Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 34 ވަނަ ބައި

wish
wish Level 3100 Login10 Stories100 Comments
August 24, 2026 6 Mins Read
4 Comments

ދެމީހުންގެ ދެމެދުގައި ވާހަކަތަކެއް ނުދެކެވުނު ނަމަވެސް، ބަދަލުކޮށްލި ހިނިތުންވުމުން އެތައް ވާހަކައެއް ބުނެދިން ކަހަލައެވެ. އެއީ މީގެ ކުރިން ދެމީހުންގެ ހިތުގައި ނިވި ފަނޑުވެފައިވި ލޯބީގެ ހުޅުކޮޅު، އަލުން ރޯވެ ދިއްލެން ފެށިކަމުގެ ފޮނި އުންމީދެވެ. އެކަކު އަނެކަކަށް ނޭނގުނަސް، އެ ދެހިތުގައިވެސް މިއަދު ވިންދުޖަހަމުން ދިޔައީ އާ އުންމީދަކާއި އާ ދިރުމެކެވެ.

*****

“އަހަރެން މިއަދު ވަރަށް ވަރަށް އުފާވެއްޖެ…” މާހިންގެ އަޑުން ޝައުގުވެރިކަން ދައްކަން މަސައްކަތްކުރަމުން ބުނެލިއެވެ.

މާހިންއާއި ޝިފްނާ ތިބީ ޕެންޓްހައުސްގެ ސޯފާގައެވެ. ޝިފްނާގެ ބޯ މާހިންގެ ކޮނޑުގައި އޮތްއިރު، މާހިންގެ އަތް ވަނީ ޝިފްނާގެ ގައިގައި ވަށާލެވިފައެވެ. އެ ޖޯޑު ފެންނަ ފެނުމަށް ވަރަށްވެސް ފުރިހަމައެވެ. މަޑުމަޑުން ޝިފްނާގެ ދަތްދޮޅީގައި ހިފާލައި މޫނު މައްޗަށް އުފުލާލަމުން، މާހިން އެ ދެލޮލަށް ނަޒަރު ހިންގާލިއެވެ. ހިތުގައި އުފެދުނު ކުށްވެރިކަމުގެ އިހުސާސާއިއެކު އޭނާގެ އަމަލުތަކަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، އިސާހިތަކު އެ އިހުސާސް ހިތުގެ ކަނެއްގައި ފޮރުވާލިއެވެ. އަދި ހިނިތުންވެލަމުން، ޝިފްނާގެ މޫނާ ގާތްވެލައި އެ ތުންފަތަށް ބޮސްދިނެވެ.

މާހިންގެ ހަށިގަނޑުގައި ދަތުރުކޮށްލި ފިނި ޖަޒުބާތުތަކާއިއެކު އޭނާގެ ސިކުނޑިއަށް ބާރުބޮޑުވެގެން ދިޔައެވެ. އޭނާގެ ޖަޒުބާތުތައް މިހާ ބޮޑަށް އޮޅުންބޮޅުންވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތުގެ މަލިކާއަކީ ޔޫލީއެވެ. އޭނާގެ ހިތް އެދިގޮވަނީ އެ ލޯތްބަކަށް ނޫން ހެއްޔެވެ؟ މިއީ ހަމައެކަނި އެ ލޯބި ހާސިލުކުރުމަށްޓަކައި އޭނާ ވަމުންދާ ގުރުބާނީއެއް ނޫން ހެއްޔެވެ؟

ޝިފްނާގެ ދެއަތް މަޑުމަޑުން މާހިންގެ ކޮނޑުމަތިން ކަރުގައި ވަށާލަމުން، އޭނާ އިތުރަށް މާހިންއާ ގާތްވެލިއެވެ. އެއާއިއެކު ދެމެދުގައި ޖާގައެއް ނެތް މިންވަރަށް ދެ ހަށިގަނޑު ފިތި ލާމެހިގެން ދިޔައެވެ. ޝިފްނާގެ ދެލޯ މެރިފައިވީއިރު، އޭނާ ވަނީ ޖަޒުބާތުގެ އޮއިވަރުގައި މުޅިން ގެނބިފައެވެ.

