Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 16 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
May 8, 2016 13 Mins Read
10 Comments

އަބްޔާން ތަނާ ގައިގައި ހިފަހައްޓާލައިގެން ތަނާ ކައިރިކޮށްލައިގެން ތަނާގެ އެޕާރޓްމަންޓަށް ވަންނަން ދާން ދިޔަ އެވެ. އޭރު އަހްޔާން ހުރީ އަހްޔާންމެން އުޅޭ އެޕާރޓްމެންޓްގެ ދޮރުމަތީ އެވެ. އަބްޔާން ތަނާ ގޮވައިގެން މާ ގާތް ގޮތަކަށް އަންނަތަން ފެނުމުން އަހްޔާން ހުރީ ނުރުހުން ވެފަ އެވެ. އަހްޔާން ހީކުރީ އަބްޔާން އަނެއްކާވެސް ތަނާއާއި ގުޅުނީ ކަމުގަ އެވެ.

“އަބީ؟ ވަޓް ހެޕަން؟” އަހްޔާންއަށް ސުވާލުކޮށްލެވުނީ ތަނާއަށް ވެފައިވާ ވަރު ފެނުމުންނެވެ. އަބްޔާން އެއްޗެއް ނުބުނެ ލޮލުގެ އިޝާރާތުން ގޮތެއް ހަދާލި އެވެ. އަދި ތަނާ ގޮވައިގެން ގޮސް ތަނާގެ އެޕާރޓްމެންޓަށް ވަނެވެ.

ތަނާ ސޯފާގައި ބައިންދާފައި އަބްޔާން ގޮސް ފެންތައްޓެއް ހިފައިގެން އައެވެ.

“ތަނާ، ކޮބާ މެޑިސިން؟” އަބްޔާން ފެންތަށި ތަނާއަށް ދިއްކޮށްލި އެވެ. ތަނާ ދައްކާލީ ކައިރީގައި ހުރި މޭޒުމަތީ އިން ކުޑަ ފޮށްޓެކެވެ. އަބްޔާން އެ ފޮށި ތަނާއާއި ކައިރި ކޮށްލި އެވެ. ތަނާ އޭގެން ބޭހެއް ނަގާ ފެންފޮދަކާއި އެކު ދިރުވާލި އެވެ. އަދި ގޮނޑީގައި ހަމަ ޖެހިލި އެވެ. ތަނާ ފެންބުއި ތަށި ހިފައިގެން އަބްޔާން ބަދިގެއަށް ދިޔަ އެވެ.

“ތަނާއަކަށް ނޭގެ އަބީއާ ނުލާ ތަނާގެ ލައިފްއަށް ވާނެ ގޮތެއް،” އަބްޔާން އަނެއްކާވެސް އައިސް ތަނާ ގާތުގައި ހުއްޓުމުން ތަނާ ވާހަކަދައްކަން ފެށި އެވެ. “ތަނާ ހިތަށްއަރާ އެންމެން ތަނާ ދޫކޮށްލަނީ ކީއްވެބާއޭ… އަޅެ ތަނާ އަކީ އެހާ ހުތުރު މީހަކީތަ؟ ނޫނީ ތަނާ އަކީ މާ ގޯސް މީހަކީތަ؟” ތަނާގެ އަޑު މަޑުވަމުން ގޮސް އަމިއްލަ ނަފްސާ ވާހަކަދައްކާ އުސޫލުން ތަނާ ބުނެލި އެވެ.

“ތަނާ، ތަނާއަކީ ހުތުރު ކުއްޖެއް ނޫން. ޔޫ އާރ ވެރީ ބިއުޓިފުލް. އަދި ގޯހެއްވެސް ނޫން. ވަރަށް ރަގަޅުކުއްޖެއް ތީ.” އަބްޔާން ތަނާ ކައިރީ އިށީންނަމުން ބުނެލި އެވެ.

“އަބީ، ދެން އަބީވެސް ތަނާ ދޫކޮށްލަން ތި ހިޔާލު ކުރީ ކީއްވެ. ތަނާ ދެކެ ލޯބި ނުވަނީ ކީއްވެ؟” ތަނާ އަބްޔާން ގައިގައި ލައްވެލަމުން އަބްޔާންގެ ކޮނޑުގައި ބޯ އަޅާލި އެވެ. އަބްޔާން އެއްޗެއް ނުބުނެ އިނެވެ. “އަބީ… އަބީ އެފަށް ގަތީ ކާކަށް ދޭންތަ؟” އަބްޔާން އެއްޗެއް ނުބުނެ އިނެވެ.

“ކޮން ކުއްޖެއްދެކެތަ އަބީ ލޯބިވަނީ؟ ޕްލީސް އަބީ… ބުނެބަލަ… ތަނާއަށް ވުރެން އެކުއްޖެއް އަބީއަށް މުހިންމު ވާނީ ތަނާގެ ނެތް ކަމެއް އެކުއްޖާގެ ފަރާތުން އަބީއަށް ފެނުނީމަނު…ތަނާ ވެސް އަބީއަށް ތަނާގެ ހުރިހާ އެއްޗެއް ދިނީ އެއްވެސް އަގަކާއި ނުލާ ނުލާހިކު ލޯބިން. ތަނާއަކަށް ނޭގެ އަބީ ތަނާދެކެ ލޯބި ނުވާންވީ ސަބަބެއް… ތަނާގެ މުޅި ހަށިގަނޑު އަބީއަށް ދިނިން. ތަނާގެ އަބުރާ އިއްޒަތް ވެސް އަބީއަށް ތަނާ ދިނީ… ތަނާގެ އުފަލާއި ހިތްހަމަ ޖެހުމަކީ ތީ މިހާރު… އެކަމަކު އަބީ ތި ބުނަނީ…” ތަނާއަނެއްކާ ވެސް ރޯން ފެށި އެވެ.

“ތަނާ.. ޕްލީސް، ހުއްޓާލާ…. ނުރޮއެ… އައި އޭމް ސޮރީ ތަނާ… އަހަރެން ތާނާއާއި އެކު އެހާ ކްލޯސް ރިލޭޝަންއެއް ބޭއްވުނީތީ އަހަރެން ވަރަށް ދެރަވޭ. އެއީ އަހަރެން ކޮށްގެން ވާނެ ކަމެއްނޫން. އައި އޭމް ރިއަލީ ސޮރީ.” އަބްޔާން އިނީ ހަގީގަތުގައި ވެސް ދެރަވެފަ އެވެ. އެގޮތަށް އޭރު އުޅެވުނީ އެއްގޮތަކަށް ވެސް ނުވިސްނާލަ އެވެ.

“އަބީ؟ ސޮރީ ވާވަރުގެ ކަމެއްތަ އެއީ؟ އަހަރެން ވަރަށް އުފާވޭ އެގޮތަށް އުޅެވުނީތީ… އަދިވެސް އަހަރެން ބޭނުމީ އަބީއާ އެފަދަ ރިލޭޝަންއެއް ބާއްވަން… އަބީ… އަބީއަކަށް ނޭގޭތަ… އެއީ ކިހާ އުފާވެރި ދުވަސްކޮޅެއް.” ތަނާ ލޯ ފޮހެލަމުން އަބްޔާންގެ އަތުގައި ބައްދާލި އެވެ.

“ތަނާ، ބަޓް…” އަބްޔާން ބުނަން އަނގަ ހުޅުވާލި ބަސް ހުއްޓުވީ ތަނާގެ ޝާހާދަތް އިނގިލި އަބްޔާންގެ ތުންފަތުގައި ޖައްސާލުމުން ނެވެ.

ތަނާ އަބްޔާންއަށް ބަލަން އިނދެފައި މަޑުމަޑުން އަބްޔާންއާއި މޫނު ކައިރިކޮށްލި އެވެ. އެވަގުތު އަބްޔާންގެ ޖީންސް ޖީބުން ވައިބަރ ކޯލެއް އަންނަ އަޑު އިވުނެވެ. އަބްޔާން ކުއްލިއަކަށް ތެދުވެ ފޯނުނަގާ ބަލައިލި އެވެ. އެއީ ޖަންނަތު އެވެ. އަބްޔާން ފޯނު ކަނޑާލި އެވެ. އަދި ތަނާއާއި ދިމާއަށް ބަލައިލާފައި ފޯނުން މެސެޖެއް ފޮނިވާލި އެވެ. ފަހުން ގުޅާނަން ކަމަށް ބުނެފަ އެވެ.

