Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންދީނީލޯބި

އާއެކޭ ލޯބިވޭ… ފަންސާސްއަށްވަނަބައި (ވާނުވާ ނޭނގޭ ކަންތައްގަނޑު)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
August 13, 2026 5 Mins Read
0 Comments

ގެނުވައިފިއެ މަޑުމޮޅިކަން އެކުގައި ނެތުމުން

އަލިކަން ދެލޮލުގެ ގޮއްސިއޭ ނިމިގެން އުމުރަށް ދިއުމުން

ނޫރޭ ތިޔައީ މަންމަގެ ދޫންޔާއޭ، މިހަޔާތް އެކީ ގުޅިގެން ވާ

ވަކިވީ އަސަރާ ހުވަފެން، ހިތަކުން ހަމަ ނުފިލާނޭ

ވޭނާއި ރިހުން ދީފައި، ވަކިވީ އެހިނދުން ދެރަވާނޭ

މަންމަ އެއްގެ ވޭނީ އަޑު އިވުނަސް ހިތް ފަޅަ ފަޅައިގެން ގޮސްދާނެ އެވެ. “ބާސިލު މަންމަ: މަންމަގެ ދޫނި… ދަރިފުޅާ…” އެ މަންމަގޮވަމުންދިޔަ ގޮވާލުމުން ކަރުނަ އެކަކުގެވެސް ނުހިފެހެއްޓުނެވެ. ބޮޑުކުރި ލޮލުގެ ނޫރުވެ. ހަޔާތުގެ އުންމީދެވެ. އަބަދަށްޓަކައި ވަކިވެގެން ދިޔައީއެވެ. ދުނިޔެ މުޅިން އަނދިރިވީ ނޫންހެއްޔެވެ؟ ކައިރީގައި ކުޑަ ދެކުދިން އެބަތިއްބެވެ. ހިތާމައަކީ ވެސް ފާނޑެއްގެ ކަމެކެވެ. އެކި ދުހު ދައްކާނީ އެކި ރަހައެވެ. މަޔަކު ދުނިޔޭގައި ހުރެ ޒުވާން ފުރާގެ ދަރި މަރުވާ ތަން ދެކޭކަށް ނޭދޭނެއެވެ. އެކަމަކު އެފަދަ ހާދިސާތައް މިދަނީ ތަކުރާރުވަމުތާއެވެ.

ބާސިލުގެ ކޮއްކޮމެންނަށް ވާވަރު ފެނޭ ބާއެވެ؟ މިހާރުވެސް ދޮންބެކައިރިއަށް ދާން ރޮނީ ނޫންހެއްޔެވެ؟  ދެން މަންމައަށް ވާނެ ވަރު ވިސްނާލެވޭނީ ކިހިނެއް ހެއްޔެވެ؟
**************************************************************************************

&ނބސޕ؛

ހިތާމައިގެ ކަޅުފަސް ސާލެއް ވަނީ މުޅި މާލެއަށް ފެތުރިފައެވެ. އެންމެންހެން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިރޭ މަރާލާނީ ކާކު ކަމެއްވެސް އެނގެނީއެއް ނޫނެވެ؟

ކުއްލި ނުރައްކާ ބާސިލު ދިރިއުޅުނު ސަރަހައްދުގައި އިއުލާންކުރި އެވެ. މީހުން ވަދެނިކުމެ އުޅުން މަނާކުރިއެވެ. އެގެ އެއްކޮށް ބަންދުކުރިއެވެ. މަގުގެ ދެކޮޅުގައި ޓޭޕު ދެމިއެވެ. އެއްގަމު އުޅަނދުފަހަރު ވަނދެ ނިކުތުން ރައްކާތެރި ނުވާނެތީއެވެ.

&ނބސޕ؛

ރަތް ލޭ ކުނިވަސް ނުކެނޑެއެވެ. ޕޮލިހުންވެސް ލައްކަ މަސައްކަތް އެދަނީ ކުރަމުންނެވެ. ބާސިލުގެ މަރު ތަހުޤީގުކުރަން ރާއްޖޭން ބޭރުން ޓީމެއް އައުމަށް ވަނީ ހަމަޖެހިފައެވެ. ހަވީރުގެ ވަގުތެއްގައި އެވަފުދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެއެވެ.