މާހިން ހިއްސުތައް ހަމައަކަށް އަޅުވާލަމުން، ޝިފްނާއާ ކުޑަކޮށް ދުރަށްޖެހިލިއެވެ. ދެމީހުންގެ ނޭވާ އަވަސްވެފައިވީއިރު، ދެމީހުންވެސް ދިޔައީ ހަމަޖެހެން މަސައްކަތްކުރަމުންނެވެ.

“އަސްލު ބުނަންތަ؟ ޔޫއަށް އެނގުނަސް، ޝީ ވޯންޓް ޓެލް މާން…” ކުޑަވަގުތުކޮޅެއްގެ ހިމޭންކަމަކަށްފަހު ޝިފްނާ ވާހަކަދެއްކިއެވެ.

“އެއީ ދެމަފިރިންދޯ… އެހެންވީމާ ބުނެފާނެއެއްނު. އަހަރެން ބޭނުމެއްނޫން އެ ރިސްކް ނަގާކަށް،” މާހިން ހަމަޖެހިލަން މަސައްކަތްކުރަމުން ބުނެލިއެވެ.

“ތިހެން ތިބުނަނީ މާހިންއަށް ހަގީގަތް ނޭނގޭތީ…” ޝިފްނާއަށް ބުނެވުނެވެ. ނަމަވެސް ބުނެވުނުއިރާއެކު އޭނާއަށް ހުއްޓުމެއް އައިސް، މުޅި ހަށިގަނޑު ސީދާކޮށްލެވުނީ އިތުރަށް އެއްޗެއް ބުނެވިދާނެތީއެވެ.

“އެހެންތަ؟ އެހެންވިއްޔާ ޓެލް މީ؟” އުންމީދުން ފުރިގެންވީ އަޑަކުން މާހިން އަހާލިއެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން އިތުރު އެންމެ ބަހެއްވެސް ބުނާކަށް ޝިފްނާއެއް ގަސްދެއް ނުކުރިއެވެ.

*****

ހަފުތާއެއް ވޭތުވެގެން ދިޔައިރު ޔޫލީއާއި މާންގެ ގުޅުން ރަގަނޅުވަމުން ދިޔަ ނަމަވެސް ދެ މީހުންވެސް ހިތުގައިވާ ޖަޒުބާތުތައް ހާމަ ކުރުމަށް ވަނީ ނުކުޅެދިފައެވެ. ދެމީހުންގެ ހިތުގައި ވީ ޝައްކާއި ވަހުމު މުޅިން ފިލާފައިވި ކަމަށް ބުނެވޭކަށް ނެތެވެ. ނަމަވެސް އެ އިހުސާސްތައް ވެސް ވަނީ ފަސްއެޅި ވަޅުޖެހިފައެވެ. ދެމީހުންގެ ދޭތެރޭގައި ވާހަކަ ދައްކާ ހިތުގެ އުދާސްތައް ހިއްސާކުރުމަކީ އަދިވެސް އެ ދެމީހުންނަށް ބީރައްޓެހި ކަމަކަށްވާތީ، އެކަން އޮތީ ހިމޭންކަމުގެ ތެރޭގައި ފޮރުވިފައެވެ.

އެ ދުވަހަށްފަހު މާންގެ ފަރާތުން ޔޫލީއަށް ތަފާތު އަޅާލުމެއް ފެންނަން ފެށިއެވެ. އޮފީހުން އަންނައިރު ގެނެސްދޭ އެކި ކަހަލަ ހަދިޔާތައް ވެގެންދިޔައީ، ޔޫލީގެ ހިތުގައި މާންއަށްޓަކައި އުފެދިފައިވާ ލޯބި އިތުރަށް ފުންވަމުން އައި ސަބަބަކަށެވެ.