އަބްޔާން ޖީންސް ޖީބަށް ފޯނުލުމަށްފަހު ހަމަޖެހިލި އެވެ. އެވަގުތު ތަނާ ސޯފާއިން ތެދުވެގެން އަބްޔާން ކައިރިއަށް އައިސް ހުއްޓުނެވެ.

“އަބީ… އައި ލަވް ޔޫ.” ކުއްލިއަކަށް އަބްޔާން ގައިގައި އޮޅުލައި ގަންނަމުން ތަނާ ބުނެލި އެވެ.

“ތަނާ… އަހަރެން ދާން ޖެހިއްޖެ.” އަބްޔާން ތަނާ ދުރުކޮށްލަމުން ބުނެލި އެވެ.

“އަބީ… ޕްލީސް އަދި މަޑުކޮށްލަ ބަލަ.”

“ނޯ ތަނާ… އައި އޭމް ސޮރީ. ވަގުތެއް ނެތް.” އަބްޔާން އެހެން ބުނެފައި އަވަހަށް ދޮރުން ނިކުމެގެން ހިގައްޖެ އެވެ. އަބްޔާން ދިޔަ ދިމާލަށް ބަލަން ހައިރާން ވެފައި ތަނާ އިރުކޮޅަކު ހުއްޓެވެ.

“އަބީ… ތަނާ އަދި އެހާ ފަސޭހައިން އަބީއެއް ދުލެއް ނުކުރާނަން… އަބީ ލޯބިވާން ޖެހޭނީ ހަމަ އެކަނި ތަނާ ދެކެ. ތަނާއަށް ވުރެން ރަގަޅު އެކަކުވެސް އަބީ އަކަށް ނުލިބޭނެ. އަދި ލިބުނަ ނުވެސް ދޭނަން. އަބީ… ޔޫ އާރ މައިން. އޮންލީ މައިން.” ތަނާ މަޑުމަޑުން ހުރެ ލޯ ކުޑަ ކޮށްލަމުން ކިޔަމުން ދިޔަ އެވެ.

 

އަބްޔާން ގޮސް ކޮޓަރިއަށް ވަނީ ފޯނުގައި ހުރެގެންނެވެ. އޭރު އަހްޔާން ލެޕްޓޮޕު ހިފައިގެން އެނދުގައި އޮށޯވެގެން އޮތެވެ.

“އެހެންވީމަ މިހާރު އެއަރްޕޯޓަށް ދޯ ތިދަނީ؟” އަބްޔާން ބުނާއަޑު އިވުނެވެ.

“އާން އަބީ… އަހަރެން އަދިވެސް ވަރަށް ބިރުން މި ހުންނަނީ… އެކަމަކު އާޒަތު ހަމަ ހިތްހަމަ ޖައްސާލައިގެން އެ ދަނީ… އާޔާ ވެސް އެވަރަށް ޝަކުވާ ކުރޭ އެބަ… ޒައީމާއްތަ ވެސް އެތަކެއް ނަސޭހަތެއް ދީފި. އަބީ… އަބީ ހުރިނަމަ.” އެންމެ ފަހުން ޖަންނަތުއަށް ބުނެވުނެވެ. އަބްޔާން ކައިރިއަށް ހިނި އައެވެ.

“އައި މިސް ޔޫ ގައިސް… މަ ވެސް މި ހިތައް އަރަނީ ހުރެވުން ނަމައޭ… އާދެވުން މޮޔަ ހިތައްއަރާ އެބަ.”

އެތަކެއް އިރު ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑާލާފައި އައިސް އެނދުގައި އަބްޔާން އޮށޯތެވެ.

“އަބީ؟” އަހްޔާން ލެޕްޓޮޕް ލައްޕާލަމުން އަބްޔާންއާއި ދިމާއަށް އެނބުރުނެވެ. “ތަނާއަށް ކިހިނެއްތަ ވީ؟”

“ޔާން… އަހަރެން ތަނާއަށް ހުރިހާ ވާހަކައެއް ކިޔަިދީފިން. އަހަރެން ބުނިން އޭނަ ކައިރީ އަހަރެން އެހެން ކުއްޖެއް ދެކެ ލޯބިވާ ވާހަކަ. އެކަމަކު އޭނަ ގަބޫލު ކުރާކަށް ބޭނުމެއްނުވި…. ރޯން ފެށި ފެށީނުން އެއްކަލަ ގޮތަށް ހާސްވެގެން އެންމެ ފަހުން ގެނެސް އެޕާރޓްމެންޓަށް ލީ.”

“އޭނަ މެޑިސިން ނުކައިތަ ހުރީ؟ އެގޮތަށް ވާތީ ޑޮކްޓަރު އޭނައަށް ކާން ދީފަ ހުންނަ ބޭހެއް ހުރޭ އެ އަބަދުވެސް ޔޫސް ކުރަން ބުނެފަ އޮންނަނީ.”

“ބޭސް ކާން ވެގެން އެޕާރޓްމެންޓަށް އައީ… ޔާން ޕްލީސް ހެލްޕް މީ. މަށަކަށް އެކަމެއް ނުވި.”

“ކޮން ކަމެއް؟”

“އަހަރެން ތަނާއަށް ވިސްނަ ދީފިން… އެކަމަކު އޭނަ ގަބޫލެއް ނުކުރިޔޭ. އަހަރެން ކިހިނެއް ހަދާނީ؟ އޭނަ ބޭނުމެއްނުވޭ މަށާ ދުރުވާކަށް. އަހަރެން ބޭނުމެއްނޫން އޭނައާއި ގުޅިގެން އުޅޭކަށް. މަށަކަށް ނޭގެ ހަދާނެ ގޮތެއް.”

“އަދިވެސް ތި އައީ އެއްކޮން އެ މައްސަލަ ނުނިންމާ ދޯ… މަށަށް އިނގެޔޭ އޭނަ ގަބޫލު ނުކުރާނެކަން. އެކަމަކު ވެސް ކުޑަކޮން ސްޓްރިކްޓް ވެގެން ނަމަވެސް ތިކަން ކޮންމެސް އެއްކޮޅެއްގަ ޖެއްސީމަނު ކަމުދާނީ.”

“ދެން ޔާންއާ ހަވާލު…. އަހަރެންނަކަށް ނުވާނެ. އަހަރެން މި ޕެކް ކުރަނީ… އެއަރ ޕޯރޓަށް ދާން ޖެހޭ ތިނެއް ޖަހާއިރަށް.” އަބްޔާން އެނދުން ތެދުވެގެން ގޮސް އަލަމާރި ހުޅުވާލި އެވެ. އަހްޔާން އަބްޔާންއާއި ދިމާއަށް ބަލަން ހުރެފައި އަނެއްކާވެސް ލެޕްޓޮޕް ހުޅުވައިގެން ކުރިން ކުރަމުން ދިޔަ މަސައްކަތް ކުރަން ފެށި އެވެ.

 

 

އާޔަތުއާއި އާޒަތު ޓްރޮލީ ހިފައިގެން އޮސްޓްރޭލިޔާގެ ބޮޑު އެއަރްޕޯރޓް ތެރޭގައި ހިނގަމުން ދިޔަ އެވެ. ދެމީހުންވެސް ތިބީ ވަރަށް ހާސް ވެފަ އެވެ. އެހާ ބޮޑު އެހާ ރީތި އެއަރޕޯރޓެއް ދުވަހަކުވެސް ދެމީހުން ނުދެކެ އެވެ.

“ދޮންބޭ… އަހަރުމެން މިތިބީ އެއަރޕޯރޓު ތެރޭ ގެއްލިފަ.” އާޔަތު ބިރުގަނެފައި ހުރިކަން އަޑުންވެސް އިނގެ އެވެ.

“ބިރު ނުގަނެބަލަ އާޔާ… މީހެއް ގާތު އަހާލީމަ އިނގިދާނެ މިތަނުން އެގްސިޓް ވާނެ ގޮތެއް.”

“އެހެރީ… އެހެރީ އަބީބެ.” ކުއްލިއަކަށް އާޔަތު ތެޅިގަނެފައި އާޒަތުގެ އަތުގައި ހިފާ ތަޅުވައި ގަތެވެ. އާޒަތު ހައިރާން ވެފައި އާޔަތު ދައްކާ ދިމާލަށް ބަލައިލި އެވެ. އެދިމާ ދުރުގައި ނޫކުލައިގެ ޖީންސްއަކާއި އަބްޔާން ލާ ކަހަލަ ގަޔަށް ބާރު ހުދުކުލައިގެ ޓީ-ޝާރޓެއް ލައިގެން ފޯނެއްގައި ހުރި ފިރިހެނެއް ހުއްޓެވެ.