މިއީ ހަމައެކަނި މަރުގެ އެތިފަހަރެއް ނޫނެވެ. ޖިންނިއެއްގެ ގަދަ ރުޅީގައި ހިފި ހުޅުގަނޑެކެވެ. ބާސިލު އެދިޔައީ ނިމިގެން އެމީހުންގެ ބަދަލުހިފުމުގެ ފުރަތަމަ އަމާޒަށްވެގެންނެވެ. ލީނިޔާއާއި މިލީހަމްގެ ފުރާނަ އަދިވެސް އެނބުރެނީއެވެ. ސަލާމަތްކުރެވޭނެ ކަމެއް އެނގެނީއެއް ނޫނެވެ. ނުރައްކާމިވަނީ އޭނގެ އިންތިހާ ދަރަޖައިގައެވެ. ކޮންމެ ފަދަ ހާލަތެއްވެސް ކުރިމަތިވެދާނެއެވެ.

&ނބސޕ؛

ޚުބާބުގެ ހަށިގަނޑުގައި ކޮޅަށް ހުންނާނެ ވަރުވެސް ނެތެވެ. ލޮލުން ކަރުނަ ހުސްނުވެއެވެ. ސަބުނަމުގެ ހޫނު ތިކިތަކުން ދެކޯތާފަތް އެދަނީ ތެއްކުރަމުންނެވެ. މިއީ ކެތްކުރެވޭ ވަރަށް ވުރެ އޭނާއަށް ބޮޑު ހިތާމައެކެވެ.

“ކުރެވޭނީ ކީއްހެއްޔެވެ؟” ޚުބާބުގެ އަޑު ބެދުނެވެ. ގައިން ވާގި ދޫވި އެވެ. މިހާ ގަނޑުވިއެވެ. ދޫ ހަރުވީ ކަހަލައެވެ.

ހިތާމައިގެ ކަނޑުގައި އަރަގުނުވާ އެކަކުމެ ނެތެވެ. ކޮލެޖުތައްވެސް ދުވަސްކޮޅަކަށް ބަންދުކުރިއެވެ. އާއިލާއަށް ތައުޒީޔެ މެސެޖު ފޮނުވި އެވެ. ބާސިލުމެން އުޅުން ކުލާސް ބޭނުންނުކުރަން ނިންމިއެވެ. ބޮޑު ތަޅުލާއި ޖޭނު ޖެހިއެވެ.

“ވަކިވީމަ ނުރޮވޭހޭ، ކަރުނުން ލޯ ނުފުރޭހޭ

ކެތްވެވޭހޭ ތިހަނދާނުގައި، ވޭނެއް މީ ނޭނގޭހޭ

ވަކިވީމަ ނުރޮވޭހޭ، ކަރުނުން ލޯ ނުފުރޭހޭ

ކެތްވެވޭހޭ ތިހަނދާނުގައި، ވޭނެއް މީ ނޭނގޭހޭ

ވަކިވީމަ ނުރޮވޭހޭ، ކަރުނުން ލޯ ނުފުރޭހޭ”

ވަކިވީމާ ނުރޮވި ނުދާނެއެވެ. ކަރުން ދެލޯ ފުރާލާނެއެވެ. ކެތްކުރަން ދަތިވާހާ ހަނދާންތައް ކޮބައި ހެއްޔެވެ؟ އެއިން ކޮންމެ ކަމެއް ވާނީ  ދެން ވޭނަށެވެ.

*******************************************

“ތަމުސީލުވެ ނެގެނީއޭ އެކުގައިވީ ހިޔާލޭމީ

ދުނިޔޭގެ އުސޫލޭމީ، ތަގުދީރުގެ ރޭވުންމީ

ލޯ ފުހެވޭނޭހެ މިރޭ، ވަކިވީއެ ތިޔަ ގުޅުން

ކެތްވެވޭހޭ ތިހަނދާނުގައި، ވޭނެއް މީ ނޭނގޭހޭ”

ހިޔާލުތަކުގައި އެ ސޫރަ ކުރެވޭނެއެވެ. ދުނިޔޭގެ އުސޫލަށް ތަބާވުން ނޫން ގޮތެއް ވަކި ނޯންނާނެއެވެ. ތަގުދީރުގެ ރޭވުމަކަށް ބަދަލެއް ނުގެނެވޭނެ އެވެ. ތި ގުޅުމުން އުފަންވި ކުލުން ލޯ ފުހެވޭނޭހެވެ.

