Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 36

Itxlevender
Itxlevender Level 310 Stories100 Comments100 Login
July 31, 2026 7 Mins Read
13 Comments

ކައިރާގެ ގެއިން ނިކުމެވުން އިރުވެސް ކައިލްއަށް ނޭނގުނެވެ. ލޯމަތިން ފެންނަމުންދިޔައީ މުޅިން އެހެން މަންޒަރެކެވެ. ފަހަތުން އިޝާން އާއި ކައިރާ ގޮވަމުން އަންނަ އަޑު އިވުނީ ފަނޑު ގޮތަކަށެވެ. ނަމަވެސް ކައިލްގެ ނަފްސު މުޅިން އެހެން ދުނިޔެއެއްގައި ވާކަހަލައެވެ.

“ކައިލް ވެއިޓް…!” ދުވަމުން އައި އިޝާން ގޮވާ އަޑު އިވުނެވެ. ނަމަވެސް ކައިލް މަޑެއް ނުކުރިއެވެ.

“ކައިލް ޕްލީޒް ޑޯންޓް ޑްރައިވް ލައިކް ދިސް…!” އިޝާން ކަންބޮޑުވެފައި ގޮވާލީ ގޭޓު ކައިރިއަށް ހުއްޓެމުންނެވެ. ފަހަތުން ދުވެފައި އައި ކައިރާވެސް މަޑުކޮށްލީ ގޭޓު ކައިރިއަށެވެ.

ކާރުގެ ދޮރު ހުޅުވާލުމަށްޓަކައި ކައިލް އަތްއުފުލާލިއެވެ. ނަމަވެސް އަތްގަނޑުގައި ހިފި ގޮތަށް ކައިލްއަށް ހުރެވުނީއެވެ. މޭގެތެރޭ އުފެދިފައިވި ރިހުން ގަދަވަމުން އައިއިރު ކެތްނުވާވަރު ވެއްޖެއެވެ. ކައިލް ބޭނުންވީ ފަސްއެނބުރި ބަލާލާށެވެ. ކައިރާ އާއި އިޝާން އާއި ކުރިމަތިލާށެވެ. މިރޭ ވެގެން ދިޔަ ހުރިހާ ކަމަކީ ހަގީގަތެއް ނޫންކަން އެމީހުންގެ ދުލުން ބުނާއަޑު އިވެން ކައިލްގެ ހިތް އެދުނެވެ. މިރޭ ދެކެވުނު ވާހަކަތަކަކީ ސަމާސާއެއްކަމާއި، ލިއާގެ ހަޔާތަށް ރިހާން އަނބުރާ ގެނެސްފައި ނުވާކަން ކައިލް ގާތު އެތަނުން ކޮންމެސް އެކަކު ނަމަވެސް ބުނުމަށް ކައިލްގެ މުޅި ނަފްސުވެސް އެދުނެވެ. އެހެންނަމަވެސް ކައިރާ އާއި އިޝާންވެސް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ހަމަ އެންމެ ސަބަބަކާ ހުރެއެވެ. އެ ހުރިހާ ކަމަކީ ހަގީގަތަކަށް ވާތީއެވެ.

މަޑުމަޑުން ކާރުގެ ސީޓުގައި އިށީނުމާއެކު ކައިލް ދޮރުޖަހާލާ ލޮކްކުރިއެވެ. ހުންގާނުގައި އަތް އަޅުވާލިއިރު ދެ އަތުގެ ނާރުތައްވެސް ވަނީ ފުއްޕާލާފައެވެ. ކުރިމައްޗަށް ނަޒަރު ހުއްޓިފައިވާއިރު އެ ނަޒަރުގައި ވަނީ ނުރައްކާތެރި ކުލަވަރެކެވެ. ގޭޓު ކައިރި ފެންކަޅިވެފައި ބަލަން ކައިރާއަށް ހުރެވުނު އިރު އިޝާން ހުރީ ކަންބޮޑުވެފައި ބަލާށެވެ.

“ކައިލް…” މަޑުމަޑުން ކައިރާއަށް ބުނެވުނީ ކައިލް ކާރު ދުއްވާލުމުންނެވެ.

ކާރުގައި ހޭދަވެގެން ދިޔަ ވަގުތު ދިޔައީ ހިމޭންކަމާއެކުއެވެ. ދެއަތުން ހުންގާނުގައި ހިފާލެވިފައިވާއިރު ކައިލް އިނީ ދަތްކުނޑިވިކިފައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަގަށް ނަޒަރު ހުއްޓިފައިވިޔަސް ހިޔާލުތައް ވަނީ އެހެން ދިމާލެއްގައެވެ. ލިއާގެ ކޮންމެ ހަނދާނެއް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ކޮންމެ ހިނިތުންވުމެކެވެ. އެ ލަދުވެތި ބެލުންތަކެވެ. ބައެއް ހާލަތްތަކުގައި ކައިލްއާއި ބަދަލުކޮށްލާ ހާއްސަ ބަލާލުމެވެ. ސައިކަލުގައި ދާއިރު ކައިލްގެ ގާތުގައި ލިއާ އިންނަ ގޮތެވެ. އޭގެ ފަހުން ކައިލް އެނބުރި އައިފަހުން ލިއާގެ އަމަލުތައް ހުރިގޮތް ސިފަވާންފެށިއެވެ. ލިއާ ކުރިހާ އިންކާރެކެވެ. ދެއްކިހާ ބަހަނާތަކެވެ. ކައިލްއަށް ހީކުރެވުނީ ލިއާއަށް އަދިވެސް ވަގުތު ބޭނުންވާކަމަށެވެ. އޭނާ ކެތްތެރިވީ ލިއާދެކެ ވާ ލޯބީގެ ހައްގުގައެވެ. އެހެނަސް އޭނާ އިންތިޒާރުގައިވަނިކޮށް ލިއާ އެނބުރި ރިހާންގެ ގާތަށް ދިޔައީއެވެ.

