އާއެކޭ ލޯބިވޭ… ފަންސާސްހަތްވަނަބައި (ކިޔާދެން ހިތްދަތި ވަކިވުން )
” ލީނިޔާ: މާފެއް ނުދެވޭނެ. މަގޭ ގެ މުޅި ޒުވާން އުމުރު ހަނާކޮށްލީ ކަލޭ ތީ. މިހިތައް ނެތް ތަސައްލީއެއް ކަލޭ ދުނިޔޭގައި ހުރެގެން.” ބާރުބާރަށް ބުނަމުން ބާސިލު ނަގާ އުފުލާލި އެވެ. ތަނުގެ ވަހާއި ކުލަ ކުނިގޮޑަކަށް ވިއެވެ. މަސް ލޭ ކުނިވަހުން ނޯއްދަމާލަށް ދައްޗެވެ.
މައްޗަށް ނަގާފައި ތިރިއަށް ބާސީލު ވައްޓާލިއެވެ. ދެން ބާސިގެ ކުރިމަތިން ފެންނަށް ފެށީ އޭނާ ލޯބީގެ ގޮތުން ގުޅުނު އަންހެން ކުދިން ތަކެވެ.
ފަހުގެ ހަމަލާއާއެކު ބޮޑު ރަތް ދެލޯ އެހުޅުވާލީ މިލީހަމްއެވެ. އެންމެ ފަހުން ކަރުގަނޑުގައި ވަސްދޭން އުޅުނު މަލެވެ. ރީތީގެ ދެވަނައެއް ނުވާ ލާމަސީލު މިސާލެކެވެ. އަނގައި ހުޅުވާލިއިރު ފާޅުވި ތޫނު ދެދަތް ވަޅިއެއްގެ ތިލަ ފަދައެވެ. ލޭގެ ކޯރެއް ވަނީ ހެދިފައެވެ. ބާސީލުގެ އެތައް މިތަނުން ދިޔައީ ހާލީސް ލޭ ފައިބަމުންނެވެ. ނިޔަފަތިތައް ބާސީލުގެ ކަރަށް ހަރާލަމުން ރެއިލިންގައި އޭނާ އެލުވާ ލިއެވެ. ތިރިން ފެންނަމުން ދިޔައީ އަނދިރި ވަޅުގަނޑެކެވެ. ސަލާމަތައް އެދި އެދެއަތް ގުޑުވާލީއެވެ. އެކަމަކު މިއޮތް ދަންވަރު އެތައް ފެންނާނީ ކާކަށް ހެއްޔެވެ؟ އެހީގެއަތެއް ދިއްކޮށްލެވޭނީ ކިހިނަކުން ހެއްޔެވެ؟
އިރުއަރާނީ މާލޭއަށް ގޮށްޖަހާލަމުންތާއެވެ. ބިރުވެރި ކަމާ ނާމާންކަމާއެކު ރޮއްވާލަމުންނެވެ. މި ޒާހިދުގައި ފަހެ ސަލާމަތް ވާނީ ކާކު ހެއްޔެވެ؟ ރަހުމެއްނެތް އެއީ ޖިންނިއެއްގެ އަމަލެއް ނޫން ހެއްޔެވެ؟ ކައިރިވަމުން އަންނަން ސާދަވިލޭރޭ ހަމަލާތަކުގެ ހޫނުކަށް މި ފެށުނީބާއެވެ؟
**************************************************************************************
ސިއްސައިގެން ގޮސް ޚުބާބަށް ހޭލެވިއްޖެއެވެ. ވަށައިގެން ކޮޅުކޮޅު އޭނާ ބަލާލިއެވެ. އޮއެވުނީ ކޮޓަރީގައެވެ. ނިދާ އެނދުމަތީއެވެ. ކައިރީ ހުރި ކަބަނޑު މަތީ އޮތް ފޯނު ނަގައި ހުޅުވާލިއެވެ. ކަމަކުދާކަށް ނެތެވެ. ޚުބާބު ކޮޅަށް ޖެހިގެން ދިޔައެވެ. ހުވަފެނުގައި ބާސީ ފޮނުވާލި މެސެޖު އެއޮތީ ފޯނުގައެވެ.
” ބާސިލު: އާދޭސްކުރަން ޚުބޭ މި ގޭދަށް އާދެބަލަ. މަ ސަލާމަތްކޮށްދީބަލަ. މަ މި މަރާލަނީ ކައްނެއް.”