*******************************************

“ލޯބޯ ކޮށިވީ ފަދައޭ އެކުވެރިޔާ ދިޔައީއޭ

ލޯބޯ ނެތުނީމަ މިހިތް ފުނޑުފުނޑުވެ ޒަޚަމްވީއޭ

ލޯ ފުހެވޭނޭހެ މިރޭ، ވަކިވީއެ ތިޔަ ގުޅުން

ކެތްވެވޭހޭ ތިހަނދާނުގައި، ވޭނެއް މީ ނޭނގޭހޭ”

ދެލޮލާއި ބޯ ވެސް ހަށިގަނޑުން ވަކިވި ފަދައެވެ. އެކުވެރިޔާގެ ފަޅުކަން ފިލާނެހެއްޔެވެ؟ މިހިތް ފުނޑުފުނޑުވެއްޖެއެވެ. ޒަޚްވީއެވެ.

*******************************************

ނޭދޭން މިތުރާއާއި ދުރުވާކަށް ގުޅި ލާމެހިފައިވާތީ

ލޯ ސަބުނަމުގައި އުތުރެނީއޭ މާޒީގެ ދުވަސްވަރުތީ

މި ހިތުގެ ޔާރެއްތީ މި ހަޔާތުގެ އުފަލެއްތީ

ކެތްވެވޭހޭ ތިހަނދާނުގައި، ވޭނެއް މީ ނޭނގޭހޭ

ވަކިވީމަ ނުރޮވޭހޭ، ކަރުނުން ލޯ ނުފުރޭހޭ

ވޭނެއް މީ ނޭނގޭހޭ، ވަކީވީމަ ނުރޮވޭހޭ”

މަޒީ ފިލާނެހެއްޔެވެ؟ މިތުރު މާޒީއަށް ވިއެވެ. ރަހުމަތްތެރިޔާގެ ސޮފްހާތައް ހުއްޓުނީ އެވެ. ދެން ނުލިޔެވޭނެއެވެ. ކިޔަންޔާއި ފަހަތަށް ޖެހޭނީ ފީނާށެވެ. މިހިތުގައި ފަނޑުނުވާ ލޯތްބަކާއި ޖަގާއެއް ދާއިމީ ވާނެއެވެ. ހުރިހާ އުފަލަކާއި ހުތާމައެއްގެ އެއްކޮޅުގައި ހުރެދިން ތިއީ ޔާރެވެ.

********************************************

&ނބސޕ؛

އެރޭގެ މެސެޖު ކުރިން ނުފެނުނީތީ ޚުބާބު އަމިއްލަ ނަފްސުކޮށްވެރި ކުރިއެވެ. ބާސީ މަރުވީ އޭނާގެ ސަބަބުން ކަމަށް ނިންމިއެވެ. ކުރިން ދެވުނު ނަމަ އަލިފުޅުބޭއަށް ހިމާޔަތް ދެވުނީހެވެ. ދުނިޔެ އަޅާ ދާކަށް ނުޖެހުނީހެވެ.

އެންމެ ނުކައި ނުބޮއެ އުޅެމުން ދިޔައިރު މިލީހަމަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ލަވަކިޔާ ނަށާއިރު ހީވަނީ ދެއީދު އެއްފަހަރާ އައިސް ގެން އުޅޭހެންނެވެ.

ވިހަން ވެފައި އިން މީހަކު އެހާ ހަލަނިކަމުންވެސް ސިހުމާގެ ބޯ ހީވަނީ ރެދުލާހެންނެވެ. ކުކުޅު ނޫނީ ކެވޭ ކަމަކަށް ނުވެއެވެ. ތަރުކާރީ ސަޓަންޔާއި ތެލުލި ކުކުޅެވެ. ކެވެނީ ރެސްޓޯރެންޓުން ގެނައިމައެވެ. ގޭގައި ހެދީމާ ކާކަށް ނުކެރެއެވެ.