“އާޔާ ބިރުން ހުންނާތީ މިހާރު އަބީބެ ވެސް އާޔާއަށް ތި ފެންނަނީ… ސިންގަޕޫރުގަ ހުރި މީހެއް މިތަނުން ތި ފެންނަނީ އާޔާ… ރިލޭކްސް ޕްލީސް.” އާޒަތު ހިތްހަމަ ނުޖެހިފައި ބުނެލި އެވެ.

“ދޮންބޭ! އެއީ އަބީބެ… މަށަށް ޔަގީން. ހިނގާބަލަ ކައިރިއަށް.” އާޔަތު އާޒަތު އަތުގައި ހިފައި ދަމައި ގަތެވެ. އާޒަތު ވެސް އާޔަތު ގެންދާ ދިމާލަށް ދާންފެށި އެވެ. ކައިރި ވީ ވީހެން އެމީހާ އަބްޔާންއާއި ވައްތަރުވަމުން ދިޔަ އެވެ. ތެދެކެވެ. އެއީ އަބްޔާން އެވެ. އާޒަތު ހައިރާން ވެފައި ހުރެގެން ކައިރިއަށް ދިޔަ އެވެ. އާޔަތުވެސް އާޒަތުގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ބާރަށް ހިގާފައި ދިޔަ އެވެ.

“އަބީބޭ.. އަބީބޭ…” ކައިރިއަށް ދެވުމުން އާޔަތު ގޮވަން ފެށި އެވެ. އަބްޔާން ފެނުމުން މި ހުރިހާ އިރު ގަނެފައިވާ ބިރުވެސް ފިލައިގެން ހިގައްޖެ އެވެ. އާޒަތުގެ ހިތަށް ވެސް ހިތްހަމަ ޖެހުން ވަނެވެ.

އަބްޔާން އެމީހުނާ ދިމާއަށް ބަލައިލަމުން ހިނިތުން ވެލި އެވެ. އެމީހުންގެ އިންތިޒާރުގައި އެއަރޕޯރޓުގައި އަބްޔާން ހުންނަތާ ގަޑިއެއްގެ އިރު ވެއްޖެ އެވެ.

“އަބީބޭ… ކީއްކުރަނީ މިތާ؟” އާޔަތު އައިސް އަހާލި އެވެ.

“މި ހުންނަނީ އަހަރެންގެ ބެލެނިވެރި ކަމުގެ ދަށުގައި ތިބި ބަޔަކާ ހަވާލުވާން އައިސް.” އަބްޔާން ހިނިތުން ވެލައިގެން ހުރެ ބުންޏެވެ. އާޒަތުއާއި އާޔަތު ހިނިތުން ވެލި އެވެ. ހިތްހަމަ ޖެހިފައި ތިބެ އެވެ.

“އަބީބޭ، އަހަރެން ހިތަކަށްވެސް ނާރާ އަބީބެ އަންނާނެ ކަމަކަށް. ވަރަށް ބޮޑަށް ތޭންކްސް.” އާޒަތު ހުރީ ވަރަށް އުފާވެފަ އެވެ.

“އަހަރެން އަންނާނެނު… އަހަރެންނަކީ ބެލެނި ވެރިޔާނު…. ބެލެނިވެރިޔާ ނެތިސް އާޔާ ސްކޫލަށް ވަންނަނީ ކިހިނެއް؟” އަބްޔާން އާޔަތުގެ ބޮލުގައި ފިރުމާލަމުން ބުނެލި އެވެ. އަދި އަބްޔާން ކައިރީ ހުރި ކުޑަކުޑަ ފޮށި ނަގާ އާޒަތު ހިފަހައްޓައިގެން ހުރި ޓްރޮލީއަށް ލިޔެވެ. އަދި އައިސް ޓްރޮލީގައި ހިފައިގެން ހިގައި ގަތެވެ.

“ތުއްތަ އަކަށް ވެސް ނޭގޭ ދޯ އަބީބެ އަންނަ ކަމެއް.”

“އާން، ނޭގޭނެ… ތުއްތަ ހުރީ ވަރަށް ހާސްވެފަ ދޯ ދެމީހުން އެކަނި ފޮނުވަން ޖެހުނީމަ.”

“އާން، ތުއްތަޔާ ހެދި އަހަރެން ވެސް ހާސްވީ.” އާޒަތު ބުންޏެވެ.

“ހެހެހެ… އަސްލު އަބީބެ ހިތައް އަރުވައިގެން ހުރީ މިގޮތަށް. ދެން އަބީބެ ބައްޕަ ވެސް އަނެއްކާ ބުނުއްވައިފި ތިކުދިންނަށް ހެލްޕްވާން އައުމަށް. އެހެންވެ އެވަރަކުން ދެން މި އައީ.”

“އަހަރުމެނާ ދޭތެރޭ ނަސީރުބޭ ވަރަށް ވިސްނާ ދޯ.” އާޔަތު ބުނެލި އެވެ.

“ވިސްނާނެނު… ތީ ބައްޕަގެ ބިޒްނަސްގެ ޕާރޓްނާރސް ވިއްޔަ.” އަބްޔާން ބުނެލި އެވެ.

“ދޮގެއްނޫން… އަބީބޭ. އަހަރެން ކިޔަވާނީ ބިޒްނަސް. ނަސީރުބެއާއި އެއްކޮން އަހަރުމެންގެއިން ބިޒްނަސްގެ ކަންތައް ކުރާނީ އަހަރެން. ދޮންބެއަކަށް ނުވާނެނު. މެޑިސިން ކިޔަވަން އުޅޭ މީހެއް އެއީ. ތުއްތަ އަކަށް ނުވާނެ… ދެން ހުރީ އަހަރެން. އެހެންވީމަ އަހަރެން އެ ބިޒްނަސް ކުރިއަށް ގެންދާނީ.”

“އިން ޝާ ﷲ” އަބްޔާން ބުނެލި އެވެ. އެންމެން އެއަރޕޯޓުން ނިކުތުމަށް އަވަސްކޮށްލި އެވެ.

 

ޖަންނަތު އެއްކޮން ޒައީމާމެންގެއަށް ބަދަލުވީ އެވެ. ފިޔާތޮށިގެ ކުއްޔައް ދިނުމަށް ޒީނަތުއާއި އާޒަތުވެސް ވަނީ އެއްބަސް ވެފަ އެވެ. އެހެން ކަމުން އެގޭގައިވާ މުހިންމު ސާމާނުވެސް ޖަންނަތު ޒައީމާ މެންގެއަށް ވަނީ ގެނެސްފަ އެވެ.

ދުވަސް ކޮޅަކަށް ފަހު ޖަންނަތު އޮފީހަށް ނުކުތެވެ. ޖަންނަތުއަށް މަރުހަބާ ކިއުމަށް ‘ބެކް ޓު ވާރކް’ ޖަހާފައިވާ ކޭކެއް ހައިފާ އަޅައިގެން ގެނެސްފައި އޮތެވެ.

އެއީ އެތަނަށް އަލަށް ވަން މެނޭޖަރު މާޒިދުއާއި ވެސް ޖަންނަތު ދިމާވި ފުރަތަމަ ދުވަހެވެ. މާޒިދުއަށް ޖަންނަތު ފެނުމާއި އެކު ހިތުގައި ރަގަބީލު ޖެހެން ފެށި އެވެ. ދުވަހަކު ނުވާ އެތައް ގޮތްތަކެއް މާޒިދުއަށް ވާން ފެށި އެވެ.

ކޮންމެ ދުވަހަކު ޖަންނަތުގެ މޭޒުމަތީ މަލެއް މާޒިދު ބާންވަން ފެށި އެވެ. އެކި ދުވަހު އެކި ކުލައިގެ އެކި ވައްތަރުގެ މާ އޮވެ އެވެ. ކޮންމެ ދުވަހަކު ވެސް ޖަންނަތު އައިސް މަލުން ވަސް ބަލާލަ އެވެ. އަދި މާ ނަގާ މޭޒުމަތީ އިންނަ ކުޑަ ފެން ފުޅިއަކަށް ޖަހާލަ އެވެ. އެއީ މާޒިދުގެ ކަމެއްކަން ޖަންނަތުއަށް އިނގެ އެވެ. ޖަންނަތު ދެކޭ ގޮތުގައި އެއީ ހަމަ އެކުވެރި ކަމެވެ. އެހެން ކަމުން ފެން ފުޅިއަށް މާޖަހާލަނީ މާޒިދު ހިތް ހަމަ ޖައްސާލަ ދޭށެވެ. މާޒިދުއާއި އެކު މަސައްކަތް ކުރުން ޖަންނަތުއަށް ވަރަށް ފަސޭހަ ވި އެވެ.

