Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެގޭނަމަ ކަލާ.. (2 ވަނަ ބައި)

Shaha Level 1
May 7, 2016 4 Mins Read
12 Comments

އެއީ ސްވަނާގެ މަންމަ ދިރިއުޅުނު ކޮޓަރިއެވެ. ކޮޓަރިތެރެ ހުރީ ސާފުކޮށެވެ. ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުރި ސަވާން ފެނުމުން ސްވަނާގެ ހިތް ބާރަށް ތެޅިގަތެވެ.

“..ބައްޕާ!!!…” ސްވަނާ ގޮވާލިއެވެ. ސަވާން ފަހަތަށް އެބުރުނެވެ. ފަހަތުގައި ފެންނަން ހުރީ އޭނަގެ ދަރިފުޅެވެ. ސްވަނާ ސަވާންއެވެ. އިސާހިތަކު ބަލަހައްޓައިގެން ހުރެފައި ސަވާންގެ ލޮލުގައި ކަރުނަ ޖަމާވެގަތެވެ. ބިނަމައްޗަށް  މަޑުމަޑުން ތިރިވެ އިސްޖަހައިގެން ރޯން ފެށިއެވެ. ސްވަނާއަށް އެ މަންޒަރު ބަލާކަށް ނުހުރެވުނެވެ. ސްވަނާ ސަވާންގެ ގާތުގައި އށީނެވެ. ސަވާންގެ ކޮޑުގައި އަތްއެޅުމާއެކު ސަވާން އިސްއުފުލިއެވެ.

“…އަހަރެން އެއްވެސް ކަމެއް ނުކުރަން…އަހަރެންގެ ސަބަބުންނެއް ނޫން ޝާއިން މަރުވީ.. އަހަރެންނެއް ބޭވަފާތެރިއެއް ނުވަން…އައި ލަވް ހާރ.. ” ސަވާން ސްވަނާގެ އަތަށް ފިއްތާލަމުން ބުނެލިއެވެ.

“..ޑޭޑް..އިޓްސް އޯކޭ… އައި ނޯ.. ބައްޕަ މަންމަދެކެ ވަރަށް ލޯބިވޭ.. ޔޫ ކާންޓް ހާޓް ހާ..” ސްވަނާ ހިތްވަރުދިނެވެ. ރުއިން ހުއްޓާލާފައި ދެބަފައިން ބޭރަށް ނުކުމެ ވާހަކަ ދައްކަން ތިއްބެވެ. ސަވާން އަކީ އަމިއްލަ ކުންފުންޏެއްގެ ބޮޑުމީހާއެވެ. ލިބޭ އާމްދަނީ މަދެއް ނޫނެވެ. ނަމަވެސް މިހާރު ހުންނަނީ ދުނިޔެ މަތިން ފޫހިވެފައެވެ. ސްވަނާ ބަގީޗާއަށް ނުކުމެލިއެވެ. މާތަކުގައި ފިރުމަން ފެށިތަނާ ކުއްލިހަކަށް ވައި ގަދަވާން ފެށިއެވެ. ސްވަނާ އިސްތަށިގަނޑު ރަނގަޅު ކޮށްލާފައި ދެކޮޅަށް ބަލާލިއެވެ. މޫސުން ރީތި ދުވަހެކެވެ. އެކަމަކު ވައި ބާރެވެ. ސްވަނާ މެންދުރަށް ގާތްކޮށް ސާއިމާއި އެކީ ގެޔަށް ދިޔައީ ސަވާން އާއި އަދި ބައްދަލުކުރަން އަންނާނެ ކަމަށް ވައުދުވެފައެވެ.