އެ މެސެޖު ކިޔަމުން ދިޔައިރު ޚުބާބުގެ ހިތުގެ ހިނގުން ހުރީ އާސްމާނުގައެވެ. އޭނާއަށް އެފެނުނު ހުވަފެން ތެދަކަށް ވާނީ ހެއްޔެވެ؟ ބިރުން ޚުބާބަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. އެނދު ވަށައިގެން ހިނގަންފެށިއެވެ. މިހެން ހުރެގެން ބާސިލަށް ވީގޮތެއްވެސް ނޭނގޭނެއެވެ. ގަޔަށް ޓީސާޓެއް ލައިގެން ޚުބާބު ގޮސް ބައްޕަގެ ކޮޓަރީގައި ޓަކި ދިނެވެ. ” ޚުބާބު: ޓޮއް،ޓޮއް،ޓޮއް”
ގަޔަށް ސެންޓު ބުރުވަމުން ބައްޕަ ދޮރު ހުޅުވިއެވެ. ކުރިަމތީ ހުރި ފިރިހެން ދަރި ފެނި ކިހިނެއް ވީތޯ އަހާލިއެވެ. ނަމާދު ގަޑި ކުޑަތަންވެފައި އޮތްވައި ސޯޓު ބުރިއެއް ގައި ހުރުމުންނެވެ.
” ޚަބީބު: ދަރިފުޅާ ކިހިނެއްވީ. އެއޮތް ގަތް ބަންގިގޮވަން އުޅެނީނު. ތައްޔާރުވެސް ނުވެ ތިހިރީ.” ހައިރާންކަން މޫނު މައްޗަށް ގެނުވަމުން ޚަބީބު ކޮށްލިއެވެ. މިއިން ދުވަހަކު މިކަހަލަ ކަމެއް ވީކީ ނޫނެވެ.
ކަންތައް ވެގެން އުޅޭގޮތް ކިޔައިދޭކަށް ޚުބޭއަކަށް ނުކެރުނެވެ. ބާސީލުމެންގެ ގެއަށް ގޮސްދޭން އޭނާއާއެކު އެދުނީއެވެ. ރޭގެ ދަންވަރު ލިބިފައިވި މެސެޖުވެސް ބައްޕައަށް ދައްކާލިއެވެ. ލަމުން ދިޔަ ނޭވާ ޚަބީބުގެ ހަށީގައި ތާށިނުވީ ކިރިޔާއެވެ. ހުވަފެނެއްގައި ޖެހި ޚަބީބުވެސް ހޭލާ އުޅޭތައި ގަޑިއިރެއް ވަނީއެވެ.
ދެބަފައިން އަވަސްކޮށްލައިގެން އެގޭދަށަށް ދިޔައެވެ. ކަނު އަނދިރިކަމުން އެމަގުމަތިވެސް ހީވަނީ ކަޅުކުލަ ފާޓާއެއްހެންނެވެ. ބޮކިދިއްލާލަމުން ސިޑީގެ ހަރުފަތް ތައް ގިރާކުރަމުން އެގެއަށް އަރާހަމަކުރިއެވެ. ދޮރުހުރީ ކުޑަކޮށް ހުޅުވިފައެވެ. އެމަގަށް ވަދުނީއްސުރެން ނޭފަތުގައި މުޅަވަސް ނޫނީ ނުޖެހެއެވެ. އޯކަށް ދެމޭވަރުންވެސް ޚަބީބަށް ކެތެއް ނުވެއެވެ. ސިޓިންރޫމަށް އަޅާލި ފުރަތަަމަ ފިޔަވަޅާއެކު ވެސް އެރުނީ ލޭ ގަނޑަކަށެވެ. ޚުބޭއަށް ހަޅޭތް ލަވައިގަނެވުނެވެ.
” ޚުބާބު: އާ…އާ.. ބައްޕާ” އެއަޑަށް ޚަބީބުވެސް ތިރިއަށް ބަލައިލި އެވެ. މުށިތަކުގައި އޮތީ ލެޔެއެވެ. ބާސިލެއް ނެތެވެ.
