Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝާޔާ (1 ވަނަ ބައި)

Shaha Level 1
May 6, 2016 2 Mins Read
9 Comments

ބާރު ހިގުމެއްގައި ކޮޓަރިއަށްވަދެ ތަޅުލެވުނީ ހިތުގެ ހާލު އެކަކަށްވެސް ނޭންގުމަށެވެ. އެދަށްވެއްޓިގަތުމާއެކު އެރީތި ދެލޯ ފެންކަޅިވިއެވެ. އިސާހިތަކު އެދެ ކޯތާފަތް ތެމެންފެށިއެވެ.

” ކިހިނެތް މިހިތަށް ކެތްވާނީ

ހުވަފެންތައް ކުދިކުދި ވީމާ

އުފަލެއް ދުނިޔޭގައި ދެން ނެތީ

ފުން ހިތާމައިން ހިތް ރޮވިއްޖޭ އަދު ކަލާ ބީވުމުން

ކިހިނެތްމަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން”

ޝާޔާގެ ހިތް ބާރަށް ތެޅެމުން ދިޔައީ ނޭގޭ ބާރުމިނެއްގައެވެ. އިރުއޮއްސެން ކައިރިވުމުން ޝާޔާ ބެލްކަންޏަށް ނުކުތީ ހިތްހަމަ ޖައްސާލުމަށެވެ. އިރުއޮއްސޭ މަންޒަރަކީ ޝާޔާއަށް ވަރަށް ހިތްގައިމު މަންޒަރެކެެވެ. ނަމަވެސް މިއަދު ކަންހިނގި ގޮތުން ޝާޔާގެ އެ ރީތި ދެލޯ ވަނީ ދުޅަވެފައެވެ. ޝަޔާ ކޮޓަރީގެ ދޮރު ލައްޕާލާފައި ހިނގައިގަތީ ސާނިމްގެ ސްޓަޑީ ރޫމަށެވެ. ޝާޔާ ދެތިން ފަހަރު ޓަކި ޖެހުމުން ސާނިމް އެތެރެއަށް ވަންނާށޭ ބުނެލިއެވެ. މޭޒުދޮށުގައި ލެޕްޓޮޕް ހިފައިގެން އަރިމަތީގައި ރިސޯޓްތަކުގެ މުހިއްމު ކަރުދާސްތަކާއި ފައިލްތައް ހުރީ އެކި ގޮތްގޮތަށެވެ.

“…އަވަހަށް ވަދޭ….ކީއްވެ ކޮޅަށްތިހުރީ؟؟” ސާނިމް ބޯހިއްލާލާފައި އަނެއްފަހަރުވެސް ލެޕްޓޮޕަށް ބަލަން ފެށިއެވެ.

“….ބައްޕާ….އަހަރެން މިއައީ ކަމަކު….” ޝަޔާ ސާނިމްގެ ކަނާތްފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ. ކޮންމެވެސް ވަރަކަށް ހިތްނުތަނަވަސް ވެފައެވެ.

“…ކޮންކަމަކު؟؟؟…ބައްޕަގެ ރަންދޫނި ބޭނުންވަނީ ކޯއްޗެއް…” އަދިވެސް ސާނިމް ހުރީ ލެޕްޓޮޕާއި ކުޅޭށެވެ. ޝާޔާ ކުޑަކޮށް ޖެހިލުންވެފައި ހުރިހެން ހީވާތީ ސާނިމް ލެޕްޓޮޕް އެއްފަރާތްކޮށްލިއެވެ.

“…މީހާރު އޯކޭއެއްނު؟؟…ދެން ބުނެބަ؟؟؟” ސާނިމް ޝާޔާގެ އަތުގައި ހިފިއެވެ.

“…ބައްޕާ….ބައްޕަ ބުނީމެއްނު….އަހަރެން އޭ ލެވެލް ނިމުނީމައޭ ދެން އިތުރަށް ޑިސައިޑް ކުރާނީ….މިހާރު އޭލެވް ޓެސްޓް ނިމުނުތާ މިއީ ދެވަނަ މަސް…އެހެންވެ ބައްޕަގެ…” ޝާޔާގެ ވާހަކަ ހުއްޓުނީ އެތެރެއަށްވަން ޝިރާ ފެނިފައެވެ. ޝިރާ އައީ ޖޫސް ތައްޓަކާއި ކޮފީތައްޓެއް ހިފައިގެންނެވެ.

“…މިއީ މަންމަގެ ރަންދޫނިއަށް….މިއީ ސާނިމްއަށް…” ޝިރާވެސް ޖެހިގެންހުރި ގޮނޑީގައި އިށީނެެވެ.

“…ހޫމް…ކީކޭތަ ބުނީ…” ސާނިމް ކޮފީތަށިން ކޯވަރެއް ބޯލިއެވެ.

