޫނުމަތީގައި ކުޅެލީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އޭނާއަށް އެ މަންޒަރުތައް ސިފަވަމުން ދިޔަ ކަހަލައެވެ.

“ރަށަށް އައި ގޮތަށް އަވަހަށް ގޮސް އެވާހަކަ އަންހެނުން ކައިރީގައި ބުނެފިން.. އަންހެނުންވެސް ވަރަށް އުފާވެގެން ދިޔަ.. އެކަމަކު އަންހެނުންގެ މޫނުމަތީގައި ހުރި ހިނިތުންވުން ފެނިގެން ދިޔައީ ކުޑަ ވަގުތު ކޮޅަކަށް.. ނުދައްނަ މީހުން ކައިރިއަށް ދަރިން ފޮނުވާކަށް ނުވާނެއޯ.. މިއަނި ކަމެއް މިއަނި މީހެއްގެ ދަރިއަކަށް ވިޔޯ.. އެއަނި މީހެއްގެ އެކުވެރިއަކު އޭނަގެ ރަހުމައްތެރިޔާގެ ކުއްޖާއާ ބެހުނޯ ކިޔައިގެން ވާހަކަ ދައްކަން ފެށި.. އަހަރެން ވަރަށް ވާހަކަ ދައްކަން ޖެހުނު.. ނަޝްފާ ބޭނުންވަނީ އެގޮތަށް ކަމާއި ކަތީބަށް އަހަރުމެންނަށް އިތުބާރު ކުރެވިދާނެ ވާހަކަވެސް ބުނިން.. އެކަމަކު އަންހެނުން ބުނީ އޭނަގެ ހިތައް ކޮންމެވެސް އުދަގުލެއް ވަނީއޭ.. އެކަމަކު ނަޝްފާ ފެނުމުން އަހަރުމެން އެވާހަކަަ ހުއްޓާލާފައި އެއުފާވެރި ހަބަރު ނަޝްފާއަށް ދިނީ.. އޭނަ އުފަލުން ފޮޅުނު.. މާލެއައިސް މޮޅަށް ކިޔައިވައިގެން ނަޝްފާ އަބަދުވެސް ވާން ބޭނުންވަނީ ގާޒީ އަކަށް.. އޭނަ އަބަދުވެސް ބުނާނެ.. ތިމަންނަ ބޭނުންވަނީ އެއްވެސް ވަރަކަށް އަޅާލުމެއް ނެތި އެއްވެސް ބާރެއް ނެތި އުޅޭ މީހުންގެ ހައްގު ހޯދައިދިނުމޭ.. އެއީ އަހަރެންގެ ދަރިފުޅުގެ ވިސްނުން..” ނާސިރު އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. އަދި ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

“ދެން ނަޝްފާ މިކޮޅަށް އައިތަ” އަހަރެން އަހާލީމެވެ. “އާ.. ” ކުޑަ ހިނިތުންވުމަކާއި އެކު ވާހަކަ ފެށިއެވެ. “މިކޮޅަށް އައި… އައީވެސް ކަތީބުގެ އެކުވެރިއެއްގެ ގެއަށް.. އަހަރެން އައިން ނަޝްފާ ގޮވައިގެންވެސް.. އެމީހުން ވަރަށް ރަނގަޅު.. ނަޝްފާއާއި އެމީހުން ވާހަކަ ދެއްކީ ވަރަށް ލޯބިން.. އަހަރެން ނަޝްފާއަށް ވަރަށް ނަސޭހަތް ދިނިން.. ތި މާލެ އާދެވުނީ ކިޔަވަންކަމާއި ސަކަރާތްޖަހާ ކުޅެން ބޭނުންނަމަ ރަށުގައި ވެސް އެކަން ކުރެވޭނެކަން އަހަރެން ބުނެދިނިން.. ކުދިންނާއި އެކު ބާއްވަންޖެހޭ ގުޅުން އޮންނަންވާނީ ކިހާ ހިސާބެއްގައިކަން އަހަރެން ބައްޕަ އަކަށް ބުނެވޭނެ އެންމެ ސާފު ބަހުން ބުނެދިނިން.. ނަމާދު ކުރުމަށާއި ގުރުއާން ކިޔެވުމަށް އަބަދުވެސް ހަނދާން ކުރުމަށް ބުނިން.. އެތައް ވާހަކައެއް ދައްކާފައި އަހަރެން އައީ އަވަހަށް ރަށަށް.. އޭ ލެވެލްގައި ކިޔަވާ ފޮތް ތަށް ގަނުމަށް ލާރި ބޭނުންވާތީ އަވަހަށް މަސައްކަތް ފެށުމަށް.. އަހަރެން ދެގުނަ މަސައްކަތް ފެށިން.. އަހަރެންގެ އަންހެނުންވެސް ދެގުނަ މަސައްކަތް ފެށި.. ލާރި އެއްކޮށްގެން އަހަރެންގެ ދަރިފުޅަށް ބޭނުންވާ ހުރިހާ އެއްޗެއް އަހަރެން ގަނެދިނިން.. އޭރު އެޒަމާނުގައި ގެންގުޅޭ އެންމެ މޮޅު ފޯނެއްވެސް ގަނެދިނިން.. އަހަރުމެން އޭނައާއި ގުޅޭނެ ގޮތް ހެދުމައްޓަކައި.. އެގޮތަށް ހެދުމުން އަންހެނުންވެސް ކޮންމެ ދުވަހަކު ނަޝްފާއަށް ގުޅާ ނަސޭހަތްދޭ..” ނާސިރު ކިޔައިދެމުން ދިޔައެވެ.