ޕޮލިހުންނަށް ގުޅީ ޚަބީބެއެވެ. މާ ގިނައިރުތަކެއް ނުވެ ޕޮލިހުން އަތުވެއްޖެ އެވެ. ވެގެން އުޅޭ ގޮތާއި ބާސީ ކޮށްފައިން މެސެޖު ދައްކާލިއެވެ. ހުރިހާ ތަނެއް ބެލުމަށްފަހު ބެލްކަންޏަށް އެރިއިރު އެއޮތީ ލެއިން ތެއްތެޅިފައި އޮތް އިންސާނެކެވެ. ޕޮލިހުން “އެމްބިއުލޭންސް” ފޮނުވުމަށް އައިޖީއެމްއެޗްއަށް އެންގި އެވެ. ބޮޑު ކަންތައް ގަނޑެއް ހިނގާފައި ވާކަން އެތަނުން އެނގެމުން ދިޔައެވެ.
ބާސިލުގެ ހަށިގަނޑުގެ އެތަންމިތަނަށް އެއްޗެހި ހަރާފައި ހުއްޓެވެ. އެ ހަށިގަނޑުގައި ހުރިއްޔާ ހުރިހާ ލެޔެއް އެވަނީ ހުސްވެފައެވެ. ކަރުގައި ވަކިއަޅުވަފާއި ހުރި ނިޝާންތަކެއްވެސް ހުއްޓެވެ. އިންސާނެއްގެ ކަމާމެދުވެސް ޕޮލިހުންނަށް ސައްކުވިއެވެ. ސީސީޓީވީން ފެންނަނީ ބާސީލެއެވެ. އިތުރު މީހަކު ނުފެނެއެވެ. ދުވެފައި ބެލްކަންޏަށް އަރާތަން ފެނެއެވެ. “ރެއިލިން” ގައި އެލިގެން އޮންނަންތަންވެސް އެހެރީ ފެންނާށެވެ.
އަށިގަނޑަށް ނަރުހުން އެެރުވި ބާސީލުގެ ފުރާނަނެތް މަސްގަނޑު ފެނި ޚުބާބުގެ ވިންދު ހުއްޓުން ކަހަލައެވެ. ކުޑައިރުންފެށިގެން އެކުގައިވި ރަޙުމަތްތެރިޔާ މިފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކީއެވެ. އެގެންދިޔައީ އަނިޔާވެރިކަމާއެކު މަރާލެވިފައިވާ ޚުބާބުގެ އެންމެ ގާތް އެކުވެރިޔާއެވެ. އެމަންޒަރުތައް ބަލާކަށް އޭނާއަކަށް ކެތެއް ނުވިއެވެ. އަޑުން އަޑުނަގައި ރޯންފެށިއެވެ. ކައިރީހުރި ބައްޕައަށްވެސް ކޮށްފައިވަނީ ފުން އަސަރެކެވެ. އެ ނިމިގެންދިޔައީ ދަރިއެއްފަދަ ކުއްޖެކެވެ. ދެރަނުވެވޭނެ ހެއްޔެވެ؟
ހަސްފާތާލަށް ގެންދިޔައިރުވެސް ލޭވަނީ ހުސްވެފައެވެ. ޑޮކުޓަރުގެ ދުލުން ލޭ ނެތްކަމާއި މަރު ވިކަން ޔަޤީންކޮށްދިނެވެ.
ނޫސްތަކުގެ ފަލަސުރުޙީއަށް ބާސިލުގެ ނަން ވަގުތުން އެރިއެވެ. ހުޅުމާލޭގައި އުޅޭ ކޮއްކޮމެންނާއި މައިންބަފައިން ގެނައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އިންތިހާ ހިތްދަތިކަމެވެ. އިއްޔެ ހެނދުނު ހެނދުނާ ހުޅުމާލެއަށް އައިސް މާލެ ބާސިލު ދިޔައީ ރޭގަނޑު ކައިގެންނެވެ. އެތައް އިރަކު ކޮއްކޮމެންނާއެކުވެސް އުޅުނެވެ. ހަވީރު ޕާކަށްވެސް ދިޔައެވެ. ޖޫގޯއާއި ޕިއްޒާވެސް ދިނެވެ. މަންމައާއި އެތައް ވާހަކަތަކެއް ހިއްސާކުރިއެވެ. އެވަރަށް ރޮއެހެދިއެވެ. މެންދުރު ދިޔައީ ޕިކުނިކެވެ. މަސް ބަތް ކައްކައިގެން ރިހާކުރާއެކު ކެއީ އާއިލާ އެކުއެވެ.