“…ދެބަފައިން މިދައްކަނީ ކޮންވާހަކައެއްތަ؟؟؟…އައްދެ މަންމަ ކައިރި ނުބުނާނަން…” ޝިރާ ފެންތަށި މޭޒުމަތީގައި ބެހެއްޓިއެވެ.

“….ބައްޕަ ބޭނުންވަނީ ދަރިފުޅަކީ މޮޅު އަދި ވަރަށް ބަސްއަހާ ކުއްޖަކަށްވާން…އެއީ ކޮންމެހެން ވަކި ދާއިރާއެއްނެތް…އެކަމަކު ދަރިފުޅު ކުރި އަރަން ބޭނުންވާ ދާއިރާއަކީ ބައްޕަމެން ހިތްހަމަޖެހޭ ދާއިރާއަކަށްވެސް ވާންޖެހޭނެއްނު…ދޯ” ސާނިމްގެ ވަކި ގޮތެއް ނެތެވެ.

“މަންމަ….” ޝާޔާ ޝިރާގެ ގާތަށް އެބުރުނެވެ.

“…މަންމަޔަށް ރަގަޅު ގޭގަ އުޅުނަސް…ލޯމަތިން ނުގެއްލޭނެއްނު ” ޝިރާ ހިނިތުންވެލިއެވެ. ޝާޔާގެ މޫނުގައިވާ ހިނިތުންވުން ފެންނާކަށްނެތުނުމުން ޝިރާ ކަންބޮޑުވިއެވެ.

“…ބައްޕާ…!…އަޅުގަނޑު ވިސްނައިފިން….އަޅުގަނޑު ބޭނުންވަނީ ނާރސިންގް ދާއިރާއިން ކުރިއަށް ދާން…” ޝާޔާ އިސްއުފުލިއެވެ. ސާނިމް އާއި ޝިރާ އެއްފަހަރާ ހީގަތެވެ. ޝާޔާ ކަންބޮޑުވިއެވެ.

“…އެހެންތަ؟؟…ބައްޕަ ވަރަށް ހިތްހަމަޖެހޭ…..ދޯ ޝިރާ…..އަސްލު ބައްޕަ ބޭނުންވީ ޝާޔާ ރިސޯޓް ދާއިރާއިން ނެރެން…އެކަން ތިވެސް ގޯހެއްނޫން….” ސާނިމް ހުރީ ޝިރާއާއި އެއްވަރަށް ހިތްހަމަޖެހިފައެވެ.

“…ބައްޕާ!!!!….ބައްޕަ ބުނީ ރަނގަޅަށް… އަހަރެން އަދި ކިޔަވަން ބޭނުން….އަހަރެން ބޭނުންވަނީ ކިޔަަވަން ބޭރަށްދާން…ޕްލީޒް ބައްޕާ!!ޕްލީޒް…” ޝާޔާގެ އަޑު ހުރީ ކުރަކިވެފައެވެ. ސާނިމް އާއި ޝިރާގެ މޫނުގެ ހިނިތުންވުން ފަޑުވެއްޖެއެެވެ.

“…ބޭރަށް….” ސާނިމް ކޮށްލީސުވާލެކެވެ.

“…ކޮންތާކައް؟؟؟” ޝިރާ ކަންބޮޑުވިއެވެ.

“……ސްވިޒަލޭންޑަށް…ބައްޕަގެ ކޮއްކޮ ސާނިޔާއްތަ އުޅެނީ އެކޮޅުގައެއްނު…އެތަނަށް ޝާޔާ ދާން ބޭނުމީ…ޕްލީޒް ބައްޕާ…” ޝާޔާގެ ދެލޯ ފެންކަޅިވިއެވެ. ސާނިމްގެ ދެލޯބި އަންހެންކުދިން ތިބޭއިރުވެސް ސާނިމް އެންމެ ބޮޑަށް ލޯބިވަނީ ޝާޔާދެކެއެވެ. ދެން ހުރީ ޝާއިއެވެ. ދެކުދިންނަކީވެސް ތަފާތުދެކުދިންނެެވެ. ކިޔަވަން ނަމަވެސް ދުރަށް ފޮނުވައިލެވޭނެހެއްޔެވެ؟. ކިތަންމެ މުއްސަނދި މީހަކު ނަމަވެސް ސާނިމްގެ އަގުބޮޑު ޙަޒާނާއަކީ އޭނަގެ އަނބިމީހާއި އޭނަގެ އަންހެން ދަރީންނެވެ.

“…ބައްޕަގެ ރަންދޫނި ދުވަހަކުވެސް އެއްޗެއް ބޭނުންެވެގެން ބައްޕަ އެ ނުދީ އެބަހުރިތަ…ދަރިފުޅު ޕްލީޒް ތި ބުނީ….” ސާނިމް ކޮޅަށް ތެދުުމާއެކު ޝާޔާ އާއި ޝިރާވެސް ތެދުވިއެވެ.