“ދެއަހަރު ފާއިތުވެގެން ދިޔައީ އެއްވެސް ޝަކުވާއެއް ނެތި.. އަހަރެންވެސް އާދެވޭ ކޮންމެ ދަތުރެއްގައި ދަރިފުޅާ ބައްދަލު ކުރަން.. ނަޝްފާ ވެގެން ދިޔައީ އަހަރުމެން އުއްމީދު ކުރިކަހަލަ ދަރިއަކަށް.. އެގޭ މީހުންވެސް ބުނޭ އެހާ ރަނގަޅު ކުއްޖެއް އަދި އެމީހުންގެ ހަޔާތުގައިވެސް ނުގެންގުޅޭކަމަށް.. ކިޔަވަން އައިސް އުޅުނު ނަމަވެސް އެމީހުންނަށް އެކި ކަންތައްތަކުގައި އެހީވާ ވާހަކަ އެމީހުން ބުނާނެ.. ހުރިހާ ވަގުތެއްގައި ނަމާދު ކުރާ ވާހަކަ ބުނާނެ.. އަހަރެންވެސް ވަރަށް އުފާވޭ.. އެގޮތަށް އެހެން މީހުން ބުނާތީ ވަރަށް ފަހުރުވެރިވެސް ވޭ..” ނާސިރު އޭނަގެ ވާހަކަ މެދުކަނޑާލިއެވެ. ފުންނޭވާއެއް ބޭރުކޮށްލިއެވެ. “އަހަރެންގެ ދަރިފުޅުގެ ފަހު ޓެސްޓްގެ ދުވަސްވަރު.. އަހަރެން މަހުން އައިއިރު އަންހެނުން ވަރަށް ހާސްވެފައި ހުރިތަން ފެނުނު.. ކިހިނެއްތޯ އެހުމުން ބުނީ ހިތައް އުދަގޫވަނީއޯ.. އަހަރެން ބުނިން އަނެއްކާވެސް ނަޝްފާއާއި ދޭތެރޭ މާ ބޮޑަށް ވިސްނަނީދޯއޭ.. ކިޔާފަ އަހަރެން މަޖަލަކަށް ހަދާފަ ރީތިވާން ވަނި.. އެރޭ ދަންވަރު ބާރައިގެ ފަހުން އަހަރުމެންނަށް ހޭލެވުނީ މީހަކު ވަރަށް ބާރަށް ދޮރުގައި ތަޅާތީ.. އަވަހަށް ގޮސް އަހަރެން ދޮރު ހުޅުވިއިރު ކަތީބު ހުރީ ހާސްވެފައި.. ބުނީ އެރޭގެ އިރާކޮޅު ނަޝްފާ ބޭރަށް ދިޔަގޮތަށް ނައިސްގެން އެގޭ މީހުން ކަތީބަށް ގުޅި ކަމަށް.. އަހަރެން ވަރަށް ހައިރާންވި.. އެއީ ދުވަހަކުވެސް ނަޝްފާއަކީ އެގޮތަށް ބޭރަށް ގޮސްފައި އެހާ ގިނަ އިރުވާ ކުއްޖެއް ނޫން ވިއްޔަ.. އަަހަރެން އަންހެނުން ކައިރީގައި އެހީމަ ބުނި ނަޝްފާ އެދުވަހު ހަވީރުގުޅާފައި އެރޭ ޕާޓީއަކަށް ދާ ވާހަކަ ބުނި ކަމަށް.. އަދި އަންހެނުން އެކަމަށް ހުއްދަދިން ކަމަށްވެސް ބުނި” އަނެއްކާވެސް ނާސިރު ވާހަކަ މެދުކަނޑާލިއެވެ.

އަހަރެން އައިރްއާއި ދިމާލަށް ބަލާލީމެވެ. އައިރް ހުރީ ކޮޅަށް ހަށަން ބަދެލައިގެންނެވެ. ދޮންބެވެސް ޝައުގުވެރިކަމާއި ނާސިރުގެ ވާހަކަ އަޑުއަހަން އިނެވެ. “އަހަރުމެން ނަޝްފާގެ ފޯނަށް ގުޅިން.. ފުރަތަމަ ރިންގް ވި.. ދެން ފޯނު އޮތީ ނިއްވާލާފައި… އެއީ ދުވަހަކުވެސް ނަޝްފާ ކުރި ކަމެއްނޫން.. އޭނަ އެދިޔަ ދެއަހަރު ތެރޭގައި އެއްވެސް ވަރަކަށް ފޯނު ނިއްވާފައެއް ނުބާއްވާ.. އެކަމަކު އެރޭގައި ފަހުން އުޅެއުޅެ އަހަރުމެންނަށް ދަރިފުޅަކަށް ނުގުޅުނު.. ކޮންމެވެސް ނުބައިކަމެއް އެބަ އުޅެއޭ އަހަރެންގެ ހިތްވެސް އެހާ ހިސާބުން ބުނަން ފަށައިފި.. ދެން ކަތީބު މެދުވެރިކޮށް އޭނަގެ އެކުވެރިޔާއާއި އަހަރުމެން ވާހަކަ ދެއްކުމުން ބުނީ ދުވަހަކުވެސް އޭގެ ކުރިން ނަޝްފާ ބޭރަށް ގޮސްފައި އެހާ ލަސްނުވާ ކަމަށް.. އެހެންވެގެން އޭނަވެސް ހުރީ ހާސްވެފައި.. ވަރަށް ވިސްނާފައި ފުލުހުންނަށް އަންގަން އަހަރުމެން ނިއްމީ ދަންވަރު ދޭއްޖެހިއިރުވެސް ނަޝްފާ ގެއަށް ނައީމަ.. އޭރު އަންހެނުންވެސް ރޯން ފަށައިފި.. ކަތީބުގެ ހިތްހެޔޮކަމުން އަހަރެންނަށް މާލެ އާދެވޭނެ ގޮތެއް ވަރަށް އަވަހަށް ހަދައިދިން.. އެރޭގެ ފަތިހުގައި ފުލުހުން އަހަރުމެންނަށް ދިން ހަބަރުގެ ސަބަބުން އަންހެނުން ހޭނެތުނު.. މާލޭ މަގުމައްޗަށް އަހަރެންގެ އެއްވެސް ކުށެއްނެތް ކުއްޖާގެ ހަށިގަނޑު އެއްލާލާފައި އޮއްވާ ފެނިގެން ބަޔަކު ހޮސްޕިޓަލްއަށް ގެންދިޔަ ހަބަރަކީ އަހަރެންގެ ހިތްވެސް ހަލާކު ކޮށްލި ހަބަރެއް..” އަނެއްކާވެސް ނާސިރުގެ ދެލޯ ކަރުނުން ފުރުނެވެ.