ދޮންބެއާއެކު މޫދަށް އެރިލަން ލިބުމުން އެކުދިން ތިބީ ހެވިފައެވެ. އެފުރުސަތު ދެން ނުލިބޭނެކަން ކުރިން އެނގުނު ނަމަ ވާނެގޮތެއް ވެސް ނޭނގެއެވެ. ދުވަހަކުވެސް ދޮންބެއާއެކު މޫދަށް އެރިލާކަށް ދެން ނުލިބޭނެއެވެ.
މާލެއަށް ނުފޮނުވުނު ނަމައޭ ބާސިލުގެ މަންމަ ހިތަށްއެރިއެވެ. އެހެން ނޫންނަމަ މިހެން ނުވީހެވެ. އެ މަންމައަށް އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށުނެވެ. މިފަދަ ދުވަހަކަށް އެއްވެސް މަޔަކު އުންމީދުނުކުރާނެއެވެ. ލެއިން ހަރާބުވެފައި އޮތް ލޮލުގެ ނޫރު ފެނި އެ މަންމަގެ ފުރާނަ ހަށިން ވަކިވެގެން ދިޔަފަދައެވެ.
ހަގަށް ތިބި ދެކުދިން ރޮއެގަންނަމުން ދޮންބޭ ކިޔާފައި އެދިމާލަށް ދުއްވައިގަތެވެ. “ބާސިލުގެ ކޮއްކޮމެން: ދޮންބޭ، ދޮންބޭ” ހަމަ ހޭވެރިކަމެއް ބާސީގެ މަންމައަށް ވީ އެ އަޑުންނެވެ.
މޫނު ދެއްކުން އޮތީ މެންދުރު އެގާރަ ޖަހަންދެންނެވެ. މެންދުރު ނަމާދުގެ ފަހުގައި ވަޅުލާގޮތަށް ނިންމާފައި ވާތީއެވެ. ދުރުތާކުންވެސް އަންނާނެ މީހަކު ބާސިލުގެ ނެތީތީއެވެ. ތީމާގެ މީހުންނަށް ދާންދެން މާލޭގައި އުޅޭތީއެވެ. ސާއިލުގެ މަންމައާއި ބައްޕަވެސް އެހިތާމައިގައި ބައިވެރި ވުމަށް އައެވެ. ދޮންތައާއި ސައިނާގެ ދެމަފިރިން ވެސް މޫނު ދެކެން އައެވެ. އައްޑޫގައި ކުރެވުނު މަޖާތައް ފިލާދާނެ ހެއްޔެވެ؟ ސަކަރާތް ޖެހުމުގައި އެވަރެއް ނޯންނާނެއެވެ. ހެއްވާ މަޖާ ވާހަކަދައްކާނީ އެނގިހުރެއެވެ.
ނުރޮވޭ އެކަކުވެސް ނެތެވެ. ހިނެވި އިރު ކުރިމަތިވި އެންމެ ބޮޑު ދައްޗަކީ ލޭ ސާފުކުރުމެވެ. ހިނެވި ޖަމާއަތްތެެރިންވެސް ތިބީ ބުނާނެއެއްޗެއް ނޭނގިފައެވެ. އެވަރު ކަމަކާއި މިއިން ދުވަހަކު ދިމާނުވާކަމަށް ވެއެވެ.
މަރުވެފައި އޮތް ބާސިލުގެ މޫނު ދެކެން އަލިފުޅުބޭވެސް ދުރުވިއެވެ. ފުރަތަަމަ ފެނިލުމުންވެސް އެއީ ޖިންނިއެއްގެ ހަމަލާއެއް ކަން އެނގުނެވެ. އެ މިލީހަމްމެންނާއި އަވަލައިގެން އުޅޭ މާއިޒް ޖިންނީގެ ކަމަކަށް މެނުވީ ނުވާނެއެވެ.
“އަލިފުޅުބޭ: ކަންތައްތައް ދެން މި ވަރަށް ގޯސްވީ. ހިތްވަރުކުރާތި”
ނެގިމަޑުވެފައި ތިބި އަޒީލުއާއި ޚަބީބު ކައިރީ މަޑުކޮށްލަމުން އަލިފުޅުބޭ ކަންތައް ގޯސްވީއޭ ބުނެލިއެވެ.
މެންދުރު ނަމާދުކޮށް ނިންމާފައި ބާސިލުގެ ކަށުނަމާދު ކުރެވިގެން ދިޔައެވެ. އެތައް ބައިވަރު ބަޔަކު ނަމާދުވެސް ކުރިއެވެ. މޫނު ދެކެންވެސް އައެވެ. އެއްކުލާހު ކުދިންތައް ވެސް ދިޔައީ ލޮލުން ކަރުނަ ފުހެލާފައެވެ. ވަކިވެގެން އެދިޔައީ ހިތް ހެޔޮ މިތުރެކެވެ.