މެންދުރު ކެއުމަށްފަހު ސްވަނާ ދިޔައީ ހޮސްޕިޓަލަށެވެ. މިއަދު ސްވަނާގެ އިންޓަރވިއު އޮވެއެވެ. އިންޓަރވިއު ނިންމާލުމަށްފަހު ސްވަނާ ފޯނުން މާމަ މެންނާއި ވާހަކަދައްކަން ފެށިއެވެ. ހޮސްޕިޓަލުގެ ގޭޓްގައި މަޑުކޮށްލައިގެން ހުރީ ރުހާން ބަލާ އަންނާނެ އިރަކަށެވެ. އިރުކޮޅެއް ނުވެ ފަހަތުން މީހަކު އައިސް ސްވަނާގެ ލޯމަތީގައި އަތް އެޅިއެވެ.

“..ކާކު؟؟…” ސްވަނާއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ.

“…ދެން ތިޔޭ މައްސަލައަކީ…އެއްކޮށް ކިޔެވި މީހުނެއްވެސް ހަދާނެއް ނުހުރޭ..” ސްވަނާގެ ލޯމަތިން އަތްނެގީ އަންހެން ކުއްޖެކެވެ.

“…ނަބާ!!…” ކުރިމަތީގައި ނަބާހާ ފެންނަން ހުރުމުން ސްވަނާ އުފަލުން ފޮޅުނެވެ.

“..މަށެއް ނޫޅެން އިނގެ!!…ވަގު ވިޔަސް ދެން ތީ ތަންފުކެއް ބޮޑުވަރު…” ނަބާހާ ރުޅި އައިކަމަށް ހެދުނެެވެ.

“…އަދިވެސް ހަމައެގޮތަށް..ބަދަލެއް ނުވެއެއްނު…މިތާ ކޮންކަމެއްތަ؟؟؟ ” ސްވަނާ ހޭން ފެށިއެވެ.

“…އިންޓަރވިއު އަށް މިއައީ..ނާރސް..” ނަބާހާ އެހެން ބުނެލީ މަގުގައި ހުރި ބެންޗަކަށް އިޝާރާތް ކޮށްލަމުންނެވެ.

“…ހަމައަސްލުވެސްތަ؟؟ ” ސްވަނާއަށް ގަބޫލެއް ނުކުރެވުނެވެ.

“…ޑޯންޓް ޓެލް މީ…ސްވާ ވެސް..!!!…އެއް ތާކު އިނގޭ މިޖެހުނީ..ދެން ރަނގަޅުތާ.. ދިމާވާނެއެއްނު…” ނަބާހާ ސްވަނާގެ ކޮލުގައި ހިފާލިއެވެ.

“..ދަނީ އިނގެ…ފަހުން ގުޅާނަން..” ރުހާން އައުމާއެކު ސްވަނާ ތެދުވިއެވެ. ސްވަނާ ސައިކަލަށް އެރުމާއެކު ނަބާހާ ހަނާއަޅާލިއެވެ.

“…މަމިބުނީނު…އެކަހަލަ ކަމެއް ދިމާވެއްޖެއްޔާ ބުނާނަމޭ…” ޓްރެފިކްގައި މަޑުކޮށްގެން ތިބި ސައިކަލުގެ ފަހަތުގައި އިން ޒުވާނާ ބުނެލިއެވެ.

“…އޭނ..ތިހެން ބުނާނެ ކަމެއް ނެތް.. ތިކަމެއް ދުވަހަކުވެސް ނުވާނެ..ގާރލް ފްރެންޑެއް ހުރޭ..އެކަމަކު ހަމައެކަނި ލައިކް އޯ ވަނީ..ލޮތްބެއް ނުވެޔޯ…” ދުއްވަން ހުރި ޒުވާނާ ޖަވާބުގައި ބުނެލިއެވެ. ފަހަތުގައި އިން ޒުވާނާގެ ސަމާލުކަން ގެއްލިފައިހުރީ ކުރިމަތީގައި ޓްރެފިކްގައި މަޑުކޮށްގެން ހުރި ސައިކަލްގެ ފަހަތުގައި އިން ސްވަނާއަށެވެ. ވައިގަދަކަމުން ކިރިޔާ ސްވަނާއަށް އޭނަގެ އިސްތަށިގަނޑު ރަނގަޅު ކުރެވެނީއެވެ.