“އަންހެނުންނަށް ވަރަށް ހިތްވަރުދީގެން އޭގެ އަނެއްދުވަހު އަހަރުމެން މާލެ އަންނަން ފުރީ.. ހުރިހާ ކަމެއް ދޫކޮށްލާފައި.. އަހަރުމެންގެ ދަރިފުޅު ކައިރިއަށް.. މާލެ ފޭބި ގޮތަށް އަހަރުމެން ދިޔައީ ހޮސްޕިޓަލްއަށް.. އަހަރުމެން މާލެ އައުމުން ފުލުހުންވެސް އަހަރުމެންނާއި ބައްދަލު ކުރަންއައި.. އެކަން ތަހްގީގު ކުރަން އުޅުނު ދެފުލުހުން.” އެހެން ބުނި ވަގުތު އެއަޑުގައި ރުޅިވެރިކަން ހުރިކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ. “އެދެމީހުން އައިސް އަހަރުމެންނާއި އެކި ކަހަލަ ސުވާލު ކުރި.. އަދި ދަރިފުޅު އެތަނަށް ގެނެވުނު އިރު އެކުއްޖާ ފަކީރަށްވަނީ ޖިންސީ އެތައް ގެއްލުމެއް ވެފައެއް ކަމާއި.. ދަރިފުޅުގެ ނިޔަފަތި ދަށުން އެހެން މީހެއްގެ ޑީ.އެން.އޭ އެއް ލިބުނު ކަމާއި އެ އެއްޗެހި ޓެސްޓް ކުރާކަމަށް ބުނެދިން.. އޭރު ދަރިފުޅު އޮތީ އައި.ސީ.ޔޫގައި.. ދަރިފުޅު ބެލުމާއި ހަވާލުވެ ހުރި ޑޮކްޓަރު ބުނީ ދަރިފުޅުގެ ހާލު ވަރަށް ސީރިއަސް ކަމަށް.. ސިކުނޑިއަށް ލޭއެޅި މޭކަށިގަނޑު ބިންދައިގެން ގޮސްފައިވާކަމަށް.. ބޮޑަށް ބެލެވެނީ މީހަކު މޭ މައްޗަށް އަރާފައިވާ ކަމަށޯ ބުނީ.. އަހަރެންގެ ދަރިފުޅު އެވޭނުގައި.. އެހާލުގައި ދުނިޔެ ދޫކުރީ.. ބުނެބަލަ އެކުއްޖާގެ އޮތީ ކޮންކުށެއް” ނާސިރު އަހަރެންނާއި ސުވާލު ކުރިއިރު އެދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. “އެކުއްޖާ ފަކީރު.. އަހަރެން އެވަރަށް ވާހަކަ ދެއްކުމުން ލޯ ނުހުޅުވާ.. ޑޮކްޓަރު ބުނި އަހަރުމެން ކިޔާ އެއްޗެއް ނަޝްފާއަށް އެނގޭނެއޯ.. ދެލޯ މެރިފައި ހުއްޓަސް ސިކުނޑި ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެއޯ.. އާސީން ބުނެބަލަ އެގޮތަށް އޮންނަ ދަރިއެއް ދެކެން ކާކު ބޭނުންވާނީ.. އެވޭނުގައި އެހާ ގިނަ ދުވަސް ވަންދެންނެއް އެދަރިފުޅެއް ނުއޮތް.. އޭނަ މަރުވެގެން ދިޔައީ.. އަހަރުމެންގެ ކުރިމަތީގައި… އަހަރުމެންނަށް އެއްވެސް ކަމެއް ނުކޮށްދެވި..އަހަރުމެންނަށް… އެއްވެސް” ނާސިރުއަށް ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ.

ދޮންބެ ތެދުވެ ގޮސް ނާސިރުގެ ބުރަކަށީގައި އަތް ބާއްވާލިއެވެ. އަހަރެންވެސް އިށީދެގެން އިންތަކުން ތެދުވެވުނެވެ. “ދަރިފުޅު މަރުވުން އެއީ މައިންބަފައިންނަށް ލިބޭނެ ވަރަށް ބޮޑު ހިތާމައެއް.. އަދި އަމުދުން ހުރި ހަމައެކަނި ދަރި އެފަދަ ގޮތަށް ދިއުން.. އަހަރެންގެ އަންހެނުންނަށް އެދަރިފުޅު މަރުގެ އިލްޒާމް އަމިއްލަ ނަފްސުގައި އަޅުވަންފެށި.. ތިމަންނަ ހުއްދަ ނުދިންނަމަ.. އޭނަ އެރޭގައި ނުދާނެއޯ ކިޔައިގެން އަބަދު ރޮއި ހެދި.. އެންމެ ފަހުން އެކަން ބައްޔަކަށް ވެގެން ގޮސް ހޮސްޕިޓަލްގައި އެޑްމިޓް ކުރީ.. މާގިނަ ދުވަހެއް ނުވެ އަންހެނުންވެސް އަހަރެން ދޫކޮށްފައި ދިޔައީ.. އެ ހިތާމައިގައި.. މަރުވުމުގެ ކުރިންވެސް އަންހެނުން ބުނި.. ދަރިފުޅަށް އިންސާފް ހޯދަދޭށޭ.. އަންހެނުން މަރުވުމުން އަހަރެން ވަރަށް އެކަނިވި.. ފުލުހުންނަށް ގުޅައިގެން ދަރިފުޅުގެ މައްސަލަ އޮތީ ކިހާ ހިސާބެއްގައިތޯ އަބަދުވެސް އަހަން.. ފުރަތަމަ ދުވަސްކޮޅު.. ނެގި ޑީ.އެން.އޭ ބަޔަކު ކުދިންގެ ޑީ.އެން.އޭ އާއި ދިމާވާ ވާހަކައާއި އެކުދިން ހައްޔަރުކޮށްގެން އުޅޭ ވާހަކަ ބުނި.. އަންހެނުން މަރުވެގެން ގޮސް އަހަރެން ވެގެން ދިޔަ އިރުވެސް އެމިހުން ކީ ހަމަ އެއްވާހަކައެއް.. ދެއަހަރު ފަހަނަ އަޅާ ދިޔައިރުވެސް އެމީހުން  ކިޔަމުން ދިޔައީ އެއްވާހަކައެއް.. އެންމެ ފަހުން ގުޅީމަ ބުނީ އެމީހުންނަށް ނުބައި ބަޔަކަށޯ ތުހުމަތު ކުރެވުނީ.. ދަރިފުޅު މަރުވީ އަމިއްލައަށޯ.. އޭނަގެ ހަށިގަނޑުގައި މަސްތުވާތަކެތީގެ ބާވަތެއްވެސް ހުރިކަމަށް ބެލެވެއޯ.. އޭނަ ބަޔަކާއި އެކު ގުޅުން ހިންގީއޯ.. މިކަހަލަ އެއްޗެހި ތަކެއް.. އެކަމަކު އަހަރެންގެ ދަރިފުޅަކީ ދުވަހަކުވެސް މަސްތުވާތަކެތި ބޭނުންކުރާނެ ކުއްޖެއް ނޫންކަން އަހަރެންނަށް ޔަގީންވޭ.. އެމީހުންގެ ވާހަކަތައް އަހަރެންނަށް ގަބޫލެއް ނުކުރެވޭ.. އަހަރެން ވަރަށް މަސައްކަތް ކުރިން.. އެކި ތަންތަނަށް އެތައް ސިޓީއެއް ލިޔުނިން.. ކަތީބުގެ އެހީތެރިކަމުގައި އެތައް ގޮތަކަށް މަސައްކަތް ކުރިން.. އެކަމަކު ފަސް އަހަރުވެގެން ދިޔައިރު އެމީހުންނަށް އަހަރެންގެ ދަރިފުޅު މަރުވި އަސްލު ސަބަބު ހޯދައެއް ނުދެވުނެ.. އަދި އެކަމުގެ އަޑީގައި ތިބިބައެއްވެސް ނުހޯދުނު..” ނާސިރު ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އެކި ފަހަރު އެމީހުން ކިޔަމުން ދިޔައީ އެކި ލަވަ.. އެއްވެސް ލަވައެއް ގުޅޭ ގޮތެއް ނުވޭ.. އެއް ފަހަރު ދަރިފުޅު މަރުވީ އަމިއްލައަށޭ ބުނެފިއްޔާ އަނެއް ފަހަރު އެބަ ބުނޭ މަސްތުވާތަކެތި މާގިނައިން ބޭނުން ކުރުމުން ހިތްހުއްޓުނީއޭ.. އަނެއްބައި ފަހަރު ބަޔަކު ދަރިފުޅަށް ޖިންސީ ގޯނާ ކޮށްފައިވާ ވާހަކަ ކިޔާއިރު އަނެއްބައި ފަހަރު އެބަ ބުނޭ ދަރިފުޅު އަމިއްލައަށް އޭނަގެ ހަށިގަނޑަށާއި ޖިންސީ ގުނަވަންތަކަށް ގެއްލުން ދިނީއޭ.. އަހަރެންނަށް އެހުރިހާ ވާހަކައެއް ގަބޫލެއް ނުކުރެވޭ.. އަންހުން ވަކިވި ފަހުން އަހަރެންގެ އުޅުންވެސް ވަރަށް ބަދަލުވި.. އަބަދުވެސް ގޭގައި އޮންނަން ބޭނުންވަނީ… މީހުންނަށް ނުފެނި.. އެންމެ ފަހުން ބޮލަށް ވަނީ އެންމެ މޮޅު ހިޔާލު.. އެއީ ފުލުހުން އަހަރެންނަށް އެހީ ނުވެއްޖެނަމަ އަހަރެންނަށް އެހީވާނެ އެހެން މީހަކު ހޯދުމުގެ ހިޔާލު.. އަހަރެންގެ މުނިކާފައަކީ ފަންޑިތަ ހަދާ މީހެކޭ ވަރަށް ގިނަ މީހުން ކިޔާ.. ކާފަވެސް ބައްޕަވެސް އެހެން ކިޔާ.. ގޭގައި އެކަހަލަ ފޮތްތަކެއްވެސް ބައްޕަގެ ދުވަސްވަރުގައި ބަހައްޓާފައި ހުރި… އަހަރެން ހޯދީ އެފޮތްތަކުގެ އެހީ.. ބަންޝީލް އަހަރެންނަށް ކިޔަމަންތެރި ކުރުމަށްޓަކައި އަހަރެން ވަރަށް ގިނަ ކަންތައް ކުރިން.. އެތައް ރެއަކު ސަހަރަ ތެރޭގައި ނިދިން.. އެތައް ރެއަކު މަސް ބާނާ ގޮތަށް އެކަން.. އެތައް ރެއަކު ގަބުރު ކޮނެގެން އޭގެ މަސް ނަގަން.. އަދި މިކަންތައް ރަށު މީހުންނަށްވެސް އެނގެންފެށި.. އެންމެ ފަހުން އެންމެން އަހަރެންނާއި ގުޅުން ކަނޑާލީ އަހަރެން ސިހުރު ހަދާކަން އެންމެންނަށް އެނގުމުން.. އޭރު އަހަރެން ހުރީ އަހަރެން ބޭނުންވާ ހިސާބުގައި.. ބަންޝީލްގެ އެހީގައި އަހަރެން އެ އެންމެން މަރާލީ.. އަހަރެންގެ ދަރިފުޅަށް އިންސާފް ހޯދައިދިނުމުގެ ބޭނުމުގައި” ނާސިރު އެހާ ހިސާބަށް ވާހަކަ ހުއްޓާލިއެވެ.

އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއީ ވެދާނެ ކަންތައްތަކެއް ހެއްޔެވެ. “އަމިއްލައަށް އިންސާފް ހޯދައިދޭންވެގެން އެމީހުން މަރާލީ.. ދެން އާސީންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއް” ދޮންބެ ސުވާލު ކުރިއެވެ. “އަހަރެން އެމީހުން މަރާލިޔަސް ދުނިޔެއަކަށް ނޭނގޭ އަސްލު ވީ ގޮތެއް.. އަހަރެން އެ އެންމެން މަރާލިކަމަށް އެއްބަސް ވެދާނަން.. ހަމައެކަނި އާސީން އަހަރެންގެ ދަރިފުޅުގެ ތެދު މުޅިދުނިޔެއަށް ބުނެދީ.. ބުނެދީ އެއީ ރަނގަޅު ކުއްޖެއްކަން.. އެކުދިންތައް ކަން އަހަރެންގެ ދަރިފުޅު މަރާލީ.. ހެޔޮނުވާނެ” ނާސިރު އަހަރެންގެ މޫނަށް ބަލާލިއެވެ. “ކިހިނެއް އެނގެނީ ތިއީ ތެދުކަމެއް.. ތީގެ އެއްވެސް ހެއްކެއް އެބަ އޮތްތަ” އަހަރެން ސުވާލު ކުރީމެވެ. “އާ އޮންނާނެ.. ފުލުހުންގެ ދެމީހުން ނަޝްފާގެ ހާދިސާ ތަހުޤީޤު ކުރި.. އެމީހުން ފައިލްއެއްގައި ތެދު ލިޔެކިޔުންތައް ލިޔެފައި ފޮރުވީ.. އެއީ ސަރުކާރުގެ ބޮޑުން ބުނެގެން.. އެމީހުންނަށް ލާރިދިނުމުން އެކަން ނުވާކަމަކަށް ހެދީ” ނާސިރު ބުނެލިއެވެ. “އަހަރެން ވަރަށް ބެލިން.. ކުރިން ދުވަހު އާސީން ނަޝްފާގެ ކޭސް ބަލާށޭ ބުނީމަ އަހަރެން ބެލިން ފައިލްތައް.. އެފައިލްތަކުގައި ވަނީ ނަޝްފާ އަމިއްލައަށް މަރުވީކަމަށް” އައިރް ބުނެލިއެވެ. “އަހަރެން އަތުގައި އެފައިލް އޮންނާނެ.. އަހަރެން ބަންޝީލް ލައްވާ އެފައިލް ގެނުވީ.. އެއީ މިފަދަ ދުވަހެއްގައި އޭގެ ބޭނުން ޖެހިދާނެތީ.. އަހަރެން ބުނާ ތަކަށް އައިރްދޭ.. އޭރުން އައިރްއަށް އެފައިލް ފެންނާނެ” ނާސިރު ބުނެލިއެވެ. އައިރް ބޯޖަހާލިއެވެ. “ނާސިރު ތިބުނަނީ ތެދުކަމަށް ވަންޏާމު އަހަރެންވެސް އާސީންއަށް ނަޝްފާގެ ކޭސްގައި ތެދު ހާމަ ކުރުމަށް އެހީވާނަން.. އެކަމަކު ތިއީ ދޮގުކަމަށް ވަންޏާމު” އައިރް އެހާ ހިސާބަށް ބުނެފައި ނާސިރުއާއި ދިމާލަށް ބަލާލިއެވެ. އެދެލޮލުން ‘ނާސިރު އަހަރެންގެ ފަރާތުން ސަލާމަތެއް ނުވާނެއޭ’ ބުނެލާ ކަހަލައެވެ.