މިއަދުވެސް މާން ގެއަށް އައި އިރު ކުޑަކުޑަ ފޮއްޓެއް އަތުގައި އޮތެވެ. މިވަގުތަކީ ޔޫލީ ސްޓަޑީގައި ހޭދަކުރާ ވަގުތު ކަމުން މާން މަޑުމަޑުން އެތަނުގެ ދޮރު ހުޅުވާލިއެވެ. ރޮކިން ޗެއަރ އަށް ހަށިގަނޑު ދޫކޮށްލައިން ކުޑަ ވެލައިން ޔޫލީ އިންއިރު އޭނާގެ އަތުގައި އިނގިރޭސި ވާހަކަ ފޮތެއް އޮތެވެ. ފޮތް ކިޔާ އިރު ބޭނުން ކުރާ ކަހަލަ އައިނެއް އަޅާލައިގެން އިން އިރު އެ ރީތި ލޮލުގެ ވިދުން އިތުރު ވެފައި ވިއެވެ. ޔޫލީގެ ހެދުންތަކަށް މާންގެ ހަމަލާ އައިސްފައިވުމުގެ ސަބަބުން، ގޭގައި ލާންވެސް އޭނާގެ އަތުގައި މިހާރު އާންމުކޮށް ލައިއުޅޭ ކްރޮޕް ޓޮޕްތަކާއި ކުރު ސޯޓުތަކެއް ނެތެވެ. އެހެންކަމުން، އޭނާ ލައިގެން އިނީ ފެހިކުލައިގެ އަތްދިގު މަތިކޮޅަކާއި، ހަމަ އެ ކުލައިގެ ބޮޑު ސޯޓެކެވެ.

ފޮތުގެ ތެރެއަށް މުޅިން ގެއްލިފައި އިންވަރުން، މީހަކު ދޮރު ހުޅުވާލިކަންވެސް ޔޫލީއަކަށް ރޭކާއެއް ނުލިއެވެ. ފޮތުން ސަފުހާއެއް ކިޔަމުން ދިޔަވަރަކަށް، މަޑު ޖަންބުކުލައެއް އޭނާގެ ކޯތާފަތަށް ވެރިވެ، ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެންދިޔަތަން ފެނި މާންއަށް މަޑުމަޑުން ހީގަނެވުނެވެ.

އެ އަޑަށް ޔޫލީ ސިއްސައިގެން ގޮސް ތެޅިގަތެވެ. އަދި އަވަސްއަވަހަށް ގޮނޑީގައި ހަމަޖެހިލަން އުޅުނު ވަގުތު އަތުގައި އޮތް ވާހަކަފޮތް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.

“ވަޓް އާރ ޔޫ ރީޑިންގ ތެޓްސް މޭކިންގ ޔޫ ބްލަޝް ދިސް މަޗް؟” މާން ގުދުވެލާފައި ބިންމަތިން ފޮތް ނަގަމުން ބުނެލިއެވެ. “ދަ މިސްޓޭކް…” ފޮތުގެ ބޭރުކަވަރަށް ބަލައިލަމުން މާން އޭފޮތުގެ ނަން ކިޔާލިއެވެ.

“ނޯ! ގިވް ދެޓް ޓު މީ، ބީސްޓް!” ޔޫލީ ގޮނޑިން ތެދުވެ މާންއާ ދިމާއަށް ފުންމައިގަތެވެ.

މާން އެ ފޮތް ހުޅުވާލަން އުޅެފައިވެސް، ޔޫލީ އޭނާއާ ދިމާއަށް އައުމުން އަތް މައްޗަށް ހިއްލާލިއެވެ. ޔޫލީ ފޮތަށް ނަޒަރު ހިންގާލަމުން މާންއާ ގާތްވެލާ، ކޮރާލީ ފޮތަށް އަތްފޯރާތޯއެވެ. ނަމަވެސް މާންގެ އިސްކޮޅާއި ޔޫލީގެ އިސްކޮޅުގައިވާ ފަރަގުގެ ސަބަބުން، އޭނާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

“މާން! ޕްލީޒް ދީބަލަ!” ޔޫލީ މާންގެ އަތުގައިވާ ފޮތަށް އަތް ފޯރާތޯ އަދިވެސް އިތުރަށް ގާތްވެލަމުން، މާންގެ ގަމީހުގެ ގޮށްތަކުގައި ހިފާލިއެވެ.