“….ނޫން….ޑެޑީ…އެކަމަކު އެނގޭ ބައްޕަ ޝާޔާދެކެ ލޯބިވާވަރު، ދުރަށް ދާން ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއްނޫން…އެކަމަކު ބައްޕައެއްނު ބުނީ ކޮންމެވެސް އެއްޗެއް ހޯދުމަށް ހަޔާތުގައި އެއްޗެއް ގެއްލުވާލަން ޖެހޭކަމަށް…އެންޑް ބައްޕާ…މިއީ ބައްޕަގެ ލޮލުގެ ކޮއެ…ޝާޔާ ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން އޭގެ ސަބަބުން ބައްޕަގެ ނަމަށް ނޫނީ އަބުރަށް ގެއްލުމެއްވާގޮތަށް….”ޝާޔާއަށް ރަނގަޅަށް ރޮވިއްޖެއެވެ. ސާނިމް ޝާޔާގެ ކަރުނަތައް ފޮހެލަ ދިނެވެ.

“….ބައްޕަގެ ބަސް ގަބޫލުކުރީ ދޯ…ބައްޕަ އޭރުވެސް ބުނީމެއްނު އެއީ…ވަގުތީ އުފަލަކައްޓަކައޭ….ކޮންމެއަކަސް ޝާޔާއަށް ވިސްނުނީމަ އެއީ އުފަލަކީ…މާދަމާ ނޫން އަނެއް ދުވަހަށް ތައްޔާރުވާތި….ބައްޕަ އާއި މަންމަ ތިން މީހުން އެކީ ދާނީ…އެންޑް ޝާއިގެ ސްކޫލް ކޭމްޕް އޮވޭ…” ސާނިމް ހިނިތުންވެލިއެވެ.

 

3 އަހަރު ފަސް

“ޝާޔާ….ޝާޔާ…..” ޔޫހާ އަވަސްއަރުވާލާފައި ކޮރިޑޯއިން ހިގަމުން ދިޔަ ޝާޔާއި އެއްވަރުކޮށްލިއެވެ.

“…ކީކޭ ޔޫހާ؟؟؟” ޝާޔާ ޔޫހާގެ ކުރިމައްޗަށް ހުއްޓުނެވެ.

“….އަން….ކާރު ތެރޭ ފޯނު ބާއްވާފަ ތިޔައީ….އެހެންވެ ދޭން މިޔައީ….އަނެއްކާ ދޮންބެ  އެހިއްޔާ ކީކޭ ޔޫހާ ބުނާނީ…” ޔޫހާާ ހުރީ ބަލިވެފައެވެ. ޝާޔާ ހިނިތުންވެލަމުން ފޯނު ޖީބަށްލިއެވެ.

  • ނުނިމޭ-

Share Article

Follow Me Written By

Shaha

Level 1

Other Articles

Previous

އަހަރެންގެ ވާހަކަ (ތޭރަވަނަ ބައި)

Next

ވާ ލޯބި އެގޭނަމަ ކަލާ.. (1 ވަނަ ބައި )

Next
May 6, 2016

ވާ ލޯބި އެގޭނަމަ ކަލާ.. (1 ވަނަ ބައި )

Previews
May 6, 2016

އަހަރެންގެ ވާހަކަ (ތޭރަވަނަ ބައި)

9 Comments!

  1. luha says:
    May 6, 2016 at 7:38 pm

    Varah salhi

  2. Kiyuntheriyaa says:
    May 6, 2016 at 9:06 pm

    Varah reethi. Hope you will continue the story till the end. By the way kondhuvas thakehga tha mi vaahaka upload kuraany..

  3. Phy says:
    May 6, 2016 at 9:13 pm

    Reethi vaanehen heevey…baraabarah up kohlladheveytho balahchey :p

  4. Kyaan says:
    May 6, 2016 at 9:30 pm

    Nice… But v kuru dhooo

  5. Thukko says:
    May 6, 2016 at 9:35 pm

    Nice story… Unmeedhu kuran regular kon up kuraane kamahh…. Keep it up!!!!

  6. Thea&Raya says:
    May 7, 2016 at 12:21 am

    We r twin

  7. Zaee says:
    May 7, 2016 at 9:03 am

    V nice waiting for next part ????

  8. Shaai says:
    May 7, 2016 at 10:04 am

    V rythi vaane hen hivany story. Avahah up kohladhehche

  9. Meeko says:
    July 18, 2016 at 11:07 am

    Haadha Gina dhuvas vejjey up nuvaathaa

Comments are closed.



All Right Reserved!