“އެހެންވީމަ އާސީން އަހަރެންނަށް އެހީވާނަން ދޯ” ނާސިރުގެ ސުވާލާއި އެކު ދޮންބެ އަދި އައިރްވެސް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ބުނަންވީ ކީކޭ ހެއްޔެވެ. މިކަހަލަ ކަމެއްގައި އަހަރެންނަށް އެހީ ވެވިދާނެ ހެއްޔެވެ. “މައްސަލައެއް ނެތް” އަހަރެން ބުނެލީމެވެ. “އެކަމަކު ނާސިރު ތިކިޔައިދިނީ ތެދު ކަމަށްވާނަމަ.. އަހަރެން ބަލާއިރު ތީގެން އެއްމެ ތަންކޮޅެއްވެސް ތެދު ނުވެއްޖެނަމަ އަހަރެން މިކަން ކުރުން ހުއްޓާލާނަން” އަހަރެން ބުނެލީމެވެ. އެވަގުތު ނާސިރުގެ މޫނުމަތީގައި ކުޅެލީ އުފާވެރިކަމުގެ ހިނިތުންވުމެވެ. އަހަރެންވެސް އައިރްއާއި ދިމާލަށް ބަލާލުމަށްފަހު އެތަނުން ނިކުންނަށް ހިގައިގަތީމެވެ. އައި ބޭނުން ފުދުމުން އެތަނުގައި ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަދި އަމުދުން އައިރްގެ ކުރިމަތީގައި އެހެން ހުންނާކަށް އަހަރެންނަކަށް ފަސޭހައެއްވެސް ނޫނެކެވެ. ދޮންބެއާއި ދެމީހުން ވަކި ހިސާބަށް ގޮސްވައި އަނެއްކާވެސް އަހަރެން ހުއްޓުނީމެވެ. އަހަރެން ނާސިރުއާއި ކުރަން ހުރި ސުވާލު އެބަ ހުއްޓެވެ. އަހަރެން ދާނީ އެސުވާލު ތަކުގެ ޖަވާބު ނާސިރު ދިނުމުންނެވެ.

ފަހަތަށް އެބުރި ބަލާލީމެވެ. އައިރް އޭރު ނާސިރު އަތުގައި ހިފަހައްޓައިގެން ނިކުންނަން ހިގައިގަންނަނީއެވެ. “މަޑުކުރޭ.. އަހަރެންގެ ސުވާލެއް އަދި އެބައޮތް” އަހަރެން އަވަސްކަމާއި އެކު ނާސިރުއާއި ކުރިމަތިލީމެވެ. ނާސިރު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ކީއްވެ އަހަރެން.. ކީއްވެ އަހަރެން ބަންޝީލްއަށް ހިބައިން ދިނީ.. އެއީ ކިހިނެއް ކުރެވޭނެ ކަމެއް..” އަހަރެން ހިތުގައި އޮތް ސުވާލު ނާސިރުއާއި ކޮށްލީމެވެ. ނާސިރު އެއްފަހަރު އަހަރެންގެ މޫނަށް އަނެއް ފަހަރު އައިރްގެ މޫނަށް ބަލާލިއެވެ. އައިރް ކައިރިން އެވާހަކަ ދެއްކުމުގެ ކުރިން ހުއްދައަކަށް އެދޭފަދަ ގޮތަކަށެވެ. އައިރް ދެލޯ މަރާލިތަން ފެނިގެން ދިޔައެވެ. “އަހަރެންނަށް މާފު ކުރޭ އެކަމަށްޓަކައި.. އަހަރެންނަށް އިތުރު ގޮތެއް ނެތުނީ” ނާސިރު ޖަވާބު ދިނެވެ. އަހަރެންނަށް އެޖަވާބު ގަބޫލެއް ނުކުރެވުނެވެ. އިތުރު ގޮތެއް ނެތުނީއެއީ ޖަވާބެއް ނޫނެވެ. އަދި އަމުދުން އަހަރެން އޭނަގެ މާފެއްވެސް ބޭނުމެއް ނޫނެކެވެ. “އިތުރުގޮތެއް ނެތުނީއޭ.. ވަރަށް ހެއްވާ ކަމެއްތީ.. ކޮންމެ ހާލަތެއްގައިވެސް އިންސާނުންގެ ގޮތް ހުހެއް ނުވާނެ” އަހަރެންނަށް ބުނެވުނެވެ.

އަހަރެން އެހެން ބުނެލި ގޮތުން ނާސިރުއަށް އަހަރެން ހިންހަމަނުޖެހުނުކަން ނަގައިގަނެވުނީ ތޯއްޗެކެވެ. “އާ.. އަހަރެން އެކަމުން ސަލާމަތްވާން ބޭނުންވީ.. އެހުރިހާ ސިހުރު ހެދުމަކުންނާއި.. އެހުރިހާ ނުބައި ކަމަކުން.. އެކަމަކު ބަންޝީލް އެގޮތަކަށް އެއްބަހެއް ނުވި.. އަހަރެން ހުރިހާ ކަމެއް ކޮށްފައި ބޭނުންވީ އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް ދާން.. އެކަމަކު ބަންޝީލް އެކަމަކަށްވެސް އެއްބަހެއް ނުވި.. އޭނަ ބުނީ އަހަރެން ހުންނަ ފުލުސް އޮފީހެއްގައި މަސައްކަތް ކުރާ އެންމެން މަރާލާނެކަމަށް.. ނަމަވެސް އަހަރެން އެގޮތެއް ބޭނުމެއް ނުވި.. އެއްވެސް އިރެއްގައި އަހަރެންގެ ވިސްނުމެއްނޫން އެއީ ކުށެއްނެތް މައުސޫމް މީހުން މެރުމެއް.. އެކަމަކު.. ބަންޝީލް.. އަހަރެން ވާހަކަ ދެއްކުމުން ބުނީ ތިމަންނަ ކައިރިން ސަލާމަތް ވެވޭނީ ތިމަންނައަށް އަންހެން ކުއްޖަކު ހިބައިން ދިނީމަކަށް.. އެހެން ނޫނީ ސަލާމަތެއް ނުވެވޭނެ ކަމަށް.. އެދުވަސްތަކުގައި ވަރަށް ގިނަ މީހުން ހަބަރުތައް ލިބޭ.. އެކިގޮތް ގޮތަށް.. އެކި ކަހަލަ ވާހަކަ.. މަރުވެގެން ދިޔަ ކުދިންނާއި ބެހޭގޮތުން.. އެއްދުވަހަކު އަހަރެންގެ ކުރި މައްޗަށް ބަންޝީލް ގެނެސް ވައްޓާލީ އާސީން ލިޔެފައިވާ އާޓިކަލްއެއް.. ބުނި ތިމަންނަ ބޭނުންވަނީ މިކުއްޖާއޯ.. އަހަރެން ބަންޝީލްއަށް ވިސްނައިދެވޭތޯ ވަރަށް ބެލިން.. އެކަމަކު އެކަމެއް ނުވި.. އޭނަ ބުނި އާސީން ނޫން އެހެން މީހަކު ބޭނުން ނުވާކަމަށް.. އަހަރެން ބުނިން އިންސާނަކު ހިބައިން ދިނުމަކީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫނެކޭ.. އަދި އަމުދުން އަހަރެންނާއި ގުޅުމެއްވެސް ނުވާ މީހަކު.. އެކަމަކު އޭނަ އެއްބަހެއް ނުވި.. ދެން އޭނަ އެއްބަސްވީ އަހަރެން ފުލުސް އޮފީހަށް އަމިއްލައަށް ދިޔަޔަސް އޯކޭ ކަމަށް.. އެކަމަކު ތިން ހަފްތާ ތެރޭގައި އާސީން ނުދީފިނަމަ އަހަރެންގެ ދުވަސް ދުއްވާލާނެ ކަމަށް” ނާސިރު އޭނައާއި ބަންޝީލްގެ ވާހަކަ ތައް ކިޔައިދެމުން ދިޔައެވެ.