ސަހަރާއަށް ބާސިލުގެ ސަންދޯކު ކޮނޑުމައްޗަށް ލައިގެން ގެންދިޔައީ އާއިލާއާއި ރައްޓެހިންނެވެ. ކުރީގައި ހިފަހައްޓައިގެން ތިބީ ޚުބާބާއި އޭނާގެ ބައްޕަ ޚަބީބެވެ. ރޮއެ ރޮއެ ޚުބޭގެ ދެލޯ ވަނީ ރަތް އަނގުރު ކުލައިގައެވެ. ސިއްރުތައް ހިއްސާކޮށް ހެދި ގާތް އެކުވެރިޔާ މިއަދު ފަސްދަށުލެވެނީއެވެ. ވަޅެއްގެ ތެރެއަށެވެ.
ފުން ވަޅެއް ކޮނެ ސަންދޯކު ބެހެއްޓިއެވެ. ވާޖަހާއި ވަޅަށް ތިރިކުރަމުން ދިޔަ މަންޒަރު ބަލަކަށް ބާސީލުގެ ކޮއްކޮއަކަށް ނުހުރެވުނެވެ. ދޮންބޭއޭ ކިޔައި ގޮވާލިއެވެ. ” ބާސިލުގެ ކޮއްކޮ: ދޮންބޭ” ކޮއްކޮ ހިފެހެއްޓޭ ވަރުވީ ވަރަށް މަސައްކަތުންނެވެ.
ތިންމުން ވެލީގެ ހަދިޔާއެއް ކޮންމެ މީހަކުމެ ދިނެވެ. ފަސްއަޅައި ވަޅު ފޯރުވާލުމަށްފަހު ފާފަ ފުއްސެވުން އަދައި ދުޢާކޮށްދެއްވިއެވެ. ސުވަރުގޭގެ މަތިވެރި ނިޢުމަތް ބާސިލަށް ލިބުމަކީ އެންމެންގެ އެދުމެވެ. ދުޢާއެވެ. މާތް ﷲ ގެ ރަޙުމަތް ލެއްވުމެވެ.
***************************************** ވަކިވީ އަސަރާއި ހުވަފެން، ހިތަކުން ހަމަ ނުފިލާނޭ
ވޭނާއި ރިހުން ދީފައި، ވަކިވީ އެހިނދުން ދެރަވާނޭ
ދުނިޔޭގެ އުސޫލޭމީ ކަންތައް ވާނެގޮތް މީ
އެހެނަސް މިކަަމުން ލިބިދިން ވޭނަށް ކެތްނުވެވޭނޭ
ކުއްލިއަކަށް އެކުވެރިޔާ ވަކިވެގެން ދިއުމުން ހިތަށް ލިބުނު އަނިޔާއަށް ކެތްކުރާނެ ގޮތެއް، ވިސްނޭނީ ފަހެ ކިހިނަކުން ތޯއެވެ؟ އަމިއްލަ ނަފްސަށް ބުނެދޭނީ ކޮން ގޮތަކަށް ހެއްޔެވެ؟ މަރަކީ ކޮންމެ އިންސާނަކާވެސް ބައްދަލުކުރާނެ ހަގީގަތެކެވެ. ފެނިގެން ދިޔަ ހުވަފެނާއި އަސްލު ގުޅިގެން އައުމުން ވާނެ ގޮތް އަންދާޒާ ކޮށްލާށެވެ. ވަކިވުން އެލިބޭ ވޭން މުޅި އުމުރަށްވެސް ފިލައިގެންނުދާނެއެވެ.
*******************************************
ލިބުނީ ނުފިލާނެ ރިހުން ދުނިޔޭގެ މި ގާނޫނުން
މި ހަނދާންތައް ނުފިލާތީ މިދެލޯ ކަރުނައިން ފުރުނޭ
ވަކިވީއެ މި ފުރާނާ ގިނަވީއެ މުޅިން
ފޯވޭ މިދެލޯ ކަރުނުން ތި ޚިޔާލު އާލާވާނޭ
ވަކިވީ އަސަރާ ހުވަފެން، ހިތަކުން ހަމަ ނުފިލާނޭ
ވޭނާއި ރިހުން ދީފައި، ވަކިވީ އެހިނދުން ދެރަވާނޭ
އެކި ކުލަތަކުން ކުރެވުނު ކަންތައްތައް ލޯ ކުރިމަތީ ތަމްސީލުވެެން ދާންފެށިއެވެ. އެއިން ކޮންމެ ހަނދާނަކާއެކު ދެލޮލުން ކަރުނަ ހިލެއެވެ. ވޭނާއި ސަޒާ އިތުރުވަމުން ދިޔައެވެ. ދެން ބާސިލުގެ އެ ހެވިދިލިފައިވާ މޫނެއް ނުފެންނާނެއެވެ. އެ އަޑެއް ނުއިވޭނެއެވެ.