ހުންގާނުގައި ހިފާލެވިފައިވާ އަތަށް ކައިލްއަށް ބާރުކޮށްލެވުނެވެ. ދަތްތައް ބިންދައިގެން ދާހާ ބާރަށް ކައިލްއަށް ދަތްކުނޑި ވިކުނެވެ. ވޭނުން ފުރިގެންވި މަޑު ހުނުމެއް އެ ތުންފަތް ފޫއަޅުވާލާފައި ނިކުތެވެ. “ސޯ ދެޓް ވޯޒް އިޓް…” ކައިލްއަށް މަޑުން ބުނެވުނެވެ. އެ ލޮލުގައި ރުޅިވެރިކަމުގެ އަލިފާން އަނދަމުން ދާކަހަލައެވެ. ކައިލް ދުރު ބަލާލުމާއެކު އަވަސްއަވަހަށް އެސްފިޔަ ޖަހާލީ އެ ލޮލުގައި ބަންދުވެފައިވާ ކަރުނަތައް ފައިބައިގެން ދިއުމުގެ ފުރުސަތު ނުދޭންވެގެންނެވެ. ނަމަވެސް އެ ކަރުނަތައް ކޮންޓްރޯލްކުރަން މަސައްކަތްކުރި ވަރަކަށް މޭގައި އުފެދިފައިވާ ރިހުން އައީ ގަދަވަމުންނެވެ.

ގެޔާއި ހަމަޔަށް އާދެވުމާއެކު ކައިލް ކާރުގެ އިންޖީނު ނިއްވާލިއެވެ. އެވަގުތު އެ މަގަށްވެސް އަނދިރިވެގެންދިޔައެވެ. ކާރުން ނިކުތުމެއް ނެތި ކައިލް އެ އިންގޮތަށް އިނެވެ. އެގޮތުގައި އިރުގަނޑެއް ފާއިތުވެދިޔައެވެ. ކައިލްގެ ނަޒަރު ހުރީ އެއްދިމާލުން ފެންނަމުންދިޔަ އަނދިރިގަނޑަށެވެ. އޭރު ޖެހިގެން ހުރި ސީޓުގައި ކައިލްގެ ފޯނު ބާއްވާލެވިފައިވެއެވެ. ކައިލް އެ ފޯނަށް ބަލާލިއެވެ. ހަމަ އެއާއެކު އެހާމެ އަވަހަށް ދުރު ބަލާލައިފިއެވެ. އެހެނަސް ދެން ވީ ކިހިނެއްކަމެއް ނޭނގުނެވެ. ދެވަނަ ސިކުންތުގައި ކައިލް އެ ފޯނު ނެގިއެވެ.

ލިއާގެ ކޮންވަޒޭޝަނަށް ވަތް އިރު މީގެ ކުރިން އެ ދެމެދުގައި ބަދަލުކުރެވިފައިވާ ހުރިހާ މެސެޖެއްވެސް ފެންނަން ހުއްޓެވެ. ކީ ވަރަކަށް އިތުރަށް ކައިލްގެ ހިތަށް ވޭންލިބުން ނޫން ކަމެއް ނުވިއެވެ. ކައިލްގެ އިނގިލިތައް ސްކްރީންގައި ހިންގާލިއެވެ.

“އިޒް އިޓް ޓްރޫ…؟” ކައިލް ލިއާއަށް މެސެޖު ފޮނުވިއެވެ. މެސެޖު ޑެލިވަރވިއެވެ. ކައިލް އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ލިއާ އޮންލައިންގައި އިންކަމަކު މެސެޖު ނުބެލިއެވެ. ހިތަށް އުނދަގޫވެގެން އައި އިރު ކައިލްއަށް އަނެއް މެސެޖުވެސް ފޮނުވާލެވިއްޖެއެވެ.

“ޑިޑް ޔޫ ރިއަލީ ގެޓް ބެކް ވިތް ހިމް…؟” ކައިލް އަހާފައިވެއެވެ. ދެތިން ސިކުންތުފަހުން، ލިއާ އެ މެސެޖު ބެލިކަމަށް ހާމަވިއެވެ. އެހެނަސް ކައިލް މަޑުކުރީ ލިއާގެ ޖަވާބަކަށެވެ. ލިޔަން ފަށައިފިނަމަ ފެންނާނެ ނިޝާން އަރާނެ އިރަކަށް ކައިލް އިންތިޒާރު ކުރިއެވެ. އެހެނަސް އެ އިންތިޒާރު ބޭކާރުވީއެވެ. ލިއާގެ ރައްދެއް ނައިތާގައި މެސެޖު ޓައިޕްކުރާކަމަކަށްވެސް ނުދައްކައެވެ. ކައިލްއަށް ހިންދިރުވާލެވުނީ އުނދަގޫ ގޮތަކަށެވެ. އެ އިނގިލިތައް ހަރަކާތްކޮށްލީ ފޯނުގައި މެސެޖު ލިއުމަށެވެ.