“އަހަރެން ފުލުހުންގެ ބެލުމުގެ ދަށަށް އައިތާ ތިންވަނަ އަށްވި ދުވަހު އާސީން ފުރަތަމަ ރިޕޯޓް ހެދީ.. އަހަރެންނޭ ކިޔައިގެން.. އެއީ ބަންޝީލްއަށް ދެވުނު ދައުވަތެއް ކަމުގައި ބަންޝީލް ބެލީ.. ދެވަނަ ރިޕޯޓްގައި އާއިލާގެ މީހުންނަށް ގުޅައިގެން މައުލޫމާތު ހޯދައިގެން ވީހާވެސް ތެދުވެރިކޮށް އާސީން ލިޔުނީމަ އެއީވެސް ބަންޝީލް އާސީންއަށް ދިމާލަށް ދާން ދިމާވި އެއް ސަބަބު.. އެންމެ ފުރަތަމަ ދުވަހު ހަނދާންވޭތަ.. ކޯޓު ތެރެއިން.. މީހަކު އާސީންގެ ގައިގައި ޖެހުނު ކަން.. އެއީ ބަންޝީލް.. އެދުވަހު ބަންޝީލް އަހަރެންނަށް ގެނެސްދިން.. އާސީންގެ އިސްތަށިކޮޅަކާއި ލޭ ކޮޅެއް.. އަހަރެން އެރޭގައި އެގޮތަށް ކިޔެވުން ކިޔެވީ.. ބަންޝީލްގެ ކިބައިން އަހަރެން ކޮންމެހެން ސަލާމަތްވާން ބޭނުންވާތީ.. އޭނަ އަހަރެން ދޫނުކުރާނެކަން އަހަރެންނަށް ރަނގަޅަށް އެނގޭ އާސީން ނުދޭ ކަމަށް ވާނަމަ.. އެހެންވެ.. އަހަރެންނަށް އިތުރު ގޮތެއް ނެތުނީ” ނާސިރު އިސްޖެހިއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަރެން މިއީ ކުޅޭ ކުޅޭ އެއްޗެއް ހެއްޔެވެ. ބޭނުން މީހަކަށް ހިބައިން ދީފައި ބޭނުންވީމަ އެއްލާލަން ވީ ހެއްޔެވެ. “ކިހިނެއް ކޮއްކޮ އެކަމުން ސަލާމަތް ވާނީ” ދޮންބެވެސް ހިންހަމަނުޖެހުނެވެ. އެކަން ދޮންބެގެ އަޑުން އަހަރެންނަށް އެނގުނެވެ. “އެއީ ވާނެކަމެއް ނޫން.. ބަންޝީލް ދުނިޔޭގައި ހުރިހާ ދުވަހަކު އޭނަ އާސީން ސަލާމަތްވިޔަކަ ނުދޭނެ” ނާސިރު ބުނެލިއެވެ. އަހަރެން ދެލޯ ބޮޑުވިއެވެ. އޭގެ މާނައަކީ އަހަރެން ދުނިޔޭގައި ހުރުމަށްޓަކައި ބަންޝީލް މަރުވަން ޖެހޭ ވާހަކަ ހެއްޔެވެ. އެއީ ކިހިނެއް އަހަރެން ކުރާނެ ކަމެއް ހެއްޔެވެ. “ބަންޝީލްވަނީ އާސީންއަށް ވަރަށް ގަޔާވެފައި.. އޭނަ އާސީން ހޯދުމައްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮންފާނެ.. އޭނައަށް ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެ.. އޭނައަކީ އެހާވެސް ބާރުގަދަ އެއްޗެއް.. އަދި މީހަކު ހަދާލާ އެއްޗަކުން އަޅުވާދޭ ތަވީދަކުން އާސީންއަށް ރައްކަލެއް ނެތް.. ހަމައެކަނި އޮތްކަމަކީ އޭތި މަރާލުން” ނާސިރު އިތުރަށް އޮޅުން ފިލުވާދިނެވެ.

“މަރާލާށޭ.. ތިހެން ނާސިރުއަށް ބުނެލަން ހާދަ ފަސޭހައޭދޯ” އަހަރެން ހިތްހަމަނުޖެހުމުގެ ރާގެއްގައި ބުނެލީމެވެ. “އެހެން ނޫނީ އާސީންއަށް” “އަހަރެން މިދޭތެރެއަށް ލީ ނާސިރު.. އެހެންވީމަ ނާސިރު ޖެހޭނީ އަހަރެން މިކަމުން ސަލާމަތް ކޮށްދެން” އަހަރެން ރުޅިވެރިކަމާއި އެކު ބުނީމެވެ. “ތިއީ އަހަރެންނަށް ވާނެ ކަމެއް ނޫން އާސީން.. އެއްފަހަރު ހިބައިން ދޭ އެއްޗެއް އަހަރެންނަކަށް ނުހޯދޭނެ.. އެހެން ނޫނަސް އހަަރެންނާއި ބަންޝީލް މިހާރު ގުޅުމެއް ނުއޮންނާނެ.. ކުރިން ދުވަހު އާސީން ފުލުސް އޮފީހުން އަހަރެންނާއި ދިމާކުރުން އެއީ ބަންޝީލްގެ ކަމެއްކަން އަހަރެންނަށް އެނގޭ.. އޭނަ ބޭނުންވަނީ އަހަރެން މަރާލަންކަންވެސް އަހަރެންނަށް އެނގޭ.. މިހާރުވެސް އަހަރެން ހާދަ ގިނަ އެއްޗެހި ތަކެއް ހަދައިގެންނޭ އަހަރެން މިހުންނަނީ ސަލާމަތުން.. އެކަން އާސީންއަށް އެނގޭތަ” ނާސިރު ބުނެލިއެވެ. އަހަރެން އެއްޗެކޭ ބުނަން އުޅުނީމެވެ. އޭނަގެ އެހުރި އަމިއްލަ އެދުން ބޮޑުކަމާއެވެ. އަމިއްލަ މީހާ ސަލާމަތްވާންވެގެން އެހެން މީހެއްގެ ފުރާނަ ދުއްވާލުން އޭނައަށް މާބޮޑު ކަމެއް ނޫނެކެވެ. ނަމަވެސް އެއީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫނެކެވެ. އަހަރެންނަށް ބަންޝީލް މަރާލުމަކަށް ހުއްދައެއް ނުދެވޭނެއެވެ. އަދި އެކަމަށް އެއްބަހެއްވެސް ނުވެވޭނެއެވެ. ކިތައްމެ އެއްޗެކޭ ބުނަން ބޭނުންވި ނަމަވެސް ވަގުތުން އަހަރެން އެތަނުން ބޭރަށް ނިކުތީމެވެ. ނާސިރުމެން ކަހަލަ އަމިއްލަ އެދުން ބޮޑެތި މީހުންނާއި ހެދި ގެއްލުން ލިބިގެންދަނީ އަހަރުމެން ކަހަލަ އާއްމު ކިތައް މީހުންނަށް ހެއްޔެވެ. ދޮންބެވެސް އަހަރެންގެ ފަހަތުން އައެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ދޮންބެވެސް އެއްޗެއް ނުބުނެ ސައިކަލް ދުއްވާލިއެވެ.