“މިލީހަމް: މަންމަ ކޮޅު މޮޅުވަނީ، ދަރިފުޅޫ އަންނަނީ ބައްޕި ފެންނަނީ.” އެނޫން ދުވަހަކަށް އިރެއް ނާރައެވެ. ޚަބީބުވެސް ހުންނަނީ މިކަމަށް ހޭނިފައެވެ. އަހަރު ނިމެނީއެވެ. ދުވަހެއްވެސް އަޅެ ވާނެ ހެއްޔެވެ؟ މިލީހަމުގެ ބަނޑަށް ވެސް ނުވަމަސް ވީއެވެ. ކައިވެނި ކުރިއިރު އަދި މަހެއް ނުވާނެއެވެ. މިކަމެއް ޖެހުނީ ކައިވެނި ކޮށްގެން ގެއަށް ގެނައި ދުވަހުއެވެ.

ކުޑައަށް ތިބި ދެދަރިންނަށްޓަކައި ބާސިލުގެ މަންމަ ކެތްތެރިކަން އިސްކުރި އެވެ. މިއަދު އެ ނޫން ގޮތެއް ނެތީތީއެވެ. އެކުދިންނަށް އަޅާލާނެ މީހަކުވެސް ބޭނުންވާނެ ތީއެވެ.

މީގެ ދެއަހަރު ކުރިން ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ބާސިލުގެ ބައްޕަ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި މިވީހާ ތަަނަށް ހަށިގަނޑު ފެނިފައެއް ނުވެއެވެ. މަރުވި ކަމެއް ނުވާ ކަމެއް އެނގެނީއެއް ނޫނެވެ.

“ސިރުހާ: އިއްލޫ، ލޯބީ ދެން ތިހެން ނޯވެ އެއްޗެއް ކާލަން ތެދުވެބަލަ. ކާއިގެން ހިނގާބަލަ ބާސިގެ މަންމަގެ ހާލެއް ބަލާލަށް ދާން.” އެތިބީ ބައެއްގެ އެހީއަށް ބޭނުންވެފައެވެ. ޕޮލިހުން މަހުން މަހަށް އެދޭ ފައިސާކޮޅުން ދެކޮޅު ޖެއްސޭނީ ކިހިނެއް ހެއްޔެވެ؟

ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެއްޗެހިވެސް ހުރީ އެއްނުފޯރާ ދަށުގައެވެ. ދެރަނިކަމެތިން ޖެހޭނީ ހަނު ތިބޭށެވެ. އާފަލެއްގެ އަގު މިއުޅެނީ އަށްރުފިޔާއިން މަތީ ދިހަ ރުފިޔާގަ އެވެ. އެންމެ އާފަލެއް ސާޅިހަށް ވީކަށް ތަންތަންވެސް އެބަހުއްޓެވެ.

މީރު ކާއެއްޗެހިވެސް އެކުދިން ކާހިތްވާނެއެވެ. ލާނެ އަންނައުނު ބޭނުންވާނެއެވެ. ކިޔެވުމުގެ ހަރަދުތައް ވަކި ކުޑައެއް ނުވާނެއެވެ. “ޕާސްޓު ޕޭޕަރ ” އަކީ އަގު ކުޑަ އެއްޗެއްނޫނެވެ. ޓިއުޝަން މިނަގައިދެނީ ހާހަކަށް ދެހާހަށެވެ. ކިޔަވަން އަންނަށް ޖެހެނީ މާލެ އެވެ. އައުމަށް ސަތޭކަ ދިއުމަށް ސަތޭކަ ހޭދަވެއެވެ.

ޤުރުއާން ކިޔަވާނެ ޒުވާން ފުރާގެ ދިހަ މީހުން ހޯދުމުގައި އަޒީލުމެން އުޅުނީ ހޭ ބޯ ނާރައެވެ. މިރޭ ޤުރުއާން ކިޔަވަން ފަށަން ޖެހެ އެވެ. ކުޑަވެސް ގުޅުމެއް ވާ މީހަކު ކަމަކު ނުދެއެވެ.