“ނޯ … އައި ރިއަލީ ވޯންޓް ޓު ނޯ …. ވަރަށް އިޓްރަސްޓަޑް” މާންގެ ތުންފަތްމަތީގައިވީ ސަމާސާ ހިނިތުންވުމެކެވެ. އޭނާ އަތް އިތުރަށް މައްޗަށް ހިއްލާލަމުން، އެ ފޮތް ހުޅުވާލަން އުޅުނެވެ. ނަމަވެސް އަތުގައި އޮތް ފޮށި އެކަމަށް ހުރަސް އެޅިއެވެ.

“މާން! ދެން …. ޕްލީސް!” ޔޫލީ ތުންއޫކޮށްލަމުން، މާންގެ މޭމަތީގައި ކުޑަކޮށް ޖަހާލިއެވެ. އަދި ފައިގެ އިނގިލިތަކުގެ ކުރިއަށް ތެދުވެ، މާންގެ އަތުގައިވާ ފޮތް އަތުލެވޭތޯ މަސައްކަތްކުރިއެވެ.

އެ ކުއްލި ހަރަކާތުގެ ތެރޭގައި، މާންގެ އަތުގައި އޮތް ފޮށި ބިންމައްޗަށް ވެއްޓެން އުޅުނެވެ. މާން ވަގުތުން ފޮތް ދޫކޮށްލާފައި، ހުށިޔާރުކަމާއެކު އެ ފޮށި ބިންމައްޗަށް ވެއްޓުނުނުދީ އަތުން ހިފެހެއްޓިއެވެ.

ވާހަކަފޮތް ސީދާ ގޮސް ޔޫލީގެ އަތުތެރެއަށް ވެއްޓުނެވެ.

“ޔެސް!” ޔޫލީ އުފަލުން ފޮތް މޭގައި ޖައްސާލަމުން، މާންއަށް ނަޒަރު ހިންގާލިއެވެ.

މާން ސަލާމަތްކުރި ފޮއްޓަށް ބަލައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. “ނަސީބެއްނު  މީގެ ޝޭޕް ގެއްލި ހަރާބުނުވިކަން…”

“ތީ ކޯއްޗެއް؟” ޔޫލީ ޝައުގުވެރިކަމާއެކު އަހާލިއެވެ.

މާން އެ ކުޑަކުޑަ ފޮށި ޔޫލީއަށް ދިއްކޮށްލިއެވެ. އެއީ ސިޓީ ބޭކަރީގެ ފޮއްޓެކެވެ. ކޮންމެވެސް ކަހަލަ ކާ އެއްޗެއްތާއެވެ. ޔޫލީ އެ ފޮށި ހުޅުވާލިއިރު، އޭގައި ވަނީ ތަފާތު ކުލަކުލައިގެ މެކަރޫންސް ތަކެކެވެ.

ޔޫލީގެ ދެލޯ އުފަލުން ދިއްލިގެން ދިޔައެވެ. އެއީ ޔޫލީ އަށް ވަރަށް ކަމުދާ ފޮނި ކާއެއްޗެކެވެ. “މެކަރޫންސް!”

“ހީކުރީ ފޮތަށްވުރެ މިއަށް ސަމާލުކަން ދޭނެކަމަށް” މާންގެ އަޑުގައިވީ ލުއި ހިނިތުންވުމެކެވެ.