ދިޔަމަގުމަތީގަވެސް އެއްވެސް ވާހަކައެއް އަހަރުމެން ނުދައްކަމެވެ. ގެއަށް ދިޔަ ގޮތަށް އަހަރެން ބާރު ބާރަށް ހިގާފައި ގޮސް ކޮޓަރިއަށް ވަނީމެވެ. އަހަރެން އެނދުމަތީގައި އިށީދެލީމެވެ. ނާސިރުގެ ހުރިހާ ވާހަކަތަކެއް އަހަރެންނަށް ތަކުރާރުކޮށް އިވެމުން ދިޔައެވެ. ބަންޝީލްއޭ ކިޔައިގެން ކީ ހުރިހާ އެއްޗެވެސް މެއެވެ. އަހަރެންގެ ފޯނު ރިންގް ވާން ފެށިއެވެ. ގުޅަމުން ދިޔައީ އައިރް ކަމުން އަހަރެން ފޯނު ސައިލެންޓަށް ލާފައި ތެދުވީމެވެ. މޭޒުމަތީގައި އޮތް މާކަރު ހިފައިގެން ގޮސް އެތަނުގައި ހުރި ބޯޑު ކައިރީގައި ހުއްޓެލީމެވެ. މުޅި ބޯޑުގައި އެކި ތަންތަނުގައި ފޮޓޯތައް ތަތްކުރެވިފައިވާއިރު ރަތް ކުލައިގެ ހިމަ ވޫލް ކޮޅަކުންވަނީ އެކި ފޮޓޯ އެކި ފޮޓޯއާއި ގުޅުވާލެވިފައެވެ. އަހަރެން އެތަނުގައި އިން އަދްލީގެ ފޮޓޯއެއް ނައްޓާލީމެވެ. މިކަމާއި އަދްލީއާއި ހުރީ ކޮން ގުޅުމެއްބާއެވެ. އަދްލީވެސް މަރާލީ ބަންޝީލް ހެއްޔެވެ. “އަހަރެން ގުޅީމަ ދެން ފޯނު ނުނަގާނަންތަ ދުވަހަކުވެސް” އަހަރެން ކުއްލިއަކަށް ސިހިގެން ދިޔައީ ފަހަތުން އައިރްގެ އަޑު އިވުމުންނެވެ. ސިހިގެން ދިޔަ ވަރުން އަތުގައި އޮތް މާކަރުވެސް ވެއްޓުނެވެ. “ވަޓް ދަ.. އައިރްއަށް ބޭނުން ކަމެއް ކުރެވުނަސް އޭގެ މާނައެއް ނޫން އަހަރެންގެ ކޮޓަރިއަށް ތިގޮތަށް ވަންނާށެކޭ” ހިތްހަމަނުޖެހިފައި އަހަރެން އެހެން ބުނަމުން އިށީދެ މާކަރު ނަގަމުން ދެތުވީމެވެ.

“މިހެން އަހަރެން ވަންނާކަށް ނުޖެހޭނެ އަހަރެން ގުޅީމަ ފޯނު ސައިލެންޓަށް ލުމުގެ ބަދަލުގައި ނަގާނަމަކަ” އައިރް ބުނެލިއެވެ. އަހަރެން އައިރްއާއި ދިމާލަށް ނުބަލާ އޭނައަށް ފުރަގަސްދިނީމެވެ. އޭނަގެ މޫނު ބަލާކަށްވެސް އަހަރެން ބޭނުމެއް ނުވެއެވެ. އެއަށްވުރެއް އަހަރެންގެ ކުރިމަތީގައި ފެންނަން ހުރި މައްސަލަ ހައްލު ކުރަން އަހަރެން ބޭނުން ވެއެވެ. “ޕްލީޒް އާސީން.. ލެޓް މީ ޓެލް ޔޫ.. އަހަރެންގެ ވާހަކަ.. އަހަރެންނަށް ވަރަށް އުދަގޫވޭ އާސީން ތިހެން ހަދާތީ” އައިރްގެ އަޑު އިވުނެވެ. “އަހަރެން ކިހިނެއް ހަދާތީތަ” ހިތްހަމަނުޖެހިފައި އަހަރެން އައިރްއާއި ދިމާލަށް ބަލާލީމެވެ. “ތިހެން.. ހިންހަމަނުޖެހިފައި.. މިދުރުކަން.. އަހަރެން ބޭނުންވޭ މިއަށް ވުރެއް އާސީން ކައިރި ކުރަން.. އެކަމަކު” “ބޭނުންނަމަ ފުރަތަމަ ދުވަހު އަހަރެންނަށް ހަގީގަތް ކިޔަދޭނެ.. އެދުވަހު ނުކިޔައިދެވުނު އެއްޗެއް އަޑުއަހާކަށް އަހަރެން މިއަދު ބޭނުމެއްނޫން” އަހަރެން އައިރްގެ ޖުމްލަ މެދުކަނޑާލަމުން ބުނެލީމެވެ. “އެދުވަހު އާސީން ކައިރީގައި އަހަރެންނަކީ ކާކުކަން ބުނިނަމަ މިއަދު އާސީން ތިގޮތަށްވެސް އަހަރެންނާއި ވާހަކައެއް ނުދައްކާނެ.. އޭރުން އާސީން އަހަރެންދެކެވެސް ބިރުގަންނާނެ.. ބަންޝީލްދެކެ ބިރު ގަންނަ ގޮތަށް” އައިރް ބުނެލިއެވެ. “ކިހިނެއް އެނގެނީ މިއަދު އައިރްގެ ހަގީގަތް އަޑުއަހާފަ މާދަން އަހަރެން އައިރްއާއި ވާހަކަ ދައްކާނެ ކަމެއް.. ކިހިނެއް އެނގެނީ އަހަރެންގެ މިހާރު އައިރް ދެކެ ބިރު ނުގަންނަކަމެއް” އަހަރެން އައިރްގެ މޫނާއި ދިމާލަށް ބަލާލަށް ލީމެވެ. އެވަގުތަކީ ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތެވެ. ވަގުތުން އަހަރެންގެ ކަކުލުން ބާރު ދޫވެގެން ދިޔައެވެ. ނަމަވެސް އެހެން ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް އަހަރެން މުށިގަނޑުމަތީގައި ޖެހުމުގެ ކުރިން އައިރްއައިސް އޭނަގެ ބާރުގަދަ އަތް އަހަރެންގެ ހަށިގަނޑުގައި ވަށާލިއެވެ.

އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނޭވާ ހުރީ އަވަސްވެފައެވެ. އޭނަގެ އަތް އަހަރެންގެ ގައިގައި ޖެހުނު ވަގުތު ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. “އަހަރެންދެކެ ބިރު ގަންނަ ނަމަކަ.. އާސީންއަށް ތިވާ ހުރިހާ ގޮތެއް ނުވޭނެ.. އަދި އަހަރެންނަށް އާސީންއާއި މިހާ ކައިރީގައި ނުހުރެވޭނެ” އަހަރެން ނަގާ ކޮޅަށް ބަހައްޓަމުން އައިރް އެހެން ބުނެލިއިރު އަހަރެންގެ އަމިއްލަ ނަފްސުގެ ބާރުވަނީ ކެޑިފައެވެ. އަހަރެންގެ އެއްވެސް އިހްތިޔާރެއް ނެތި ކުރިއަށް ވުރެއް ބޮޑަށް އައިރްއާއި ކައިރިއަށް ޖެހިލެވުނެވެ.

 

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

މަންޝާ (ފަނަރަވަނަ ބައި)

Next

ފެނު ޕަރީ

Next
May 9, 2016

ފެނު ޕަރީ

Previews
May 9, 2016

މަންޝާ (ފަނަރަވަނަ ބައި)

21 Comments!

  1. Fantasy says:
    May 9, 2016 at 8:16 am

    mibaives kamudhaane kamah heekuran 🙂 hurihaa kudinge comment thakah maruhaba 🙂

  2. sidd says:
    May 9, 2016 at 8:47 am

    Wow. Wow. Fantasy. Haadha reechchey mivaahaka. Konnmme thankolheh kiyaairuves evves foohikameh nei. Vrah reethi. Keeep it up.???

    1. Fantasy says:
      May 9, 2016 at 1:38 pm

      thnks sidd bodu koh 🙂

  3. ken? says:
    May 9, 2016 at 9:29 am

    hhhmmmhhhhmmn….love is in de air dhw….? alhe adhives airu akee kaaku kamei nububaathyve aasin dheke rulhi aadhevenee…keetha vaanee airu ah chance ei dhiniyyaa eynage vaahaka thah share kuran…???
    fantasy next part avas kohdheveythw balaathi…v v v kiyaahithun mihuree??✌???

    1. Fantasy says:
      May 9, 2016 at 1:44 pm

      Aseen ves airu dheke hin hama nujehifa huryma kihineh ena dhakka vaahaka adu ahaanee ken.. nuntha .. fantasy v try kuraanan avahah up koh dheveytho igey 🙂 thnks bodu koh ken 🙂

  4. haazi says:
    May 9, 2016 at 9:43 am

    wowwww…vvvv reethi..v furihama

    1. Fantasy says:
      May 9, 2016 at 2:03 pm

      thnks haazi 🙂

  5. Faxoo says:
    May 9, 2016 at 9:53 am

    yay at last! 😀 mibai ves varah reeethi ingey Fantasy! 😉 Aaseen loves Air dhw dhw 😛 Aaseen hama neyngey kamah hadhaigen hunnany. kon irakun next part? Nashfa ah Insaaf hoadhaidhecchey Fantasy 😉

    1. Fantasy says:
      May 9, 2016 at 2:08 pm

      thnks faxoo dear ehaa lobi comment eh kohleema 🙂 v ufaa vejje 🙂

  6. Hussain says:
    May 9, 2016 at 10:11 am

    Inthizaaru ge vaguthu varah dhigu vi mifaharu…hope next part varah avahah upkohdheyne kamah varah reethi

    1. Fantasy says:
      May 9, 2016 at 2:09 pm

      iraadha kureviyya avas koh dheynan igey Hussain 🙂 thnks 🙂

  7. Naaz says:
    May 9, 2016 at 10:54 am

    v.reethi thankolheh avahah up kohdheynveenu..next part knirakun

    1. Fantasy says:
      May 9, 2016 at 2:11 pm

      thnks naaz dear 🙂 avahah up koh dheveytho v try kuraanan igey 🙂

  8. naxnaxoo says:
    May 9, 2016 at 11:15 am

    heii..fantasy…vvv reethi mi part ves?…plx next part avahah upkohla dheeba… ur awesome writer??…may god bless u…n waiting waitng for the next part???

  9. Zaee says:
    May 9, 2016 at 11:32 am

    Vvvvvvv nice pls pls pls pls Avahan up koh dheythi. waiting for next part???????

  10. faai says:
    May 9, 2016 at 11:35 am

    Hei fantasy,, faai mihaaru esfiya in waahaka nukiyaathy v fahun inguny fantasy story eh feshikan,, mi story vx v v v v rythi,, v v thafaathu,, i love ur each n every story,, anehka vx gawaidhun esfiya balan jehifa miothy, hehe, can’t wait for the next part,, awahah up kohdhehchey plxx…

  11. Anonymous says:
    May 9, 2016 at 1:13 pm

    Typing mistakes Gina vaakan faahagavey…. Eh episode in aneh episode balaa nama typing mistakes ginavey…. Upload kurumuge kurin rabgalhah kiyaalaathi… Miadhuge episode in eani kmarh Miani kameh jahaafa.. Ei dhivehi bahuga kuh gotheh…. Eveni miveni.. Mee rangalhu gothakee… Vaahaka varah salhi…

  12. princess says:
    May 9, 2016 at 3:43 pm

    Hey fantasy..vrh dhuvas khllaafa mi comment eh khlly…hw yu?…story habeys..ekm aasyn ah rangalhu gotheh hadhaaba
    Hehe..waiting

  13. Nern.. says:
    May 11, 2016 at 2:30 pm

    fantasy you r the best ..varah salhi avahah up kohdhehchey..

  14. naxnaxoo says:
    May 12, 2016 at 8:21 pm

    fantasy plxxxx upload soooooonn….next part v kiyaaa hiyvey…plxxx thahkolhey avahah upload kohdheebaaa…????

  15. thoo says:
    May 13, 2016 at 6:52 pm

    Fantasy vaahaka avaha up koh dhybha. Varah reethi mi story.

Comments are closed.

Next Episodeއިންސާފް.. 15 ވަނަ ބައި..←


All Right Reserved!