ބަރާބަރު ދިހައެއް ހަމަވީ އިރުއޮއްސުނީއެވެ. އަށެއްގެ ފަހުން ބޭރަށް ނުދިއުމަށް އަލިފުޅުބޭ އެންމެންނަށް އެނގިއެވެ. ރަަނގަޅަށް ތަޅުލައިގެން ދުލުން ކިޔެތް އޮތްހައި ހެޔޮ އެއްޗެއް ކިއުމަށް އެދުނެވެ. ވަރުގަދަ ހަމާލެއް އައުމަކީ އެކަށޭނަކަމެކެވެ.

މުލުުކުއާއި ނިވީއަށްވެސް ކާންދީފައި ހުއްބާ އަށެއް ޖެހުމުގެ ނިންދެވިއެވެ. ނޫރީ ކާން ބޭނުން ވީ ކުޅި އެއްޗަކެވެ. ދޮންތަ ހުއްބާ ކުޅި ޑޫޑުލީސް ގަނޑެއް ހަދަން ނިންމިއެވެ. ސޮސެޖު ފިހެ ކައްކައިގެން ފިލްމެއް ބަލަން އުޅުނެވެ. އެކަން ވާ ގޮތެއް ނުވިއެވެ. ޓީވީއަށް ކަރަންޓެއް ނުލިބެއެވެ. ރޭންޖު އެހާ ދަށެވެ. މާޔޫސްކަމުގައި ޖެހުނީ އިސްޖަހާލާށެެވެ. ގުޅޭނެ ގޮތެއްވެސް ނެތް ރެއެކެވެ.

ޚުބާބުގެ ހިތުގެ ތެޅުން އަވަސްވެ، މުޅި މީހާ ގަނޑުވި ކަހަލައެވެ. ދޮރުގެ ބޭރުން އިވުނު މިލީގެ އަޑާއެކު، ކޮޓަރީގެ އެތެރޭގައި ހުރި އެއްޗެހި ގުޑުގުޑު އަރަން ފެށިއެވެ. މޭޒުމަތީގައި ހުރި ފެންޖަގު ތެރޭގައިވި ފެންގަނޑު އުދުއްސައިގެން ބޭރަށް މިދިޔައީ ކިރިޔާއެވެ.

އެވަގުތު ކޮޓަރީގެ ސީލިންގުގައި އިން ފަންކާ ބާރުވިއެވެ. “ޓަކް… ޓިކް… ޓަކް… ޓިކް…”

އޭނާ ފަންކާއެއް ނުޖަހައެވެ. އެނދުގައި އޮތީއެވެ. ހަމަ ކުއްލިއަކަށް ހެދުން އަލާމާރީގެ ދޮރުތައް ހުޅުވިއެއްޖެއެވެ. ފާޚާނާ ތެރޭން ފެން މާގަޑުގެ އަޑު އިވެން ފެށިއެވެ. މުށިތަކުގައި ފެން ޖެހޭއިރު ނޭނގި ހުންނާނެ ހެއްޔެވެ؟

ބިރުން ޚުބާބަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.  ދެކަންފަތުގައި ބާލީސް އަޅާ ބާރުކޮށްލިއެވެ. ކޮޓަރީގެ ފިނިކަން  އެހިނދު އިންތިހާއަށް ބޮޑުވެގަތެވެ. ނޭވާ ފިނިވެގެން ހީކަރުވަން ފެށިއެވެ. ގައިމަތީ އަޅާ ފޮތި ގަނޑެއް ނެތެވެ. އަލަމާރި ބަލަން ދާކަށް ވެސް ނުކެރޭނެ އެެވެ.  ދޮރާ ދިމާލަށް ބަލާލަށް މަޖުބޫރުވީއެވެ.

&ނބސޕ؛

“މިލީހަމް: ޚުބާބު… ދޮރު ހުޅުވާ…” އެ އިވެނީ މިލީހަމްގެ އަޑެވެ.  ފޫއަޅުވާލާފައި ދޮރު ވަށްޓާލަފާނެ ކަހަލައެވެ.