ޔޫލީ މެކަރޫންސް ފޮއްޓަށް ބަލަހައްޓައިގެން އިނދެ، މާންއަށް ބަލައިލިއެވެ. އެ މޫނުމަތިން ފެންނަން ހުރީ ހަގީގީ އުފާވެރިކަމެވެ. މާންގެ މިފަދަ ކުދިކުދި އަޅާލުންތަކުން ޔޫލީގެ ހިތް މަޑު ކުރުވައެވެ. ނަމަވެސް، އެ ދެމީހުންގެ މެދުގައި އަދިވެސް އެތައް މޭލެއްގެ ދުރުމިން ހުރުމާއިއެކު، ޔޫލީގެ ހިތުގައި ކުޑަކުޑަ ޖެހިލުންވުމެއް އަދިވެސް އޮތެވެ.

“ތޭންކްސް…” ޔޫލީ މަޑުމަޑުން ބުނެލިއެވެ.

“މާދަން ޝިފް ބުނި ލަންޗަށް ދާން…” ފޮށި ހުޅުވާލައި މެކަރޫންއެއް އަނގައަށް ލަމުން ޔޫލީ ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ.

“އޮފީހުގެ ރެސްޓޯރެންޓަށް؟” ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން މާން އަހާލިއެވެ.

“ހުމްމް… ޝިފްއަށް ދެވޭތަ ބޭރަށް؟ އަބަދު އަބަދު ބިޒީވެގެން އުޅެނީ… އަދި ބޮސް އޭނާއަށް ޕްރޮމޯޝަނެއް ދިނީއްސުރެ މިހާރު މާ ބޮޑަށްވެސް ބިޒީވެގެން އުޅެނީ” ތުން އަނބުރާލަމުން، މާންއަށް ޖެއްސުންކޮށްލާ ރާގަކަށް ޔޫލީ ބުނެލިއެވެ.

“އޯކޭ، އައިމް ގޮއިންގ ފޯ އަ ޝަވަރ” ކުޑަކޮށް ހީލުމަށްފަހު ދާން ހިނގައިގަންނަމުން މާން ބުނެލިއެވެ.

“ނުބުންޏަސް ހެޔޮ!” ލޯއަޅާލަމުން ޔޫލީ ބުނެލިއެވެ.

“ހައްހައްހައްހަ… ކެއަރ ޓު ޖޮއިން؟” މާން އެއްލޯ މަރާލަމުން، ސަމާސާ ގޮތަކަށް ބުނެލިއެވެ.

“އައްޗީ! ނޫޅެން!” މާންގެ އެ ކުއްލި ސަމާސާއިން ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ އިހްތިޔާރަކާއި ނުލައެވެ. ނަމަވެސް އެކަން ފޮރުވަމުން، އަޑަށް ބާރުލާފައި ޔޫލީ ރައްދު ދިނެވެ.

*****

ޔޫލީ އޮފީހަށް ވަތް އިރު ޝިފްނާ އުޅުނީ އަވަދިނެތި މަސައްކަތުގައެވެ. ރިސެޕްޝަންގައި މަޑު ކުރަން ބޭނުން ނުވުމުން ޔޫލީ އޮފީސް ތެރެއަށް ވަނެވެ. ހިތުގައިވީ ނުތަނަވަސްކަން ފޮރުވާލައިފައި ވަނީ ފަރި ހިނިތުންވުމަކުންނެވެ. ރިލްވާންއާއި ކުރިމަތިލުމަށް އޭނާ ފަސް ޖެހެއެވެ. އޭނާ ހުރީ ޒޯޔާގެ ހަމަލާއެއް އައިސްދާނެ ކަމަށްވެސް ހުށިޔާރުވެއެވެ.

“އަހާ ސާދާ، ބަލާބަލަ އެއީ ޔޫލީއެއްނު.. ހާދަ ޗޭންޖް އޭ ދޯ… ހެދުން ވެސް މިހާރު ނިކަން އިސްލާހް ވެއްޖެއެއްނު.. މާންގެ ހިތް ފަތަހަ ވޭތޯ ކަންނޭގެ…” ދީނާގެ އަޑުގައިވީ މަލާމާތެވެ. އޭނާ އިޝާރާތް ކުރީ ޔޫލީ ލައިގެން ހުރި ރަތްކުލައިގެ އަތް ދިގު ކުރުތާއަށެވެ.