 

ޒައީމާ މެންގޭގައި ޖަންނަތު އުޅޭތީ ޒައީމާއަށް ވަރަށް ފަސޭހަ އެވެ. ގޭގެ ކަންތައް ކުރުމުގައާއި ޔަޒަންގެ ކަންތައް ކުރުމުގަ އެވެ. ޔަޒަންގެ ހުރިހާ ކަމެއް މިހާރު ކުރަނީ ޖަންނަތު އެވެ. އަދި މިހާރު ޔަޒަންއަށް ވެސް ޖަންނަތު ނޫން އެހެން މީހެއް ކަމުވެސް ނުދަނީ އެވެ.

ބޮޑޫއްތަގެ ދަދަން… އާދޭ ބޮޑޫއްތައާ އެއްކޮން ފެން ވަރަން.” ޖަންނަތު އޮފީހުން އައިސް ގެއަށް ވަން އިރު ޒައީމާ ގޮވާލާ އަޑު އިވުނެވެ.

“ބޮޑޫއްތާ… ޔަޒަން ފެންވަރާނީ ޖަންނަދައްތަ އައިމަ.” ޔަޒަން ބުނާ އަޑު އިވުނެވެ.

“ދެން މިހާރުވެސް މާ ލަސް ވެއްޖެ. އާދޭ ފެން ވަރަން… ޤުރުއާން ކުލާހަށް ދާން ޖެހޭނެ.” ޒައީމާ ބުންޏެވެ.

“ދެން ގުޅާ ބަލަ ޖަންނަދައްތައަށް. ބުނެބަލަ ޔަޒަން ފެންވަރުވަން އަންނާށޭ.” ޒައީމާއާއި ދިމާލަށް ޔަޒަން ބުންޏެވެ. އޭރު ޖަންނަތު ހިނި އައިސްފައި ޒައިމާ ކޮޓަރި ދޮރުމަތީ ހުއްޓެވެ.

“ގުޅާނެ ކަމެއް ނެތް. ހިނގާ އަވަހަށް ފެން ވަރަން.” ޖަންނަތު ޔަޒަންއާއި ދިމާލަށް ހީލަމުން ބުނެލި އެވެ. ޒައީމާ އެނދުމަތީ ކުޅޭ އެއްޗިހިތައް އަތުރައިގެން އިން ޔަޒަން ފުންމައިގެން ތެދުވި އެވެ. އަދި އެދުން ފައިބައިގެން ދުވެފައި ޖަންނަތު ކައިރިއަށް އައެވެ. “އެކަމަކު ފުރަތަމަ ޓޯއީސްތައް ނަގާ… ޖަންނަދައްތަ އަންނާނަން އެއްޗިހި ބަދަލު ކޮށްގެން.” ޖަންނަތު އެހެން ބުނެލާފައި ޒިޔާދާ ކުރިން އުޅުން ކޮޓަރިއާ ދިމާލަށް ދިޔަ އެވެ. ޖަންނަތު އުޅެނީ އެކޮޓަރީގަ އެވެ.

 

އަބްޔާން އޮސްޓްރޭލިޔާއިން ދިމާވި ވަހަކަ އާޒަތު ބުނުމުން ޖަންނަތުއަށް ލިބުނީ ބުނަންވެސް ނޭގޭ ފަދަ ހިތްހަމަ ޖެހުމެކެވެ. އަބްޔާން ޖަންނަތު މެނަށް އަޅާލާ ވަރު އިނގުނެވެ. އެހެން ކަމުން ޖަންނަތު ހުންނަނީ ވަރަށް އުފާ ވެފަ އެވެ.

އަބްޔާން ރާއްޖެ ނުގޮސް އޮސްޓްރޭލިޔާއަށް ދިޔަ ޙަބަރު ނަސީރު ހިދާޔާ ގާތު ބުނީ ތަނާ ވެސް އެގޭގައި އިން ވަގުތެއްގަ އެވެ. ހިދާޔާ ހިތްހަމަ ނުޖެހުނެއް ކަމަކު އެއްޗެއް ނުބުނެ އިނެވެ. ތަނާ ހިތުގައި އެތަކެއް ސުވާލު އުފެދުނެވެ. ތަނާ ހިތުގައި އުފެދުނު ސުވާލުތައް ނަސީރުއާއި ކުރަން ފެށީ އާލިޔާ އެވެ. ނަސީރު އާލިޔާއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން ތަނާ ވިސްނާލި އެވެ.

“އާލިޔާ، އަބީ ބައްޕަޔާ އަބީޔާ ދެމީހުން އެމީހުނަށް ހެލްޕް ވަނީ ކީއްވެ؟ އެއީ ތިމާގެ ބަޔަކީތަ؟” ފަހުން އާލިޔާ ގާތު ތަނާ އަހާލި އެވެ.

“އެއީ ބައްޕަގެ ބެސްޓް ފްރެންޑް ގެ ދަރިން ވީމަ… ދެން އަބަދުވެސް ބައްޕައާ އަބީބެ އެއީ އެންމެނަށް ވެސް ވަރަށް ހެލްޕް ކޮށްދޭ ބަޔެއް. އެހެން ވީމަ އެއީ ދެން މާބޮޑު ކަމެއް ނޫންތާ ދޯ… އެހެން ނޫނަސް އަބީބެ އަބަދުވެސް ހާއްސަކޮން އެގޭ ކުދިންނަށް ވަރަށް ހެލްޕް ވާނެ. ދޭ އާރ އަވަރ ޗައިލްޑް ހުޑް ފްރެންޑްސް.” އާލިޔާ ތަނާއަށް ވިސްނައި ދެމުން ބުނެލި އެވެ.

“އާން… ޖަންނަ މެނގެ ކުދިންތަ އެއީ؟” ތަނާ ހަދާން ވެގެން އަހާލާ ކަހަލަ ގޮތަކަށް އަހާލި އެވެ. އާލިޔާ ތަނާއަށް ބަލަން ހުރީ ހައިރާން ވެފަ އެވެ.

“ތަނާ ދަންނަންތަ ޖަންނަ؟”

“ދެން، ޖަންނަ ދަންނާނެނު… އަބީ އޭރު އަބަދު އަބަދު ޖަންނަގެ ވާހަކަ ދައްކާނީ… އެންމެ ދުވަހެއް ވެސް ނުދާނެ ޖަންނަގެ ވާހަކައެއް ބުނެނުލާ. އަހަރެން އޭރު ވަރަށް ޖޭ ވެސް ވޭ..” ތަނާ ވިސްނުމެއްގައި އިނދެގެން ވާހަކަ ދައްކާ ފަދައިން ވާހަކަ ދައްކަމުން ދިޔަ އެވެ. “ޖަންނަ އަކީ އަބީގެ ބެސްޓް ފްރެންޑް ދޯ.”

“އާން… ހެހެހެ.. ޔާ.” އާލިޔާ ފާޑަކަށް ހުރެފައި ބުނެލި އެވެ.

 

 

ޖަންނަތު އާއި ޒައީމާ ބަދިގޭގައި އުޅެނިކޮން ސާރާ އައިސް ބަދިގެއަށް ވަނެވެ. ސާރާ އުޅޭ ގޮތުން ހީވަނީ ޒައީމާ ގާތު ކޮންމެވެސް ވާހަކައެއް ބުނަން އުޅޭ ހެނެވެ.

“ހޫން، ދެން ތި ބުނަން އުޅޭ އެއްޗެއް ބުނެ ބަލަ.” ޒައީމާއަށް އެކަން ވިސްނިގެން އައިސް މޭޒުކައިރީ އިށީންނަމުން ޒައީމާ ބުނެލި އެވެ.

“މަންމާ، މިއަދު މުޒޭ ބުނީ އަހަރުމެން ދެން އިންނަން ވީޔޯ… އަބީ އައިމަ ރަން ކިޔަން ވިއްޔޯ.”

“ފަރުޒާނާ ގަބޫލު ވީތަ؟” ޒައީމާ ހައިރާން ވެފައި އަހާލި އެވެ.

“ނޫން.. މުޒޭ މަންމަ މުޒޭއާ އަނގައިންވެސް ނުބުނޭ… އެކަމަކު މުޒޭ ބައްޕަ ބުނެފި އަހަރުމެން އިންނާށޭ… މަންމަ އަނގައިން ބުނާނެޔޭ ދުވަސްކޮޅެއް ވީމަ.”