“…ކިހިނެތް ވީތަ؟؟ ބުނާނެ އެއްޗެއް ނެތީދޯ…” ސައިކަލް ދުއްވަން ހުރި ކުއްޖާ އަނެއްކާވެސް ވާހަކަދެއްކިއެވެ. ފެހި ބޮއްކަށް ބަދަލުވުމާއެކު އެ ފިރިހެން ކުއްޖާ ސައިކަލު ދިޔަ ދިމާލަށް ބަލައިގެން ހުރީއެވެ. އެވަގުތު ވޭނީ އާހެއް ބޭރު ވެގެން ދިޔައެވެ.

ނިދަން އަރާ އޮތް ސްވަނާ ވިސްނަމުން ގެންދިޔައީ ސްވީކް ބައްޕަޔާއި ދިމާކުރާނެ ގޮތަކާއިމެދުގައެވެ. ފާހާނައިން ނުކުތް ސްވީކް ރީތި ވެލައިގެން ސްވަނާގެ ކައިރީގައި އޮށޯތެވެ.

“…ހޫމް…ތިންކިން އެބައުޓް ސަމްވަން؟؟؟…” ސްވީކް ދިމާކޮށްލިއެވެ.

“..ވަޓް… އައިމް ނޮޓް އިންޓްރެސްޓެޑް.. އެކަހަލަ އެއްވެސް ކަމެއް ނުވޭ..” ސްވަނާ ފާޑަކަށް މޫނު ހަދާލިއެވެ.

“..ދެން ކޮންކަމަކާ މެދު ތުއްތަ ތި ވިސްނަނި؟؟؟” ސްވީކް ސީރިޔަސްވެލިއެވެ.

“..ސްވީކް.. އައިމް ތިންކިން އެބައުޓް ޑޭޑް.. ހީޒް ނޮޓް ގުޑް…ހީ ނީޑްސް ޓްރީޓްމެންޓް..” ސްވަނާގެ ހިތުގައި ވި އެއްޗެއް ސްވަނާ އެންމެފަހުން ބޭރުކޮށްލިއެވެ.

“..ސްވާ ޕްލީޒް އިނގޭ!!… އައި ނޯ ޔޫ ލަވް ޑޭޑް..ބަޓް.. ހީ ލެފްޓް މޯމް..ޕްލީޒް..ސްވީކް އަށް މައްސަލައެއް ނެތް ކޮންމެހެން ތުއްތަ ބައްޕަޔާއި ގުޅުން ބޭއްވިޔަސް..ބަޓް އައި ނީޑް ޓައިމް..ލައިކް ދޮންބެ..” މިހެން ބުނެފައި ސްވީކް މޫނުމަތީގައި ރަޖާއެޅިއެވެ.

އައު ދުވަހަކަށް އިރު އެރުމާއެކު މިއަދުވެސް ސްވަނާ ދިޔައީ ސަވާންގެ ގެއަށެވެ. ކުރީ ދުވަހަށްވުރެ ސަވާންގެ ހާލު މިހާރު ރަނގަޅެވެ. ވާހަކަ ދައްކާ ގޮތްވެސް ތަފާތެވެ. ސްވަނާ އަށް ފާހަގަ ކުރެވުނީ ސަވާންއަށް މުހިންމީ އަޅާލުމެވެ. އެހެނީ ސަވާން އަދިވެސް ހުރީ އޭނަގެ އަންހެނުން މަރުވި ހާދިސާއިން ސިހިފައެވެ. ސްވަނާގެ ފޯން ރިންގްވީ އެވަގުތުގައެވެ. ފޯނު ބޭއްވުމާއެކު ސްވަނާ ސާއިމާގެ ގައިގައި ބާރަކަށް ބައްދާލިއެވެ.