“ހައްހައް… ހިތް ފަތަހަ ވާނޭތަ .. ފިރިހެނުން އުޅޭނީ ހަމަ އުޅޭ ގޮތަށް.. ގޭގަ އޭނަ ބައިންދާފަ އެ އިންނަނީ އޮޅުކޮށްފަ މީހަކު ނުބަލާނެހެން .. ދެން އޮފީހުގަ ހަމަ އެ ކުޅިއެއްނު އެ ކުޅެނީ… ޒޯޔާ ކުރީ ދުވަހުވެސް ބުނި އަޑު އެހިން މާން އިސް މައިން އޭ… މިހާރުވެސް ވެއްޖެ ދެ މީހުން ކެބިންގަ” ސާދާގެ ޖަވާބުގައިވީ ވިހަ އަސަރެކެވެ.

އިވުނު ބަސްތަކުން ޔޫލީގެ ހިތަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. ނަމަވެސް އޭނާގެ މިސްރާބު ވަގުތުން މާންގެ ކެބިންއަށް ބަދަލު ކޮށްލިއެވެ. ކެބިންގެ ކުރިމަތީ ކުޑަ ވަގުތު ކޮޅަކު އޭނާ މަޑުކޮށްލިއެވެ. ބިއްލޫރި ދޮރުގެ ފުރަގަހުން ފަޑުކޮށް އެ ދެމީހުން ފެނުނު ނަމަވެސް އެ ދެމީހުންގެ ގާތްކަން އޭނާއަށް އިހްސާސް ވިއެވެ. މާން ގޮޑީގައި އިށީންދެލައިގެން އިސް ޖަހާލައިގެން މޭޒު މަތީގައި ބާއްވާފައި އޮތް ބޮޑު ކުރެހުމަށް ބަލަހައްޓައިގެން އިން އިރު އެ މޫނުގައި ވަނީ ސީރިއަސް ކަމެވެ. ޒޯޔާ އަރިމަތިން މޭޒު ކައިރީ މާންގެ މޫނާ ދިމާއަށް ގުދުވެލައިގެން ހުރި އިރު އިގިނލިން ކުރެހުމަށް އިޝާރާތް ކުރަމުން މާންއަށް އެއްޗެއް އޮޅުން ފިލުވާދެމުން ދިޔައެވެ. ނަމަވެސް އެ މޫނުމަތިން ފެންނަން ހުރި އަސަރުތަކުން ޔޫލީގެ ލޭ ހިލުވާލިއެވެ. އިރު އިރު ކޮޅާއި އޭނާ މާންއަށް ބަލާލާ ގޮތް ޔޫލީ އަކަށް ކަމަކު ނުދިޔައެވެ.

ޔޫލީ ކެބިންގެ ދޮރު ހުޅުވާ އެތެރެއަށް ވަނެވެ. މާން އާއި ޒޯޔާވެސް އެއްފަހަރާ އޭނާއާއި ދިމާއަށް ބަލާލިއެވެ. ވަގުތުން މާންގެ މޫނު އުޖާލާވެ ތުންފަތް ދެމިލި އިރު ޒޯޔާގެ މޫނުމަތިން ފެނުނީ ހިތްހަމަ ނުޖެހުމެވެ.

