Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކަނޑުގެ ލޮނާއި ހިތުގެ ކަރުނަ .
ހަޤީޤީހިތާމަލޯބި

ކަނޑުގެ ލޮނާއި ހިތުގެ ކަރުނަ: (ތިންވަނަ ބައި)

lavv Level 1
August 18, 2026 2 Mins Read
2 Comments

މިއަދު އަހަރެން މި ހުރިހާ ވޭނަކާއި ހިތާމައެއްގެ ތެރޭގައިވެސް، ކެތްތެރިކަމާއެކު ދިރިއުޅުމުގެ ވާފަށް ދަމަހައްޓަމުން މިދަނީ ހަމައެކަނި އަހަރެންގެ ލޯބިވާ ދެ ދަރިންނަށްޓަކައެވެ. އަހަރެންގެ އަނބިމީހާގެ ފަރާތުން އެ މައުސޫމު ކުދިންނަށް ލިބެންޖެހޭ މައިވަންތަކަމުގެ ލޯތްބާއި ކުލުނެއް ނުލިބެއެވެ. ކުދިން ހެނދުނު ހޭލައްވައި، ފެންވަރުވައި، ލޯބިން ކާންދީ، އަދި ރޭގަނޑު އަރާމު ނިންޖަކުން ނިންދަވަނީވެސް ހަމަ އަހަރެންގެ އަމިއްލަ ދެއަތުންނެވެ. އެ އަންހެނާގެ އަޅާލުން ކުޑަކަމާއި ހިތްހަރުކަން ހުންނަ މިންވަރަކީ، ތުއްތު ދަރިފުޅު ބޮޑުކަމުގޮސްގެން ހުއްޓަސް، އޭނާ ސާފުކޮށްދިނުމުގެ ބަދަލުގައި، ލައިގެން ހުރި ޖަންގިޔާ ހަޑިވެފައިވާ ގޮތަށް ގޮސް މޫދަށް އުކާލަނީއެވެ. މިއީ އޭނާގެ ހިތުގައި ދަރިންނަށްޓަކައި އޮތް ފޫހިކަމާއި ރަހުމުކުޑަކަން ސާބިތުވާ އެއް ހެއްކެވެ.
އޭނާގެ ފަރާތުން ކުދިންނަށް ލިބޭ އަނިޔާތަކާއި އަދަބުތައްވެސް ނުހަނު ގިނައެވެ. ދެވަނައަށް އަހަރެމެންގެ ދިރިއުޅުމަށް އައީ ފިރިހެން ކުއްޖެކެވެ. އަހަރެންގެ ފުރާނަ ފަދައިން މި ދެ ދަރިންދެކެވެސް އިންތިހާއަށް ލޯބިވަމެވެ. ނަމަވެސް، އަހަރެންގެ ހިތުގެ އެންމެ ޚާއްޞަ ލޯތްބަކާއި ކުލުނެއް އަބަދުވެސް ދެވުނީ އަހަރެންގެ ދޮށީ އަންހެން ދަރިފުޅަށެވެ. އެއީ އަހަރެންގެ ދެލޮލުގެ ނޫރެވެ. އެހެނަސް، އެންމެ ފަސް އަހަރުގެ އެ މައުސޫމު ކުއްޖާ، ޓިއުޝަނުން ދޭ ފިލާވަޅެއް ނުބައިކޮށް ހަދައިފިނަމަވެސް، މަންމަ އޭނާއަށް ހިތްދަތި ބޮޑެތި އަނިޔާތައް ކުރެއެވެ. ރުޅިވެރިކަމާއެކު ހަޅޭއްލަވައި، އެ ތުއްތު ހަށިގަނޑުގައި ޖަހައި ހަދައެވެ. މިފަދަ ރަހުމެއްނެތް، އިހުސާސްތަކުން އެއްކިބާވެފައިވާ އަމަލުތަކުގެ ސަބަބުން، އަހަރެންގެ ހިތުގައި އެ އަންހެނާއަށްޓަކައި އޮތް ހުރިހާ ޤަދަރަކާއި ލޯތްބެއް ނެތިގޮސް، ބަދަލުވީ ހިތި ފޫހިކަމަކަށެވެ.
އެދުވަހަކީ އަހަރެންގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހި، އަހަރެންގެ ދިރިއުޅުމުގެ ހުރިހާ އުފަލެއް ދާއިމީކޮށް ގެއްލި، އަނދިރިކަމުގެ ތެރެއަށް ޣަރަޤުވެގެން ދިޔަ ބިރުވެރި ކަޅު ދުވަހެވެ. އަހަރެން ރަށު ދޯންޏެއްގައި މަހަށް ގޮސް އުޅެނިކޮށް، މީހަކު އައިސް އަހަންނަށް އެ ބިރުވެރި ހިތްފަޅައިގެންދާ ފަދަ ޚަބަރު ދިނެވެ. އަހަރެންގެ ފުރާނަ ފަދަ ލޯބިވާ އަންހެން ދަރިފުޅަށް ކުއްލި ގޮތަކަށް ސިއްހީ ބޮޑު މައްސަލައެއް ދިމާވެ، ފިޓު ޖެހިގެން ހާލު ދެރަވެގެން އުޅޭ ވާހަކައެވެ. އެ ޚަބަރު ކަންފަތުގައި ޖެހުމާއެކު، މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ފައިދަށުން ބިންގަނޑު ދެކަފަވެ، އަޑިއަށް ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ދުނިޔެމަތީގެ ހުރިހާ ކަމެއް ހުއްޓުނު ފަދައެވެ.
ހިތުގެ ހިނގުން އަވަސްވެ، ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ ހާލުގައި، ދުވެފައި ކަހަލަ ގޮތަކަށް އަހަރެން ދޯނިން ފައިބައިގެން ގެއައް ދިޔައީމެވެ. އޭރު ދަރިފުޅު އޮތީ އެދުގައި ބާއްވާފައެވެ. އޭރުވެސް އެކުއްޖާ ނޭވާ ލާން އުދަގޫ ވުމުގެ ސަބަބުނެ ތެޅިފޮޅި ގަންނަނީއެވެ.