ދެން އިވުނީ ތަފާތު އަޑެކެވެ. ފިރިހެނެއްގެ ކޮށި އަޑެކެވެ. ޚުބޭއަކަށް ދެނެގަންނާކަށް ނޭނގުނެވެ. ބައެއް ފަހަރު ރޫޚާނީ އަޑެއް ހެންވެސް ހީވެއެވެ.

އެނދުގެ ދަށުން ކަޅު ދުންގަނޑެއް ފެތުރިގަތެވެ. އެ ދުންތައް މައްޗަށް އަރައިގެން ގޮސް މީހެއްގެ ސޫރައަށް ބަދަލުވާން ފެށިއެވެ.  އޭގެ ދެލޯ ހުރީ ގަދަ ރަތް ކުލައިން ދިއްލޮއަޅާފައެވެ.

” ޚުބާބު: ނޫން! ނޫން…” ޚުބާބަށް ބާރަށް ހަޅާތްލަވައިގަނެވުނެވެ.

****

ނިދި ޖެހިލި ވަގުތު އިބިލީސް ދައްކާލި ޚިޔާލެެއްފަދައެވެ. މަރުގެ އެތިފަހަރެކެވެ. ސަލާމަތްވެގެން މިދިޔައީ ކިރިޔާއެވެ. އެކަނި އޮންނަށް ނުކެރިގެން ދުވެފައި ޚުބާބު ނިކުތެވެ. މިލީގެ ބިއްފަޅި ވެސް ހީވަނީ ފުނޑުފުނޑު ވެދާނެ ހެންނެވެ. ހޫނު ހަނގުރާމަ އެއް ކުރެވެމުން އެތާ ދާ ކަހަލައެވެ.

ލަސްފިޔަވަޅުތަކެއްގައި އޭނާ ގޮސް މިލީހަމްގެ ކޮޓަރި ކައިރީ ހުއްޓާލި އެވެ. ވަމުން ދާ ގޮތެއް ބަލާލަށް ބޭނުންވާތީއެވެ. ބޭރުން ހުރީ ތަޅުލާފައެވެ. ޚުބާބު  ދޮރުގައި ކަންފަތް ޖައްސާލައިއެވެ.

” މިލީހަމް: ޚުބާބު މަޑުކުރޭ ތިތާ” ގަންނާކުރެއްވި ބިރުން ޚުބޭ ދާން އެނބުރިގަތެވެ. އެތެރޭން މަޑުކުރަން އެބުނި މިލީހަމްއެވެ.

ވައިގެ ތެރެއިން އެ އަޑު އޭނާގެ ކަންފަތްދޮށަށް ތިލަވަމުންދިޔައެވެ. ޚުބާބު ފަހަތް ބަލައިލި އެވެ.  އެކަުވެސް ނެތެވެ. މަންމަމެންވެސް ނިދީ ކައްނޭނގެއެވެ.

” މިލީހަމް: އަލިފުޅުބޭ!  މަ މާރާނުލާ މަ އުޅުނަދީ.” ދާން އެނބުރު ޚުބާބަށް ދެވޭ ގޮތެއް މިބުރުވެސް ނުވިއެވެ. އަލިފުޅުބޭ ކުރެން މަރާ ނުލާށޭ ދިރިއުޅުނަދޭށޭ ބުނެލުމުން ދެފައި ތަތްލެވީއެވެ.

ކާފޫރުގެ ވަސްގަނޑު އޭނާގެ ނޭފަތުގައި ޖެހުމުން ނޭވާ ދަމާލެވުނެވެ. އެ ކޮޓަރިތެރޭ ހީވަނީ ކިޔެވެލި ކިޔަވާހެންނެވެ. ބައްޕަ ބުނި ގޮތުން ވިއްޔާ ކިޔަވަނީ ބޭބެގެ ގޭގައެވެ. އެކަމަކު ޚުބާބަށް ހީވަނީ މިލީހަމްގެ ކޮޓަރީގައި ކުރާހެންނެވެ.