“ވައި…؟” ކައިލް އެ މެސެޖު ފޮނުވިއިރު ހިތް އެތައް ހާސް އެތިކޮޅުތަކަށް ބުރައިގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ލިއާ އަނެއްކާވެސް މެސެޖު ބެލިކަން ފާޅުވިއެވެ. ކައިލް އެ އިންގޮތަށް އިނދެ ބަލަމުނެ ދިޔައީ އޭނާ ފޮނުވި މެސެޖުގެ ތިރީގައިވާ ‘ސީން’ އަރާފައިވާ ނިޝާނަށެވެ. ދަތްތައް ފިއްތާ ބާރުކޮށްލިއިރު އެ ހަރަކާތާ ގުޅިގެން ކައިލްގެ ކޯކަށިގަނޑު ހަރަކާތްކޮށްލިއެވެ. ލިއާ ކައިލްގެ މެސެޖުތައް އެބަ ކިޔައެވެ. އެހެނަސް އޭނާ އެ އިހުތިޔާރުކުރީ ހިމޭންކަމެވެ. ކައިލްގެ ހިތުގައިވި ފުން ހިތާމަ ރުޅިވެރިކަމަށް ބަދަލުވިއެވެ. “ސޭ ސަމްތިން ލިއާ…!” ކައިލްއަށް ހުންގާނުގައި ބާރަކަށް ޖަހާލެވުނެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލައިގެން އިރުކޮޅަކު އިނދެފައި ކައިލް އަނެއްކާވެސް ޓައިޕްކުރަން ފެށިއެވެ.

“އައި ގޭވް ޔޫ އޯލް ދަ ޓައިމް ޔޫ އާސްކްޑް ފޯރ ބިކޯޒް އައި ތޯޓް ޔޫ ވަރ ޓްރައިން ޓު ފިގަރ އައުޓް ވަޓް ޔޫ ވޯންޓެޑް…” ކައިލް އެ މެސެޖު ފޮނުވާލިއެވެ. ލިއާ އެ މެސެޖުވެސް ކިޔެވެ. އެހެނަސް ކުރިއެކޭ އެއްފަދައިން މިފަހަރުވެސް ޖަވާބެއް ނުލިބުނެވެ. ކައިލްގެ ލޮލުގައިވި ކަރުނަތައް އިތުރުވެގެން އައެވެ. އަވަސްއަވަހަށް އަތުގެ ނުފުށުން އެ ކަރުނަތައް ފޮހެލިއެވެ. އެ އިހުސާސްތައް ދެކެ ކައިލްއަށް ރުޅި އާދެވުނެވެ. އެހާ ފަސޭހައިން އެ ހިތަށް ލިއާ އަނިޔާވެރިވަމުން އަންނަ ގޮތުން ކައިލް އަމިއްލަ ނަފްސު ދެކެ ރުޅިއައެވެ. ފޯނަށް ބަލަން އިންއިރު ކައިލްގެ އެތެރެހަށީގައި އުފެދިފައިވާ ރުޅިގަނޑު ހުޅުފަޅާ އަނދަމުންދިޔައެވެ. އެހެނަސް އެ ރުޅިވެރިކަމުގެ ދަށުގައި ފޮރުވިފައިވަނީ އެއަށްވުރެ މާ ފުން އިހުސާސެކެވެ. ހިތާމައެވެ.

ފަހު މެސެޖު ލިޔުމަށް ކައިލްގެ އިނގިލިތައް ހަރަކާތްކޮށްލިއެވެ. “އައި ވޯޒް ގޮއިން ޓު ޕްރޮޕޯޒް ޓު ޔޫ…ލިއާ…” ކައިލްގެ ބޮޑުވައި އިނގިލި މެސެޖު ފޮނުވަން އިން ބަޓަނާ ހަމަޔަށް ގޮސް މަޑުޖެހިލިއެވެ. ދެވަނަ ސިކުންތުގައި އެ މެސެޖު ފޮހެލަން ހިތަށް އެރިއެވެ. އެކަމަކު ކައިލް އެ މެސެޖު ފޮނުވިއެވެ. މިފަހަރު ސިކުންތެއް ނުވަނީސް ލިއާ މެސެޖު ސީންކުރިކަމަށް ފެނުނެވެ.

މިނެޓުތައް ފާއިތުވެގެން ދިޔައިރުވެސް ލިއާގެ ރައްދެއް ނުލިބުނެވެ. އެހެނަސް އެ ހުރިހާ މެސެޖުތަކެއް ލިއާ ކިޔައިފިކަން ފެންނަން ހުއްޓެވެ.