*******************************************
ގެނުވައިފިއެ މަޑުމޮޅިކަން އެކުގައި ނެތުމުން
އަލިކަން ދެލޮލުގެ ގޮއްސިއޭ ނިމިގެން އުމުރަށް ދިއުމުން
ނޫރޭ ތިޔައީ މަންމަގެ ދޫންޔާއޭ، މިހަޔާތް އެކީ ގުޅިގެން ވާ
ވަކިވީ އަސަރާ ހުވަފެން، ހިތަކުން ހަމަ ނުފިލާނޭ
ވޭނާއި ރިހުން ދީފައި، ވަކިވީ އެހިނދުން ދެރަވާނޭ
މަންމަ އެއްގެ ވޭނީ އަޑު އިވުނަސް ހިތް ފަޅަ ފަޅައިގެން ގޮސްދާނެ އެވެ. “ބާސިލު މަންމަ: މަންމަގެ ދޫނި… ދަރިފުޅާ…” އެ މަންމަގޮވަމުންދިޔަ ގޮވާލުމުން ކަރުނަ އެކަކުގެވެސް ނުހިފެހެއްޓުނެވެ. ބޮޑުކުރި ލޮލުގެ ނޫރުވެ. ހަޔާތުގެ އުންމީދެވެ. އަބަދަށްޓަކައި ވަކިވެގެން ދިޔައީއެވެ. ދުނިޔެ މުޅިން އަނދިރިވީ ނޫންހެއްޔެވެ؟ ކައިރީގައި ކުޑަ ދެކުދިން އެބަތިއްބެވެ. ހިތާމައަކީ ވެސް ފާނޑެއްގެ ކަމެކެވެ. އެކި ދުހު ދައްކާނީ އެކި ރަހައެވެ. މަޔަކު ދުނިޔޭގައި ހުރެ ޒުވާން ފުރާގެ ދަރި މަރުވާން ތަން ދެކޭކަށް ނޭދޭނެއެވެ. އެކަމަކު އެފަދަ ހާދިސާތައް މިދަނީ ތަކުރާރުވަމުތާއެވެ.
ބާސިލުގެ ކޮއްކޮމެންނަށް ވާވަރު ފެނޭ ބާއެވެ؟ މިހާރުވެސް ދޮންބެކައިރިއަށް ދާން ރޮނީ ނޫންހެއްޔެވެ؟ ދެން މަންމައަށް ވާނެ ވަރު ވިސްނާލެވޭނެ ހެއްޔެވެ؟
ނުނިމޭ
(ކިޔުންތެރިންގެ ސަމާލުކަމަށް)
މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެދުވަހުއެވެ. ހޯމަ ބުދަގައެވެ. ބުދަދުވަހުގެ ބައިގެ “ކަވަރ ފޮޓޯ”ގައި އެވާނީ ނިމިދަބައިން ސިފަކޮށްފައިވާ ތަސްވީރެކެވެ. ހުރިހާ ކިޔުންތެރިންނަށް ވެސް ފޮޓޯއާއި މިބައިވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ. ވާހަކަ މިދާ މިސްރާބު މިވަނީ އިންތިހާ ބިރުވެރި ވެފައެވެ. އަސަރުގަދަ ބައެއް ލިޔެވުނު ކަމަށް ހީކުރަމެވެ.
😊❤️🫶🥀🥰
2 Comments!
Comments are closed.






This is my favorite episode so far, so emotionally connecting.. loved every bit of it..😥
ވީ އުފާ ބުނެދޭން ދުލާ ގަލަމުން ނުކުޅެދިއްޖޭ
ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
ވަރަށް ވަރަށް އުފާވެއްޖެ ތި މެސެޖު ކިޔާލަފައި
އުފަލުން ރޮވިއްޖެ
🫶❤️😊🥀🥰