“އަލިފުޅުބޭ: ކަލެއަށް ސަލާމަތެއް ނެތް” އަލިފުޅުބޭގެ އަޑުގައިވަނީ ނުރައްކާތެެރިކަމެވެ.

“އަލިފުޅުބޭ… ބާސިލު… މަރާލީވެސް ހަމަ..ކަލެއޭ ” ޚުބާބުގެ މޭގަނޑު އަގައަށޑ ނައީ ކިރިޔާއެވެ. “އަލިފުޅުބޭ: މަށަށް އެނގުނޭ ކަލޭގެ ހަމަލާއެއްކަން ބާސިލަށް ބަލާލީމާވެސް.”

ޤުރުއާނުގެ އަޑު ބާރުވެގެން ދިއައެވެ. އަޑު ދަށުން ބައިވަރު މީހުން ކިޔަވަމުން ދިޔަފަދައެވެ. ބަޤާރާ ސޫރަތް ފަށައިގެން ކިޔަވަމުންދިޔަވެ.

” ނޫން ނޫން ” މިލީހަމް ބުނެލިއެވެ. “އަހަންނެއް ނޫން. މީހަކު ނުމަރަން” އިންކާރުކުރަމުން މިލީ ދިޔައެވެ.

އަލިފުޅުބޭ  މަޑުޖެހިލިއެވެ. ލައިޓަރު ނަގައި ރޯކޮށްލިއެވެ. އަލިފާނުގެ އަސަރު ގޭގައި ހިފާލިއެވެ. ތަނެއްގައި ރޯކޮށްލީ ފަދައެވެ.

ސޫރަތް ބަޤަރާ ނިމުންތަނާ އަނެއް ސޫރެއް ފެށިއްޖެއެވެ. ހަމާލަތައް ބާރު ވެގެން ދިޔައީ ދެނެވެ. ދެނަކާ ދެނެއް ނެތެވެ. ގެވެސް ދެންމެ ދެންމެ މައްޗަށް އަރާފަނެ ކަހަލައެވެ. ވެއްޓޭ އަޑާއި ތެޅޭ އަޑުން ހީވަނީ އެންފަދަ  ކަމެއް ހެންނެވެ.

“އަލިފުޅުބޭ: އަދިވެސް… ދޮގޭ ތިހަދަނީ.. އެއްބަސްވާ ކަށް ނޫޅެއޭ.”

ފިރިހެނެއްގެ ވޭނީ ގިސްލުމުގެ އަޑު ކެނޑި ކެނޑި ގެން އިވެންފެށިއެވެ. މިލީގެ ކައިރިން ފިރިހެނެއް ވީއޭ ހިތާއި ޚުބާބަށް ގޮށް މުށް ކަވާލެވުނެވެ. އޭނާގެ އަންހެނުން ބޭވަފާތެރި ވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

އެ އިވުނީ އެ އަވަލައިގެން އުޅޭ ޖިންނީގެ ވޭން ބާއެވެ؟ ހިލޭ ފިރިހެނެއް އެތާ އުޅެނީ ބާއެވެ؟ ވާން މިއުޅެނީ ކޮން ގޮތެއް ހެއްޔެވެ؟

ޯ(ކިޔުންތެރިންގެ ސަމާލުކަމަށް )
މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެދުވަހުއެވެ. ހޯމަ ބުދަގައެވެ. ނިމިދިޔަ ބުދަދުވަހު ވާހަކަ ނުގެނެސްދެވުނިތީ ނިހާޔަތަށް މާފަށް އެދެމެވެ. މިއަދުގެ ބައިގެ ‘ކަވަރ ފޮޓޯ ‘ ގައި އެވަނީ ނިމިދިޔަ ބައިގެ ޖަނާޒާގެ ތަސްވީރެކެވެ. ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަމެވެ.
🥰🫶🥀❤️😊
ނުނިމޭ

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ކަލާގެ ތިޔަ ސޫރަ ދެކިލުމުން

Previews
August 13, 2026

ކަލާގެ ތިޔަ ސޫރަ ދެކިލުމުން



All Right Reserved!