ކައިލްއަށް މަޑުމަޑުން ފޯނުގައި ހިފާއްޓާލެވިފައިވާ އަތް ތިރިކޮށްލެވުނެވެ. މޫނުމަތީގައިވި ރުޅިވެރިކަން ފިލައިގެންދިޔައިރު ހަމައެކަނި އެ ފިރިހެންވަންތަ ސޫރައިން ފެންނަމުން ދިޔައީ ކެތްކުރަން ދަތި ރިހުމެއްގެ އަސަރެވެ. ކޮނޑުން ވާގި ދޫވެގެން ދިޔަ ފަދައިން ކައިލްއަށް ސީޓުގެ ލެނގޭ ބަޔަށް ކަނދުރާގެ ބާރު ދޫކޮށްލެވުނެވެ. ފުރަތަމަ ފަހަރަށް، ހަގިގަތް ހާމަވި ފަހުން އޭނާ އޮބިއަޅާ ހިފަހައްޓަން މަސައްކަތްކުރަމުންދިޔަ އިހުސާސްތައް އޭގެ އަމިއްލަ އިހުތިޔާރަށް ދޫކޮށްލީ މުޅި ނަފްސު ވަރުބަލިވެފައި ވާފަދައަކުންނެވެ. އެ ލޮލުން ފުރަތަމަ ކަރުނަތިކި ވެއްޓިގެން އައީ އެވަގުތުއެވެ. އެއާއެކު އަނެއް ކަރުނަތިކިވެސް ފައިބެގެން ގޮސްފިއެވެ. ކައިލްއަށް ދެލޯމަރާ ފިއްތާލެވުނެވެ. ކައިލްއަށް ހިމޭންކަމާއެކު ރޮވެމުން ދިޔައީ މިހުރިހާ ދުވަހު އޭނާ ކުރި އިންތިޒާރުގެ ނިމުން ހިތިވުމުންނެވެ. ކެތްކުރަން ދަތިވިއިރުވެސް އޭނާ އިންތިޒާރު ކުރިއެވެ. ލިއާގެ ނިންމުންތަކަށް އިހުތިރާމްކުރިއެވެ. ނަމަވެސް މިހާރު ކައިލް އެ އިނީ އެކަނިވެފައެވެ. މި ފުން ކަނު އަނދިރީގައެވެ. ކައިލްގެ ފޯނު އަދިވެސް އަތުތެރޭގައި އޮތެވެ. އޭގައިވި ފަނޑު އަލިކަން ނިވެމުން ގޮސް ސްކްރީން އެއްކޮށް ކަޅުވެއްޖެއެވެ. ހިމޭންވެފައި ކައިލް އިންއިރު އެ ހަމަހިމޭންކަމުން ކައިލް ކުރަން ޖެހިލުންވި ހުރިހާ ސުވާލެއްގެ ޖަވާބު ހޯދަމުންދިޔައެވެ.

ފޯނުގެ ސްކްރީނަށް ބަލަން އިން ލިއާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުންދިޔައެވެ. މި ދުވަހާ ކުރިމަތިލާން ޖެހޭނެކަން އެނގުނު ނަމަވެސް އެ ވަގުތު އައިސް ޖެހުނު އިރު މިއީ އޭނާ ހީކުރިހާ ފަސޭހަކަމަކަށް ނުވިއެވެ. ކައިލްގެ ހިތަށް އަނިޔާ ލިބޭކަށް ލިއާ ނޭދެއެވެ. އެހެނަސް އެހެން އެއްވެސް މީހަކު ނުވާވަރަށް ލިއާއަށް ކައިލްގެ ހިތަށް އަނިޔާވެރި ވެވިއްޖެއެވެ. މޫނުގައި ބާލީސް އަޅާ ބާރުކޮށްލީ ރުއިމުގެ އަޑު ބޭރުވިޔަ ނުދިނުމަށެވެ. އެ ހިތުގައި ރިހެމުންދިޔައީ އިންތިހާއަށެވެ. ކައިލްގެ ކޮންމެ މެސެޖަކުން އެ ހިތް ކުދިކުދިވިކަހަލައެވެ. މީގެ އިރުކޮޅެއް ކުރިން ކައިރާ މެސެޖުކޮށްފައި ކައިލްއަށް ހުރިހާ ހަގީގަތެއް އެނގިއްޖެކަމަށް ބުނިއިރު ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެން ހީވިއެވެ. ކައިލްގެ މެސެޖު ލިބުނީ އެ ހާސްކަމުގައި އޭނާ އިންދައެވެ. އެހެނަސް ކައިލްއަށް ރައްދު ދޭނެހާ ހިތްވަރެއް ލިއާގެ ނެތެވެ. އެ މެސެޖުތަކުން ކައިލްގެ ހިތް ހަލާކުވެފައިވާވަރު ހުރީ ހާމަވާށެވެ. ރޮއެ ރޮއެ އަޑު ދާން ގާތްވެފައި އޮތް ލިއާގެ ހިޔާލުތައް ދިޔައީ މީގެ ދުވަސްކޮޅެއް ކުރީގެ މަންޒަރުތަކަށެވެ.