ޔޫލީގެ ނަޒަރު ޒޯޔާއަށް ދަތުރު ކޮށްލި އިރު އޭނާގެ ލޮލުގައި އަޅާގަތީ ޒޯޔާގެ ހެދުމުގެ ކަރުވަޅެވެ. އެ ކަރު ބޮޑުކަމުން އޭނާ އެގޮތަށް އޮތްއިރު އޭނާގެ މޭމަތިން ބޮޑުބައެއް ހާމަ އަށް ފެންނަން އޮތެވެ. އެތެރެއިން ބޭނުން ކޮށްފާވާ އެއްޗިސް ވެސް ކުޑަކޮށް ހާމަވެފައިވިއެވެ. ލޭ ހޫނުވެގެން ދިޔުމާއިއެކު މޫނަށް ރަތް ކުލަ ފެތިރިގެން ދިޔަ ނަމަވެސް ޔޫލީގެ ތުންފަތުގައިވި ހިތްގައިމު ހިނިތުންވުން ފިލާދިޔަ އޭނާ ނުދެއެވެ. އޭނާގެ ނަޒަރު މާންއަށް އަމާޒުކޮށްލާ ހިނގާގަތް އިރު އެ ލޮލުން ފެންނަމުން ދިޔައީ ތަފާތި ޖަޒުބާތެކެވެ.

“ބޭބް .. ޑިޑް ޔޫ ޗޭންޖް ދަ ސްޓޭންޑަރޑްސް އޮފް ޑްރެސިން އިން ދިސް އޮފީސް؟” ސީދާ މާންގެ ކުރިމަތީ ހުއްޓިލަމުން ނަޒަރު ވަކި ކޮށްލިމެއްނެތި ޔޫލީ ކޮށްލި ސިވާލު މާންއާއި އަމާޒު ކުރި ނަމަވެސް އޭގެ ހަގީގީ މަގުސަދަކީ ޒޯޔާއަށް އިއްވުމެވެ.

“ނޮޓް ދެޓް އައި ނޯ އޮފް” ޔޫލީގެ މަގުސަދު މާންއަށް ފަހުމުވިއެވެ. ނަމަވެސް ޔޫލީ ބޭނުންކޮށްލި ލޯބިވެތި ނަމުން އޭނާގެ ހިތަށް ލިބުނު އުފަލާއެކު، މާން ވަގުތުން ޔޫލީގެ އެ ‘ކުޅިވަރަށް’ މަރުހަބާ ކިޔެވެ.”ޝުޑް އައި އާސްކް އެޗް.އާރު ޓު އިޝޫ އަ ރިމައިންޑަރ؟” މާން އިތުރު ކޮށްލިއެވެ.

“ގުޑް އައިޑިޔަރ… ބައެއް މުއައްޒަފުން ހަނދާން ނެތޭހެން ހީ ނުވޭތަ… އެންޑް ލަވް ލެޓްސް ގޯ ލަންޗް؟” ޔޫލީ މާންގެ އަތުގައި އަތް ޖައްސާލަމުން ވަރަށް ފޮނި އަދި ޅަ އަދާއަކާއިއެކު ބުނެލިއެވެ.

“މަންނު .. ވީ އަރ ނޮޓް ޑަން” ޒޯޔާ އަކަށް އެ މަންޒަރު ބަލާކަށް ކެތެއް ނުވިއެވެ. އަވަސް އަވަހަށް މާންއާއި ގާތްވެލިއެވެ.

” ވީ ވިލް ކޮންޓިނިއު ލޭޓަރ” އަތް އުފުލާލަމުން މާން ޒޯޔާ އަށް ބުނެލިއެވެ.

“ބަޓް ވީ ހޭވް އަ ލަންޗް ޕްލޭންޑް” ޒޯޔާ ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

“ކެންސަލް.. ” މާންގެ ޖަވާބު ކުރެވެ.

ވީ ފޫހިން ޒޯޔާ ތުން އަނބުރާލާ ލޯ ވައްކޮށްލިއެވެ. އެ މަންޒަރު ފެނި ޔޫލީގެ މޫނުމަތި އުޖާލާވެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.

“ލެޓްސް ގޯ” މާން ޔޫލީގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެ ލުއި ބީހުލުމުން ޔޫލީގެ ހަށިގަނޑުން ހީބިހި ނަގާލިއެވެ. ނަލަ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ޔޫލީ ބޯ ޖަހާލިއެވެ.