“..ހޮސްޕިޓަލުން ގުޅީ..ޖޮބް ލިބިއްޖެ..ބުނީ މިއަދުން ފެށިގެން ކޮއިން ކުރާށޯ..” ސްވަނާގެ އެ އުފާވެރި ޙަބަރި ސަވާން އަށް އަޑުއިވުމުން ސަވާން ފިނިމެންމަލެއް ބިދެ ސްވަނާގެ އަތަށް ހިނިތުންވެލަމުން ދިއްކޮށްލިއެވެ.

“..ދަރިފުޅާ ސްވަނާ!! ހީވަނީ މިހާރު ސަވާން ހަމައަކަށް އެޅޭހެން..” ސާއިމާ ސްވަނާގެ ބޮލުގައި ފިރުމާލުމުން ސްވަނާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

ވަޒީފާއަށް ނުކުތްތާ ހަފްތާއެއްގެ ތެރޭގައި ސްވާނާއަށް ހޮސްޕިޓަލް ރަނގަޅަށް އެގެއެވެ. ގިނަ ރަހްމަތްތެރިންވެސް ލިބިއްޖެއެވެ. އިއްތިފާގަކުން ސްވަނާގެ ޑިއުޓީ ނަބާހާގެ ޑިއުޓީ އާއި ދިމާވެއެވެ.

ބްރޭކް ގަނޑީގައި ސްވަނާ ދިޔައީ ނަބާހާއެކީ ކެންޓީނަށެވެ. ދެމީހުންގެ ވާހަކަތަކަށް މެދު ކެޑުމެއް އައީ ޑޮކްޓަރެއް އައިސް މޭޒުގައި އިށީނުމުންނެވެ.

“..ކިޔާން!!…ދިސް އިސް ސްވަނާ!!..ބުނީމެއްނު ދޯ..” ނަބާހާ ކިޔާން އަށް ސްވަނާ އިންޓްރޮޑިއުސް ކޮށްލިއެވެ.

“..ނައިސް ޓު މީޓް ޔޫ… ހީވޭ ތާކުން ފެނިފައި ހުރިހެން..” ކިޔާން މަޖާގޮތަކަށް ބުނެލިއެވެ.

“..އައި ޑޯންޓް ތިންކް ސޯ.. މިކޮޅަށް އައިތާ ދެ ހަފްތާ ވަރަކަށް އަދި ވާނީ..” ސްވަނާ އެއްބަހެއް ނުވިއެވެ.

“..ވެދާނެ ދެން.. ދޯ..” ކިޔާން އެއްބުމަ އަރުވާލިއެވެ.

“..ކޮބާތަ ކުންޖް؟؟ ” ނަބާހާ ކޮށްލި ސުވާލުން ކިޔާންގެ މޫޑް ބަދަލުވިއެވެ.

“…ތިވާހަކަ ނާހާ!!…އޭނަ އެބައުޅޭ ޗުއްޓި ނަގައިގެން..ބުނި ވީކް އެއްތެރޭ އަންނާނަމޯ..” ކިޔާން ފާޑަކަށް ބުނެލިއެވެ.ސްވަނާ އަށް ފޯނެއް އައުމާއެކު ސްވަނާ ކެންޓީނުން ބޭރަށް ހިގައިގަތެވެ.

“އެހެންތަ؟؟..އެންމެން ބުނާ އަޑު އަހަން ކުންޖް ވަރަށް ރީއްޗޭ..ހީކުރީ މިކޮޅަށް އައިމަ ފެނުމުގެ ނަސީބުވެސް ލިބޭނެ ކަމަށް …އުފް ..” ނަބާހާ ފުންނޭވާއެއް ލިއެވެ. ޑިއުޓީ ނިންމާލުމަށްފަހު ސްވަނާ ގެޔަށް ދިޔައެވެ. އެހެން ރެއެކޭވެސް އެއްގޮތަށް ސްވީކް ހުރީ އޭނަގެ ވާހަކަތައް ސްވަނާއަށް ކިޔައިދޭށެވެ.