އެއީ ކައިލް ފުރައިގެން ދިޔަތާ ހަފްތާއެއް ފަހެވެ. ލިއާގެ އެދުމުގެ މަތިން ކައިރާ ދިޔައީ ލިއާއާއި ބައްދަލުކުރަން އަތިރިމައްޗަށެވެ. ވިއްސާރަ ކުލަވަރު ދައްކާލާފައި އޮތުމުން އެވަގުތު އެތަނުގައި އެއްވެސް މީހަކު ނެތެވެ. ކައިރާ އައިސް ވެއްޓިފައިވާ ގަސްގަނޑެއްގެ މަތީ އިށީނދެ އިން ލިއާއާއި ޖެހިގެން އިށީނެވެ.

“މި އައީ…ދެން ތި ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ…!” ކައިރާ ބުނެލީ ލިއާގެ ކޮނޑުގައި ޖަހާލަމުންނެވެ. ލިއާއަށް ފުން ނޭވާއެއް ދޫކޮށްލަމުން އިސްޖަހާލެވުނެވެ. ދައްކަން އުޅޭ ވާހަކައިގެ ގޮތުން ހިތްވަނީ ނުތަނަވަސްވެފައެވެ. ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ރާޅުތަކަށް ބަލަން އިންއިރު ލިއާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

“އޯ ހެލޯ ގާލް…ކިހިނެއް ވެފަތަ ތި އިނީ…ކައިލް މަތިން މާ ބޮޑަށް މިސްވަނީތަ…؟” ކައިރާ ލާނެއްވެލާފައި އެހިއެވެ. ލިއާ މަޑުމަޑުން ބޯ ހޫރާލިއެވެ. ކައިރާގެ މޫނުމަތިން ސީރިއަސްކަން ފާޅުވިއެވެ. ލިއާއަށް ބޮޑުކަމެއް ވެއްޖެކަން ކައިރާއަށް ފަހުމްވިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލިއާ ވާހަކަ ދައްކަން ތައްޔާރުވެލިއެވެ.

“ކައި…މީ އެންޑް ކައިލްއާ ގުޅުވާ ވާހަކަދެއްކުން ހުއްޓާލާ…!” ޖުމްލަ ބުނެލާފައި ލިއާ ދެލޯ މަރާ ފިއްތާލިއެވެ. އޭނާ ދައްކަން އޮތީ ފަސޭހަ ވާހަކައެއް ނޫނެވެ. އެހެނަސް އެވާހަކަ ދައްކަން އެބަޖެހެއެވެ. ދެއަތް ދެއަތާ މޮޑެމުން ލިއާ ނަފްސު ތައްޔާރުކޮށްލިއެވެ. އަދި މަޑުމަޑުން ވާހަކަދެއްކިއެވެ. “އައި ގޮޓް ބެކް ވިތް ރިހާން…”

ކައިރާއަށް ބަލަން އިނދެވުނީއެވެ. ހީވަނީ ލިއާ ބުނި އެއްޗެއް ސާފު ނުވާހެންނެވެ. އެ ބެލުމުން ލިއާއަށް ނުތަނަވަސްކަން ގެނުވިއެވެ. އެހެން އިނދެފައި ކުއްލިއަކަށް ކައިރާ ހޭންފެށިއެވެ. “ހެހެ…އެނގޭތަ އަހަންނަށް އަޑު އިވުނުގޮތް…؟ ލިއާ އެންޑް ރިހާން ގެޓް ބެކް ވިއްޔޭ…” ކައިރާ ހެމުން ބުނެލިއެވެ. ނަމަވެސް ލިއާގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ. ކައިރާގެ ހުނުން ހުއްޓުނީ ލިއާގެ މޫނުމަތީގައިވި ސީރިއަސް ކުލަވަރު ފާހަގަވުމުންނެވެ. އޭނާއަށް ލޯ ހަނިކޮށްލެވުނެވެ.

“އާރ ޔޫ ސީރިއަސް…؟” ކައިރާއަށް އެހުނީ ވައި އަޑަކުންނެވެ. އެ މޫނުމަތީގައިވި ހިނިތުންވުން ގެއްލިއްޖެއެވެ. ލިއާ އިސްޖަހާލަމުން ބޯ ޖަހާލިއެވެ. ކައިރާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ދެމެދަށް ވެރިވި ހަމަހިމޭންކަން ލިއާގެ ހިތް ނުތަނަވަސްކުރިއެވެ.

“ވަޓް ދަ ހެލް…ލިއާ…! އާރ ޔޫ ކްރޭޒީ…؟ ވައި ވުޑް ޔު ޑޫ ދެޓް…؟ ވަޓް އެބައުޓް ކައިލް…؟” ކައިރާއަށް އިށީނދެ އިނުންވެސް އުނދަގޫވިއެވެ. ރުޅި އާދެވުނީ އިހުތިޔާރުން ބޭރުގައެވެ. ކައިލް އާއި މެދު ވިސްނާލެވުމާއެކު ކައިރާގެ ހިތަށް ނުބައިގޮތެއް ވިއެވެ.