ދަރިފުޅުގެ ހާލަތު މާ ބޮޑައް ގޯސްވާން ފެށުމުން، ހިތް ބިރުވެރިކަމުން ފުރިގެން ދިޔައެވެ. އިތުރަށް އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށްނުލައި، އަވަސް އަވަހަށް ލޯބިވާ ދަރިފުޅު އުރާލައިގެން އަހަރެމެން މިސްރާބު ޖެހީ ކައިރި ރަށެއްގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. އެ ދަތުރުމަތީގައި އަހަރެންގެ ހިތް ތެޅެމުންދިޔައީ އޮބިނޯންނަ ވަރަށެވެ. ހިތާމައާއި ބިރުވެރިކަމުގެ ކަރުނަތަކުން ލޯ ފުސްވަމުން ދިޔައެވެ.
ނަމަވެސް، ހޮސްޕިޓަލަށް ފޯރައި އެމަޖެންސީއަށް ވަދެވުނުއިރު ކަންތައް ވެގެންދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ދަރިފުޅުގެ ހާލު މުޅިން ރަނގަޅުވެ، އަހަރެމެންނާ ދިމާއަށް ބަލައި ހީ، ސަކަރާތްޖަހައި ކުޅެން ފަށައިފިއެވެ. ޑޮކްޓަރުން އެތައް ޓެސްޓުތަކެއް ހަދައި، ބެލުމަށްފަހު ވިދާޅުވީ ދަރިފުޅުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެ ޖަވާބުން އަހަރެންގެ މޭގައި އުފެދިފައިވި ބޮޑު ހާސްކަން ފިލައި، ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ލެވުނެވެ. އަދި ﷲ އަށް ޝުކުރު ކުރަމުން، ހިނިތުންވުމާއެކު ދަރިފުޅު ގޮވައިގެން އެނބުރި ރަށަށް އައީމެވެ.
އެހެންނަމަވެސް، އެ ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަން ދެމިގެންދިޔައީ ވަރަށްވެސް ކުޑަ ހިނދުކޮޅަކަށެވެ. ކަނޑު ހުރަސްކޮށް، ގޭގެ ދޮރުން އެތެރެއަށް ވަދެވުމާއެކު، އަނެއްކާވެސް ދަރިފުޅުގެ ހާލަތު ބަދަލުވާން ފެށިއެވެ. ކުއްލިއަކަށް އެ މައުސޫމް މޫނުމަތިން ދިރުން ގެއްލި، ނޭވާ ކުރުވެ، ނޭވާ ނުލެވިގެން ހާސްވާން ފެށިއެވެ. މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ.
އަހަރެން ހާސްވެ، ބިރުންގޮސް ދަރިފުޅު ގެނެސް އަހަރެންގެ މޭގައި ޖައްސާލައި، ކޮނޑުމަތީގައި ބާއްވާލީމެވެ. ދަރިފުޅަށް ހިތްވަރުދެމުން، ފިރުމަމުން ގެންދިޔައީމެވެ. އެ ވަގުތު، ކޮނޑުމަތީގައި އޮވެފައި ދަރިފުޅު މަޑުމަޑުން އަހަރެންގެ ކޮނޑުގައި ދަތްއަޅަން ފެށިކަން އަހަންނަށް އިޙްސާސްވިއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން، މުޅި ގައިގައި ހުރި ބާރެއްލާފައި ކަހަލަ ގޮތަކަށް ވަރަށް ބާރަށް ދަތްއަޅައިލިއެވެ. އެއިން ވީ ތަދުން އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