“ތީ ވެސް ތެދެއް.. އެއްވެސް މަންމައަކަށް މާ ގިނަދުވަހު އަމިއްލަ ދަރިންނާއި އަނގައިން ނުބުނެ ނުހުރެވޭނެ.”

“މަންމާ، މަންމަ ޒައިދާންބޭ ގާތު ވެސް މިވާހަކަ ބުނެލައްޗޭ… ބައްޕައަށް ވެސް އަންގައްޗޭ.”

“އާން، ބައްޕައަށް މިހާރު އިނގިފަ އޮތީ ސާރާއާއި މުޒައްފަރު ގުޅެން އުޅޭކަން…” ޒައީމާ ހިންދެމިލާ ފުން ނޭވާއެއް ދޫކޮށްލި އެވެ. “ސާރާގެ ދޮންމަންމަ ބަލިވެ އިންވާހަކަ ބައްޕަ ބުނި.”

“އަނެއްކާ؟” ސާރާއަށް ހައިރާން ކަމެއް ލިބިގެން ދިޔަ އެވެ. ސާރާގެ ދޮންމަންމަ ވަފާ ވިހޭތާ އަދި ވާނީ އަހަރެކެވެ. “ދޮންމަންމަ އެކޭ ޖަޕާނު މަހެކޭ އެއްވަރެއްނު… ހަތަރުވަނަ ވަނަ ކުއްޖާ ދޯ ދެން ލިބޭނީ. ޕިސް ޕިސް.”

“އާން، ސާރާގެ ބައްޕަ ދެވަނަ ކައިވެނި ކުރީ ކުދިން ހޯދަން ވިއްޔަ… ދެން އެކަމެއްނު އޮންނާނީ.” ޒައީމާ ނޫން ގޮތަކަށް އިނދެފައި ބުނެލި އެވެ. ޒައީމާ ކިތަންމެ ހިތްވަރާއި އެކު ޒައީމާގެ ހިތުގައި ފޮރުވިފައިވާ ޖަޒުބާތުތަށް ހިފަހައްޓަން އުޅުނަސް މޫނުމަތިން އެކަން ފާޅުވެ އެވެ. މާޔޫސް ކަމާއި ހިތާމަ ފެންނަމުން ދިޔަ އެވެ.

“މަންމާ!” ސާރާ ޒައީމާ ގައިގައި ބައްދާލި އެވެ. ޒައީމާގެ ހުރިހާ އިހުސާސްއެއް ސާރާއަށް އިނގެ އެވެ. ޒައީމާއަކީ ހިތްވަރުގަދަ މަންމަ އެކެވެ. ސާރާއަށް އެކަން ރަގަޅަށްވެސް އިނގެ އެވެ. އަދި އެއީ ނުހަނު ވަފާތެރި ރަގަޅު އަންބެއްކަން ވެސް އެއްފަހަރު ސާރާގެ ބައްޕަ ވާފިރު ވަނީ ބުނެފަ އެވެ.

 

ޒައީމާއާއި ވާފިރު އިނދެގެން އުޅުނީ ނުހަނު ލޯބިވެތި ދިރި އުޅުމެކެވެ. ސާރާއާއި ޒިޔާދާ ލިބުން ފަހުން ޒައީމާ ބަލިވެ އިނދެ އެދަރިފުޅު ބަނޑަށް މަރުވި ފަހުން ޒައީމާ ބަލިވެ ނީދެ އެވެ. އެކަމަށް ފަރުވާ ކުރެވުން އަދަދެއް ވެސް އެދެމަފިރިންނަށް ނޭގެ އެވެ. ވާފިރުއަކީ ބޮޑު އާއިލާއެއް ބޭނުންވާ މީހެކެވެ. ވާފިރު ބޭނުން ވަނީ ބައިވަރު ދަރިންނެވެ. އެކަން ޒައީމާއަށް ކޮށް ނުދެވުމުން ވާފިރު ނިންމީ ދެއަންބަށް މީހަކާ އިންނާށެވެ. އެގޮތުން ޖެހިގެން އޮތް އަތޮޅުގެ ވަފާއާއި އިނެވެ. ވަފާއާއި ވާފިރު އިން އިރު ޒިޔާދާއަށް ނުވަ އަހަރެވެ. އަދި ސާރާއަށް ފަނަރަ އަހަރެވެ. ވަފާއާއި އިނދެގެން މިވީ ހަ އަހަރު ތެރޭ ތިން ކުދިން ލިބިއްޖެ އެވެ. އެންމެ ދޮއްޓަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އެކުއްޖާއަށް ފަސް އަހަރެވެ. ދެން ވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. އެކުއްޖާއަށް ތިން އަހަރެވެ. އެއާ ޖެހުނު ކުއްޖާއަކީ އަންހެން ކުއްޖެކެވެ. އެކުއްޖާއަށް އަދި މިވީ އެންމެ އަހަރެވެ. މިހާރު އަނެއްކާވެސް ވަފާ ބަނޑު ބޮޑު ވާހަކަ ވާފިރު ޒައީމާ ގާތު ބުނީ ސާރާއާއި މުޒައްފަރުގެ ގުޅުމުގެ ވާހަކަ ދައްކަން ވާފިރުއަށް ގުޅުމުންނެވެ.

ވާފިރުއަކީ ގޯސް ބައްޕަ އެކޭ ނުބުނެވޭނެ އެވެ. ސާރާއާއި ޒިޔާދާއަށް ވާފިރު ހަރަދު ކުރެ އެވެ. ރަށަށް އާދެވޭ ފަހަރަކު އެކުދިންނާއި އެކު ވަގުތު ހޭދަކުރެ އެވެ. ލޯބި ދެއެވެ. ވާފިރުއަކީ ކަންނެލި މަސްދޯންޏެއްގެ ވެރި އެކެވެ. މިހާރު ޒައީމާއަށް ވަގުރު ނުދެވޭތީ ވާފިރު ދެރަ ވެއެވެ. ޒައީމާއަކީ ވާފިރުގެ އަލަތު އަނބިމީހާ އެވެ. ޒައީމާދެކެ ވާފިރު ލޯބި ވެއެވެ. ނަމަވެސް މިހާރު ބޮޑަށް އަޅާލުން ބޭނުންވަނީ ވަފާއަށް ކަން ވާފިރު ދަނެ އެވެ. އަދި ވާފިރު އެންމެ އުފާވަނީ ޒައީމާއަށް އެކަން ވިސްނޭތީ އެވެ. ޝަކުވާ މަދު ޒައީމާ އަކީ ހީވާގި ހުލްޤު ރަގަޅު އަންބެކެވެ. ވާފިރުއަށް އެފަދަ ދެވަނަ އަންބެއް ނުލިބޭނެކަން ވެސް ވާފިރުއަށް އިނގެ އެވެ.

 

އަބްޔާންއާއި އާޔަތުއާއި އާޒަތު ތިބީ ރެސްޓޯރެންޓެއްގައި ކާށެވެ. އެންމެން ވެސް ތިބީ ވަރަށް ހަމަ ޖެހިލާފަ އެވެ. މިއަދު އާޔަތުގެ ސްކޫލު ކަންތައް ހަމަ ޖެހުނީތީ އެވެ. އާޒަތު އެންމެ އުފާވެފައި އިނީ އަބްޔާން އެކަމާއި އުޅެދިނީތީ އެވެ. އަބްޔާން މިއަދު އެހީވާން ނައިނަމަހީ އާޒަތުއަށް އެކަން ނުވީސްކަން އާޒަތު ގަބޫލު ކުރެ އެވެ.

“އަބީބޭ، ތޭންކްސް.” އާޒަތުއަށް އަނެއްކާ ވެސް ބުނެލެ ވުނެވެ. އާޒަތު އުފާވެފައި ވުމުން އިރުކޮޅަކާ އަބްޔާންއަށް ޝުކުރު އަދާކޮށްލެވެނީ އެވެ.

“އާޒަތު، ދެން ތިހެން ބުނާ ފަހަރު މަ މިތަނުން ނިކުމެގެން ދާގޮތަށް ނުވެސް އަންނާނަން…” އަބްޔާން ނުރުހިފައި ބުނެލި އެވެ. “އާން އެހެންޏާފަހެ.. ފިޔާތޮށިގޭ ކުދިންހާ ގިނައިން ތެންކިއު ބުނާ ބައެއް މަ ނުދެކެން. ޖަންނައަށް ވެސް ގުޅާލާ ކޮންމެ ފަހަރަކު ތެންކިއު.”