“ރިހާން ބެގްޑް މީ…ހީ ކްރައިޑް…ހީ ސެއިޑް ހީ ލަވްސް މީ…ކުރިން ކަންތައް ކުރެވުނު ގޮތާމެދު ރޮއިރޮއިފައި މާފަށް އެދުނު…ހީ ސެޑް ހީ ވޯންޓް ޓު މެރީ މީ…ކައި…އައި ލަވް ހިމް ޓޫ…” ލިއާ ވާހަކަ ދެއްކީ އިސްޖަހައިގެން އިނދެއެވެ. ކައިރާއަށް ބަލަން ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ކައި…ރިހާން ބްރޯކް މައި ހާރޓް…އެތައް ފަހަރަކު…އޭގެން ކޮންމެ ފަހަރަކުވެސް އަހަންނަށް އޭނާ އެނބުރި އަންނާނެކަމަށް އިންތިޒާރު ކުރެވޭ…އަންޓިލް އައި މެޓް ކައިލް…ކައިލްއާއެކު އެ ވީ ދުވަސްތަކުގައި އެ ކުރުވި އިހުސާސަކީ އެހެން އެއްވެސް މީހަކާއެކު ކުރުވި އިހުސާސެއް ނޫން…އަލަށްވެސް ރިހާން މަތިން ހަނދާން ނެތުނީ ކައިލްގެ ސަބަބުން…އައި ޑޫ ހޭވް ފީލިންގްސް ފޯރ ކައިލް…ބަޓް އިޓްސް ކޮމްޕްލިކޭޓެޑް…އަހަރެން އަބަދުވެސް ލޯބިވީ ރިހާންދެކެ…ކައި…އަހަރެން ބޭނުމެއް ނޫން އަހަންނާ ހެދި ކައިލްގެ ނަމަށް ހުތުރުވާކަށް…ކައިލް ޑިޒާވް މަޗް ބެޓަރ…!” ލިއާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ކައިރާ ވާހަކަދައްކަންފެށިއެވެ.

“ކައިލް ތިގޮތަށް ނުދެކޭ ކަމަށް ވަންޏާ އަދި ލިއާ ކައިލް ޗޫޒް ނުކުރުމުގެ ރީޒަން އަކީ ތީކަމަށް ވަންޏާ ޔޫ ހޭވް ނޯ ރައިޓް ޓު ބްރޭކް ހިޒް ހާރޓް…!” ކައިރާ ވާހަކަ ދެއްކީ ނުރުހުމާއެކުއެވެ. ލިއާގެ އެ ނިންމުން ކައިރާއަކަށް ބަލައިނުގަނެވުނެވެ.

“އޭނާ ހަމަ ކޮންމެ ފަހަރަކު އައިސް ފޭކް ކަރުނަތަކެއް ބާލާއިރަށް ލިއާ މޮޔަ ހެދުނީ ދޯ…ކައިލް އިޒް މަޗް ބެޓަރ ދޭން ހިމް…!” ކައިރާއަށް އާދެވިފައި ހުރި ރުޅީގައި ވާހަކަ ދެއްކުނެވެ. ކައިރާ ވާހަކަ ދެއްކިގޮތުން ލިއާގެ ހިތަށް އަސަރުކުރިއެވެ. ކައިރާ ލިއާދެކެ މިހާ ރުޅިއައިސްހުއްޓާ މި ފެނުނީ އަލަށެވެ.

“ކައިލް ލޯބިވިޔަސް، ކޮންމެފަހަރަކު އެ ގުޅެވޭ ގުޅުންތަކަކީ ރަނގަޅު ގުޅުމަކަށް ނުވެދާނެ…! ކައި ބުނެބަލަ…ކައި އަށް ޔަގީންކަން ދެވޭނެތަ ކައިލްގެ ބައްޕަ އަހަންނާ ގަބޫލުވާނެކަމަށް…؟” ލިއާ އިސްއުފުލާ ކައިރާއާއި ސުވާލުކުރިއެވެ. ކައިރާގެ މޫނުމަތީގައިވި ރުޅިވެރިކަން ކޮންމެސް ވަރަކަށް ފަނޑުވިއެވެ. ލިއާގެ ޖުމްލަތަކުގައި ކޮންމެވެސްވަރެއްގެ ހަގީގަތެއް އެކުލެވިގެންވެއެވެ. ކައިރާއަށް ބަލަން ހުރެވުނީ އެހެންވެއެވެ. އެހެންވިޔަސް ރިހާންއާއި ލިއާގެ ގުޅުން ކައިރާއަކަށް ބަލައިނުގަނެވުނެވެ. ކައިލް އާއި މެދު ވިސްނޭ ކޮންމެ ފަހަރަކު ކައިރާގެ ހިތަށް ދަތިކަން ގެނުވިއެވެ.

ގެޔަށް ގޮސް އެނދަށް ވެއްޓިގަނެގެން އޮވެވުން އިރު ލިއާގެ ބޯ ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. ކައިލްއާއި މެދު ވިސްނާލެވޭ ކޮންމެ ފަހަރަކު ހިތުގައި އުފެދިގެން ދަނީ ތޫނު ރިހުމެކެވެ. އޭނާ ނިންމާފައިވާ ނިންމުމާއި ހިޔާލު ތަފާތުވެވޭ ކޮންމެ ފަހަރަކު ސިފަވެގެން އަންނަނީ އަކީލްގެ ނުރުހުން އެކުލެވިގެންވާ ބެލުމެވެ. މީހެއްގެ ހިޔާލަށް ބޭނުންވެފައިހުރިވަރުން ލިއާއަށް ފޯނު ނަގާ، ސުމާއާއި އަލްޔާ އިންނަ ގްރޫޕަށް ވަނެވެ. ދެމީހުންވެސް އޮންލައިންގައި އިނެވެ.