“..ތުއްތާ!!..އައި ޖަސްޓް ރިމެމްބާޑް..މިއަދު ފެނުނު ވަރަށް ހޮޓް ބިޓެއް..” ސްވީކް މަޖާވެލާފައި ގެއްލިފައި އިން ސްވަނާގެ ގައިގައި ކޮއްޓާލިއެވެ.

“..ކީކޭ ސްވީކް؟؟..” ސްވަނާގެ ވިސްނުން އެހެން ދިމާލަކަށް ހުރުމާއެކު ސްވަނާ އަވަސް އަވަހަށް ސްވީކްއަށް ޖަވާބު ދިނެވެ. މޫނުގައިވި ހާސްކަން ފޮރުވަމުން ސްވަނާ މޭޒުމަތީގައި ހުރި ފޮތްތައް ތަރުތީބު ކުރަން ފެށިއެވެ. ސްވީކްއަށް ސްވަނާގެ އަމަލުތައް ފާހަގަ ކުރެވުނެވެ. ނަމަވެސް ނާހައެވެ.

އައު ދުވަހަކަށް އިރުއެރީ އެންމެންވެސް ބިޒީ ވެލައިގެންނެވެ. މިއަދަކީ ރިޔާނު ކައިވެނި ކުރާ ދުވަހެވެ. ސްވަނާ ހެދުނު އާދައިގެ ހެދުމުގައި ހޮސްޕިޓަލަށް ދިޔައީ މިއަދަށް ޙާއްސަކޮށް ޗުއްޓީ އެއް ލިބޭތޯއެވެ. އެޑްމިނިސްޓްރޭޝަން އިން ޗުއްޓީއަށް ހުއްދަ ދިނުމާއިއެކު ސްވަނާ ފޯނުން ވާހަކަ ދައްކަމުން ސިޑިން ފޭބިއެވެ. އެވަގުތު ވަރަށް އަވަސްއަރުވާލައިފައި އާދައިގެ ހެދުމެއްގައި ހުރި މީހަކު ސިޑިން މައްޗަށް އަރަން ދިޔައެވެ. ސްވަނާ އެއް ސިޑިން ފާބައި އަނެއް ސިޑިއަށް ފައިނެގިތަނާ، ސިޑިން މައްޗަށް އެރި އެ ކުއްޖާގެ ގައިގައި ޖެހިފައި ވެއްޓެން ދިޔުމުން ބާރަކަށް ހަޅޭލަވައިގަތުމާއެކު ވެއްޓެން ދިޔަ ދިމާލަށް ބަލާލިއެވެ. އިސާހިތަކު ވަކިވަރަކަށް ތިރިޔަށް ގޮސްފައި ހުރީއެވެ. ސްވަނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކުރިމައްޗަށް ބަލާލިއެވެ. ކުރިމަތީގައި ހުރި ޒުވާނާ ހުރީ ސްވަނާގެ އަތުގައި ހިފަހައްޓައިގެންނެވެ. އެ ލޮލުގައި ހުރީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. ސްވަނާގެ އޭނަގެ އަތުން ބީވެގެން ވެއްޓިދާނެ ކަމުގެ ބިރެވެ. އެއީ އިސްކޮޅުން ދިގު، ދޮން ޒުވާނެކެވެ. ހުރިހާ އަންހެން ކުދިންގެ ހިތްތައް ކަތިލައިގަންނަ ފަދަ ރީތި ފިރިހެންވަންތަ ކަމެވެ. އެ ޒުވާނާ ލައިގެން ހުރީ ހުދު ކުލައިގެ އަތްދިގު ޓީޝާޓަކާއި ފެހި ކުލައިގެ ޖިންސެކެވެ. ސްވަނާގެ ބިރު އެ ޒުވާނާ ފެނުމާއި އެކު ގެއްލިއްޖެއެވެ. އަތުގައި ހިފައިގެން ހުރި ގޮތުން ހީވަނީ، ދުވަހަކުވެސް ވެއްޓިޔަ ނުދޭނެހެނެވެ. އެ ޒުވާނާ ސްވަނާގެ އަތުގައި ހިފައި ދެމުމަށްފަހު ތެދުކޮށްލިއެވެ. ސްވަނާ ވާހަކަދައްކަން އުޅުނުވަގުތު ބައެއް މީހުން ސިޑިން ތިރިއަށް ފައިބައިގެން އަންނަ ތަން ފެނުމުން ސްވަނާ އެންމެ ފަހު ފަހަރަށް ބަލާލުމަށްފަހު ސިޑިން ފޭބިއެވެ. އެ ޒުވާނާ ހުރީ ހަމަ އެގޮތަށެވެ. ސްވަނާ ގެއްލެންދެން އެ ސިޑިއަށް ބަލަހައްޓައިގެންނެވެ.