އާޔަތު ޖޫސްތަށި ބޯން އިނީ ހެޑްފޯން ޖަހައިގެން ކަމުން އަބްޔާން ދައްކާ އެއްވެސް ވާހަކައެއް އަޑެއް ނީވެ އެވެ. އާޔަތު ޖޫސްތަށި ބޯލުމަށް ފަހު މޭޒުމަތީ ތަށި ބައިންދާލި އެވެ. އަދި ކަންފަތުން އިއަރފޯން ނައްޓާލި އެވެ.

“އަބީބޭ… ތެންކްޔޫ ސޯ މަޗް ފޮރ އެވްރިތިންގް.” އާޔަތު މާނޭވައަކާއެކު ނިކަން ފުންކޮން ބުނެލި އެވެ. އަބްޔާން އާޔަތުގެ ބޮލުގައި ޖަހާލި އެވެ.

“އާޔާ، އާޔާ އެކޭ ޖަންނަ އެކޭ ތަފާތެއް ނެތެއްނު… ހަމަ އެކައްޗެއް ތީ.”

“އާން އެހެންތާ ވާނީ… ޖަންނައަކީ މަގޭ ތުއްތަ ވިއްޔަ.” އާޔަތު ނިކަން ފޮނިވެލާފައި ބުނެލި އެވެ.

“އާޔާ. އާޔާ ބޮޑުވި ބޮޑުވިހެން ހީވަނީ ޖަންނަހެން… ޖަންނައާ އާޔާއާ ހާދަ ވައްތަރޭ.” އަބީ އާޔަތުއަށް ބަލަން އިނދެފައި ބުނެލި އެވެ.

“އާހާ.. އަބީބޭ.. ދެން ތިހެން ނުކިޔަސް އަހަރުމެނަށް އިނގެޔޭ އަބީބެ ތުއްތަ މިސްވެގެންކަން ތި އުޅެނީ. ދޯ ދޮންބޭ!” އާޔަތު އަބްޔާންއާއި ދިމާކޮށްލި އެވެ. “ދެން ކޮންމެ ހެނަކުން ނޫންކަމަށް ނަހަދާ އެއްބަސްވާންވީނު.”

“ކޮން ކަމަކާ އެއްބަސްވާންވީ؟” އަބްޔާން އަވަހަށް ޓިޝޫއެއް ނަގައިގެން މޫނު ފޮހެލަމުން އަހާލީ ވަރަށް ނޫންކަމަށް ހަދާފަ އެވެ.

“ހެހެހެ.. ދެން ތިވަރު ތަންކޮޅެއް ބޮޑު އިނގޭ.. ތިހެން އުޅެނިކޮން ތުއްތަ އެހެން ކުއްޖަކާ މެރީ ކުރާތަން ފެންނާނީ.” އާޔަތު ބުނެލި އެވެ. އާޒަތުވެސް ހިނިއައިސްފައި އަބްޔާންއަށް ބަލަން އިނެވެ.

“ދެން އެމީހަކަށް ދޯ އިނގޭނީ އެމީހަކު މެރީ ކުރާނެ މީހެއް.” އަބްޔާން ބުނެލި އެވެ.

“ސީރިއަސްކޮންނޭ އަބީބޭ.. މިހާރުވެސް ތުއްތައަށް ކުދިން ކުދިންގެ އޮފާރތައް އާދޭ.. އަބީބެ ތިހެން މަޑުން ހުއްޓާ މީހަކު ތުއްތަ ގެންގޮސްދާނެ.” އާޒަތު ވެސް މިފަހަރު އާޔަތުއާއި ބައިވެރި ވެލި އެވެ.

“ކޮން ވާހަކައެއްތަ ތި ދައްކަނީ؟ މުޅި ރަށުގަ ވެސް މަށަށް ހުރި އަންހެން ކުއްޖަކީ ޖަންނަ އެކަނިތަ؟” އަބްޔާން އެންމެ ފަހުން އެހި އެވެ.

“އާން!” އާޔަތުއާއި އާޒަތުއާއި ދެބެން އެއްކޮން ނިކަން ބާރަށް ޖަވާބު ދިނެވެ.

“އަބީބެއަށް އެކަށީގެންވާ މީހަކީ ހަމަ އެކަނި އެއީ.” އާޔަތު ބުނެލި އެވެ. އަބްޔާން އާޔަތުއާއި ދިމާއަށް ބަލައިލީ ހެވިފައި އިނދެ އެވެ. އަބްޔާން އިނީ އެތެރެއިން ނިކަން ހިތްހަމަ ޖެހިފަ އެވެ. އަނގައިން ކޮންމެ އެއްޗެއް ބޭރުވިޔަސް ދައްކާ ވާހަކަ އަބްޔާންއަށް ވަރަށް ކަމުދާހެން ހީވެ އެވެ.

“އާޔާ.. ޖަންނަ ނުލިބުނިއްޔާ އާޔާ ތިހިރީނު…” އަބްޔާން ލާނެތްކޮން ހީލަމުން އާޔަތުއާއި ދިމާއަށް ބުނެލި އެވެ. އާޔަތު އަނގަ ހުޅުވާލަމުން އަބްޔާންއަށް ބަލައިލި އެވެ. “ކީއްތަވީ؟ ޖަންނައާ ނުލާހިކު ވައްތަރު… ޖަންނައާއި އެކަށީގެން ވަންޏާ އާޔާއާ ވެސް އެކަށީގެން ވާނެނު. އަޅެ ކިހާ ސަޅިވާނެ އޭރުން.”

“އަބީބޭ… ހައު ކުޑް…؟” އާޔަތު ކުޑަކޮން ރުޅި އަންނަގޮތް ވިއެވެ. “އަބީބެ ކިޔާފަ މަ އަބީބެޔަކާ މެރީއެއް ނުކުރާނަން. ނެވަރ.”

“ކީއްވެތަ؟ ބޭބެ ކިޔަސް އެއީ މައްސަލައެއް ނޫނޭ… ޖަވާދުބެ ވެސް އެ އުޅެނީ ޖަވާދުބޭގެ ބޮޑުބޭބެގެ ކާފަ ދަރިފުޅު ނާހިދާއާ މެރީ ކޮށްގެން. ނާހިދާ ޖަވާދުބެއަށް ކިޔަނީ ބޭބެ. އަނެއްކާ އަހަރެންނާ އާޔާމެނާ ތިމާގެއެއްވެސް ނޫން. އެހެންވެ ކޮބާ މައްސަލަ އަކީ.” އަބްޔާން އަދިވެސް ބޭނުންވީ އާޔަތު ރުޅިއަރުވާށެވެ. އާޔަތު ރުޅިއައިމަ ޖަންނައާއި ވަރަށް ވައްތަރެވެ. އަބްޔާންއަށް މަޖާވީ އެހެންވެ އެވެ.

“އަބީބޭ؟ އާރ ޔޫ ސީރިއަސް؟” އާޔަތު އަބްޔާންއަށް ބަލައިލާފައި ކަޅި ދިމަދިމާލަށް ހިންގާލި އެވެ.

އަބްޔާން އާޔަތުއާއި އެތަކެއް ސަމާސާ ކުރި އެވެ. އާޒަތު ހީލަ ހީލަ އިނީ އެވެ.

 

ޖަންނަތު އެދުވަހު އޮފީހަށް ދިޔައިރު މޭޒުމަތީ ހުދު ކުލައިގެ ފިނިފެން މަލެއް އޮތެވެ. ޖަންނަތުއަށް ކުޑަ ހައިރާން ކަމެއް ލިބުނީ މީގެ ކުރިން އަދި ފިނިފެން މަލެއް ނުލިބޭތީ އެވެ. ޖަންނަތު ހިނިތުން ވެލާފައި އައިސް މާނަގާ ވަސްބަލައިލި އެވެ. އަދި ފެން އެއްޗަށް ޖަހާލި އެވެ. މާޒިދު ޖަންނަތުގެ ހަރާކާތައް ބަލަން މޭޒުކައިރީ އިނެވެ. ޖަންނަތު މާޒިދުއަށް ހިނިތުން ވެލަމުން އައިސް މޭޒުކައިރީ އިށީނެވެ. އެވަގުތު ޒައިދާން އައިސް ވަނެވެ.

ޖަންނަތުއާއި މާޒިދުވެސް ތެދުވީ ޒައިދާންއަށް ސަލާމްކޮށްލުމުގެ ގޮތުންނެވެ. ޒައިދާން އައިސް ޖަންނަތު މޭޒުކުރިމަތިން ހުއްޓުނެވެ.