ފުރަތަމަފަހަރަށް ކައިލްގެ ވާހަކަތައް ތަފްސީލުކަމާއެކު އެކުދިންނާ ލިއާ ހިއްސާކުރިއެވެ. ސުމާ އާއި އަލްޔާއަށް ލިބުނީ ހީނުކުރާވަރުގެ ބޮޑު ޝޮކެކެވެ. ކަންތައްތައް މިހާ ހިސާބަށް ގޮސްފައިވާކަމެއް އެ ދެމީހުން ނުދެނަހުއްޓެވެ. ކައިލް ލިއާދެކެ ލޯބިވާކަން އެނގުނުއިރު ވަގުތު މިއޮތީ ފާއިތުވެފައެވެ. ކައިރާއެކޭ އެއްފަދައިން ލިއާއަށް ސުމާއާއި އަލްޔާގެ ނުރުހުމާވެސް ކުރިމަތިލާންޖެހުނެވެ. ވެގެންވާނަމަ މިހާރުން މިހާރަށްވެސް ލިއާ ގާތަށް އެ ދެމީހުން އައިސްފާނެ ކަހަލައެވެ. ލިއާގެ ބުއްދި ހަމަޔެއް ނުޖެހޭ އަލްޔާ ބުނެލިއިރު އަލްޔާގެ ރުޅީގެ ހޫނުކަން ލިއާއަށް އިހުސާސްވިއެވެ. ކައިލްފަދަ ފުރިހަމަ ޒުވާނަކު ދޫކޮށް ރިހާން ކަހަލަ ތާކުންތާކު ނުޖެހޭ މީހަކު އިހުތިޔާރުކުރާނީ ހިސާބަށްވުރެ ލިއާ މޮޔަވީމާއޭ ސުމާވެސް ބުންޏެވެ.

ލިއާއަށް ރޮވެމުންދިޔައިރު ހަތަރު ފަރާތުން އޭނާ ފިއްތަމުން ދާކަން އިހުސާސްވިއެވެ. އޭނާގެ އިހުސާސްތަކަށް އެކަކުވެސް ނުވިސްނަނީ ކީއްވެހެއްޔެވެ؟ އެ ނިންމުމަކީ ހުދު އޭނާއަށްވެސް ފަސޭހަ ނިންމުމެއް ނޫނެވެ. ނަމަވެސް އެކަން ލިއާ ކުރީ ކައިލްއަށް ވިސްނާފައެވެ. ކައިލްގެ ދިރުއުޅުން ހަލާކު ކުރަން ބޭނުންނުވާތީއެވެ. ކައިލްގެ އާއިލާގެ ގަދަރަށް އުނިކަމެއް ގެންނަން ބޭނުން ނުވާތީއެވެ. ލިއާ އެވާހަކަތައް ތަފްސީލުކޮށް ދެއްކުމުން އަލްޔާ އާއި ސުމާ ރުޅިއައިސްފައި ތިބި ނަމަވެސް ލިއާގެ ވާހަކަތައް ހިސާބަކަށް ގަބޫލުކުރެވުނެވެ. ލިއާ އެބުނާ ފަދައިން ކަންތައް ވެއްޖެނަމަ ކައިލްގެ އާއިލާގެ ތެރެއަށް ގޮސްގެން ލިއާއަށް ދެރަގޮތެއް ވެދާނެއެވެ. އެހެންވިޔަސް ލިއާ ރިހާން އާއި އަލުން ގުޅުން އެ ދެމީހުންނަށް ބަލައެއްނުގަނެވުނެވެ. ދައްކަމުން ދިޔަ ވާހަކަތައް އެ ދެކުދިން ކުރުކޮށްލީ ލިއާއާއި ދިމާލަށް ބުނަން ނުޖެހޭވަރު އެއްޗެއް ބުނެވިދާނެތީއެވެ.

ލިއާގެ ނިންމުން ބަދަލުކުރެވޭތޯ ކައިރާއާއި އިޝާންގެ އިތުރުން އަލްޔާ އާއި ސުމާވެސް މަސައްކަތްކުރިއެވެ. ނަމަވެސް ލިއާ ހުރީ އޭނާގެ ގޮތުގައެވެ. ލިއާ ގަބޫލުކުރާ ގޮތުގައި އޭނާ މި ކަންތައްކުރަނީ ހަމައެކަނި އަމިއްލަ ނަފްސަށްޓަކާއެއް ނޫނެވެ. އޭނާގެ ނިންމުންތަކަކީ ކައިލްއަށްވެސް އެންމެ ރަނގަޅުވާނޭ ގޮތެވެ.

ހިޔާލުތަކުން ނިކުމެވުނުއިރު ލިއާއަށް ގިސްލެވެއެވެ. ކައިލްއާއި މެދު ވިސްނާފައި ހިތް ރޮމުންދިޔައެވެ. މިރޭ ކައިލްގެ ހާލު ހުންނާނެގޮތެއް ނޭނގެއެވެ. ފޯނަށް ލިއާއަށް ބަލާލެވުނީ ރިންގްވާހެން ހީވާތީއެވެ. ގުޅަމުންދިޔައީ ރިހާނެވެ. މިފަހަރު ލިއާއާއި ގުޅުނު ފަހުން ކުރީ ފަހަރުތަކާ ހިލާފަށް ރިހާން ގަވައިދުން ލިއާއަށް ގުޅައެވެ. ތަނަކަށް ދާނަމަ ލިއާ ގާތު ބުނެއެވެ. ހެނދުނު ހޭލާފައިވެސް މެސެޖު ކުރެއެވެ. ހަމަ ރަނގަޅަށްވެސް އޭނާ ބަދަލުވެފައިވާކަން ލިއާއަށް ސާބިތުކޮށްދޭން މަސައްކަތްކުރެއެވެ.