ކެބިން އިން ނިކުތުމަށް އައި އިރު ޔޫލީގެ އުނަގަނޑު މަތީ މާން ލުއި ގޮތަކަށް ހިފަހައްޓާލިއެވެ. އެ މަންޒަރު ސާދާ އާއި ދީނާއަށް ފެނުމުން ދެމީހުން ބަދަލު ކޮށްލި ނަޒަރު ފެނި ޔޫލީ ގެ ލޯ ވިދާލާ މޫނުމަތީގެ ކުލަވަރުން ކާމިޔާބީ ފެނިގެން ދިޔުމާއިއެކު މާން އަށް ކަމެއް ނަގައިގަނެވުނެވެ. އަދި ޔޫލީގެ އުނަގަނޑުގައި ހިފަހައްޓާލާ ކައިރިއަށް ދަމާލީ އެ ދެމީހުންނަށް ފެންނާނޭހެންނެވެ. ޔޫލީ މާންގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. އެއްލޯ މަރާލަމުން މާން އެ ސުވާލެއް ރައްދު ދިނީ ފުން ހިނިތުން ވުމަކާއި އެކުއެވެ.

“ވަޓްސް ގޮއިން އޮން” އެ އަޑަށް ދެ މީހުންވެސް ކުޑަކޮށް ސިހުނެވެ.

***ނުނިމޭ***

ކިޔުންތެރިންނަށް އަޅުގަނޑުގެ ފޭސްބުކް ޕޭޖުގައި މާންގެ އޮފީސް އިވެންޓްގެ ބައެއް ހައިލައިޓްސް ހިއްސާ ކޮއްލެވިފައިވާނެ…

މި ބޯނަސް ވެސް ކަމުދިޔަކަމަށް އުންމީދުކުރަން.

-ވިޝް-

Share Article

wish
Follow Me Written By

wish

Level 3100 Login10 Stories100 Comments

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ހިމޭން 23

Next

އާއެކޭ ލޯބިވޭ… ފަސްދޮޅަސްދެވަނަބައި ( އެ ޚިޔާލާއި އިފުރީތުގެ ސޫރަ)

Next
August 24, 2026

އާއެކޭ ލޯބިވޭ… ފަސްދޮޅަސްދެވަނަބައި ( އެ ޚިޔާލާއި އިފުރީތުގެ ސޫރަ)

Previews
August 24, 2026

ހިމޭން 23

4 Comments!

  1. Toy. D says:
    August 24, 2026 at 7:02 pm

    ❤️

    1. wish wish says:
      August 24, 2026 at 7:07 pm

      Hei Toy. D , Thank you for the red heart 😊 Happy to have a new reader 😊

  2. Koklila modi says:
    August 24, 2026 at 10:25 pm

    Mi faharu fb page in fenuni upload kohfa hurithan ufalun avaha kiyan feshi. Maan zoyaa ah vure yooli iss kureema v salhi. I think maahin is falling for shifna. Ehen viyya reethives vaani. Thank you WISH kiyuntherin happy kuran thikuraa masaikatha

    1. wish wish says:
      August 24, 2026 at 10:35 pm

      Thank you koklila modi ❤️🥰… thikahala loabi comment thakun varah ufaa vey adhi kiyuntheringe thi basthakun hiyvaru libey mikan kuri ahh gendhiyumah.. ehenveema hama thee WISH ah mikamuga hurihaa ves kuri erumakee ehenveema balaane ehnu thiya loabi kiyuntherin ufaa kohdheveytho… mifaharu FB in dho mi fenuny ehenves vaane esfiya abadhu balaany kihineh dho ekamaku FB akee hurihaa kudhinves scroll kohla kohla thibey thanekey dho… Maan ge hiy yagynun ves vany Yooly ah kan gaaimu ingey hama ekamaku kuriah hury kon fadha kan thah thakeh kameh hama neynge ingey 🙈 varah ummeedhu kuran hama koklila modi ah kamudhaane kamah kuriah huri part thah ves 🥰🥰

Comments are closed.



All Right Reserved!