-ނުނިމޭ-

Share Article

Follow Me Written By

Shaha

Level 1

Other Articles

Previous

އަސަރު 3

Next

އިންތިޒާރުގައި ހުރިން…..

Next
May 8, 2016

އިންތިޒާރުގައި ހުރިން…..

Previews
May 7, 2016

އަސަރު 3

12 Comments!

  1. Anonymous says:
    May 7, 2016 at 10:32 pm

    i think this would be a nice story. hope to see next episode soon

  2. Naina says:
    May 7, 2016 at 11:08 pm

    Nice story….but i still think the names are difficult….vaahaka kiyan baeh faharu foohivey….ekamu plot reethi

  3. Anonymous says:
    May 7, 2016 at 11:08 pm

    ==Konmes Kuhjeh==
    Mee too…
    Suvanaa ge dhonbe ah kiyany kn nameh baa v hithah araa…abadhu vs dhonbe jahaafa innany bt dhonbe ah kiyaa nameh neendhey….1st prt ga vs n mi prt ga vs iny hama ehn…want 2 knw the name dhonbe ah kiyaa…anyway….mee v v reethi vaahaka eh….n kuri ah oiy thaaga vs mi vaahaka v reethi vaanehn heeveyy..waiting 4 the nxt prt

  4. angel says:
    May 8, 2016 at 12:54 am

    nice story

  5. FrnDđ¥ÿýyyy says:
    May 8, 2016 at 7:32 am

    Swanaa swanaa swanaa,, maa ginain swanaage name beynun koffa huryma kiyan v undhagoo.. I dnt want to hurt ur feelings.. plx dnt take this negative …

    1. FrnDđ¥ÿýyyy says:
      May 8, 2016 at 7:34 am

      story is nice

  6. saawariyaa says:
    May 8, 2016 at 11:09 am

    dad kiyanyaa dad kiyaanee…bappa kiyanyaa bappa..kiyaa knnmes ekahchei..dn thihera names thakaha v boakoh salaam???

  7. swaasan says:
    May 8, 2016 at 11:11 am

    names thah eigoi kamun boluga rissaa…dn writer alhe eifaharuves ehne hithah naaraabaa???

  8. saawariyaa says:
    May 8, 2016 at 11:15 am

    athuga hifahaataigen huri gothun heevanee dhuvahaku “vettiya” nudheyn hurihen…i guess ethaanga vettuna ehen ineemhen rangalhuvaanee..dn faharakun up kuraa irega mistakes ah hurithw recheck kohlun edhen..n readers ah kiyan faseyha gothakah names thakaa ibaaraaithah tarutheebu kurun ehen

  9. haazi says:
    May 8, 2016 at 12:22 pm

    names thah kiyan vvv undhagu..anehka v same nanthakeh..baeh faharu olhey..bt vv nice story

  10. ainy says:
    May 9, 2016 at 11:26 am

    The best story writter is the one who upload the episodes without irritating his/her readers.hu u also will be among them. N ur story concept was fab…be gratefull to allah..the one who gives you the ability to write such a beautiful story.

  11. Aishaa says:
    December 21, 2016 at 2:50 pm

    Mee 2 episode ge story eh tha

Comments are closed.



All Right Reserved!