ނަމަވެސް، އެ ޖިސްމާނީ ތަދަށްވުރެ މާ ބޮޑު، މާ ހިތްދަތި، ބިރުވެރި އިޙްސާސެއް ދެން އަހަންނަށް ވެގެންދިޔައެވެ. އަހަރެންގެ ކޮނޑުމަތީގައި އޮތް ދަރިފުޅުގެ ކުޑަކުޑަ ހަށިގަނޑުގެ ތިރީބައި މަޑުމަޑުން ފިނިވެ، އެއްކޮށް ވާގިނެތި، ލުއިވަމުންދާކަން އަހަންނަށް އެނގުނެވެ. އެއީ ދަރިފުޅުގެ ހަށިގަނޑުން އެ މައުސޫމް ފުރާނަ ވަކިވަމުންދިޔަ ހިތްދަތި ވަގުތެވެ. ދަތްއަޅައިގެން ހުރި ބާރު ދޫވެ، މުޅި ކުއްޖާ ހިމޭންވިއެވެ.
އަހަރެންގެ މުޅި ދުނިޔެ، އަހަރެންގެ ލޮލުގެ ކުރިމަތީގައި، އަހަރެންގެ އަތްދަނޑިމަތީގައި އޮވެ މި ފަނާވަނިވި ދުނިޔެއަށް ދާއިމީކޮށް އަލްވަދާޢު ކިޔައިފިއެވެ. އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު، އަހަރެން އެކަނިވެރިކޮށްފައި އަނބުރާ ނާންނާނެ ދަތުރަކަށް ފުރައިގެން ހިނގައްޖެއެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

lavv

Level 1

17 years old I write stories in dhivehi and English

Other Articles

Previous

ނޭދެން ވަކިވާކަށް 32 ވަނަ ބައި

Next

ކަލާގެ ތިޔަ ސޫރަ ދެކިލުމުން

Next
August 19, 2026

ކަލާގެ ތިޔަ ސޫރަ ދެކިލުމުން

Previews
August 18, 2026

ނޭދެން ވަކިވާކަށް 32 ވަނަ ބައި

2 Comments!

  1. Shaba_17 says:
    August 18, 2026 at 8:19 pm

    Mi part ves vrh Reethi MA 💗💯
    Alhey vrh Sad 😔 ekuhjja maru V Dhwww 😭
    Haadha nubai Mamma ekey eii huhhhhhhh 😕
    E bahppa fakeeru and kudhin Haadha hiyvaru gadha ey
    Curiously waiting for the next part When’s next?

    1. Anonymous says:
      August 19, 2026 at 8:49 am

      Insha Allah Miadhu

Comments are closed.



All Right Reserved!