“ޖަންނާ، އަބީ އަންނަނީ ކޮން އިރަކުންތަ؟ ހާދަ ގިނަ މަސައްކަތެއް އެބަ އޮތޭ.” ޒައިދާން ސީދާ އައިސް އަބްޔާންގެ ވާހަކަ ޖަންނަތު ގާތުން އެހުމުން ޖަންނަތު ލަދުގަތް ނަމަވެސް މޫނުމަތިން އެކަން ނުދެއްކޭތޯ މަސައްކަތް ކުރަން ފެށި އެވެ.

“އަޅުގަނޑަށް ކިހިނެއްތޯ އިނގޭނީ؟” ޖަންނަތު ނޫން ކަމަށް ހަދާލަމުން އަވަހަށް ބުނެލި އެވެ.

“ޖަންނަ ނޫން މީހަކަށް ނޭގޭނެތީ އަހާލީ… ދެން އަބީ ގުޅީމަ އަހާލައްޗޭ އަންނަނީ ކޮން އިރަކުންތޯ.” ޒައިދާން ސަމާސާ ރާގަކަށް އެހެން ބުނެލާފައި ގޮސް ކޮޓަރިއަށް ވަނެވެ. ޖަންނަތު ޒައިދާންއަށް ބަލަން ހުރެލާފައި ގޮނޑީގައި އިށީނެވެ.

އޮފީހުގެ މަސައްކަތް ފެށިގެން ދިޔަ އެވެ. މެންދުރު ވީއިރު ވެސް ހުއްޓާނުލާ މަސައްކަތާއިގެން ކުރިޔައް ދިޔަ އެވެ. ޖަންނަތުގެ ފޯނަށް ވައިބަރ ކޯލެއް އަންނަން ފެށީ އެވަގުތު އެވެ. ޖަންނަތު މޭޒުމަތީ އޮތް ފޯނަށް ބަލައިލި އެވެ. ގުޅަނީ އަބްޔާންކަން އިނގުމުން ހުރިހާ ކަމެއް ހުއްޓާލާފައި އަވަހަށް ފޯނު ނެގި އެވެ.

“ހެލޯ! އަބީ.” ޖަންނަތު ޖަވާބުދިން އަޑު އިވުމުން މާޒިދުވެސް ޖަންނަތުއާއި ދިމާއަށް ބަލައިލި އެވެ.

“ޖަންނާ، ހާދަ މިސް ވެޔޭ.” އެކޮޅުން އަބްޔާން ވާހަކަ ދައްކަން ފެށި އެވެ.

“ޒައިދާން ބުނުއްވީ އަބީ ގުޅިމަ އަހާށޯ ކޮން އިރަކުންހޭ އަންނަނީ.”

“ޖަންނަ ބުނާ ދުވަހަކުން އަންނާނީ.” އަބްޔާން ބުނެލި އެވެ.

“ތިހެން ވިއްޔާ އާދޭ. ހަމަ މިހާރު އާދޭ!” ޖަންނަތު ތަންކޮޅެއް ބާރަށް އެހެން ބުނެފައި ފޯނު ކަނޑާލީ އެވެ. އަދި ހިނިތުން ވެލަމުން ފޮޓޯ ކޮޕީ މެޝިން ކައިރީ މަޑުކޮށްލީ އެއްޗެއް ކޮޕީ ނަގާށެވެ.

އެވަގުތު ކެބިންގެ ދޮރު ހުޅުވާލުމާއި އެކު ވަރަށް ހިނިއައިސްފައި ހުރެ އެތެރެއަށް ވަދެގެން އެއައީ ދެވަނަ އެހެން މީހެއް ނޫނެވެ. ޖަންނަތުއަށް އަނގަ ހުޅުވައިގެން ގަބޫލު ނުކުރެވިފައި ބަލަހައްޓައިގެން ހުރެވުނީ އެވެ.

“އަބީ!” ޖަންނަތުއަށް މަޑުމަޑުން ގޮވާލެ ވުނެވެ.

“ޖަންނަ ބުނީނު ހަމަ މިހާރު އަންނާށޭ… ދެން އަންނާކަށްނު ޖެހޭނީ.” އަބްޔާން ހިނިތުން ވެލައިގެން ޖަންނަތު ކައިރިއަށް އައިސް ހުއްޓި ލަމުން ބުނެލި އެވެ. ޖަންނަތުވެސް ވަރަށް އުފާވެފައި އަބްޔާންއަށް ބަލަން ހުއްޓެވެ. އެވަގުތު އެތާ މާޒިދު ހުރިކަންވެސް އެދެމީހުން ހަދާންނެތް ކަހަލަ އެވެ. ދެމީހުނަށް އެކަކު އަނެކަކު ފެނުމުން ލިބިފައިވާ އުފާ މާބޮޑެވެ. މާޒިދުއަށް ވެސް ހައިރާން ކަމެއް ލިބުނީ އެދެމީހުނަށް ވެފައިވާ ގޮތް ފެނިފަ އެވެ. ދެމީހުންގެ ހިތުގައިވާ ޖަޒުބާތު ދެނެގަންނާކަށް މާޒިދުއަކަށް އުނދަގުލެއް ނުވި އެވެ. މާޒިދުގެ ހިތައް ތަދުވެގެން ދިޔައީ ޖަންނަތުގެ މޫނުމަތިން އަބްޔާންއަށް ޓަކައިވާ ލޯބި ސިފަވާން ފެށުމުންނެވެ.

“އަބީ؟” އެވަގުތު ޒައިދާން ކޮޓަރިން ނިކުމެ އަބްޔާން ފެނުމުން ހައިރާން ވެފައި ގޮވާލި އެވެ. އަބްޔާންއާއި ޖަންނަތު ސިހިފައި ޒައިދާންއަށް ބަލައިލި އެވެ. “ކޮން އިރަކު އަބީ އައީ؟ މިއަދު ޖަންނަ ގާތު ބުނީ އަބީ އަންނަ ދުވަހެއް އަހާލައްޗޭ.”

“އަޅުގަނޑު ރަށަށް މިއައީ ދެންމެ… ފޮށިވެސް އެހެރީ ބޭރުގަ.” އަބްޔާން ބޭރަށް އިޝާރާތް ކޮށްލި އެވެ.

“ގެއަށް ވެސް ނުވަދެ އެންމެ ކުރިން ވެސް ތިއައީ މިތަނަށް ދޯ.” ޒައިދާން ލާނެތްކޮން ހިނިތުން ވެލަމުން އަހާލި އެވެ. އަބްޔާން ބޯ ޖަހާލި އެވެ. “އާން، އެންމެ ކުރިން ފެންނަން ޖެހޭ މީހުން ފެނުނީމަތާ ގެޔައް ދެވޭނީ ދޯ.” މިފަހަރު ޒައިދާން ދިމާކޮށްލުމުން އަބްޔާން ކުޑަކޮން ރަކި ވި އެވެ. ޖަންނަތުވެސް ލަދުން އަވަހަށް އައިސް މޭޒުދޮށުގައި އިށީނެވެ.

“ކޮބާ ނަސީރުބޭ މެން؟ އެމީހުން އަންނަނީ ކޮން އިރަކުން؟” ޒައިދާން އަވަހަށް މަޢުލޫ ބަދަލުކޮށްލި އެވެ.

“ބައްޕަމެން އަންނަ ދުވަހެއް އަދި ނޭގެ. ހީވަނީ ދެމަންތްސް ފަހުންހެން…ނޫނީ ފަހަރެއްގައި އާލިޔާގެ ކޯސް ނިމުނީމަވެސް އައިސްދާނެ. އާލިޔާ އެ ހަދަނީ ތިން މަސް ދުވަހުގެ އެއްޗެއް.”

“ބައްޕަ ނެތީމަ ދެން އަބީ ވަރަށް ބިޒީވާނެ ދޯ. ބައްޕަގެ ބިޒްނަސް ވެސް ކުޑަކޮން އަބީ ބަލަން ޖެހޭނެނު.” ޒައިދާން ބުނެލި އެވެ. އަބްޔާން ބޯ ޖަހާލި އެވެ.

“ބައްޕަ ބުނުއްވި ތިހެން. އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑަށް ވާނެ ބާއޭ.”