ފޯނަށް ބަލާލާފައިވެސް ލިއާ ޖަވާބެއް ނުދިނެވެ. އޭނާގެ ހިތާއި ސިކުނޑި ފުރިފައިވަނީ ކައިލްގެ ހިޔާލުތަކުންނެވެ. ޖެހިގެން އަންނަ ދުވަހަކީ ސްކޫލަށް ދާން ޖެހޭ ދުވަހެވެ. އެހެނަސް ކައިލްގެ ކުރިމައްޗަށް އަރާކަށް އޭނާ ތައްޔާރެއް ނޫނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 310 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ބައިވެރިޔާ-5

Next

ނޭނގި ހުރެ ލޯބިވެވުނީ

Next
August 1, 2026

ނޭނގި ހުރެ ލޯބިވެވުނީ

Previews
July 31, 2026

ބައިވެރިޔާ-5

13 Comments!

  1. Liv says:
    July 31, 2026 at 11:11 pm

    Kyle’s ‘Why?’ got my heart broken 💔💔

    1. 10.11 says:
      August 1, 2026 at 11:43 am

      Same😭💔💔😭

    2. Itxlevender Itxlevender says:
      August 1, 2026 at 11:14 pm

      Mine too 😭💔

  2. 🌼 says:
    July 31, 2026 at 11:42 pm

    Leah why are you doing that to Kyle💔💘😭
    U thought he’s better off with u but he’s better with u Leah I can’t believe u did that 😭
    THAT REEHAAN IS FAKING IK HE WON’T BE A GOOD PERSON ughhhh Leah believe sumaa, alya, Kaira reehaan is a bad person he’s faking it to break Kyle’s heart 💔😭💘
    Anyway when next ❤
    Appreciate ur hard work gurlll
    Tc bye 😊

    1. Itxlevender Itxlevender says:
      August 2, 2026 at 12:46 am

      Hehe Leah really thinks she’s doing what’s best for Kyle but maybe she doesn’t realize where he truly belongs 🥺 And you’re really not trusting Rihan at all 😭 Thank you so much for appreciating my hard work girl 💗🥹 Take care 💗

  3. Its just me says:
    August 1, 2026 at 12:49 am

    Why lia whyyy 😭😭 at least e rihan gandaa nuve reehchah kyle kairee buneli nama hama he will understand eyh but u chose to hurt him 😔 I’m very disappointed lia 😒 my poor Kyle 🥹 anyways mi part vx v reethi too gud 🫶 waiting for the next part tc ♥️

    1. Itxlevender Itxlevender says:
      August 2, 2026 at 12:56 am

      Leah knows that simply telling Kyle they’re not a perfect match wouldn’t be enough to make him let go of her…She feels like she has to do something much bigger to push him away, even if it means breaking his heart 💔 But thank you so muchhh, I’m glad you liked this part 🥹💗

  4. Anonymous says:
    August 1, 2026 at 6:09 am

    Now I feel Kail deserves better than Lia.

    1. Itxlevender Itxlevender says:
      August 2, 2026 at 12:51 am

      Maybe 🤭 Maybe not

  5. yarah says:
    August 1, 2026 at 7:02 pm

    I’m genuinely so emotionally attached to this story 😭❤️ It feels so nostalgic to me and it already has such a special place in my heart..I truly love all the characters and this has become my favorite story on this site..I know the author has been receiving a lot of hate but honestly I would be so heartbroken if you ever stopped writing this story..I even talk about it with my colleagues because I’m that invested 😭 This story is more than just something I read..It has become a comfort and holds so many feelings for me..I honestly believe this story deserves to be on a paid platform because the writing, characters, emotions, and effort are all worth it..Please don’t let the hate make you give up..There are still so many of us who genuinely love and appreciate this story and are excited for every update 💕💖❤️

    1. Itxlevender Itxlevender says:
      August 2, 2026 at 12:53 am

      Awww this honestly made me so emotional 😭🥹💗 Thank you so much for loving this story and its characters this deeply…Knowing that it has become a comfort to you and that you even talk about it with your colleagues means more to me than you know 🥹💗 Your words truly motivate me to keep going, especially during the times when the hate feels overwhelming…I’m so grateful to have readers like you supporting and appreciating my hard work 🥹💗😭 Thank you for giving this story such a special place in your heart…I promise I’ll keep doing my best for all of you 🥹💗

  6. Anonymous says:
    August 1, 2026 at 10:05 pm

    When’s next????

    1. Itxlevender Itxlevender says:
      August 2, 2026 at 12:50 am

      Uploaded

Comments are closed.

Next Episodeލޯބިން ބުނާތީ 37←


All Right Reserved!