“ކީއްވެ ނުވާންވީ. މިހާރު އަބީ އަކީ ވަރަށް ހުށިޔާރު މަސައްކަތް ތެރިއެއް. ކުރާކަމެއް ފަރުވާތެރިކަމާ އެކު ކުރޭ. މަށަށް އިނގޭ އަބީއަށް ވާނެކަން.. މަވެސް ހެލްޕް ވާނަމޭ. ޓްރައި އެއް ދީބަލަ.” ޒައިދާން ބުނެލި އެވެ. މީގެ ކުރިންވެސް ނަސީރު ރާއްޖޭން ބޭރަށް ދަނީ އޭނާގެ ވިޔަފާރި ދާގޮތް ބަލައިލުމަށް ޒައިދާންއާއި ހަވާލު ކޮށްފަ އެވެ. މިފަހަރު ނަސީރު އަބްޔާންއާއި ހަވާލު ކުރީ އަބްޔާންގެ އެ ގާބިލްކަން ހުރިވާހަކަ ޒައިދާން ބުނުމުން ނެވެ.

“ދެން އިނގިދާނެތާ.. އައި ތިންކް އައި ކޭން ޑޫ އިޓް.” އަބްޔާން ބުނެލި އެވެ. ޒައިދާން އަބްޔާންގެ ކޮނޑުގައި ޖަހާލަމުން ހިނިތުން ވެލަމުން ބޭރަށް ނުކުތެވެ.

އަބްޔާން މާޒިދުއަށް ބަލައިލި އެވެ. މާޒިދު އޭރު އިނީ އަބްޔާންއަށް ބަލަހައްޓައިގެނެވެ. އަބްޔާން ހިނިތުން ވެލަމުން މާޒިދު ކައިރިއަށް އައިސް ހުއްޓުނވެ.

“ވަރަށް މަސައްކަތް އެބައޮތް ދޯ.” އާދައިގެ ގޮތަކަށް އަބްޔާން އަހާލި އެވެ. މާޒިދު ބޯ ޖަހާލި އެވެ. “އަހަރެން މާދަމާ އޮފީހަށް އަންނާނަން… މިއަދު ދެން ދަނީ.” އެހެން ބުނެފައި ޖަންނަތުއާއި ދިމާއަށް އެނބުރުނެވެ. ޖަންނަތު އަބްޔާންއަށް ބަލައިލަމުން ހިނިތުން ވެލި އެވެ.

“ސީ ޔޫ ލޭޓަރ.” ޖަންނަތުއާއި ދިމާއަށް އެހެން ބުނެލާފައި އަބްޔާން ކެބިންއިން ނުކުމެގެން ހިގައްޖެ އެވެ. ޖަންނަތު އަބްޔާން ދިޔަ ދިމާލަށް ބަލަން އިން އިރު ތުންފަތަށް ވެރިކުރުވިފައިވާ މަޑު ހިނިތުންވުން މާޒިދުއަށް ފެނުނެވެ.

“ޖަންނާ،” މާޒިދު ޖަންނަތުއަށް ގޮވާލުމުން ޖަންނަތު މާޒިދުއަށް ބަލައިލި އިރު ހިނިތުންވުން ފަލައިފި އެވެ. “ޖަންނަޢާ އަބީއާ ވަރަށް ކުރިންވެސް ދަންނަން ދޯ.”

“އާން، އަހަރުމެން ކުޑައިރުން ފެށިގެން ދަންނަން.”

“ޖަންނަ އަބީ ދެކެ ވަރަށް ލޯބިވޭ ދޯ.” ކުއްލިއަކަށް މާޒިދު ކުރި ސުވާލުން ޖަންނަތުއަށް ސިހުމެއް ގެނުވި އެވެ. ލޯ ބޮޑު ކޮށްލަމުން މާޒިދުއަށް ބަލަހައްޓައިގެން ޖަންނަތު އިނެވެ. “ޖަންނަ އަބީ ދެކެ ލޯބިވާކަން ވަރަށް ރީތިކޮން ދެންމެ އިނގުން. ތި ދެމީހުން ރައްޓެހިވެގެން އުޅޭތާ ކިހާ ދުވަހެއް؟” މާޒިދު ކުރާ ސުވާލުން ޖަންނަތުގެ މޫނު ރަތްވާން ފެށީ ލަދުންނެވެ.

މާޒިދުއަށް ދޭނެ ޖަވާބެއް ޖަންނަތުއަކަށް ނޭގުނެވެ. ލޯބި ނުވެޔޭ ރައްޓެހި ނުވަމޭ ބުނާކަށްވެސް ޖަންނަތުއަކަށް ނުކެރުނެވެ. ހުދު ޖަންނަތުގެ ހިތައް ވެސް ވަނީ އަބްޔާންއަށް އޮތް ޖަޒުބާތަކީ ލޯބިކަން ނޭގިފަ އެވެ. ޖަންނަތު ބަހެއް ނުބުނެ އިންނަން ފެށުމުން މާޒިދުވެސް އިތުރު ސުވާލެއް ނުކޮން މަސައްކަތައް އެނބުރުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

އިންތިޒާރުގައި ހުރިން…..

Next

މަންޝާ (ފަނަރަވަނަ ބައި)

Next
May 9, 2016

މަންޝާ (ފަނަރަވަނަ ބައި)

Previews
May 8, 2016

އިންތިޒާރުގައި ހުރިން…..

10 Comments!

  1. Jumbo says:
    May 8, 2016 at 4:27 am

    Alhe minoon vahtharehge vaahaka mithaa nuhunnanee tha?? Liyaa ehvahtharehge vaahaka liyaakah foosehves nuvey tha?? Abadhu loabyge konmes haasaru thakeh dhamaafa.. Nikan hiyyvaru kohlaafa thafathu kohlabala.. Kiyun therinves beynun vaane dhw thafaathu rahathah.. Mihaaru enme reethi thafaathu vaahaka akah mithaa othee shax ge “mansha”. Kaaku tha admin akah ulheny?? Nikan hinngaalabala..

  2. Jumbo says:
    May 8, 2016 at 4:33 am

    Alhe mi noon vahtharehge vaahaka mithaa nuhunnanee tha!! Abadhu loabeege koosani haasaru thah dhamaafa.. Kiyun therin ves beynun vaane dhw thafaathu rahathah.. Ehbai kiyun therinnah bunan nukerunas mi bunany thi vaahaka thah v hadi.. Vaa ehgotheh vanee.. Sumtimes changes dat u makes gonna get u unbelievable surprises!! So u should all try.. Great authors.. U guys can do it.. Try!!

  3. Kyaan says:
    May 8, 2016 at 7:17 am

    Vv reethi

  4. Zaanaa says:
    May 8, 2016 at 8:17 am

    Next part avahah up kohdeeba pls pls story v nice

  5. ken? says:
    May 8, 2016 at 11:20 am

    aslu dn names thah ves gam eigoi dhw…knme meehaku ves balanee vaahaige namakah molhu eichei jahan vegen knmes lavaeige kadin than kolhei liyanee..ekaku kohfiyyaa anekakuves hama ehen..dn aneikkaa plot thah ves ehaa eigoi vaane ekahala story thakuga..

  6. ken? says:
    May 8, 2016 at 11:23 am

    mi site ga ulhey enme best authors akee shax..fantasy..ushaali..marsha..mi author’s ge story thah v thafaathu vaane..mibuny eivahaaka anei vaahaka aa…
    this is jux a view of mine…ehen authors ah bunaa dhera bahei noon..hard works leads u to de success n making a difference u all cn do much better…?✌

  7. Aana says:
    May 8, 2016 at 1:21 pm

    eki eki liyun therin liyaanee eki style ge vaahaka dhetho… ehen kamun kiun therinah ves emme kamudhaanee ebey fulhaa emme gayaa vaa gothah liyuvaafa hunna vaahaka dhetho. mee hama varah nice story eh. aasi ge hurihaa vaahaka eh ves varah reethi. keep it up

  8. aish says:
    May 8, 2016 at 6:23 pm

    vvvvv nice jana ah propose kuruva bala saarage weding party therey ga plx vv v v v vnice

  9. MANJE says:
    May 8, 2016 at 10:24 pm

    Mi Jumbo mee Hajam nuvaa Golaeh tha.? Bala aharemenna hama aasi varei nei.. Hajam plxxxx?????

  10. Jumbo says:
    May 9, 2016 at 2:42 am

    Aasi goahekey nubunan.. Thiyey manje menge vahtharakee anga haavai ganefa felunakas nuvaane.. Meehaku ehchekey bunaairah emeehakaa gelhilan kehmadhuvefa thi thibeny!! Aharunnah hajam vey kuraa comment manje ah hajam nuvegennu anga kofany!! ??? ladhun boa halaaku thelhey vahtharun ves

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 17 ވަނަ ބައި←


All Right Reserved!